Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 22)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
October 13, 2025 5 Mins Read
6 Comments

’އޭނާ އެބައިން މަންމައާއެކު ރާޒުވާ ކުޅެން..ماشا الله.އެހާ ކުޑައިރުވެސް ލޫކް ވަރަށް މޮޅު ރާޒުވާ ކުޅެން…މަންމަގެ ކަންތައް އެއީ.އެކުއްޖާއަށް ކިރިޔާ އެއްޗެއް އެނގެން ފެށިއިރަށް ރާޒުވާ ކުޅެން ދަސްކޮށްދީފިވިއްޔަ…އެހާ ޝައުގުވެރިވެގެން ކުޅެން  އިނީމައި ދެން އެވަރަކުން ގެންނަން ނޫޅުނީ. އެހެން ފަހަރަކުން ގެންނާނަން އިނގޭ…މިހާރު މިހޫގެ ގެވެސް އެނގުނީތާ ދޯ މި…‘ ކީރާގެ ހިނިތުންވުމުން އޭނާ އުފާވެފައި ހުރިވަރު ދޭހަވެއެވެ.

****

ކީރާ ގެއަށް ދާން ނުކުތްއިރު އޭނާ ވަނީ އަހަރެންގެ އާއިލާއަށް ތައާރަފްވެ އެންމެނާއި ވެސް ގުޅުން ބަދަހިކޮށްފައެވެ.އޭނާ ދިޔައީ ލޫކް ގޮވައިގެން އަދި އަންނާނަން ކަމުގައި ބުނެ އަހަންނަށް ވައުދުވެފައެވެ.ކީރާއަކީ މީހުންނާއި ގުޅޭ ހިތް ހެޔޮ މިޒާޖެއްގެ ކުއްޖެކެވެ.އާރިންގެ ފަރާތުން އަހަންނަށް ލިބުނު ހަމައެކަނި ހެވަކީ އޭނާގެ ސަބަބުން ކީރާއާއި ބައްދަލުވެ ގުޅުން ބަދަހިވުމެވެ.

****

ކީރާއާއި އަހަރެންގެ ގާތް ރަހުމަތްތެރިކަން ފެނި ހައިދިންގެ ދެލޮލުގެ ވިދުންވެސް ހިވީ ކުރިއަށްވުރެ ގަދަވެފައިވާ ހެންނެވެ.އަހަރެންގެ ހިތް ފަތަޙަ ކުރަން ކީރާގެ އެހީ އޭނާއަށް ހޯދި ދާނޭ އޭނާއަށް ހީވީ ތޯއްޗެކެވެ.ކޮންމެއަކަސް ހައިދިން ހުރީ ކުރިއަށްވުރެވެސް ހިނި އައިސް ނިކަން ހަމަ ޖެހިލާފައެވެ.އެހެނަސް ދެން އޭނާ އަހަންނާއި މާ ގިނައިން ވާހަކަދައްކާކަށް މަސައްކަތެއް ނުކުރިއެވެ.އެކަމާ އަހަރެން ކުޑަކޮށް ހިތް ނުތަނަވަސްވި ނަމަވެސް ދެން އެހާ ފަސޭހައިން ފިރިހެނަކަށް އިތުބާރު ކުރަން ނުވާނެކަމަށް އަހަރެންގެ ޟަމީރު ތަކުރާރުކޮށް ހަނދާންކޮށް ދިނުމުން އަހަރެން ތަބީއަތު ބަދަލުވިއެވެ.ހައިދިންގެ ސަމާލުކަން އަހަރެން ބޭނުން ނުވާކަމަށް އަހަރެންގެ ހިތަށް ވިސްނައިދިނީމެވެ.ހައިދިންވެސް އަހަރެންގެ ސަމާލުކަން ބޭނުންވެގެން އުޅުމުގެ ބޭނުމަކީ އޭނާގެ ކޮންމެވެސް އަމިއްލަ އެދުމެއް ހާސިލުކުރުން ކަމުގައި އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ.އެހެނަސް އެކަމުން އަހަރެންގެ ހިތަށް ކުޑަވެސް ހަމަ ޖެހުމެއް ނުލިބުނެވެ.

