Skip to content
އެސްފިޔަ

މާސްކު ((36)ފަހު ބައި)

”ބޭބެގެ ނެތް އެއްވެސް ހެއާއެއް….އައި ބްރޯވެސް…ބޭބެ ހެއާ ނެތީމަ ކެޕެއް އަޅައިގެން އުޅެނީވެސް…ބޭބޭ ބުނި ދެން ޔީކޮއާ މީޓް ނުވެދާނޭ…މަންމިއާ މީޓް ކޮށްލަންވެސް ބޭބޭ ވަރަށް ބޭނުމޭ“ ޔީތުއަށް ބުނެދޭން އެނގުނީ އެހާ ވަރަށެވެ.އެވަރުން އެއީ ކާކުކަން ނަގައިގަންނާކަށް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ ބޯ ހާސްވިއެވެ.

****

ގެއަށް ގޮސްފައި އެގޮތަށް ދިމާވާ މީހުންނާއި އެއްގޮތަކަށްވެސް ވާހަކަ ނުދެއްކުމަށާއި އެމީހުން ދޭ އެއްޗެހީގައި ނުހިފުމަށް އަހަރެން ޔީތުއަށް ތަކުރާރުކޮށް ނަސޭހަތްތެރިވީމެވެ.އެ ބޭބެއަކީ އަހަރެންގެ ރައްޓެއްސެއް ނޫންކަންވެސް ޔީތުއަށް ބުނެދިނީމެވެ.އަހަރެން ހިތްހަމަ ނުޖެހޭ ފަދަ ކަމެއް ކުރެވުނީތީ އެކުއްޖާ ވަރަށް ދެރަވެގެން ރުޔެވެ.

****

އަހަރެން ގުޅާފައި އޮތުމުން ހައިދިންވެސް އޭނާއަށް ވަގުތެއްވިހާ އަވަހަކަށް އަހަންނަށް ގުޅިއެވެ.މިއަދު ކަންތައް ހިނގާ ދިޔަ ގޮތް ކިޔައިދިނުމުން ހައިދިންވެސް ހުރީ ނިކަން ފާޑަކަށެވެ.އެ މީހަކީ ކާކުކަން ހޯދަން އޭނާވެސް ހުރީ ވަރަށް ބޭނުންވެފައެވެ.މަސައްކަތްތައް އިހާންއާއި ހަވާލު ކޮށްލާފައި  ދުވަސްކޮޅަކަށް އޭނާ މާލެ އަންނާނަމޭ ބުނުމުން އަހަރެން ކުޑަކޮށް ހިތްހަމަ ޖެހުނެވެ.

****

”ހައިދިން…ޕޮލިހަށް އަންގަމާ…“ އަހަރެން ބުނެލީމެވެ.

”އަދި މަޑުކުރޭ އިހަށް… ބަލަމާ އަދިވެސް އެމީހާ ޔީކޮއާ އެގޮތަށް ދިމާކުރޭތޯ…މިސް ކައިރީވެސް ބުނެފަ ބާއްވާ ޔީކޮ ބަލައި މިހޫ ނޫނީ އަހަރެންނޭ ދާނީ…އޭރުން އެނގިދާނެތާ…. ކާކުކަން އެއްގޮތަކަށްވެސް ނޭނގޭތީ ހައްތަހާވެސް..“ ހައިދިން ބުނެލިއެވެ.

”ހައިދިން…އެއީ…އާރިންއަށް ވެދާނެބާ..؟“ އަހަރެން ނުބުނަން އިނދެފައިވެސް ބުނެލީމެވެ.

”އެ އޭނާއަކަށް ނުވާނެއެއްނު..އޭނާ ވީ ދިގު ޖަލު ޙުކުމެއްގައި ގޮޅީގައެއްނު.ގައިމުވެސް އަހަންނަށް އެނގިގެން އޭނާ މިނިވަނެއް ނުވޭ…އެ ވާނީ ހަމަ ކުޑަ ކުދިންނާ ބެހޭ ހިތުން އުޅޭ މީހަކަށް…“ހައިދިން ބުނެލިއެވެ.

