Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 6

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login
February 9, 2020 8 Mins Read
16 Comments

“ދައުއަކަށް ނުވިސްނޭނެ… އަހަރެން މީ ދައުއާ ބަލާފަ މާ ދޮށީ މީހެއް. އެއްވެސް މީހަކު ގަބޫލެއް ނުވާނެ—” ނިހާން ބުނަން އުޅުނު ޖުމްލަ މެދުކަނޑާލަމުން ދައުހާ ވާހަކަ ދައްކަން ފެށިއެވެ.

“އަހަންނަށް ހެވޭ މަންމަ ގަބޫލު ނުވިޔަސް، ހެޔޮ އެންމެން ދެކޮޅު ހެދިޔަސް” ދައުހާ އަޑަށް ބާރު ލަމުން ބުނެލިއެވެ.

“އަހަރެން ކިހިނެއްތަ ދައުއަށް ވިސްނައިދޭނީ…؟” ނިހާން ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަނެއް ފަރާތަށް އެނބުރި ގޮސް ކުޑަދޮރު ކައިރީ ހުއްޓުނެވެ.

ނިހާން އެ ވަރަށް ދެކޮޅު ހަދާތީ ދެރަ ވެފައި އިން ދައުހާ ކުއްލިއަކަށް ތެދު ވެގެން ގޮސް ނިހާންގެ ގައިގައި ފަހަތުން ބައްދައިގަތެވެ. އެއާއެކު ދައުހާއަށް ރޮވުނީއެވެ.

“ދައުހާ!”

ދައުހާ އައިސް ބައްދައިގަތުމާ އެކު މުޅި ހަށިގަނޑު އެކީ ހަރުކަށި ވެގެން ދިޔަ ނިހާން ހިތްހަމަ ނުޖެހިފައި ދައުހާގެ ނަމުން ގޮވާލިއެވެ.

ނިހާންގެ އަޑުގައި ވި ހިތްހަމަ ނުޖެހުން ފާހަގަ ކުރެވުމުން ދައުހާގެ ރުއިން ބާރުވިއެވެ.

ދައުހާ ރޮނީކަން އެނގުމުން ނިހާންގެ ހިތަށް ވާންވެލިއެވެ.

“ދައު…” މަޑުމަޑުން ގޮވާލަމުން ނިހާން ދައުހާގެ ދެ އަތުގައި ހިފާ ދުރު ކޮށްލަމުން އެނބުރުނެވެ. އިސް ޖެހިފައި ހުރި ދައުހާގެ މޫނުގައި ދެ އަތުން ހިފާ ނިހާން ދައުހާގެ މޫނު އުފުލާލިއެވެ.

“ދައު، ނުރޮއެ…” ނިހާން ދައުހާގެ ލޮލުން އައި ކަރުނަ ފޮހެދެމުން ބުނެލިއެވެ.

“އައި ލަވް ޔޫ…” ދައުހާ ބުނެލީ ހަމައެކަނި އެހެންނެވެ.

“ދައު ޕްލީޒް…” ނިހާން ދައުހާގެ ލޮލަށް ބަލަން ހުރެ ބުނެލިއެވެ.

ދެ ފަރާތަށް ބޯ ހަލުވާލަމުން ދައުހާ ނިހާންގެ އުނަގަނޑުގެ ދެ ފަރާތުން ހިފާ ބައްދާލަމުން ނިހާންގެ މޭގައި ބޯ ޖައްސާލިއެވެ.

އަމިއްލަ ހިތަށް ދެމުން ދިޔަ ނަސޭހަތާ ދެކޮޅު ހަދަމުން ނިހާން ދައުހާ ގައިގައި ބައްދާލިއެވެ.

ނިހާންގެ އެ ހަރަކާތުން ދައުހާއަށް ލިބުނު ހައިރާން ކަމާ އެކީ ދައުހާ އިސް އިފުލާ ނިހާންގެ މޫނަށް ބަލާލިއެވެ. ކޮންމެ ސިކުންތެއްގައިވެސް ނިހާން ދައުހާ ދުރުކޮށްލަފާނެ ކަން އެނގިހުރެ ދައުހާ ދެ އަތުން ނިހާންގެ މޫނުގެ ދެ ފަރާތުން ހިފަހައްޓާލިއެވެ. ދެންވެސް ނިހާން ހުއްޓުވަން ނޫޅުމުން ދައުހާއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ. ކޮރާލަމުން ދައުހާ ނިހާންގެ ތުންފަތުގައި ބޮސްދިނުމާއެކު ލޯ މަރާލިއެވެ.

ދައުހާ ނިހާން ގައިގައި ބައްދާލި ވަގުތުން ފެށިގެން އެ ހުރިހާ ދުވަސް ވަންދެން އަމިއްލަ ހިތަށް ވިސްނައިދެމުން ދިޔަ ހުރިހާ ކަމެއް ނިހާން ހަނދާން ނެތުނެވެ. ނިހާންގެ އަތުތެރޭގައި ހުރި އަންހެން ކުއްޖާ ނޫން އެހެން އެއްވެސް އެއްޗެއް އެ ވަގުތު ނިހާންއަކަށް މުހިންމެއް ނުވިއެވެ.

ހިތާ ހަށިގަނޑު ދައުހާއަށް އެދޭ ވަރު ފުރަތަމަ ފަހަރަށް ނިހާންއަށް އިހުސާސް ކުރެވުނީ އެ ވަގުތުއެވެ. އަހަރުތަކަކަށް ފަހު ހިތަށް ހަމަޖެހުން ލިބިގެން ދިޔަ ފަދަ އިހުސާސެއް ނިހާންއަށް ކުރެވުނެވެ.

