މާސްކު (ޕާޓް 17)
ހިތަށް އެރިއެވެ.އަހަންނަށް މި ހާލު ޖައްސަން އާރިންއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ލޯބިވާކަމަށް ހެދިގެން އޭނާ އެ ކުޅެލީ އެ އަހަރެންގެ މުޅި ދިރިއުޅުމާއެވެ.އަހަންނަށް އެހެން ހަދަން އަޅެ އަހަރެން އޭނާއަށް ކުރީ ކީއް ހެއްޔެވެ؟އާރިން އެ ފާޑަށް އެ މުޑުދާރު ދިރިއުޅުން އުޅެން ބޭނުންވާއިރު ކޮންމެހެން ގުރުއާން މުދައްރިސަކަށް އޭނާ ވުމުގެ ބޭނުމަކީ އޭނާގެ އެ އަނދިރި ފަރާތުގެ ނިވާފަތްގަނޑަކަށް އެކަން ހެދުން ހެއްޔެވެ؟އަހަންނަށް އެކަން އިހުސާސްވީ ދީނަށްވެސް އާރިން ކުރި މަލާމާތެއްގެ ގޮތުގައެވެ.
****
ދޮރު ބުޑުގައި އިނދެ ހިތް ފުރެންދެން ރޯލުމަށްފަހު އަހަރެން އެތަނުން ތެދުވީ ފަތިސް ނަމާދު ބަންގި ގޮވީމައެވެ.އަވަސް އަވަހަށް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އެރީމެވެ.ނަމާދުގެ ފަރުޟު އާދާކޮށް ނިމުމުން އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް ލުއި ލިބިގެން ދިޔަކަން އިހުސާސް ކުރެވުނެވެ.
****
ނަމާދުކޮށް ނިންމި ގޮތަށް ދެއަތްތިލަ ދުޢާއަށް އުފުލައިލި ހިނދު އަނެއްކާވެސް އަހަރެންގެ ދެ ލޯ ތެމެން ފެށިއެވެ.ކުރިމަތިވެފައި މިވާ ބޮޑު އިމްތިހާނުގެ ސަބަބުން ލިބިފައިވާ މާޔޫސްކަން ފިއްލަވައި،ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދި މާތް ކަލާނގެ ޙަޟްރަތަށް ހިތާއި ހިތުން ދުޢާކޮށްލެވުނެވެ.އޭރު އަހަރެން ހުރީވެސް ދެން ކަންތައް ކުރަންވީ ގޮތެއް ނުނިންމިފައެވެ.ބޭނުންވީ އާރިން އަންނަންވާއިރަށް މުޅި އެޕާޓްމަންޓުން އަހަރެންގެ ވަސްވެސް ފުހެލެވޭނެނަމަ އެކަންވެސް ކުރާށެވެ. އެހެނަސް އެއީވެސް އެންމެ ރަނގަޅު ގޮތް ކަމާއި މެދު އަހަރެންގެ ވިސްނުން ދެފަރާތަށް ކިރެން ފެށިއެވެ.ވަރަށް ވިސްނަ ވިސްނާފައި އެންމެފަހުން އާރިންއާއި ކުރިމަތިލާފައި ނޫނީ ގެއިން ނުކުމެގެން ނުދާން އަހަރެން ނިންމީ،ކޮންމެ ގޮތެއްވިޔަސް އޭނާ އަަދި އެ ހުރީ އަހަރެންގެ ފިރިމީހާގެ މަގާމުގައި ކަމަށްވީތީއެވެ.އަހަރެން ކިތަންމެ ހިތުގައި ޖެހި ރުޅިއައިސްފައި ހުއްޓަސް ރަނގަޅު ގޮތަކީ ރިވެތި ގޮތުގައި އާރިންއާއި ކުރިމަތިލުން ކަމުގައި އަހަރެންގެ ޟަމީރު އެއްބަސްވިއެވެ.
