Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 13

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 25, 2020 7 Mins Read
16 Comments

އެކަކުވެސް އެއްޗެއް ނުބުނެ ތިއްބެވެ. އެ ތަނުން ދާން ބޭނުން ވި ނަމަވެސް ދާން ނުކެރިފައި ހުރި ދައުހާއަށް، އެ ވަގުތު ފޯން ރިންގ ވުމުން އެ ފުރުސަތު ލިބުމުން އަވަހަށް ޒައިނާގެ ކޮޓަރިއަށް ވަދެ ފޯން ބިޒީ ކޮށްލާފައި ވަނީ ފާހާނާއަށެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހިގަތުމާއެކު ބާރަށް ރޮވުމުން ދައުހާ އަތްތިލަ އަނގަމަތީ އަޅާ ބާރުކޮށްލިއެވެ.

ނިހާން ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެ ދެ އަތުން މޫނު ފޮރުވާލިއެވެ. ފަސް ވަރަކަށް މިނަޓް އެހެން އިނދެފައި ނިހާން ތެދުވީ ތިރިން އެއްވެސް އަޑެއް ނީވޭތީއެވެ. އެ ފަދަ އެހެން ރޭރޭ ގޭތެރޭގައި ހުންނަ ސަކަރާތުގެ އަޑު ނީވޭތީއެވެ. މަންމައާ ބައްޕަގެ އުފާވެރި ރޭގެ އުފާވެރިކަން ފަނޑުވެގެން ދިޔައީ ނިހާންގެ ސަބަބުންނޭ ހިތަށް އެރުމުން ނިހާން ދެރަ ވިއެވެ.

ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން ނިހާން ތިރިއަށް ފޭބި އިރު އެކި މީހުން އެކި ތަނުގައި އިށީނދެގެން ތިއްބެވެ.

“ކީއްވެފަތަ އެންމެން ތި ތިބީ؟ އެކަކުވެސް މަންމައަ ބައްޕައަށް ހަދިޔާވެސް ނުދެނީތަ؟” ނިހާން އަހާލިއެވެ. އަދި މޭޒުމަތީ ޕާރުސަލް ކޮށްފައި ހުރި ހަދިޔާތަކުގެ ތެރެއިން ރަތް ކުލައިގެ ޕާރުސަލްއެއް ހިފައިގެން އައިސް ނިހާން، ސޯފާގައި ތިބި ނަޝީލާއާ ވަސީމްގެ މެދުގައި އިށީނެވެ.

“މީ އަހަރެންގެ ފަރާތުން މަންމައާ ބައްޕައަށް” ނަޝިލާ އަތަށް ހަދިޔާ ދެމުން ނިހާން ބުންޏެވެ.

“ޗާންސެއް ހޯދާލާފަ އެންމެ ކުރިން މަންމަމެންނަށް ހަދިޔާ ދިން މީހާއަށް ވީ ދޯ؟ ދޮންބެ ވަރަށް މަކަރު ވާނެ!” ނަވާޒްވެސް ހަދިޔާއެއް ހިފައިގެން ގޮސް މަންމައާ ބައްޕައަށް ދީފައި ނިހާންއަށް ބުނެލީ މާހައުލު ބަދަލު ކޮށްލާށެވެ.

“އެހެން ދޯ އެ ވީ؟ އަހަރެން ނެތިސް ނަވާ ފުރަތަމަ ހަދިޔާ ދިން ނަމައެއްނު؟ މިހާރު ދެން ކީކޭ ތި ކިޔަނީ؟ ކޮންމެ އެއްޗެއް ކިޔަސް އަހަންނަކީ މަންމައާ ބައްޕަގެ ފުރަތަމަ ދަރިފުޅު. ނޯ ވަން ކެން ބީޓް މީ! ދެން ޖޭ ވާ މީހަކު ޖޭ ވެފަ ހުންނަން ވީ” ނަޝީލާގެ ކޮނޑުގައި ބޯ ޖައްސާލާފައި ބައްދާލަމުން ނިހާން ބުންޏެވެ.