އަދިވެސް ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ދެމުން ދިޔަ އިންޒާރު ހިތުން ފޮހެލަމުން ނިހާން އެއް އަތް ދައުހާގެ އިސްތަށިގަނޑަށް މަހާލަމުން އަނެއް އަތުން ދައުހާގެ ބުރަކަށީގައި ހިފާ ނިހާންއާ އަދިވެސް ބޮޑަށް ކައިރި ކޮށްލިއެވެ. އެ ދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭހާ ކައިރި ވުމުން ނިހާން ލޯ މަރާލިއެވެ.

“ނިހާން…” ދައުހާއަށް ނިހާންގެ ނަމުން ގޮވާލެވުނެވެ. ނަމަވެސް ނިހާންއަށް ޅަބަރެއް ވީ ދެވަނަ ފަހަރަށް ދައުހާ ގޮވާލުމުންނެވެ.

ނިހާން ލޯ ހުޅުވާ ބަލާލިއެވެ. ހުރެވުނު ގޮތް އިހުސާސް ވުމާއެކު ނިހާން ދައުހާ ގައިން ދޫކޮށްލިއެވެ. ދެތިން ފިޔަވަޅު ފަހަތަށް އަޅާލާފައި ނިހާން ދައުހާއާ ދިމާއަށް ބަލާލި ގޮތުން ހީވީ ދެ މީހުންގެ މެދުގައި ހިނގި ކަންތަކުގައި ދައުހާ ކުށްވެރި ކުރާ ހެންނެވެ.

އެކަކު އަނެކަކާ ދިމާއަށް ބަލަން އިރުކޮޅަކު ތިބެފައި ފުރަތަމަ ދުރު ބަލާލީ ނިހާންއެވެ.

“ނިހާން…” ދައުހާ ނިހާންއާ ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް ނިހާން އަތް ދިއްކޮށްލުމާއެކު ދައުހާ ހުއްޓުނެވެ.

“އަހަރެން ބުނީމެއްނު ކޮށްގެން ނުވާނެ ކަމެއް ކުރެވިދާނެޔޭ…؟” އަނެއް ފަރާތަށް އެނބުރެމުން ނިހާން ބުންޏެވެ.

“އެއީ ކޮށްގެން ނުވާނެ ކަމެއްތަ؟” ދައުހާ އަހާލިއެވެ.

“ކުރިއަށް ދެވެން ނެތް މަގަކުން ހިނގުމުގެ ބޭނުމަކީ ކޮބާ؟ ދައުއަށް ކީއްވެތަ ނުވިސްނެނީ؟ އަހަރެން ބޭނުމެއް ނޫން އަހަރުމެންގެ މެދުގަ މި ކަހަލަ ގުޅުމެއް އޮންނާކަށް” ނިހާން ބުންޏެވެ.

“ނިހާޏް އެ ގޮތް ބޭނުން ނުވާ ކަމުގެ ހެއްކެއް ދެންމެ އެ ފެނުނީ؟ އެއްބަސް ނުވިޔަސް ނިހާންވެސް ބޭނުން ވޭ—”

“ދައު އަމިއްލައަށް އައިސް ކަންތައް ކުރި ގޮތުން އަހަންނަށް އެ ގޮތަށް ރިއެކްޓް ކުރެވުނީމަ އޭގެ މާނައަކީ އަހަރެން ދައުއާ އެ ކަހަލަ ގުޅުމެއް ބާއްވަން ބޭނުން ވަނީއެކޭ ނޫނޭ” ދައުހާގެ ވާހަކަ މެދު ކަނޑާލަމުން ނިހާން ބާރަށް ބުންޏެވެ. ނިހާން އެހާ ރުޅި އައީ ދައުހާ ބުނީ ތެދަކަށް ވީތީއެވެ. ނަމަވެސް ނިހާން އެއްބަސް ވާން ބޭނުން ނުވަނީއެވެ.

ދައުހާ ދެރަވެ ރުޅިވެސް އައެވެ. އެހެންވެ ބޭނުން ވީ ނިހާންވެސް ދެރަ ވާނެ ފަދަ އެއްޗެއް ބުނެލާށެވެ.

“ނިހާން އަދިވެސް ޝަނާޒް މަތިން ހަނދާނެއް ނުނެތޭ ދޯ؟ ގުޅެން ބޭނުން ވަނީ އޭނަޔާ، ވަރިހަމަތަ އެއީ މީހެއްގެ އަނތްބަކަށް ވިޔަސް؟ އެކަމަކު ދެން ނިހާންއަކަށް ޝަނާޒްއެއް ނުލިބޭނެ. ނިހާން ތިހެން އޭނަގެ އިންތިޒާރުގަ ކިތަންމެ ދުވަހަކު ހުއްޓަސް އޭނައެއް ދެން ނާންނާނެ ނިހާން ކައިރިއަކަށް.

