މާސްކު (ޕާޓް 15)
މާސްކަކުން ކިތަންމެ ވަރަކަށް އަހަރެންގެ މޫނު ފޮރުވިޔަސް ހަގީގަތުގައި އޭނާ އަހަރެން ދުނިޔެއަށް ގިނަކޮށްލައިފިއެވެ.އަހަރެން މީ ސީދާ ކާކުކަން ނޭނގުނަސް އެތައް ބަޔަކަށް އަހަރެންގެ ހަށިގަނޑު ފެނި އަހަރެން މުޅިން އިޝްތިހާރު ވެއްޖެއެވެ.
****
’މިހްރާ…‘ ކީރާ އަނެއްކާވެސް ގޮވައިލިއެވެ.އަހަރެން ވަރަށް ހިތްވަރުކޮށްފައި އިސް އުފުލާ އޭނާއާއި ހަތަރުކަޅި ހަމަކޮށްލިއިރު އަހަރެންގެ ޖަވާބަކަށް ކެތްމަދުވެފައި އިން ފަދަ ގޮތަކަށް ކީރާ އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނެވެ.
****
އެހެނަސް އަހަންނަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޅަ އަޑަކުން މަންމާއޭ ކިޔާފައި ގޮވައިލި އަޑަށް ކީރާގެ ސަމާލުކަން އެދިމާލަށް އެނބުރުނެވެ.ޚުދު އަހަރެންގެ ނަޒަރުވެސް ދަތުރުކޮށްލީ އެ ދިމާލަށެވެ. ދެލޯ އުނގުޅަމުން އެނދުން ފައިބައިގެން އައި ލޫކް، ކީރާގެ މެދު ހަށީގައި އެ ކުޑަ ކުޑަ ދެއަތުން ބައްދައިލަމުން އަހަންނާއި ދިމާލަށް ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ.އެ ކުދި ކުދި ހަރަކާތްތަކުންވެސް އަހަންނަށް ހަމަ ސިފަވެގެން ދިޔައީ އާރިންއެވެ.
****
’އަނހާ… ދަރިފުޅު ހޭލެވުނީތަ؟‘ ކީރާ ލޫކްގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ބުނެލިއެވެ.
****
’މަންމީ ބަނޑުހައި…‘ ލޫކް ކުސްތަޅައިލިއެވެ. ވަރަށް ކަންބޮޑުވި ފަދަ ގޮތަކަށް ކީރާ ތުންފަތް ހަފައިލިތަން އަހަންނަށް ފެނުނެވެ.
*****
’އޮހ…ހިނގާ ކާގެއަށް…މަންމި ބަލައިލާނަން ކޯއްޗެއްތޯ ހުރީ…‘ ކީރާ ވަރަށް ލޯބިން ބުނެލި ނަމަވެސް އެ އަޑުގައިވި މާޔޫސްކަން އަހަންނަށް އިހުސާސް ކުރެވުނެވެ.
****
’ދަރިފުޅޫ މީ މަންމި ފްރެންޑް ދައްތައެއް އިނގޭ… އަވަހަށް ސަލާމްކޮށްލާ‘ ކީރާ އަހަންނާއި ދިމާލަށް އަތްދިއްކޮށްލަމުން ލޫކްއަށް އަހަރެން ތައާރަފް ކޮށްދިނެވެ.އަހަންނަކީ މަންމަގެ ރައްޓެއްސެކޭ ބުނުމުން ލޫކް ދެން އަހަންނަށް ބަލައިލި ގޮތް ތަފާތެވެ.އެ ކުޑަ ކުޑަ ދެއަތުން އަހަރެން ސަލާމަށް ދިއްކޮށްލި އަތުގައި ހިފައިލި ގޮތުން އެ ކުޑަ ކުއްޖާ އަހަރެން ބަލައިގަތް ކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ.
****
’ހާއި ލޫކް…މީ މިހްރާ ދައްތަ އިނގޭ…‘ލޫކްގެ ބޮލުގައި ފިރުމާލަމުން އަހަންނަށް ހިނތުންވެލެވުނީވެސް ގަދަކަމުން ކަހަލަ ގޮތަކަށެވެ.އެ ކުއްޖާ އާރިންނާ ވައްތަރުކަމުން އަހަރެންގެ ހިތަށް ކުރުވީ އުނދަގޫ އިހުސާސްތަކެކެވެ.