****

’މިހޫ…ނިދީތަ؟‘ އަހަރެން ވަރަށް އުނދަގުލުން އެތިކޮޅެއް ކާލައިގެން ކޮޓަރިއަށް ހަމަ ވަތްތަނާހެން ދޮންތަ ދޮރުގައި ޓަކި ދިން އަޑު އިވުނެވެ.އަހަރެން ފުން ނޭވާއެއް ދޫކޮށްލާފައި ދޮރު ހުޅުވާލުމުން ދޮންތަ އެތެރެއަށް ވަނުމުގެ ހުއްދަ އަކަށް އެދުނެވެ.އަހަންނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ދޮންތަ ވަންނަން ތަން ދީފައި އަހަރެން ގޮސް ހަމަ އެނދުގައި އިށީނދެލިތަނަކާއިހެން މޭ ބޮޑުކޮށްފައި އަހަރެން އޯކަށް ދެމެން ފެށިއެވެ.އެނދުން ތެދުވި ގޮތަަށް އަހަންނަށް ދުއްވައިގަނެވުނީ ފާޚާނާާއާއި ދިމާލަށެވެ.އަހަންނަށް ފާޚާނާ ތަށީގެ މަތި  ހިއްލައިލެވުނީ ހަމަ ކިރިޔާއެވެ.ކޭ ހުރިހާ އެއްޗެއް ހޮޑަށް ލެވި ލެވި ބަނޑު އެކަށް ހުސްވިއެވެ.ދޮންތަ އައި ގޮތަށް އަހަރެންގެ އިސްތަށިގަނޑު މޫނުމަތިން އެއްފަރާތް ކޮށްލައި،ނިތުގައި ހިފަހައްޓާލައިގެން ހުއްޓެވެ.

****

’މިހޫ ހިނގާބަލަ އަޅެ ޑޮކްޓަރަށް ދައްކަން…މިހާރު ހަމަ ކިރިޔާ ބަނޑުގައި އެއްޗެއް ޖެހޭ އިރަށް އެބަ ހޮޑުލެވޭ…ވަހެއް ދުވިޔަސް ހަމަ އެވަރު…އައި ޑިޑް ނޯޓިސް މިހޫ..ބަޓް ޔޫ ޑިޑިންޓް ރިއަލީ ގިވްމީ އަ ޗާންސް ޓު ޓޯކް ޓު ޔޫ.އަނެއްކާ…މިހޫ…މިހޫ..ޕްރެގްއީތަ؟…މި މަހު ޕީރިއަޑް ވެއްޖެތަ؟‘ ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައަކުން ދޮންތަ އަހައިލިއެވެ.އަހަރެން ދިޔައީ ސިއްސައިގެންނެވެ.ހިތް ބާރުބާރަށް ތެޅިގަތެވެ.ޕީރިއަޑްވާން އިން ތާރީޚު ފަހަނައަޅައި ހަފްތާއަކަށްވުރެ ގިނަވެގެން ދިޔަކަން ވެސް އަހަންނަށް ރެއަކާލީ ދެނެވެ.އާރިންގެ ޚިޔާލުތަކުގައި އަހަރެން ބަނދެވިފައި ހުރިވަރު ހިތަށް އައުމުން އަހަރެންގެ ދެލޯ އިސާހިތަކު ފެންކަޅިވިއެވެ.އެހާ މުހިންމު ކަމެއް އަހަރެންގެ ހަނދާނުން ކަހާލައިގެން ދިޔަކަން އިހުސާސްވުމުން މީހާ ހާސްވެ ފިނިވިއެވެ.

