Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 10

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
February 19, 2020 6 Mins Read
19 Comments

“އާނ، ރަނގަޅަށް ތި އަޑު އިވުނީ. އަހަރެން ނުބުންޏަސް އަޒްމަން މި ގެޔަށް އަންނަން މި ގޭ އެންމެން އޮންނަނީ އަބަދުވެސް ދައުވަތު ދީފައެއްނު؟ މިރޭ އަހަރެންވެސް މި ދިނީ. ދެން އަޒްމަން ހަމަ އަންނަން ބޭނުން އިރަކު އަންނަން ވީ” ޒައިނާ ހީލާފައި ބުންޏެވެ.

“އަހަރެން ދިޔައިއްޔާ ޒައި އާ ޕްރައިވެޓް ކޮށް ވާހަކަ ދައްކާލާނެ ޗާންސެއް ލިބޭނެތަ؟” އަޒްމަން ފުރުސަތު ހޯދަމުން ދިޔައެވެ.

“އަޒްމަން… އަހަރެން މީ އަޒްމަން ހީ ކުރާ ކަހަލަ މީހަކަށް ނުވެދާނެ، އެކަމަކު އަޒްމަން އެދޭތީ، އަހަރެން ދެކެ ލޯބި ވާ ކަމަށް ބުނާތީ އަހަރެންވެސް ބޭނުން މިހާރު އަޒްމަންއަށް ޗާންސެއް ދޭން… އެހެންވެ މި ބުނީ އަންނަން…” ޒައިނާ ސީރިއަސް ވިއެވެ.

“އެނގޭތަ ޒައި އަހަންނަށް ތި ދިނީ ކިހާ ވަރެއްގެ އުފަލެއް ކަން؟ ހާދަ ދިގު އިންތިޒާރެކޭ މި ނިމުނީ” އަޒްމަންއަށް މޭގައި އަތް ޖައްސާލެވުނީ އުފާ ވި ވަރުންނެވެ.

“އިންތިޒާރަކީ ވަރަށް ފާޑެއްގެ އެއްޗެއް ދޯ؟ ކޮންމެ މީހެއްގެ އިންތިޒާރުގެ ނިމުންވެސް އެހާ ފޮނި ވާނެތަ؟” ޒައިނާ އަހާލީ ދައުހާ މަތިން ހަނދާން ކުރަމުންނެވެ.

“އިރާދަ ކުރެއްވިއްޔާ އެހެން ވާނީ. ޒައިއާ މީޓް ކޮށްލާ ހިތުން އުޅޭ ކުއްޖެއް އެބަހުރި މި ގޭގަ” އަޒްމަން ބުންނެވެ.

“ކާކު؟ ގޭ މީހުން ކައިރީވެސް އަހަރެންގެ ވާހަކަ ބުނެގެންތަ ތި އުޅެނީ؟” ޒައިނާ ހާސް ވިއެވެ.

“ނޫން، އަދި ބުނީ އާރާ ކައިރީ އެކަނި، އޭނަ ވަރަށް ދުވަސް ވެއްޖެ ކިޔާތާ ޒައި ކައިރިއަށް ދާން، އަދާ ވިހޭ ވާހަކަ ބުނީއްސުރެ އަދާވެސް ދެކޭ ހިތުން އުޅެނީ” އަޒްމަން ކިޔާދިނެވެ.

“އަޒްމަން…” ޒައިނާއަށް އަޒްމަންގެ ނަމުން ގޮވާލެވުނެވެ.

“ކީކޭ؟” ޒައިނާ ބުނާ އެއްޗެއް އަޑު އަހަން އަޒްމަން ބޭނުން ވިއެވެ.

“އަޒްމަންގެ ފެމިލީ އިން ގަބޫލު ވާނެތަ؟” ޒައިނާ ހިތުގައި ވި އެއްޗެއް ހާމަ ކުރިއެވެ.

“އެ ކަމާ ޒައި ހާސް ނުވޭ. އަހަރެންގެ މަންމަމެން ވަރަށް ކޫލް ވާނެ. އެ މީހުންގެ އެއްވެސް މައްސަލައެއް ނޯންނާނެ” އަޒްމަން ޔަގީން ކަން ދިނެވެ.

“އެކަމަކު… އަދާ…” ޒައިނާއަށް ގަބޫލެއް ނުކުރެވެއެވެ.