****
ހިނދުކޮޅަކަށް ރަކިވެފައި ފަދަ ގޮތަކަށް އަހަންނަށް ބަލަން ހުރެފައި އަނެއްކާވެސް ލޫކް ކީރާގެ ހެދުމަށް ދަމަމުން ބަނޑުހައޭ ކިޔައި ކުސްތަޅައިލިއެވެ.ފުން ނޭވާއެއް ދޫކޮށްލައިފައި ކީރާ އެކުއްޖާ އުރާލައިގެން ކޮޓަރިން ނުކުންނަން ދަމުން އަހަރެން ގާތުގައި ފަހަތުން އައުމަށް ބޮލުން އިޝާރާތްކޮށްލިއެވެ.
****
ކީރާ ގޮސް މޭޒު ދޮށުގައި ލޫކް ބައިންދާފައި ކަބަޑު ތަކާއި ކައިރިވެލުމުން އަހަންނަށް ވަށައިގެން ނަޒަރު ހިންގައިލެވުނެވެ.އެހާ ދަތި، އެއްޗެހި މަދު، އެ ކުޑަ ކުޑަ ކާގެއިންވެސް އަހަންނަށް ފެނުނީ ސާފުތާހިރު ކަމާއި ތަރުތީބުކަމެވެ.
****
’ދަރިފުޅޫ…ދެން މާދަން ދޯ ބުއްތަށި ބޯނީ…ކިރު ދަޅު ހުރީ ހުސްވެފައި…މަންމި ގަންނަން ދާން ހަނދާން ނެތުނީ…‘ ކީރާ ކިރު ދަޅުގެ މަތި ނަގާފައި ފުން ނޭވާއެއް ދޫކޮށްލައިފައި ބުނެލިއެވެ.އެ ވަގުތު އެ ދެލޮލުން ފާޅުވި ރިހުން އަހަންނަކަށް ސިއްރެއް ނުވިއެވެ.ކީރާގެ ކެތްތެރިކަމާއި މެދު އަހަންނަށް ހިތާ ހިތުން ތައުރީފް ކޮށްލެވުނެވެ.
****
’ނޫން ލޫކް ބޭނުން ބުއްތަށި ބޯން…‘ ކީރާގެ ބަހަށް އެކުއްޖާ ރޯން ފެށްޓިއެވެ.ބަނޑުހައިވެގެން ކުއްޖަކު އެވަރަށް ރޯތީ އަހަރެންްގެ ހިތަށް ވަރަށް އަސަރުކުރިއެވެ.އެކުއްޖާ މަސަލަސް ކުރަން ބޭނުންވިއެވެ.
****
’ލޫކް…ބަލާ…މިރޭ މަންމީ ކިހިނެއް ދެން ފިހާރައަށް ދާނީ…ވާރޭ ބޯށްޓޯ ވެހޭ އެބަ…ހުރިހާ ފިހާރައެއް މިހާރު ހުންނާނީ ބަންދުކޮށްފައި…ވާރެ ވެހޭތީ ހުރިހާ ކުދިން މިރޭ އަވަހަށް ގެއަށް ދިޔައީ…‘ އަހަރެން ގޮސް ލޫކް ގާތުގައި އިށީނދެ ނަސޭހަތްދޭ އުސޫލުން ވަރަށް ލޯބިން ބުނެލީމެވެ.ކީރާ އަހަންނާއި ދިމާލަށް ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ.
****
’ތެދެއް ދަރިފުޅު…މަންމި މާދަން ގަނެދޭނަން އިނގޭ…މިރޭ ދެން ފާރޮށްޓާ ހަކުރު ފަންޏާ ބޯނީ.. ދަރިފުޅަށް މީރެއްނު…‘ ކީރާ އަވަސް އަވަހަށް ބުނެލިއެވެ.ނަސީބަކުން ލޫކް ރުއިން ހުއްޓާލާފައި ކީރާގެ ބަހަށް އެއްބަސްވިއެވެ.