****
އަށެއް ޖަހަން ކައިރިވުމުން އަހަރެން ކޮޓަރިން ނުކުތީ އަހަރެންގެ ހުރިހާ އެއްޗެއް ސޫޓްކޭސްއަށް އަޅައި ޕެކްކޮށް ނިންމައިފައެވެ.އޭރު ކޮފީ މަގެއް ހިފާލައިގެން ވަރަށް ނަލަ ހެދިލައިގެން ސޯފާގައި ނޯޔާ އިނެވެ.ރަތް ކުލައިގެ ކުރު ކުރު ހެދުންކޮޅެއް ލައިގެން އިން އިރު ގައިގެ ވަނާތައް ވަނީ ހާމަޔަށެވެ.އިސްތަށިގަނޑުވެސް އޮތީ ކާރްލް ކުރީމާއި އޭތި މީތި އުނގުޅައިގެން ވަރަށް ރީއްޗަށް ބުޅިކޮށްލައިފައެވެ.ނުވިތާކަށް މުޅި މޫނު މަތީގައި ’ދަވާދު‘ ލައިފައެވެ.
****
ފުރަތަމަ ފެނިލުމުންވެސް އަހަންނަށް ނޯޔާގެ ނިޔަތް ވިސްނުނެވެ.އޭނާގެ މަގުސަދަކީ އެ ހަށިގަނޑު އާރިންއަށް އިޝްތިހާރުކޮށް އެ ރީތިކަމުގެ އަވައިގައި އާރިން ޖައްސައި، އެ ހިތް އޭނާއަށް ލަންބުވައިލުމެވެ.ނޯޔާއަށް ހީވަނީ ކަންނޭނގެއެވެ.އޭނާ ފެނުމުން އާރިން އެހެން ހުރިހާ އަންހެނުންގެ މަތިން ހަނދާން ނެތޭނެއެވެ.އެކަމަކު އެއީ ނޯޔާއަށް ކުރެވިފައިވާ ވަރަށް ބޮޑު ކުށް ހީ އެކެވެ.އާރިންއަކީ އެންމެ އަންހެނަކަށް ހުސްވެގެން ހުރެވޭ ވަރަށްވުރެ ވަހުޝީ،ނުބައި، ފިރިހެނެކެވެ.އެ ނޫންނަމަ އޭނާ އެތައް އަންހެން ކުދިންނަކާ ގުޅުން ބާއްވަމަކުންނެއް ނުދުވާނެއެވެ.މިއޮއް ހުރިހާ ދުވަހުވެސް އެ ނޯޔާއެއް ހަމަ އުޅެއެެވެ.އެބުނާ ބެޓެއް ކޮށްގެން ނޯޔާ އަންނާނެ ކަމަށް އަހަންނާއި އިނދެގެންވެސް އޭނާއަކަށް ހިމޭނަކުން ނުހުރެވުނެވެ.ދެން ވަކި ނޯޔާ އައެކޭ ކިޔާފައި އޭނާއަށް އެފާޑަށް ނޫޅި ހުރެވޭނެބާވައެވެ؟
*****
’ދެލޯ ނަގާ އަތަށް ލައިގެން ކޯއްޗެއްތަ މާވަރަކަށް ތި ބަލަނީ…މަގޭ މޫނުމަތިން ކަލެއަށް ކޯއްޗެއް ފެންނަނީތަ އޭނ؟އަދިވެސް މީއްޗަކު މިތަނުން ދާކަށް ނޫޅެޔޭ…ބަލާއެކޭ…‘ އަހަރެން ބަލަހައްޓައިގެން ހުންނަން ފެށުމުން ނޯޔާ ރުޅި އައިސްގެން ދަތްކުނޑި ވިކައިގެންފައި ބުނެލިއެވެ.
****
ނޯޔާ ވާހަކަ ދެއްކި ވައްތަރުން އަހަރެން ގާތަށްވެސް ވަރަށް ރުޅި އައެވެ.
****
’މަ ބޭނުން އިރަކުން ދާނީ..އެޔަކީ ކަލެޔަކާ ބެހޭކަމެއް ނޫން…ތި ފާޑަށް ބޭރުތެރެއިން އައިސް ދަލު ބޭރުން ޖެހިގެން ނުކުންނާށޭ ބުންޏަކަސް މަށެއް ނުޖެހޭނެ ނުކުންނާކަށް…ބުނަން…ކަލޭގެ އަމުރެއް މަގޭ މައްޗަކަށް ނުހިނގާނެ އިނގޭ…މި މަގޭ ފިރިމީހާގެ ގެ… އޭނާ މަ ވަރިކޮށް އެއްލައިލީމަ، ނޫނީ ނުކުމެގެން ދާށޭ ބުނީމާ ނޫނީ މަށެއްވާ ނުދާނަން…‘ އަހަރެންވެސް ރުންކުރު ކަމާއި އެކުގައި ބުނެލީމެވެ.މި އަންހެނާއަށް ކުޑަވެސް ދުލެއް ދޭކަށް އަހަރެންގެ ހިތެއް ނުރުހުނެވެ.އޭރު ނޯޔާ ދެ ބުމަ ގޮށް ޖަހާލައިގެން އިން ގޮތުން ދެ ކަންފަތުން ދުން އަރާހެންވެސް ހީވެއެވެ.
