Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 16)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
September 14, 2025 5 Mins Read
4 Comments

އާރިން ދެކެ އަހަރެން އިންތިހާއަށް ލޯބިވީމެވެ.އަދިވެސް ލޯބިވޭ މެއެވެ.އެހެނަސް އޭނާއަށް އަހަރެންގެ ލޯބި ހައްގު ނުވާ ވަރު ކީރާގެ ސަބަބުން އަހަންނަށް މިރޭ އެނގިގެން ގޮސްފިއެވެ.އޭނާ މިރޭ އަހަރެންގެ ފަހަތުން ނައިނަމަ އަހަރެން އަދިވެސް ހުރީހީ ކަނު އަނދިރީގައެވެ.އާރިންގެ މަތި އޮމާން ކަމުން އަހަންނަށް ޝައްކެއްވީ ފަހަރަކުވިއްޔާވެސް އޭނާ އޮތީ ނިކަން މޮޅަށް ވާހަކަ ހަމަޖައްސައިފައެވެ.

****

އަހަރެން ދެން އަވަސްވެގަތީ އާރިން ހަރުކޮށްފައި ހުރި ކެމެރާތައް ހޯދާށެވެ.އަހަރެންގެ ވީޑިއޯ ނަގާފައި ހުރި އޭންގަލްތަކުން އެއީ އެންމެ ކެމެރާ އަކުން ނަގާފައިވާ ވީޑިއޯއެއް ނޫންކަން އެނގެއެވެ. އެހެނަސް އެ ކެމެރާތައް ހޯދުމަކީ އަހަންނަށް ފަސޭހަ ކަމަކަށް ނުވިއެވެ.ވަރަށް ހާލުން ހޯދުނު ކެމެރާވެސް ހަރުކޮށްފައި އިނީ މީހަކު ހީވެސް ނުކުރާނެ ކަހަލަ ތަނެއްގައެވެ.އަނެއްކޮޅުން ހަރުކޮށްފައި ހުރި ކެމެރާގެ ސީދާ އަދަދެއްވެސް އަހަންނަަށް އެނގެނީކީ ނޫނެވެ.އެނގޭހާވެސް ކަމަކީ އެ ކޮޓަރީގައި ދެން ހަމަ ޖެހިގެން އަހަންނަަށް ނޭވާއެއްވެސް ނުލެވޭނެކަމެވެ.

****

ވަރަށް މަސައްކަތުން އަހަންނަށް ހޯދުނީ އެންމެ ދެ ކެމެރާ އެވެ.އާރިން އެ ފޮރުވާފައި ހުރި ތަން ތަންވެސް ހިސާބަށް ވުރެ މޮޅީ އެވެ.އެއް ކެމެރާ ހަރުކޮށްފައިނީ ސައިޑް ޓޭބަލް މަތީގައި ހުރި އެއަރ ޕިއުރިފަޔަރ ގެއެވެ.އަނެއް ކެމެރާ ހެދުން އަޅުވަން ކޮޓަރިތެރޭގައި ބަހައްޓާފައި ހުރި ކުޑަ ސްޓޭންޑްގައެވެ.

****

ކޮންމެ ގޮތެއްވިޔަސް އާރިން އައިހާ އަވަހަކަށް އޭނާއާއި ކުރިމަތިލާން ނިންމައިގެން އަހަރެން ސިޓިންރޫމަށް ނުކުތީ މިރޭ ދެން ނުނިދޭނެކަން އަހަންނަށް އެނގި ޔަގީންވާތީއެވެ.ނިދޭ ވަރަށް ވުރެ އަހަރެންގެ ސިކުނޑިއަށް ލޯޑު ބޮޑެވެ.އެ ކޮޓަރިތެރޭގައި އެއްޗެހި ބަދަލު ކުރަންވެސް އަހަރެން ޖެހިލުންވެގެން ވާރްޑްރޯބްއިން އޯވަރ ސައިޒް ކަޅު ހުޑީއެއް ހިފައިގެން ނުކުމެ އަހަރެން އެއްޗެހި ބަދަލު ކުރަން ވަނީވެސް އެޕާޓްމަންޓްގައި ހުންނަ ލޯންޑްރީ ރޫމަށެވެ.