****
ލޫކްއަށް ކާންދީ ނިންމާފައި، ކީރާ އެކުއްޖާ ނިންދަވަން ކޮޓަރިއަށް ދިޔުމުން އަހަރެން މަޑުކޮށްލީ ސިޓިންގްރޫމް ސޯފާގައެވެ.އެކި ދިމާލަށް ކަޅި އުކަމުން ގޮސް ފާރުގައި ހަރުކޮށްފައި އިން ގަޑި ފެނުނު އިރަށް އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ.ގަޑިން ދޭއް ޖެހުމާއި ގާތް ކުރަނީއެވެ.އަހަރެން މީ ރާމެން ގަންނަން ފިހާރައަކަށް ދާން ނުކުތް މީހާ އެވެ.
****
’މިހްރާ…ސޮރީ ވަރަށް އިރު ހިފެހެއްޓިއްޖެދޯ…‘ލޫކް ނިންދަވާފައި ކޮޓަރިން ނުކުމެގެން އައި ކީރާއަށް އަހަރެން ގަޑިއާއި ދިމާލަށް ބަލަން އިން ތަން ފެނިގެން ބުނެލިއެވެ.އެހެނަސް ހަގީގަތުގައި އަހަރެން ދެން މިރޭ ގެއަށް ދާކަށްވެސް ބޭނުމެއް ނޫނެވެ.އެއަށްވުރެ އަހަރެންގެ ސިކުނޑި ތެރޭގައި ހައިޖާނު ބޮޑެވެ.ވިސްނާ ވިސްނާ ބޮލުގައި ރިހެއެވެ.
****
’ނޯ އިޓްސް ފައިން… އަހަރެން އަސްލު ގެއަށް ދާ ހިތެއްވެސް ނެތް…އެކަމަކު ނުގޮސް ވާކަށްވެސް ނެތް‘ އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
****
’އަހަރެން ގާތުގައި މަޑުކުރަން ވީނުން މިރޭ ދެން…ޔުކެން ޓޭކް މަތީ ބެޑް…އަހަރެން އޮންނާނަން ލޫކް ކައިރީ ތިރީގައި…މިއޮއް ބޯ ވިއްސާރަގަނޑުގައި ދެން ދާން ނުހަދާ…ހުއްޓާލާފަ އޮވެ އޮވެފައި އަނެއްކާ ވާރޭ ބޯކޮށްލީ އެ…މިރޭ ދެން ހުއްޓާލާ ކަހަލަ ގޮތަކަށްވެސް ނޫން ކަންނޭނގެ އެ ވެހެނީވެސް…‘ ކީރާ ބުނެލިއެވެ.
****
’ނޯ އިޓްސް އޯކޭ…މާދަން އާރިންވެސް އަންނާނެ…އޭނާ އަންނަން ވާއިރަށް އަހަރެން ބޭނުން އެ ކެމެރާޔާ އެއްޗެހި ހޯދާފަ އޭނާއާއި ކޮންފްރަންޓް ކުރަން ރެޑީގަ ހުންނަން… އައި ނީޑް ޓު ބީ ވެލް ޕްރިޕެއަރޑް…އަލް ޑޫ އިޓް ކީރާ… އާރިންގެ ސަބަބުން ކީރާ ތިއުޅެން ޖެހޭ ހާލު އަހަންނަށް މިރޭ ފެނިއްޖެ… އެކަނިމާއެކަނި ކުޑަ ކުޑަ ކުއްޖަކު ތި ބަލަނީ… އަހަންނަށް އެނގުން ކީރާ އަތުގައި އެކުއްޖާއަށް ބޭނުންވާނެ އެއްޗެހި ހޯދޭނެ މިންވަރަށް ފައިސާ ނެތްކަން…އެގަޑީ ލޫކް ހަމަ ޖައްސާލަންކަން ހަނދާން ނެތުނީއޭ ބުނީވެސް…އައިސޯ ދި ހާރޓް އިން ޔުއަރ އައިޒް ކީރާ…ޔޫ ޑޯންޓް ޑިޒާވް ދިސް…‘ އަހަރެން އެހެން ބުނުމުން ކީރާ ހިފަހައްޓައިގެން ހުރި އިހުސާސްތައް ކަރުނައިގެ ސިފަ ޖެހިގެން އިސާހިތަކު އެ ދެލޮލުން ފައިބައިގަތެެވެ.
