”އަހަރެން ޓްރައިކުރާާނަން…ޕްރޮމިސް…ޝަފް އަހަންނަށް އަދި ވަގުތު ދީ… މިވަގުތު އަހަންނަކަށް ކެތެއް ނުވާނެ… އިޓްސް ކިލިން މީ…އަމް ސޮރީ ލަވް“ ޝަފްކާގެ ކޯތާފަތުގައި ފިރުމާލަމުން އަހަރެން ބުނެލީމެވެ.އެހެނަސް އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ވީ އިތުރެވެ.ހިތަށް އުނދަގޫވި ނަމަވެސް ނޭނގޭ ބާރަކުން އަހަރެންގެ ހަށިގަނޑުގެ އެ އެދުމަށް އިޖާބަދޭން އަހަންނަށް މަޖުބޫރު ކުރަމުން ދިޔަ ކަހަލައެވެ. ޝަފްކާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.އެހެނަސް އެ އަތް ފޮޅުވާލާފައި އަހަރެން ނުކުމެގެން ދިޔައީ އޭނާގެ އެ ކަރުނަތަކަށް ކަނު ލޮލެއް […]
”ޝަފް…އަޅެ ކޮންތާކުތަ ތިއުޅެނީ…؟އަހަރެން ވަރަށް ވަރަށް ހަނދާންވޭ….“ އެ ބަސްތައްވީ އަހަރެންގެ ހިތު ތެރޭގައެވެ.އަހަންނަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.އެވަގުތު އަހަރެންގެ ލޮލު ކުރިމައްޗަށް ސިފަވެގެން ދިޔައީ ޝަފްކާގެ ކަރުނުން ފުރިފައިވީ ދެލޮލެވެ.ދިރުން ގެއްލިފައިވީ މޫނެވެ.އެއީ އަހަރެމެން ދެމީހުން އެންމެ ފަހުން ބައްދަލުވީ ދުވަހު ޝަފްކާގެ މޫނު މަތިން ފާޅުވޭވޭ ހުރި އަސަރުތަކެވެ. އަހަންނަށް އެންމެ ފަހުން ޝަފްކާ ފެނުނީ އަހަރެން ހައްޔަރުކުރުމުގެ ތިން ދުވަސް ކުރިންނެވެ.އޭރު އަހަރެމެންގެ ހުރިހާ މުއާސަލާތީ ގުޅުމެއް އޮތީ ކެނޑިފައެވެ.ނުހާޒަށް އަހަރެމެންގެ ގުޅުން […]
މެންދުރުގެ ވަގުތެވެ.ދެމުން ދިޔަ ގަދަ އަވީގެ ސަބަބުން މުޅި ދުނިޔެމައްޗަށް ވަނީ ދިލަ ހޫނުކަމެއް ވެރިވެފައެވެ.ގަހަކުން ފަތެއްހާ ހިސާބުވެސް ހެލިލާތަން ނުފެނެއެވެ.މުޅި ތަނަށް ވެރިވެފައިވާ އުދާސްކަމުގެ ސަބަބުން ދާހިލިފައި ހުރިއިރުވެސް އެކަމުން އުނދަގުލެއް އިހުސާސް ކުރެވޭވަރަށްވުރެ އަހަރެންގެ ސިކުނޑިވަނީ ހާސްވެފައެވެ.ޚިޔާލުތަކުން ފުނި ޖެހިފައެވެ.ދިރުމެއްނެތް ބުދެއްހެން އެއް ދިމާލަކަށް ބަލަހައްޓައިގެން އިނދެވުނީ ކިހާ އިރެއް ވާންދެންކަމެއްވެސް އަހަންނަކަށް ނޭނގެއެެވެ. އަހަރެންގެ އެ ޚިޔާލީ ދުނިޔެ ފުނޑުފުނޑުވީ މީހަކު އަހަރެންގެ ނަމުން ގޮވައިލި އަޑަށެވެ.އަަހަރެން އިސް އުފުލާ ބަލައިލި އިރު […]
އަހަރެންގެ ފިރިމީހާއާއި ލޯބި ލޯބި ދެކުދިންނަކީ އަހަރެންގެ މުޅި ދުނިޔެއެވެ.އަހަންނަކީ ވެސް ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއަށް ވުމުން އަހަރެންވެސް އުޅެ ބޮޑުވީ ވަރަށް ލޯބި ލިބިގެން އެހާމެ އުފަލުގައެވެ.އަހަރެންގެ އަޒުމަކަށްވެފައި އޮތީ އަހަރެންގެ ދެކުދިންނަށްވެސް ހަމަ އެހާ އުފާވެރި ޙަޔާތެއް ހޯދައި ދިނުމެވެ.އުފާވެރި ޢާއިލާއެއް ދެއްވިކަމަށްޓަކައި އަހަރެން އަބަދުވެސް ﷲ އަށް ޙަމްދުކުރަމެވެ. އަހަރެންގެ ފިރިމީހާ ޒައިނަކީ ސަރުކާރު އޮފީހެއްގައި މަސައްކަތްކުރާ މީހެކެވެ.އަހަންނަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރެކެވެ.އެހެންކަމުން އާންމުކޮށް ދުވަސްތައް ހޭދަވެގެންދަނީ […]
