މާސްކު (ޕާޓް 18)
’އައި ޑޯންޓް ހޭވް ޓު އެކްސްޕްލެއިން އެނީތިން ޓު ޔޫ…ޔޫ ވަރ ޖަސްޓް… ވަންސް މައި ފޭވް އިން ބެޑް…ނަތިން މޯ…އައި ނެވަރ ލަވްޑް ޔޫ…ތި ޑެލުލޫ ސިކުނޑިއަށް ވިސްނިގެން އުޅޭ ގޮތް ތީ…ނައު ދެޓް އައި ހޭވް އަ ނިއު ފޭވް…އައި ޑޯންޓް ރިއަލީ ނީޑް ޔޫ ނޯޔާ…‘ އާރިންގެ ދުލުން ބޭރުވި ބަސްތައް ނޯޔާގެ ކަންފަތް ބުޑުގައި ގޮއްވައިލި ބޮމެއް ފަދައެވެ.
****
’ވަޓް ދި ފަކް! އާރ ޔޫ ފަކިން ސީރިޔަސް ރައިޓް ނައު؟ޔޫ ސަން އޮފް އަ…‘ އާރިންގެ ދުލުން ބޭރުވި ބަސްތައް އަހާފައި ނޯޔާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ.އޭނާ ގާތަށް އައި ގަދަ ރުޅީގެ ސަބަބުން، އާރިންގެ ގައިގައި ޖަހަން ވެގެން އަތް މަޅައިލިއެވެ.އެހެނަސް އާރިން ހުޝިޔާރުކަމާއި އެކުގައި އެ އަތުގައި ހިފި ހިފީނުން އަނބުރާލައި، ހަމަ ގަސްދުގައި އޭނާއަށް ތަދުކޮށްލިއެވެ.ނޯޔާއަށް ވީ ތަދުން އޭނާ މަންމާއޭ ކިޔައި ރޮއެގަތް މަންޒަރު ފެނިފައި އަހަރެންވެސް ޖެހިލުންވިއެވެ.މި އާރިން އަކީ އަނިޔާވެރި ވެސް މީހެކޭ ހިތަށް އެރުމުން ގަތް ބިރުން މުޅި ހަށިގަނޑުވެސް ރޫ ރޫ އަޅައިގަތެވެ.
****
’އިޓްސް އޮންލީ އަ ފަކިން ބެޓް ރައިޓް ނޯޔާ؟…ކަލޭ ބުނީ ދީންވެރި އަންހެނަކާ އިންނާށޭ އޭރުން ތިމަންނަ އަނބުރާ އަންނާނަމޭ…ރަނގަޅު… ކަލޭ ތިހުރީ އައިސް އެކަމަކު…މަ އަޅެ އެއްފަހަރުވެސް ބުނިންތަ ކަލޭ އައިމަ މަ އަލުން ކަލެޔާ ގުޅޭނަމޭ…މޮޔަ ކުއްޖާ… ފަނީ ހައު ޔޫ ތޯޓް ދެޓް އައި ވޯޒް އިން ލަވް ވިތް ޔޫ ހަހަ….ޓްރޫ ޔޫއަރ ވަން އޮފް އަ ކައިންޑް އިން ބެޑް…އައި ރިއަލީ އެންޖޯއިޑް އިޓް..އެކަމަކު ދުވަހަކު ކޮޅުންވެސް މަ ކަލޭ ދެކެ ލޯތްބެއް ނުވަން…ކަލޭ ފެނިގެން މަގޭ ހިއްސުތައް ހޭލުމަކީ އެއީ އަދި ކަލޭ ދެކެ މަ ލޯބިވުމެއް ނޫން ދޯ…އިޓްސް އޮންލީ ނެޗުރަލް…މަށަކީވެސް ހިއްސުތައް ސަލާމަތުން ހުރި ފިރިހެނެކޭ…އެން އައި ލަވްޑް ދެޓް ޓެޓޫ އޮފް ޔުއަރޒް…ސޯ ސެކްސީ…‘ އާރިން ނުލަފާ ޒާތަކަށް ހެމުން ބުނެލިއެވެ.އޭރު ނޯޔާ އިނީ ތަދުވި އަތުގައި އަނެއް އަތުން ހިފަހައްޓާލައިގެން ވެފައި ހުރި ތަދާއި އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން މޫނު ކުނިކޮށްގެން ރޮވިފައެވެ.
