Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 14

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
February 27, 2020 6 Mins Read
16 Comments

“އެ މީހާ ގޮއްސި، ދޮންބެ އެބަ އާދޭ…” ވައަތުން ކަނާއަތުގައި ހިފައިގެން ދައުހާގެ އެހީގައި ތެދުވެފައި ޒައިނާ ބުންޏެވެ.

“އަސްލުވެސްތަ؟” ގަބޫލު ނުކުރެވިފައި ދައުހާ ގޭތެރޭގެ އެކި ދިމާއަށް ބަލާލިއެވެ. ހީވީ ކޮންމެވެސް ދިމާލަކުން މީހަކު ފުންމައިގެން އައިސްދާނެތީ ބިރުން ހުރިހެންނެވެ.

“ގޮއްސި…” ޒައިނާ ދެ ވަނަ ފަހަރަށް ބުނީ ދައުހާގެ އަތުގައި ހިފާލަމުންނެވެ.

ޒައިނާ ގައިގައި ބައްދައިގަންނަމުން ދައުހާއަށް ރޮވުނެވެ.

ފޯން ކެނޑުމުން ނިހާން ކަންބޮޑު ވީ ނަމަވެސް މަޑުކުރަން ނަހަދާ ނިހާން ސައިކަލުގެ ދުވެލި ކުރިއަށް ވުރެ ބާރު ކޮށްލިއެވެ.

ދައުހާމެން ގޭ ކުރިމައްޗަށް މަޑުކޮށްލާފައި ނިހާން ސައިކަލުން ފޭބި އިރު އަޒްމަންގެ ކާރު ތަންކޮޅެއް ފަހަތުގައި އޮތެވެ. ނިހާން އެތެރެއަށް ވަން ތަން ފެނިފައި އަޒްމަން ކާރު ޕާކް ކޮށްލާނެ ތަނެއް ހޯދާލިއެވެ. ނަސީބު ރަނގަޅު ކަމުން އެ މަގުގެ އެއްފަރާތުގައި ހުސްތަން އޮތެވެ. އަވަހަށް ކާރު ބާއްވާފައި  އަޒްމަން ނިހާންގެ ފަހަތުން ވަނެވެ.

ނިހާން ދައުހާމެންގެ އެޕާޓްމެންޓަށް ވަން އިރު ޒައިނާއާ ދައުހާ ތިބި ގޮތް ފެނުމުން ދުވެފައި ގޮސް ދެ ކުދިން ކައިރީ އިށީނެވެ.

ނިހާން ފެނުމާއެކު ޒައިނާ، ދައުހާ ގައިން ދޫކޮށްލާފައި ނިހާން ގައިގައި އެލިގަތެވެ.

“ކޮބާ…؟” ޒައިނާގެ ބޮލުގައި ފިރުމަމުން ނިހާން އަހާލިއެވެ.

“ގޮއްސި” ޒައިނާއަށް ބުނެވުނީ ހަމަ އެކަނި އެހެންނެވެ.

އެ ވަގުތު ވަން އަޒްމަންއަށް ފެނުނު މަންޒަރުން ބަލަން ހުރެވުނެވެ.

“އަޒްމަން…” ޒައިނާ ގޮވާލުމުން ނިހާން ޒައިނާގެ އަތުގައި ހިފައިގެން ތެދުވެ ޒައިނާ ސޯފާގައި ބޭންދިއެވެ. ދައުހާގެ އަތުން އޭރުވެސް ލޭ އަންނަ ތަން ފެނުމުން ނިހާން ދައުހާއާ ކައިރިވެފައި ދައުހާގެ އަތުގައި ހިފާ ކަނޑައިގެން ގޮސްފައި އިން ހިސާބު ބަލާލިއެވެ.

“އަޒްމަން” ނިހާން ގޮވާލުމުން އަޒްމަން އައިސް ދައުހާގެ އަތް ބަލާލިއެވެ.

“އަޒްމަން ދޭ ދައުއާ ނަންނަ ގޮވައިގެން ގެޔަށް، އަހަރެން މި ދަނީ” ނިހާން ބުންޏެވެ.

ބޯ ޖަހާލާފައި އަޒްމަން ދައުހާއާ ޒައިނާ ގޮވައިގެން ނިކުތެވެ.