އެއާއެކު ހުރިހާ އެންމެން އަޑު ގަދަ ކުރަން ފެށިއެވެ. ނަވާޒްއާ އާހިލް އައިސް ނިހާންގެ ދެ އަތުގައި ހިފާ ދަމާފައި ދުރަށް ގެންދަން ވާ އިރަށް އަޔާޒްއާ ރާއިދުއާ ރިޔާން އައިސް ނަޝީލާއާ ވަސީމް ކައިރީ އިށީނެވެ. ކުރިން އޮތް ހިމޭން ކަން ނެތި ހުރިހާ ކުދިންގެ ސަކަރާތުގެ އަޑު ގޭ ތެރޭގައި ހިފާލިއެވެ. ކުދިންގެ ސަކަރާތް ބަލަން ހީލަ ހީލާ ނަޝީލާއާ ވަސީމް ތިއްބެވެ. ޒައިނާއާ އަޒްމަން ކައިރީ އަތް ޖަހާލަ ޖަހާލާ މަޖާ ވެފައި ދައުހާވެސް ހުއްޓެވެ. އިރުކޮޅަކަށް ނަމަވެސް ހިތުގައި ވާ ކަންތައް މަތިން ހަނދާން ނެތިފައެވެ.

 

ހަތަރު މަހެއް ހާ ދުވަސް ފަހެވެ. ދައުހާގެ މަންމައާ ކޮއްކޮ ގޮވައިގެން ދައުހާގެ ބައްޕަ ބޭސް ފަރުވާއަކަށް އިންޑިއާއަށް ދާން ތައްޔާރު ވަމުން ދިޔަ އިރު ދައުހާއަށް އެ ދަތުރުގައި ބައިވެރި ނުވެވުނީ އޮފީހުން ޗުއްޓީ ނުލިބިގެންނެވެ. ދުންޔާވެސް އެ ދަތުރުގައި ބައިވެރި ވާ އިރު ދުންޔާގެ ފިރިމީހާ ނާއިލްއަށްވެސް ނުދެވުނީ އޮފީހުގައި މާ ބުރަ ދުވަސްކޮޅަކަށް ވާތީއެވެ.

އަމީރާމެން ދިޔަތާ ހަފްތާއެއް ވީ ތަނާ ނާއިލްއަށް އޮފީސް ކަމަކު ރާއްޖެ ތެރެއަށް ދާން ޖެހުނެވެ. ނަމަވެސް ދައުހާ އެކަނި ގޭގައި ބަހައްޓާފައި ދާކަށް ނާއިލްއަކަށް ނުކެރުނެވެ. އަމީރާއަށް ގުޅާފައި އެ ވާހަކަ ބުނުމާ އެކު އަމީރާ ބުނީ ދައުހާގެ ހިތުގައި އޮތް ގޮތަށެވެ. ނަޝީލާއަށް ވުރެ އަމީރާ އިތުބާރު ކުރާ އެހެން މީހަކު ނުހުންނާނެ ކަން ދައުހާއަށް އެނގެއެވެ.

ދައުހާ ގާތު ބުނުމުގެ ކުރިން އަމީރާ ނަޝީލާއަށް ގުޅާފައި ކަންތައް ވީ ގޮތް ބުނުމުން، އަމީރާ މެންނަށް އާދެވެން ދެން ދައުހާ ނަޝީލާ މެން ގޭގައި ބެހެއްޓުމަށް އެދުނީ ނަޝީލާއެވެ. އަމީރާ ވަގުތުން އެއްބަސް ވިއެވެ. ދައުހާއަށް ގުޅާފައި އަނެއް ދުވަހު އެ ގެޔަށް ބަދަލު ވާން ބުނުމުން ދައުހާ ތައްޔާރު ވިއެވެ.

ދައުހާ އޮފީސް ނިންމާފައި ދިޔައީ ޒައިނާ މެން ގެޔަށެވެ.

“ސައި ބޯން ވީ ދޯ؟ ސައި ބޯލައިގެން ކުޑަކޮށް ރެސްޓް ކޮށްލާފައެއްނު އެއްޗެހި ބަލާ ގެޔަށް ދާނީ ދޯ؟” ގޭތެރެއަށް ދައުހާ ވަނުމާ އެކު ނަޝީލާ ބުންޏެވެ.

“މިއަދު އޮފީހަށް ދިޔައީ އެކްސްޓްރާ ހެދުމެއް ދަބަހަށް ލައިގެން، މާދަމާ އޮފީސް ނިންމާލާފަ ގެޔަށް ގޮސް އެހެން އެއްޗެހި ގެންނާނީ. ޒައި ކޮބާ؟” ދައުހާ އެހިއެވެ.

“ދެންމެ އަދާ ނިންދަވާފަ އެ ވަނީ ފެން ވަރަން. އިހަށް ހަމަ ޖެހިލައިގެން ސައި ބޯލަބަލަ” ދެ ތަށި ސައި ގެނެސް މޭޒުމަތީ ބަހައްޓާފައި ނަޝީލާ އެއްތަށި ދައުހާއާ ކައިރި ކޮށްލިއެވެ.