****
’އާރިން އިސްމާއިލް ޔޫ ވިލް ޕޭ ފޮރ ދިސް!‘ ނޯޔާ ހަޅޭއްލަވައިގަތެވެ.
’އެހެންތަ؟ ޔޫ ޓޫ ހޭވް އަ ރެޕިއުޓޭޝަން ޓު ކީޕް އައިޝަތު ނޯޔާ ނައުފަލް…އެކަން ހަނދާން ނެތުނީތަ މިހާރު؟ތިމާގެ ސެކްސް ޓޭޕްތަކެއް ލީކުވީމަ އަމިއްލަ ބައްޕަގެ ރެޕިއުޓޭޝަންއަށާ ބިޒްނަސްއަށް ވާނީ ކިހިނެއްބާ ދޯ؟…ހަމަ ކެރޭނެތަ ބައްޕަގެ ރެޕިއުޓޭޝަން ރިސްކެއްގެ ތެރެއަށް ވައްޓާލަން…ކެން ޔޫ ޑެއަރ ޝޯ ޔުއަރ ފޭސް ޓު ހިމް އާފްޓަރ ދެޓް…؟‘ އާރިން ނޯޔާއަށްވެސް ބްލެކްމެއިލް ކުރަން ފެށިއެވެ.
****
ކަން މިވީ އަހަރެން އޭރު ވެސް ހީކުރި ގޮތަށެވެ.ނޯޔާގެ ވީޑިއޯތަކެއް އާރިންގެ އަތުގައި ނުހުރެ ނުދާނެ ކަމާއިމެދު އޭރުވެސް އަހަރެންގެ ހިތް ބަހުސްކޮށްލިއެވެ.ނޯޔާވެސް އަހަރެން ކީ އެއްޗަކާއި ދޭތެރޭ ތަންކޮޅެއް ވިސްނައިލި ނަމަ އެވަރު ވިސްނުނީސް ތޯއްޗެކެވެ.
****
’ސޯ އިޓްސް އައިދަރ ޔޫ ޕޭ މީ އަ ހަންޑްރެޑް ކޭ އޮން ދި ސްޕޮޓް އޯރ އައި ލީކް ދޯޒް ވީޑިއޯސް..ނޯޔާ ބޭނުން ގޮތެއް!‘ އާރިން ހަށަން ބަނދެލަމުން ނޯޔާއާއި ދިމާލަށް އެއްލޯ މަރައިލިއެވެ.އޭރު ނޯޔާގެ މޫނު ހުދުކަމުންވެސް ހީވަނީ އެހެންފަދަ ކަމެއްހެންނެވެ.އޭނާ ފޯނުގައި އިނގިލިތައް ހަރަކާތް ކުރަން ފެށިތަން ފެނުމުން އަހަރެން ހުރީ ނޯޔާ އެކުރަނީ ކީއްކަމެއް ޔަގީން ކޮށްލަން ނޭނގިފައެވެ.
****
’ގޯޓު ހެލް ޔޫ ގްރީޑީ ސަން އޮފް އަ ބިޗް!‘ ނޯޔާ ދެ ދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ އޭނާގެ ފޯނުން ޕޭމަންޓް ސްލިޕެއްގެ ފޮޓޯ އާރިންއަށް ދައްކައިލިއެވެ.އެ މަންޒަރު ފެނި އަހަރެން އަންތަރީސްވިއެވެ.ނޯޔާއަކީ މުއްސަންޖެއްގެ ދަރިއެއްކަމާއި އާރިން ދެކެ އޭނާވެސް ޖެހިލުންވީ ވަރު އަހަންނަށް ރެއަކާލީ ދެނެވެ.ނޯޔާ ވެސް އެހާ އަވަހަށް އެ ހަތިޔާރު ބެހެއްޓީ އާރިންގެ ފުށުން އިތުރު ނުރައްކަލެއް ކުރިމަތި ވެދާނެތީ ބިރުން ކަންނޭނގެއެވެ.އާރިންއަކީ ނުރައްކާތެރި މީހެއްކަން މިހާރު އަހަންނަށްވެސް ވަރަށް ރަނގަޅަށް އެނގިގެން ގޮސްފިއެވެ.އެއީ ހަމަ އިންސާނެއްގެ ސިފައިގައި ހުރި ނުބައި ފުރޭތައެކެވެ.
