Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 9

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
February 16, 2020 7 Mins Read
15 Comments

“ކާކު؟ ކާކު ކީއް ކުރީ؟ ކީކޭ ބުނީ؟” ޒައިނާގެ އަތުގައި ހިފާ ވަސީމްއާ ދުރުކޮށްލަމުން އެ މޫނުގައި ހިފާފައި ނަޝީލާ އެހިއެވެ.

“ޒައިނާގެ ގައިގަ އަތްލިތަ އޭނަ؟ އަދާ ގައިގަ އަތްލިތަ؟” އެ ވަގުތު ދުރުގައި ހުރެފައި ނިހާން އަހާލީ ޒައިނާ އެ ބުނީ ކާކުގެ ވާހަކައެއް ކަން ވިސްނިގެންނެވެ.

ވަސީމްއަށާ އަޒްމަންއަށްވެސް ވިސްނުނީ ނިހާން އެހެން ބުނުމުންނެވެ. ވަސީމް ނިހާންއަށް ބަލާލި އިރު ނިހާން ހުރީ ރުޅި އައިސްގެން ދެ އަތުގެ އިނގިލިތައް މުށްކަވާލައިގެންނެވެ.

“ކާކު…؟” ނަޝީލާ އަހާލީ ނިހާންއަށް ބަލާފައެވެ.

“ޒައިނާ، ބުނޭ! އަތް ލިތަ؟” ނަޝީލާގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި ނިހާން އަނެއްކާވެސް ޒައިނާއާ ސުވާލު ކުރިއެވެ.

“އަތުގަ ހިފެހެއްޓީ…” ޒައިނާ ބުންޏެވެ.

“ކާކުތަ؟” ނަޝީލާ އެ ފަހަރު އަހާލީ ހިތުގައި ޝައްކެއް ވެގެންނެވެ.

“އެ އިޔާދު!” އެހެން ބުނުމާ އެކު ނިހާން ކޮޓަރިން ނިކުތެވެ.

ނިހާން ކޮށްފާނެ ކަމަކާ މެދު ހިތުގައި އުފެދުނު ބިރެއްގެ ސަބަބުން ވަސީމް ނިހާންގެ ފަހަތުން ނިކުތެވެ. ނިހާން ގޭ ދޮރުން ނިކުމެ ނިކުމެ ހުއްޓާ ވަސީމް ގޮސް ނިހާންގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ކޮން ތާކަށް ތި ދަނީ؟” ވަސީމް އެހިއެވެ.

“މި ދަނީ އޭނަގެ އަތް ބިންދާލަން، ވީ ވަރު ކުޑަ ވެގެންތަ އެ އުޅެނީ؟” ނިހާން ބުންޏެވެ.

“ބައްޕައަށް އެނގޭ ރުޅި އަންނާނެ ކަން. އެކަމަކު ރުޅި އައިސްގެން ތިހެން ގޮސް ނުކުރެވޭނެ ރަނގަޅު ކަމެއް، އާދޭ އެތެރެއަށް” ވަސީމް ނިހާންގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ގެނެސް ސޯފާގައި ބޭންދިއެވެ.

ޒައިނާ ހަމައަކަށް އެޅުމުން ނަޝީލާ ނިކުތީ ނިހާން ކޮބާތޯ ބަލާށެވެ. ވަސީމް ކައިރީ ނިހާން އިނުމުން ހަމަ ޖެހުމުގެ ނޭވައެއް ނަޝީލާއަށް ލެވުނެވެ. ނިހާން އެ ވަރަށް ރުޅި އައިސްގެން ނިކުތުމުން ނަޝީލާ ހުރީ ބިރުންނެވެ. ކުރިންވެސް އެ ވަރަށް ނިހާން ރުޅި އައި ފަހަރު ކަންތައް ވީ ގޮތުންނެވެ.

އަދާ އުރާލައިގެން ހުރި ނަބާހާވެސް، އެނދުގައި އަދާ ބާއްވާފައި ނަޝީލާގެ ފަހަތުން ނިކުތެވެ. ދޮރުމަތީ ހުރި އަޒްމަން ކޮޓަރިއަށް ވަނީ ނަބާހާ ބުނުމުންނެވެ.

އެނދުގައި އިން ޒައިނާ ގޮސް ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ. އަދި އިޔާދު ހިފެހެއްޓި ހިސާބުން އަތްވެސް ދޮވެލިއެވެ. މޫނާ އަތް ހިއްކާލައިގެން ޒައިނާ ނިކުތް އިރު އަޒްމަން އިނީ އަދާ އުނގަށް ލައިގެންނެވެ.

