Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 20)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
October 4, 2025 5 Mins Read
5 Comments

މާގިނައިރުތަކެއްނުވެ މަންމަ ދިޔުމުން އަނެއްކާވެސް އާރިންގެ އަނިޔާތަކާއި އަހަންނަށް ކުރިމަތިލާން ޖެހުނެވެ.އޭނާ ހީވަނީ އަހަންނަށް އަނިޔާކޮށް ކޮށް އެކަމުންވެސް ހިތް ނުފުރިގެން އުޅޭހެންނެވެ. އަހަރެންގެ ހަށިގަނޑުގެ އެތަން މިތަނުގައި އޭނާގެ ދެއަތުން އެތަކެއް ޒަޚަމްތަކެއް ލައްވަމުން ދިޔައިރު، މީހަކަށް އެ ނިޝާންތައް ފެނިގެން އަހަންނާއި ސުވާލުކޮށްފާނޭ ކަމާއިމެދު ވެސް އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ.

****

އާރިން އަހަރެންގެ ފޯނާއި ލެޕްޓޮޕްވެސް އަތުލައި، މުއާސަލާތީ ހުރިހާ ވަސީލަތަކުން އަހަރެން މަހުރޫމްކޮށްލިއެވެ.އެވަރުން ނުވެގެން އެޕާޓްމަންޓުގެ ލޮކްވެސް ބަދަލުކުރިއެވެ.ތަޅުދަނޑި ފަތި އަހަރެން ސިއްރުން ނަގައިފާނޭކަމަށް އާރިން އުޅުނީ އެވެސް ވަރަށް ފޮރުވައިގެންނެވެ.މީހަކަށް އަހަރެންގެ ހާލު އެނގިދާނެތީ އޭނާ ހުރިހާ ފިޔަވަޅެއްވެސް އެޅީ ވަރަށް ރޭވުންތެރިކަމާއެކުގައެވެ.އަހަރެންގެ ފޯނަށް މީހަކު ގުޅާ ފަހަރަކުވިއްޔާ އޭނާގެ އަތުގައި ފޯނު ބާއްވައިގެން ސްޕީކަރަށް ލާފައި ރީތިކޮށް ވާހަކަ ދެއްކުމަށް މަޖުބޫރު ކުރުވައެވެ.އެ ނޫނީ އިތުރަށް އަނިޔާ ކުރާނަން ކަމުގައި ބުނެ އަހަންނަށް އެތައް އިންޒާރެއް ދެއެވެ.މަންމަމެން ގުޅައިގެން އަހަރެން ގެއަށް ނުދާތީ ގިނަ ދުވަސްވެގެން ޝަކުވާ ކުރާ ކޮންމެ ފަހަރަކުވެސް އާރިންގެ ހަރުކަށި އަމުރަށް އަހަރެން ޖެހެނީ ހިތާއި ދެކޮޅަށް އެމީހުން ގާތުގައި ކޮންމެވެސް ދޮގެއް ހަދައިގެން ވާހަކަ ހަމަ ޖައްސައިލާށެވެ.އެހެނަސް އަހަރެން އެއްގޮތަކަށްވެސް ނުދާތާ އެއް މަސް ދުވަސް ފާއިތުވެގެން ދިޔުމުން އެކަމާ މަންމަމެން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އާރިން އެމީހުންގެ ގާތުގައި ހެދީ ވަރުގަދަ ދޮގެކެވެ. އޭނާ ބުނީ އަހަރެން ގޮވައިގެން ދުވަސްކޮޅަކަށް ބޭރު ގައުމަކަށް ޖައްސާލީ ކަމުގައެވެ.އާރިންގެ މައިންބަފައިންނަކަށްވެސް ތަނެއް ދޮރެއް ނޭނގެއެވެ.އެމީހުންނާއި ބައްދަލުވާ ފަހަރަކު ވިއްޔާ އޭނާ އަހަރެން ބަހައްޓަނީ ކުރީ ބައިގައި އެކަމަށް ތައްޔާރު ކުރުވާފައެވެ.އާރިން އަނިޔާ ކޮށްފާނެތީ  އެއޮއް ގަންނަ ބިރަކުން ނުސީދަލަށްވެސް އެއިން މީހަކަށް އޭނާ އަހަރެން ރަހީނުކޮށްގެން ގެންގުޅޭކަން އަންގަން އަހަރެން ފަސް ޖެހުނެވެ.

