އެ މަންޒަރު ފެނުމުން އިޝާމްގެ މެއަށް ގޮތެއް ވެގެން ދިޔައެވެ. ނަޒްހާގެ ބަދަލުގައި ނައިހާގެ އަތުގައި ހިފައިގެން ހުންނަން އިޝާމް ބޭނުން ވިއެވެ. އެ ވޭނުގައި ނައިހާއަށް އެހީވެދީ އެންމެ ކައިރީގައި ހުންނަން ބޭނުން ވިއެވެ. ނައިހާއަށް ބަލަން ހުރެފައި އިޝާމްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. “ނާޔާ، ދަރިފުޅު ނުސްރާއަށް ގުޅާލާފަ ބުނެދީބަލަ ދޮންތަ ގޮވައިގެން ހޮސްޕިޓަލަށް ދާ ވާހަކަ” ނަރީމާ އެ ވަގުތު ބުންޏެވެ. އިޝާމްއަށް ފަހަތަށް ޖެހިލެވުނެވެ. “މަންމާ، އަހަރެންވެސް ބޭނުން ދާން” ނައިހާއާ […]
އިޝާމް ފެނުމުން ނައިހާގެ ފިޔަވަޅުތައް މަޑު ޖެހިލި ނަމަވެސް، ނޫރާ ނައިހާގެ އަތުގައި ހިފާލުމުން ނައިހާ ގޮސް ގޮނޑިއެއްގައި އިށީނެވެ. “އިޝާމް… ހިނގާ” ނާއިލް ގޮވާލުމުން އިޝާމް ސިހިފައި ބަލާލިއެވެ. އަދި އަވަހަށް ނާއިލްއާ އެކު ނިކުތެވެ. ކައި ނިމިގެން ނައިހާ މައްޗަށް ގޮސް އެއްޗެހި ބަދަލު ކޮށްގެން އެނދުގައި އޮށޯވެލިއެވެ. “ދޮންތާ، އެއްޗެއް އަހާލަންތަ؟” ނާޔާ އެނދުގައި އިށީނދެ ނައިހާގެ ދެ ފައިތިލަ މޮޑެދޭން ފެށިއެވެ. އަބަދު ރިއްސާފައި ހުންނަ ފައިތިލައަށް ލުއި ވާން ފެށުމުން […]
އެ ވަގުތު އެތަނަށް ނާއިލްއާ އިޝާމް އައިސް ވަނެވެ. ޔަޒާންއާ ނައިހާއާ ނޫރާ އެ ތަނުން ފެނުމުން ދެ މީހުންވެސް ހުއްޓިފައި ބަލަން ތިބީއެވެ. “އަހަރެން ބެހެން ނުޖެހެންޏާ ދެން ކާކު ބެހެން ޖެހެނީ؟ ޔަޒާން ކުރާ ކަންތަކާ އަހަރެން ބެހެން ބޭނުން ނޫނިއްޔާ އަހަރެން ވަރިކޮށްފަ ގެޔަށް ފޮނުވާ. އޭރަކުން ނުބެހޭނަން. އޭރުން ދެން ޔަޒާން އެއް ފަހަރާ ހަތަރު އަންހެނުން ގޮވައިގެން އުޅުނަސް އަހަރެން ނުބެހޭނަން” ނައިހާ ބުނެލިއެވެ. ނައިހާ އެހެން ބުނުމާއެކު ޔަޒާން […]
“ނޫނެކޭ ބުނެފީމެއްނު؟” ނަޒްހާއަށް ބާރަށް ބުނެވުނެވެ. ޝާދު ކައިރިއަށް ރުޅި އައީ ކުއްލިއަކަށެވެ. “އާނއެކޭ ބުނެބަލަ!” ދެ އަތުން ނަޒްހާގެ ދެ ކޮނޑާ ހިސާބުން ހިފާ ތަޅުވައިގަންނަމުން ޝާދު ބުންޏެވެ. “ތަދުވޭ ޝާދު!” ޝާދުއަށް ވެފައި ހުރި ގޮތުން އެ ވަގުތު ނަޒްހާ ބިރު ގަތެވެ. އަތަށް ވީ ތަދުން ލޮލުން އައި ކަރުނައާ އެކު ނަޒްހާއަށް ޝާދުއާ ދިމާއަށް ބަލަން ހުރެވުނެވެ. ވަގުތުން ޝާދު ނަޒްހާގެ ގައިން ދޫކޮށްލިއެވެ. ދެ އަތުން ބޮލުގެ އިސްތަށިގަނޑު ހާވާލަމުން […]