ގަޑިއެއްހާ އިރު ފަހުން ނިހާން ގެޔަށް ދިޔަ އިރު ޒައިނާގެ ފައިގައި އަދި ދައުހާގެ އަތުގައިވެސް ހުރީ ބޭސް އަޅާފައެވެ. ދެ ކުދިން ސޯފާގައި ތިބި އިރު ދެ ފަރާތުގައި ނަވާޒްއާ ނަބާހާ ތިއްބެވެ. ރާއިދުއާ ރިޔާން އަދި އަޒްމަން އެ މީހުން ކައިރީގައި ކޮޅަށް ތިއްބެވެ.

“ކިހިނެއް ވީ؟” ޒައިނާއާ ދައުހާގެ ކުރިމަތީ ހުއްޓިފައި ނިހާން އެހިއެވެ.

އެކަކު އަނެކަކަށް ބަލާލާފައި، އެރޭ ވީ ގޮތް ކިޔާދިނީ ޒައިނާއެވެ.

ނިހާން އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައި ޒައިނާގެ ކައިރިއަށް ތިރިވެލަމުން ޒައިނާގެ ފައިތިލައިގައި އަޅާފައި އޮތް ބެންޑޭޖްގައި އަތް ޖައްސާލިއެވެ.

“ނަސީބެއްނު ބޮޑު ކަމެއް ނުވި ކަން” ނިހާން ބުންނެވެ.

ޒައިނާ އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ.

“ދޭ ދެން ރެސްޓް ކޮށްލަން…” ޒައިނާގެ ބޮލުގައި އަތް ޖައްސާލާފައި ނިހާން ބުންޏެވެ.

ޒައިނާ ތެދު ވެގެން ކޮޓަރިއާ ދިމާއަށް ދިޔައެވެ.

ނިހާން ތެދުވެފައި ދައުހާއާ ދިމާއަށް ބަލާލިއެވެ.

“އަހަރެން… އަހަރެން ބޭނުން ދައުއާ ވާހަކަ ދައްކަން… އެކަނި…” ނިހާން ބުންޏެވެ.

ދައުހާ އިސް އުފުލާ ނިހާންއާ ދިމާއަށް ބަލާލިއެވެ. ކޮޓަރިއާ ހަމައަށް ގޮސްފައި ޒައިނާވެސް އެނބުރި ނިހާންއަށް ބަލާލިއެވެ. ނަވާޒްއަށްވެސް ނިހާންއާ ދިމާއަށް ބަލާލެވުނެވެ.

“ދޮންބޭ… ލަސް ވީ ދައުއާ ހެދިއެއް ނޫން…” ދައުހާއާ ދިމާއަށް ނިހާން އެއްޗެއް ބުނެފާނެތީ ކަންބޮޑު ވި ވަރުން ޒައިނާ ކޮރަމުން އައިސް ނިހާންގެ އަތުގައި ހިފާލިއެވެ.

“ނަންނަ ދޭބަލަ ކޮޓަރިއަށް” ނިހާން ބުންނެވެ.

“ދޮންބޭ…” ޒައިނާ އެއްޗެއް ބުނަން އުޅުނެވެ.

“ނޫޅެމޭ ދައުއާ ދިމާއަށް އެއްޗެއް ބުނާކަށް. އަޒްމަން، ނަންނަ ގެންދެބަލަ! ރާއިދުއާ ރިޔާންވެސް ދޭ… ނަވާވެސް” ނިހާންއަށް ބުނެވުނީ ބާރަށެވެ.

ނިހާން ބުނުމުންވެސް އެކަކުވެސް ނިހާންގެ އަޑެއް ނޭހިއެވެ. ނިހާން އާ ދިމާއަށް ބަލަން ތިބީއެވެ.

“ކީއްވެފަތަ ތި ތިބީ؟ އަޑެއް ނީވޭތަ؟” ހިތް ހަމަ ނުޖެހުމާއެކު ނިހާންއަށް ބުނެވުނީ އެ ވަގުތު ދައުހާއާ އެކު އެކަނި ވެލަން ބޭނުން ވެފައި ހުރި ވަރުންނެވެ.