****

ފުރަތަމަ ކޮޅު އާރިންއާއި ދެކޮޅަށް އެއްޗެކޭ ބުނަން ކެރުނަސް އެގޮތުގައި ގިނަދުވަސް ފާއިތުވީ ވީހެން އަހަރެން ހުރީ ނަފްސާނީ ގޮތުން ބަލިކަށިވެފައެވެ.އާރިން ފެނުނަސް އަހަރެން އިންނަނީ ބިރުން ސިހި ސިހި އެވެ.މުޅި މީހާ ފިނިވެގެން ގޮސް ގަނޑުވާ ވަރުވެފައެވެ.އޭނާ އަހަންނާއި ދޭތެރޭގައި އަމަލުކުރަނީ ޖަލުގައި ގައިދީއަކާއި ދޭތެރޭވެސް އަމަލު ނުކުރާނެހާ އިހާނެތިކޮށެވެ.އާރިން ނުކެއްކިޔަސް އަހަރެން އަމިއްލައަށް ކައްކާ ކައިބޮއެ ހަދާނެކަން އެނގޭތީވެ އޭނާ ކައްކަން ގެންގުޅޭ ގުރޯސަރީ ސާމާނުތަކާއި އެއްޗެހިވެސް އެޕާޓްމަންޓުން ނެރެ އުކައިލިއެވެ.ކާ އެއްޗަކަށް މުޅި އެޕާޓްމަންޓުގައިވެސް  އޭނާ ބަހައްޓާފައި ހުންނަނީ ހަމައެކަނި ފޫ ޖަހާފައި ހުންނަ ޕާނާއި ރޯ ކިރު ޕެކެޓްތަކެވެ.ރޯ ކިރު ބޮއެ ފިއްޔާ އަހަންނަށް ހޮޑު ލެވޭނޭކަން އޭނާއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ.ޕާން ފޮތިތަކުން ރަނގަޅަށް ހުންނަ ތަންކޮޅު ކޮޅު ނައްޓައިގެން ކާއިރުވެސް އެތައް ފަހަރަކު އަހަރެން އޯކަށް ދެމެއެވެ.ހުސް ހިކި ޕާން ކާން އުޅެގެން ކަރުގައި އަޅާ ވަރުން އަހަރެން އެ  އަރުތެރެއަށް އެތެރެ ކުރަން ޖެހެނީވެސް ގަދަކަމުން ފެން ފޮދަކާއި އެކުގައެވެ.

****

އަހަންނަށް އެ ނިކަމެތި ހާލު ޖައްސާފައި އާރިން ގިނަ ފަހަރު ކައި އުޅެނީ ބޭރުންނެވެ.އަނެެއްބައި ފަހަރު ޕިއްޒާ އެއްޗެހި އޯޑަރު ކޮށްގެން ގެނެސް ކައި ހުސްކޮށްލަނީ ބަނޑުހައިވެގެން ނިވައިގެންދާވަރުވެފައި އިންނަ އަހަރެންގެ ކުރިމަތީގައެވެ.އާރިން ބޭނުންވާ ގޮތަކީ އަހަރެން އެ އެޕާޓްމަންޓުގައި ބަނޑަށް މާރުލުން ކަންނޭނގެއެވެ.އެކަމަކު އޭނާގެ އެދުން ފުއްދަންވީމާ ކޮންމެ ރެއަކުވެސް ބައިތަށީގެ ކޮންމެވެސް ފާޑެއްގެ ބުއިމެއް އަހަންނަށް ދެއެވެ.އަހަންނަށް އޭގައި ލަނީ ގުލްކޯޒު ޕައުޑަރ ފެނަށް ގިރުވީމައި ލާ ކަހަލަ ރަހައެކެވެ.މުޅި ދުވަހު އަހަރެން ހިފަހައްޓަނީ އެ ކުޑަ ފެންފޮދުގެ ބާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.އަހަރެންގެ އެއޮއް ރީތިކޮށް ހުރި ހަށިގަނޑުވެސް ރަނގަޅަށް ކާން ނުލިބުމުގެ ސަބަބުން އެކަށް ހިކި އަނަރޫފަވެ މުޅި މިހާގެ ސިފަ ގެއްލުނެވެ.