****
’އާރިން އިސްމާއިލް ކަލޭ ހަނދާން ކުރާތި އިނގޭ…ޔޫ މޭ ހޭވް ވޮން ޓުޑޭ…ބަޓް ކަރްމާ އިޒް ރިއަލް…އައި ކޭންޓް ވެއިޓް ޓު ސީ އިޓް ކެޗް އަޕް ވިތް ޔޫ..ކަޒް އިޓް ޝުއަރލީ ވިލް‘ ހަރުކަށި ރާގަކަށް ނޯޔާ އާރިންއާއި ދިމާލަށް އެހެން ބުނެލާފައި ހަރު ހިނގުމެއްގައި އެޕާޓްމަންޓުން ނުކުންނަން ދިޔައީ އަތުގެ ނުފުށުން އެނާގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެމުންނެވެ.އޭނާ ގޮސް އެޕާޓްމަންޓުގެ ދޮރު ހުޅުވާފައި ފަހަތް ވެސް ބަލާނުލައި އެ ބާރު މިނުގައި ނުކުމެގެން ހިނގައްޖެއެވެ.އޭރު އާރިން އޭނާގެ އަތަށް ދިން މާ ބޮނޑި އޮތީ އޭނާ ދަމުން ފައިން އަރައި އެކަށް ފިސް ފިސް ކޮށްލައިފައެވެ.
****
’އޯހް މިހްރާ މައި ލަވް… އަހަރެން އައިމަ ލޯބި އުފަލެއްވެސް ނުވޭތަ؟އައި މިސްޑް ޔޫ…ސޯ ފަކިން މަޗް…ހިނގާބަލަ ރޫމަށް…‘ އާރިންގެ ސަމާލުކަން ދެން ހުއްޓައިލީ އަހަންނަށެވެ.އަހަރެން ޖެހިލުންވިއެވެ.އޭނާގެ ފަރާތުން ސަމާލުކަން ލިބުމުން އަހަރެންގެ ހިތް ނުތަނަވަސްވި މިއީ ފުރަތަމަ ފަހަރެވެ.އޭނާ ދެކެ އަހަރެން ކިތަންމެ ލޯބި ވިޔަސް ދެނެއް އޭނާގެ ފަރާތުން އަހަންނަކަށް ކުޑަވެސް ރައްކާތެރިކަމެއް އިހުސާސެއް ނުކުރެވޭނެއެވެ.އެ ދުވަސް މިހާރު މާޒީވެ ހިނގައްޖެއެވެ.
****
އާރިން ނުލަފާ ހިންޏެއް އައިސްފައި ހުރެ އަހަންނާއި ގާތްވާން އުޅެން ފެށުމުން އަހަރެން ބަލާކަށް ނުހުރެ އޭނާގެ މޭގައި ދެ އަތްއަޅައި ދުރަށް ކޮއްޕައިލީމެވެ.