****

’ނޫން…ނުވޭ…‘ އަހަންނަށް ދެފަރާތަށް ބޯހޫރައިލެވުނެވެ.ދޮންތަ ދެލޯ ބޮޑުކޮށްލިއެވެ.ވަގުތުން ތުއްތައަށް ގޮވާ ގެނައެވެ.އަހަންނެކޭ އެއްފަދައިން އެ ޚަބަރު ލިބުމުން ތުއްތަވެސް ހާސްވިއެވެ.މި ދަނޑިވަޅުގައި އަހަރެން އާރިންގެ ދަރިއަކަށް ބަލިވެ އިނުމަކީ ބޮމެއް ގޮވުން ކަހަލަ ކަމަކަށް ވާނެއެވެ.އުމުރަށްވެސް ކަނޑާލަން ނިންމި ގުޅުމެއްގައި ޖެހިގެން ދާނެ އިތުރު ގޮށަކަށް އެކަން ވެގެން ދާނެއެވެ.

****

’މިހޫ އަޅެ ޓެސްޓް ކުރަންވީނުން…‘ ދޮންތަ އާދޭސްކޮށް ލިއެވެ.

’ތެދެއް މިހޫ…ވީ ނީޑް ޓު ކޮންފާމް…ދިސް އިޒް ހިއުޖް…‘ ތުއްތަ މޫނުގައި ދެއަތް އަޅާފައި ތިރިއަށް އަތް ދަމާލަމުން ބުނެލިއެވެެ.

’އިހާން ލައްވާ ޓެސްޓް ކިޓެއް ގެނުވަންތަ؟‘ ދޮންތަ ތުންފަތް ހަފަމުން އަހައިލިއެވެ.

’އެއްކަލަ ދޮންތަ…ސާބަސް އަޅެ އިހާން ހީކުރާނީ ކީކޭ އޭރުން…؟އެހެން ނޫނަސް އަދި ނުވޭ މިކަހަލަ ކަންތައްތައް ފެމިލީން ބޭރު މީހުނަށް އަންގާކަށް…އަދި އެއީ ހަޒްއެއް ނޫނޭ…ކެތް ކުރޭ…‘ ތުއްތަ ދޮންތަގެ ބުރަކަށިމަތީގައި މަޑު މަޑުން ޖަހާލަމުން ބުނެލިއެވެ.

’ދެން އެހެންވިއްޔާ މަހޫ ހިނގާ މަށާއެކު ދާން ކިޓެއް ގަންނަން…މަށަކަށް ވެސް ނުކެރޭނެ އެކަނި ދާކަށް… މަންމަމެން ކައިރީ ބުނަން ފެންނަނީ ޔަގީންވީމަ…އަންޓިލް ދެން ޕްލީޒް ކީޕް ދިސް ބިޓްވީން އަސް…މަހޫ އަނގަ ކަހައިގެން ގޮސް މަންމަ ކައިރީ ބުނާނީކީ ނޫން ދެން…‘ ދޮންތަ ބުނެލިއެވެ.

’މިހޫ މި އަންނަނީ އިނގޭ ކިޓެއް ގަނެގެން…ނޮކް ކުރީމަ ހުޅުވައްޗޭ…ހިނގާ މަހޫ‘ ދޮންތާ ތުއްތަގެ އަތުގައި ހިފައި ދަމަމުން ކޮޓަރިން ނުކުންނަމުން އަހަންނާއި މުޚާތަބުކޮށް ބުނެލިއެވެ.

****

ބައި ގަޑިއިރެއްހާއިރު ފަހުން އެ ދެމީހުން ގޮސް އައީ އެއް ބްރޭންޑް ގަނެގެން ކަމުނުގޮސް ދެތިން ހަތަރު ބްރޭންޑެއްގެ ޓެސްޓް ކިޓް ގަނެލައިގެންނެވެ.އެކަމުގައި އެއިން އެކަކުގެވެސް ތަޖުރިބާއެއް ނުހުންނާނެ ކަން އަހަންނަށް ރަނގަޅަށް އެނގެއެވެ.އެހެންވީމާ ޝައުގުވެރިކަން ބޮޑުވާނެ ވަރުވެސް އަހަންނަަށް ވިސްނެއެވެ.