“ޒައި، އަހަރެން ބުނީމަ ގަބޫލު ކޮށްބަލަ، ނޫނީ މަންމަމެންނާ މީޓް ކޮށްދޭން ވީތަ؟ އޭރުން ޒައިއަށް ޔަގީން ވާނެ” އަޒްމަން ބުންޏެވެ.

“ނޫން ނޫން… އަދި ނުވޭ. އަހަރެން އަދި ގޭ މީހެއް ކައިރީވެސް ނުބުނަން. މިއޮއް ހުރިހާ ދުވަހު އެހާ ޕޭޝަންޓް ވެފަ ކުއްލިއަކަށް ހާދަ ކެތް މަދު ވެގެން ތި އުޅެނީ؟ އަދި މަޑުކޮށްލާ… ޕްލީޒް” ޒައިނާ އަވަސް އަވަހަށް ބުންޏެވެ.

“ޒައި އަނެއްކާ ހިޔާލު ބަދަލު ވެދާނެތީ އަހަރެން ބިރު ގަނޭ” އަޒްމަން ބުނެލިއެވެ.

“މީ ކުޅިވަރެއް ނޫނެއްނު އެއް ދުވަހު އާނއެކޭ ބުނެފަ އަނެއް ދުވަހު ނޫނެކޭ ބުނަން، ދޯ؟ އަހަރެން ވަރަށް ވިސްނާފަ އަޒްމަންއަށް ޖަވާބެއް މި ދިނީ، އިރާދަ ކުރެއްވިއްޔާ އަހަރެންގެ ފަރާތުން ޖަވާބު ދެން ބަދަލެއް ނުވާނެ” ޒައިނާ ބުނެލިއެވެ.

“ޒައި ބުނީމަ ގަބޫލު ކޮށްފިން. ދެން ބުނެބަލަ، އާރާ ކައިރީ ކީކޭ ބުނަން ވީ؟” އަޒްމަން ބޭނުން ވީ ވީހާވެސް އަވަހަކަށް ޒައިނާއާ އާރާ ބައްދަލު ކޮށްދޭށެވެ.

“ދެން… އަޒްމަން އަންނަ އިރު ގޮވައިގެން އަންނަން ވީނު؟” ޒައިނާ ނުކެރި ހުރެވެސް ބުންޏެވެ.

“މިރޭ؟ ޔަގީންތަ؟” އަޒްމަން އަހާލީ ޒައިނާ ފަސް ޖެހޭނެ ކަން އެނގޭތީއެވެ.

“އާނ، އަޒްމަންގެ ކޮއްކޮއާ ބައްދަލު ވީމަ އަހަންނަށް ތި ފެމިލީގެ އެކަކާ ބައްދަލު ވީނު؟ އަޒްމަން އަންނަ އިރު އާދެވޭނެތަ އާރާއަށް؟” ޒައިނާ ބުންޏެވެ.

“އާނ، އާރާ ހުންނަނީ ޒައިއާ މީޓް ނުކުރެވިގެން ލަސްވެފަ. އޭނަ އުފަލުން މަރުވެދާނެ. ދާނަން އިނގޭ އިރުކޮޅަކުން” އަޒްމަން އެހެން ބުނެފައި ފޯން ކަނޑާލާފައި އާރާއަށް ގޮވަމުން ކޮޓަރިން ނިކުތެވެ.

“ކިހިނެއްވީ ދޮންބޭ؟” މޫނުގައި ކޮންމެވެސް އެއްޗެއް އުނގުޅައިގެން ހުރި އާރާ ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލަމުން އެހިއެވެ.

“ޒައި ބުނީ އާރާއާ މީޓް ކޮށްލަން ބޭނުމޯ. މިރޭ ބިޒީތަ؟” އަޒްމަން އެހިއެވެ.

“ނޫން، ބިޒީއެއް ނޫން. ކިހާ އިރަކަށް ރެޑީ ވާންވީ؟” އަވަސް އަވަހަށް އާރާ އެހިއެވެ.

“ނައިންއަށް ތައްޔާރު ވެވޭނެތަ؟” އަޒްމަން ގަޑި ބަލާލަމުން އެހިއެވެ.

“އާނ، މި ދަނީ މިހާރު” އާރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

ވިހި މިނަޓް ފަހުން އަޒްމަން ފެންވަރައިގެން ތައްޔާރު ވެގެން ނިކުތް އިރު އާރާ ފެންނަން ނެތުމުން އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ.

