“އިޝާމް މިހާރު ހާދަ ފިލައިގެންނޭ ދޯ ތި އުޅެނީ” ނައިހާގެ އަތުގައި ހިފާ ހުއްޓުވާފައި މަޒްހާ އިޝާމްއަށް ބުންޏެވެ. “ތަންކޮޅެއް ބިޒީ ދުވަސްކޮޅެއް ވީމަ ނާދެވެނީ. ނަޒް ކިހިނެއް؟ ނައި ކިހިނެއް؟” އިޝާމް އަހާލިއެވެ. “އަހަރެން ރަނގަޅު. އެހެން މީހުންގެ ގޮތެއް ނޭނގެ” އެހެން ބުނެފައި ނައިހާ އެކަނި ދޫކޮށްލާފައި ނަޒްހާ އެތެރެއަށް ވަނެވެ. “ހިނގާ ދޯ ވަންނަމާ” އިރުކޮޅަކު ދައްކާނެ ވާހަކައެއް ނޭނގި ތިބެފައި އިޝާމް ސައިކަލުން ފައިބާފައި ބުންޏެވެ. “މިއޮއް އައީނު؟” ދެ މީހުން […]
“އަޅެ ތުއްތުބޭގެ ވެޑިންގ އޮންނަ ކަން އެނގޭ އިރު ޔަޒާން ކީއްވެ މިއަދަށް ތި ދަތުރު ނިންމީ؟ މާދަމައަށް ފަސް ކޮށްލި ނަމައެއްނު؟” ޔަޒާންގެ އަތުގައި ހިފާލަމުން ނައިހާ އެހިއެވެ. “ކިތައް ފަހަރު ބުނީމަތަ ނައިހާއަށް އަޑު އިވެނީ؟ ނެތޭ ފަސް ކުރެވޭކަށް، އަހަރެން ބެލީމޭ” ނައިހާގެ އަތުގައި ހިފާ ދުރު ކޮށްލަމުން ޔަޒާން އަލަމާރި ކައިރިއަށް ގޮސް ދޮރު ހުޅުވާލިއެވެ. “ދެން ޔަޒާން ނުގޮސް މަޑު ކޮށްލަން ވީނު މި ފަހަރު؟” އަދިވެސް ނައިހާ ބެލީ […]
“ނަދާ، ކިހިނެއްތަ ވީ؟ އަޔާ ކީއްކުރީތަ؟” އެނދުގައި އޮށޯވެގެން ރޯން އޮތް ނަދާގެ ބުރަކަށީގައި ފިރުމާލަމުން ހުދާ އެހިއެވެ. ނަދާ ތެދުވެ ލޯ ފޮހެލާފައި އެ ކައިވެނީގެ ވާހަކަ ސާޖިދާ ފުރަތަމަ ދެއްކި ހިސާބުން ހުރިހާ ވާހަކައެއް ކިޔާދޭން ފެށިއެވެ. ނަމަވެސް އަސްނާމެން އައި ރޭގެ ވާހަކަ ބުނީ ނަދާއާ މެދު އަޔާޒް ކަންތައް ކުރި ގޮތް ސިއްރު ކޮށްފައެވެ. އެރޭ މައިހާ ގެޔަށް ގެނައި ވާހަކަ ބުނުމުން ހުދާވެސް ހުރީ ގަބޫލު ކުރަން ދަތި ވެފައެވެ. […]
ކޮޓަރިއަށް ވަދެވުނީ އުނދުން ނުނިއްވާ ކަން ހަނދާން ވުމުން ނަދާ ނިކުތް އިރަށް އަޔާޒް ދެއްކި ވާހަކަ އަޑު އިވިފައި ހުރި ފިޔަވަޅު މަތީ ނަދާއަށް ހުއްްޓެވުނެވެ. ގަބޫލު ނުކުރެވިފައި އަޔާޒްއާ ދިމާއަށް ބަލަން ނަދާއަށް ހުރެވުނެވެ. “އަޔާ، ބުނެބަލަ ދެން. ނަދާއަކަށް ނޭނގޭ އަޔާގެ ހިތުގަ އޮތް އެއްޗެއް. އޭނައަށް އަދިވެސް ހީވެފަ އޮންނާނީ އަޔާ އޭނައާ އެކީ އުޅެން ބޭނުން ނުވާ ކަމަށް. ދެ މީހުން ވާހަކަ ދައްކަބަލަ” މައިހާ އަޔާޒްއަށް ނަސޭހަތްތެރި ވިއެވެ. “ބުނާނެ ގޮތެއް ނުވިސްނޭ އަހަންނަކަށް. ވަރަށް ވިސްނަން އެކަމާ. މައި ބުނެބަލަ އަހަރެން ބުނަންވީ ކީކޭ ކަން” އަޔާޒް އެދުނެވެ. “އަހަރެން ބުނާ އެއްޗެށް ނޫން އަޔާ ބުނާނީކީ، އަޔާ ހިތުގަ އޮތް އެއްޗެއް ރީތިކޮށް […]
