Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 14)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
September 7, 2025 5 Mins Read
4 Comments

އަހަރެން ގޮސް ކީރާގެ ގާތަށް ހުއްޓިފައި އެ އެނދާއި ދިމާލަށް ބަލައިލި ވަގުތު ލިބުނީ ދުވަހަކު ނުލިބޭ ވަރުގެ ޝޮކެކެވެ.ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެގެން ދެލޯ ބޮޑުކޮށްގެން ހުރެ އަހަންނަށް ދެން ބަލައިލެވުނީ ކީރާއާއި ދިމާލަށެވެ.

****

އެ އެނދުގައި ކުރުގެޅިލައިގެން ކަހަލަ ގޮތަކަށް ނިދާފައި އޮތީ ފަސް ވަރަކަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ.އަހަރެން ހައިރާންވީ އެ ކުއްޖާގެ މޫނު ފެނިފައެވެ.އެއީ ހަމަ އާރިންގެ ކާބަން ކޮޕީއެކެވެ.ހަމަ އެ މޫނުކޮޅެވެ.އެ އިސްތަށިގަނޑެވެ.ތަފާތެއްވެސް ނެތެވެ.

****

’ކީރާ…މި…މި؟‘ އަހަންނަށް ދެލޯ ބޮޑުކޮށްގެން ހުރެ ތުރު ތުރުލަމުން ދިޔަ އަޑަކުން ބުނެވުނެވެ.

****

’އާނ…ތި ހީކުރެވުނީ ރަނގަޅަށް…އެއީ…އެއީ…އާރިންގެ ދަރިއެއް.‘ ކީރާ ފުން ނޭވާއެއް ދޫކޮށްލައިފައި ބުނެލިއެވެ.

****

’ކީކޭ؟!‘ އަހަންނަށް ހީވީ އަހަރެންގެ މޫނުމަތީގައި މީހަކު އެތިފަހަރެއް ވީއްލައިލިހެންނެވެ.މީ މިހާރު ކޮން ކަހަލަ ސަމާސާއެއް ހެއްޔެވެ؟ކައިވެންޏަށް ހަ މަސްވެސް ނުފުރިގެން އުޅެނިކޮށް ތަގުދީރު މިކުޅެން ފެށީ ކޮން ކަހަލަ ކުޅިވަރެއް ހެއްޔެވެ؟އާރިންގެ ދަރިއެއް ހުންނަ ކަމެއް އަހަންނަކަށް އެނގިފައެއް ނެތެވެ.އާރިންއާއި އެކުއްޖާ އެހާ ވައްތަރު ނޫންނަމަ ޔަގީނުންވެސް އަހަންނަށް އެވާހަކަ ގަބޫލު ކުރާކަށް ފަސޭހައެއް ނުވީހެވެ.

*****

’އެކަމަކު…ކިހިނެއް؟‘ގަބޫލުކުރަން އުނދަގޫވެގެން އަހަންނަށް އަހައިލެވުނެވެ.

