އެކަކުވެސް އެއްޗެއް ނުބުނެ ތިއްބެވެ. އެ ތަނުން ދާން ބޭނުން ވި ނަމަވެސް ދާން ނުކެރިފައި ހުރި ދައުހާއަށް، އެ ވަގުތު ފޯން ރިންގ ވުމުން އެ ފުރުސަތު ލިބުމުން އަވަހަށް ޒައިނާގެ ކޮޓަރިއަށް ވަދެ ފޯން ބިޒީ ކޮށްލާފައި ވަނީ ފާހާނާއަށެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހިގަތުމާއެކު ބާރަށް ރޮވުމުން ދައުހާ އަތްތިލަ އަނގަމަތީ އަޅާ ބާރުކޮށްލިއެވެ. ނިހާން ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެ ދެ އަތުން މޫނު ފޮރުވާލިއެވެ. ފަސް ވަރަކަށް މިނަޓް އެހެން […]
“މެރީ ކުރަން ވެގެން ދޯ އަޒްމަންއަށް އާނއެކޭ ބުނީ. އަޒްމަން ބޭނުން ދުވަހަކު ކުރަން އަހަންނަށް އޯކޭ، އެކަމަކު އަދި ބޭނުން ދުވަސްކޮޅަކު މަންމަމެން ކައިރީ ގޭގަ ހުރެލަން. އަޒްމަންއަށް މަޑުކޮށްލެވެންޏާ އަދާއަށް އަހަރެން ވަރު ވެލަން ދެން މަޑުކޮށްލަން ބޭނުން” ޒައިނާ ބުންޏެވެ. “މިހާރުވެސް ބޭނުން ޒައިއާ މެރީ ކުރަން، އެކަމަކު އަހަރެން މަޑު ކުރާނަން. ޒައި ބޭނުން ދުވަހަކު މެރީ ކުރާނީ” އަޒްމަން އެދެނީ ހުރިހާ ކަމެއްވެސް ޒައިނާ ބޭނުން ގޮތަކަށް ކުރުމެވެ. […]
ދައުހާ ފެނުމުން ސިހިފައި ހުއްޓުނު ނިހާން، ލޮލަށް ފެންނަ މަންޒަރާ މެދު ޝައްކު ވެފައި ހުރެ ލޯ މަރާލާފައި ހުޅުވާލިއެވެ. ދެންވެސް މަންޒަރު ބަދަލު ނުވުމުން ކުރިއަށް ދެތިން ފިޔަވަޅު އަޅާފައި ގޮސް ދައުހާގެ ކުރިމަތީ ހުއްޓުނެވެ. އެ ވަގުތު ފާހާނާ ދޮރު ހުޅުވާލި އަޑު އިވުމުން ނިހާން އެ ދިމާއަށް ބަލާލިއެވެ. ކުރިމަތިން ފެނުނީ ވަހުމެއް ނޫން ކަން ޔަގީން ވުމާއެކު ނިހާންއަށް ފަހަތަށް ދެ ފިޔަވަޅު އަޅާލެވުނެވެ. ނަމަވެސް ނިހާން ފެނުމުން ހިނިއައިސްފައި އަޑުއަޑު […]
“އާނ، ރަނގަޅަށް ތި އަޑު އިވުނީ. އަހަރެން ނުބުންޏަސް އަޒްމަން މި ގެޔަށް އަންނަން މި ގޭ އެންމެން އޮންނަނީ އަބަދުވެސް ދައުވަތު ދީފައެއްނު؟ މިރޭ އަހަރެންވެސް މި ދިނީ. ދެން އަޒްމަން ހަމަ އަންނަން ބޭނުން އިރަކު އަންނަން ވީ” ޒައިނާ ހީލާފައި ބުންޏެވެ. “އަހަރެން ދިޔައިއްޔާ ޒައި އާ ޕްރައިވެޓް ކޮށް ވާހަކަ ދައްކާލާނެ ޗާންސެއް ލިބޭނެތަ؟” އަޒްމަން ފުރުސަތު ހޯދަމުން ދިޔައެވެ. “އަޒްމަން… އަހަރެން މީ އަޒްމަން ހީ ކުރާ ކަހަލަ މީހަކަށް […]
“ކާކު؟ ކާކު ކީއް ކުރީ؟ ކީކޭ ބުނީ؟” ޒައިނާގެ އަތުގައި ހިފާ ވަސީމްއާ ދުރުކޮށްލަމުން އެ މޫނުގައި ހިފާފައި ނަޝީލާ އެހިއެވެ. “ޒައިނާގެ ގައިގަ އަތްލިތަ އޭނަ؟ އަދާ ގައިގަ އަތްލިތަ؟” އެ ވަގުތު ދުރުގައި ހުރެފައި ނިހާން އަހާލީ ޒައިނާ އެ ބުނީ ކާކުގެ ވާހަކައެއް ކަން ވިސްނިގެންނެވެ. ވަސީމްއަށާ އަޒްމަންއަށްވެސް ވިސްނުނީ ނިހާން އެހެން ބުނުމުންނެވެ. ވަސީމް ނިހާންއަށް ބަލާލި އިރު ނިހާން ހުރީ ރުޅި އައިސްގެން ދެ އަތުގެ އިނގިލިތައް މުށްކަވާލައިގެންނެވެ. “ކާކު…؟” […]
