އަލަގަހަކުން ކެޔޮ ނިރެއް ފަޅާނެތަ؟! އަހަރެންގެ އަސްލަކީ ކޮބާ؟! މަސްލަހަތަށްޓަކައި އަމިއްލަ ނަފްސުގެ ހަމަޖެހުން ނަގާލެވިއްޖެ! ކީއްވެތަ އަހަންނަށް އެހާ ނަފްރަތު ކުރަނީ؟ މިއީ ކިހާބޮޑު އޮޅުވާލުމެއް؟
(މިއީ 2018 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ.) ފިނިފިނި ރޭގަނޑެއްގެ ހަމަހިމޭން ވަގުތެވެ. ނިދީގެ މީރުކަމަށް އެދިއެދި އަހަރެން އެނދުމަތީގައި ދެކައިރިއަށް ފުރޮޅިލަފުރޮޅިލާ އޮތީމެވެ. އެހެނަސް ހިތަށް ލިބިފައިވާ ނުތަނަވަސް ކަމާއި ބިރެއްގެ ސަބަބުން އަހަރެން ނިދިން މަޙުރޫމްވިއެވެ. ތުއްތު ޢުމުރުގައި މައިންބަފައިން ވަކިވުމަށް ފަހު ފާއިތުވެދިޔަ ކޮންމެ ދުވަހަކީ ވެސް އަހަންނަށް ވޭންދެނިވި ދުވަސްތަކެކެވެ. ބައްޕަ ގާތުން ވަރިވުމަށް ފަހު މަންމަ، ބައްޕައާއި އަހަރެން މުޅިން ވަކިކުރުވިއެވެ. އޭގެ ފަހުން ފާއިތުވި ތޭރަ އަހަރުގެ […]
(މިއީ 2018 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ.) އަހަރެންނާއެކު އޮފީހުގައި މަސައްކަތްކުރާ ރަޙުމަތްތެރިއެއްގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ޕާޓީ ނިންމާލުމަށްފަހު ގެއަށް ދިއުމަށް މިސްރާބު ޖެހުނުއިރު ބާރަ ޖަހަނީއެވެ. އެކުވެރި ޒައިދާނާއެކުގައި ދެވޭގޮތް ނުވުމުން އަހަރެން ޕާޓީއަށް ދިޔައީ އެކަނިމާއެކަނި ފައިމަގުގައެވެ. އަހަރެންގެ މާ ގިނަ އެކުވެރިންނެއް ނުތިބެއެވެ. ސަބަބެއްނެތިއެއް ވެސް ނޫނެވެ. އަހަންނަކީ އެކަނިވެރިކަމާއި ހަމަހިމޭންކަމަށް ލޯބިކުރާ މިޒާޖެއްގެ ވެރިއެކެވެ. އެހެންކަމުން އަހަންނަށް ގެއަށް ދާން ޖެހުނީ ވެސް އެކަންޏެވެ. އިސްދަށަށްޖަހައިގެން މަޑުމަޑުން މަގުގެ […]
(މިއީ 2018 ވަނަ އަހަރު އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ.) އިރު އޭގެ ވާޖިބު އަދާކުރަމަށް ފަހު ދުނިޔެއާ އަލްވަދާޢުކިޔުމަށް ތައްޔާރުވަމުންދިޔަ ވަގުތެވެ. ޖަރީ ކުލަތަކުން މުޅި އުދަރެސްމަތި ވަނީ ވިރުވާ އަޅާފައެވެ. ބެލްކަނީ ރެއިލިންގައި އަތް އަޅުވާލައިގެން އިނދެ، ފެންނަމުންދިޔަ ޤުދުރަތީ ރީތިކަމަށް ޚުޝާމަދުކުރުމުގައި އަހަރެން ވަގުތުތައް ގުނަމުންދިޔައީ ވެރިވެފައިވާ ހަމަހިމޭންކަމުން އުފާ ލިބިގަންނަމުންނެވެ. އެހެނަސް އެ ވަގުތު ވެސް އަހަރެންގެ ސިކުނޑިތެރޭގައި އެތަކެއް ޚިޔާލުތަކެއް ދައުރުވަމުންދިޔައެވެ. މީހަކާ ހިއްސާކުރަން ހިތް ނޭދޭ އެތައް ވާހަކަތަކެކެވެ. އަހަރެންގެ […]
ބިރުން ތުރުތުރުއަޅާ ޙާލުގައި އަހަރެން ކޮއްކޮއަށް ގޮވާ ހޭލެއްވީމެވެ. ހޭލެވުމާއިއެކު އެކުއްޖާއަށް ވެސް އެ އަޑު އިވި ބިރުގަނެގެން އަހަރެންގެ ގައިގައި ބާރަށް ބައްދައިގެންފިއެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވުނު ތަން ފެނިފައި ކޮއްކޮ އިހުނަށްވުރެވެސް ބާރަށް އަހަރެންގެ ގައިގައި ހިފައިގަތެވެ. ‘ނާންނާތި ކައިރިއަށް ..ހަމަ މިހާރު ނުކުމޭ މިތަނުން!’ އަހަރެންގެ ދުލުން އެބަސްތައް ބޭރުވީ ހަރުކަށިކަމާއިއެކުގައެވެ.އޭރު ކޮއްކޮ އަޑުން އަޑު ނަގައި ރޯން ފަށައިފިއެވެ. ‘ކީއްކުރެވޭނީ ސުހާއަށް؟!އަޑު ގަދަ ކުރާނެ ކަމެއްނެތް! ސަނާވެސް ރޯނެ ކަމެއް […]
އަހަރެން އުފަންވީ ވަރަށް އާދައިގެ އާއިލާއަކަށެވެ. ދެމަފިރިއަކަށް ލިބުނު ދެކުދިންގެ ތެރެއިން އަހަންނަކީ ދޮށީ ކުއްޖާއެވެ.އަހަރެންގެ ބައްޕައަކީ ވަންނާނެ އަމިއްލަ ގެދޮރެއް ހުރި މީހެއް ނޫނެވެ . އެހެންކަމުން އަހަރެމެން ދިރިއުޅެމުން ދިޔައީ އަހަރެންގެ މަންމަ ފަރާތު މާމަގެ ގޭގައެވެ. އެގެއަކީ އަހަރެމެންގެ އާއިލާ ވެސް ހިމަނައިގެން ބޮޑުބޭބޭގެ އާއިލާ ވެސް ދިރިއުޅެމުންދާ ގެކަމުން، ދޭތެރެއަކުން ކޫސަނި މައްސަލަތައްވެސް ޖެހެ އެވެ. އަހަރެންގެ ބޮޑުބޭބެ އަކީ އަހަރެންގެ މަންމައާއި ބައްޕަދެކެ ވަރަށް ރުޅި އަރާ މީހެކެވެ. ކުޑައިރު […]