****
’ޚަބަރުދާރު…ތި މުޑުދާރު ދެއަތުން މަގޭ ގައިގައި އިނގިލި ކުރި ޖައްސައިލިޔަސް ނިމުނީ…ހަމަ މިހާރު އަހަރެން ވަރިކުރޭ… ބޭނުމެއްނޫން ދެން އިތުރަށް އެންމެ ހިނދުކޮޅަކުވެސް ކަލޭގެ އަނތްބެއްގެ ގޮތުގައި އިންނާކަށް…ވަރި ކުރޭ…ވަރި ކުރޭ ހަމަ މިހާރު!‘ވެފައި ހުރި ދެރަޔާއި އައިސްފައި ހުރި ގަދަ ރުޅިން އަހަންނަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.އާރިންގެ ބޭވަފާތެރިކަމުގެ ސަބަބުން އަހަރެންގެ ތަބީއަތާއި ބަސް މަގަށް އައިސްފައިވާ ބަދަލުތައް ރެއަކާލުމުން އަހަރެން އަދި ވަކިން ދެރަވިއެވެ.ކުރިން އަހަންނަކީ މީހެއްގެ ކުރިމަތީގައި ދުވަހަކުވެސް އެ ފާޑަށް ހަޅޭއްލަވައި ޒުވާބުކޮށް ހެދި ކުއްޖެއް ނޫނެވެ.އެހެނަސް ހާލަތު މިވަނީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ބަދަލުވެގެން ގޮސްފައެވެ.
****
’މިހްރާ ތިހެން އަދި ބުނެލާ އިރަކަށް ހަމަ ވަރިއެއް ނުކުރެވޭނެ އިނގޭ…ތިހާ ވަރިވާ ހިތް ވަންޏާ ފޯމު ލައިގެން އަމިއްލައަށް ކޯޓު ޕްރޮސެސް ފަށްޓާ…އަހަންނަށް ވަރިހަމަ…އަމް ޖަސްޓް ނޮޓް ގޮނަ މޭކް އިޓް އެނީ އީޒީ ފޯރ ޔޫ ލަވް…‘ އާރިން މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.ދެވަނަ ސިކުންތު އޭނާ އެއްލި އަތުން ހިފީ އަހަރެންގެ ކަރުގައެވެ.ލިބުނު ކުއްލި ސިހުމާއެކު އިސާހިތަކު އަހަރެން ލައި ލައި ހުރި ނޭވާވެސް ނޭވާ ހޮޅީގައި ތާށި ވެއްޖެއެވެ.ހާސްވެގެން އަހަންނަށް ތެޅިގަނެވުނެވެ.އެހެނަސް އެއްވެސް ރަހުމެއް ނެތި އާރިން ދިޔައީ ފަހަރަކަށްވުރެ ފަހަރެއް އަހަރެންގެ ކަރަށް ވާން ކުރަމުންނެވެ.އަޑެއްވެސް ލައްވާލަން އަހަރެން ނުކުޅެދުނު ވަގުތު އަހަރެންގެ ހާލަތު ބަޔާންކޮށް ދިނީ ދެލޮލުން ހޯސް ލާފައި ފައިބައިގަތް ހޫނު ކަރުނަތަކެވެ.
****
ނޭވާ ނުލެވިގެން އަހަރެންް ކަޅި އަރަން ފެށުމުން އާރިން ކުއްލިއަކަށް އަހަރެންގެ ކަރުން އަތް ދޫކޮށްލިއެވެ.އެހެނަސް އެއީ އޭނާ އަހަންނާއި ދޭތެރޭ ހަމްދަރުދީ ވެގެން ކުރި ކަމެއް ނޫންކަން ހެކި ދިނީ ދެން އޭނާ ކޮށްލި ކަންތަކުންނެވެ.އަހަަންނަށް ހަށި ފުރާ އެންމެ ނޭވާއެއް ނުލެވި އުޅެނިކޮށް އޭނާ އަހަރެންގެ ދެއަތް ފުރަގަހަށް ވާނޭހެން ގެނެސް އެ ބާރުގަދަ އަތުން އަހަރެންގެ ދެ އަތް ހައްޔަރުކޮށްލިއެވެ.އޭނާ ފަހަތަށް އަހަރެންގެ އަތް ގެންގޮސް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން އަހަރެންގެ ކޮނޑު ކަށިގަނޑަށް ތަދުވެސްވިއެވެ.