ޒައިނާ އައިސް އަދާ އުރާލަން އަތް ދިއްކޮށްލިއެވެ. ނަމަވެސް އަދާ ޒައިނާ ކައިރިއަށް ދާކަށް ނޫޅުނެވެ.

“އަދާ ނޫޅޭ މަންމި ކައިރިއަށް ދާކަށް، ދޯ ދޫނީ؟” އަޒްމަން ބުންނެވެ.

އެއްޗެއް ނުބުނެ ޒައިނާ އެނދުގައި އިށީނެވެ.

“ޒައި ވާހަކަ ދައްކަން ބޭނުމިއްޔާ އަޑު އަހަން މިހިރީ” ޒައިނާގެ މޫނަށް ބަލާލަމުން އަޒްމަން ބުންޏެވެ.

އަޒްމަންގެ މޫނަށް ބަލާލާފައި ޒައިނާ އެއްޗެއް ބުނަން އުޅެފައިވެސް ފަސް ޖެހުނެވެ.

“ދޫނީ، މަންމި ކައިރީ ބުނޭ ވާހަކަ ނުދެއްކިޔަސް ސްމައިލް ކޮށްލާށޭ، މަންމި ސޭޑް ވެފަ އިނީމަ އަދާވެސް ސޭޑް ވާނެއޭ” އަޒްމަން އަދާއަށް ބުންޏެވެ.

“ވާހަކަ ނުދައްކާކަށް ނޫނޭ…” ޒައިނާ ބުނެލިއެވެ.

“ދެން…؟ ހިތުގަ އެއްކޮށްގެން ހުރީމަ އުނދަގޫ ވާނީ، އެހެން މީހަކާ ހިއްސާ ކޮށްލީމަ ލުއި ވާނެ” އަޒްމަން ޒައިނާގެ އަތުގައި ހިފާލިއެވެ.

“އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން އެ ދުވަހު އެ ވަރުގެ ކަމެއް އޭނަ ކުރާނެ ކަމަކަށް، މަންމަމެން ރުޅި އަންނާނެ ކަން އެނގި ހުރެ އަހަރެން ދިޔައީ އޭނައަށް ޓްރަސްޓް ކުރެވުނު ވަރުން. އެ ނޫނިއްޔާ ދުވަހަކުވެސް އެ ގެޔަކަށް ނުދަން، އޭނަ ބުނި އެކަކުވެސް ނޫޅޭ ވާހަކަ، އެހެންވެ އަންނާށޭ ބުނީ، އަހަރެން ދާން ހެލްޕް ވެ ދިނީ ދައު. އެކަމު ދައު ފުރަތަމަ އެއްގޮތަކަށްވެސް ގަބޫލެއް ނުވި އަހަރެން ދާކަށް. އަހަރެން އާދޭސް ކޮށްގެން ހެލްޕް ވެދިނީ، ދައުއާ އެކީ ދައުމެން ގެޔަށޭ ކިޔާފަ ނިކުމެފަ ދިޔައީ އެ ގެޔަށް. ދައު ދިޔައީ ދެން ދައުމެން ގެޔަށް…

އަހަރެން ވަރަށް އާދޭސް ކުރިން، އެ ގޮތަށް އުޅޭކަށް ބޭނުމެއް ނޫނޭ ބުނިން، އޯކޭ އޭ ކިޔާފަ އޭނަ ވަރަށް އަންޑަސްޓޭންޑް ވާ ކަމަށް ހެދިފަ އަހަންނަށް ދިނީ ފާޑެއްގެ އެއްޗެއް… އެ ވަގުތު ހާސްވެފަ އިން ވަރުން ވިސްނައެއް ނުލަން އެއީ ކޯޗެއް ތޯވެސް. ދެން ވީ ގޮތެއް ނޭނގުނު… ހޭލެވުނު އިރު އޭނަ އުޅުނީ… އަޒްމަން އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވުނު… އާދޭސް ކޮށް ރޯން އޮވެވުނީ… އޭނަ ކުރާނެ ކަމެއް ކުރަން ދެން އެހެން އޮތީ… ފަހުން އަހަންނަށް ތެދުވެވޭ ވަރުވީ އިރުވެސް ބޮލަށް ހުރީ ގޮތެއް ވެފަ… ގެޔަށް އައި އިރު އެކަކުވެސް ފެންނަން ނެތީ އަހަރެންގެ ނަސީބޭ ހިތަށް އެރި…