“ދޮންބޭ، ފައިވް މިނަޓްސް ޕްލީޒް” އާރާ ގޮވާލި އަޑު އިވުނެވެ.

އަޒްމަން ތިރިއަށް ފޭބި އިރު ނާޝިދުއާ އިނާޔާ ސިޓިންގ ރޫމްގައި ޓީވީ ބަލަން ތިއްބެވެ.

“ކާން ވީނު ދަރިފުޅު؟” އަޒްމަން ފެނުމުން އިނާޔާ އެހިއެވެ.

“ނޫން މަންމާ، މި ދަނީ އާރާ ގޮވައިގެން ބޭރަށް، އައިއްސަ ކާނީ” އަޒްމަން ޖަވާބުގައި ބުންޏެވެ.

އަޒްމަންއާ އާރާ، ޒައިނާ މެން ގެޔަށް ދިޔަ އިރު ޒައިނާ ކައި ނިމިގެން އިނީ ޓީވީ ބަލާށެވެ.

އާރާ ގޮވައިގެން ޒައިނާ ކޮޓަރިއަށް ވަނީ އަދާ ދައްކާލާށެވެ.

“ވަރަށް ލޯބި” އަދާގެ މޫނުގައި އަތް ޖައްސާލަމުން އާރާ ބުންޏެވެ.

އެއްޗެއް ނުބުނެ ޒައިނާ ހީލިއެވެ.

“އީށީންނަން ވީނު” އަދާގެ އެނދު ކައިރީ އާރާ ކޮޅަށް ހުރުމުން ޒައިނާ ބުންޏެވެ.

“ޒައިނާ އަސްލުވެސް ދޮންބެއާ މެރީ ކުރަންތަ ތި އުޅެނީ؟” އެނދުގައި އިށީނދެފައި އާރާ އަހާލިއެވެ.

“އާރާގެ ދޮންބެ ބުނީތަ ތިހެން؟” ޒައިނާ އަހާލީ އަޒްމަން އެހެން ބުނެފާނެ ހެން ހީ ނުވާތީއެވެ.

“ނޫން، އެހެންނެއް ނުބުނޭ. އެކަމަކު ވަރަށް ދުވަސް ވެއްޖެ ދޮންބެ ޒައިނާގެ ވާހަކަ ދައްކާތާ. އަހަރެން ޒައިނާއާ ބައްދަލު ކުރަން ބޭނުން ވާހަކަ ބުނާ އިރަށް އަބަދުވެސް ބުނާނެ ޒައިނާ ދޮންބެއަށް ވަކި ޖަވާބެއް ދިނީމައޭ ބައްދަލު ކުރެވޭނީ. އެހެންވެ މި އަހާލީ” އާރާ ހީލަމުން ބުންޏެވެ.

“އަދި މެރީ ކުރާ ވާހަކައެއް ނުދައްކަން، އެކަމަކު އާނއެކޭ ބުނީ މެރީވެސް ކުރަން ކަމަށް” ޒައިނާ ރަކިވެފައި އިނދެ ބުންޏެވެ.

އާރާ ބާރަށް ހީލިއެވެ.

“އަސްލު ދޮންބެ މެރީ ނުކޮށްގެން މަންމަމެން އެ ވާހަކަ ވަރަށް ދައްކާ، ވަރަށް އުފާ ވާނެ އެންމެންވެސް ޒައިނާގެ ވާހަކަ ބުނީމަ. މަންމަ ބުނާނެ ދެން އަނެއްކާ ކިޔަވަން ދިޔުމުގެ ކުރިން މެރީ ކުރާށޭ” އާރާ ކިޔާދިނެވެ.

“ކުރިން ނޫޅޭތަ މެރީ ކުރާކަށް؟” ޒައިނާ އަހާލިއެވެ.

“ދޮންބެ މި ފަހަރު ނޫނީ ދުވަހަކުވެސް އަންހެން ކުއްޖެއްގެ ވާހަކަ އަހަރެން ކައިރިއަކު ނުބުނޭ. ގަރލްފްރެންޑްސް ނުގެންގުޅޭތީއެއް ނޫން، އެކަމަކު މެރީ ކުރަން ބޭނުން ވާ ކަހަލަ ކުއްޖަކާ ދިމާ ނުވާތީ ހެން ހީވަނީ” ޒައިނާ ކުރާ ސުވާލުތަކަށް އާރާ ޖަވާބު ދެމުން ދިޔައެވެ.