****

ބޮލުގައި ރިހޭވަރުން އަހަރެން އިސްތަށިގަނޑުވެސް ރޫޅާލީމެވެ. ދެއަތުން ކުޑަކޮށް ބޯ މަސާޖް ކުރަމުން ނުކުމެ ސޯފާގައި އިށީނދެ ދެއަތްތިލަ އިސްތަށިގަނޑުގެ ތެރެއަށް މަހާލައި،ބޮލުގައި ހިފަހައްޓައިލި އިރު އަހަރެންގެ ބޮލުގައި ރިހެމުން ދިޔަލެއް ގަދަކަމުން ދެލޮލަށް ފެން ޖަމާވަމުން ދިޔައެވެ.

****

އެކަނިވުމުން އެ ހުރިހާ ޚިޔާލުތަކެއް އައިސް އަނެއްކާވެސް އަހަރެންގެ ސިކުނޑި ގައިދުކޮށްލީއެވެ.އާރިންގެ ބޭވަފާތެރިކަން އަހަރެންގެ ހިތުގެ އެންމެ ފުނަށް އަސަރު ކުރުވިއެވެ.އަހަރެން އެންމެ ލޯބިވީ އިންސާނާ އެ ދަރަޖައަށް އަހަންނަަށް ބޭވަފާތެރިވިކަން އެނގުނު ހިނދު އަހަރެންގެ ހިތް ކުދި ކުދި ވިއެވެ.ރުޅިއާއި ހިތާމަ މަސްހުނިވެ ދުވަހަކު ނުރޯހާ ބާރަށް އަޑު ވީއްލައި އަހަންނަށް ރޮއެގަނެވުނެވެ.މުޅި ހަށިގަނޑުގައި މަޑު މަޑު ތުރުތުރެއް ވެސް ހުއްޓެވެ.އެޕާޓްމަންޓް ސައުންޑް ޕްރޫފްކަން އެއީ އަހަރެންގެ ނަސީބު ކަންނޭނގެއެވެ.

****

’އާރިން….ކީއްވެ…؟ކީއްވެ..؟‘ ރުއިމުގެ ތެރެއިން އަހަންނަށް މަޑުމަޑުން ބުނެލެވުނެވެ.އެހެނަސް އެވަގުތު އެޕާޓްމަންޓްގެ ދޮރު ހުޅުވުނު އަޑަށް އަހަންނަށް ކުއްލިއަކަށް ރުއިން ހުއްޓުމަކަށް ގެނެވުނެވެ. ފާރުގައި އިން ގަޑިއަށް ބަލައިލިއިރު ހަތަރު ގަޑި ދިހައެއް ހިނގައިފިއެވެ.ފަތިސްވާކަށްވެސް ދެން މާ ގިނަ އިރެއް ނެތެވެ. އާރިންއެއް އަދި ނާންނާނެކަން ވިސްނުނު ހިނދު ފަހަތަށް އެނބުރި އެޕާޓްމަންޓުގެ ދޮރާއި ދިމާލަށް ބަލައިލެވުނީ ބިރެއް ފެނިގެން ބަލައިލި ފަދަ ގޮތަކަށެވެ.އަހަރެމެންގެ އެޕާޓްމަންޓަށް އަހަރެން ފިޔަވައި  އާރިން ނޫން ދެން އިތުރު މީހަކަށް ނުވަދެވޭނެއެވެ.ކައްޓެއް ޖެހިހެން އަހަންނަށް ސޯފާއިން ތެދުވެވުނެވެ.

****

އެވަގުތު އެތެރެއަށް ވަދެގެން އަންނަތަން ފެނުނު ކުރިން ދުވަހަކުވެސް އަހަރެން ދެކެފައި ނުވާ ލޫޅާފަތި ޒުވާން އަންހެން ކުއްޖާ ފެނިފައި އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެކުއްޖާގެ ހައިލައިޓް ކޮށްފައިވާ ބުޅި އިސްތަށިގަނޑަކާއި ކުލަ އަލި އޮމާން ހަންގަނޑު ފެނިފައި އަހަންނަށް އޭނާ ބޮޑަށް ވައްތަރުވީވެސް ފަރަންޖީއަކާއެވެ. އޭނާ ލައިގެން ހުރި ކަރުވަޅު ބޮޑު, ހުދު ކުލައިގެ ތުނި ޓޮޕްގެ ސަބަބުން މޭ މަތިން ބޮޑު ބައެއް ހާމަވެފައި އޮތް އިރު އޭނާގެ މޭމަތީގައި މާސްކެއްގެ ބައްޓަމަށް ކަޅު ދެލިން ޖަހާފައި އިން ބޮޑު ޓެޓޫ ފެނި އަހަރެން ދިޔައީ އެއްލިގެންނެވެ.މުޅި ނަފްސަށްވެސް ސިހުން ލިބިގެން ދިޔައެވެ.އެއީ ހަމަ އެ މާސްކެވެ. ތަފާތެއް ވެސް ނެތެވެ. އަހަންނަށް ތަންމިނަށް ދެލޯ ބޮޑުކޮށްލެވުނެވެ.