’މިހްރާ…ބުނީމެއްނު އާރިންއަކީ އަހަރެންގެ އެކްސްއޭ…އާރިން އަހަރެން އޭނާ ދެކެ ވީ ލޯބީގެ ނާޖާއިޒު ފައިދާ ނެގީ…އަހަންނަށް އޭރު އެންމެ ސޯޅަ އަހަރު…ސްކޫލް ވެސް ނުނިމޭ…އެކަމަކު އޭނާއަށް އޭރު އަށާރަ އަހަރުވެފައި ހުރީ…ރައްޓެހިވެގެން އުޅެ އުޅެފައި އާރިން ކިޔާ ވަރުން އަހަންނަށް އޭނާގެ އެ އެދުންތަކަށް އިޖާބަ ދެވުނީ…އެއް ގޮތަކަށްވެސް ހިތަކަށް ނާރާ މިހެން ވެދާނެއެކޭ…އޭރު އަހަންނަކަށް ނުވިސްނޭ…ހީކުރީ ކޮންމެ ގޮތެއްވިއަސް އާރިން އަހަރެން ދޫކޮށެއް ނުލާނޭ…އޭނާ އަހަރެން ދެކެ ލޯބިވެޔޭ…އެކަމަކު އެއީ ހުސް ދަޅަކަން އެނގުނުއިރު މާ ބޮޑަށްވެސް ލަސްވެއްޖެ…އާރިން އެރޭ އަހަންނާއި ގައިގޯޅިވި އިރު އެ މާސްކު އަޅަން ބުނީމަ އަހަރެން ވަރަށް ހައިރާންވި…ހިތަށް އެރި ދެން އެ ކީއްކުރަން އަޅާ އެއްޗެއް ބާވައޭ…އެކަމަކު އެކަމާ އާރިންއާއި އެއްވެސް ސުވާލެއް ނުކުރަން…އޭނާވެސް މާސްކެއް އެޅި…އެހެންވެ ފަހުން ދެން އެއީ މާބޮޑު ކަމަކަށް ނުހަދަން…އޭނާ ދެކެ ވީ ލޯތްބެއްގެ ބޮޑުކަމުން އޭނާ ބުނިހާ ގޮތެއް އެރޭ އަހަރެން ހެދިން…ހިތަށްވެސް ނާރާ އޭނާ އަހަރެމެންގެ ދެމެދުގައި ހިނގި ކަންތައްތައް ވީޑިއޯ ކުރަނީކަމަކަށް…އެހާވެސް އޭނާގެ މަތި އޮމާން…އެ ރެއަށްފަހު ހަމަ ކުއްލިއަކަށް އޭނާ އަހަންނާއި ރުޅި ވީ… އަހަންނަށް ލިބުނީ ބޮޑު ޝޮކެއް…އަހަރެންގެ އަތުގައި އޮތް އެންމެ އަގުބޮޑު އެތި އޭނާއަށްޓަކައި ގުރުބާން ކުރީމައި އޭނާ އެހެން ހަދައިފާނެ ކަމަކަށް ހިޔެއް ނުކުރަން.ރޮއެ، އޭނާގެ ދެފައިގައި ހިފާފައި އަހަރެން އާދޭސްކުރިން…އޭނާ އެ އަޑެއް ނޭހި… ހިތަކަށް އަސަރެއްވެސް ނުކުރި…އަހަރެންގެ މޫނުމަތީގައި ކޮޅުފައިން ޖަހާފައި އެދުވަހު އޭނާ ދިޔައީ…ދެން އޭގެ ދުވަސްކޮޅެއް ފަހުން އެނގުނީ އަހަރެން ޕްރެގް ކަން…އަހަރެން މުޅިން މާޔޫސްވި…ހީވީ ހަމަ ހަތަރެސް ފަރާތުން ދުނިޔެ އަހަރެން ފިއްތައިލިހެން…އަހަންނަކީ ޔަތީމެއް…ބަލި މަންމައެއްގެ ހުރި ހަމައެކަނި ދަރި…އެ މަންމަ އެތައް ގުރުބާނެއްވެގެން އަހަރެން ބަލާ ބޮޑުކުރީމާ އެމަންމަގެ ނަންވެސް އަހަރެން ހަޑިކޮށްލީ…ތަންގަނޑު އެންމެނަށް އެކަން އެނގޭކަށް ގިނަ ދުވަހެއް ނުނެގި.އަހަރެން މުޅިން ފަޟީޙަތްވެ މަންމައާއި ދިމާލަށްވެސް އެމީހުން ވަރަށް ފާޑު ފާޑުގެ އެއްޗެހި ކީ. އެންމެ ފަހުން އަހަރެން ސްކޫލުންވެސް ކަނޑާލީ…އަނެއްކާ އެއީ އޯލެވެލް އަހަރު…އަހަރެން ޕްރެގްކަަން އެނގުނު ދުވަހު މަންމަ ވަރަށް ރުއި…ރުޅި އައިސްގެން އެއްޗެހިވެސް ކީ..