ވަރިހަމައޭ ހިތަށް އަރުވާލައިފައި ހިތްވަރު ދޫނުކުރަން ވެގެން ދެން އަހަރެން ވަންނަން ދިމާކުރީ އެ އަނދިރި ގޯޅިގަނޑަށެވެ.’ޝޯޓު ކަޓަކީ‘ އެއީ ކަމަށްވާތީއެވެ.މިއޮއް ވާރޭގައި ދެން މާ ދުރުން އެހެންތާކަށް ދާހާ އަހަރެން މުރާއްޔެއް ނޫނެވެ.ހިތަށް އެރިއެވެ.އެއީ ދެން އެންމެ ފަސޭހަ އޮޕްޝަންއެވެ.ހަމަ ކުޑަ ކުޑަ ހިތްވަރެކެވެ.އޭރުން މިރޭ ޔަގީނުންވެސް ރާމެން ކާން ލިބޭނެއެވެ. **** ފިހާރައިން ނުކުމެގެން އަހަރެން ގެއަށް ދާން ހިނގައިގަތީ ރާމެން ޕެކެޓްތައް ލާފައި އޮތް ކޮތަޅު ކޯޓުގެ ދަށަށް ލައި […]
’އާރިންއަކީ ކަލޭ ތި ހީކުރާ ކަހަލަ ރަނގަޅު މީހެއް ނޫން…‘ އެ މެސެޖުގައި އޮތެވެ.އަހަރެންގެ ހިތް އޮބި ނޯންނަހާ ބާރަށް ތެޅިގަތެވެ.މިހާރު މި ކޮންކަމެއް ހެއްޔެވެ؟ **** ހަމަ ގައިމުވެސް އެއީ އާރިންއަކީ ކާކުކަން ވަރަށް ރަނގަޅަށް ދަންނަ މީހެކެވެ.އަދި އެ މީހަކަށް އަހަންނަކީ އޭނާގެ އަނބިމީހާކަންވެސް އެނގެއެވެ.އެހެންވީމާ އެ ފާޑަށް އެމީހަކު އަހަންނަށް މެސެޖް ކުރުމުގެ ބޭނުމަކީ އާރިންއާއި މެދު އަހަރެންގެ ހިތުގައި ޝައްކު އުފައްދަައި، އަހަރެމެން ދެމީހުންގެ ދޭތެރޭގައި މައްސަލަގަނޑެއް ހިލުވައިލުން ހެއްޔެވެ؟ އާޚިރު […]
އެ އާއިލާގައި ތިބެނީ އިހާންއާއި ހައިދިން އެކަންޏެވެ.ވަރަށް ކުޑައިރު އެ ދެމީހުންގެ މައިންބަފައިން ވަނީ ނިޔާވެފައެވެ.ބަލާ ބޮޑުކުރީ މައި ފުށުގެ ބޮޑުދައިތައެކެވެ.އެހެނަސް ބޮޑުދައިތަވެސް މިހާރު ވަނީ ނިޔާވެފައެވެ.ދެމީހުންގެ ނަންމަތީގައި މައިންބަފައިންގެ ފަރާތުން ވާރުތަވި ގޯއްޗެއް އޮތްއިރު އެ ގެ ވަނީ ހަމައަށް މީހަކަށް ފަސް ފުލޯގެ މަގުން ބަހައިފައެވެ.ދެބެން ހިއްސާ ވެގެން ހިންގާ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެއްވެސް އޮވެއެވެ. **** ހައިދިންގެ ބެލުންތަކުން އަހަންނަށް އެހާ އުނދަގޫވެފައި އިންދާ އާއިލާގެ މެންބަރުން ކިޔައިދެމުން ގޮސް ބައްޕަ އަހަންނާއި […]
އެންމެ ފަހުން އަހަންނަށް އެ ބިސްގަނޑުވެސް ހުސް ކުރެވުނީ ގަދަކަމުންނެވެ.އަހަރެން ކޭލެއް މަދު ކަމުން އާރިން ވަރަށް ޝަކުވާވެސް ކޮށްލިއެވެ.އޭނާއާއި ހެދި ކެއުންވެސް ޚަރާބުވީދޯއޭ ކިޔައި އަމިއްލަ ނަފްސު ކުށްވެރިކޮށް ވާހަކަ ދައްކަން ފެށުމުން އަހަންނަށް އެކަމުން އުނދަގޫވިއެވެ. **** ނަސީބަކުން ސައިބޮއެ ނިމިގެން އާރިން އާދައިގެ މަތިން ފިހާރައަށް ދާން ނުކުތެވެ.އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަން، އެކަނިވެލަން ލިބޭނެ އިރަކަށް އަހަރެން އިނީ ބަލަ ބަލައެވެ.މާއިރާ މެންދުރަށް ކައްކާފައި އަހަރެން […]
އަހަންނަށް ޚާއްސަ ކުރެވިފައިވާ މާސްކު މޫނުގައި އަޅައި ހެޔޮވަރުކޮށްލިހެނެއް ހިޔެއް ނުވެ އާރިން އެއްލި އަތުން އަހަރެންގެ މެދުހަށީގައި ހިފައި އޭނާއާއި ގާތަށް ދަމާލައިފިއެވެ. **** ’ޔޫ ޑްރައިވް މީ ކްރޭޒީ މިހްރާ!‘ އާރިން އަހަރެންގެ ކަންފަތް ބުޑުގައި އެހެން ބުނެލާފައި ދެވަނަ ސިކުންތު އަހަރެން ނަގައި އުރައިލި ގޮތަށް އެނދުމައްޗަށް އެއްލައިލިއެވެ. އަހަންނަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.އާރިން އެފަދަ ކަމެއް ކޮށްފާނެ ކަމަށް އަހަރެން ހިއެއްވެސް ނުކުރަމެވެ.އަހަރެން ހުރީ އެފަދަ ކަމަކަށް ތައްޔާރުވެގެނެއްވެސް ނޫނެވެ. […]