“ނަޝީއްތަ ތި އުޅެނީ އަހަންނާ އެކީ ސައި ބޯންތަ؟ ހާދަ ރަނގަޅޭ” ދައުހާ ބުންޏެވެ.

“އުހުނ، ނަޝީއްތަ ސައި ބޯނީ ނަންނަގެ ބައްޕަ އައިމަ. މީ ނިހާންއަށް. އޭނަވެސް އިރުކޮޅެއް ކުރިން އައިސް ގެޔަށް އެ ވަނީ. މިހާރު އަންނާނެ ސައި ބޯން” ނަޝިލާ ބުންޏެވެ.

ދައުހާއަށް ސިޑިއާ ދިމާއަށް ބަލާލެވުނެވެ. އަވަސް އަވަހަށް ސައި ބޮއެގެން ތެދުވާން އުޅުނު ނަމަވެސް މިނަޓެއްވެސް ނުވަނީސް ނިހާން އަންނަ ތަން ފެނުނެވެ.

އަތުގައި އޮތް ޓެބްލެޓުން ކޮންމެވެސް ކަމެއް ކުރަމުން އައި ނިހާން ޓެބްލެޓް ތިރިކޮށްލާފައި ބަލާލީ ކާމޭޒާ ހަމައަށް އާދެވުމުންނެވެ. އެއާއެކު އިރުކޮޅަކު ދައުހާއަށް ބަލަން ނިހާންއަށް ހުރެވުނެވެ. އިސް ޖަހައިގެން އިން ގޮތަށް ދައުހާ އަވަސް އަވަހަށް ސައި ތަށި ހުސްކޮށްލިއެވެ.

“ތި ނިންމާލީތަ؟ ހާދަ އަވަހަކަށް؟ އެއްޗެއް ނުވެސް ކަންތަ؟” ދައުހާ ތެދު ވުމުން ނަޝީލާ އަހާލިއެވެ.

“އެހާ ބަނޑުހައެއް ނުވޭ ނަޝީއްތާ، ދެން ފަހުން ޒައިއާ އެކީ ކޮފީއެއް ބޯލާނީ” ދައުހާ ތެދުވެގެން ގޮސް ޒައިނާގެ ކޮޓަރިއަށް ވަނެވެ.

އެރޭ ދައުހާއާ ޒައިނާ ކޮޓަރީގައި އެކި ވާހަކައިގައި ތިއްބާ އަޒްމަން އައުމުން ދެ ކުދިން ސިޓިންގރޫމަށް ނިކުތެވެ. އޭރު ނިހާންއާ ނަވާޒްވެސް އެތާ ތިއްބެވެ. ބާރަ ޖަހަން އުޅެނިކޮށް އަޒްމަން ގެޔަށް ދާން ތެދު ވުމުން އަޒްމަންއާ އެކު ޒައިނާވެސް ބޭރަށް ނިކުތެވެ. އެ މީހުންގެ ފަހަތުން ނަވާޒްވެސް ތެދު ވެގެން ގޮސް މައްޗަށް އެރިއެވެ.

ނިހާންއާ އެކު އެކަނި ވުމުން ދައުހާ ތެދުވީ ކޮޓަރިއަށް ދާށެވެ.

“ދައު…” ދައުހާއަށް ފިޔަވަޅެއް ނޭޅެނީސް ނިހާން ގޮވާލިއެވެ.

ދައުހާ ހުއްޓިފައި ބަލާލީ ގަބޫލު ނުކުރެވިފައެވެ.

“އައިމް ސޮރީ…” ނިހާން ބުންޏެވެ.

“ކޮން ކަމަކާ؟” ދައުހާ އަހާލިއެވެ.

“އަހަންނަށް އެނގޭ އަހަންނާ ހެދި ދައުއަށް ވަރަށް ހަރޓް ވާ ކަން…” ނިހާން މަޑުމަޑުން ބުނަން ފަށާފައި ހުއްޓާލީ ކުރިއަށް ދާނެ ގޮތެއް ނުވިސްނިގެންނެވެ.