އެކަމަކު ދަރިއަކު އެހާލުގައި އުޅެން ދޫކޮށްލަން މައި ލަގޮނޑިއަކަށް ކެތެއް ނުވި…ބަލި ހާލުގައިވެސް އަހަރެން ވިހާންދެން ހުރިހާ ޚިދުމަތެއް ކޮށްދިނީ ހަމަ އެ މަންމަ…އެކަމަކު އާރިން…ދަރިއާ ހަވާލު ނުވި ތާނގައި ދަރި ލޮލަށް ފެންނަ ކޮންމެ ފަހަރަކުވެސް އޭނާ މޫނު އަނބުރައިލީ…ކިތައް ދުވަހު ކައިރިން އަޅާފައި ދިޔައީ…އެ ހިލަ ހިތަށް ހަމަ އެކައްޗެއްވެސް ނޭރިޔޭ…މި ތިމާގެ ދަރިއެކޭ…ތިމާގެ ލެޔޭ…ވަރަށް ޙާލުން އަހަރެން ލޫކް ބަލާ އެވަރު ކޮށްފައި އެހުރީ…ދެން އެކަމެއް ވިތާ ހަތަރު ވަރަކަށް އަހަރު ފަހުން އެއް ދުވަހަކު ޓެލެގްރާމުން މީހަކު ފޮނުވީ ލިންކެއް ހާދަ މަޝްހޫރޭ ކިޔާފައި…ކާކު ކަމެއް ނޭނގޭ…އެނގޭހާވެސް އެއްޗަކީ އެމީހަކަށް އަހަރެން އެނގޭކަން…އަހަރެން އަޅައިވެސް ނުލައި މެސެޖް ނުވެސް ހުޅުވައި ހުއްޓާ އަނެއްކާ އެހެން މެސެޖެއް ކޮށްފައި ކިޔައިފި ކިޔެއް ކުރަން އަޅާ މާސްކެއްހޭ…ތި މޫނު ދެއްކީމަ އަދި މާ ފައްކަލޭ ކިޔާފަ…ދެޓްސް ވެން އިޓް ކްލިކްޑް… އަހަރެން މެސެޖް އޯޕެންކޮށްފަ ބަލާކަށް ނުހުރެ އެ ލިންކަށް ފިތާލީ…އެންޑް އިޓް ލެޑް ޓު އަ ހިޑެން ޗެނަލް… އޭގައި ހުރީ ހުސް އޭގެ ވީޑިޔޯ ހަމަ ސޭމް މާސްކު ބޭނުންކޮށްގެން އެކި އަންހެން ކުދިންނާ ގުޅުން ހިންގާ މަންޒަރު…އެ ހިސާބުން އަހަންނަށް އެނގުނު އެކަމުގެ ފަހަތުގައި ވަނީ އާރިންކަން…އައި ކުޑުންޓް ބިލީވް މައި އައިޒް… ހީ ހެޑް އަ ހިއުޖް ކަލެކްޝަން އޮފް ދޯޒް ވީޑިއޯސް… އެންޑް އައި ވޯޒް ދި އަންލަކީ ވަން…ބިކަޒް މައި މާސްކް ސްލިޕްޑް ފޮރ އަ ސެކަންޑް…އެންޑް މައި ފޭސް ވޯޒް ރިވީލްޑް…އެއަށް ފަހުން އަހަންނަށް މަގެއްގެ މައްޗަށް ނުކުމެ އުޅެން ނުކެރޭ…ދެން އަހަރެން އުޅުނީ މައްސަލަ ފުލުހަށް ރިޕޯޓު ކުރަންވެގެން…އެކަމަކު ދެން އަނެއްކާވެސް އަހަންނަށް ލިބުނީ މެސެޖެއް…ބިރުދައްކާފަ….އެ ޗެނަލް ރިޕޯޓުކޮށްފިއްޔާ…ލޫކްގެ ދުވަސް ދުއްވާލާނަންކަމަށް ބުނެފަ….އެ ހިސާބުން އަހަރެންގެ ހުރިހާ އުންމީދެއް ގެއްލުނު…އައި ގޮޓް ސްކެއަރޑް….ދެން އަހަރެން ހުރީ ހަމަ ދޫ ބަންދުވެފަ މިހާ ދުވަހު…ހުއްޓާ ދެން އަހަންނަށް އާރިންއާއި  އެކީގައި މިހްރާ ފެންނަން ފެށީ ތަންކޮޅެއް ގިނައިން…އިޓް ފެލްޓް އޯފް…އޮފްކޯޒް އައި ޑިޑް ސަމް ޑިގިން… އާރިން އުޅެނީ މިހްރާޔާ މެރީކޮށްގެންކަން އެނގުނީމަ… އައި ކުޑުންޓް ބިލީވް އިޓް އީވެން… އަންޑަސްޓޭންޑެއް ނުވި ވައި ހީ މެރިޑް ޔޫ…ދެޓް ޕިސްޑް މީ އޯފް އަދި ވަކިން ބޮޑަށް…އައި ވޯޒް މޭޑް އެޓް ހިމް ފޮރ މެރީއިން ޔޫ…ލައިކް ވައި މެރީ ޔޫ އޮފް އޯލް ޕީޕަލް… އަހަންނަށް ހީވީ އޭނާ އެ ހަޑިއެއް ހާވާ ނިންމާފައި ފައިނަލީ ސެޓްލްްޑައުން ވާން އުޅެނީއޭ އެހެންވެ ރުޅި އައީ…ހިތަށް އެރީ މިހެން…އަހަންނަށް މިހާލު ޖައްސާފައި, އަދި ނުވިތާކަށް އެހެން އެތައް ކުއްޖަކަށް އެހެން ހަދާފައި…ދެން ވަކި ކީއްވެހޭ މިހްރާޔާ އެކީ އޭނާ އުފަލުގައި އުޅެން އެ ވިސްނަނީ…މިހްރާޔާ މެރީ ކުރީމަ ހީކުރީ އެހެން އަސްލު…ބަޓް ދެޓް ވޮޒް އަންޓިލް އައި ސޯ ޔުއަރ ވީޑިއޯ އަޕް ދެއަރ ޓޫ…‘ ކީރާ ކިޔައިދިނެވެ.