”ބޭބެގެ ނެތް އެއްވެސް ހެއާއެއް….އައި ބްރޯވެސް…ބޭބެ ހެއާ ނެތީމަ ކެޕެއް އަޅައިގެން އުޅެނީވެސް…ބޭބޭ ބުނި ދެން ޔީކޮއާ މީޓް ނުވެދާނޭ…މަންމިއާ މީޓް ކޮށްލަންވެސް ބޭބޭ ވަރަށް ބޭނުމޭ“ ޔީތުއަށް ބުނެދޭން އެނގުނީ އެހާ ވަރަށެވެ.އެވަރުން އެއީ ކާކުކަން ނަގައިގަންނާކަށް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ ބޯ ހާސްވިއެވެ. **** ގެއަށް ގޮސްފައި އެގޮތަށް ދިމާވާ މީހުންނާއި އެއްގޮތަކަށްވެސް ވާހަކަ ނުދެއްކުމަށާއި އެމީހުން ދޭ އެއްޗެހީގައި ނުހިފުމަށް އަހަރެން ޔީތުއަށް ތަކުރާރުކޮށް ނަސޭހަތްތެރިވީމެވެ.އެ ބޭބެއަކީ އަހަރެންގެ ރައްޓެއްސެއް ނޫންކަންވެސް ޔީތުއަށް […]
އެއީ މާބޮޑު ރަށެއް ނޫން ނަމަވެސް ހުރިހާ އިންތިޒާމުތަކެއްވެސް ހަމަޖެހިފައި އޮތީ ވަރަށް ފުރިހަމައަށެވެ.ހިނގާލާފައި ދެވޭހާ ރޫމް ކައިރި ނަމަވެސް އަހަރެމެން ތިބެން ހަމަޖެހިފައިވި ވޯޓަރ ވިލާއާ ހަމައަށް އަހަރެމެން ގެންދިޔައީވެސް ބަގީއެއްގައެވެ.އަހަރެމެންގެ ހުރިހާ ކަމަކާއި ހަވާލުވެގެން އުޅޭ ބަޓްލަރ އަހަރެމެންގެ ލަގެޖުތައް ރޫމަށް ވައްދައި،ތަންތަނުގެ ކުރު ތައާރަފެއް ދީފައި،އިތުރު ކަމެއް ބޭނުންވޭތޯ އަހައިލިއެވެ.ހައިދިން ނޫނެކޭ ބުނުމުން އޭނާއަށް ކޮންޓެކްޓް ކުރާނެ ގޮތް ބުނެދީފައި ބަޓްލަރ ނުކުމެގެން ހިނގައްޖެއެވެ. **** އަހަރެން އާޝޯޚުވެފައި މުޅި ރޫމް ތެރެއަށް […]
”ހިނގާ އަވަހަށް ޕެކް ކޮށްލައިގެން ދަމާދޯ… މިހާރު ލޯންޗު ކައިރިކޮށްފަ ގުޅައިވެސްފި…ގޮސްފަ ދެން ކޮންޓިނިއު ކުރާނީ ދޯ…ކޭންޓް ވެއިޓް…“ ހައިދިން ދުރަށް ޖެހިލައި، އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ބުނެލިއެވެ.އަހަންނަށް އެހާ ބޭނުންވެފައި ހުރެމެ, އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްލި ގޮތް ފެނި ހިތާ ހިތުން އަހަންނަށް ހައިދިންގެ އެ ކެތްތެރިކަމަށް ތައުރީފްކޮށްލެވުނެވެ. **** ހައިދިންގެވެސް އެހީތެރިކަމާއިއެކު އަހަރެން ބޭނުންވި ސާމާނު އަލުން ފޮށްޓަށް އަޅައި ނިންމައިލުމުން،އޭނާ އެ ފޮށްޓާއި އޭނާ ޕެކް ކޮށްފައި […]
އަހަރެމެނަށް ދެވުނު އިރު އެވަގުތު އެތާގައި ހާޒިރުވެ ތިބެންޖެހޭ އެންމެން ތިބީ އައިހެވެ.ހައިދިންވެސް އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނދެގެން އިނެވެ.އަހަރެން ފެނުނީއްސުރެ އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަހަންނަަށެވެ.އޭނާއަށް އެ އެންމެންގެ ތެރެއިންވެސް އަހަރެން ނޫނީ ނުފެންނަ ކަހަލައެވެ.ފުޅާ ހިނިތުންވުމަކުން އެ ދެތުންފަތް ދެމިލާފައި ހުރިއިރު އެ ދެލޮލުގައި އާދަޔާޚިލާފު ވިދުމެއް ހުރިހެންވެސް އަހަންނަށް ހީވިއެވެ. **** އަހަރެން އިށީނދެ ހަމަ ޖެހިލުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ކައިވެނީގެ މަޖިލިސް ފެށުނެވެ.ހިތް ބިރުގަތްފައި އިން ވަރުން […]
’މާޝާ الله! މަގޭ މިހޫ ލޯބިކަން.ފެއިންޓް ނުވީ ހަމަ ކިރިޔާ.‘ ހައިދިން އެންމެންގެ ތެރެއިން ލާފައި އައިސް ވަރަށް ނޫންކަމަށް އަހަންނާއި ކައިރިއަށް ޖެހިލާފައި މީހަކަށް ފާހަގަ ނުވާނޭހެން އަހަރެންގެ ކަންފަތް ބުޑުގައި މަޑުމަޑުން ބުނެލިއެވެ.ދެވަނަ ސިކުންތު އޭނާ އަހަންނާއި ދުރަށް ޖެހިލައިފިއެވެ.އޭނާގެ އެ ތައުރީފުގެ ބަސްތައް އިވިފައި އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.ޚާއްސަކޮށް ހައިދިން ’އަހަރެންގެ މިހޫ‘ އޭ ބުނެލި ގޮތް އަހަރެންގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. **** ޕާޓީ ތެރޭގައި […]