“ނަންނާ، ހިނގާ ދާން” ކުއްލިއަކަށް ޒައިނާގެ އަތުގައި ހިފާ ޝަނާޒްއާ ދުރަށް ޒައިނާ ގެންދަމުން ނިހާން ބުނެލި އިރު އެ އަޑުގައިވީ ހަރުކަށި ކަމުން ޒައިނާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ފަހަތަށް އެނބުރި އަތުން ހަނާ އަޅާލަމުން ޒައިނާ ދިޔަތަން ބަލަން ހުރި ޝަނާޒްގެ ލޮލުން ކަރުނަ އައެވެ. ދެ އަތުން ލޯ ފޮހެލަމުން ޝަނާޒް ޝަބާއަށް ބަލާލިއެވެ. “ދޮންތާ… އެހެން ފަހަރަކުން އަނެއްކާ އަންނާނީ، އިހަށް ހިނގާ ގެޔަށް ދާން…” ޝަނާޒް އެދުމުން ދެކޮޅު […]
ތިނެއް ޖަހަން އުޅެނިކޮށް ކޮޓަރިއަށް ވަން އަސަދުއަށް އެނދާ ދިމާއަށް ބަލަން ހުރެވުނީ، އެނދުގައި ޝަނާޒް އޮތުމުންނެވެ. އިރުކޮޅަކު އެހެން ހުރެފައި ފެން ވަރައިގެން އައިސް އަސަދު އެނދުގައި އޮށޯވެ ޝަނާޒްގެ މޫނަށް ބަލަން ނުނިދިފައި އޮތެވެ. ނިދީގައި އަސަދުގެ މޭމައްޗަށް ޝަނާޒް އަތް އެއްލުމުން އަސަދު އެ އަތުގައި ހިފާލަމުން ކައިރި ވެލާފައި ޝަނާޒް ގައިގައި ބައްދާލިއެވެ. ފިނި ރެއެއް ކަމުން ހީ ކަރުވާފައި އޮތް ޝަނާޒްއަށް އެ ހޫނަށް މަރުޙަބާ ކިޔުނެވެ. އަސަދުގެ އަތުތެރޭ […]
“ނާޒް… ވަޓްސް ރޯންގް؟” ޝަނާޒްގެ ކޮނޑުގައި ހިފާ ދުރު ކޮށްލަމުން ނިހާން އަހާލި އިރު އެ އަޑުގައި ވީ ކަންބޮޑުވުމެވެ. ޖަވާބެއް ދިނުމެއް ނެތި ޝަނާޒް ދެ އަތުން ނިހާންގެ މޫނުގައި ހިފާ ކައިރި ކޮށްލުމާއެކު ނިހާންގެ ތުންފަތުގައި ބޮސްދިނެވެ. “ނާޒް…” ނިހާން ދުރު ވެލަމުން އެއްޗެއް ބުނަން އުޅުނު ނަމަވެސް ޝަނާޒް އެ ގޮތެއް ބޭނުމެއް ނުވިއެވެ. އަދިވެސް ބޮޑަށް ކައިރި ވެލަމުން ނިހާންގެ ބަސް ހުއްޓުވިއެވެ. “ނާޒް… މަންމަ ނިކުމެދާނެ… ހިނގާ މައްޗަށް…” ނޭވާ […]
އަސަދުއާ ޝަނާޒްގެ މެދުގައި ހިނގި ޒުވާބަށް ފަހު ޝަނާޒް އެ ގެޔަށް ނުދާތާ ދެ ހަފްތާ ފަހުން އެ ގެޔަށް ދާން ޖެހުނީ ރާބިޔާ ގުޅާފައި ޝަނާޒް ނާންނާތީ ޝަކުވާ ކޮށްފައި، ހަވީރު ސަޔަށް އާއިލާ އެކީ އެ ގެޔަށް އައުމަށް ދައުވަތު ދިނުމުންނެވެ. އެ ދުވަހުގެ ފަހުން ޝަނާޒްއާ ދިމާ ނުވި ނަމަވެސް، އަސަދުވެސް ދިޔައީ އޭނަގެ މަޤުސަދު ހާސިލް ކުރުމަށް ކަންތައްތައް ރާވަމުންނެވެ. އަސަދު އިންތިޒާރު ކުރަމުން ދިޔައީ ޝަނާޒް އެ ގެޔަށް އަންނާނެ […]
“އައި ލަވް ޔޫ ޝަނާ!” އަސަދު އެހެން ބުނެލުމާއެކު ގަބޫލު ނުކުރެވިފައި ޝަނާޒް އަސަދުއާ ދިމާއަށް ބަލަން އިނެވެ. “ސީރިއަސް ވާށޭ ބުނީމަވެސް…” އިސް ޖަހާލަމުން ޝަނާޒް ބުނެލިއެވެ. “ސީރިއަސްކޮށް އަހަރެން މި ބުނީ، އެހެން ފަހަރުވެސް އަހަރެން ބުނަނީ ދޮގެއް ނޫން. އަހަރެންގެ ލައިފްއަށް ޝަނާ އަންނަ ދުވަހަކުން، ޝަނާ ބުނާ ވަގުތުން ފެށިގެން އަހަރެން މި ކަންތައް ހުއްޓާލަން މަސައްކަތް ކުރާނަން. އަހަރެން ވަރަށް ލޯބިވޭ ޝަނާ ދެކެ. އައި ލަވް ޔޫ، މިއަދަކު […]