“އަސްލު މާފަށް އެދެން ވީ އަހަރެން. ނިހާން އެހެން މީހެއް ދެކެ ލޯބި ވާ ކަން އެނގޭ އިރުވެސް އެ ހުރިހާ ދުވަހު މޮޔައެއް ހެން ނިހާންގެ ފަހަތުން އަހަރެން ދުވީ… އަހަންނަށްވެސް އެނގެން ވާނެ ލޯބި ވާ މީހެއްގެ މަތިން ހަނދާން ނައްތާލުމަކީ ފަސޭހަ ކަމެއް ނޫން ކަން… އެކަމަކު އަހަރެން ބޭނުން ވީ ޝަނާޒް މަތިން ހަނދާން ނައްތާލާފައ ނިހާން އަހަރެން ދެކެ ލޯބި ވާން. އެ ހުރިހާ ދުވަހު އެ ގޮތަށް އުނދަގޫ ކުރެވުނީތީ ވަރަށް ބޮޑަށް ސޮރީ. މިހާރު އަހަންނަށް ވިސްނިއްޖެ، ދެން ނުވާނެ އެހެންނެއް. ދެން ނިހާންއަކަށް އަހަރެން އުނދަގުލެއް ނުކުރާނަން. ނިހާން ނުޖެހޭނެ މާފަށް އެދޭކަށް” ދައުހާ ބުނަން ބޭނުން ވި އެއްޗެއް ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ.

ދައުހާ ދިޔަ ދިމާއަށް ބަލަން އިން ނިހާންއަށް ދެ އަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ.

“ކީއްވެތަ ދައުއަށް ނުވިސްނެނީ؟ ނޫނީ… ނޫނީ އަހަންނަށްތަ ނުވިސްނިގެން މި އުޅެނީ…؟” ނިހާންއަށް އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ބުނެވުނެވެ. ހިތަށް އަރަމުން ދިޔަ އެއްޗެހިން ނިހާންއަށް ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސާ މެދު ޝައްކު ކުރެވެން ފެށުނެވެ.

ދައުހާގެ ހިތަށް އެހާ އަނިޔާ އެ ދެވެނީ ނިހާންގެ ވިންނުން ގޯސް ވެގެން ހެއްޔެވެ؟ ދައުހާ، އަދި ނަވާޒްއާ ޝަނާޒްއާ ޒައިނާ އެ ބުނަނީ ރަނގަޅަށް ހެއްޔެވެ؟ ފަހުން ވާނެ ގޮތަކާ މެދު ހިތުގައި އޮތް ބިރާ ހެދި ދައުހާގެ އިތުރުން ނިހާންގެ ހިތަށްވެސް އެ ދެވެނީ އަނިޔާއެއް ނޫން ހެއްޔެވެ؟

“ދޮންބޭ، ކިހިނެއް ވެފަ ތީނީ؟” ޒައިނާ އެތެރެއަށް ވަން އިރު ނިހާން އިސްތަށިގަނޑުގައި ހިފަހައްޓައިގެން އިން ގޮތުން ކަންބޮޑުވެގެން އަހާލިއެވެ.

“ކަމެއް ނުވޭ” ނިހާން އެހެން ބުނެފައި ތެދުވެގެން ސިޑިއާ ދިމާއަށް ދިޔައެވެ.

 

އަނެއް ދުވަހު ދައުހާއަށް އޮފީހުން ގެޔަށް އާދެވުނީ ހައެއް ޖަހަން ވަރަށް ކައިރި ވެފައި ހުއްޓައެވެ. ޒައިނާގެ އެދުމަށް، އެއްޗެހި ބަލާ ގެޔަށް ދިޔުން އެ ރެއަށް ލަސް ކޮށްލީ ޒައިނާ ބާޒާރު ކޮށްލަން ބޭނުން ވެފައި ހުރުމުން، ދައުހާ އާ ދެ ކުދިން އެރޭ ދާ ގޮތަށް ނިންމާފައެވެ.

“ނަންނާ، މަންމައާ ބައްޕަ މިއުޅެނީ ހުޅުމާލެއަށް ގޮސްލަން، ބޮޑުބޭބެ ކައިރިއަށް ނުދާތީ ޝަކުވާ ކުރާތާ ވަރަށް ދުވަސް ވެއްޖެ، އެހެންވެ މިރޭ ގޮސްލާފަ އެ ކޮޅުގަ މަޑު ކޮށްލާފަ މާދަމާ ރޭ އަންނަ ގޮތަށް މި ދަނީ. ދަރިފުޅަށް އުނދަގޫ ވާނެތަ؟” ދައުހާއާ ޒައިނާ ސައި ބޯން ތިއްބާ ނަޝީލާ އައިސް ބުންޏެވެ.

“ނޫން މަންމާ، ގޮސްލާފަ އާދޭ” ޒައިނާ ބުންޏެވެ.

“ދަރިފުޅާ ދައުއާ ދެ ކުދިން މާދަން ތިއްތިބޭދައްތައަށް އެހީވެދޭން ވާނެ އިނގޭ، އެހެން ނޫނީ ވަރަށް ބުރަ ވާނެ ތިއްތިބޭދައްތައަށް. ހެނދުނު ލަސްވަންދެން ނިދަން ތިބެއްޖެއްޔާ ވަރަށް އުނދަގޫ ވާނެ” ނަޝީލާ ބުންޏެވެ.