****

ހުއްޓާނުލައި ވެހެމުން ދިޔަ ވާރޭގެ ސަބަބުން އެ އަންހެން ކުއްޖާ ހުރީވެސް ހިސާބަކަށް ތެމިފައެވެ.އޭނާ ލައިގެން ހުރި ޓޮޕް ކޮޅު ގައިގައި ތަތްލަވާފައި ހުރިއިރު ދަށުން އޭނާ އެތެރެއިން ލައިގެން ހުރި އެއްޗެހީގެ ކުލައަށް ދާންދެން އެނގެއެވެ.އެ މަންޒަރު ފެނިފައި އަންހެނަކަށްވެ ހުރެ އަހަރެންވެސް ލަދުގަތެވެ.ފާޑަކަށް އަނގަ ސަކަރާތްވެފައި ބަލަހައްޓައިގެން އިނދެވުނެވެ.މިއީ ޔަގީނުންވެސް  އާރިންއާއި ގުޅުން އޮންނަ އަންހެނެކެވެ.އެކަން އެ ޓެޓޫ އެކަނިވެސް ހެކި ދީފިއެވެ. އަދި އަމުދުން އެހެން ހަމަ ދެމަފިރިއަކު ދިރިއުޅޭ އެޕާޓްމެންޓަކަށް ކޮންމެ ކޮންމެ މީހަކަށް އެކްސެސް ލިބިފައެއްވެސް ނޯންނާނެއެވެ.ރަނގަޅަށްވިއްޔާ މިއީ އެ ހުރިހާ އަންހެނުންގެ ތެރެއިންވެސް އާރިން ޚާއްސަކަމެއް ދީފައިވާ އަންހެނަކީއެވެ.އައި ރުޅިން އަހަންނަށް ދަތްކުނޑި ވިކައިގަނެވުނެވެ.

****

’ނައު ހޫ ދި ފަ* އާރ ޔޫ؟‘ ރުޅި ގަދަވި ވަރުން ދެ ދަތްޕިލަ ޖައްސައިގެން ހުރެ އަހަންނަށް ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ.އެ އަންހެން ކުއްޖާ ކުޑަކޮށް ސިހިފައި ދެވަނަ ސިކުންތު އަހަންނާއި ހަތަރުކަޅި ހަމަކޮށްފައި ދެބުމަ ގޮށްޖަހާލައިފިއެވެ.

****

’ވެލް..ޔޫ މަސްޓް ބީ ދި ވައިފް…އައި ކޭން ސީ ވައި އާރިން ޗޯޒް ޔޫ…ހޫ ޑޫ ޔޫ ތިންކް އައި އޭމް؟…ހިޒް މަދަރަ؟‘ރުޅި އައިސްފައި، ޖެއްސުމުގެ ރާގަކަށް އެ އަންހެން ކުއްޖާ ބުނެލިއެވެ.އޭނާގެ މޫނުމަތިން ޖަހަނީވެސް ނުލަފާ ވައްތަރެކެވެ.އަހަރެން އެހެން ބުނީމައި އޭނާ އަހަންނާއި ދިމާލަށް ދެލޯ ހަނިކޮށްލައިގެން ހުރި ގޮތުން ހީވީ އެ ވިހަ ދެލޮލުން އަހަރެން ކާލަން އުޅޭހެންނެވެ.

****

އެ އަންހެނާގެ ދުލުން ބޭރުވި ވިހަ ބަސްތައް އިވިފައި އެވަގުތު އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުންވެސް އަހަންނަށްވީ ދަތި ކަމަކަށެވެ.އެހެނަސް ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް އަހަރެން ކެތްތެރިވީމެވެ.

****

’ވެލް ލެޓް މީ އިންޓްރޮޑިއުސް މައިސެލްފް ޕްރޮޕަރލީ…އަހަންނަކީ ނޯޔާ…އާރިންގެ ޓްރޫ ލަވް… އަހަންނަށް އެނގޭ އޭނަ މިއަދު މިކޮޅަށް އަންނަކަން ސޯ އަމް ނޮޓް ވޭސްޓިން އެނީމޯ ޓައިމް…‘އެ އަންހެން ކުއްޖާ ތުން ދަމައިގެން ހުރެ ވަރަށް ބޮޑާކަމާއި އެކުގައި ހަށަން ބަނދެލަމުން ބުނެލިއެވެ.