“ޝަނާޒް…” އެ ކުދިންނާ ދިމާއަށް ބަލާލި ނަބާހާއަށް ބުނެވުނެވެ. “ނަބާ އެ ކުދިން ދަންނަންތަ؟” ނަވާޒް އަހާލިއެވެ. “އާނ، ކްލާސްމޭޓެއް އެއީ… ހޭ ޝަނާޒް!” ނަވާޒްއަށް ޖަވާބު ދީފައި ނަބާހާ ބާރަށް ގޮވާލިއެވެ. ޝަނާޒްގެ ނަމުން ގޮވާލި އަޑު އިވުމުން އެ ދިމާއަށް ޝަނާޒް ބަލާލިއެވެ. ނަބާހާ ފެނުމުން ޝަބާ ކައިރީ ކޮންމެވެސް އެއްޗެއް ބުނެފައި ދެ ކުދިން އެކުގައި އައިސް ނަބާހާމެން ކައިރީ މަޑުކޮށްލިއެވެ. “ނަބާ! ހާދަ ދުވަހެއް ފަހުންނޭ ދޯ މި ދިމާވީ؟ ކިހިނެއްތަ؟” […]
“ޝަނާގެ ލައިފްގެ ހުރިހާ ކަމެއް ފުރަތަމަ އޭނަޔާ ޝެއަރ ކުރިހެން ތި ހަބަރުވެސް އޭނަޔާ ފުރަތަމަ ޝެއަރ ކުރަން ޖެހުނީ ތީ އޭނަގެ ދަރިއަކަށް ވީމަތަ؟ ތި ހަށިގަނޑުން އޭނައަށް ފުރަތަމަ ދިން ހަދިޔާ މަތިން ހަނދާން ނުނެތިގެންތަ އަހަރެންގެ އަނތްބަކަށް ވެ ހުރެ އަހަންނާ އެކީ ހަމަ އެ ވަގުތު ހޭދަ ކޮށްފަވެސް އަނެއްކާވެސް އޭނަ ކައިރިއަށް ދާން ޖެހުނީ؟ އަހަރެންގެ ފަރާތުން ޝަނާއަށް ނުފުދޭ ވަރަށް އޭނަގެ ފަރާތުން ފުދޭތީތަ؟” އަސަދު އަހާލީ ޝަނާޒްއާ […]
އެ މީހެއްގެ ނަން ނޭނގުނު ނަމަވެސް އެ މީހަކާ ޒައިނާއާ ގުޅުމެއް އޮންނަ ކަމަށް އިޔާދުގެ ހިތް ބުނަމުން ދިޔައެވެ. އެއީ ކާކު ކަމެއް، ކޮން ގެއެއްގެ ކީއް ކުރާ މީހެއް ކަމެއް ނޭނގުނު ނަމަވެސް އެއީ ހަރުދަނާ ޒުވާނެއް ކަން އިޔާދުއަށް ޔަގީންވެއެވެ. އެހެން ނަމަވެސް އެ ޒުވާނާއާ މެދު އިޔާދުގެ ހިތުގައި ނަފްރަތު އުފެދެމުން ދަނީ އެއީ ޒައިނާއަށް ޚާއްސަ މީހެއް ކަމުގައި ހިތުގައި ވާ ޝާއްކު ދުވަހެއް ދުވަހަކަށް ޔަގީން ކަމަށް ބަދަލު […]
“އެ މީހާ ގޮއްސި، ދޮންބެ އެބަ އާދޭ…” ވައަތުން ކަނާއަތުގައި ހިފައިގެން ދައުހާގެ އެހީގައި ތެދުވެފައި ޒައިނާ ބުންޏެވެ. “އަސްލުވެސްތަ؟” ގަބޫލު ނުކުރެވިފައި ދައުހާ ގޭތެރޭގެ އެކި ދިމާއަށް ބަލާލިއެވެ. ހީވީ ކޮންމެވެސް ދިމާލަކުން މީހަކު ފުންމައިގެން އައިސްދާނެތީ ބިރުން ހުރިހެންނެވެ. “ގޮއްސި…” ޒައިނާ ދެ ވަނަ ފަހަރަށް ބުނީ ދައުހާގެ އަތުގައި ހިފާލަމުންނެވެ. ޒައިނާ ގައިގައި ބައްދައިގަންނަމުން ދައުހާއަށް ރޮވުނެވެ. ފޯން ކެނޑުމުން ނިހާން ކަންބޮޑު ވީ ނަމަވެސް މަޑުކުރަން ނަހަދާ ނިހާން ސައިކަލުގެ ދުވެލި […]