“އާރާ… އަދާއަކީ ކޮން ކަހަލަ ކުއްޖެއް ކަން އަޒްމަން ބުނިތަ؟” އިރުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ޒައިނާ އަހާލިއެވެ.

“ވަރަށް ކުރިން ދޮންބެ ބުނި. އެކަމަކު އެއީ ދޮންބެއަށް އެހާ ބޮޑު ކަމެއް ނޫން. ދޮންބެ ވަރަށް ދައްކާނެ އަދާގެ ވާހަކަ. އަދާ ދެކެ ވަރަށް ލޯބިވޭ ދޮންބެ” އާރާ ބުންނެވެ.

“ތިކަން އެނގޭ. އެކަމަކު ގަބޫލު ކުރަން އުނދަގޫ ވަނީ… ހިތަށް އަރަނީ އެހެން މީހެއްގެ ދަރިއެއް ދެކެ އެހާ ވަރަށް ލޯބި ވެދާނެ ބާއޭ… އަދި އަމްދުން އަދާ ކަހަލަ ކުއްޖެއް…” އިސް ޖަހާލަމުން ޒައިނާ ހިތުގައި ވާ އެއްޗެއް ހާމަ ކުރިއެވެ.

ޒައިނާ ކައިރިއަށް ޖެހިލާ، އަތުގައި ހިފާ ކައިރީގައި ބައިންދާފައި އާރާ، ޒައިނާގެ ދެ އަތް ތިލައިގައި ހިފާލިއެވެ.

“ދޮންބެއަކީ އަބަދުވެސް މީހުންގެ ހުންނަ ރަނގަޅު ސިފަތައް ހޯދާ މީހެއް. މީހުންނަށް ވަރަށް ކެއަރ ކުރާ މީހެއް. ޒައިނާ ދެކެ ދޮންބެ ލޯބި ވީ ޒައިނާއަށް ކުރެވުނު ކުށް އެނގި ހުރެ، ދެން އެހެން ވީ އިރު ކުށެއް ނެތް ކުޑަކުޑަ ކުއްޖެއް ދެކެ ދޮންބެ ލޯބި ނުވާން ވީ ކީއްވެ؟ ޒައިނާ ގަބޫލު ކުރޭ، ދޮންބެ އަދާއަކަށް ދުވަހަކުވެސް ދެރަ ގޮތެއް ނުހަދާނެ، އެއީ އެކަހަލަ މީހެއް ނޫން” އާރާ ބުންޏެވެ.

ޒައިނާ އިސް އުފުލާ އާރާގެ މޫނަށް ބަލާލާފައި ބޯ ޖަހާލިއެވެ.

“އަދިވެސް ޝައްކު ވަނީތަ؟” ޒައިނާގެ ހިތުގައި އަދިވެސް ސުވާލެއް ވާ ހެން ހީވެގެން އާރާ އަހާލިއެވެ.

“ނޫން. އަޒްމަންއާ ދޭތެރޭ ޝައްކެއް އޮތް ނަމަ އެ ޝައްކު ފިލައިފި މިހާރު. އެކަމަކު… ތި ފެމިލީއިންވެސް އެހާ ފަސޭހައިން އަދާ ބަލައިގަންނާނެތަ؟” ޒައިނާ އަނެއްކާވެސް ހިތުގައި ވި ސުވާލު ކޮށްލިއެވެ.

“ތި ކަމާ ހާސް ނުވޭ. މަންމައަކީ ކުޑަ ކުދިން ދެކެ ވަރަށް ލޯބިވާ މީހެއް. މަންމަ ބުނާ އެއްޗަކާ ބައްޕަ ދުވަހަކުވެސް ދެކޮޅެއް ނުހަދާނެ. އަހަރުމެންގެ ފެމިލީ ވަރަށް ތަފާތު ވާނެ، މިހެން ބުންޏަކަސް ގަބޫލެއް ނުވެސް ކުރެވޭނެ. ޒައިނާ އަހަރުން ގެޔަށް ދިޔައިމަ އެނގޭނެ އެކަން. ދޮންބެ ކައިރީ ބުނެގެން އަވަހަށް ޒައިނާއާ މަންމަމެންނާ މީޓް ކުރުވަން ވީ” ހީލަމުން އާރާ ބުންޏެވެ.

