އެ ސަކަރާތެއްގައި އުޅެފައި އިރު އޮއްސުމުން މަސައްކަތްތައް މެދުކަނޑާލާފައި އެންމެން ގެއަށް ދިޔުމުން އިސާހިތަކު ގޭތެރެއަށް ވެރިވީ ފަޅުކަމެވެ.އަހަރެންވެސް ކޮޓަރިއަށް ވަދެ ނަމާދުކޮށް ހަދައިގެން އެނދުގައި ޖައްސާލި ތަނާހެން ދެލޮލަށް ނިދި ސަވާރުވެއްްޖެއެެވެ.ދެން ހޭލެވުނީ އަހަރެން ކާން ނުނުކުމެގެން މަންމަ އައިސް ދޮރުގައި ޓަކި ދޭން ފެށި އަޑަށެވެ.އޭރު ނުވައެއް ޖެހުމާ ގާތްކުރަނީއެވެ. **** އަހަރެން ތެދުވެ އިޝާ ނަމާދުކޮށް ހަދައިގެން ކާން ނުކުތްއިރު މަންމައާ ބައްޕަ ސިޓިން ރޫމްގައި ޓީވީ ބަލަން ތިއްބެވެ. **** ’ކޮބާ […]
ސައިބޮއެ ނިމިގެން ގަންނަން ވެފައި ހުރި އެއްޗެހިތައް ގަނެގެން އައިސް ސައި ހެދުމުގެ ތައްޔާރީތައް ވާން ފެށުނުއިރު ދިހައެއް ޖަހަން ކައިރިވެއްޖެއެވެ.އެހެނަސް ހަތަރު މީހުން ބަދިގޭގައި އުޅޭތީ ނިކަން އަވަސް ދުވެއްޔެއްގައި މަސައްކަތްތައް ކުރިއަށް ދިޔައެވެ.ތިން ގަޑި ބައިވީރު އަހަރެމެންނަށް ހުރިހާ ކަމެއްކޮށް ނިންމާލެވިއްޖެއެވެ. **** ސައި ހެދުމުގެ މަސައްކަތް ނިންމާފައި ދޮންތަވެސް ތައްޔާރުވާން އަވަހަށް ގެއަށް ގޮސްފިއެވެ.އަހަންނާއި ތުއްތަވެސް ބަދިގެތެރެ ރަމަތަކޮށް, ލާން ހުރި އެއްޗެހި އިސްތިރިކޮށް ހަދާފައި އަވަހަށް ކޮޓަރިއަށް ވަނީމެވެ.އޭރު މެންދުރު ނުކައި […]
އަހަންނަށް ރޭގަނޑުގެ ހަމަ ނިދި ވެސް ނުލިބުނެވެ.އެހެން ރޭ ރެއާ ޚިލާފަށް އަހަންނަށް ނުނިދުނީ ދެރަވެގެން ރޮވޭތީއެއް ނޫނެވެ.މިރޭ އަހަރެންގެ ދެލޮލަށް ނިދި ނައީ ހިތަށް ލިބިފައިވާ އުފާވެރިކަމުގެ ބޮޑުކަމުންނެވެ. **** އިރު އެރިތަނުން އަހަރެން ދުވަހަށް ޝެޑިއުލްކޮށްފައި ހުރި ކުލާސްތައްވެސް ކެންސަލް ކޮށްލައިފީމެވެ.ހެނދުނު ސައި ހަދަން ބަދިގެއަށް ވަދެފައިވެސް އަހަންނަށް އުޅެވުނު ގޮތުން މަންމަވެސް އިނީ ވަރަށް ހައިރާންވެފައެވެ.މޮޅީގެ ސާލު އޮޅައިގެން އަބަދުހެން ކޮޓަރީގައި އޮންނަ މީހަކު އާދަޔާ ޚިލާފު އުފާވެރި މޫޑެއްގައި ފެނުމުން ހައިރާން […]
އަހަރެންގެ ހިތްވެސް އާ ފެށުމަކަށް އެދި ގޮވައެވެ.އަދި އެ ފެށުމަކީ ހައިދިން ކަމުގައި ވާން ވެސް އަހަރެންގެ ހިތް އެދެއެވެ.އެހެނަސް ކީރާ ހައިދިންދެކެ ލޯބިވާކަން އެނގިހުރެ ހައިދިންއަށް ފެހި ސިގްނަލެއް ދީ، ކީރާވެސް އާ ފެށުމަކަށް ކުރަމުން އައި އުންމީދުތައް އޭނާގެ އަތުން ނިގުޅައިގަންނާކަށް އަހަރެންގެ ޟަމީރު އެއްބަހެއް ނުވިއެވެ.އެވަގުތު އަހަންނަށް ކުރެވުނީ ހަތަރުއަނގޮޅި ކަންމައްޗެއްގައި ހަތަރު ފަރާތުން ހައްޔަރުވެފައި ހުރި ކަހަލަ އުނދަގޫ އިހުސާސްތަކެކެވެ. **** ކީރާއަށް ދެރައެއް ދޭކަށް އަހަރެން ބޭނުމެއް ނޫނެވެ.އަހަރެން މިއަދު […]