އެރޭ ނިހާން ބިރުގަތް ވަރަށް ދުވަހަކުވެސް ބިރެއް ނުގަނެއެވެ. ޒައިނާ ގުޅި ފަހުން އެ ގެޔާ ހަމައަށް ދެވެން ދެން ނިހާންގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައީ ނިހާޏްއަށް ނުދެވެނީސް އެ ދެ ކުދިންނަށް ކަމެއް ވެދާނެތީ ބިރުންނެވެ. ނަމަވެސް އެކަކަށްވެސް މާ ބޮޑު އަނިޔާއެއް ނުވާ ކަން އެނގުމުން ހިތަށް ލިބުނު ހަމަ ޖެހުމާއެކު އެރޭ ނިހާންއަށް އެހެން ކަމެއް އިހުސާސް ކުރެވުނެވެ.

ނިހާން ރުޅި އައި ކަން އެނގުމުން ޒައިނާގެ އަތުގައި ހިފައިގެން އަޒްމަން ކޮޓަރިއާ ދިމާއަށް ދާން އުޅުނެވެ. ނަމަވެސް ޒައިނާ ދާ ޚިޔާލެއް ނުކުރިއެވެ. ނަބާހާވެސް ނަވާޒްގެ އަތުގައި ހިފާލަމުން ދާން ހިނގާށޭ ބުނި ނަމަވެސް ނަބާހާގެ އަތަށް ދަމާލަމުން ނަވާޒްވެސް ނުގޮސް ހުރީއެވެ. އެހެން އެކަކުވެސް ނުދާތީ ރާއިދުއާ ރިޔާންވެސް އެކަކު އަނެކަކަށް ބަލާލާފައި ތިބީއެވެ.

ކޮއްކޮމެން ދެކެ ހިތްހަމަ ނުޖެހުނު ވަރުން ނިހާން ހަޅޭ ލަވައިގަންނަން ބޭނުން ވި ނަމަވެސް އެއްޗެއް ނުބުނެ ނިހާން ދެ އަތުން އިސްތަށިގަނޑުގައި ހިފާލަމުން ލޯ މަރާލިއެވެ. އިރުކޮޅަކު އެހެން ހުރެފައި ނިހާން ލޯ ހުޅުވާ ދައުހާއާ ދިމާއަށް ބަލާލިއެވެ. ބިރު ގަނެފައި ހުރިހެން ދައުހާ ނިހާންއަށް ބަލަން ހުރި ގޮތުން ނިހާންގެ ހިތަށް ގޮތެއް ވެލިއެވެ.

“އޯކޭ، ފައިން! އައި ޑޯންޓް ކެއަރ!” ނަވާޒްއާ ދިމާއަށް ބަލާލަފައި އެހެން ބުނެފައި ނިހާން ދެތިން ފިޔަވަޅު އަޅާލަމުން ދައުހާގެ ކުރިމައްޗަށް ހުއްޓުނެވެ.

“ނިހާން…” ދައުހާއަށް ނިހާންގެ ނަން ކިޔާލެވުނެވެ.

ނިހާންއަށް އިތުރަކަށް ނުހުރެވުނެވެ. އެ ދެމެދުގައި ވި ދުރުމިން ނައްތާލަމުން ނިހާން ދައުހާ ގެނެސް މޭގައި ޖައްސާލަމުން ދެ އަތުން ދައުހާ ގައިގައި ބައްދާލިއެވެ.

“ދައު… ދެން ނުހުރެވޭނެ… ނުފޮރުވޭނެ… ދެން ނޫޅެވޭނެ މިހެންނެއް…” ދައުހާގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން ނިހާން ބުނެލިއެވެ.

ވަމުން މި ދަނީ ކީއް ކަން ނުވިސްނިފައި ދައުހާއަށް ނިހާންގެ މޫނަށް ބަލަން ހުރެވުނީއެވެ.

“އައި އެމް ސޯ ސޮރީ… މި ހުރިހާ ދުވަހު ގޮތް ދޫ ނުކޮށް އަހަރެން ދައުގެ ލޯތްބަށް ދެކޮޅު ހެދީތީ… އެހާ ވަރަށް ދައުއަށް ހަރޓް ކުރެވުނީތީ…” ދައުހާގެ މޫނުގައި ދެ އަތުން ހިފާލަމުން ނިހާން މަޑުމަޑުން ބުންޏެވެ.

“ބުނެބަލަ… ބުނެބަލަ… ޕްލީޒް…” ހުރި ގޮތަށް ހުރެ ދައުހާ އެ ބުނީ ކީކޭ ކަން ނިހާންއަށް ވިސްނުނެވެ.

“އައި ލަވް ޔޫ… އަހަރެން ވަރަށް ލޯބި ވޭ ދައު ދެކެ… އައި ލަވް ޔޫ…” ނިހާން އެންމެ ފަހުން އެ ބަސްތައް ދުލުން ބުނެލިއެވެ.