“އާރާގެ ދޮންބެ ހުރީ މިހާރުވެސް މީޓް ކުރުވަން ތައްޔާރަށް. އެކަމަކު އަހަރެން ބުނީ އަދި މަޑުކޮށްލާށޭ” ޒައިނާ ބުންޏެވެ.

“ދެން ކޮން ދުވަހަކުން އަހަންނަށް އަދާ އުރާލެވޭނީ؟ ހޭލާ އުޅޭ ގަޑިއެއްގަ އަޔަސް އޯކޭތަ؟” އާރާ އަހާލީ އަދާގެ އެނދާ ދިމާއަށް ބަލާލަމުންނެވެ.

“އާނ، އަދާ އުރަން ބޭނުމިއްޔާ ދުވާލު ގުޅާލާފަ އާދޭ” ޒައިނާވެސް ހީލަމުން ބުންޏެވެ.

“ވަރަށް އުފާ ވެއްޖެ ޒައިނާއާ ބައްދަލު ވީމަ. އަސްލު ދެން ޒައިނާ ކިޔައިގެން ނުވާނެ ދޯ؟ ދޮންބެދައްތަ ދޯ ކިޔަން ވާނީ؟” އާރާ އެއްލޯ މަރާލަމުން އަހާލިއެވެ.

“އާރާ ބޭނުން ގޮތެއް” ޒައިނާއަށް އާރާ ވަރަށް ކަމުދިޔައެވެ.

އެ ވަގުތު ކޮޓަރީގެ ދޮރުމައްޗަށް އަޒްމަން އެރިއެވެ.

“ދެ މީހުން ހާދަ ވާހަކައެއް ތި ދައްކާލީ؟” އަޒްމަން އަހާލިއެވެ.

“މީ ދެން ދެ ފަހަރިން ކުޑަކޮށް އިންޓްރޮޑިއުސް ވެލީ، ދޯ ޒައިނާ؟ އައި މީން ދޮންބެދައްތާ” އާރާ ބުންޏެވެ.

“ޒައި މަންމަ އެބަ ގޮވާ އާރާއަށް” ހިނިއައިސްފައި ހުރި އަޒްމަން ބުންޏެވެ.

“އާރާ ވަރަށް އަނގަ ގަދަ ވާނެ، ވަރަށް ސުވާލު ކުރި ދޯ؟” އާރާ ދިޔުމުން އަޒްމަން އަހާލިއެވެ.

“ނޫން” ޒައިނާ ބުނެލިއެވެ.

އަޒްމަން ޒައިނާ ކައިރިއަށް އައިސް ޒައިނާގެ ދެ އަތުގައި ހިފާލިއެވެ. ޒައިނާ އިސްޖަހައިގެން ހުރި ގޮތަށް ހުރީއެވެ.

“ޒައި…” އަޒްމަން ގޮވާލިއެވެ.

ޒައިނާ އިސް އުފުލާ އަޒްމަންގެ މޫނަށް ބަލާލިއެވެ.

ކުޑަކޮށް ތިރިވެލަމުން ޒައިނާގެ ތުންފަތުގައި ތުންފަތް ޖައްސާލި ގޮތަށް އަޒްމަން ދުރުވެލިއެވެ. އަދި އެ ކޮޓަރީގައި މަޑު ނުކޮށް ބޭރަށް ނިކުތެވެ.

އަޒްމަން ނިކުތް އިރު ނަޝީލާއާ ވާހަކަ ދައްކަން އާރާ އިނެވެ. އަޒްމަންއާ ޒައިނާވެސް އިރުކޮޅަކު އެ މީހުންނާ އެކު ތިބެފައި އާރާއާ އަޒްމަން ދާން ނިކުތީ އެހެން ދުވަހަކުން އަންނާނެ ކަމަށް ބުނަމުންނެވެ.

އަނެއް ދުވަހު ހަވީރު ދައުހާ އޮފީހުން ނިމުނު ގޮތަށް ޒައިނާމެން ގެޔަށް އައެވެ. އޭރު ނަޝީލާ އުޅުނީ އަދާއަށް ކާން ދޭށެވެ. ކައިރީގައި ނީލަމް އުނގަށް ލައިގެން ޒައިނާ އިނެވެ.