****
’ޔޫ ވިލް ސީ….‘ ނޯޔާ އައިސްފައި ހުރި ރުޅީގައި ކޮފީ މޭޒުމަތީގައި މަގު ބެހެއްޓިލެއް ބާރުކަމުން މޭޒު މައްޗަށް ކޮފީތައް ބަންޑުންވިއެވެ.އަހަންނަށް ކުޑަކޮށް ސިހިފައި އަނގަޔަށް ގޮތެއް ހަދައިލެވުނެވެ.އެ މަންޒަރު ފެނިފައި ނޯޔާ އަދި ވަކީން ރުޅިގަދަވިއެވެ.ވަރުގަދަ ސިނގުރުޅި ގަނޑެއް ގެންގުޅޭ އަންހެނެއްތާއޭ އަހަރެންގެ ހިތަށް އެރިއެވެ.އިތުރަށް އޭނާއާއި ޖަދަލު ކުރަން ބޭނުން ނުވެގެން އަހަރެން އެނބުރި ގޮސް އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ.
****
ނުވައެއް ޖަހަން ކައިރިވުމުން އަހަރެން ކޮޓަރިން ނުކުތީ މިހާރު އާރިން އުޅޭނީ ގެއަށް އައުމުގެ މަގުމަތީގައިކަން އެނގޭތީއެވެ.އޭރުވެސް އެ އިން ތަނުން ގުޑުވައި ނުލައި ސޯފާގައި ވަރަށް ހަމަޖެހިލައިގެން ފޯނާއި ކުޅެން ނޯޔާ އިނެވެ.ކޮފީ ހިކިފައި ހުރި މަގާއި، މޭޒު މައްޗަށް ބަންޑުންވި ކޮފީތައް އެ އޮތް ގޮތަށް އޮތެވެ.އެ ކަންނެތް އަންހެނާއަށް އެތަނުން ތެދުވެ އެ މަގު ދޮވެލައި، އެ މޭޒުމަތި ސާފުކޮށްލަން ނުކެރުނޭ ހިތަށް އެރުމުން އަހަންނަށް ޕިސް ޕިސް ކިޔައިލެވުނެވެ.އަހަރެންގެ އަޑު އިވިފައި ނޯޔާ ވަގުތުން ރުޅިވެރިކަން މޫނު މައްޗަށް ވެރިކޮށްލިއެވެ.އެހެނަސް އެވަގުތު އެޕާޓްމަންޓުގެ ދޮރު ހުޅުވުނު އަޑު އިވިފައި އަހަންނަށާއި ނޯޔާއަށްވެސް ސަމާލުކަން ދެވުނީ ދޮރާއި ދިމާލަށެވެ.
****
ރަތް ފިނިފެންމާ ބުކޭއެއް ހިފައިގެން ސޫޓްކޭސް ދަމަމުން އެތެރެއަށް ވަތް އާރިން ފެނިފައި އަހަރެން ލައި ލައި ހުރި ނޭވާވެސް ހީވީ ނޭވާ ހޮޅީގައި ތާށިވީ ހެންނެވެ.ނޯޔާވެސް ސޯފާއިން ތެދުވެ ހެދުމުގެ ދެއަރިމައްޗަށް ދަމާލައި އިސްތަށިގަނޑު ރީތިކޮށްލައި،އާރިންއަށް ތިއްތި ދެއްކެން ތައްޔާރުވެލިއެވެ.
****
އަަހަރެމެން ދެމީހުން ފެނިފައި އާރިންއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.ޝޮކެއް ޖެހުނު ފަދައިން އޭނާގެ ދެލޯ ބޮޑުވިއެވެ.