****

އެއް ރެއެއްގެ ރޭގަނޑު އަށެއް ޖަހާކަންހާއިރެވެ.އާރިން ވަރަށް ހަމަޖެހިލައިގެން ސޯފާގައި ވެޑުވިލައިގެން އިނީ އޭނާ އޯޑަރު ކޮށްގެން ގެނައި ސަބްމެރިންއެއް ކާށެވެ.އާރިންގެ އަމުރަށް އޭނާ ދަހިކޮށް ކަމުން ދިޔަ މަންޒަރު ބަލަން އަހަންނަށް އެތަނުގައި އިންނަން ޖެހުނެވެ.އޭރުވޭސް އަހަރެން އިނީ ބަނޑުހައިވެގެން ގޮސް ހާންތިވާ ވަރުވެފައެވެ.އެހެނަސް ހަމަ މާތް ކަލާނގެއާއި ވަކީލުކޮށްލައިގެން އެ އަނިޔާވެރިޔާގެ އަތް ދަށުން މިންޖުވާނޭ ގޮތެއް މިންވަރުކޮށް ދެއްވުމަށް އެދި ހިތާއި ހިތުން ދުޢާކޮށްލަ ކޮށްލަ އިނީއެވެ.

****

އެޕާޓްމެންޓްގެ ބެލް އަޅަން ފެށުމުން އާރިން މާ ބޮޑު ފަރުވާލެއް ނެތި ގޮސް ދޮރު ހުޅުވައިލި ގޮތުން ހީވީ ކާކުކަން އެނގިގެން ދޮރު ހުޅުވައިލިހެންނެވެ.އެހެނަސް ދެވަނަ ސިކުންތު އޭނާ ސިހުމެއް ލިބުނު ފަދައަކުން ދޮރު ލައްޕަން އުޅެގަތެވެ.އެހެނަސް ބޭރުގައި ހުރި މީހަކު އޭނާއަށްވުރެ ހުޝިޔާރުކަން އެނގުނީ ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތީމައެވެ.އެވަގުތު ދެލޯ ބޮޑުކޮށްލާފައި އަހަންނަށްވެސް އިން ތަނުން ތެދުވެވުނީ އެޕާޓްމަންޓް ތެރެއަށް ވައްދައިލި ރުޅި އައިސް ރަތްވެފައި ހުރި ހައިދިން ފެނިފައެވެ.އަހަންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

****

’ނުލަފާ ކަލޭގެ! ބަލާބަލަ އެފަކީރަށް ޖައްސާފައި ހުރި ހާލު…‘އަހަރެން އިން ހާލު ފެނިފައި ހައިދިން އައިސްފައި ހުރި ރުޅި ދެގުނަވިއެވެ.އޭނާ ހީވަނީ ދެންމެ ދެންމެ އާރިން ގައިގައި ތަޅައިގެންފާނެހެންނެވެ.  އެހެނަސް އޭނާ  ވަރަށް ކެތްތެރިވަމުން ދާކަން އޭނާގެ އޭނާގެ މުށްކަވާލެވިފައިވާ ދެއަތުން އެނގެއެވެ.

****

’ބަލަ ކަލޭ ތީ ކާކުތަ މިތަނަށް ވަންނަން ..އެއީ މަގޭ އަންހެނުން…މަ ބޭނުން ގޮތެއް ހަދާނީ..ކަލެއާ ބެހޭ ކަމެއް ނޫން.މީ މަގޭ ގެ…ހުއްދަ ނުހޯދާ މީހުންގެ ގޭ ގެއަށް ވަދެގަނެގެން އުޅޭކަށް ކައެ ތީ ކާކު…މީ ކައެއާ ބެހޭ ކަމެއް ނޫނޭ…ހަމަ މިހާރު މިތަނުން ނުކުމޭ!‘ އާރިންވެސް ރުޅި އައިސްފައި ބުނެލި އެވެ.