އޭގެ ފަހުންވެސް އޭނަޔާ ވާހަކަ ދައްކަން… ދައު ކައިރީގަވެސް ނުބުނަން އެ ދުވަހު ވީ ގޮތެއް… އެކަމަކު އަހަންނަށް ޝައްކު ވާން ފެށީމަ ދައު ކައިރީ ބުނިން، ޓެސްޓް ހަދަން ކިޓް ގަތީވެސް ދައުގެ އެހީގަ، ޕްރެންނަންޓް ކަން ޔަގީން ވީމަ އޭނަ ކައިރީ ބުނި ދުވަހުން ފެށިގެން އަހަންނަކަށް ނުގުޅާ، އަހަރެން ގުޅިޔަސް ފޯނެއް ނުނަގާ… އެންމެ ފަހުން މަންމަ ކައިރީ ހުރިހާ ވާހަކައެއް ކިޔާދިނީ…

އަޒްމަން، އެ ދުވަހު ހީވީ ގޭގަ ހަނގުރާމައެއް ފަށައިގެން އުޅުނު ހެން… ދޮންބެއާ ތިއްތިބޭއަށް އެނގިގެން ފުރަތަމަ ބައްޕައާ އެކީ އެ ގެޔަށް ގޮސް ރީތިކޮށް އެހީ. އެކަމަކު އިޔާދު އެއް ބަހެއް ނުވި… ދޮންބެއާ ތިއްތިބޭ އޭނަ ގައިގަ ތަޅައިގަތީ އޭނަގެ މަންމައާ ބައްޕައާ އަހަރެންގެ ބައްޕަ ކުރިމަތީ… އެ ދެމީހުން ސިފައިން ގެޔަށް ގެންގޮސް، ބައްޕަ ގެންގޮސް… އެ ހުރިހާ ކަމެއް ވީ އަހަންނާ ހެދި… އަހަރެން މޮޔަ ކަމުން. އެ މީހުންގެ ގޮތް އެނގޭ އިރުވެސް އަހަރެން މަންމަމެންނަށް ސިއްރުން އޭނައާ ރައްޓެހި ވީ…

އެއީ އަހަންނަށް އަދާ ލިބުނު ގޮތަކީ… މަންމަމެންގެ ބަސް ނާހާ ދަރިއަކަށް ވެވުނީމަ އަހަންނަށް އެ ކަންތައް އެ ގޮތަށް ދިމާވީ… ފުރަތަމަ އޭނަ ދެކޮޅު ހެދީމަ އަހަރެން ދެން ބޭނުމެއްވެސް ނުވި އޭނަ އެއްބަސް ވާކަށް. އަހަރެން ބުނިން މަންމަމެން ކައިރީ، ދެން އޭނަ އެއްބަސް ވިޔަސް ކައިވެންޏެއް ނުކުރާނަމޭ، އެކަހަލަ މީހަކާ އިނަސް ވާނީ ކޮން ފައިދާއެއް؟ އެހެން އިނދެގެން ނުވެސް ވާނެއެއްނު؟

އެކަމަކު މިއަދު އަހަރެން ފެނިގެން ބުނެފި އޭނަ ދައްކާ ވާހަކަ އަޑު އަހާބަލާށޭ، އަހަރެން ކީއްކުރަން މިއަދު އަޑު އަހަންވީ؟ އެ ދުވަހު އަހަރެން އާދޭސް ކުރިން އެހެން ނަހަދާށޭ ކިޔާފަ، އޭނަ ނޭހި އަހަރެންގެ އަޑެއް، އަހަރެންވެސް ނުޖެހޭނެ އަޑު އަހާކަށް. މިއަދަކު ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެ…

އަހަރެން ހާދަ ވަރަކަށް ހިތަށް އަރައޭ އަހަންނަށް އޭނައާ ވާހަކަ ނުދެއްކުނު ނަމައޭ… އިތުބާރު ނުކުރެވުނު ނަމައޭ… އެކަމަކު އެހެން ހިތަށް އެރިޔަކަސް އެއްވެސް ކަމެއް ނުވާނެއެއްނު؟ އެހެން ވިޔަސް ވަރަށް ދެރަވޭ… އަހަންނާ ހެދި އަދާއަށްވެސް ކިހާ ބޮޑު ނިކަމެތި ކަމެއް ލިބުނީ؟ އެ ކުއްޖާގެ ކޮން ކުށެއް އޮތީ؟ އޭނަ ކީއްވެ ބައްޕަ ނެތް ކުއްޖަކަށް ވާންވީ؟ މުޅިންވެސް އަހަރެންގެ ސަބަބުން ވީ ކަންތައް…” ޒައިނާ ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލަމުން އަދާއަށް ބަލާލިއެވެ.