ނިހާންއަށް އިހުސާސް ކުރެވެނީ ޝަނާޒް ނިހާން ދެކެ ލޯބި ވީ ވަރުތަ؟ އަހަރެން ލޯބި ވާ ވަރު ކީއްވެތަ ނުވިސްނިގެން ތި އުޅެނީ؟ ކިހާ ދުވަހެއް އަހަރެން އާދޭސް ކުރާތާ؟ ކީއްވެތަ ނިހާން ތިހެން ތި ހަދަނީ؟

ތި ހިތުގަ ޝަނާޒްގެ ލޯބި ފޮރުވައިގެން މުޅި އުމުރަށް ހުރޭ. އަހަރެން ވަރަށް ލޯބިވޭ ނިހާން ދެކެ. އެކަމަކު ދެން އަހަރެން އާދޭހެއް ނުކުރާނަން، ނިހާންއަކަށް ދެން އުނދަގުލެއް ނުކުރާނަން. ނިހާން ބަލާ ޝަނާޒްގެ ހިޔަނި ފަހަތުން ދުވެވޭތޯ”

ރޮމުން އެހެން ބުނެފައި ލޯ ފޮހެލާފައި ނިހާންއާ ދިމާއަށް ބަލާވެސް ނުލާ ދައުހާ އެ ކޮޓަރިން ނިކުތެވެ. ލޯ މަރާލަމުން ނިހާން ފާރުގައި އަތް ތިލައިން ޖަހާލާފައި ގޮށްމުށުންވެސް ޖަހާލިއެވެ.

ދައުހާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އިރަށް ޒައިނާ ތެދުވެ އިށީނެވެ.

“ދައު، ކިހިނެއް ވީ؟ ވާހަކަ ދެއްކުނުތަ؟” ޒައިނާ އެހިއެވެ.

ދައުހާ ޖަވާބެއް ނުދީ އައިސް އެނދުގައި އިށީނެވެ.

“ދައު… ކިޔާދީބަލަ!” ކެތް މަދުވެފައި އިން ޒައިނާ އެދުނެވެ.

ދެންވެސް ދައުހާ އެއްޗެއް ނުބުނެ އިސް ޖަހައިގެން އިނީއެވެ.

ދައުހާއަށް ކަމެއް ވެފައި އިންހެން ޒައިނާއަށް ހީވީ ދައުހާ އަނގައިން ނުބުނެ އިނުމުންނެވެ.

“ދައު… ކިހިނެއް ވީ؟” ދައުހާގެ ދައތްދޮޅީގައި ހިފާ މޫނު އުފުލާލަމުން ޒައިނާ އަހާލިއެވެ.

ދައުހާއަށް ޖަވާބެއް ނުދެވުނެވެ. މޫނުގައި ދެ އަތް އަޅާލަމުން ރޮވުނީއެވެ.

“ދައު، ހުއްޓާލަބަލަ، ޕްލީޒް… ވީ ގޮތެއް ބުނެބަލަ…” ދައުހާގެ ބުރަކަށީގައި ފިރުމަމުން ސުވާލު ކުރަމުން ދިޔަ އިރު ޒައިނާގެ އަޑުގައި ވީ އެކުވެރިޔާއަށް ޓަކައި ކަންބޮޑުވުމެވެ.

“ޒައިގެ ދޮންބެ އުމުރަށްވެސް ދުވާނީ ޝަނާޒްގެ ފަހަތުން… އޭނައަށް ދުވަހަކުވެސް ނުވިސްނޭނެ އަހަރެން ލޯބި ވާ ވަރެއް… މިހާ ދުވަސް ވީ އިރުވެސް އޭނަ އެ ހުންނަނީ ޝަނާޒް ލިބޭނެ ކަމަށް، އޭނަގެ ހުވަފެން ބަލަބަލާ… ނިހާން އެއްބަސް ނުވިޔަސް އޭނަ އަހަންނާ މެދުވެސް ވިސްނާ، އެކަމަކުވެސް އޭނަ ބޭނުން ވަނީ ޝަނާޒްގެ އިންތިޒާރުގަ ހުންނަން… އަހަންނަށް ދެން ހެޔޮ، ބޭނުމެއް ނޫން ނިހާންގެ ވާހަކަ ދައްކާކަށްވެސް… ދެން ދުވަހަކުވެސް އަހަރެން އިސްވެ ނުބުނާނަން އެއްޗެއް، އޭނައަށް ވިސްނިގެން އަންނަންޏާ އަާދޭ، އަހަރެން ދެން ނުދާނަން އޭނަ ފަހަތުންނެއް…” ހިތް ހަމަ ނުޖެހި، ރުޅި އައިސްފައި އިން ދައުހާ ބުނެލިއެވެ.

“ދައު…” ޒައިނާ އެއްޗެއް ބުނަން އުޅުނެވެ.

“ޒައި ނުދައްކާތި ދެން އެ ވާހަކަ… ނާހާނަން އަޑެއް” ދައުހާ ބުނެލިއެވެ.

“އެކަމު ދައު… ހަމަ އެކަނި ތިހެން ޒުވާބުތަ ކޮށްފަ ތި އައީ؟ ދައުގެ މޫނަށް ބަލާފަ ހިއެއް ނުވޭ…” ދައުހާގެ މޫނަށް ރަނގަޅަށް ބަލާލަމުން ޒައިނާ އަހާލިއެވެ. އެއާއެކު ދައުހާގެ މޫނު ރަތް ވެގެން ދިޔައެވެ.

“ދައު… ރީއްޗަށް ކިޔާދީބަލަ ވީ ގޮތް…” ދައުހާގެ އަތުގައި ހިފލަމުން ޒައިނާ ބުންޏެވެ.

ދައުހާ ހުރިހާ އެއްޗެއް ޒައިނާއަށް ކިޔާދިނެވެ.