“އައްދޭ، އަދާ ބޭބީ މިހާރު ބޮޑު ވެގެން ބަކުން ކާން ފެށީތަ؟ އެކަމަކު މީ ހާދަ މަޖާކޮށް ކާ ކުއްޖެކޭ ދޯ! އަޅެ ނީލްވެސް ކަނީ މިހެންތަ؟” ދައުހާ އައިސް ޒައިނާގެ ކައިރިއަށް ހުއްޓިފައި ނީލަމްގެ ކޮލުގައި ހިފާލަމުން އަހާލިއެވެ.

“ދައު!” ޒައިނާއާ ނަޝީލާ އެއް ފަހަރާ ގޮވާލިއެވެ.

“ދައު، ހާދަ ދުވަހެއް ކޮށްލާފައޭ ތި އައީ؟ ކިހިނެއް ހަދާފަ ތިހިރީ؟ ބަލިވެ އުޅުނީތަ؟ ހާދަ ހިކިފައޭ ތިހިރީ؟ ނަންނަ ނުވެސް ބުނޭ” ދައުހާ ފެނުމުން ނަޝީލާ ހައިރާން ވިއެވެ.

“މަންމާ، އަހަރެން އަބަދުވެސް ބުނަމެއްނު މި ދައު ކިރިޔާވެސް ބިޒީ ވެއްޖެއްޔާ ކާ އެއްޗެއް ކާކަށް ހަނދާނެއް ނުހުންނާނޭ؟ މި ވީ ދުވަސްތަކުގަ އޮފީހުގަ މާ ބިޒީ ވެގެން ގޮސް ވެފަ ހުރި ގޮތް އެއީ. މީނަ ހީކުރީ ކަންނޭނގެ މީނަ އަމިއްލައަށޭ މުޅި އޮފީސް ހިންގަން ޖެހޭނީ. ދެން އެހެން އުޅެން ވީމަ ހިކޭނެއެއްނު” ނަޝީލާ ކުރި ސުވާލުތަކަށް ދޭނެ ޖަވާބެއް ނުވިސްނިފައި ދައުހާ ހުއްޓާ ޒައިނާ ބުނެލިއެވެ.

“ސާބަސް ދަރިފުޅާ! ބުރަކޮށް އުޅުނަސް ތިހެން އުޅޭކަށް ނުވާނެއެއްނު؟ މި ދައުހާއާ މި ގޭ ނިހާންއާ މި އުޅެނީ އެއް ގޮތަކަށް. އޭނަވެސް މިހާރު ހީވަނީ އޮފީހުގަ ދިރިއުޅޭ މީހެއް ހެން، ގެޔަށް އަޔަސް ހީވާނީ މީހަކަށް ނުފެންނަން ވެގެން އުޅޭހެން. ކާން ދޭން ޖެހެނީވެސް ގަދަ ކަމުން. އެހެން އުޅޭކަށް ނުވާނެއެއްނު؟” ނަޝީލާ ޝަކުވާގެ ރާގެއްގައި ބުންޏެވެ.

ދައުހާ ޒައިނާއަށް ބަލާލަމުން ސިއްރުން ކޮބާތޯ އަހާލިއެވެ. ޒައިނާވެސް ދެ ފަރާތަށް ބޯ ހަލުވާލީ ނިހާން ގޭގައި ނެތް ކަން އަންގާލުމަށެވެ.

އަދާއަށް ކާން ދީ ނިމިގެން ނަޝީލާ ތެދުވެ އަދާ ދޮއްވާލައިގެން ގެނެސް ޒައިނާ އަތަށް ދިނުމުން ދައުހާއާ އެކު ޒައިނާ ކޮޓަރިއަށް ދިޔައީ އަދާ ރީތި ކޮށްލާށެވެ. ކުރީ ދުވަހުގެ ކަންތައް ދައުހާއަށް ޒައިނާ ކިޔާދިނީ އެތާ ތިބެފައެވެ.

“އެއީ ހާދަ ގޮތެއްވެސް ނެތް މީހެކޭ ދޯ؟ ޒައި ނުޖެހޭނެ އޭނަ ދައްކާ އެއްވެސް ވާހަކައެއް އަޑު އަހާކަށް، އެކަމެއް ނޭނގޭތަ އޭނައަކަށް؟ ވަރަށް ފޫހިވޭ، ހިތަށް އަރާ…” އިޔާދުގެ ވާހަކަ ބުނުމުން ރުޅި ގަދަ ވެގެން ދައުހާ އެއްޗެހި ކިޔަން ފެށިއެވެ.