“ނަދާ އަޔާއާ އެކީ އުޅެން ބޭނުން ނުވެދާނެތަ؟ އަޔާއަށް ގޯހެއް ހެދުނީތަ؟” ނިހާލް އެހިއެވެ. އަނގައިން ނުބުނެ އަޔާޒް ބޯ ޖަހާލިއެވެ. “އެއްވެސް ގޮތަކުން ނަދާއަށް ދެރައެއް ލިބިގެން ނުވާނެ އަޔާ، ލޭގެ ގުޅުމެއް ނެތަސް އެއީ އަހަރެންގެ ކޮއްކޮއެއް، އޭނައަށް ގޮތެއް ވެއްޖެއްޔާ އަޔާ ޖެހޭނެ އަހަންނަށް ޖަވާބު ދޭން” ނިހާލް ބުނެލިއެވެ. އަޔާޒް ބުނި ގޮތުން ނިހާލް ނިންމީ އަޔާޒް ނަދާއަށް ބޭވަފާތެރި ވީ ކަމުގައެވެ. ނަމަވެސް ހިތަށް ހަމަ ޖެހުމެއްވެސް ލިބުނީ އެކަމާ […]
“ދެން އެހެން ކޮން ކަމެއް ވެގެންތަ ނަދާ ނުނިކުންނަން ވީ؟ އަޔާ ނުޖަހާ ނަމަ ބުނާނެއެއްނު ނުޖަހަމޭ؟ ރުޅި އަޔަސް އެހެން ގޮތް ގޮތަށްވެސް ކަންތައް ކުރެވޭނެ ދޯ؟ އެކަމަކު މި މީހުންނަށް ހީވަނީ ތަޅައިގަތީމަ ތިމާގެ ބާރު ދައްކާލެވުނީއޭ. ނަދާވެސް ސިއްރުތަ ކުރަންވީ؟” ރުޅި އައިސްފައި ހުރި ހުދާ ވާހަކަ ދައްކަމުން ދިޔައީ ވަކި މީހަކާ ނޫނެވެ. އިރު އޮއްސުނު އިރުވެސް ނަދާ ނުނިކުތެވެ. އެންމެ ފަހުން ހަތެއް ޖެހުމުން ހުދާމެން ދިޔައީއެވެ. “ނަދާ، އެ […]
“އަޔާ، އަހަރެން ދާން ވީތަ؟” މައިހާ އަހާލިއެވެ. އަޔާޒް ބޯ ޖަހާލީ އެ ވަގުތު މައިހާ ހުރުމުންވެސް އުނދަގޫ ވެގެންނެވެ. އިތުރު އެއްޗެއް ނުބުނެ ދަބަސް ހިފައިގެން މައިހާ ނިކުތެވެ. އަޝްފާންއަށް ގުޅީވެސް ތިރިއަށް ފައިބާފައެވެ. އަޔާޒް ކޮޓަރިއަށް ވަން އިރު ނަދާ އެނދުގައި އޮތެވެ. ނަދާ އޮތީ ހޭލާ ކަން އަޔާޒްއަށް އެނގުނީ އަޔާޒް ވަނުމުން ނަދާ ބާލީހުން މޫނު ފޮރުވާލުމުންނެވެ. ވެ ދިޔަ ކަންތައް ނަދާގެ ސިކުނޑީގައި ތަކުރާރު ވަމުން ދިޔައެވެ. އަޔާޒްއާ މެދު […]
21 އެކި ވާހަކައިގައި ތިބި އިރު ގިނައިން ވާހަކަ ދެކެވުނީ އަޔާޒްއާ އަޝްފާންގެ މެދުގައެވެ. މައިހާ އިނީ އެ ދެމީހުންނަށް ބަލާށެވެ. އެ ވަގުތުކޮޅު ތެރޭގައިވެސް އަޔާޒްއާ އަޝްފާންގެ މެދުގައި އެކުވެރިކަމެއް އުފެދިގެން އައެވެ. އަޔާޒްގެ ޖީބުގައި އޮތް ފޯން ވައިބްރޭޓް ވުމުން އަޅާނުލާ އަޔާޒް ހުރީ އަޝްފާންއާ މައިހާގެ ކައިވެނީގެ ވާހަކަ ދައްކަން ހުރުމުންނެވެ. ފޯން ކެނޑިފައި އިރުކޮޅެއް ވީ ފަހުން ދެ ވަނަ ފަހަރަށްވެސް ވައިބްރޭޓް ވާން ފެށިއެވެ. އެހާ ލަސް ވީ ފަހުން […]
ނަދާއަށް ލޯ ހުޅުވާލެވުމާ އެކީ ފެނުނީ އެނދުގައި ނިދާފައި އޮތް އަޔާޒްއެވެ. ސިހިފައި ނަދާއަށް މޭގައި އަތް ޖައްސާލެވުނީ އަޔާޒް އެހާ ކައިރީގައި އޮތުމުންނެވެ. އެހެން އޮވެފައި އަނެއް ފަރާތަށް އެނބުރުނީ ރޭގެ ކަންތައް ހަނދާން ވުމުންނެވެ. އިޚްތިޔާރަކާ ނުލާ ނަދާއަށް ރޮވުނެވެ. އަޔާޒްއާ މެދު ހިތް ޝަކުވާއިން ފުރިގެން އައެވެ. މޫނު ފޮހެލާފައި ނަދާ އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް ގައިގެ އެތަން މިތަނުގައި ހުރި ރިހުން ރެއަށް ވުރެ ގަދަވެފައި ވުމުން ތެދުވަން ނަދާއަށް […]