(ނޯޓް: މި ހިސާބުން މިވާހަކަ ނިމުމަކަށް އައީއެވެ.މި ވާހަކަ ގެނެސްދިނުމުގައި އަޅުގަނޑަށް އެކި ކަހަލަ ގޮންޖެހުންތަކާއި ކުރިމަތިވިއެވެ.ގިނަ ދުވަސްތަކެއް ވާންދެން ޕާޓްތައް ނުގެނެސްދެވި ލަސްވި އެވެ.ނަމަވެސް ކިޔުންތެރިންގެ ފަރާތުން ލިބުނު ހިތްވަރާއި އެއްބާރުލުމަށް އަޅުގަނޑު ފަށްފަށުން ޝުކުރުވެރިވަމެވެ.މި ވާހަކަ ކިޔުންތެރިންނަށް ކަމުދިޔަކަމަށް އުންމީދުކުރަމެވެ.) އަހަރެން ސައިކަލުގައި ގޮސް ދޮންތަމެން ގޭ ކައިރިއަށް މަޑުކޮށްލުމުން ވަރަށް ގަޔާނުވެފައި ޝާއީ ކުސްތަޅައިލިއެވެ.އަހަރެންވެސް ވަކި އެންމެ ހިނދުކޮޅަކަށްވެސް ޝާއީއާއި ދުރުގައި ހުންނާކަށް ބޭނުމެއްނޫނެވެ.އެހެނަސް ކައިވެނީގެ ގޮށް ޖަހާލެވެންދެން އަހަރެމެންނަކަށް އަދި […]
ކައިވެނި ކޮށްދޭ މީހުން އައުމުން އަހަރެމެން ތައްޔާރުވާން ތިބި ކޮޓަރީގެ ދޮރުގައި ޓަކި ދީފައި އަވަހަށް ނުކުތުމަށް ބައްޕަ އެންގިއެވެ. އަހަރެން ފިނިވެފައި އިން ތަން ފެނި އެންމެން އަހަރެންގެ ގާތަށް ޖެހިލައި ބިރު ނުގަންނާށޭ ކިޔައި ހިތްވަރު ދޭން ފެށިއެވެ. **** ސިޓިން ރޫމްގެ މެދަށް ވާގޮތަށް ބަހައްޓާފައި ހުރި ހުދު ފޮތި އެޅި ދިގު މޭޒުގެ ދެފަރާތުގައި ކައިވެނީގެ މަޖިލީހަށް ހާޒިރުވެ ތިބެން ޖެހޭ އެހެން އެންމެން އިށީނދެ ތިއްބެވެ.އެ އެންމެންގެ ތެރެއިންވެސް އާރިންގެ […]
’ޝާއީ؟!‘އެނދުމަތީގައި އިށީނދެލައިގެން ހިނިއައިސްފައި، އަހަރެންްގެ އިންތިޒާރުގައި އިން ޝާއީ ފެނުމުން އަހަންނަށް ވީ ގޮތްވެސް ނޭނގުނެވެ.އަހަަރެން ފެނުނުހާއިރަކަށް އޭނާ ތެދުވެގެން އައި ގޮތަށް އަހަރެންްގެ ކަނދުރާގައި އެލިގެންފިއެވެ. **** ’ސަޕްރައިޒް ބޭބީ!…ހެޕީވެެއްޖެތަ؟!‘ ޝާއީ ބޯ އަރިކޮށްލާފައި ވަރަށް ލޯބިން ބުނެލިއެެވެ. **** ’އޮފްކޯޒް…އައި މިސްޑް ޔޫ ސޯ މަޗް ބޭބީ .ހެޕީ ވާނީ މިވަރަކަށް ދެން.ކޮން އިރަކު އައީ….؟‘އަހަރެން ޝާއީގެ ނިއްކުރީގައި އަހަރެންގެ ނިއްކުރި ޖައްސާލައިގެން ހުރެ ބުނެލީމެވެ.ޝާއީ ފެނިފައި އަހަރެންގެ ހިތުގެ ތެޅުން އޮބިނޯންނަހާ ބާރުވެއްޖެއެވެ.އެ […]