“މީހެއް ދެކެ ލޯބި ވެވުމަކީ ކުށެއް ނޫން، އިތުބާރު ކުރެވުމަކީވެސް ކުށެއް ނޫން، ޒައިނާއަށް ކުރެވުނު ހަމަ އެކަނި ކުށަކީ އޭނަ ބުނެގެން އެ ގެޔަށް ދިޔުން، އެކަހަލަ ފުރުސަތެއް އޭނައަށް ދިނުން. އެކަމަކު އެއީ ކޮންމެ މީހަކަށްވެސް ވެދާނެ ކަމެއް… ޒައިނާ އެކަންޏެއް ނޫން އެ ކަހަލަ ކުށެއް ކުރީކީ، އަދި ކުރާނީކީވެސް. ދެން އެކަހަލަ ކަމެއް ވިޔަ ނުދިނީމަ އެ ނިމުނީ…” ޒައިނާގެ އަތް ތިލައަށް މަޑުމަޑުން ފިތާލަމުން އަޒްމަން ބުންޏެވެ.

“އަހަރެން ވަރަށް ލޯބިވޭ ޒައި ދެކެ، އަހަރެން ބޭނުމެއް ނޫން އަހަންނަށް ޖަވާބެއް ދޭން ޒައިއަށް ފޯސް ކުރާކަށް. ޒައި ވިސްނަން ވަގުތު ދޭނަން. އަހަންނަށް އެނގޭ އެ ކަހަލަ ކަމަކަށް ފަހު އަލުން މީހަކަށް އިތުބާރު ކުރުން އެއީ އެހާ ފަސޭހަ ކަމެއް ނޫން ކަން. އަހަރެން އިންތިޒާރު ކުރާނަން” އަޒްމަން ބުންޏެވެ.

ޒައިނާ އެއްޗެއް ނުބުނެ އިނީއެވެ.

“އަދާ މަންމިއަށް ހަނދާން ކޮށްދެއްޗޭ ބޭބެ މަންމި ދެކެ ވަރަށް ލޯބި ވާކަން، އިނގޭ ދޫނީ” އަދާ ނަގާ އަޒްމަންއަށް ކުރިމަތި ވާނެހެން އުނގުގައި ކޮޅަށް ބަހައްޓާލަމުން އަޒްމަން އެހެން ބުނެފައި އަދާގެ ކޮލުގައި ބޮސްދީފައި ޒައިނާ އަތަށް ދީފައި ތެދުވިއެވެ.

“ދަނީ…” ދޮރާ ހަމައަށް ގޮސްފައި އެނބުރިލަމުން އަޒްމަން އަތުން ހަނާ އަޅާލާފައި ނިކުތެވެ.

ޒައިނާއަށް ވިސްނަން އިނދެވުނެވެ. އަޒްމަން އެ ބުނަނީ ހަމަ ރަނގަޅަށް ހެއްޔެވެ؟ ހަގީގަތުގައިވެސް އަޒްމަން ޒައިނާ ދެކެ ލޯބި ވަނީ ހެއްޔެވެ؟ ހަ މަސް ވީ އިރުވެސް އަޒްމަން އެ ހުންނަނީ ޒައިނާގެ އިންތިޒާރުގައެވެ. އަދިވެސް ވަގުތު ދޭނެ ކަމަށް އެ ބުނަނީއެވެ. އެއީ ލޯބި ވާތީ ނޫން ހެއްޔެވެ؟

ޒައިނާގެ ހިތުގައިވެސް އަޒްމަންއާ މެދު ޚާއްސަ އިހުސާސްތަކެއް އުފެދެން ފަށައިފިކަން އެއީ ޔަގީން ކަމެކެވެ. މި ވީ ހަ މަސް ތެރޭ އަޒްމަން ޒައިނާއަށް މެސެޖެއް ކޮށްނުލާ ދުވަހެއް ނުދާނެއެވެ. ހަފްތާއަކު އެއް ފަހަރު މަދު ވެގެން ފޯން ކޮށްގެން ވާހަކަ ނުދައްކާ ހަފްތާއެއް ނުދެއެވެ. އަދި ފަހަކަށް އައިސް އެ ގެޔަށް ގިނަގިނައިން އާދެއެވެ. ކޮންމެ ފަހަރަކު ޒައިނާއާ ވަކިން ވާހަކަ ދައްކަން ނުހުއްޓަސް އެ ގެޔަށް އަޒްމަން އަންނަނީ ކޮން ބޭނުމަކު ކަން ޒައިނާއަށް އަދި ގޭ އެހެން މީހުންނަށްވެސް އެނގއެވެ. މަންމައާ ބައްޕަ އެދެނީ ޒައިނާ އަޒްމަންއާ ގުޅުން ކަންވެސް ޒައިނާއަށް އެނގެއެވެ.