****
’އައި ޓްރައި މިހްރާ…އައި ރިއަލީ ޓްރައި…ބަޓް އައި ކޭންޓް މޭކް އެންޑްސް މީޓް… އަހަރެން އަތުގައި އޯލެވެލް ފާހެއްހާ ހިސާބުވެސް ނެތް…ކާކު އަހަންނަށް ރަނގަޅު ވަޒީފާއެއް ދޭނީ…މި ޒަމާނުގައި ކިހިނެއް ނުކިޔަވާ ރަނގަޅު ވަޒީފާއެއް ހޯދާނީ…ޕާޓް ޓައިމްކޮށް ފިހާރައެއްގެ ކޭޝިއަރުކަން އެބަ ކުރަން…އެ ވަޒީފާގަނޑުވެސް ލިބުނީ އެހާ ހާލުން…އެކަމަކު އެތަނުން މުސާރަވެސް ދެނީ ރޮއެ އާދޭސްކުރީމަ…އެންމެ ހަ ހާސް ރުފިޔާ…އޭގެން ބިލުތައް ދައްކާފައި އެއްޗެހި ގަނެފައި ބާކީ ނޯވޭ ލޯ ލާރިއެއްވެސް…ބިލުތައް އެހާ ބޮޑު…އެއްޗެހި އެހާ އަގުބޮޑު…ދެން ކިހިނެއް އަހަރެން؟‘ ކީރާ ގިސްލަމުން ބުނެލިއެވެ.އެހިތަށް ކޮށްފައިވާ އަސަރު އެ ވޭނީ ކަރުނަތައް ހާމަކޮށްދެމުން ދިޔައެވެ.
****
’ކޮންމެ ގޮތެއްވިއަސް އަހަންނަކަށް މަންމައެއްވެސް އެއްލައެއް ނުލެވޭނެ…އެއީ އަހަރެން ބަލާ ބޮޑުކުރި މައިމީހާ…މަންމަވެސް އެހާ ބަލިވެ އެ އުޅެނީ… ގިނަފަހަރު ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ލިބެނީކީ ނޫން… އަބަދުހެން ވެއިޓިން ލިސްޓްގަ ޖެހިފަ… އައި ކޭންޓް އެފޯޑް ކުލިނިކްސް… މަންމައަށްޓަކައި އެވަރު ކޮށްދެވޭނެ ފެންވަރުވެސް އަހަރެންގެ ކިބައިގައި ނެތް…ހާދަ ދެރަވެޔޭ…އެކަމަކު ކީއްކުރާނީ…މީ މާތް ކަލާނގެ މިންވަރުފުޅު…އަހަރެމެން ޖެހޭނީ ޝުކުރުކުރަން… މިވަރުވެސް ނުވާ މީހުން އުޅޭނެކަން ދަންނަން…ނޫންތަ؟‘ ކީރާ ނޭފަތް ދަމަމުން ރޮވިފައިވާ އަޑަކުން ބުނެލިއެވެ.ބުނާނެ އެކައްޗެއްވެސް ދުލާއި ހަމައަށް ނައުމުން އަހަރެން ބޯ ޖަހާލުމަކުން ފުއްދައިލީއެވެ.
****
ކީރާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އަޑު އަހާފައި އަހަރެން އާރިން ދެކެ އައިސްފައި ހުރި ރުޅި އަދި ވަކިން ގަދަވިއެވެ.ފަށް ފަށުން އޭނާ ކުށްވެރި ކުރެވުނެވެ.އާރިން އޭނާގެ ދަރި އާއި ހަވާލުވެ އެ ޒިންމާ ނެގިނަމަ ކީރާ އެ ހާލުގައި އުޅެން ނުޖެހުނީސްކަމަށް އަހަރެންގެ ޒަމީރު އަޑުލައިގަތެވެ.