“މަންމަ ހާސް ނުވެބަލަ، ތިއްތިބޭދައްތަ އެކަނި އެއްވެސް ކަމެއް ކުރާކަށް ނުޖައްސާނަމޭ، ދޯ ދައު؟” ހެމުން ޒައިނާ ބުންޏެވެ.

“މަންމައަށް އެނގެޔޭ، އެކަމަކުވެސް ހަނދާން ކޮށްލަދޭން ވާނެއެއްނު. މިރޭ ދެ ކުދިން އަވަހަށް އަންނައްޗޭ. ހިނގާލާފަ ދިޔަޔަސް އަންނަން ވާނީ ކާރެއްގަ” ނަޝީލާ ބުންޏެވެ.

“އާނ، ނަޝީއްތާ، ލަހެއް ނުވާނަން. ފުރަތަމަ ޝޮޕިންގ ކޮށްލާފަ ދެން ގެޔަށް ގޮސް އެއްޗެހި ހިފައިގެން އަންނާނީ ޓެކްސީއެއްގަ. އޭރުން ރަނގަޅު ވާނެއެއްނު؟” ދައުހާ ބުންޏެވެ.

“ދެން މަންމަ ދޭ ޕެކް ކޮށްލަން، އެހެން ނޫނީ މާ ލަސް ވެދާނެ. ހެލްޕް ބޭނުންތަ؟” ޒައިނާ ބުންޏެވެ.

“ނޫން، ދަރިފުޅުމެން ސައި ބޯލާ. ބައްޕަ މިހާރު ޕެކް ކޮށް ނިންމާލައިފި” ނަޝީލާ ހިނި އައިސްފައި ބުންޏެވެ.

 

އެރޭ ދައުހާއާ ޒައިނާއަށް ނިކުމެވުނީ ނުވައެއް ޖަހަން އުޅެނިކޮށެވެ. އެކި ފިހާރައަށް ވަންނަމުން ބޭނުން ވާ އެއްޗެހި ހަމަވެ، ދައުހާ މެން ގެޔަށް ދެވުނު އިރު ދިހަގަޑި ބައި ވެއްޖެއެވެ. ގެޔަށް ވަން ގޮތަށް ދައުހާ ވަނީ ކޮޓަރިއަށެވެ. ޒައިނާ ދިޔަ ގޮތަށް ބަދިގެއަށް ވަނީ ކަރު ހިއްކައިގެންފައި ހުރި ވަރުން ފެންފޮދެއް ބޯލާށެވެ.

އަތް ދޮވެގެން ތައްޓަށް ފެން އަޅަން ވެގެން އައިސް އަލަމާރިއާ ކައިރި ވެލި ޒައިނާ ސިއްސައިގެން ގޮސް އަތުގައި އޮތް ތަށި ވެއްޓި ތަޅައިގެން ދިޔައީ ދައުހާ ހަޅޭ ލަވައިގަތް އަޑު އިވުމުންނެވެ.

“ދައު…” ޒައިނާ ބާރަށް ގޮވާލިއެވެ.

ދެ ވަނަ ފަހަރަށް ދައުހާ ހަޅޭ ލަވައިގަތް އަޑު އިވުމުން ޒައިނާ އެ ދިމާއަށް ދުއްވައިގަތް އިރު ތެޅުނު ތަށީގެ މަތިންވެސް ހަނދާނެއް ނެތެވެ. ނަމަވެސް ކުރިއަށް އަޅާލި ފިޔަވަޅާ އެކު ޒައިނާއަށް އާހެއްގެ އަޑާއެކު ހުއްޓެވުނީ ފަޔަށް ފުޅިތޮށިގަނޑެއް ހެރުމުންނެވެ. ނަމަވެސް ފައި ހިއްލާލާފައި ލޯ މަރާލަމުން ފުޅިތޮށިގަނޑު ދަމައިގަތީ ދައުހާގެ ރުއިމުގެ އަޑު އިވޭތީއެވެ. ފައިން އަންނަމުން ދިޔަ ލެއަށް ބެލުމެއް ނެތި ޒައިނާ ކޮރަމުން ގޮސް ދައުހާގެ ކޮޓަރި ދޮރު ކައިރިއަށް ހުއްޓި ދައުހާއަށް ގޮވާލަމުން ތަޅުގައި ހިފާލިއެވެ.