އަދިވެސް ރުޅިގަނޑު ނުފިލާ ހުރި ނިހާން ކޮޓަރި ތެރޭ ދެކޮޅަށް ހިނގަ ހިނގާ ހުރެފައި ފޯން ނަގާ ޝަނާޒްގެ ނަމްބަރަށް ގުޅާލިއެވެ. ރިންގ ވެފައި ކެނޑުނު އިރުވެސް ފޯނަށް ޖަވާބެއް ނުދެއެވެ. ނިހާން ގުޅި އިރުވެސް ޝަނާޒް އެ ފޯނަށް ޖަވާބު ނުދޭނެ ހެން ނިހާންއަށް ހީވިއެވެ. ދައުހާ އާ މެދު ނިހާން ކަންތައް ކުރާ ގޮތުން ހިތް ހަމަ ނުޖެހިފައި ހަތަރު މަހެއް ހާ ދުވަސް ކުރިން ފޯނުން ވާހަކަ ދެއްކި ފަހުން ނިހާން ގުޅިޔަސް ޝަނާޒް ފޯނެއް ނުނަގައެވެ.

ފުރަތަމަ ނިހާން ގުޅުމުން ޝަނާޒް ފޯން ނުނެގީ ގަސްތުގައެވެ. ފޯން ސައިލެންޓަށް ލާފައި ފާހާނާއަށް ވަދެފައި ނިކުތް އިރު އަށް ކޯލް މިސް ވެފައި އިންދާ ފެނުމުން ޝަނާޒް ފޯން ނެގީ ނިހާންއަށް ގުޅާށެވެ. ނަމަވެސް އެއަށް ވުރެ ކުރިން އަނެއްކާވެސް ނިހާން ގުޅިއެވެ.

އެ ދުވަހު ޝަނާޒް ފޯން ނުނެގުމުން ނިހާން ހައްތަހާ ރުޅި ގަދަވިއެވެ. ހުއްޓާ ނުލާ އަށް ފަހަރު ގުޅި އިރުވެސް ޝަނާޒް ފޯނެއް ނުނަގައެވެ. ނުވަ ވަނަ ފަހަރަށް ގުޅި އިރަށް ފުރަތަމަ ރިންގުން ޝަނާޒް ފޯން ނެގިއެވެ.

“ނިހާން، ހާދަ ވަރަކަށް ތި ގުޅަނީ، ކިހިނެއް ވީ؟” ފޯން ނެގުމާ އެކު ކަން ބޮޑުވުން އެކުލެވޭ އަޑަކުން ޝަނާޒް އެހިއެވެ.

“ކޮބާ ތި ގޭގަ ދެން އުޅޭ މީހާ؟” ނިހާން އަހާލިއެވެ.

“ކާކު؟ އަސަދުތަ؟” ނިހާން އެ ބުނީ ކާކުގެ ވާހަކައެއް ކަމެއް ޝަނާޒްއަކަށް ނުވިސްނުނެވެ.

“އޭނަގެ ކޮއްކޮ” ނިހާން ބުންޏެވެ.

“ނޭނގެ، ގެޔަކު ނެތް ކަންނޭނގެ. ކިހިނެއް ވި؟” ހައިރާން ވެފައި ޝަނާޒްއަށް އަހާލެވުނީ އެހާ ރުޅި އައިސްފައި ހުރެގެން ނިހާން އިޔާދު ހޯދާ ސަބަބެއް ނުވިސްނިގެންނެވެ.

“ވީ ވަރު ކުޑަ ވެގެންތަ އޭނަ އަނެއްކާ ޒައިނާގެ ފަހަތުން ދުވަން ފެށީ؟ ޒައިނާ ބޭރަށް ނިކުންނަ އިރަށް ފާރަ ލައިގެން އޭނަޔާ މަގުމަތިން ބެހެން ފެށީ އޭނަ އަދިވެސް ހިތްފުރޭ ވަރު ނުވެގެންތަ؟” ނިހާން ވާހަކަ ދެއްކީ މަޑުން ނަމަވެސް އޭނަ ރުޅި އައިސްފައި ހުރި ވަރު ޝަނާޒްއަށް އަންދާޒާ ކޮށްލެވުނެވެ.

“ނިހާން، އިހަށް ރުޅި މަޑު ކޮށްބަލަ! ދެކޮޅަށް ހިނގުން ހުއްޓާލާފަ އިށީނދެބަލަ!” ޝަނާޒް ބުންޏެވެ.

ޝަނާޒްގެ އެ ދެ ޖުމްލައިންވެސް ޝަނާޒްއަށް ނިހާން އެނގޭ ވަރު ހާމަ ވެގެން ދިޔައެވެ. އެ ވަގުތު ޝަނާޒްއަށް ނިހާން ފެންނަން ނެތް ނަމަވެސް ނިހާންގެ އަމަލު ހުންނާނެ ގޮތް ޝަނާޒްއަށް އެނގެއެވެ.