****

ވަޓް؟ އަހަރެންގެ ވީޑިއޯއެކޭ؟!!‘ އަހަރެންގެ މޫނުމަތިން ތަރި ބުރައިގެން ދިޔައެވެ.

****

ކީރާ ބޯ ޖަހާލާފައި އެ ޗެނަލަށް ވަދެފައި އޭނާގެ ފޯނު އަހަރެންގެ އަތަށް ދިނެވެ.އެ ވީޑިޔޯ ޕްލޭ ކޮށްލި ވަގުތު އަހަރެންގެ ފައި ދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ.

****

’އަހަންނަށް އެއީ މިހްރާކަން ނަގައިގަނެވުނީ އެ ރޫމް ފެނިފައި… ޕްލަސް އިޓް ވޯޒް ރިއަލީ ރީސެންޓް…ދެން އަނެއްކާ އާރިން ކޮންމެ ކޮންމެ މީހެއް އެ ރޫމަކަށް ނުވައްދާނެ…އެވަރު އަހަންނަށްވެސް އިނގޭ…ހިޒް ޕިކީ…އެތަނަށް މިހްރާ ނޫނީ ނުވަންނާނެކަން އަހަންނަށް އެނގުނީ  އެހެންވެ….ދެން އަނެއްކާ އަހަންނާ ރައްޓެހިވެގެން އުޅުނުއިރުވެސް އަހަރެން ނޫން އެހެން މީހަކާ އެކީގައި ނެތް އެ ރޫމަކު ވީޑިއޯ އެއް ނަގައިފަކައެއް…އެހެން ކުދިންނާ އެކީގައި މުޅިންވެސް އެހެން ތަންތަނުގައި ވީޑިއޯ ނަގާފައި ހުރީ…އަހަރެން  އިންނާނެ އެހެން ނަންބަރަކުންވެސް އެ ތަނަށް ޖޮއިންވެފަ….އިން ކޭސް ޔު ނޯ…އެ ވީޑިއޯ ފެނުނު ހިސާބުން އަސްލު ގެޓުވީ ތިއީވެސް ވިކްޓިމް އެއް ކަން…ބަޓް ދި މެރިޖް…އަމް ޝުއަރ އޭނާގެ އަމިއްލަ އެދުމެއް ތިކަމުގައި އޮންނާނެކަން…އެއީ އާރިންއެއްނު!‘ ކީރާ ބުނެލިއެވެ.