****
’ނޮ…ނޯޔާ….އިޒް ދެޓް…ރިއަލީ ޔޫ؟‘ ފުރަތަމަވެސް އާރިންގެ ދެލޯ ތަތްލެވީ ނޯޔާގެ ސޫރައިގައެވެ.ކިތަންމެ ހިތްވަރު ކޮށްގެން އިން ނަމަވެސް އިސާހިތަކު އަހަރެންގެ ދެލޯ ފެންކަޅިވިއެވެ.އަނބިމީހާއާއި ހިލޭ އަންހެނަކާއި ދެމީހުންގެ ތެރެއިންވެސް އާރިންގެ ލޮލުގައި ފުރަތަމަވެސް އެ އަޅައިގަތީ އެ ހިލޭ އަންހެނާއެވެ.ނޯޔާ ފެނުނު ސިކުންތުން ފެށިގެން އަހަރެންވެސް އެތާ ހުރިކަން އާރިން ހަނދާން ނައްތައިލި ކަހަލައެވެ.
****
’ޔާހް..ބޭބް..‘ މަސްތީ އަޑަކުން ނޯޔާ ބުނެލިއެވެ.ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ބަލައިލި ފަދައަކުން އާރިންގެ ނަޒަރު އަހަަންނަށް ސީދާ ކޮށްލީ ދެނެވެ.
****
’މިހްރާ ..އައި ކެން އެކްސްޕްލެއިން…‘ އާރިން ހަމަ ކުއްލިއަކަށް ކަންބޮޑުވުން ފާޅުކުރިއެވެ.މިއީ ގަރުނުގެވެސް ބޮޑު ޖޯކޭ ހިތަށް އަރާފައި އަހަންނަށް ހިތި ގޮތަކަށް ހީލެވުނެވެ.
****
’އޯހް…ޕްލީޒް ސޭވް އިޓް އާރިން …އިޓްސް ލައުޑް އެން ކްލިއަރ…ދެއަޒް ނޯ އެކްސްޕްލެއިނިން ޓު ޑޫ…ޔޫ ޓޫ ޑިޒާވް އީޗް އަދަރ….ބްރާވޯ…ވެލް ޕްލޭޑް…‘ އަހަރެން ތަރުޙީބުގެ އަތްތިލަ ބަޑި އަކާއި އެކުގައި ބުނެލީމެވެ.
****
’މިހްރާ އިޓްސް ނޮޓް ވަޓް ޔޫ ތިންކް…‘ ދެންވެސް ތެދު ހަދާނަމޭ އާރިންގެ ހިތަށް ނޭރިއެވެ.
****
’ޔެސް އިޓް އިޒް..އަހަންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެ! އައި ނޯ އެބައުޓް ކީރާ…އައި ނޯ އެބައުޓް ދި ކިޑް. އައިނޯ އެބައުޓް ދި އަދަރ ގާރލްސް..ދި ވީޑިއޯސް ދި ޗެނަލް…އެންޑް ދި މާސްކް…އިޓް މަސްޓް ބީ ޔުއަރ ފެޓިޝް ހާނ؟‘އެ ވާހަކަތައް އާރިންގެ ކުރިމަތީގައި ދުލާއި ހަމައަށް ގެނެވުނު ގޮތެއްވެސް އަހަންނަކަށް ނޭނގުނެވެ.އެވަގުތު އަހަންނަށް ލިބިފައި ހުރީ އެހެން ކަހަލަ ހިތްވަރެކެެވެ.
****
އަހަންނަށް ހުރިހާ ކަމެއް ފަޅާއަރައިފިކަން ވިސްނުނު ހިނދު ވަގުތުން އާރިން މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.އޭނާ ނުލަފާ ޒާތަކަށް އެއް މިޔަކަނުން ހީލި ގޮތުން އަހަންނަށް އޭނާ ސިފަވެގެން ދިޔައީވެސް ފިލްމުތަކުން އެ ފެންނަ ފަދަ ’ވިލަންއެއް‘ ގޮތަށެވެ.އާރިންގެ ތަބީއަތަށް އެ އައި ކުއްލި ބަދަލު ފެނި ނޯޔާގެ ދެ ތުންފަތްވެސް ދެމިލިއެވެ.އޭނާގެ ކޮޅު މޮޅުވަނީއޭ ނޯޔާއަށް ހީވީ ކަހަލައެވެ.އެކަމަކު ހަގީގަތުގެ ހިތިކަން ނޯޔާއަށް ހަމަ ނޭނގެނީ އެވެ.