****

’މީގެން ކޮންމެ ވައްތަރަކުން އެކަތި ހިފައިގެން ދޭބަލަ…‘އަހަރެން އެކަތި ނެގުމުން ދޮންތައަށް އެ ގޮތް ކަމުނުގޮސްގެން ބުނެލިއެވެ.ފުން ނޭވާއެއް ދޫކޮށްލާފައި އަހަރެން ގޮސް ފާޚާނާއަށް ވަނީ ދޮންތަ ބުނިހެން ވައްތަރަކުން އެއްޗެއް ހިފައިގެންނެވެ.

****

އިންތިޒާރުގެ ވަގުތުތައް ފެށުނެވެ.ޕީރިއަޑް އެހާ ލަސްވެފައި ހުރީމައި ޓެސްޓްތައް ޕޮޒިޓިވް ވާނޭކަމުގެ ނުވަދިހަ ނުވަ ޕަސެންޓް ޔަގީންކަން އަހަންނަށް އޮތެވެ.ސަބަބަކީ އަހަންނަކީ ގަވާއިދުން ޕީރިއަޑްވަމުން އައި މީހަކަށް ވެފައި،މީގެ ކުރިން މިގޮތަށް ކަންތައް ވެފައި ނުވާތީއެވެ.އަހަރެން ބަނޑުބޮޑު ކަމުގެ އިތުރު އަލާމާތްތައް އަހަންނަަށް ފާހަގަ ކުރެވުނީވެސް ދޮންތަ އެކަން އަހަރެންގެ ސަމާލުކަމަށް ގެނައީމައެވެ.އާދަޔާ ޚިލާފަށް ވަރުބަލިވުމާއި،އުރަމަތީގައި ރިއްސުން،ބޯ އެނބުރުމާއި ވަކި އެއްޗެއް ކާހިތްވެފައި ހުރުން އަދި ގިނަގިނައިން ކުޑަކަމުދާން ޖެހުން މިއީ ފާއިތުވެދިޔަ ހަފްތާ ތެރޭ އަހަރެން ތަހައްމަލް ކުރި ކަންކަމެވެ.އަދި މިހާރުވެސް ކުރެވެމުންދާ ކަންކަމެވެ.

****

’މިހޫ ކޮބާ ނުނިމޭތަ؟ހާދަ އިރެކޭ…‘ އަހަރެން ފާޚާނާގައި ގިނައިރު ވެގެން ދޮންތައާއި ތުއްތަ ފާޚާނާ ދޮރުގައި ޓަކި ދޭން ފެށިއެވެ.އޭރު އަހަރެން ހުރީ މޫނު ދޮންނަ ތަށީގެ އަރިމަތީގައި ބަރިއަކަށް އަތުރާލެވިފައިވާ ޓެސްޓް ކިޓް ތަކަށް ބަލަން ހުއްޓުން އަރާފައެވެ.ކޮންމެ ކިޓެއްގައި ފިޔާތޮށިކުލައިން ފެވިފައިވާ ދެ ރޮނގުކޮޅުން އަންގައިދެމުން ދިޔައީ އަހަރެން އިނީ އާރިންގެ ދަރިއަކަށް ބަލިވެކަމެވެ.

****

ދޮރު ހުޅުވާލާފައި އަހަރެން ކިޓުތައް ހިފައިގެން ނުކުތްއިރު ކެތްތެރިކަމެއް ނެތިގެން ދޮންތައާއި ތުއްތަ ތިބީ ދޮރު ބުޑުގައެވެ.އަހަރެން ހަމަ ފެނުނުހާއިރަކަށް އަހަރެންގެ އަތުގައި އޮތް ކިޓުތައް ޖަހައިގެނެގެން އެ ދެމީހުން އެ ބަލަން ފަށައިފިއެވެ.