“އަހަންނަށް މިރޭ ޔަގީން ވެއްޖެ ނިހާންގެ ހިތުގަ އަހަންނާ ނެދު ފީލިންގްސް ތަކެއް ވާކަން، އޭނަ އެއްބަސް ވާން ބޭނުން ނުވަނީ… އެހެންވެ އަބަދު އަހަރުމެންގެ އޭޖެ ޑިފަރެންސްގެ ވާހަކަ ދައްކަނީ… ޒައި ބުނެބަލަ، އޭނަ ކަންތައް އެ ކުރަނީ ރަނގަޅަށްތަ؟” ދައުހާ އަހާލިއެވެ.

“އަހަރެން ހީކުރީ ދޮންބެ އަކީ ވަރަށް ވިސްނޭ މީހެއް ކަމަށް. އެކަމަކު އެއީ ހަމަ ބޮޑު މޮޔައެއް” ޒައިނާ ބުނެލިއެވެ.

އެރޭ ދައުހާ އަކަށް ނުނިދުނެވެ. އިރުކޮޅަކު ވާހަކަ ދައްކަން އޮވެފައި ޒައިނާއަށް ނުދުނު އިރުވެސް ދައުހާ އޮތީ ހޭލައެވެ.

ނިހާންގެ ކޮޓަރިން ދައުހާ ނިކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ނަވާޒް ހުރީ ގަބޫލު ނުކުރެވިފައެވެ. ނިހާންއާ ދައުހާގެ މެދުގައި ގުޅުމެއް އޮވެދާނެ ބާއެވެ؟ އެ ފަދަ ކަމެއް ނިހާން ކޮށްފާނެ ބާއެވެ؟ އެހެން ނަމަ ނަވާޒްއަށް ނިހާން އެ ކަން ސިއްރު ކުރަން ވީ ކީއްވެ ހެއްޔެވެ؟

ވިސްނުމުގައި ހުރެ ނަވާޒް ގޮސް ނިހާންގެ ކޮޓަރީ ދޮރުގައި ޓަކި ޖަހާލިއެވެ.

މޫނުގައި އަތް އަޅައިގެން އެނދުގައި އިން ނިހާން އިސް އުފުލާ ދޮރާ ދިމާއަށް ބަލާލިއެވެ.

“ކާކު؟” އަނެއްކާވެސް ދައުހާއަށް ވެދާނެތީ ނިހާން އަހާލިއެވެ.

ޖަވާބެއް ނުދީ ނަވާޒް އަވަހަށް ގޮސް އަމިއްލަ ކޮޓަރިއަށް ވަނެވެ. އެ ގަޑީގައި ނިހާންއާ ސުވާލު ކުރަން ނަވާޒް ބޭނުން ނުވީއެވެ. ނިހާން ބުނަން ބޭނުން ނަމަ ނަވާޒް ނާހަނީސް ބުނީހެވެ. ނިހާންގެ އަމިއްލަ ކަމަކާ ސުވާލު ކުރާކަށް ނަވާޒް ބޭނުމެއް ނޫނެވެ.

ޖަވާބެއް ނުލިބުމުން ނިހާން ގޮސް ދޮރު ހުޅުވާ ބަލާލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ދޮރު ލައްޕާފައި ވަދެ ބޮކި ނިވާލާފައި އޮށޯތެވެ.

އަނެއް ދުވަހު ދައުހާއާ ޒައިނާ ސައި ބޯން ނިކުތީ އެހެން މީހުންނަށް ވުރެ ކުރިންނެވެ. ދައުހާ ނިހާންގެ ކުރިމައްޗަށް އަރަން ބޭނުން ނުވާތީ، ގޭ ފިރިހެން ވެރިން ހުކުރު ދުވަހު ސައި ބޯން ފައިބަނީ އެހެން ދުވަސް ދުވަހަށް ވުރެ ލަހުން ކަމަށް ވާތީ ޒައިނާ ޚިޔާލު ދިނީ ކުރިން ސައި ބޮއެގެން ކޮޓަރިއަށް ވަންނާށެވެ.

ހަމަ އެ ވަގުތު ނިހާންވެސް ސައި ބޯން ފޭބީ ޒައިނާ އާންމުކޮށް ސައި ބޯ ގަޑިއަށް ވުރެ އަވަހަށް ސައި ބޯން ވެގެންނެވެ. އެހެން ނަމަވެސް ދައުހާއާ ޒައިނާއާ ނިހާންއަށް އާދެވުނީ އެއް ވަގުތެއްގައެވެ.

“ނިހާންވެސް މިއަދު ހާދަ އަވަހަކަށް ތި އައީ؟ މާ ބޮޑަށް ބަނޑުހައި ވީ ދޯ؟ އަވަހަށް އީށނދޭ” ނަޝީލާ ނިހާން ފެނުމުން ބުންޏެވެ.

ނަވާޒް އެ ދުވަހު އަވަހަށް ހޭލީ ނީލަމް މާ އަހަށް ހޭލުމުންނެވެ. ނަބާހާ ސައި ހަދަން އައުމުން ނީލަމް ގޮވައިގެން އިރުކޮޅަކު އޮވެލާފައި ނިހާން ކޮބާތޯ ބަލާލި އިރު ކޮޓަރީގައި ނެތުމުން ތިރިއަށް އައީ ނިހާން ހޯދަން ވެގެންނެވެ.