“ދައު… ހުޅުވަބަލަ…” ދޮރުގައި ބާރަށް ދެ ފަހަރަކު ޖަހާލަމުން ޒައިނާ ގޮވާލިއެވެ.

“މި ހުޅުވާނަންތަ؟” ޒައިނާއަށް ސިހިފައި ދޮރާ ދުރަށް ޖެހިލެވުނީ ކޮޓަރި ތެރެއިން ފިރިހެނެއްގެ އަޑު އިވުމުންނެވެ.

“ނެތޭ އަހަރެން އަތަކު ތަޅުދަނޑިއެއް” ދައުހާ ރޮމުން ބުނި އަޑު އިވުނެވެ.

ވެގެން އުޅޭ ގޮތް ޒައިނާއަށް ކޮންމެވެސް ވަރަކަށް ވިސްނުނެވެ. އަނގަމަތީ އަތް އަޅާލަމުން ޒައިނާއަށް ދުރަށް ޖެހިލެވުނީ ބިރުންނެވެ. ޒައިނާއާ ދައުހާއަށް އާދެވުނީ ގެޔަށް މީހަކު ވަދެގެން އުޅެނިކޮށެވެ. އެ މީހަކު އެ އުޅެނީ ކޮޓަރީގައި ހުރި އަލަމާރި ނުހުޅުވިގެންނެވެ.

އަނެއްކާވެސް ދައުހާގެ އަޑު އިވުމުން ޒައިނާއަށް އެ ދިމާއަށް ބަލާލެވުނެވެ. އެއާއެކު ދައުހާ ރޮއެގަތް އަޑު އިވުމުން ޒައިނާގެ ލޮލުންވެސް ކަރުނަ އައެވެ. ބާރަށް ނުރޯން އަނގަމަތީ އަތް އަޅާ ބާރު ކޮށްލާފައި ޒައިނާ ވިސްނާލިއެވެ. ކޮޓަރީގައި ހުރި މީހާ ނިކުތުމުގެ ކުރިން ޒައިނާ ކޮންމެވެސް ގޮތަކުން އެހީ ހޯދަން ވީއެވެ. ފަޔަށް ތަދުވި ނަމަވެސް ދެވުނު އެންމެ ބާރަކަށް ގޮސް ބަދިގޭ ކަބަޑު މަތީ އޮތް ދަބަހުން ފޯން ނަގާ ޒައިނާ ގުޅީ ނިހާންއަށެވެ.

އެއް ފަހަރު ފޯން ރިންގްވަމުން ގޮސް ކެނޑުނު އިރުވެސް ނިހާން ފޯނަށް ޖަވާބެއް ނުދިނެވެ. ކަންބޮޑު ވެގެން ގޮސް ޒައިނާ ދެ ކޮޅަށް ހިނގަން ފެށިއެވެ. ކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު އެތެރެއިން ކެހިފައި ހުއްޓާ ފެނުމުން ޒައިނާ އެތެރެ ފެނޭތޯ ކުޑަދޮރާ ކައިރި ވެލިއެވެ.

ފެނުނު މަންޒަރުން ޒައިނާއަށް ލޯ ބޮޑުކޮށް ބަލަން ހުރެވުނީ އިރުކޮޅަކުއެވެ. މޫނު ނިވާ ކޮށްގެން ހުރި މީހަކު ދައުހާއާ ދިމާއަށް ވަޅިއެއް ދިއްކޮށްގެން ހުއްޓެވެ. އެނދުގައި އިން ދައުހާ އެއް އަތުން އަނެއް އަތުގައި ހިފާލައިގެން އިން އިރު އެ އަރުން ލޭ އަންނަމުން ދިޔައެވެ.

އަތުގައި އޮތް ފޯން ވައިބްރޭޓް ވުމާއެކު ޒައިނާގެ އަތުން ފޯން ދޫ ވެގެން ވެއްޓުނެވެ. އަވަސް އަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސާލި އިރު ޒައިނާއަށް ބާރަށް ރޮވެނީއެވެ.

“ދޮންބޭ… ދޮންބޭ…” ޒައިނާއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.

“ނަންނާ، ކިހިނެއް ވީ؟” ޒައިނާ ރޯ ކަން އެނގުމުން ނިހާން ކަންބޮޑުވިއެވެ.

“ދޮންބޭ، އަވަހަށް އާދެބަލަ ދައުމެން ގެޔަށް، ވަރަށް އަވަހަށް… ޕްލީޒް… ޕްލީޒް…” ރޮމުން ޒައިނާ ބުންޏެވެ.

“ކިހިނެއް ވީ؟ ނަންނާ، ބުނެބަލަ” ނިހާންއަށް އަހާލެވުނެވެ.