****

’އޯހް.ދި މިސްޓްރެސް ރައިޓް؟ ނޯ ވެއިޓް.ލެޓް މީ ކަރެކްޓް އިޓް.ވަން އޮފް ހިޒް މިސްޓްރެސަސް…‘ އަހަރެން ހަމަ ގަސްދުގައި ނޯޔާ އިތުރަށް ރުޅި އަރުވާލަން ވެގެން ބުނެލީމެވެ.ވީވެސް އެހެންނެވެ. ނޯޔާ ރުޅި އައިސް ރަތް ވިކަން އެ މޫނު މަތިން ނުހަނު ރީއްޗަށް ފާޅުވިއެވެ.

****

’ކަލޭ ހިތުން ކަލޭ ތީ ކާކު ތަ އޭނ…؟ނޭނގޭ ވާހަކަ ދައްކާނެ ކަމެއް ނެތް…އާރިން ކަލެއާ އިނީމަ ވަރަށް ބޮޑާވެފައެއްނު ތިހުންނަނީ…ހިތުން އޭނާ ވަރަށް ލޯބިން ވިއްޔާ ދޯ ކަލެޔާ އިނީ…ތި ކުށްހީއެއް… ހިތަކަށް ނާރާތަ އާރިން ކަލެއާ އިނީ ކީއްވެގެން ބާއެކޭ…؟ ދިސް ހޯލް ޓައިމް ދި އޮންލީ ޕާރސަން ހީ އެވަރަ ވޯންޓެޑް ވޮޒް މީ…އާނ އެމީހަކީ ހަމައެކަނި އަހަރެން މިހްރާ…ޔުއަރ އަ ފަކިން ބެޓް އައި މޭޑް ވިތް ހިމް….ވެން ވީ ބްރޯކް އަޕް އިޔަރޒް އެގޯ…އަހަރެން ވައުދުވިން އޭނާއަށް… އަހަރެން އެނބުރި އޭނާގެ ގާތަށް އަންނާނެ އޮންނާނީ ހަމަ އެންމެ ގޮތެއް ކަމަށް…ދެޓްސް އޮންލީ އިފް ހީ ކެން ގެޓް މެރިޑް ޓު އަ ޕިއަސް ގާރލް…އޮފްކޯޒް އައި ވޯޒް މޮކިން ހިމް…އޭޒް އިފް ހީ ވޯންޓް ބީ އޭބަލް ޓު ޑޫ ދެޓް…އެއީ އަހަރެން އޭނާ ދެރަކުރަން ބުނެލި އެއްޗެއް…ބިކަޒް އައިނޯ ހައު ހީ އެކްޗުއަލީ އިޒް…ބަޓް ނައު އައި ކޭން ސީ ދެޓް އައި އަންޑަރއެސްޓިމޭޓެޑް ހިމް.ހީ ޕްރޫވްޑް ހިމް ސެލްފް ޓު މީ…ދެޓްސް ހައު މަޗް ހީ ވޯންޓްސް މީ މިހްރާ…ޔުއަރ ޖަސްޓް އަ ފަކިން ޕަޕެޓް އިން ހިޒް ގޭމް…ދެޓްސް ވަޓް ޔުއަރ ވޯތް…ސޯ ނައު ދެޓް އަމް ބޭކް ވައި ޑޯންޓް ޔޫ ގެޓް ލޮސްޓް.. އަމް ހިއަރ ޓު ޓޭކް ހިމް ބެކް ފްރޮމް ޔޫ… އަހަރެން ހަމަ އެންމެ އިޝާރާތެއް ކޮށްލަން ޖެހޭނީ…އޭނާ ކަލޭ ވަރިކުރާނެ އެ ހިސާބުން.‘ނޯޔާ ކުރިއަށް ޖެހިލައި،އަހަރެންނާއި ދާދި ގާތަށް ހުއްޓިފައި އަހަރެންގެ ކަންފަތާއި އަނގަ ކައިރި ކޮށްލާފައި މަޑު މަޑުން ބުނެލިއެވެ.އެއިން ކޮންމެ ބަހެއް އަހަރެންްގެ ކަންފަތް ބުޑުގައި ޖެހި ހޮނު ގުގުރިއެއް ފަދައެވެ.އެހެނަސް ދެންވެސް އަހަރެން ކެތްތެރިވީމެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރީމެވެ.