****
’ކީރާ… ދެން މާ ބޮޑަށް ނުވިސްނާ ދޭ ނިދާލަން… އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ދެން…ޔޫ ބޯތް ހޭވް މީ ނައު.. އަހަރެން ކީރާއަށް އިންސާފު ހޯދައިދޭނަން…އާރިން ޖަވާބުދާރީ ކުރުވާނަން… އެންޑް އައިޑް ލައިކް ޓު ބީ ފްރެންޑްސް އިފް ދެޓްސް އޯކޭ…‘އަހަރެން ކީރާގެ ދެއަތް ތިލައިގައި ހިފާލަމުން ޔަގީންކަންދޭ ފަދައަކުން ބުނެލީމެވެ.
****
’ޔު ހޭވް ނޯ އައިޑިއާ ހައު މަޗް ދެޓް މީންސް ޓު މީ މިހްރާ…އައި އޯ ޔޫ އޯލްރެޑީ…ހިތުގެ އެންމެ ފުނުން އަހަރެން ޝުކުރުވެރިވަން…ޔެސް އައިޑް ވެރީ މަޗް ލައިކް ޓު ބީ ޔުއަރ ފްރެންޑް…‘ ކަރުނައިގެ ތެރެއިންވެސް ކީރާގެ ދެލޯވެސް ހިނިތުންވެލި ކަހަލައެވެ.
****
އަހަރެން ދަނީއޭ ބުނެފައި ތެދުވެ ކޯޓު ލައިގެން އެ ގެއިން ހަމަ ނުކުތް ތަނާ ކުޑައެއް ހިފައިގެން އަހަރެންގެ ފަސް ފަހަތުން ކީރާވެސް ބޭރަށް ނުކުތެވެ.އޭނާ މަޑުކޮށްބަލާށޭ ކިޔައި އަހަންނަށް ގޮވައިލާފައި، ދިއްކޮށްލީ މޭޒުމަތީގައި އަހަރެން ބޭއްވި ރާމެން ޕެކެޓްތައް ލީ ކޮތަޅެވެ.
****
’ހޭ މި ބާއްވާފައެއްނު ތި ދަނީ…‘ ކީރާ ބުނެލިއެވެ.
’ތި ކީރާއަށް…ހީކޮށްލާ އަހަރެން ދިން ހަދިޔާ އެކޭ ތީ‘ އަހަރެން ހިނިތުންވެލާފައި ބުނެލީމެވެ.
’ނޫން ތި ގޮތެއް ކަމަކު ނުދާނެ…އެހާ ވަރުން މިރޭ މިހްރާ ނުކުމެ ތިއުޅުނީ މި ގަންނަން…އަހަންނާ ހެދި ގެއަށް ނުދެވި ލަސްވީމަ ރާމެން ކާ މޫޑުވެސް ދިޔައީ ދޯ…؟ އަމް ސޯ ސޮރީ‘ ކީރާ ދެރަވެލާފައި ބުނެލިއެވެ.
****
’އޮހ ކަމޯން ކީރާ…ޕްލީޒް އެކްސެޕްޓް އިޓް… ރާމެން ކެވިދާނެ އެހެން ފަހަރަކުންވެސް… އަހަރެން ދޭ ހިތުން ކީރާއަށް ދިން އެއްޗެކޭ ތީ…‘ ކީރާ ގަބޫލު ނުކުރަންވެގެން އުޅެން ފެށުމުން އަހަރެން ބުނެލީމެވެ.
****
’އޯކޭ… ވަރަށް ބޮޑަށް ޝުކުރިއްޔާ މިހްރާ…‘ ކީރާ އެންމެ ފަހުން ގޮތް ދޫކޮށްފައި އަހަންނަށް ހިނިތުން ވެލިއެވެ.ކީރާ ނުބުންޏަސް އޭނާ އިނީ ވަރަށް އެ ރަހަ ބަލައިލާ ހިތުންކަން އަހަންނަށް އެނގެއެވެ.
*****
’ހުރޭ މި އަންނަނީ މި އެތެރެއަށް ލައިފަ…މިހްރާ އެކަނި ނުގޮސް މަޑުކުރޭ..މިހާ ލަސްވީމަ އަހަރެން ބޭނުމެއްނޫން މިހްރާ އެކަނި ގެއަށް ފޮނުވާކަށް. އަހަރެން ދާނަން ގޯޅިގަނޑު ނިމޭ ހިސާބަށް މިހްރާއާ އެކީގަ…މިހްރާ ގެއަށް ވަންނަން ދެން އަހަރެން މަޑުކުރާނަން އެތާ.‘ ކީރާ ބުނެލިއެވެ.އެންމެފަހުން އޭނާ ކުރުނުކޮށްގެން އަހަންނަށް ޖެހުނީ އެގޮތާއި ގަބޫލުވާށެވެ.