“އަހަރެން ބޭނުމެއް ނޫން ނިހާންއާ އެކީ ދާކަށް. ނިހާންއަށް ކޮން ކަމެއް އަހަރެން އެކަނި ދިޔަޔަސް؟ އަހަރެން ބައްޔަސް؟ އަހަންނަށް ކޮންމެ ކަމެއް ވިޔަސް އެއީ ނިހާންއާ ބެހޭ ކަމެއް ނޫން. ދޫކޮށްލާ އަތުން” ނިހާންގެ އަތު ތެރޭން އަތް މިނިވަން ކުރަން މަސައްކަތް ކުރަމުން ދައުހާ ބުންޏެވެ. “ކޮންމެ ކަމެއްގަ ތިހާ ގޮތް ދޫ ނުކުރަން ޖެހޭތަ؟ ތީ ހާދަ ނުވިސްނޭ ކުއްޖެކޭ” ނިހާން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. “ތީ ވަކި ގޮތް ދޫކުރާ މީހެއްތަ؟ […]
“ނާޒް ލޯބި ވޭތަ އޭނަ ދެކެ؟” ނިހާން ފުރަތަމަ ފަހަރަށް އެ ސުވާލު ކޮށްލިއެވެ. “އާނ، ލޯބި ވޭ” ޝަނާޒް ލަސް ލަހުން ބުންޏެވެ. ޝަނާޒްގެ ޖަވާބު އަޑު އަހާފައި ނިހާންގެ މެއަށް ބާރު ވެލިއެވެ. ދެ މީހުންވެސް ވާހަކަ ނުދައްކާ އިރުކޮޅެއް ދިޔައެވެ. “އަހަރެން ހިތަށް އަރާ އަހަރުމެންގެ މެދަށް އޭނަ ނައި ނަމައޭ… އެހެން ނޫން ނަމަ މި އޮޅުންބޮޅުންގަނޑު ތެރެއަށް އަހަރުމެންގެ ދިރިއުޅުމެއް ނުވެއްޓުނީސް. އަހަންނާ ނާޒް ވަކި ވާކަށް ނުޖެހުނީސް… ކަންތައް […]
“ދައުއަކަށް ނުވިސްނޭނެ… އަހަރެން މީ ދައުއާ ބަލާފަ މާ ދޮށީ މީހެއް. އެއްވެސް މީހަކު ގަބޫލެއް ނުވާނެ—” ނިހާން ބުނަން އުޅުނު ޖުމްލަ މެދުކަނޑާލަމުން ދައުހާ ވާހަކަ ދައްކަން ފެށިއެވެ. “އަހަންނަށް ހެވޭ މަންމަ ގަބޫލު ނުވިޔަސް، ހެޔޮ އެންމެން ދެކޮޅު ހެދިޔަސް” ދައުހާ އަޑަށް ބާރު ލަމުން ބުނެލިއެވެ. “އަހަރެން ކިހިނެއްތަ ދައުއަށް ވިސްނައިދޭނީ…؟” ނިހާން ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އަނެއް ފަރާތަށް އެނބުރި ގޮސް ކުޑަދޮރު ކައިރީ ހުއްޓުނެވެ. ނިހާން އެ ވަރަށް ދެކޮޅު […]
“ޝަނާ، އަސްލުވެސް ބޭބީއެއް ބޭނުންތަ؟” އަސަދު އަހާލިއެވެ. “އަސަދުއަށް ޔަގީން ނުވަނީތަ؟ ބޭބީއެއް ބޭނުން ނުވާ ނަމަ ބޭސް ކެއުން ހުއްޓައެއް ނުލާނެއެއްނު؟” ޝަނާޒް ބުންޏެވެ. “އެކަމަކު… ޝަނާ ބުނީމެއްނު…؟” އަސަދު ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. ކައިވެނި ކޮށްގެން ގިނަ ދުވަސްތަކެއް ނުވެ ޝަނާޒް ބުނި ބަސް ހަނދާން ކުރަމުން އަސަދު އަހާލިއެވެ. “އޭރު އެހެން ބުންޏަކަސް މިހާރު އަހަރެން އެ ގޮތަކަށް ނުވިސްނަމޭ… އޭގެ ފަހުން ކިތަށް އަހަރު ވެއްޖެ މިހާރު؟ ކީއްކުރަން އޭރުގެ ވާހަކަ […]