’އޭނާ އެބައިން މަންމައާއެކު ރާޒުވާ ކުޅެން..ماشا الله.އެހާ ކުޑައިރުވެސް ލޫކް ވަރަށް މޮޅު ރާޒުވާ ކުޅެން…މަންމަގެ ކަންތައް އެއީ.އެކުއްޖާއަށް ކިރިޔާ އެއްޗެއް އެނގެން ފެށިއިރަށް ރާޒުވާ ކުޅެން ދަސްކޮށްދީފިވިއްޔަ…އެހާ ޝައުގުވެރިވެގެން ކުޅެން އިނީމައި ދެން އެވަރަކުން ގެންނަން ނޫޅުނީ. އެހެން ފަހަރަކުން ގެންނާނަން އިނގޭ…މިހާރު މިހޫގެ ގެވެސް އެނގުނީތާ ދޯ މި…‘ ކީރާގެ ހިނިތުންވުމުން އޭނާ އުފާވެފައި ހުރިވަރު ދޭހަވެއެވެ. **** ކީރާ ގެއަށް ދާން ނުކުތްއިރު އޭނާ ވަނީ އަހަރެންގެ އާއިލާއަށް ތައާރަފްވެ އެންމެނާއި ވެސް […]
އަހަރެންގެެ ސަލާމަތްތެރިކަމާއި މެދު ސުވާލު އުފެދުމުން އަހަރެންގެ ހާލު ބަލައި، އެ އަނިޔާވެރިކަމުން އަހަރެން ސަލާމަތް ކޮށްދިނީތީ އަހަރެންގެ ހިތް ހައިދިންއަށްޓަކައި ޝުކުރުން ފުރުނެވެ. **** ’މިހްރާ ސަލާމަތް ކޮށްދިނީތީ ހައިދިންއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ދައްތައަކަށް ނޭނގޭ…ވަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ…‘މަންމަ ހައިދިންއަށް ބަލާލާފައި ވަރަށް އަސަރާއެކު ބުނެލުމުން ހައިދިން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައި އެ ޝުކުރު ބަލައިގަތް ފަދައަކުން ބޯ ޖަހައިލިއެވެ. **** އަހަރެން ހުރިގޮތް ފެނުމުން މަންމަ ޖަޒުބާތީވިވަރުން އަހަރެންގެ ގައިގައި ބައްދާލާފައި […]
މާގިނައިރުތަކެއްނުވެ މަންމަ ދިޔުމުން އަނެއްކާވެސް އާރިންގެ އަނިޔާތަކާއި އަހަންނަށް ކުރިމަތިލާން ޖެހުނެވެ.އޭނާ ހީވަނީ އަހަންނަށް އަނިޔާކޮށް ކޮށް އެކަމުންވެސް ހިތް ނުފުރިގެން އުޅޭހެންނެވެ. އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުގައި އޭނާގެ ދެއަތުން އެތަކެއް ޒަޚަމްތަކެއް ލައްވަމުން ދިޔައިރު، މީހަކަށް އެ ނިޝާންތައް ފެނިގެން އަހަންނާއި ސުވާލުކޮށްފާނޭ ކަމާއިމެދު ވެސް އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. **** އާރިން އަހަރެންގެ ފޯނާއި ލެޕްޓޮޕްވެސް އަތުލައި، މުއާސަލާތީ ހުރިހާ ވަސީލަތަކުން އަހަރެން މަހުރޫމްކޮށްލިއެވެ.އެވަރުން ނުވެގެން އެޕާޓްމަންޓުގެ ލޮކްވެސް ބަދަލުކުރިއެވެ.ތަޅުދަނޑި […]
އެ ނުބައި ފާފައިން ހިތް ފުރާލައިގެން ތެދުވެ އާރިން އަހަރެންގެ އެއް އަތް މިނިވަން ކޮށްދިނެވެ.އެއީވެސް އޭނާ ކުރާ ހިތުން ކުރި ކަމެއް ނޫންކަން އެ މޫނުމަތިން އެކަނިވެސް ދޭހަވިއެވެ.އޭނާ ތެދުވެ އެއްޗެހި ލައިގެން އަހަރެން އެހާލުގައި ބާއްވާފައި ނުކުމެގެން ދިޔައިރު ކުޑަ މިނުން ކޮޓަރީގެ ދޮރުވެސް ލައްޕައި ނުލިއެވެ.ނިވާކަމެއް ނެތް ހާލުގައި އޮވެ ރުއިން ނޫންކަމެއް އަހަންނަކަށް ނުކުރެވުނެވެ. ތެދުވާނެހާ ހިތްވަރެއް އެވަގުތަކު އަހަރެންގެ ގަޔަކު ނެތެވެ. **** ލިބިފައިވި އިންތިހާ ވަރުބަލިކަމުގެ ސަބަބުން އެ […]