****

އެރޭގެ ހުރިހާ މަންޒަރެއް އަހަރެންގެ ލޯ ކުރިމައްޗަށް ސިފަވެގެން ދިޔައެވެ.އެ މާސްކެއްގެ ސަބަބުން ބަޔަކަށް އަހަރެން ވަކި ކުރަން ނޭނގުނަސް އަހަންނަކަށް އަހަންނެއް އަދި އާރިންއެއް ވެސް ނޯޅޭނެއެވެ.

****

އަހަރެން އެ ވީޑިއޯގެ ފަހުން އަޕްލޯޑު ކޮށްފައި ހުރި ވީޑިއޯތައްވެސް މަތި މަތިން ހާވައިލީމެވެ.ދިހަ ވަރަކަށް ވީޑިއޯ އޭގެ ފަހުން އެކަނިވެސް ލާފައި ހުއްޓެވެ. އަހަރެންގެ ވީޑިއޯ ނޫން އެހެން ހުރިހާ އެއްޗެއް ވީޑިއޯ ކޮށްފައި ހުރީ މުޅިންވެސް ކޮންމެވެސް ގެސްޓު ހައުސްއެއް ކަހަލަ ތަނެއްގައެވެ. ހުރިހާ ވީޑިއޯއެއްގައިވެސް އެ ފެންނަ ފިރިހެނަކީ އާރިންކަން އިތުރު އެއްވެސް ހެއްކަކާއި ނުލައި އަހަންނަަށް އެނގުނެވެ.އެވަގުތު އަހަންނަށް ހީވީ އަހަރެންގެ ހިތުގައި މީހަކު ތޫނު ވަޅިއަކުން ޅިޔަ ޖަހައިލިހެންނެވެ.

****

އިތުރަށް ބަލާނެ ހިތްވަރު ނެތިގެން އަހަރެން ކީރާގެ އަތަށް ފޯނު ދީފައި ދެއަތުން ބޮލުގައި ހިފަހައްޓައިލީމެވެ.ހަމްދަރުދީގެ ނަޒަރަކުން އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ކީރާ އިނެވެ.އޭރު ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކުން އަހަރެންގެ ދެލޯ ދިޔައީ ފުސްވަމުންނެވެ.

****

’އަމް ސޮރީ މިހްރާ…ބަޓް އައި ހެޑް ޓު…‘ ކީރާ ދެރަވެލާފައި ބުނެލިއެވެ.

****

’މިހްރާ… އަހަރެން ބޭނުން ވަރަށް ބޮޑު ކަމަކު ކިޔަން…މިހާރު މިހްރާއަށް ވެސް ފެނިއްޖެއެއްނު އާރިންގެ ހަގީގަތް…ހެލްޕް މީ ޓު ޓޭކް ހިމް ޑައުން… ޕްލީޒް.ވިކެން ވޯކް ޓުގެދަރ…އޭނާއަކަށް ނޭނގޭނެ މިހްރާއަށް ހަގީގަތް އެނގުނު ކަމެއް.. ޔުކެން ޔޫޒް ދެޓް ޓު ޔުއަރ އެޑްވާންޓޭޖް…ޔޫ ހޭވް އެކްސެސް ޓު ހިމް…ޔޫ ނޯ ހިމް ބެޓަރ… އަހަރެން ބޭނުން އިންސާފު ހޯދަން…އިފް ނޮޓް ފޮރ މީ ޕްލީޒް ޑޫ އިޓް ފޮރ މައި ބޭބީ…‘ކީރާ އަހަރެންގެ އަތްތިލައިގައި ހިފާލަމުން އާދޭހާއި އެކުގައި ބުނެލިއެވެ.