****

’އޯ މައި ގޯޑް މިހޫ ޔޫ އާރ ޕްރެގްނަންޓް…ފޮރ ރިއަލް…ޔޫނޯ ވަޓް ދިސް މީންސް ރައިޓް…؟ ކޮންމެ ގޮތެއްވިއަސް ތީ އާރިންގެ ވެސް ލޭ…ކިތަންމެ މޫނު ކެނޑިފައި ތިއްބަސް މިކަން އެމީހުންނަށްވެސް އަންގަން ޖެހޭނެ…އަޅައިލުމާއި ނުލުން އެއީ އެމީހުންގެ ކަމެއް… އަހަރެމެންގެ ވާޖިބު އަހަރެމެން އަދާކުރަން ޖެހޭނެ.‘ ދޮންތަ ބުނެލިއެވެ.

’ތެދެއް މިހޫ…އަޅޭ އަހަރެން އާންޓްއަކަށް ވަނީ ދޯ…‘ ތުއްތަ މެއާ ދިމާލުން އަތް އަޅާލާފައި ވަރަށް ފޮނި ވެލާފައި ބުނެލިއެވެ.

’އާރިންމެންގޭ މީހުން މި ކުއްޖާ އަތުލަން މަސައްކަތް ކޮށްފިއްޔާ ދެން ކިހިނެއް ހަދާނީ؟‘އެވަގުތުވެސް އަހަންނަށް ވިސްނައިލެވުނީ އެކަމާއެވެ.

’ޔާރައްބީ މާ ބޮޑަށް މިހޫ ތި ވިސްނާލީ.. އިރާދަކުރެއްވިއްޔާ އެމީހުންނަކަށް އެއް ކަމެއްވެސް ނުކުރެވޭނެ.އިންޝާ الله ތި ކުއްޖާ އުޅެ ބޮޑުވާނީ އަހަރެމެންގެ ކައިރީގައި.‘ ދޮންތަ އަހަރެން ހިތްހަމަޖައްސައިދިނުމުގެ ގޮތުން ބުނެލިއެވެ.އެ ބަސްތަކުން އަހަރެންގެ ހިތަށް ލުޔެއް ލިބިގެން ދިޔަ ވެސްމެއެވެ.

****

’މިހޫ މަންމަ ގާތުގައިވެސް ބުނަންވާނެއެއްނު. ޑޮކްޓަރަށް ދައްކާފައި ބްލަޑް ޓެސްޓެއް ވެސް ހައްދާލަން ވާނެ… ދޮންތަ އެޕޮއިންޓްމަންޓް ހައްދާ ދޭނަން…ކްލިނިކަކަށް ދާނީ… އޭރުން ތަންކޮޅެއް ފަސޭހަވާނެ…‘ ދޮންތަ ބުނެލިއެވެ.އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީމެވެ.

****

އަލަތު ދަރިފުޅަށް ބަލިވެ އިންކަން އެނގުމުން އަހަރެން ވީ އުފަލާއި އެއްވަރަށް ހިތް ނުތަނަވަސްވެސް ވިއެވެ.އެ ކުޑަ ދަރިފުޅުގެ ކިބައިގައި އާރިންގެ އެއްވެސް ސިފައެއް އަށަގަންނާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ.އެކަމަކު ގުދުރަތްތެރިކަމާއި މެދު އަހަރެން ދެކޮޅު ހަދާނީ ވަކި ކިހިނެއް ހެއްޔެވެ؟ އެއީ އަހަންނެކޭ އެއްވަރަށް ހަމަ އާރިންގެ ވެސް ދަރިއެކެވެ.އޭނާގެ ފުށުން އެކުއްޖާއަށް ވާރުތަވާނޭ ކަންތައްތަކެއް ހުންނާނެއެވެ.ބޭރު ފުށުގެ ސިފަތަކުންނާއި ،އުޅޭ ގޮތުންނާއި ތަބީއަތުންވެސް މެއެވެ.