ހިތްތައް މޮޔަކުރުވާފަދަ ޖާދުވީ ހިނިތުންވުމެއް ވެރިކުރުވައިގެން އަހަރެންގެ ކުރިމަތީގައި ހުއްޓި އެހުރީ އަހަރެންގެ ދެލޯ އެދި ހޯދަމުން ދިޔަ ރީތި ހުސްކުރި ޒުވާނާއެވެ.އަހަރެންގެ އާރިންއެވެ.ގަދަ އަޅި ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއްގައި އޭނާ ފެންނަލެއް ފިރިހެންވަންތަކަމާއި ފުރިހަމަކަމުން އާޝޯޚުވެފައި، ކަޅި ޖަހާލަން ވެސް ހަނދާން ނެތިފައި، ބަލަހައްޓައިގެން އަހަންނަށް ހުރެވުނީއެވެ. **** ’އަނހާ…އާރިން… އަވަހަށް ވަދޭ…‘ އަހަރެން ހުއްޓުން އަރާފައި ހުއްޓާ ބައްޕަ އައިސް އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ފަހަތުން ބޯ ދިއްކޮށްލާފައި ބުނެލިއެވެ.ސިހިފައި […]
އިފްރާހުގެ އެދުން ގަބޫލުކޮށް އަހަރެން ބޮޑުދައިތައާއި ބައްދަލުކުރަން އެގެއަށް ދާން އެއްބަސްވީމެވެ. އަހަރެން އާނބަސް ބުނުމުން އޭނާ ހުރީ ނިކަން އުފަލުންނެވެ.އަހަރެން މީ ކާކުކަން އެނގުމުން ބޮޑުދައިތަ ވަރަށް އުފާވާނޭ ބުނީ މާނަވީ ހިނިތުންވުމަކާއި އެކުގައެވެ. **** އިފްރާހުއާއި އެކުގައި އޭނާގެ ގެއަށް ދާން އަހަރެން މިސްރާބު ޖެހިއިރު މުޅި ޖައްވުގައި ހިފާލައިފައިވީ ކަށިތައް ތޮރުފައިލާ ފަދަ ފިނިކަމެކެވެ.ވިއްސާރަވާން އުޅޭކަމުގެ ސިގްނަލް ދެމުން ޖެހެމުން ދިޔަ ފިނި ފިނި ވައިރޯޅިތައް ފަހަރަކަށްވުރެ ފަހަރެއް ބާރު […]
އާރިން ފަސްދީ ދާތަން ބަލަން ހުރި އިރު އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައީ އެހެން މިހެންނަކުން ނޫނެވެ.އާރިން އެ އުޅެނީ ކީއްކުރަން ބާއެވެ؟ **** ’ކޮންގްރާ މިހޫ!‘ ގިނަ ބަޔަކު އެއްފަހަރާ ބާރަށް ބުނެލި އަޑު އިވިފައި އަހަރެން ދިޔައީ ސިއްސައިގެންނެވެ.އޭރު އަހަންނަށް އެއްކޮށް ސިޑިން މައްޗަށްވެސް ނޭރެއެވެ. **** އަހަރެންގެ ކާމިޔާބީ އާއިލާއިން މިހާ ކުލަގަދަކޮށް ފާހަގަ ކޮށްފާނެ ކަމަކަށް އަހަރެން ހިއެއްވެސް ނުކުރަމެވެ.ކެއުމަކަށޭ ކިޔާފައި އަހަރެން ގެންދިޔައީ އަހަންނަށްޓަކައި ތައްޔާރުކުރެވިފައިވާ ސަޕްރައިޒް ޕާޓީއަކަށެވެ.ރެސްޓޯރަންޓެއްގެ […]