އެ ބަސްތައް ނިހާން ބުނޭތޯ ދައުހާ އިންތިޒާރު ކުރާތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟ އެންމެ ފަހުން ނިހާން ދުވަހަކުވެސް އެއްބަސް ނުވާނެ ކަމަށް ނިންމި ފަހުން ނިހާންގެ ދުލުން ދައުހާ ދެކެ ލޯބި ވާ ކަމަށް ބުނުމުން ދައުހާގެ ލޮލުން އައީ ކަރުނައެވެ. ލޯ މަރާލަމުން ދައުހާ ނިހާންގެ މޭގައި ބޯ ޖައްސާލިއެވެ.

އެ މަންޒަރު ބަލަން ހުރި ޒައިނާގެ ލޮލުންވެސް ކަރުނަ އައެވެ. އަޒްމަންގެ ގައިގައި ލެނގިލަމުން ޒައިނާ ލޯ ފޮހެލާފައި ނިހާންއާ ދައުހާއަށް ބަލަން ހުއްޓެވެ. ނަވާޒްވެސް ހިނި އައިސްފައި ނަބާހާގެ އަތުގައި ހިފާ ދަމާލަމުން ގެނެސް ބައްދާލިއެވެ.

“ނަވާ… ދޮންބެއާ ދައު…؟” ގަބޫލު ނުކުރެވިފައި ނަބާހާ އަހާލިއެވެ.

“ފަހުން ކިޔާދޭނަން” ނަވާޒް ބުންޏެވެ.

ރާއިދުއާ ރިޔާން ހައިރާން ވެފައި އެކަކު އަނެކަކަށް ބަލާލުމަށް ފަހު ނިހާންއާ ދައުހާއާ ދިމާއަށް ބަލަހައްޓައިގެން ތިބީ ފެންނަމުން ދާ މަންޒަރާ މެދު ޔަގީން ނުވެފައި ތިބި ހެންނެވެ.

“ހެޕީ؟” ޒައިނާގެ އަތްތިލައިގައި ހިފާލަމުން އަޒްމަން އަހާލިއެވެ.

ޒައިނާ ބޯ ޖަހާލާފައި އެއް ލޯ މަރާލަމުން އަޒްމަންގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ. އަދިވެސް ނިހާންއާ ދައުހާއަށް ބަލަން ހުރި ނަވާޒްގެ އަތުގައި ހިފާ ދަމާލަމުން ނަބާހާ ސިޑިއާ ދިމާއަށް އިޝާރާތް ކޮށްލިއެވެ.

“ކީކޭ؟” ނަވާޒް އަހާލީ ނަބާހާ ބުނަން އުޅޭ އެއްޗެއް ނުވިސްނިގެންނެވެ.

“ހިނގާށޭ ދާން” ނަބާހާ އެހެން ބުނެފައި ރާއިދުއާ ރިޔާންގެ އަތުގައިވެސް ޖަހާލަމުން މައްޗަށް ދިޔުމަށް ބުންޏެވެ.

އެންމެން ދިޔުމުން ނިހާން ދައުހާގެ މޫނުގައި ދެ އަތުން ހިފާލިއެވެ.

“އައި ލަވް ޔޫ!” ނިހާން އަނެއްކާވެސް ބުންޏެވެ.

ދައުހާ އެއްޗެއް ނުބުނެ ނިހާންގެ މޫނަށް ބަލަން ހުރީއެވެ.

“އެއްވެސް އެއްޗެއް ނުބުނާނަންތަ؟” ހިނި އައިސްފައި ނިހާން އަހާލިއެވެ.

“އަހަންނަށް އަދިވެސް ގަބޫލެއް ނުކުރެވޭ” ދައުހާ ބުންޏެވެ.

ނިހާން އަދިވެސް ބޮޑަށް ކައިރި ވެލަމުން ދައުހާގެ ތުންފަތުގައި ބޮސްދިނެވެ. ދައުހާ ލޯ މަރާލަމުން ދެ އަތުން ނިހާންގެ ކަނދުރާގައި ހިފާލިއެވެ.

“އަދިވެސް ގަބޫލެއް ނުކުރެވޭތަ؟” ނިހާން އަހާލިއެވެ.