ނަވާޒް ފޭބި އިރު މޭޒު ދޮށުގައި ނިހާންއާ ޒައިނާއާ ދައުހާ ތިއްބެވެ. ނަވާޒް ދުރުގައި ހުރެ ނިހާންއާ ދައުހާއަށް ބަލާލިއެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް ދެ މީހުންވެސް މާ މަޑުމަޑުން ތިބި ކަން ނަވާޒްއަށް ފާހަގަ ކުރެވުނެވެ. ނިހާންއާ ޖެހިގެން ހުރި ގޮނޑީގައި ނަވާޒް އިށީނެވެ.

ޒައިނާ ބުނާ އެއްޗަކަށް ޖަވާބު ދޭން ނޫނީ ދައުހާ ވާހަކައެއް ނުދައްކައެވެ. ސައި ބޯން އިން ނަމަވެސް، ތަށީގައި ހުރި މަސްހުނިކޮޅާއެކު ރޮށިވެސް އޮތީ އަތް ނުލައެވެ. ކައިރީގައި ހުރި ކަޅުސައި ތަށިން އިރުއިރުކޮޅާ އެތިކޮޅެއް ބޯލަ ބޯލާ އިނީއެވެ. ނިހާން ތައްޓަށް ބަލަން އިން އިރު ހީވީ އިސްއުފުލާ ނުލާން ވަޢުދެއް ވެގެން އިން ހެނެވެ.

“ދައު، ކިހިނެއް ވެފަ ތީނީ؟” ނަވާޒްއަށް މަސްހުނި އަޅައިދެމުން ނަބާހާ އަހާލިއެވެ.

“ކަމެއް ނުވޭ؟” ހީލަމުން ދައުހާ ބުންޏެވެ.

“އެހެން ނުވާނެ. ކަމެއް ނުވާ ނަމަ ދައު ތިހާ މަޑުންނެއް ނީންނާނެ، ބުނެބަލަ” ނަޝީލާއަށްވެސް ދައުހާ މާ މަޑުން އިން ކަން ފާހަގަ ކުރެވުނެވެ.

“ކަމެއް ނުވެޔޭ ނަޝީއްތާ، ރޭގަ ނުނިދުނީމަ ކުޑަކޮށް ބޮލުގަ ރިއްސާތީ…” ނަޝީލާއަށް ބަލާލަމުން ދައުހާ ބުންޏެވެ.

ދައުހާ އެހެން ބުނުމާ އެކު ނިހާން އިސް އުފުލާ ދައުހާއާ ދިމާއަށް ބަލާލިއެވެ. ނަވާޒްއަށް އެކަން ފާހަގަ ކުރެވުނެވެ.

“މި ގޭގަ އުޅޭ ވިއްޔަ އެހެން މީހުންނާ މެދު އެއް ގޮތަކަށްވެސް ނުވިސްނާ މީހުން. ނަޝީއްތައަށް އެނގޭތަ؟ އަހަރެން އާދޭސް ކޮށްކޮށްވެސް ހަމަ އަޑެއް ނޭހި…” ދައުހާއަށް ނިހާން ބަލާލުމުން، ގަސްތުގައި ނިހާން ތަޅުވާލަން ވެގެން ދައުހާ ބުންޏެވެ.

ދައުހާ އެހެން ބުނުމާ އެކު ނިހާން ކުއްލިއަކަށް ކާން އިން ތަށި ދުރަށް ޖައްސާލަމުން ދައުހާއާ ދިމާއަށް ބަލާލިއެވެ. އެތާ ތިބި އެންމެންގެ ނަޒަރު ނިހާންއަށް ހުއްޓުނެވެ.

“ކިހިނެއްވީ؟” ނަޝީލާ ނިހާންއަށް ބުންޏެވެ.

“ނިމުނީ” އެއްވެސް މީހަކާ ދިމާއަށް ބަލާނުލާ ނިހާން ތެދުވިއެވެ.

“ނިދި އައިސްގެން ވެއްޓޭ ވަރު ވީ އިރުވެސް، އަހަރެން ކިޔާކިޔާ މި ޒައިނާ އެއްގޮތަކަށްވެސް ނިދާކަށް ނޫޅުނު. އަހަރެން ނިދިޔަ ނުދީ ފަހެއް ޖަހަން ދެން ހިފަހައްޓާލި. ދެން ނަޝީއްތަ ބުނެބަލަ، މީނައަށް ހެވެއް ނޫންތަ މީހަކަށް ކޮންމެ ގޮތެއް ވިޔަސް؟” ޒައިނާގެ އަތުގައި ޖަހާލަމުން ދައުހާ ބުނެލިއެވެ.

ގޮޑިން ތެދުވެގެން ހިނގައިގަތް ނިހާން، އެނބުރި ދައުހާއާ ދިމާއަށް ބަލާލާފައި ގޮސް އަތް ދޮވެގެން މައްޗަށް އެރިއެވެ.

ނިހާންގެ ހަރަކާތްތަކަށް ސަމާލު ވެގެން އިން ނަވާޒްއަށް ޔަގީންވީ އެ ވަގުތުއެވެ. ނިހާންއާ ދައުހާގެ މެދުގައި ކޮންމެވެސް ކަންތައްގަނޑެއް އެބަ ހިނގައެވެ. އަދި އެކަމާ ނިހާން ހިތްހަމަ ނުޖެހިފައި ހުރި ކަންވެސް ނަވާޒް ދެނެގަތެވެ.