****
’މިހްރާ އަދި ތި އިނީ އަހަރެންގެ އަނތްބެއްގެ ގޮތުގައި…މަ ބުނާ ގޮތް ޖެހޭނީ ހަދަން…ކޮންހާ ވައްތަރުތަކެއް ޖައްސާކަށްތަ އޭނ؟ބޭނުން ކަމެއް ކުރަން ހަމަ ދޭން ޖެހޭނީ…ހަމަ މިހާރު ހިނގާ ކޮޓަރިއަށް.‘ ބިޑިއަޅުވައިގެން ގެންދިޔަ މީހަކު ފަދައިން އާރިން އަހަރެންގެ ދެއަތް ފުރަގަހަށްލައި ހައްޔަރުކޮށްގެން ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ.
****
ކޮޓަރިއަށް ވަތް ގޮތަށް ފުރަތަމަ ކަމަކަށް އޭނާ ގަދަ ކަމުން އަހަރެން ލައިގެން ހުރި ހުޑީ ބޭލުވީއެވެ.ދެން އެންމެ ސިކުންތެއްވެސް މަޑުނުކޮށް އޭނާ އަހަރެންގެ ގައި މައްޗަށް ޖެހިގަތްލެއް އަވަސްކަމުން ހީވީ އަހަރެންގެ ފުރާނައަށް ދަހިވެތިވެފައިވާ ވަލު ޖަނަވާރެއް ހެންނެވެ.އަހަރެން ރޮއެ ،ގަދަ ހަދަ ހަދައި އޮއްވާ އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުގައި އޭނާ ބީހި އެތައް ނިޝާންތަކެއް ލައްވައިލިއެވެ.އަހަރެން އޮންނަން ޖެހުނީ އޭނާގެ ކުރިމަތީގައި އަހަރެންގެ އެއްވެސް ބާރެއް ނެތްކަން އިހުސާސްވެ ސަހަރޯ ހީވެފައެވެ.
****
އާރިންގެ ބީހުންތަކުގައި އޯގާވެރިކަމުގެ ކަންފުޅެއް ނެތްތާނގައި އޭނާގެ ހަރަކާތްތައް ހުރިގޮތުން އަހަންނަށް އަނިޔާ ވާނެހާ ގޮތްތައް ބަލައިގެން އޭނާ އުޅެނީހެންވެސް އަހަންނަށް ހީވިއެވެ.ކުރާނެ ކަމެއް ކޮށް ނިންމާފައި އާރިން އަހަންނާއި ދުރަށް ޖެހިލިއިރު އަހަރެންގެ ގައިގައި ނުރިހޭ ހަމަ އެންމެ ތަންކޮޅެއްވެސް ނެތެވެ.
****
’މިއަދު އަހަރެން ފަރާތުން ސަލާމަތްވާން ހިތަށްވެސް ނާރުވާތި!‘ރަހުމެއް ނެތް ގޮތަކަށް އާރިން އަހަރެންގެ ދެކޮލުގައި ހިފައި ފިއްތައިލަމުން ބުނެލިއެވެ.ތަދުވިވަރުން އަހަރެންގެ ދެލޮލުން ފެން އައެވެ.އޭރު އަހަރެން އޮތީ އަތަކަށް ހިރިލާނެ ވަރުވެސް ނެތިގެން އެނދުމައްޗަށް ދެމިފައެވެ.
****
’އަދި މި ނިމުނީކީ ނޫން…ހަމަ މިހާރު ތެދުވޭ.‘ އާރިން ހަޅޭއްލަވައިގަތެވެ.ގަތްފައި ހުރި ބިރެއްގެ ސަބަބުން އަހަރެން މަރުގެ ކެތަށް ނަމަވެސް މަޑު މަޑުން ތެދުވީމެވެ.އޭރު އަހަރެންގެ ބޮލަށް އެނބުރުން އަރާހެންވެސް ހީވެއެވެ.އާރިން ދެން ޖަހަން އެ އުޅޭ ސަކަރާތެއް އަހަންނަށް ހިތަށް އަރުވާލަން ވެސް ނޭނގުނެވެ.