’އައިލް ފިނިޝް ވަޓް އައި ސްޓާރޓެޑް…ވެއިޓް ފޮރ މީ އެޓް ހޯމް…‘ އަހަރެން ނުކުމެ ނުކުމެ ހުއްޓައި އާރިން މަޑު މަޑުން ބުނެލި އަޑު އިވުނެވެ.އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. **** އަހަރެން އާރިންގެ ކެބިން އިން ނުކުމެގެން ދޮންތަ ހުއްޓިލައިގެން ހުރި ދިމާލަށް މިސްރާބު ޖެހިއިރުވެސް ދޮންތަ ދިޔައީ ހުއްޓުމެއް ނެތި އަހަންނަށް ގުޅަމުންނެވެ.ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ދެފަރާތަށް ކަޅި އުކަމުން ދިޔަ ގޮތުން ދޮންތަ ހާސްވެފައި ހުރިވަރު އަހަންނަށް އެނގުނެވެ.އަހަރެން […]
އަހަރެން މެންދުރަށް ކާން ހަދައިގެން މޭޒުމަތީގައި ތަށިތައް އަތުރައިގެން އިނދެ އިނދެވެސް އާރިންއެއް ކާކަށް ނައެވެ.އެއީ މިވީހާތަނުގައި ކަން ހިނގި ގޮތެއް ނޫނެވެ.ކޮންމެ ތަނެއްގައި ހުރެފައިވެސް މެންދުރު ކާން ގެއަށް އައުމަކީ އޭނާގެ އާދައެކެވެ.ލަސްވިޔަސް ގުޅާފައި ނޫނީ މެސެޖް ކޮށްފައި އޭނާ އެވާހަކަ ބުނެއެވެ.ގުޅަން ހިތަށް އަރާފައިވެސް ފަސްޖެހެވުނީ އާރިންއަށް އުނދަގުލެއް ކުރެވިދާނެތީއެވެ.އެހެނަސް އަސުރުވެގެން ދިޔައިރުވެސް ޚަބަރެއް ނުވުމުން އަހަރެންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. **** އެންމެފަހުން ހިތަށް އުނދަގޫވެގެން ކާން ނާންނަނީތޯ އަހާފައި އަހަރެން އާރިންއަށް […]
’ހޭލެވުނީތަ؟!‘ އަހަންނަށް އަހައިލެވުނެވެ. ’ހޫމް…ބޭބީ އެހާ ލޯބިން ބީހިލީމަ ދެން އަހަންނަށް ވަކި ނިދާފައި އޮވެވޭނެތަ؟ އާދެބަލަ…އައި ނީޑް ޔޫ ރައިޓް ނައު…‘އާރިންގެ ނިދި ބަރު އަޑު އިވިފައި އަހަރެންްގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. **** އަހަންނަކަށް އެއްޗެކޭ ބުނާކަށްވެސް އާރިން ފުރުސަތެއް ނުދިނެވެ.އޭނާގެ ބާރުގަދަ ދެއަތުގެ ތެރޭ އަހަރެން ހައްޔަރުކޮށްލުމުން އޭނާގެ ބީހުންތަކަށް އިސާހިތަކު އަހަންނަށްވެސް މަރުހަބާ ކިޔުނެވެ.އާރިންގެ ކޮންމެ ހަރަކާތެއްވެސް އަހަންނަށް ޖާދޫއެއް ޖައްސަމުން ދިޔަ ކަހަލައެވެ. **** އާރިންއާއި އެކު […]
’ކިހިނެއްވީ؟‘ އަހަރެންގެ މޫނަށް ގެނެވުނު އެ ކުޑަ ހަރަކާތްވެސް އާރިންގެ ލޮލުގައި އަޅައިގަތެވެ.އެއްޗެކޭ ބުނުމުގެ ބަދަލުގައި އަހަރެން ކަމެއް ނޫނޭ ބުނާ ކަހަލަ ގޮތަކަށް ބޯ ހޫރައިލީމެވެ.ނަސީބަކުން އާރިންވެސް މާ ބޮޑު ކަމަކަށް ނުހަދާ ކިރު ތަށްޓެއް އަޅާފައި އަހަންނަށް ދިއްކޮށްލިއެވެ.ކިރު ތަށި ފެނިފައިވެސް އަހަރެން މޭ ބޮޑު ކުރަން ފެށިއެވެ. **** ކިރު ތަށި ހަމަ ބޮއެ ހުސްކޮށްލެވުނު ތަނަކާއިހެން އަހަރެން އޯކަށް ދެމިގަތެވެ.ތެދުވެގެން ދުވެފައި ފާޚާނާާއާއި ދިމާލަށް ދުއްވައި ގަތުމުން ކަންބޮޑުވެފައި އަހަންނަށް ގޮވަމުން […]