އެއްވެސް ކަމެއްވެސް އަބަދު އެއްގޮތަކަށް ނޯންނާނެއެވެ.ހަމަ އެ ބީދައިން އެއް އަޑަކަށް ދެކެވުނު ’މުތާގެެ‘ ވާހަކަވެސް މަޑު މަޑުން ގޮސް އޮބިއްޖެއެވެ.އެހެނަސް އަހަރެންގެ އާއިލާއަށް ލިބުނު ހީނަރުކަމުން އަރައިގަންނަން ވަގުތު ނެގިއެވެ.ބޭރު ފުށުން ކިތަންމެ ހަމަ ޖެހޭހެން މީހުންނަށް ހީވިޔަސް އެކަމުގެ ސަބަބުން އަހަރެމެންގެ ހިތަށް ކޮށްފައިވާ އަސަރެއް މީހުންނަކަށް ނޭނގޭނެއެވެ. **** އެ އުނދަގޫ ވަގުތުތަކުގައި އަހަންނަށް ހެޔޮއެދޭ އެންމެން ދިން ހިތްވަރާއި ވެދިން އެހީތެރިކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.ޚާއްސަކޮށް އަހަރެން ފުރާނަ ފަދައިން […]
ފޮތެއްގެ ބަނޑޭރި ގަނޑަށް ބަލައިގެން ފޮތުގެ އެތެރޭގައި އޮންނަ އެއްޗަކާއި މެދު ގޮތް ނިންމާނީ ވަރަށްވެސް ބޮޑު މޮޔައެކެވެ.ރީތި އެއްޗެއްސަށް ލޯބި ކުރުމަކީ އަހަރެމެން އިންސާނުންގެ ޠަބީޢަތުގައި ލައްވަވާފައިވާ ސިފައެކެވެ.ޚުދު އަހަރެންނަށްވެސް ވީ އެފަދަ ގޮތެކެވެ.ލޯބިން ހިތް ހިބައިން ދެވުނީ ރީތިކަން ހުސްކޮށްލައިގެން ހުރި ޖާދޫވީ ޒުވާނަކަށެވެ.އެހެނަސް އެކަން ވީ އަހަރެންގެ މުޅި ޙަޔާތުގައިވެސް ނިންމުނު އެންމެ މޮޔަ ނިންމުމަށެވެ.ހެދުނު އެންމެ ބޮޑު ގޯހަށެވެ.ނަމަވެސް އެއީ ލިބުނު އިބުރަތްތެރި ފިލާވަޅެއްކަމަށް އަހަރެން މިއަދު ގަބޫލު ކުރަމެވެ. **** […]
މަންމަ ވެގެން ދިޔައީ އެތައް އަހަރެއް ވަންދެން ފުލުހުންނަށް އަތުލައި ނުގަނެވިފައި ހުރި މަޝްހޫރު ޑުރަގު ލޯރޑަކަށެވެ.’މުތާ‘ގެ ނަމުން މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ އިރު ފަހަރެއްގައިވެސް އެއީ އަންހެނެކޭ މީހަކު ހިތަށްވެސް ނާރާނެއެވެ.އެހާވެސް މަންމަގެ ރޭވުންތެރިކަން ރަނގަޅެވެ.އޮޕަރޭޓް ކުރާގޮތްވެސް ހުޝިޔާރެވެ.މިހާތަނަށް މަންމަ އަތުލައިނުގަނެވިފައި ހުރީ މަންމަގެ ތޫނުފިލިކަމާއި ހުޝިޔާރުކަމުންނެވެ.ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނޭ ބުނުމުން ފުރަތަަމަވެސް އަހަރެން ހިތަށް އެރީ އިފްރާހުގެ މަތީންނެވެ.އިފްރާހުއަށް މަންމަގެ އެ އަނދިރި ހަގީގަތް އެނގިފައި އޮތީ ހެއްޔެވެ؟ މަންމަ އިފްރާހު […]