“އޭނައަށް ހަދާނެ ގޮތް ގޮތް އިމޭޖިން ކުރުން ހުއްޓާލާފަ އަދި އަޑު އަހާބަލަ. އައި ފައިނަލީ ސެޑް ޔެސް!” ދައުހާގެ ވާހަކަ މެދު ކަނޑާލަމުން ޒައިނާ ބުންޏެވެ.

“އަޒްމަންއަށް؟ އަސްލުވެސްތަ؟ ތިހެން ތި އިންނަނީ ދެން ކީއްވެ؟ ހުރިހާ އެއްޗެއް ކިޔާދޭންވީ” ވީ އުފަލުން ޒައިނާ ގައިގައި ބައްދާލަމުން ދައުހާ އަމުރުކޮށްލިއެވެ.

ޒައިނާ ހުރިހާ ވާހަކައެއް ކިޔާދިނެވެ.

“ލެޓްސް ސީ ދޯ؟ އަޒްމަންއާ އާރާވެސް އެހާ ރަނގަޅިއްޔާ މަންމައާ ބައްޕަވެސް ވަރަށް ނައިސް ވާނެ ހެން ހީވަނީ. އޯހ ޒައި، އައިމް ސޯ ހެޕީ ފޮރ ޔޫ!” އަނެއްކާވެސް އެކުވެރިޔާ ގައިގައި ދައުހާ ބައްދާލިއެވެ.

އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ދެ މީހުން ބޭރަށް ނިކުތީ ނަޝީލާ ސައި ބޯން ގޮވުމުންނެވެ.

“ދައު، ހާދަ ދުވަހެއް ކޮށްލާފަ ތި އައީ؟ މަންމާ މިރޭ އެހާ އަވަހަށް ދައު ދިޔަދީގެން ނުވާނެ އިނގޭ. އަނެއްކާ ބަލާބަލަ މީހާ ހުރި ގޮތް، އަހަރުންނަށްވެސް ތި ގޮތަށް ހިކޭނެ ގޮތެއް ބުނެދީބަލަ” ނަބާހާއަށް ދައުހާ ފެނުމުން ބުންޏެވެ.

“ގޮތެއް ހަދައިގެން ހިކުނީއެއް ނޫން ތިއްތިބޭދައްތާ، ތަންކޮޅެއް ބިޒީކޮށް އުޅެލީމަ ވީ ގޮތް މީ” ދައުހާ ޖަވާބުގައި ބުންޏެވެ.

ބޭރުން ގެޔަށް އައިސްފައި ކޮންމެ މީހަކުވެސް ދައުހާ ފެނުމުން ބުނަނީ އެފަދަ އެއްޗެކެވެ. ކޮންމެ މީހަކަށްވެސް ދައުހާ ދެނީ އެ ޖަވާބެވެ. އިރު އޮއްސިގެން ދިޔަ އިރުވެސް ނިހާން ގެޔަކަށް ނާދެއެވެ.

ހަތެއް ޖަހަން ކައިރި ވުމުން ޒައިނާއާ އެކު އަދާ ގޮވައިގެން ދައުހާ ކޮޓަރިއަށް ވަނީ އަދާ ނިންދަވަން ތައްޔާރު ކުރާށެވެ. އަދާ ރީތިކޮށްލާފައި ދައުހާ އަތަށް ދީފައި ޒައިނާ ފާހާނާއަށް ވަދެލިއެވެ.

ހަތެއް ޖެހިތަނާ ގެޔަށް އައި ނިހާން އައި ގޮތަށް ޒައިނާގެ ކޮޓަރިއާ ދިމާއަށް ދިޔައީ އެ ކޮޓަރީގެ ބޮކި ދިއްލާފައި ހުރުމުން އަދި އަދާ ނުނިދާ އުޅޭކަން އެނގިގެންނެވެ.

“ކޮބާތަ ދޮންބެގެ—” އަދާއަށް ގޮވާލާ ވާހަކަ ދައްކަމުން ކޮޓަރިއަށް ވަން ނިހާން ކުއްލިއަކަށް ހުއްޓުނީ އަދާ އުނގަށް ލައިގެން ޒައިނާގެ އެނދުގައި އިން ދައުހާ ފެނުމުންނެވެ.