****
އަހަންނާއި އެކުގައި އެ ގޯޅިގަނޑު ނިމޭ ހިސާބަށް ކީރާ އައެވެ.ގެ ހުންނަ މަގަށް ނުކުމެވުމުން އަހަރެންވެސް ޖެހިލުން ކުޑަ ވިއެވެ.ކީރާއާއި ދިމާލަށް އަތް ހިއްލައިލާފައި އަހަރެން އެ ވާރޭގެ ތެރޭ އަޅާ އިތިކޮށް ދުއްވައިގަތީ މަގުމަތީގައި ދުއްވާ އެއްޗެއްގައި ހިލަމެއްވެސް ނެތުމުންނެވެ.
****
ދެ ގަޑިއިރުފަހުން އަހަރެން އެނބުރި އެޕާޓްމަންޓަށް ވަތްއިރު އަހަރެންގެ ދިރިއުޅުމުގެ އެތައް ކަމެއް މިވަނީ މުޅިން ބަދަލުވެފައެވެ.އަހަރެން އާރިންއަށް ކުރި އިތުބާރު ވެއްޔާއި މޮޑެ ވިއްޖެއެވެ. އާރިން އަހަރެން ދެކެ ލޯބީގެ ކުނޑި ފުށެއްވެސް ވީކަމާއި މެދު އަހަރެންގެ ހިތް ޝައްކުން ފުރިއްޖެއެވެ.ދެމީހުންގެ ލޯބީގެ ދާނަށް ވެސް އަހަންނަށް ބަލައިލެވުނީ ފަކުރުގަތްފައި ހުރި ފަދައަކުންނެވެ.އަހަރެންގެ މުޅި ހަށިގަނޑުގައި އެ ބީހުނީ އެ ވަރުގެ މުޑުދާރު ދެއަތުން ހެއްޔެވެ؟އަހަރެން މޭ ބޮޑު ކުރިއެވެ.
****
އާރިން ދެކެ އަހަރެން އިންތިހާއަށް ލޯބިވީމެވެ.އަދިވެސް ލޯބިވޭ މެއެވެ.އެހެނަސް އޭނާއަށް އަހަރެންގެ ލޯބި ހައްގު ނުވާ ވަރު ކީރާގެ ސަބަބުން އަހަންނަށް މިރޭ އެނގިގެން ގޮސްފިއެވެ.އޭނާ މިރޭ އަހަރެންގެ ފަހަތުން ނައިނަމަ އަހަރެން އަދިވެސް ހުރިހީ ކަނު އަނދިރީގައެވެ.އާރިންގެ މަތި އޮމާންކަމުން އަހަންނަށް ޝައްކެއްވީ ފަހަރަކުވިއްޔާވެސް އޭނާ އޮތީ ނިކަން މޮޅަށް ވާހަކަ ހަމަޖައްސައިފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.






What in the world is gonna happen…. I hope aarin gets his karma back….. I hope mihra helps keera 🥺….. Varah dhera vehjje keera ge haalu engunyma
Let’s see dho Lily.
Let’s hope for the best for the girls ❤️
Mi part varah furihama MA❤️❤️❤️
Love it!!
Actually keeraa haadha hith vareh eba kureyey dhw!! Ugh aarin I hate you so much
Actually I ah keumeh dheyn jeheyney lamtty darls!! Aaarin ganna gandu I pridict kohlevuneema dhw😏😏😏
When next??
It keeps getting interesting day by day
Keep it up 👏👏
Lyssm❤️
v reethi
Thank you Shynyx ❤️
What is now gonna happen
Aari is such a jerk
He deserves a proper beating
N poor kiraaa
How’s she gonna keep after Luke
Let’s see dho alhe
Yes that guy is the definition of jerk hama
Yes he does.
Let’s hope for the best for keeraa and Luke too ❤️
Thank you girl ❤️
Alhey rangalhah dho guess kohlee hama hehe 🤭
Next part now you can read.
Lyt.