“މާދަމާ ނިހާންގެ ހިޔާލު ބަދަލެއް ނުވާނެތަ؟ މިރޭ ކަންތައް ކުރެވުނީ ނުވިސްނިގެންނޭ ނުބުނާނަންތަ؟” ދައުހާއަށް އަދިވެސް ގަބޫލު ކުރަން އުނދަގޫ ވަނީއެވެ.

“ދެން ނުވާނެ… ވަރަށް ދުވަސް ވަންދެން ހިތް އެދޭ ގޮތާ ދެކޮޅު ހެދިއްޖެ… ދެން ނުވާނެ އެ ކަމެއް… މިރޭ ދައުއަށް ކަމެއް ވީ ނަމަ އަހަރެން… ދެން ދުވަހަކުވެސް ދައު ދެރައެއް ނުކުރާނަން” ނިހާން ބުންޏެވެ.

“އައި ލަވް ޔޫ ސޯ މަޗް…” ނިހާންގެ މޫނުގައި އަތް ޖައްސާލަމުން ދައުހާ ބުނެލިއެވެ.

ނިހާން ދައުހާ ގެނެސް މޭގައި ޖައްސާލިއެވެ.

“އެހެމް، އެހެމް…” ސިހިފައި ދެ މީހުން ދުރަށް ޖެހިލަމުން ގޭ ދޮރާ ދިމާއަށް ބަލާލިއެވެ.

“ހާދަ ގަބޫލު ކުރަން އުނދަގޫ މަންޒަރެއް މި ފެންނަނީ؟” ފާޑަކަށް ހިނި އައިސްފައި ހުރެ އާހިލް ބުނެލިއެވެ.

ދައުހާ ރަކި ވެފައި ހުރެ އިސް ޖަހާލިއެވެ. ނިހާން އެއްޗެއް ނުބުނެ ހުރީއެވެ.

“އަސްލުވެސްތަ؟ ދޮންބެއާ ދައު…؟ އަހަންނަށް ފެނުނީ ހަމަ ރަނގަޅަށްތަ؟” އާހިލް އަހާލިއެވެ.

ނިހާން ބޯ ޖަހާލިއެވެ.

“ވަރަށް އުފާ ވެއްޖެ… ކޮންގްރެޗުލޭޝަންސް!” ނިހާން ގައިގައި ބައްދާލަމުން އާހިލް ބުނެލީ ހިތުގެ އަޑިންނެވެ.

 

“އައިމް ސޯ ހެޕީ… ދޮންބެއަށް އެންމެ ފަހުން ހަމަ ގަބޫލު ކުރަން ޖެހުނީ” ކޮޓަރިއަށް ވަދެފައި ޒައިނާ ބުންޏެވެ.

“ޒައި… އަދާ ހޭލަފާނެ” ޒައިނާ ބުނިލެއް ބާރު ކަމުން ނިދިފައި އޮތް އަދާ ތެޅިލި ތަން ފެނިފައި އަދާގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލަމުން އަޒްމަން ބުންޏެވެ.

“ސޮރީ…” ޒައިނާ ބުނެލިއެވެ.

އަދާ ހަމަ ޖެހިލުމުން އަޒްމަން އައިސް ޒައިނާގެ ދެ އަތުގައި ހިފާލިއެވެ.

“ނިހާން އެއްބަސް ވީތީ އަހަރެންވެސް ވަރަށް އުފާ ވެއްޖެ. އެކަމަކު އެއަށް ވުރެވެސް އުފާ ވަނީ ޒައި ފެނިފަ” އަޒްމަން ބުންޏެވެ.

“މި ހުރިހާ ދުވަހު ދައު އުޅުނީ ކިހިނެއް ކަން އެކަކަށްވެސް ނޭނގޭނެ… ދޮންބެ އެހާ ދުވަސް ވަންދެން ދެ ކޮޅު ހަދާފަ އެންމެ ފަހުން ދައު ދެކެ ލޯބި ވާ ކަމަށް އެއްބަސް ވީމަ ދައު ކިހާ އުފާ ވާނެ؟ ދައުއަށް ދައުގެ ލޯބި ލިބުނީމަ ވަރަށް އުފާ ވޭ. އަދި އެއީ އަހަރެންގެ ދޮންބެއަށް ވިތީ ވަކިން ބޮޑަށް އުފާވޭ” ޒައިނާގެ ލޮލުން އަނެއްކާވެސް ކަރުނަ އައީ އުފާ ވި ވަރުންނެވެ.