****

މަންމައާއި ބައްޕައަށް އެ ޚަބަރު ދިނުމުން އެމީހުން ވީ އުފަލުގެ ކޮޅެއް ނެތެވެ.އެހެނަސް ހަމަ އެމީހުންވެސް ނަސޭހަތްތެރިވީ ދޮންތަ ބުނި ފަދައިން ކަންތައް ކުރުމަށެވެ.އާރިންގެ އާއިލާއަށް އެކަން އެންގުމަށެވެ. ހިތާއި ދެކޮޅަށް ނަމަވެސް އެކަން އެގޮތަށް ކުރަން އަހަންނަށް މަޖުބޫރުވީއެވެ.

****

އަހަރެން އާރިންގެ މަންމައަށް ގުޅީ އަހަރެންގެ މަންމަގެ ފޯނުންނެވެ.އޭރު އާރިން އަހަރެންގެ ފޯނު އަތުލި ގޮތަށް ފަހުން ދެން އެއަށް ވީއެއް ނުވީއެއް އަހަންނަކަށް ނޭނގުނެވެ.އެއަށްފަހުން ފުލުހުން އާރިންގެ އެއްޗެހިތައް ބަލާ ފާސްކުރިއިރު އެ ފޯނު ފެނުނީ ސްކްރީނުވެސް ތަޅާލައި،ހަލާކު ކޮށްލާފައި އޮއްވައެވެ.

*****

ދެފަހަރަކު ރިންގުވެލިތަނާ އެކޮޅުން ފޯނު ނަގައިފިއެވެ.އެހެނަސް އަހަރެން ހަލޯއޭ ބުނުމުން އެ ދެމޫނުގެ ވެރި އަންހެނާގެ ދުލުން ބޭރުވި ވިހަ ލަފްޒުތައް އިވިފައި އަހަރެން ބުނަން އުޅުނު ބަސްތައް ދުލާއި ހަމައަށް ގެންނަންވެސް އަހަރެން ފަސް ޖެހޭގޮތްވިއެވެ.

****

’ކަލޭގެ ލަދު ޙަޔާތް ކޮބާތަ މަށަށް ގުޅަން މިހްރާ؟! ކަލެޔާ ހެދި މަގޭ ދަރި އެ އޮތީ ގޮޅީގަ…އޭނާ ކީއްތަ ކުރީ ކަލެއަށް…ބުހުތާނު ތުހުމަތުތަކެއް އެ ފަކީރު ބޮލުގައި އަޅުވާފައި އެކްޓު ޖައްސާފައި ރޯލީމައި ޕޮލިހުންވެސް ކަލޭގެ ކޮޅަށް އެރީ…އަދި ލަދު ކުޑަވެގެން މަށަށް ގުޅައިފި އެއްނު..‘ އާރިންގެ މަންމަ އެއްޗެހި ގޮވައިގަތެވެ.

’އަހަރެން ބަނޑުބޮޑު‘ އަހަރެން ދެލޯ މަރާ ތަގުޅިކޮށްލާފައި، ގައިގައި ހުރިއްޔާ ހުރި ހިތްވަރެއް ނެރެ އަޑަށް ބާރުލާފައި ބުނެލީމެވެ.އާރިންގެ މަންމަ ކިޔަ ކިޔާ ހުރި އެއްޗިއްސަށް ކުއްލި ހުއްޓުމެއް އައެވެ.އެހެނަސް ދެން އެމީހާ ބުނެލި އެއްޗަކުން އަހަރެންގެ ލޭ ކެކިގަތެވެ.