އެހެން ހިތަށް އެރުމުން ނިހާން އައިސްފައި ހުރި ރުޅި ކޮންމެވެސް ވަރަކަށް ފިނިވިއެވެ.

“ދެން ކިހިނެއް ހަދަން ވީ؟” ނިހާން އެނދުގައި އިށީނދެފައި އެހިއެވެ.

“ދެން ވީ ގޮތް ކިޔާދޭންވީ” ޝަނާޒް ބުންޏެވެ.

ނިހާން ކިޔާދިނެވެ.

“އޭނަ ކައިރީ ބުނޭ ދެން ޒައިނާ ފަހަތުން ދުވަން ނޫޅޭށޭ، އެއް ފަހަރު ލިބުނު އަނިޔާއިން ނުފުދިގެން ޒައިނާ ނޫޅޭޔޭ ބުނޭ. ދެވަނަ ފަހަރަށް އޭނަ އެ ގޮތަށް ޒައިނާ ގައިގަ އަތް ލައިފިއްޔާ ދެން ވާނެ ގޮތަކަށް އަހަރެން ނުބަލާނަން، އެ އަތުން އެއްވެސް ކަމެއް ނުކުރެވޭ ވަރު ކުރާނަން—” އެ ވާހަކަ ކިޔައިދީ ނިމުނު އިރު ނިހާން އަނެއްކާވެސް ހުރީ ރުޅި ގަދަވެފައެވެ.

“ނިހާން! ނިހާން! ހަމަ ޖެހިބަލަ…!” ޝަނާޒް ގޮވާލިއެވެ.

ނިހާން ލޯ މަރާލަމުން ހަމަ ޖެހިލަން މަސައްކަތް ކުރިއެވެ. އެ ވަގުތު ޝަނާޒް ހުންނާނެ ގޮތް ހިތަށް ގެންނަން އުޅުނު ނިހާންގެ ހިތަށް ސިފަވީ ދައުހާގެ ސޫރައެވެ. އެއާއެކު ހިތަށް ވެގެން ދިޔަ ގޮތުން އަޑެއް ލައްވާލުމާ އެކު ނިހާންއަށް ލޯ ހުޅުވާލެވުނެވެ.

“ނިހާން، ކިހިނެއްވީ؟” އަނިޔާއެއް ލިބުމުން މީހެއްގެ އަނގައިން އިވޭ ކަހަލަ އަޑެއް ނިހާން ލައްވާލުމުން ޝަނާޒްއަށް އަހާލެވުނީ ކަންބޮޑު ވީ ވަރުންނެވެ.

ޝަނާޒްއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި އެ ވަގުތު އަމިއްލަ ނަފްސަށް އާދެވުނު ރުޅިން ނިހާންއަށް އެއް ނޭވައިން ތިން ހަތަރު އިނގިރޭސި ބަސް ބޭރު ކޮށްލެވުނެވެ.

“ނިހާން!” އެ ބަސްތައް އަޑު އިވުމުން ހިތް ހަމަ ނުޖެހިފައި ޝަނާޒް ގޮވާލިއެވެ.

“ދުނިޔޭގަވެސް ނުތިބޭނެ ތި ގޭ ދެ ފިރިހެންނުންހާ އަހަރެން ރުޅި އަންނަ ބައެއް. އެންޑް އައި ހޭޓް މައިސެލްފް އީވަން މޯރ” ނިހާން ބުނެލިއެވެ.

“އަނެއްކާވެސް އެ ވާހަކަ ފަށަންތަ ތިއުޅެނީ؟” ޝަނާޒް އަހާލިއެވެ.

“ނާޒް، އެ ދުވަހުގެ ފަހުން އަހަރެން އޭނަ ނުވެސް ދެކެން… އައި މިސް ހަރ!” ނިހާން ލޯ މަރާލަމުން ބުންޏެވެ.

“ދެން ހަދާނެ ގޮތް ނިހާންއަށް އެނގޭނެ، އެހެން މީހަކަށް ތި ކަމުގަ ނިހާންއަށް އެހީއެއް ނުވެވޭނެ، ކުރާ ކަމެއް ކުރަން ޖެހޭނީ އަމިއްލައަށް” ޝަނާޒް ބުނީ ހިތްހަމަ ނުހެޖިފައި ހުރެއެވެ.

ނިހާން ޖަވާބެއް ނުދީ ހުރީއެވެ.

“އިޔާދުއާ އަހަރެން ވާހަކަ ދައްކާނަން، އިހަށް ދެން ބާއްވަނީ” ޝަނާޒް ފޯން ކަނޑާލިއެވެ.