****

’މައްސަލައެއް ނެތް މިހްރާއަކީ ކަލޭގެ އަނބިމީހާއޯ…އެކަމަކު ކަލޭ އޭނާ ތި ގެންގުޅެނީ އަޅެއްހެން ރަހީނުކޮށްގެން…ހެޔޮކޮށް ވިއްޔާ ކާ އެތިކޮޅެއްވެސް ނުދީ…ބަލާބަލަ އެކުއްޖާ ހުރިގޮތް…ހިކި އަނަރޫފަވެފަ…އައި ހޭވް ބިން ކީޕިން ޓެބްސް އޮން ޔޫ….ކަލޭގެ ހަގީގަތް މިހާރު ޅއަހަންނަށް އެނގިއްޖެ. އިތުރަށް އޮޅުވާލަން ހިތަށްވެސް ނާރުވާތި.. މިހްރާގެ އާއިލާ މިހްރާއާ ދޭތެރޭ ކަންބޮޑުވެފައި ތިބިވަރު އަހަންނަށް ފެނުނު…އެކަމަކު ކަލޭ އެމީހުން ކައިރީ ބުނީ ކީކޭ؟…ތިމަންނަ މިހްރާ ގޮވައިގެން ބޭރު ގައުމެއްގައޭ…ކާކު ގަބޫލު ކުރާނީ…؟ކަލޭ ތިއުޅެނީ ހިތުން ވަރަށް ވަގަށް ވިއްޔާ ދަން ވެއްޖިއްޔާ އެއް ގެސްޓް ހައުސްއިން އަނެއް ގެސްޓް ހައުސްއިން އަންހެނުން ކައިރިއަށް ޖައްސަމުން…ކަލޭ ހީކުރީތަ އެންމެން ކަލޭގެ ވާހަކަ ގަބޫލު ކުރާނޭ.. ބަލަ އެ މަންޒަރުތައް ފެންނާނޭ ބަޔަކުވެސް އުޅޭނެދޯ…ކަލޭ ހަމަ އެހާ ގަޅިތަ؟އަހަންނަށް ފުރަތަމަ އެ އަޑު އިވިފައިވެސް ޔަގީންވި ކޮންމެވެސް ނުބައެއް އެބަ އުޅޭކަން…މިކަމުގައި ކަލޭގެ އަތެއްވޭކަން…ދެނެއް ސަލާމަތެއް ނުވެވޭނެ އިނގޭ… ބަޗަން ހިތަށްވެސް ނާރުވައްޗޭ… ގޮޅިއަށް ދާން ރެޑީވޭ…‘ ހައިދިން އަޑަށް ބާރުލާފައި ރުޅިވެރިކަމާއި އެކުގައި ބުނެލިއެވެ.

****

އާރިންގެ މޫނުމަތިން ހާސްކަން ފާޅުވެލިއެވެ.އޭނާ ނުވެސް ވިސްނާ ހުއްޓާ ހީވެސް ނުކުރާ މީހަކަށް ފަޅާ އަރައިގެން އެތަނަށް އައިސްފާނޭ ހީކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟ ހައިދިންއާއި އާރިން ބައްދަލުވީވެސް އަހަންނަށް އެނގިގެން އެންމެ ފަހަރަކުއެވެ.

****

’މިހޫ އާދޭ ދާން…‘ ހައިދިން އަހަންނަށް އަތް ދިއްކޮށްލަމުން އާރިންއަށް އަލިފާން ނަޒަރެއް ދީފައި ބުނެލިއެވެ.އަހަރެން ދުވެފައި ކަހަލަގޮތަކަށް އައިސް ހައިދިންގެެ އަތުގައި ހިފަން އުޅުމުން، އާރިން އެކަމަށް ހުރަސް އަޅަން އަވަސްވެގަތް ނަަމަވެސް އޭނާއަށްވުރެ ހައިދިން މާ ހުޝިޔާރެވެ. އޭނާ އަހަރެންގެ އަތުގައި ހިފި ގޮތަށް ގާތަށް ދަމާލައި،ގެނެސް އޭނާގެ ފުރަގަހަށް ވާނޭހެން އެއްފަރާތް ކޮށްލާފައި، އަހަންނަށް ހިމާޔަތް ދިނެވެ.