“ނިދިޔަ ނުދޭން ވެގެންނޭ މި ގެޔަށް ގެނައީވެސް، ދެން ކީއްކުރަންތަ ނިދަން ވީކީ؟” ދައުހާއާ ދިމާއަށް ލޯ އަޅާލަމުން ޒައިނާވެސް ދައުހާގެ ވާހަކައަށް އެއްބާރުލުން ދިނެވެ.

“ކޮންމެވެސް ކަމަކާ ހިތް ހަމަ ނުޖެހިފަ ކަންނޭނގެ” ނިހާން ދިޔަތަން ބަލަން ހުރެފައި ނަޝީލާ އަމިއްލަ ނަފްސަށް ކަހަލަ ގޮތަކަށް ބުނެލިއެވެ.

އެ ދުވަހު ހުކުރު ނަމާދަށް ދާން ނޫނީ ނިހާން ތިރިއަށް ނުވެސް ފައިބައެވެ. ހުކުރުން އައިސް މައްޗަށް އެރި ގޮތަށް ކާންވެސް ނައެވެ. ނަބާހާ ގޮވައިގެން ނައިސްގެން އެންމެ ފަހުން ނަޝީލާ ދިޔުމުންވެސް ބަނޑުހައި ނުވާ ކަމަށް ބުނެފައި ނިހާން ކާން އައުމަށް ދެކޮޅު ހެދިއެވެ.

ނަޝީލާ ދިޔުމުން ފޯނަށް ބަލަން އޮވެފައި ނިހާން، ޝަނާޒްއަށް ގުޅާލިއެވެ.

ކައި ނިމިގެން އަސަދު ކައިރީ ދުފާ ތަބައް ހިފައިގެން އިންދާ ފޯން ރިންގ ވުމުން ޝަނާޒް ފޯން ހިފައިގެން ކޮޓަރިއަށް ވަނެވެ.

“ނާޒް…” ޝަނާޒް ފޯން ނެގުމާއެކު ނިހާން ގޮވާލިއެވެ.

“ކީކޭ؟” ޝަނާޒް ކޮޓަރީގެ ދޮރު އެއްކޮށް ލައްޕާ ނުލާ ގޮސް ޑްރެސިންގ ޓޭބަލް ކައިރީ އިށީނދެ ހެޑްސެޓް ފޯނަށް ގުޅާލިއެވެ.

“ބިޒީތަ؟” ނިހާން އެހިއެވެ.

“ނޫން، ކޮބާ ނަންނައާ ބޭބީ އަދާ؟ މަންމަމެން ކޮބާ؟ އެންމެން ރަނގަޅުތަ؟” ޝަނާޒް އެހިއެވެ.

“އެންމެންވެސް ރަނގަޅު. އަހަރެން ރަނގަޅުތޯއެއް ނާހާނަންތަ؟” ނިހާން ޝަކުވާ ކޮށްލިއެވެ.

“ނޭހިޔަސް އަހަންނަށް އެނގޭ ނިހާން ގުޅާނީ ކިހިނެއް ވެގެން ކަން، ބުނެބަލަ” ޝަނާޒް ބުންޏެވެ.

“ނާޒް، އަހަންނަކަށް ނޭނގެ ހަދާނެ ގޮތެއް… އަހަރެން މޮޔަވާން ކައިރި ވެއްޖެ މިހާރު” ލޯ މަރާލަމުން ނިހާން ކިޔާދިނެވެ.

“ހަދަން ވީ ގޮތް ނިހާންއަށް އެނގޭނެ” ޝަނާޒްގެ އަޑުގައި ވީ ހިތްހަމަ ނުޖެހުމެވެ.

“ނާޒް ތި ބުނާހާ ފަސޭހައެއް ނޫނޭ. އަހަރެން ގަބޫލު ކުރަން، އަހަންނަށް އާނއެކޭ ބުނެވިދާނެ. އެކަމަކު ދެން ވާނެ ގޮތަކާމެދުވެސް އަހަރެން ވިސްނަމޭ. އަހަންނަށް ޔަގީން އެ މީހުން ގަބޫލެއް ނުވާނެ ކަން… އެ މީހުން ކީކޭ ހީކުރާނީ؟” ނިހާން ހިތުގައިވާ އެއްޗެއް ޝަނާޒްއާ ހިއްސާ ކުރަމުން ދިޔައެވެ.

“ގޮތް ދޫކޮށްބަލަ ދެން. އެ މީހުން ހީކޮށްފާނެ އެއްޗަކާ މެދު ކަންބޮޑު ވެގެން އުޅެންޏާ އެއްވެސް ކަމެއް ނުވާނެ. އެހެން ނޫނަސް އެއީ އަދި މާ ފަހުގެ ކަމެއްނު؟ ތިހާ ފިނޑި ވެގެން ކަމެއް ނުވާނެ. ކޮން އިރަކުތަ ނިހާން ކަންތައްތަކާ ތިހާ ބިރު ގަންނަން ފެށީ؟” ފޯނުން ވާހަކަ ދެއްކި ނަމަވެސް ޝަނާޒް އިރުއިރުކޮޅާ ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލައެވެ.

“ބިރު ގަންނާތީއެއް ނޫން…” ނިހާން ބުނަން ފެށިއެވެ.