****

ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް އިސް ދަށަށް ޖަހައިގެން އިނދެވުނީ ގަބުވެފައެވެ.ކީރާ ގޮވައިލުމުން އޭނާއާއި ދިމާލަށް ބަލައިލަން ވެސް އަހަރެން ފަސް ޖެހުނެވެ.ހިތަށް އެރިއެވެ.ކުޑަ ކުޑަ ލޫކްއަށް ޓަކައި ކީރާ ހާދަ ހިތްވަރު ކޮށްފިއެވެ.އާރިންގެ އިންޒާރުތަކުން ދަރިފުޅުގެ ސަލާމަތަށްޓަކައި ފަހަތަށް ޖެހުނު ނަމަވެސް ކީރާވެސް އިންސާފު ބޭނުންވާނެއެވެ.މޮޑެވުނީ އޭނާގެ އަބުރާއި އިއްޒަތެވެ.ލައް ޖެހުނީ އެނާގެ ފަސްބައި ގައެވެ.އޭނާއަށް އެ ހާލު ޖައްސާފައި އާރިން އަދިވެސް އެ މުޑުދާރު ޢަމަލު ޕްރޮމޯޓްކޮށް ހިންގުމުގައި މިނިވަންކަން މަތީގައި އެ އުޅެނީއެވެ.

****

އާރިންގެ އިންޒާރުތަކުން ކީރާ މުޅިން ހިތް މަރުވެފައި ހުއްޓާ އަހަރެން މިވީ އޭނާގެ ހިތުގައި އަލުން އުންމީދުގެ ހުޅުކޮޅެއް ރޯކޮށްދިން ފަރާތަށެވެ.ހިތަށް އެރިއެވެ.އާރިން ދެކެ އަހަރެން ވާ ލޯތްބެއްގެ ބޮޑުކަމުން އެއް ފަހަރެއް ކަމަށް މައާފް ކޮށްފައި ދިރިއުޅުން ކުރިއަށް ގެންދަން އަހަރެން ކިތަންމެ މަސައްކަތެއް ކުރިޔަސް ދެން އެއްވެސް ކަމެެއް އިހު އޮތް ގޮތަކަށް ނޯންނާނެއެވެ.އަހަރެން އާރިންއަށް ކުރި އިތުބާރު ގެއްލިއްޖެއެވެ.ކިތަންމެ ނުބަލަން ހުއްޓަސް ދެން އަހަންނަަށް އޭނާއާއި ދިމާލަށް ބަލައިލެވޭނީ ޝައްކުގެ ނަޒަރަކުންނެވެ.މާސްކަކުން ކިތަންމެ ވަރަކަށް އަހަރެންގެ މޫނު ފޮރުވިޔަސް ހަގީގަތުގައި އޭނާ އަހަރެން ދުނިޔެއަށް ގިނަކޮށްލައިފިއެވެ.އަހަރެން މީ ސީދާ ކާކުކަން ނޭނގުނަސް އެތައް ބަޔަކަށް އަހަރެންގެ ހަށިގަނޑު ފެނި އަހަރެން މުޅިން އިޝްތިހާރު ވެއްޖެއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

މަޢާފް އެދެމުން 56

Next

އަންޖަލް (ފަހުބައި)

Next
September 7, 2025

އަންޖަލް (ފަހުބައި)

Previews
September 7, 2025

މަޢާފް އެދެމުން 56

4 Comments!

  1. Your fav bab Your fav bab says:
    September 7, 2025 at 1:27 pm

    Alhe aarin..!?tf??
    Told u ehnney vaanee…..
    Mihraa😭😭😭no I can feel her pain and keeraa and look😭😭😭
    I athu jehey irah hama hey aruvaalanamey!! Goth kuda dhw!!
    Pia.pis.. Due to these reasons girls actually loose their trust in boys😑😶
    Btw mi part varah ves reethiMA💗💗💗
    When next?

    1. Lamtty Lamtty says:
      September 9, 2025 at 2:52 pm

      Yeah ikrrr! Not everyone is who they seem to be…yes he did dirty to all of them and yes that’s exactly why girls can’t trust them
      Thank you girl ❤️
      Next part submitted already 😊

  2. No name says:
    September 8, 2025 at 7:54 pm

    Oh really Aarin is not a person of a type I expected
    Still this story is nice
    When’s next?

    1. Lamtty Lamtty says:
      September 9, 2025 at 2:55 pm

      Yes I agree…it takes a while to know how a person actually is… clearly aarin is not the kind of person ppl thought he was..
      Thank you!
      Next part submitted 😊

Comments are closed.

Next Episodeމާސްކު (ޕާޓް 15)←


All Right Reserved!