****
ދެން އާރިންގެ ފަރާތުން އަހަންނަށް ކުރިމަތިވީ އަހަރެން ދުވަހަކުވެސް ހިތަށް އަރުވާލާފައި ނުވާ ވަރުގެ އަނިޔާތަކެކެވެ.އޭނާ މިފަހަރު އަހަރެންގެ ހަތަރެސްފައި ފޭކޮށްފައި ހަަތަރު ފަރާތުން އެނދުގައި އެއްސިއެވެ.އަހަންނެކޭ ކަތިލުމަށް ތައްޔާރު ކޮށްފައި އޮތް ޖަނަވާރެކޭ ތަފާތެއް ނެތެވެ.ރޮއެ ރޮއެ އަހަރެންގެ ދެލޮލުން ކަރުނަ ނުހިކެއެވެ.ވަރުބަލިކަމުން ނޭވާވެސް ލެވެނީ އެހާ އުނދަގުލުންނެވެ.އާރިންގެ ނުބައި ނުލަފާ ކަން ހައްދު ފަހަނަ އަޅާފައިވާ ދަރަޖައަކީތޯއެވެ.އަހަރެންގެ ހަލާލު ފިރިމީހާއަށްވެހުރެ އޭނާ މާތް ކަލާނގެ ލަޢުނަތް ލެއްވި އެ ނުބައިވެގެންވާ ގޯނާ އަހަންނަށް ކުރީއެވެ.އާއެކެވެ.އާރިން އަނިޔާވެރިކަމާއިއެކު އަހަރެންގެ ފުރަގަސް ފަރާތް ބޭނުންކޮށް އެެއްވެސް ރަހުމެއް ނެތި އަހަރެން ރޭޕުކޮށްލީއެވެ.އެހެން ނުހެދުމަށް އަހަރެން ރޮއެ އާދޭސްކޮށް ކޮށް އޮއްވައެވެ.އަހަރެންގެ ނިކަމެތިކަން އެހާ ބޮޑަށް އިހުސާސްވި ވަގުތެއް އަހަރެންގެ މުޅި ހަޔާތުގައިވެސް އަހަންނަށް ތަޖުރިބާ ކުރެވިފައެއް ނެތެވެ.އަޑުން އަޑު ނަގައި ކުޑަ ކުއްޖެއްހެން އަހަންނަށް ބާރު ބާރަށް ރޮވުނެވެ.
****
އެ ނުބައި ފާފައިން ހިތް ފުރާލައިގެން ތެދުވެ އާރިން އަހަރެންގެ އެއް އަތް މިނިވަންކޮށްދިނެވެ.އެއީވެސް އޭނާ ކުރާ ހިތުން ކުރި ކަމެއް ނޫންކަން އެ މޫނުމަތިން އެކަނިވެސް ދޭހަވިއެވެ.އޭނާ ތެދުވެ އެއްޗެހި ލައިގެން އަހަރެން އެ ހާލުގައި ބާއްވާފައި ނުކުމެގެން ދިޔައިރު ކުޑަ މިނުން ކޮޓަރީގެ ދޮރުވެސް ލައްޕައި ނުލިއެވެ.ނިވާކަމެއް ނެތް ހާލުގައި އޮވެ ރުއިން ނޫން ކަމެއް އަހަންނަކަށް ނުކުރެވުނެވެ.ތެދުވާނެހާ ހިތްވަރެއް އެވަގުތަކު އަހަރެންގެ ގަޔަކު ނެތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Oh gosh aarin 🤬 🤬 🤬
Adhi ulhefi eh nu explain kuran
Mihraa avahah thi thanun rakka vaan ulhey😭😭😭
Heeves nukuran eha nulafaa vaanekey aarin!!
Ekm ves dhw..
Noayaa ah reethi bodi eh libijje nu!! She thought after aarin marry someone nice shell get him😂😂
When next?
Lyssm
Stay safe❤️❤️
Yeah dho…I hate him too 😭
Now you can read next part
Lyt girl ❤️
Thank you for your support 🤗
mihra why didnt you leave when you had the chance i was rooting for u all this time cuz you were standing up for yourself you knew what he was capable of instead of trying to confront him there you should have left right away i dont care if hes your husband that man failed his role when he was exposed
Thank you for your feedback ☺️