 

ޒައިނާ އެރޭ އަދާ ނިންދަވާފައި ބޭއްވި ތަނާ ދައުހާ ގުޅިއެވެ.

“ކޮބާ އަދާ؟ ނިދީތަ؟” ޒައިނާ ފޯން ނެގުމާ އެކު ދައުހާ އަހާލިއެވެ.

“ހަމަ އެ ނިދީ، އަދާ ހޯދަންތަ ތި ގުޅީ؟” ޒައިނާ އެހިއެވެ.

“ނޫން. ޒައި، މާދަން އޮފީސް ނިންމާފަ ދާނަން އިނގޭ” ދައުހާ ބުނަން ބޭނުންވީ އެ ވާހަކައެވެ.

“އަސްލުވެސްތަ؟” ދައުހާ ބުނި އެއްޗެއް ގަބޫލު ކުރަން ޒައިނާއަށް ދަތިވިއެވެ.

“އާނ، އަހަރެން ކުރާ ކަމަކުން، އުޅޭ ގޮތަކުން މީހަކަށް އެއްވެސް ޑިފަރެންސެއް ނުވަންޏާ އަހަރެން ވަކި ކީއްވެ ކުރަން ބޭނުން ވާ ކަމެއް ނުކޮށް ހުންނަންވީ؟” ދައުހާ ބުންޏެވެ.

“ދައު، ޔަގީންތަ؟” ޒައިނާ އަހާލިއެވެ.

“އާނ! އަސްލު ބުނަންތަ؟ ވަރަށް ދާ ހިތްވޭ ތި ގެޔަށް، ޒައިއާ އަދާ ވަރަށް މިސް ވޭ. އެންމެން އެހާ ބަލިވި އިރުވެސް އަހަރެން ނުދޭ ގޮވާލަންވެސް. އަނެއްކާ ނަޝީއްތަ ގުޅާފަ އަހަރެން ނައިސްގެން ޝަކުވާ ކުރާތީ ވަރަށް ދެރަ ވޭ” ދައުހާ ކިޔާދިނެވެ.

“އޯކޭ، ދައު އަބަދުވެސް ވެލްކަމް ވާނެ. އަނެއްކާ މަންމަ ކައިރީ ބުނީމަ ވަރަށް އުފާ ވާނެ” ޒައިނާ ދައުހާއަށް މަރުހަބާ ކިޔެވެ.

“ދެން ބާއްވަނީ. މާދަން އޮފީސް ނިންމާ ގޮތަށް ތި ގެޔަށް ދާނީ، އެކަމު ނަޝީއްތަ ކައިރީ ނުބުނާތި، އެކަކު ކައިރީވެސް ނުބުނާތި. އެންމެން ސަޕްރައިޒް ކޮށްލާނީ” ދައުހާ އެދުނެވެ.

ޒައިނާ އެއްބެސް ވެފައި މާދަމާ ބައްދަލު ވުމުގެ އުންމީދުގައި ފޯން ކަނޑާލިއެވެ.

ފޯން އެނދުމަތީ ބާއްވާފައި ޒައިނާ ތެދުވި އިރަށް އަނެއްކާ ފޯން ރިންގ ވިއެވެ. ސްކްރީނަށް އަޒްމަންގެ ނަން އަރާފައި އިންތަން ފެނުމުން ޒައިނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“ކީކޭ އަޒްމަން؟” ޒައިނާ ފޯން ނެގި ގޮތަށް އަހާލިއެވެ.

“އެއްޗެއް ކިޔާކަށް ނޫން، ޒައި މިހާރު އޯކޭތޯ ބަލާލަން މި ގުޅާލީ” އަޒްމަން ޖަވާބު ދިނެވެ.

“އޯކޭ” ޒައިނާ ދިނީ ކުރު ޖަވާބެކެވެ.

“އަދާ ނިދީތަ؟” އަޒްމަން އެހިއެވެ.

“އާނ” މި ފަހަރުވެސް ޒައިނާގެ ޖަވާބު ކުރެވެ.

“ހާދަ ދެރައޭ، މިރޭ ދެން ތި ގެޔަށް ގޮސްލާނެ ބަހަނާއެއްވެސް ދެން ނެތީ ވިއްޔަ” އަޒްމަން ބުންޏެވެ.

“އަދާ ނިދިޔަކަސް އަޒްމަންއަށް މި ގެޔަށް އާދެވޭނެ، ބަހަނާ ހޯދާކަށް ނުޖެހޭނެ” ޒައިނާ ފޯން ހިފައިގެން އެނދުގައި އިށީނެވެ.