****

އަހަރެންގެ މުޅި ގައިން ހީބިހި ހިލިގެން ދިޔައެވެ.ކީރާގެ ވާހަކަތަކުން ލިބުނު ޝޮކުން އަރައިނުގަނެވިގެން އުޅެނިކޮށް ދެންވެސް މި ލިބުނީ ހަމަ އެ ވަރުގެ ނުބައި ޚަބަރެކެވެ.އެހެނަސް މި ނޯޔާގެ ކުރިމަތީގައި އަނގައިން ދެރަވާކަށް އަހަރެންވެސް ބޭނުމެއް ނުވިއެވެ.

****

’އޯހ ޔޫ ތިންކް އައި ވޯންޓް ހިމް…؟ހައު މިސްޓޭކެން ކެން ވަން ބީ؟!އިން ފެކްޓް އައި ކޭންޓް ވެއިޓް ޓު ގެޓް އަ ޑިވޯސް..އެއީ މަގޭ ސްޓޭންޑަރޑްއެއް ނޫން…އެނީވޭ…ވަރަށް ރަނގަޅު ވަގުތެއްގައި ކަލޭ ތި އައީ…އައި ވޯޒް ޕްލޮޓިން ޓު ގެޓް ރިޑް އޮފް ހިމް އޯލްރެޑީ…ބަޓް ސީ…ސޮލިއުޝަން މި ލިބުނީ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް…އަހަރެން ލޯބިވަނީވެސް އެހެން މީހަކު ދެކެ…މި ކައިވެންޏަކީ ހަމަ ޓެސްޓް ޓްރަޔަލްއެއް.ޔުކެން ހޭވް ހިމް ގާރލް….ހީ އިޒް އޯލް ޔުއަރޒް…‘ އަހަރެން އެއް މިޔަކަނުން ހީލާފައި ވަރަށް ކެރިގެން ބުނެލީމެވެ.އެބަސްތަކުން ނޯޔާއަށް ހައިރާންކަން ލިބުނު ނަމަވެސް އޭނާ ވަރަށް ފަސޭހައިން މޫނުމަތިން އެ އަސަރުތައް ފަރުދާކޮށްލިއެވެ.އެކްޓުކޮށްލަން ކުޅަދާނަވެސް އަންހެނެކޭ އަހަރެންގެ ހިތަށް އެރިއެވެ.

****

’ހުއް! މަ ހީކުރީ އަދި ކަލޭ ތި ވަރަށް ރޯލާފައި ހުރިތަން ފެނުނީމަ އަސްލު މިހާރު ތި ހުރީ އޭނަޔާ ހެދި އަރާ ހިކިފައި ކަމަށް…ދެން މިތަނުން ނުކުމެގެން ދާން ވީނުން ދޯ‘ނޯޔާ އަޑަށް ބާރުލާފައި މަލާމާތުގެ ރާގަކަށް ބުނެލިއެވެ.އެ ބަސްތަކުން އަހަރެންގެ ހިތަށް އަސަރުކުރި ނަމަވެސް އަހަރެންވެސް ވަކި އެކްޓު ކުރުމަކުން ނޯޔާއަކަށް ދުލެއް ނުކުރަމެވެ.އެއަށްވުރެ އަރާފައި ހުރި ކިކުގަނޑުގެ އަސަރު ގަދައެވެ.

****

’ވެލް މޭކް ޔުއަރ ސެލްފް ކޮމްފޮޓަބަލް…‘އަހަރެން އަމާން ދިން ފަދައަކުން ދެއަތް ހިއްލައިލުމުން ނޯޔާ ހުރީ އަހަންނާއި ދިމާލަށް ކަޅިއަޅައިގެންނެވެ.އޭނާ ބޭނުންވީ ގޮތަށް އަހަރެން ރިއެކްޓު ނުކުރީމާ ނެއްޓީ ތޯއްޗެކެވެ.

****

ނޯޔާ މޫނު ހަދައިގެން ހުރެ ކުދި ކިޔަމުން ހިނގާފައި ގޮސް ގެސްޓު ރޫމަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ.އެހިސާބުން އެޕާޓްމަންޓުގެ ހުރިހާ ކޮޓަރިއަކަށްވެސް ނޯޔާއަށް އެކްސެސް އޮތްކަން އަހަންނަށް އެނގުނެވެ.ހިތަށް ތަދުވި ވަރުން އަހަންނަށް ތުން ފިތައިލެވުނެވެ. ނޯޔާ ބުނިހެން ހަމަ އާރިންގެ ކުރިމަތީގައި އަހަރެންގެ އެއްވެސް އަގެއް ނެތީތާއޭ ހިތަށް އެރިއެވެ.އެ ނޫން ނަމަ ހަލާލު އަނތްބެއް ހުއްޓާ ހިލޭ އަންހެނަކު އެ ގޮތަށް ގެއަށް ވަނަކަ އާރިން ނުދޭނެތާއެވެ.