“އެ މީހާ ހުރީ ވަޅިއެއް ހިފައިގެން… ދައު އަތުން ލޭ އާދޭ… އަވަސް ދޮންބޭ…” ޒައިނާއަށް ބުނެވުނެވެ.

ނިހާން އިތުރު ސުވާލެއް ކުރާކަށް ނަހަދައެވެ.

“ނަންނާ، ފޯން ކަނޑާނުލާތި އިނގޭ، ދޮންބެ މިހާރު މި ދަނީ” ހަމަ އެކަނި އެހެން ބުނެފައި ނިހާން ބޭރަށް ދުއްވައިގަތެވެ. ނަވާޒް ފެންނަން ނެތުމުން ގޮވަންވެސް ނޫޅެ ނިހާން ގެއިން ނިކުމެ ސައިކަލަށް އެރިއެވެ.

“ނިހާން، ހާދަ އަވަސް އަރުވާލާފަ؟ ކޮންތާކަށް؟” އެ ވަގުތު އެ ހިސާބަށް މަޑު ކޮށްލި އަޒްމަން ކާރުގެ ދޮރުފަތް ހުޅުވާލާފައި އެހިއެވެ.

“ޓައިމްއެއް ނެތް، އިމަޖެންސީއެއް” އެ ވަރަށް ބުނެފައި މަޑުކޮށްނުލާ ނިހާން ސައިކަލު ދުއްވާލިއެވެ.

ނިހާން ހާސްވެފައި ހުރި ވަރުން އަޒްމަންވެސް ކަންބޮޑު ވިއެވެ. ކާރުގައި ނިހާންގެ ފަހަތުން އަޒްމަން ދިޔައީ، ވީ ގޮތެއް ނޭނގުނު ނަމަވެސް ނިހާންއަށް އެހީއެއް ބޭނުން ވެދާނެ ކަމަށެވެ.

ބޭރުގައި އެހެން މީހަކު ހުރިކަން އެނގުމުން އެ މީހާ ކަންބޮޑުވިއެވެ. ދައުހާ އާ ދިމާއަށް ބަލަން ހުރެ އެ މީހާ ވިސްނާލިއެވެ.

“ކާކު ބޭރުގަ އެހެރީ؟” އެ މީހާ ސުވާލު ކުރިއެވެ.

“އެއީ… އެއީ…” ޒައިނާއަށް ޓަކާ ކަންބޮޑު ވި ދައުހާ އެއްޗެއް ބުނަން ފަސް ޖެހުނެވެ.

އެ މީހާ ދައުހާއާ ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ.

“އެއީ ރައްޓެއްސެއް…” ބިރުން ފަހަތަށް ޖެހިލަމުން ދައުހާ ބުންޏެވެ.

ފާޑަކަށް ހަޅޭ ލަވައިގަނެފައި އެ މީހާ ކޮޓަރީގެ ދޮރާ ކައިރިވިއެވެ. މަޑުމަޑުން ދޮރު ހުޅުވާލުމާއެކު އެ ދިމާއަށް ބަލަހައްޓައިގެން ހުރި ޒައިނާ ފެނުމުން އެ މީހާ ވަށައިގެން ބަލާލީ އިތުރު މީހަކު ހުރިތޯއެވެ.

ޒައިނާ ބިރުން ފަހަތަށް ޖެހުނު އިރު އަތުގައި އޮތް ފޯނުން ނިހާޏް ގޮވާލި އަޑު އިވުނެވެ.

“ދޮންބޭ!” ޒައިނާއަށް ބާރަށް ނިހާންއަށް ގޮވާލެވުނީ ފޯން ކަންފަތާ ކައިރިވެސް ނުކޮށެވެ.

“ނަންނާ، މި ދަނީ…” ނިހާން ބުނި އަޑު އިވުނެވެ.

ޒައިނާގެ އަތުގައި އޮތް ފޯނާ ދިމާއަށް ބަލާލާފައި އެ މީހާ ކަންބޮޑު ވިކަން ޒައިނާއަށް އެނގުނެވެ.

އެ ވަގުތަށް ސަލާމަތް ވާން ބޭނުން ވި ވަރުން ބަލަން ނުހުރެ އެ މީހާ ގެއިން ނިކުންނަން ދުއްވައިގަތެވެ. ބިރުން ހުރި ޒައިނާ ފަހަތަށް އަޅާލެވުނު ފިޔަވަޅާ އެކު ސޯފާގައި ޖެހިފައި ވެއްޓުނެވެ. އަތުގައި އޮތް ފޯން ވެއްޓި ޖެހުމާއެކު ނިވުނެވެ. އަތަށް ވީ ތަދާއެކު ޒައިނާއަށް ރޮއެގަނެވުނެވެ.