“ރަނގަޅަށްތަ އަހަންނަށް މި އަޑު އިވުނީ؟” ސަމާސާ ރާގެއް އަޒްމަންގެ އަޑުގައި ވިއެވެ.

“އާނ، ރަނގަޅަށް ތި އަޑު އިވުނީ. އަހަރެން ނުބުންޏަސް އަޒްމަން މި ގެޔަށް އަންނަން މި ގޭ އެންމެން އޮންނަނީ އަބަދުވެސް ދައުވަތު ދީފައެއްނު؟ މިރޭ އަހަރެންވެސް މި ދިނީ. ދެން އަޒްމަން ހަމަ އަންނަން ބޭނުން އިރަކު އަންނަން ވީ” ޒައިނާ ހީލާފައި ބުންޏެވެ.

“އަހަރެން ދިޔައިއްޔާ ޒައި އާ ޕްރައިވެޓް ކޮށް ވާހަކަ ދައްކާލާނެ ޗާންސެއް ލިބޭނެތަ؟” އަޒްމަން ފުރުސަތު ހޯދަމުން ދިޔައެވެ.

“އަޒްމަން… އަހަރެން މީ އަޒްމަން ހީ ކުރާ ކަހަލަ މީހަކަށް ނުވެދާނެ، އެކަމަކު އަޒްމަން އެދޭތީ، އަހަރެން ދެކެ ލޯބި ވާ ކަމަށް ބުނާތީ އަހަރެންވެސް ބޭނުން މިހާރު އަޒްމަންއަށް ޗާންސެއް ދޭން… އެހެންވެ މި ބުނީ އަންނަން…” ޒައިނާ ސީރިއަސް ވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ރާސްތާ2 (37)

Next

ހިތުގެ ކޮންމެ ވިންދެއްގައި – 3 –

Next
February 16, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 3 –

Previews
February 16, 2020

ރާސްތާ2 (37)

15 Comments!

  1. Mar Sha Marsha says:
    February 16, 2020 at 3:01 pm

    Salaam, hope u like this part too.. Like akaa comment eh dhehchey ?? Part 10 on Tuesday

  2. Desert Rose? says:
    February 16, 2020 at 3:23 pm

    Mi part ves hama varah varah varah varah reethi مشاء الله❤️?❤️? Marsha asluves varah molhu?????????

  3. nash says:
    February 16, 2020 at 3:26 pm

    yeyyy me firsy dhw v reethi
    keep it up

  4. Yanaa says:
    February 16, 2020 at 3:27 pm

    Varah varah reethi ??????maa sha Allah. ❤❤❤❤❤❤❤
    waiting for the next part ???

  5. Meekkomee says:
    February 16, 2020 at 4:10 pm

    Siss mi part varah salhi ????? waiting for the next part ???? ly

  6. Kairaa says:
    February 16, 2020 at 7:31 pm

    Alheyyyyy enme kiyaa hiyyvi tankolhun e nimuny??????… Varah reethi mi part vx….Waiting for the nxt part….

  7. Thihu says:
    February 17, 2020 at 9:32 am

    Keevve tha abadhu curious kollafa nimmalany marsha? Anyways story vrh salhi?❤️ Waiting for the next part ☺️

  8. imkko says:
    February 17, 2020 at 1:13 pm

    ?????Mi part ves varah reethi inge Marsha♥️♥️♥️♥️♥️♥️♥️…..hama waitinn for next part♥️♥️♥️♥️♥️…….

  9. Kokki says:
    February 18, 2020 at 3:21 pm

    Marsha dear when next part up vany???

  10. Saara says:
    February 18, 2020 at 10:21 pm

    Vaahaka kiyaa hithun miothy v bodah. Waiting waiting

  11. Mina says:
    February 18, 2020 at 11:05 pm

    Tuesday mioh nimeny..
    Koba vaahaka

  12. Liu says:
    February 19, 2020 at 12:47 am

    Kobatha vaahaka haadha las vani …kiyaa hithun hure venikee nun…

  13. Xeekko says:
    February 19, 2020 at 7:19 am

    Tuesday ga up kuran buni part up kohlevey varu nuvanee tha adhi ves?

  14. Mar Sha Marsha says:
    February 19, 2020 at 8:26 am

    Thank u for reading n commenting dears.. Iyye aa kury dhuvahah Marsha ge kid balive ulhunyma vaahaka upload nukurevuny ingey, sorry for that, mihaaru upload koffon.

  15. Nuhaam says:
    February 19, 2020 at 9:30 pm

    This is one of the best story I have red very nice waiting for the next part

Comments are closed.

Next Episodeހީވޭ ހިތް ބުނާހެން 10←


All Right Reserved!