****

އަހަރެންވެސް މަޑުނުކޮށް އަވަހަށް ގޮސް ކޮޓަރިއަށް ވަނީމެވެ.އަހަރެންގެ ހަގީގީ އިހުސާސްތަައް ކަރުނައިގެ ސިފަ ޖެހިގެން އަހަރެންގެ ދެ ކޯތާފަތުގައި ބީހިލީ  ދެނެވެ.ދެ ތުންފަތް ފޫދުއްވާލާފައި ނުކުތް މަޑު ގިސްލުމުގެ އަޑުން ކޮޓަރީގެ ހަމަހިމޭންކަން ނަގައިލިއެވެ.މޭގައި ދެއަތް ހުރަސްކޮށްލައިގެން އިނދެ އަހަންނަށް ދޮރު ބުޑަށް ތިރި ވެވުނުއިރު ހިތަށް ލިބެމުން ދިޔަ ވޭނުގައި އަހަރެންގެ މުޅި ހަށިގަނޑުވެސް ބައިވެރިވަމުން ދިޔަކަހަލައެވެ.

****

ހިތަށް އެރިއެވެ.އަހަންނަށް މިހާލު ޖައްސަން އާރިންއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ލޯބިވާކަމަށް ހެދިގެން އޭނާ އެ ކުޅެލީ އަހަރެންގެ މުޅި ދިރިއުޅުމާ އެވެ.އަހަންނަށް އެހެން ހަދަން އަޅެ އަހަރެން އޭނާއަށް ކުރީ ކީއް ހެއްޔެވެ؟އާރިން އެ ފާޑަށް އެ މުޑުދާރު ދިރިއުޅުން އުޅެން ބޭނުންވާއިރު ކޮންމެހެން ގުރުއާން މުދައްރިސަކަށް އޭނާ ވުމުގެ ބޭނުމަކީ އޭނާގެ އެ އަނދިރި ފަރާތުގެ ނިވާފަތް ގަނޑަކަށް އެކަން ހެދުން ހެއްޔެވެ؟އަހަންނަށް އެކަން އިހުސާސްވީ ދީނަށް ވެސް އާރިން ކުރި މަލާމާތެއްގެ ގޮތުގައެވެ.

 

(ނުނިމޭ)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ނަފްރަތު(1)

Next

ގާތުގައިވި އަނދިރިކަން، ސީޒަން 2، ޓުރެއިލަރ

Next
September 14, 2025

ގާތުގައިވި އަނދިރިކަން، ސީޒަން 2، ޓުރެއިލަރ

Previews
September 14, 2025

ނަފްރަތު(1)

4 Comments!

  1. Aysherr says:
    September 14, 2025 at 2:19 pm

    Allah akbar 😭 Aarin Haadhaa gotheh nethey dhw heeves nukuran eyna ehn vaane kamakah
    ekam Emme heenukuraa gothah dhiriulhumuga kankan dhaani Gina faharah.. don’t worry mihraa 😩
    Anyways, loved this part as well vrh furihama maa sha Allah 😊 when next kiyaalan libeynii..

    1. Lamtty Lamtty says:
      September 20, 2025 at 11:31 am

      Yes he’s a jerk hama.
      Now you can read next part.
      Sorry for the late reply inge 😘

  2. Your fav bab Your fav bab says:
    September 14, 2025 at 6:50 pm

    Alhey luv this part so muchhhh❤️❤️❤️
    Mihraa va vaa shalhi!!! Bahu ge hamalaa akah ves dhoo nukuraathi !!!
    I nama hama jahan ves jahaanan e noya eh gai ga!!
    Aarin u cant live long mihraa is coming to avenge ☺️😏😏
    BTW when next??

    1. Lamtty Lamtty says:
      September 20, 2025 at 11:33 am

      Thank you 😊
      Now you can read next part.
      Sorry for the late reply ingey 😘

Comments are closed.

Next Episodeމާސްކު (ޕާޓް 17)←


All Right Reserved!