’އައި ޑޯންޓް ހޭވް ޓު އެކްސްޕްލެއިން އެނީތިން ޓު ޔޫ…ޔޫ ވަރ ޖަސްޓް… ވަންސް މައި ފޭވް އިން ބެޑް…ނަތިން މޯ…އައި ނެވަރ ލަވްޑް ޔޫ…ތި ޑެލުލޫ ސިކުނޑިއަށް ވިސްނިގެން އުޅޭ ގޮތް ތީ…ނައު ދެޓް އައި ހޭވް އަ ނިއު ފޭވް…އައި ޑޯންޓް ރިއަލީ ނީޑް ޔޫ ނޯޔާ…‘ އާރިންގެ ދުލުން ބޭރުވި ބަސްތައް ނޯޔާގެ ކަންފަތް ބުޑުގައި ގޮއްވައިލި ބޮމެއް ފަދައެވެ. **** ’ވަޓް ދި ފަކް! އާރ ޔޫ ފަކިން ސީރިޔަސް ރައިޓް […]
ހިތަށް އެރިއެވެ.އަހަންނަށް މި ހާލު ޖައްސަން އާރިންއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ލޯބިވާކަމަށް ހެދިގެން އޭނާ އެ ކުޅެލީ އެ އަހަރެންގެ މުޅި ދިރިއުޅުމާއެވެ.އަހަންނަށް އެހެން ހަދަން އަޅެ އަހަރެން އޭނާއަށް ކުރީ ކީއް ހެއްޔެވެ؟އާރިން އެ ފާޑަށް އެ މުޑުދާރު ދިރިއުޅުން އުޅެން ބޭނުންވާއިރު ކޮންމެހެން ގުރުއާން މުދައްރިސަކަށް އޭނާ ވުމުގެ ބޭނުމަކީ އޭނާގެ އެ އަނދިރި ފަރާތުގެ ނިވާފަތްގަނޑަކަށް އެކަން ހެދުން ހެއްޔެވެ؟އަހަންނަށް އެކަން އިހުސާސްވީ ދީނަށްވެސް އާރިން ކުރި މަލާމާތެއްގެ ގޮތުގައެވެ. **** […]
އާރިން ދެކެ އަހަރެން އިންތިހާއަށް ލޯބިވީމެވެ.އަދިވެސް ލޯބިވޭ މެއެވެ.އެހެނަސް އޭނާއަށް އަހަރެންގެ ލޯބި ހައްގު ނުވާ ވަރު ކީރާގެ ސަބަބުން އަހަންނަށް މިރޭ އެނގިގެން ގޮސްފިއެވެ.އޭނާ މިރޭ އަހަރެންގެ ފަހަތުން ނައިނަމަ އަހަރެން އަދިވެސް ހުރީހީ ކަނު އަނދިރީގައެވެ.އާރިންގެ މަތި އޮމާން ކަމުން އަހަންނަށް ޝައްކެއްވީ ފަހަރަކުވިއްޔާވެސް އޭނާ އޮތީ ނިކަން މޮޅަށް ވާހަކަ ހަމަޖައްސައިފައެވެ. **** އަހަރެން ދެން އަވަސްވެގަތީ އާރިން ހަރުކޮށްފައި ހުރި ކެމެރާތައް ހޯދާށެވެ.އަހަރެންގެ ވީޑިއޯ ނަގާފައި ހުރި އޭންގަލްތަކުން އެއީ އެންމެ […]
މާސްކަކުން ކިތަންމެ ވަރަކަށް އަހަރެންގެ މޫނު ފޮރުވިޔަސް ހަގީގަތުގައި އޭނާ އަހަރެން ދުނިޔެއަށް ގިނަކޮށްލައިފިއެވެ.އަހަރެން މީ ސީދާ ކާކުކަން ނޭނގުނަސް އެތައް ބަޔަކަށް އަހަރެންގެ ހަށިގަނޑު ފެނި އަހަރެން މުޅިން އިޝްތިހާރު ވެއްޖެއެވެ. **** ’މިހްރާ…‘ ކީރާ އަނެއްކާވެސް ގޮވައިލިއެވެ.އަހަރެން ވަރަށް ހިތްވަރުކޮށްފައި އިސް އުފުލާ އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއިރު އަހަރެންގެ ޖަވާބަކަށް ކެތްމަދުވެފައި އިން ފަދަ ގޮތަކަށް ކީރާ އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނެވެ. **** އެހެނަސް އަހަންނަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޅަ އަޑަކުން […]
އަހަރެން ގޮސް ކީރާގެ ގާތަށް ހުއްޓިފައި އެ އެނދާއި ދިމާލަށް ބަލައިލި ވަގުތު ލިބުނީ ދުވަހަކު ނުލިބޭ ވަރުގެ ޝޮކެކެވެ.ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެގެން ދެލޯ ބޮޑުކޮށްގެން ހުރެ އަހަންނަށް ދެން ބަލައިލެވުނީ ކީރާއާއި ދިމާލަށެވެ. **** އެ އެނދުގައި ކުރުގެޅިލައިގެން ކަހަލަ ގޮތަކަށް ނިދާފައި އޮތީ ފަސް ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.އަހަރެން ހައިރާންވީ އެ ކުއްޖާގެ މޫނު ފެނިފައެވެ.އެއީ ހަމަ އާރިންގެ ކާބަން ކޮޕީއެކެވެ.ހަމަ އެ މޫނުކޮޅެވެ.އެ އިސްތަށިގަނޑެވެ.ތަފާތެއްވެސް ނެތެވެ. **** ’ކީރާ…މި…މި؟‘ […]