ދައުހާ ފެނުމުން ސިހިފައި ހުއްޓުނު ނިހާން، ލޮލަށް ފެންނަ މަންޒަރާ މެދު ޝައްކު ވެފައި ހުރެ ލޯ މަރާލާފައި ހުޅުވާލިއެވެ. ދެންވެސް މަންޒަރު ބަދަލު ނުވުމުން ކުރިއަށް ދެތިން ފިޔަވަޅު އަޅާފައި ގޮސް ދައުހާގެ ކުރިމަތީ ހުއްޓުނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ރާސްތާ2 (38)

Next

ރާސްތާ2 (39)

Next
February 19, 2020

ރާސްތާ2 (39)

Previews
February 18, 2020

ރާސްތާ2 (38)

19 Comments!

  1. Mar Sha Marsha says:
    February 19, 2020 at 8:24 am

    Salaam all, iyye Marsha ge kuda dharifulhu hun aisgen ulhunyma vaahaka upload nukurevuny, sorry. Mi part kiyaalaafa comment kollahchey, part 11 maadhama upload kollaanan. ❤️❤️❤️???

    1. Ainth says:
      February 19, 2020 at 1:18 pm

      Marsha ge dharifulhah avas shifaa akah edhen ❤️❤️❤️❤️

    2. Mar Sha Marsha says:
      February 19, 2020 at 8:15 pm

      Thank u ainth

  2. Yaayaa says:
    February 19, 2020 at 8:32 am

    Alheyyy.. enme kiyaa hiyvi hisaabun thi huttaaly.. but story gendhaa goiy varah salhi ingey.. keep going n thankolheh avahah up kohladhehchey next part

    1. Mar Sha Marsha says:
      February 19, 2020 at 8:44 am

      Thank u yaayaa, dhera nuvey, Insha Allah maadhama aneh bai kiyaaleveyne ?

  3. aya says:
    February 19, 2020 at 8:39 am

    when u will up the next part

    1. Mar Sha Marsha says:
      February 19, 2020 at 8:44 am

      Thank u aya, tomorrow ??

  4. Yuyuu says:
    February 19, 2020 at 9:03 am

    Wow v reethi mi part vex .. waiting ❤️❤️

    1. Mar Sha Marsha says:
      February 19, 2020 at 8:12 pm

      Thank u yuyuu

  5. Yanaa says:
    February 19, 2020 at 9:11 am

    Varah varah varah reethi?????????????????
    Maa sha Allah ❤❤❤❤❤❤❤
    waiting waiting ???????

    1. Mar Sha Marsha says:
      February 19, 2020 at 8:13 pm

      Thank u Yanaa

  6. Khadheeja says:
    February 19, 2020 at 10:32 am

    Varah Reethi mipartves

    1. Mar Sha Marsha says:
      February 19, 2020 at 8:13 pm

      Thank u khadeeja

  7. Kairaa says:
    February 19, 2020 at 12:23 pm

    Varah reethi…hama habbu….varah furihamaa mi part vx..whn nxt waiting..nxt part avahah up kohla dhehchey plzzz….

    1. Mar Sha Marsha says:
      February 19, 2020 at 8:14 pm

      Thank u Kairaa, tomorrow

  8. Pari says:
    February 19, 2020 at 4:11 pm

    V reethi♥️ shafakallah for ur baby

    1. Mar Sha Marsha says:
      February 19, 2020 at 8:14 pm

      Double thank u pari

  9. Aisher says:
    February 19, 2020 at 9:27 pm

    Mi vahaka ekoh kyn mee hama marsha ge vahaka ehtha konme ves website akun….ehen myhehge vahaka eh in gotjah copy kohlyma kafa

    1. Mar Sha Marsha says:
      February 20, 2020 at 10:58 am

      Mee hama Marsha ge vaahaka eh, mi vaahaka kuriah dhaane Ehen website ehga ves, ekamaku adhi nunimey e site in ves, so aisher ah mi vaahaka ehkoh adhi nukiyeyne. Vaahaka esfiya iga start kuri iruves Marsha bunefa innaane mee ehen site ehga ves genesdhemun dhaa vaahaka eh kamah. Hope I hv cleared any doubts u hv dear, n thank u for reading

Comments are closed.


All Right Reserved!