“ހަމަ ބިރު ގަންނާތީ ތިހެން ތި އުޅެނީ. އެހެން ކޮން ކަމެއް؟ އަޅެ އެ ކުއްޖާ ކަންބޮޑު ނުވާ ކަމެއްގަ ނިހާން ތިހާ ކަންބޮޑު ވާން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނުނު. ދޮގު ނަހަދާ ބުނެބަލަ! ނިހާން އޭނައާ މެދު ދެކެނީ ކިހިނެއް؟ ތި ހިތުގަ އޭނައާ މެދު ވާ ފީލިންގްސް ސާފުކޮށް ބުނެބަލަ” ޝަނާޒް އެދުނެވެ.

“އަހަރެން ދޮގު ނަހަދާ މި ބުނަނީ، އަދިވެސް ނާޒްގެ ނަން އަހަރެންގެ ހިތަކުން ނުފިލާ… މިއަދުވެސް ނާޒް ބޭނުން… އެކަމަކު މިހާރު ގަބޫލު ކުރަން އެއީ ނުވާނެ ކަމެއް ކަން… އަހަރެންގެ ހިތަށް ވިސްނައި ދޭން ވަރަށް މަސައްކަތް ކުރަން… ދެން ދައު… އަހަންނަކަށް ނޭނގެ ބުނެދޭނެ ގޮތެއް… އެ އަންހެން ކުއްޖާގެ ހުރޭ އަހަރެންގެ ހިތް އޭނައާ ދިމާއަށް ގެންދާ ކަހަލަ ބާރެއް، އަހަންނަށް އަމިއްލަ ނަފްސު ހުއްޓުވަން އުނދަގޫވޭ…

އަހަރެން… އަހަރެން ބޭނުން ވޭ އޭނައަށް އޭނަ ބޭނުން ވާ ޖަވާބު ދޭން، އެކަމަކު ބިރު ގަނޭ… ހިތަށް އަރަނީ އުންމީދު ކޮށްގެން ހުރި ގޮތް ނޫން ގޮތެއް ވެއްޖެއްޔާ…؟ އޭނަގެ ފެމިލީ އިން ގަބޫލު ނުވެއްޖެއްޔާ ކިހިނެއް ބާއޭ ހަދާނީ… މިހާރުވެސް އާނއެކޭ ބުނެވިދާނެ، އެކަމަކު ފަހުން އަނެއްކާ ވަކި ވާން ޖެހިދާނެތީ އަހަރެން ބިރު ގަނޭ ނާޒް…” ހިތުގައި ވާ އެއްޗެއް ނިހާން ސާފުކޮށް ޝަނާޒްއަށް ބުނެދިނެވެ.

“ފަހުން ވެދާނެ ގޮތަކާ މެދު ވިސްނާފަ ކީއްވެ މިހާރު ލިބެން އޮތް އުފަލަކަށް ހުރަސް އަޅަންވީ؟ ވިސްނަބަލަ ނިހާން، ދައުހާ ކިހާ ދެރަ ވާނެ ތިހެން ހެދީމަ؟ އޭނައަށް އޭނަގެ ފެމިލީ އާ މެދު ޔަގީން ކަން އޮތީމައެއްނު އޭނަ އެ ކަމާ ކަންބޮޑު ނުވަނީ؟ ނިހާން ކޮން އިރަކުތަ ތިހާ ވަރަށް ކަންކަމާ ވިސްނަން ފެށީ؟ ތި ހިތް އެދޭ ގޮތަށް ކަންތައް ކޮށްބަލަ، ފަހުން ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެ، ހުރިހާ ކަމެއް ރަނގަޅަށް ދާނެ ކަމަށް ހީކޮށްފަ އާނއެކޭ ބުނެބަލަ” ޝަނާޒް ނަސޭހަތް ދިނެވެ.

“މިހާރު ހުވަފެން ދައްކާފަ ފަހުން ކާމިޔާބު ނުވީމަ ވާނެ ގޮތް އަހަންނަށާ ނާޒްއަށް ވެސް އެނގޭ…” ނިހާން ބުނެލިއެވެ.

“ނިހާން…!” ނިހާން އެ ދެއްކީ ކޮން ވާހަކައެއް ކަން ޝަނާޒްއަށް ވިސްނުނެވެ.

“ކޮބާ ނާޒްގެ ފިރިކަލުން؟” ކުއްލިއަކަށް ނިހާން އަހާލިއެވެ.

“އެބައުޅޭ… ނިހާން، އަހަރެންވެސް ލައިފްއާއިގެން ކުރިއަށް މި ދަނީ. ކޮންމެ ގޮތަކަށް މެރީ ކުރަން ޖެހިގެން ވިޔަސް އަހަންނާ އަސަދު މިއަދު މި އުޅޭނީ އުފަލުން، މިހާރު އަހަރެން ބޭނުމެއް ނޫން އަސަދުއާ ވަކި ވާކަށް… އަސަދު އަހަންނަށް ވަރަށް ރަނގަޅު، ވަރަށް ލޯބިވޭ އަހަރެން ދެކެ… އަހަރެން އެދެނީ ނިހާންވެސް ދެން ލައިފްއެއް ފަށަން. ދައު އަކީ ރަނގަޅު ކުއްޖެއް، ނިހާން ދެކެ ލޯބި ނުވާ ނަމަ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އޭނަ ނިހާންގެ އިންތިޒާރުގައެއް ނުހުންނާނެ. ތި ވިސްނާ ގޮތް ބަދަލު ކޮށްފަ އޭނައާ އެކީ ދިރިއުޅުމެއް ފަށާބަލަ. ޕްލީޒް ނިހާން” ޝަނާޒް އެދެނީ ނިހާންވެސް އުފަލުން ހުރުމެވެ.