****

’ޚަބަރުދާރު…މިހްރާ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް ކަލޭގެ ދެއަތް ބިންދާލާނަން!‘ ހައިދިން ބާރަށް ބުނެލި އެވެ.

****

’ މިހްރާއަކީ އަދި މަގޭ އަނތްބެއް… އޭނާގެ މައްޗަށް ހިނގާނީ މަގޭ ބާރު …މީ އަދި ކާކުތަ…ކަލޭ ރަނގަޅުވާނީ ނުބެހޭ ކަންތައްތަކާ ނުބެހި މަޑުން ހުރިއްޔާ…އެއީ މަގޭ އަންހެނުން އޭނާއާއި މެދު ގޮތް ނިންމާނީ އަހަރެން… ކަލެއެއް ނޫން…‘ އާރިން ހަޅޭއްލަވައިގަތެވެ.އޭނާގެ އަޑަށް ވެސް އަހަރެން ދަނީ ސިއްސަ ސިއްސައިގެންނެވެ.އެކަން ހައިދިންއަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ.

****

’ކަލޭ ކަނުތަ؟ ކަލޭ އަނގައިން ބުނާ އަޑު އިވިފައިވެސް އެކުއްޖާ އެ އިންނަނީ ބިރުން ސިހި ސިހި… ނިކަން ބަލާބަލަ މިހްރާ ހުރި ގޮތް…ކަލޭ ހާދަ އަނިޔާއެއްކޮށްފައޭ އެހުރީ އޭނާއަށް…އެ ހާލުގައި އެފަކީރު ނުތަޅުވާ ވަރި ކުރި ނަމަވެސް މާ ރަނގަޅުވީހެއްނު..ކަލޭގެ އިންސާނިއްޔަތުކަން ކޮބާތަ؟.. ޖަނަވާރެއް ވެސް ހެޔޮވާނެ ކަލެއަށް ވުރެ.‘ހައިދިންގެ އަޑުގައި, ރުޅިވެރިކަންވި ނަމަވެސް އެ އަޑުގައި އަހަންނަށްޓަކައި ހަމްދަރުދީވެސް އެކުލެވުނެވެ.އަހަރެން އިން ހާލު ފެނިފައި އޭނާއަށް އަސަރުކޮށްފައި ހުރިވަރު އެ މޫނުމައްޗަށް ބަލައިލުމުން ވަރަށް ރީތިކޮށް އެނގެއެވެ.ދެމެދުގައި ގާތް ކަމެއް ނެތަސް ހައިދިން އަހަންނާއި ދޭތެރޭ ވިސްނާލިވަރު ފެނިފައި އަހަރެން އަޖައިބުވިއެވެ.ބުނެދޭން ނޭނގޭ ފަދަ އިހުސާސްތަކެއް ކުރުވިއެވެ.އޭނާއާއި ދޭތެރޭ ފުންކޮށް ވިސްނާލަން އަހަރެންގެ ހިތާއި ސިކުނޑިވެސް ހީވީ މަޖުބޫރުކޮށްލިހެންނެވެ.

****

އަހަރެން ދިޔަ ނުދޭން ވެގެން އާރިން އައިސް ހައިދިންގެެ ގަޔަށް ބޮލަށް އަރައިގަތެވެ.ހައިދިންވެސް ދޫނުކޮށް ހަމަލާއަކަށް ހަމަލާއެއް ބަދަލުކުރަމުން ދިޔައިރު ދެކަންފަތުގައި އަތް އަޅައިގެން އަހަރެން އިން އިރު ބިރުން ގޮސް އަހަންނަށް ރޮވެމުން ދިޔައެވެ.ހައިދިންއަށް އާރިން ހިފަހައްޓައި ނުލެވިއްޖިއްޔާ އަނެއްކާވެސް އަހަރެން އާރިންގެ އަތް ދަށުވާނެތީ އަހަރެން އެކަމާ މާ ބޮޑަށް ވިސްނައިލީއެވެ.