****
’ވެލް…ޔޫ ގޮޓް މީ މިހްރާ…ވަޓް ޔޫ ގޮނަ ޑޫ އެބައުޓް އިޓް…ރިޕޯޓް މީ؟‘ އާރިން އޭނާގެ އަތުގައި އޮތް ބުކޭ ނޯޔާއާއި ދިމާލަށް ދިއްކޮށްލަމުން އަހަންނަށް އަމާޒުކޮށް މަލާމާތުގެ ރާގަކަށް ބުނެލިއެވެ.ނޯޔާ އެ ބުކޭގައި ހިފި ވަގުތު އާރިން ނޯޔާގެ އަތުގައި ހިފައި ލަތްކެއް ޖެހުމުން އޭނާ ގޮސް ތަތްވީ އާރިންގެ ގައިގައެވެ.އެއީ ހަމަ އަހަންނަށް ދައްކަން އާރިން ކޮށްލި ކަމެއްކަން އަހަންނަށް އެނގެއެވެ.އަހަރެންގެ ހިތުގެ ހާލު އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އޭނާއެވެ.ވަގުތު އަހަރެންގެ ލޭ ކެކިގަތް ފަދަ އިހުސާސެއް ކުރެވިގެން ދިޔަ އެވެ.އާރިން މިއުޅެނީ އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރާނެ ގޮތެއް ނޭނގިގެން ހެއްޔެވެ؟
****
’މިހްރާ ހީކުރީތަ އެއީ އަހަރެންގެ އަތުގައި ހުރި މިހްރާގެ ހަމައެކަނި ވީޑިއޯއޭ…ޔޫ އާރ ސޯ ނައީވް…އެންމެ ކެމެރާއެއް ދެ ކެމެރާއެއް ނޫނޭ ރޫމްގަ ހުންނާނީކީ މިހިރަ މޮޔަޔާ…ސޯ ބިފޯ ޔޫ އީވެން ތިންކް އޮފް ރިޕޯޓިން މީ…އަމިއްލައަށް ބޭޒާރު ވާން ބޭނުން ނޫނިއްޔާ…ޑްރޮޕް އިޓް…‘ އާރިން ވަރަށް ސީރިޔަސްވެލާފައި ބުނެލި އެވެ.
****
’އާރޔޫ ފަކިން ބްލެކްމެއިލިން މީ އާރިން؟… އަހަރެން ދުވަހަކުވެސް ނުދެކެން ތިވަރުގެ ފިނޑި ފިރިހެނެއް! އަހަރެންގެ ވީޑިޔޯ ތަކެއް ލީކް ކޮށްގެން އަހަރެން ބޭޒާރު ވިއްޔާވީ…އައިނޯ ފޮރ އެ ފެކްޓް އަހަރެން ކުރި ކަމެއް ވިއްޔާ ކުރީ ކައިވެނީގެ އިމުގެ ތެރެއިންކަން…ސޯ އަހަންނަށް ވަރިހަމަ…ކަލޭގެ ފިނޑިކަން ހުރި މިންވަރަކީ… އަންހެން ކުއްޖަކަށް ވަރުގަދަ ލަނޑެއް ދީފަ ބަޗައިގެން ތިއުޅެނީ…އާނ މި ދައްކަނީ ކީރާގެ ވާހަކަ…ބަލަ އޭނަ އެހާ ހާލުގައި ބަލާ އެ ބޮޑު ކުރަނީ އެ ހަމަ ކަލޭގެވެސް ދަރިއެކޭ…އެނގޭތަ އެ ކުޑަ ކުއްޖާ އެ އުޅެމުންދާ ނިކަމެތި ހާލު… އާރިންއަކަށް ހަމަ ނުފެނޭތަ؟ހިތަކަށް އަސަރެއްވެސް ނުކުރޭތަ…؟ ލޯ ކުރިމަތީގައި އެ ކުއްޖާ އެ އުޅެމުންދާ ހާލު ފެންނައިރުވެސް ކަނު މީހަކަށް ހެދިގެން ހުންނަ ތި ކަހަލަ ފިނޑިއަކަށް ފިރިހެނެކޭ ކިޔަންވެސް ލަދުގަނޭ…‘ލޫކްގެ ވާހަކަ އާރިންއާއި ދިމާލަށް ބުނެލި ވަގުތު ހިތަށް ކުރި ފުން އަސަރުން އަހަރެންގެ އަޑު ކުރެހޭ ގޮތްވިއެވެ.