އަޒްމަން ޒައިނާގެ އަތުގައި ހިފާ ދަމާލަމުން ގެނެސް މޭގައި ޖައްސާލިއެވެ.

“ދެން މާ ގިނަ އިރު ކޮޅަށް ހުންނާކަށް ނުވާނެ، އަހަރެންވެސް ދާން ވެއްޖެ” އަޒްމަން ބުންޏެވެ.

“މިރޭ އަޒްމަންއާ ވާހަކަ ދައްކާލަންވެސް ނުހުރެވުނު، ސޮރީ” ޒައިނާ އަޒްމަންގެ މޫނަށް ބަލާލިއެވެ.

“އިޓްސް އޯކޭ، ދެން ރެސްޓް ކޮށްލާ، މާދަމާ ނާދެވޭނެ، ހަވީރު ޑިޔުޓީ. ސޯ އަނެއް ދުވަހު އަންނާނަން، އެކަމަކު މިރޭ ގުޅާނަން އިނގޭ” ދާން ބޭނުން ނުވެފައި ހުރެ އަޒްމަން ޒައިނާގެ އަތުގައި ހިފާލިއެވެ.

“އޯކޭ” ޒައިނާ ބުންޏެވެ. އަޒްމަން ޒައިނާގެ އަތުން ދޫކޮށްލާފައި ދުރަށް ޖެހިލިއެވެ.

“ބާއި” އަޒްމަން އަތުން ހަނާ އަޅާލިއެވެ.

“އަޒްމަން” އަޒްމަން ތަޅުގައި ހިފާލި އިރަށް ޒައިނާ ގޮވާލިއެވެ.

އަޒްމަން އެނބުރި ބަލާލުމުން ޒައިނާ ދެ އަތް އަޒްމަންގެ މޭގައި ޖައްސާލާފައި ކޮރާލަމުން އަޒްމަންގެ ތުންފަތުގައި ޒައިނާގެ ތުންފަތް ޖައްސާލާފައި ދުރުވެލިއެވެ.

“ޒައި…” ޒައިނާ ދުރަށް ޖެހިލަން އުޅުމުން އަޒްމަން ޒައިނާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލަމުން ދެ އަތުން އެ މޫނުގައި ހިފާލުމާއެކު އެ ތުންފަތުގައި ބޮސްދިނެވެ.

ދެ މީހުންނަށް ދުރުވެވުނު އިރު ތިބީ ނޭވާ ކުރުވެފައެވެ. ދޫކޮށްލަން ބޭނުން ނުވި ނަމަވެސް އަޒްމަން ޒައިނާ ގައިން ދޫކޮށްލާފައި ދުރަށް ޖެހިލިއެވެ.

“އައި ލަވް ޔޫ!” ޒައިނާގެ މޫނުގައި އަތް ޖައްސާލައިގެން ހުރެ އެހެން ބުނެލާފައި އަނެއްކާވެސް އަތުން ހަނާ އަޅާލާފައި ޒައިނާއަށް ޖަވާބެއް ދޭނެ ފުރުސަތެއް ނުދީ އަޒްމަން ނިކުތެވެ.

 

އެކެއް ޖަހަން އުޅެނިކޮށް ސައިކަލުގައި އައިސް ގޭ ކައިރިއަށް މަޑުކޮށްލި އިޔާދުއަށް، ޒައިނާމެން ގޭ ކައިރީގައި ޕާކްކޮށްފައި އޮތް ކަޅު ކުލައިގެ ކާރު ފެނުމުން އެ ކާރާ ދިމާއަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. ފާއިތު ވި ފަސް މަހެއް ހާ ދުވަހު އެ ކާރާ، އޭގެ ވެރި މީހާ ފެނި ފެނި އިޔާދުއަށް ދަސްވެފައި ވާ ކަހަލައެވެ.

އިޔާދު އެހެން ހުންނަތާ ދެ މިނަޓެއް ހާ އިރު ފަހުން ޒައިނާމެން ގެއިން ނިކުތް އަޒްމަން ފެނުމާއެކު އިޔާދުގެ މޫނުގައިވި ނުރުހުމުގެ ކުލަ އިތުރުވެގެން ދިޔައެވެ. ކައިރި ކޮށްލެވިފައި ވި ދެ ބުމަ ގޮށް ޖަހާލެވުމާއެކު އަތުގެ އިނގިލިތައް މުށްކެވިގެން ދިޔައެވެ.