ވިސްނަންވީ ކިހިނެއް ކަމެއް ޔަގީން ނުވެފައި،އަހަންނަށް އެއްފަހަރު ކީރާގެ މޫނަށް އަނެއްފަހަރު ހައިދިންގެ މޫނަށް ބަލައިލެވުނެވެ.އަހަރެންގެ ހިތް އިތުރަށް އަވަސްވެގެން ދިޔައީ ހައިދިން ނިތަށް ރޫ ގިނަކޮށްލައިގެން ހުރެ، ލޫކްގެ އަތުގައި ހިފާލައިގެން،ސީދާ އަހަރެމެންނައި ދިމާލަށް މިސްރާބު ޖެހިތަން ފެނިފައެވެ. **** ’އެހެހެ..ލޫކް ހާދަ ވަރެއް ހުރެއޭ ޑޭންއަށް…‘ އެމަންޒަރު ބަލަން ހެވި ދިލިފައި އިން ކީރާގެ ދުލުން ނުކުތް ބަސްތައް އިވިފައި އަހަންނަށް ކުއްލިއަކަށް ކީރާގެ މޫނަށް ބަލައިލެވުނެވެ.އޭނާ ހައިދިންއާ ދިމާލަށް ’ޑޭން‘ ގެ ނަމުން […]
ލޭ ފެނުނީމާ މީހާގެ ހޭވެސް ކިރިޔާ ހުރިކަމެވެ. ފޯނު ނަގައި މަންމަގެ ނަންބަރަށް ޑައިލް ކޮށްލެވުނުކަން އެނގުނެވެ.ދެން ވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. **** *ދެ މަސް ފަސް* ’ކޮބާ މިހޫ އަދިވެސް ނުނިމޭތަ؟ ދަންނުއާ ދިލްއާވެސް އައިސްފި. އެ ގުރޫޕު މިހޫ ހޯދާ އެބަ.‘ތުއްތަ އަހަރެންގެ ކޮޓަރީގެ ދޮރުގައި ޓަކިދޭން ފެށި އަޑަށް ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަން އިނދެފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ލައިގެން ހުރި ޑަސްޓީ ބްލޫ ކުލައިގެ […]
’ހައިދިން… ހައިދިން އަހަރެން ދެކެ ތި ލޯބިވާ ވަރަށް އަހަންނަަށް ހައިދިން ދެކެ ލޯބި ނުވެވިއްޖެއްޔާ އެއީ ހަމަ ހައިދިންއަށް ލިބޭ ދެރައެއް ނޫންތަ؟ ހައިދިން ވަކި ދެރައެއްވެސް ނުވާނެތަ؟ ވަން ސައިޑެޑް ރިލޭޝަންޝިޕްސް ވޯކްއައުޓެއް ނުކުރާނެ… އަހަރެން މީ އޭގެ ހެއްކެއް…‘ ހައިދިންގެ އެ ވިސްނުން ބަދަލު ކުރެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ.އެހެނަސް އޭނާ ހީވަނީ އަހަރެން ލައްވާ އާނ ބަސް ބުނުވާފައި ނޫނީ ހުއްޓާނުލާން އަތުކުރި އޮޅާލައިގެން ހުރި ހެންނެވެ. **** […]
’ޑިޑް ޔޫ ޖަސްޓް ސްކްރީމް؟‘ ދެން ހައިދިން ފޮނުވާލި މެސެޖު ފެނި އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. **** މިފަދަ ގޮތަކަށް ބޭޒާރު ވެދާނޭ އަހަންނަަށް ހީކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟ގަޑިން ވީވަރެއް ބަލާލަންވެސް ރެއަކާލީ ދެނެވެ.ހަތަރުގަޑި ސާޅީސް ފަހެއް ހިނގައިފިއެވެ.އެއީ އާންމުކޮށް އިހާންއާއި ހައިދިން އައިސް އުޅޭ ގަޑިއެވެ. **** ’ވަޓް؟ ޔޫ މި ގޭގަތަ؟!‘ އަހަރެން ރިޕްލައި ފޮނުވާލިއިރު ފިނިވެގެން ގޮސް ދެއަތްތިލަ ތުރު ތުރު އަޅައެވެ. ’ހެހެ..ޔެސް…ނުކުމެބަ.އައި ވޮނަ ސީ ޔޫ ނައު…‘ހައިދިން އެއްލޯ މަރާލާފައި […]
’ކޮބާ ކީކޭ ބުނީ އެމީހުން؟‘ މަންމަ އަހައިލިއެވެ.އަހަރެން އެއްވެސް އެއްޗެއް ސިއްރު ނުކޮށް އާރިންގެ މަންމަ ހަމަ ބުނި ގޮތަށް ހުރިހާ ވާހަކަތަކެއްވެސް ކިޔައިދިނީމެވެ. **** ’އަޅެ ހާދަ ރަހުމެއް ނެތް މީހެކޭ ދޯ… ދަރިފުޅު ބަނޑުބޮޑުވި ވާހަކަ ބުނީމަ އެހެރީވިއްޔަ ކިޔާލިހާ އެއްޗެހި…އެއީވެސް އެކަމަކު މައެއް ވިއްޔަ ހަމަ ދޯ…އެވަރުގެ އެއްޗެއް ބުނެލިއިރު ހަމަ ހިތަށް އެކައްޗެކޭވެސް ނޭރިބާއޭ ހިތަށް އަރާ…އަޅެ ހެޔޮނުވާނެ ދޯ ދަރިފުޅުގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާކަށް…މަންމަ ވަރަށް ވަރަށް ދެރަވެއްޖެ […]