****
’އަޅެ ބަލާއެއްނު ކޮން ކީރާއެއްތަ؟ކޮން ދަރިއެއްތަ؟ މީނަ ކޮން މޮޔައެއްތަ މި ގޮވަނީ އާރިން…؟އަމް ކޮންފިއުޒްޑް‘ ވާނުވާ ނޭނގެން ފެށުމުން ރުޅިގަދަވެގެން އާރިން އާއި ދުރަށް ޖެހިލައި ހަށަން ބަނދެލަމުން ނޯޔާ އަޑަށް ބާރުލާފައި ބުނެލިއެވެ.
****
’ހިޒް ނޮޓް ހޫ ޔޫ ތިންކް ހީ އިޒް ނޯޔާ…އޭނާއާއި ކީރާއަކީ ކަލެއަށްވުރެވެސް މާ ކުރީގެ ކަމެއް…އާރިން ހޭޒް އަ ސަން ވިތް ހާރ…ގަބޫލު ނުކުރަންޏާ ގޮސް ޑީ.އެން.އޭ ހެދުވިޔަސް ނަތީޖާ ބަދަލެއް ނުވާނެ…ޕްލަސް އިފް ޔޫ ސީ ދެޓް ލިލް ކިޑް އީވެން ފޮރ ވަންސް…އެނގޭނެ އެއީ އާރިންގެ ދަރިއެއްކަން.ދި ރިޒެންބްލެންސް އިޒް އަންކެނީ…‘އަހަރެން އަޑަށް ބާރުލާފައި ނޯޔާއާއި ދިމާލަށް ބުނެލީމެވެ.އެ އަޑު އިވިފައި ނޯޔާގެ މޫނު މައްޗަށް އަރައިގެން ދިޔަ ކުލަވަރުން އެއީ އޭނާއަށް މުޅިންވެސް އާ ޚަބަރުތަކެއްކަން އަހަންނަށް އެނގުނެވެ.
****
’އާރިން…ވަޓް ދި ހެލް އިޒް ޝީ ޓޯކިން އެބައުޓް…؟‘ ނޯޔާ ރުޅި ގަދަވެގެން ހަޅޭއްލަވައިގަތެވެ.
****
’އައި ޑޯންޓް ހޭވް ޓު އެކްސްޕްލެއިން އެނީތިން ޓު ޔޫ…ޔޫ ވަރ ޖަސްޓް…މައި ފޭވް އިން ބެޑް…ނަތިން މޯ…އައި ނެވަރ ލަވްޑް ޔޫ…ތި ޑެލުލޫ ސިކުނޑިއަށް ވިސްނިގެން އުޅޭ ގޮތް ތީ…ނައު ދެޓް އައި ހޭވް އަ ނިއު ފޭވް…އައި ޑޯންޓް ރިއަލީ ނީޑް ޔޫ ނޯޔާ…‘ އާރިންގެ ދުލުން ބޭރުވި ބަސްތައް ނޯޔާގެ ކަންފަތް ބުޑުގައި ގޮއްވައިލި ބޮމެއް ފަދައެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.






Haadha nuba ey Aarin gandu…l
Varah foohi vey 😒😒
Quran teacher e Koa ekm …..l
Faharaku anhenehge fahathun…
Mihra report kurey…
Thi buni hen mihraa beyzaaru vaakah thikury faafa eii noonehnu…..
Mi part vx varah varah reethi….
Comment nukoh needhivegen aslu mi comment kohly….
Vrh vrh reethi vaahaka eii…
Hama speech less
Ikr..
Thank you for the feedback means a lot to me ❤️
Let’s see what happens next dho.
What a bad human Is Aarin
Luke on his own
His dad
Woww
Nice part
When’s next
Help mihra and kiraaa
Yeah dho!
Thank you 😊
Let’s see alhe e dhekudhinnah vaa vaagothehh