“ނައި، އައިމް ސޮރީ!” އިޝާމް މާފަށް އެދުނެވެ. ނައިހާ އިސް އުފުލާ ބަލާ ނުލާ ހުރީއެވެ. “ނައި… އޭރު ވަރަށް ބޭނުން ވި ވީ ގޮތް ބުނެދޭން، އެކަމަކު އެ ޗާންސެއް ނުލިބުނު، މިހާރު ބުނެދިނަސް ވާނެ ކަމެއް ނެތް… އެކަމަކުވެސް—” “އަހަރެން އިޝާމްއަށް މާފު ކޮށްފިން” އިޝާމްގެ ވާހަކަ މެދު ކަނޑާލަމުން ނައިހާ ބުންޏެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ނައިހާއާ ދިމާއަށް ބަލަން އިޝާމް ހުރީ ނައިހާ އެ ބުނި އެއްޗެއް އަޑު އިވުނު ނަމަވެސް […]
“ޔަޒާން، ހިނގާ ޕްލީޒް…” ނައިހާ ޔަޒާންއާ ދިމާއަށް ނުބަލާ އިނދެ ބުންޏެވެ. “ހިނގާ ދޯ މިރޭ ކާ އެއްޗެހި ޕެކް ކޮށްގެން ގެޔަށް ދާން؟ އެހެން ރެއަކުން އަނެއްކާވެސް އަންނާނީ” ޝާދު ބުންޏެވެ. އެންމެން އެއްބަސް ވުމުން އެންމެ ކުރިން ނިކުތީ ނައިހާއާ ޔަޒާންއެވެ. އެހެން މީހުން މަޑު ކުރީ އެއްޗެހި ޕެކް ކޮށްގެން ގެންނަން ދެނެވެ. “ނައިއަށް މިރޭ ކިހިނެއްތަ ވީ؟ އެންމެން އެކީގަ ގޮސް ތިއްބާ ތިހެން ހެދީމަ ޝާދުމެން ހީކުރާނީ ކީކޭ؟” ގެޔަށް […]
“ކާކުތަ އުޅުނީ ތަނަކަށް ދާން؟” ޝާދުގެ މޫނުގައި އަތް ޖައްސާލަމުން ނަޒްހާ އެހިއެވެ. ޝާދު ތިރިވެލަމުން ނަޒްހާގެ ތުންފަތުގައި ބޮސްދިނެވެ. ނަޒްހާ އަތް ހިއްލާ ޝާދުގެ ދެ ކޮނޑުގައި ހިފާ ތިރިކޮށްލަމުން ދެ އަތުން ބައްދާލިއެވެ. ދުރަށް ޖެހިލި އިރު ދެ މީހުންވެސް ތިބީ ނޭވާ ކުރުވެފައެވެ. ޝާދު ތެދުވުމުން ނަޒްހާވެސް ތެދުވިއެވެ. “ޝާދު؟” އެ ވަގުތު ދޮރުގައި ޓަކި ޖަހާލަމުން ގޮވާލި އަޑު އިވުނެވެ. ނަޒްހާ ގޮސް ދޮރު ހުޅުވާލިއެވެ. “ސައި ބޯން އަންނަން ވީނު؟” […]
“އަސްލުވެސްތަ؟ ތަންކޮޅެއް ކުރިން ޝާދު ތިހެން ބުނި ނަމަ ތުއްތުބޭ މެންނާ އެކީ ޑަބަލް ވެޑިންގއެއް ބޭއްވުނީހެއްނު؟” ނަޒްހާ އުފަލުން ބުންޏެވެ. “ޑަބަލް ނޫނަކަސް ނަޒް ބޭނުން ވާ ކަހަލަ ވެޑިންގއެއް ބާއްވަން ވީ ހަމަ. އެކަމަކު އަވަހަށް” ޝާދު ބޭނުން ވީ ނަޒްހާ ބޭނުން ގޮތަކަށް ކަންތައް ކޮށްދޭށެވެ. ޖެހިގެން އައި ދުވަހު ޝާދު އައިސް އާދިލްއާ ނަރީމާއާ ވާހަކަ ދެއްކިއެވެ. ގޭ އެހެން ކުދިންވެސް ވާހަކައިގައި ބައިވެރި ވިއެވެ. ނަޒްހާއާ ޝާދު ބޭނުން […]
އެ ވަގުތު ނައިހާގެ ލޮލުން ކަރުނަ އައެވެ. އެނބުރިފައި ނަރީމާގެ އުނަގަނޑުގައި ބައްދާލަމުން ނައިހާއަށް ރޮވުނެވެ. ކައިވެންޏަށް ފަހު ޔަޒާންމެން ގެޔަށް ބަދަލު ވި ފަހުންވެސް މަންމަ މަތިން ނައިހާ ހަނދާން ނުވާ އެންމެ ދުވަހެއްވެސް ނުދެއެވެ. ޔަޒާންގެ މަންމަ ނުސްރާ ނައިހާއަށް ވަރަށް ރަނގަޅެވެ. އަމިއްލަ ދަރިއަކާ ނައިހާ އެއްވެސް ތަފާތެއް ނުކުރެއެވެ. ހަމަ އެހެން ޔަޒާންގެ ދެ ކޮއްކޮ، ޔުސްރާއާ ޔާނިއުވެސް ނައިހާއަށް ވަރަށް ރަނގަޅެވެ. އެހެން ނަމަވެސް ޔަޒާންއާ މައްސަލަ ޖެހޭ ކޮންމެ […]