****

އެ ދެމީހުން ތަޅާ ފޮޅަ ފޮޅާ ތިއްބާ އެޕާޓްމަންޓަށް އައިސް ވައްދާލީ ފުލުހުންގެ ޓީމެކެވެ.އާރިން ބިރުން ތެޅިގެންފައި ހައިދިންގެ ގައިން އަތް ދޫކޮށްލުމުން ހައިދިންވެސް ދުރަށް ޖެހިލިއެވެ. އޭނާ އައިސް އަހަރެންގެ ގާތަށް ހުއްޓި އަހަރެންގެ ދެކޮނޑުގައި ހިފައިލާފައި ރަނގަޅުތޯ ސުވާލުކޮށްލިއިރު އެ މޫނުން ފާޅުވޭވޭ ހުރީ ކަންބޮޑުވެފައި ހުރި ކަމުގެ އަސަރުތަކެވެ.އޭނާ އަހަންނާއި މެދު ވިސްނާވަރާއި އަހަންނާއި ދޭތެރޭ ބަހައްޓަމުން ދިޔަ ގާތްކަން ފެނިފައި އަހަރެން އިނީ ބުނާނެއެއްޗެއް ވެސް ނޭނގިފައެވެ.އެއީ ހަމަ އޭނާގެ ބޭބޭ އަހަރެންގެ ދޮންތައާއި ކައިވެނި ކުރަން އުޅޭތީ އޭނާ އަހަންނާއި ދޭތެރޭ ބަހައްޓާ ގާތް ކަމެއްބާއޭ ހިތަށް އެރިއެވެ.

****

އަހަންނަށް ލިބިފައި ހުރި އެކި ވަރުގެ އަނިޔާތައް ފުލުހުން ބަލައި ޗެކްކޮށް އަހަރެންގެ ބަޔާން ނެގުމަށްފަހު ގެވެށި އަނިޔާގެ ކުށުގައި އާރިން ހައްޔަރުކުރުމުން އަހަންނަަށް ހިތާއި ހިތުން މާތް ކަލާނގެ ކިބައަށް ހަމްދުކޮށްލެވުނެވެ.

****

އާރިން ހައްޔަރުކުރިކަން އެނގުމުން ދެފަރާތުގެ އާއިލާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.އާރިން އަހަންނާ ދޭތެރޭ ކަންތައްތައް ކުރި ގޮތް އެނގުމުންވެސް އޭނާގެ އާއިލާ ބުރަވީ އެމީހުންގެ ލެޔަށެވެ.މާ ހެޔޮ އެދޭކަމަށް ހެދިގެން އުޅެ އުޅެފައި އެ އާއިލާގެ އެންމެންގެ ހިގީގީ ކުލަވަރު އަހަންނަށް ދައްކައިލީ ދެނެވެ.އާރިންގެ ބޭބެއާއި ދައްތަވެސް އަހަންނަށް ގުޅައި އެއްޗެހި ގޮވައިލިއިރު ހީވީ އާރިންއަށް އަނިޔާކޮށްގެން އުޅެނީ އަހަރެންހެންނެވެ. އެމީހުން އަހަރެން ބަދުނާމުކޮށް އަހަންނޭ ކިޔައިގެން ނުކިޔާ އެއްޗެއް ނެތެވެ.