ބިރުން ތެދުވަން ނުކެރިފައި އިން ދައުހާ ފުންމައިގެން ތެދުވީ ޒައިނާގެ އަޑު އިވުމުންނެވެ. ކޮޓަރިން ނިކުމެ ބިރުން ހުރެ ދައުހާ ދެ ފަރާތް ބަލާލި އިރު އެ މީހާ ފެންނަން ނެތުމުން، ސޯފާ ކައިރީ ވެއްޓިފައި އޮތް ޒައިނާ ކައިރިއަށް ދިޔައެވެ.

“ޒައި…” ޒައިނާ ކައިރީ އިށީންނަމުން ދައުހާ ގޮވާލިއެވެ.

“އެ މީހާ ގޮއްސި، ދޮންބެ އެބަ އާދޭ…” ވައަތުން ކަނާއަތުގައި ހިފައިގެން ދައުހާގެ އެހީގައި ތެދުވެފައި ޒައިނާ ބުންޏެވެ.

“އަސްލުވެސްތަ؟” ގަބޫލު ނުކުރެވިފައި ދައުހާ ގޭތެރޭގެ އެކި ދިމާއަށް ބަލާލިއެވެ. ހީވީ ކޮންމެވެސް ދިމާލަކުން މީހަކު ފުންމައިގެން އައިސްދާނެތީ ބިރުން ހުރިހެންނެވެ.

“ގޮއްސި…” ޒައިނާ ދެ ވަނަ ފަހަރަށް ބުނީ ދައުހާގެ އަތުގައި ހިފާލަމުންނެވެ.

ޒައިނާ ގައިގައި ބައްދައިގަންނަމުން ދައުހާއަށް ރޮވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ރާސްތާ2 (41)

Next

މިނަން ތިހިތުން ފިލުވާލަނީހޭ…16

Next
February 25, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…16

Previews
February 24, 2020

ރާސްތާ2 (41)

16 Comments!

  1. Mar Sha Marsha says:
    February 25, 2020 at 11:49 am

    Salaam all, mibaives kamudhaane kamah hykuran, next part on Thursday. Tc ❤️❤️❤️?

  2. imkko says:
    February 25, 2020 at 12:40 pm

    me first dhww….v salhi inge♥️♥️♥️♥️waitinn for next part

    1. Mar Sha Marsha says:
      February 26, 2020 at 6:54 am

      Thank u imkko ❤️

  3. Mizna says:
    February 25, 2020 at 1:31 pm

    Its really v v v nice story. Waiting 4 nxt prt

    1. Mar Sha Marsha says:
      February 26, 2020 at 6:55 am

      Thank u Mizna ❤️

  4. Kairaa says:
    February 25, 2020 at 1:45 pm

    Wowwwwwww……..varah furihama…neyge bunaane ehcheh vx….speechless….varah varah reethi….waiting for the nxt part….

    1. Mar Sha Marsha says:
      February 26, 2020 at 6:55 am

      Oh, thank u Kairaa ❤️?

  5. Yanaa says:
    February 25, 2020 at 3:31 pm

    Varah varah reethi.❤❤❤❤❤
    maa sha Allah ???❤❤
    curiously waiting for the next part ????

    1. Mar Sha Marsha says:
      February 26, 2020 at 6:56 am

      Thank u Yanaa ❤️

  6. shaakko says:
    February 25, 2020 at 3:55 pm

    OMG? varah varah varah reethi

    1. Mar Sha Marsha says:
      February 26, 2020 at 6:56 am

      Thank u shaakko ❤️

  7. shaakko says:
    February 25, 2020 at 3:57 pm

    OMG? varah varah varah reethi masha allah ❤❤

    1. Mar Sha Marsha says:
      February 26, 2020 at 6:57 am

      Miothy comment x2 vefa dho ?

  8. Meekkomee says:
    February 25, 2020 at 10:51 pm

    Marsha sis mi part ves varah Varah Reethi ????? curiously waiting for the next part ????? luv yeahhhh ❤️❤️❤️❤️??❤️❤️ ttly ❤️❤️❤️???????

    1. Mar Sha Marsha says:
      February 26, 2020 at 6:58 am

      Thank u meekko ❤️

  9. shaakko says:
    February 26, 2020 at 3:30 pm

    hmm

Comments are closed.

Next Episodeހީވޭ ހިތް ބުނާހެން 14←


All Right Reserved!