“އަހަރެން ވަރަށް އުފާ ވޭ ނާޒްގެ ފިރިމީހާ ނާޒްއަށް އެހާ ރަނގަޅު ވީތީ، ނާޒް ދެކެ އެހާ ލޯބި ވާތީ… އަހަރެންގެ ފަރާތުން ނާޒްއަށް ނުލިބުނު ލޯބި އޭނަގެ ފަރާތުން ނާޒްއަށް ލިބެންޏާ އަހަންނަށް އެ ނިމުނީ” ނިހާން ބުނެލިއެވެ.

“އަހަރެން ދެކެ އެހާ ލޯބި ނުވާ ނަމަ އަހަރެން ބޭނުން ވާ ކަހަލަ މީހަކަށް އޭނަ ބަދަލެއް ނުވީސް” ޝަނާޒް ބުންޏެވެ.

“ނާޒް ލޯބި ވޭތަ އޭނަ ދެކެ؟” ނިހާން ފުރަތަމަ ފަހަރަށް އެ ސުވާލު ކޮށްލިއެވެ.

“އާނ، ލޯބި ވޭ” ޝަނާޒް ލަސް ލަހުން ބުންޏެވެ.

ޝަނާޒްގެ ޖަވާބު އަޑު އަހާފައި ނިހާންގެ މެއަށް ބާރު ވެލިއެވެ. ދެ މީހުންވެސް ވާހަކަ ނުދައްކާ އިރުކޮޅެއް ދިޔައެވެ.

“އަހަރެން ހިތަށް އަރާ އަހަރުމެންގެ މެދަށް އޭނަ ނައި ނަމައޭ… އެހެން ނޫން ނަމަ މި އޮޅުންބޮޅުންގަނޑު ތެރެއަށް އަހަރުމެންގެ ދިރިއުޅުމެއް ނުވެއްޓުނީސް. އަހަންނާ ނާޒް ވަކި ވާކަށް ނުޖެހުނީސް… ކަންތައް ކުރަން ވީ ގޮތެއް ނުވިސްނިފަ އަހަރެން ހުންނާކަށް ނުޖެހުނީސް” ނިހާން ހިތުގައި ވި ޝަކުވާތައް ބޭރުކޮށްލީ ޝަނާޒް އަސަދު ދެކެ ލޯބި ވާ ކަމަށް ބުނުމުންނެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނޭދެން ވަކިވާކަށް (9)

Next

ރާސްތާ2 (33)

Next
February 10, 2020

ރާސްތާ2 (33)

Previews
February 9, 2020

ނޭދެން ވަކިވާކަށް (9)

16 Comments!

  1. Mar Sha Marsha says:
    February 9, 2020 at 11:27 am

    Salaam! Miothy 6 vana bai, kiyaalaafa kamudhiya yas noonas comment kohlahchey. Part 7 on Tuesday. ♥️♥️???

  2. Quiiin? says:
    February 9, 2020 at 1:23 pm

    ?Ma sha allah vrh rythi
    Kuriah huri parts thah vx hyvaniii vrh rythi vaane hn?
    .Waiting

    1. Mar Sha Marsha says:
      February 10, 2020 at 8:01 am

      Thank u Quiiin

  3. Umny ??? says:
    February 9, 2020 at 1:46 pm

    Me first dho and it was very nice and when is the next part?

    1. Mar Sha Marsha says:
      February 10, 2020 at 8:02 am

      Thank u Umny, part 7 on Tuesday dear ?

  4. Anonymous says:
    February 9, 2020 at 3:34 pm

    Dhn dhauha vx knvahtharakah tha miulheny

    1. Mar Sha Marsha says:
      February 10, 2020 at 8:13 am

      Dhauha dhen Ehen noolheyshey bunan v dho, thanks dear

  5. ZelluYaan says:
    February 9, 2020 at 5:10 pm

    MARSHA.. vaahakaige komme part eh ga ves kyhve tha one noony two paragraphs ga liyun thah idhikolhah hunnany.. ehn hunnaathy varah undhagoo kiyan..

    1. Quiiin? says:
      February 10, 2020 at 6:15 am

      Reload kohlyma hunnaaniii rythikoh?

    2. Mar Sha Marsha says:
      February 10, 2020 at 8:18 am

      Word ga liyefa miah copy paste koffa upload kuraa iruves rangalhah hunnany, ekamu post View kuraa iru hunnany ehen, dhen e paragraph rangalhu kollaafa update kollaba iru ehen paragraph eh ehen innany, ekkoh rangalhu kuraane gotheh neyngunu, sorry dear, but thank u for reading ??

  6. BarBie says:
    February 9, 2020 at 5:13 pm

    awwww

  7. Luvv♥️♥️ says:
    February 9, 2020 at 6:21 pm

    Yh asluvx v undhagoo Hama ekam Marsha rangalhu kohlaane dhww??

    1. Mar Sha Marsha says:
      February 10, 2020 at 8:19 am

      Marsha try koffon Luvv, rangalhah nuvi ey, ?

  8. Kylie says:
    February 10, 2020 at 1:55 pm

    V reethi mi part vx…… Waiting fr nxt……

  9. Kairaa says:
    February 10, 2020 at 6:34 pm

    Varah reethi mi part vx…..whn nxt waiting..

  10. shasha says:
    February 11, 2020 at 2:15 pm

    mi story ge main character aky kaakutha

Comments are closed.


All Right Reserved!