****

’ތި ނުވާނެ ހެޔޮކޮށް ވިއްޔާ އާރިންގެ ދަރިއަކަށްވެސް..ކަލޭ ހިލޭ ފިރިހެނުންނާ އެކީ އުޅޭނެ ގޮތަކަށް އުޅެފަ އާރިންގެ ބޮލަށް ދަރި ޖަހަން ތިއުޅެނީ ހަމަ…މުޑުދާރު އަންހެނާ…ތި މުޑުދާރު ދަރިއަކާ އަހަރެމެންނަކާ އެއްވެސް ގުޅުމެއް ނޯންނާނެ…އަޑު އިވިއްޖެ؟!‘ އެ ރަހުމު ކުޑަ އަންހެނާގެ ވިހަ ދުލުން ބުނެލިއެވެ.އަހަރެން ރައްދު ދޭން ނުހަދާ ފޯނު ކަނޑައިލީއެވެ.އެމީހުންގެ ޖަވާބު އަހަންނަށް ވަރަށް ފުރިހަމައަށް ލިބިއްޖެއެވެ.

****

އެމީހުން އަމިއްލަ ލޭވެސް ގަބޫލު ނުކުރީތާއޭ ހިތަށް އެރުމުން ދެރަވުމުގެ ބަދަލުގައި އަހަރެން ވީ އުފަލެވެ.އެވަރުގެ ރަހުމު ކުޑަ ބަޔަކާއި އެކުއްޖާއާއި ގުޅުމެއް އޮތުމަށް ވުރެ ރަނގަޅުވަނީ ނެތިއްޔާއޭ އަހަރެންގެ ޟަމީރު ވެސް އެއްބަސްވިއެވެ.

****

’ކޮބާ ކީކޭ ބުނީ އެމީހުން؟‘ މަންމަ އަހައިލިއެވެ.އަހަރެން އެއްވެސް އެއްޗެއް ސިއްރު ނުކޮށް އާރިންގެ މަންމަ ހަމަ ބުނި ގޮތަށް ހުރިހާ ވާހަކަތަކެއްވެސް ކިޔައިދިނީމެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ތިޔައީ މަގޭ މިތުރާއޭ 7

Next

ވަފާތެރިމަވީމޭ 5

Next
October 14, 2025

ވަފާތެރިމަވީމޭ 5

Previews
October 13, 2025

ތިޔައީ މަގޭ މިތުރާއޭ 7

6 Comments!

  1. Your fav bab Your fav bab says:
    October 13, 2025 at 7:20 pm

    Hey lamtty!!
    Haidhin should actually try every way to seduce her😁😁👀
    Mihoo preg veeoa???? Whaaaaatttt??
    Aarin ge mum is pissing me off so bad!!
    When next?
    Loved this oart!
    Ly💗💗

    1. Lamtty Lamtty says:
      October 15, 2025 at 3:06 pm

      Heyy girl!
      Alhe hingaa dho vaa gotheh balan
      Yes she got pregnant
      Yes alsuves vrh goas baeh dho?
      Thank you 😊
      Happy that you liked this part

  2. mishy says:
    October 14, 2025 at 1:15 am

    yes rangalu no point in keeping those toxic people around you or ur child this story just proves you can never know what people are like like someone who drinks or do drugs might also be nice but someone who goes mosque every prayer might be evil too

    1. Lamtty Lamtty says:
      October 15, 2025 at 3:07 pm

      Hey mishy
      Yeah I agree with you on that
      Don’t judge a book by its cover hama.
      Thank you 😊

  3. Lily says:
    October 15, 2025 at 6:12 am

    Hoon dhn thi dhari boduveema annaane magey maama dhari ey… Magey dhari ey… Dhahkaa vs nuliey kiyamun thi verin…. Hama yageen…. court ashaa hurihaa thaakah dhaane dhari athulan kury baiga dhn dhari havaal nuvi audio save kohfa baundhahchey ebai gennangna eii mihaaru hama vaa gotheh

    1. Lamtty Lamtty says:
      October 15, 2025 at 3:08 pm

      Hey Lilyy
      Alhe hingaa dho dhen vaagoiy balamaa.
      Unexpected things happen all the time
      Let’s see dho alhe
      Thank you 😊

Comments are closed.

Next Episodeމާސްކު (ޕާޓް 23)←


All Right Reserved!