****

’ފުރަތަަމަ އާރިން ފެނުނު ދުވަހުވެސް ސަމްތިން ފެލްޓް ރިއަލީ އޯފް އެބައުޓް ހިމް..ހީ ލުކްޑް ވޭގްލީ ފެމިލިއަރ…ކުރިން ކޮންމެވެސް ތަނަކުން ފެނިފައި ހުރި  ކަހަލަ ހަނދާނެއް ވި ..އޭރު އެކަމަކު ވިސްނާ ވިސްނާވެސް އަހަރެންގެ ހަނދާނަކަށް ނައި.ދެން މާ ފަހުން އެއް ރެއަކު ނުނިދިގެން ބޯ ހަމަ ޖައްސާލަންވެގެން ރައްޓެއްސަކާއެކީ ކޮފީއަކަށް ގޮސްފައި ގެއަށް އައި މަގުމަތީގައި ފެނުނީ ގެސްޓް ހައުސްއަކަށް އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ވަންނަނިކޮށް.ދެން ހަމަ ޓަސްލާފަ ހަނދާނަށް އައީ… ކުރިންވެސް މަށަށް އޭނާ ފެނުނީ ހަމަ އެފަދަ ގޮތަކަށް އެހެން އަންހެނެއް ގޮވައިގެން އުޅެނިކޮށްކަން. އެހިސާބުން އެނގިއްޖެ ވަރަށް އަންހެނުންގެ ކަންތައް ބޮޑު ގޮލައެއްކަން…އޭގެ ފަހުން އަދި ނޫޑްސް އަޅާ ޓެލެގްރާމް ޗެނަލެއްވެސް އޭނަ ހިންގާކަން އެނގުނީ…އެ ހިސާބުން އައި ގޮޓް ދި ޕޮލިސް އިންވޯލްވްޑް…އެކަމަކު މިހޫއަށް އޭނާ އަނިޔާ ކުރާކަން އަހަންނަށް ނަގައިގަނެވުނީ އެއް ދުވަހަކު މިގެއަށް އައި ތަނާ މަޒޫ ދެއްކި ވާހަކައަކުން…މިހޫ ނާންނަ ވާހަކައާ އާރިންއަކީ ރަނގަޅު މީހެއް ކަމާއިމެދު ހިތް ޝައްކުވާ ވާހަކަ…އަނެއްކާ އަނިޔާ ކުރަނީ ބާއޭ ކިޔާފަ ވަރަށް ކަންބޮޑުވެގެން އުޅުނު އެދުވަހު…މިހޫ ފޯނުން ވާހަކަ ދެއްކިޔަސް އިސްވެ ނުގުޅުމާ މެސެޖަށް ރިޕްލައި ނުދިނުމާ..ގުރޫޕް ޗެޓަށް އެއްވެސް ވަރަކަށް ޚަބަރު ނުވުމާ…ދެޓް ވޮޒް އަން ލައިކް ޔޫ އޭ އެދުވަހު މަޒޫ ބުނީ…،‘  އަހަރެން ގޮވައިގެން ގެއަށް ގޮސްފައި ގޭތެރެ ހަމައަކަށް އެޅިލުމުން ހައިދިން އެންމެނަށް އޮޅުންފިލުވައިދިނެވެ.އަހަރެންގެ ސަލާމަތްތެރިކަމާއި މެދު ސުވާލު އުފެދުމުން އަހަރެންގެ ހާލު ބަލައި،  އެ އަނިޔާވެރިކަމުން އަހަރެން ސަލާމަތް ކޮށްދިނީތީ އަހަރެންގެ ހިތް ހައިދިންއަށްޓަކައި ޝުކުރުން ފުރުނެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ގާތުގައިވި އަނދިރިކަން 8-2

Next

ސިއްސުވާލި މަސްތުވާތަކެތީގެ ވަނަވަރު!

Next
October 4, 2025

ސިއްސުވާލި މަސްތުވާތަކެތީގެ ވަނަވަރު!

Previews
October 4, 2025

ގާތުގައިވި އަނދިރިކަން 8-2

5 Comments!

  1. 🌺🌹N🌹🌺 says:
    October 4, 2025 at 8:08 pm

    Vrh vrh reethi maasha Allah…
    Aaron ah ever Hamamatsu rangalhah….
    Haidhin and mihra gulhuvaa dhen ….
    When next?

    1. Anonymous says:
      October 9, 2025 at 11:50 pm

      adhi ves mihra meehunna guluvan v tha let her heal first girl is traumatized

    2. Lamtty Lamtty says:
      October 12, 2025 at 5:57 pm

      Thank you N
      Let’s see dho alhe vaa gotheh.
      Thank you for your feedback 😊

  2. lily says:
    October 9, 2025 at 11:48 pm

    glad shes finally out honestly if haidhin wasnt paying that much attention to her i dont know what would have happened and honestly guys just leave when you have the chance dont bother trying to confront or asking him to divorce you

    1. Lamtty Lamtty says:
      October 12, 2025 at 5:57 pm

      Thank you Lily
      Yeah exactly 💯
      Thank you for your feedback ☺️

Comments are closed.

Next Episodeމާސްކު (ޕާޓް 21)←


All Right Reserved!