އިޔާދު އެހެން ބަލަހައްޓައިގެން ހުއްޓާ އަޒްމަން ދޮރުމަތީ ހުއްޓިފައި ހީލަމުން އެއް އަތް އިސްތަށިގަނޑު ތެރޭ ހިންގާލިއެވެ. އަދި އެނބުރިފައި ޒައިނާމެން ގެޔާ ދިމާއަށް ބަލާލާފައި ތުންފަތުގައި އަތް ޖައްސާލާފައި ދެ ފަރާތަށް ބޯ ހަލުވާލަމުން ގޮސް ކާރަށް އެރިއެވެ.

އެ މީހެއްގެ ނަން ނޭނގުނު ނަމަވެސް އެ މީހަކާ ޒައިނާއާ ގުޅުމެއް އޮންނަ ކަމަށް އިޔާދުގެ ހިތް ބުނަމުން ދިޔައެވެ. އެއީ ކާކު ކަމެއް، ކޮން ގެއެއްގެ ކީއް ކުރާ މީހެއް ކަމެއް ނޭނގުނު ނަމަވެސް އެއީ ހަރުދަނާ ޒުވާނެއް ކަން އިޔާދުއަށް ޔަގީންވެއެވެ. އެހެން ނަމަވެސް އެ ޒުވާނާއާ މެދު އިޔާދުގެ ހިތުގައި ނަފްރަތު އުފެދެމުން ދަނީ އެއީ ޒައިނާއަށް ޚާއްސަ މީހެއް ކަމުގައި ހިތުގައި ވާ ޝާއްކު ދުވަހެއް ދުވަހަކަށް ޔަގީން ކަމަށް ބަދަލު ވަމުން ދާތީއެވެ.

އަނެއް މަގަށް ގޮސް އެ ކާރު ގެއްލުމުން އިޔާދު ޒައިނާމެން ގެޔަށް ބަލާލިއެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ފަސް ސިކުންތު

Next

މިނަން ތިހިތުން ފިލުވާލަނީހޭ…17

Next
February 27, 2020

މިނަން ތިހިތުން ފިލުވާލަނީހޭ…17

Previews
February 27, 2020

ފަސް ސިކުންތު

16 Comments!

  1. Mar Sha Marsha says:
    February 27, 2020 at 10:26 am

    hi all. here’s part 14. part 15 genesdheynan Sunday ga kiyaalaafa comment kohlahchey. baajjaveri hukuru dhuvahakah edhen. take care ;D

    1. Ainth says:
      February 27, 2020 at 12:59 pm

      Ma sha allah.. V v v reethi… ❤️❤️

    2. Mar Sha Marsha says:
      February 28, 2020 at 11:20 pm

      Thank u Ainth

  2. Haiiiii says:
    February 27, 2020 at 12:19 pm

    This is awesome. Insha allah waiting for the next part ????❤❤❤

    1. Mar Sha Marsha says:
      February 28, 2020 at 11:20 pm

      Thank u Haii

  3. Kairaa says:
    February 27, 2020 at 1:16 pm

    Varah reethi mi part vx……waiting for the nxt part….

    1. Mar Sha Marsha says:
      February 28, 2020 at 11:21 pm

      Thank u kairaa

  4. LAZY_QUEENY says:
    February 27, 2020 at 1:39 pm

    Varah reethi mi part vs……. Whn is next part

  5. LAZY_QUEENY says:
    February 27, 2020 at 1:40 pm

    Varah reethi mi part vs……. Whn is next part….. Waiting for next part.

    1. Mar Sha Marsha says:
      February 28, 2020 at 11:22 pm

      Queen ge 2 comments ah ves thank u ?

  6. Laury says:
    February 27, 2020 at 2:29 pm

    ❤Salhi

    1. Mar Sha Marsha says:
      February 28, 2020 at 11:22 pm

      Thank u Laury

  7. shaakko says:
    February 27, 2020 at 4:06 pm

    mi part ves varah varah reethi maasha allah??????????????

    1. Mar Sha Marsha says:
      February 28, 2020 at 11:23 pm

      Thank u shaakko

  8. ... says:
    February 27, 2020 at 4:59 pm

    This prt nice whn nxt prt

    1. Mar Sha Marsha says:
      February 28, 2020 at 11:24 pm

      Thank u… Next part on Sunday

Comments are closed.


All Right Reserved!