****

”މިހޫ ހާސްނުވޭ… އަހަރެން ބަލާނަން ޔީކޮގެ ސޭފްޓީއަށް…ގޮއްސަ މިހޫއަށްވެސް ޔީކޮ ޓްރެކް ކުރެވޭނެ ގޮތެއް ހަދައިދޭނަން…އަދި ޔީކޮއަކަށް މިކަންތައްތައް ކިޔައިދިނަސް އެހާ ބޮޑަކަށް ގެޓެއް ނުވާނެ… ކުއްލިއަކަށް އެހާ ޑީޓެއިލްކޮށް ކިޔައިދީފިއްޔާ އޭނާ ޕެނިކްވެސް ވެދާނެ…އެކަމަކު އޭނާއަށް ބުނެދޭތި އެ މީހަކު ފެނުނަސް ދެން ވާހަކަ ނުދައްކަން…އަހަންނަށްވުރެ މިހޫ ބުނީމަ ކަންނޭނގެ އޭނަ ބޮޑަށް ގަބޫލު ކުރާނީވެސް…“ ހައިދިން ބުނެލިއެވެ.

”އަހަރެން ވަރަށް ނަސޭހަތް ދީފިން…ޔީކޮ ވަރަށް ރުއި އެގަޑީގައި އަހަންނަށް ބާރަށް ވާހަކަ ދެއްކުނީމަ… މިހާރު އެކަމަކު ދެން ހަމައަކަށް އެޅިލައިފި…އެކަމަކު ހައިދިން އަހަރެން ވަރަށް ބިރުގަނޭ އެބަ…“ އަހަރެން ބުނެލީމެވެ.

”ލޯބި ބިރު ނުގަނޭ… މާދަން ހެނދުނު އެންމެ މާއިރާ އޮންނަ ލޯންޗުން މާލެ ދާނަން އިރާދަކުރެއްވިއްޔާ…އިނގޭ…ދެން ހަމަޖެހިލާ…“ ހައިދިން ވަރަށް ލޯބިން ބުނެލިއެވެ.އަހަރެން އޯކޭއޭ ބުނެފައި ފޯނު ބޭއްވީމެވެ.

****

ހައިދިން ބުނި ގޮތަށް އޭނާ ހެނދުނު މާލެ އައެވެ. ޔީތު ބަލައި ދާ ގަޑި ޖެހުމުން އޭނާ ސްކޫލް ދޮށަށް ދާން ނުކުތީ އަހަރެންވެސް ގޮވައިގެން,ކާރުގައެވެ.

****

ދެމީހުން ޔީތު ބަލައި ދިޔުމުން އެކުއްޖާ ހީވީ އުފަލުން އެހެން ފަދަ ކަމެއްހެންނެވެ. ދެމީހުންގެ އަތުގައި ހިފައިގެން ސުކޫލުން ނުކުތް ގޮތަށް އެކުއްޖާ ބޭނުންވީ އައިސްކްރީމް ބޯން ސްކޫޕަށް ވަންނާށެވެ.

***

”ދަރިފުޅޫ…މަންމީ ބުނި އިއްޔެ ކޮންމެވެސް ބޭބެއަކާ އެކީ ޔީކޮ އައިސްކްރީމް ބޯން ދިޔަ ވާހަކަ…އެއީ ކޮން ބޭބެއެއްތަ؟“ އަހަންނަށް ބަލާލާފައި އަހަރެން ބޮލުން އިޝާރާތް ކޮށްލުމުން ޔީތުއާއި މުޚާތަބުކޮށް ހައިދިން އަހައިލިއެވެ.

****

”ނޭނގެ ޔީކޮއަކަށް…ބޭބެ ބުނީ މަންމި ފްރެންޑެކޭ އެކަމަކު މަންމި ބުނީ އެއީ މަންމި ފްރެންޑެއް ނޫނޭ… އެހެންވީމަ ދެން ޔީކޮ ނުދައްކާނަން އެ ބޭބެއަކާ ވާހަކައެއް…އެ ބޭބެ ދޮގު ހެދީމަ…“ހިސާބަކަށް ފަސްޖެހިފައި ޔީތު ބުނެލިއެވެ.

”ބޭބެ ބުނިތަ އިތުރު އެއްޗެކޭ…؟“ ހައިދިން އަހަރެންގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.

”ބޭބެ ބުނި ބޭބެއާ ޔީކޮއާ ދެން މީޓް ނުވެދާނޭ…މަންމިއާ މީޓް ކޮށްލަން ބޭބެ ބޭނުމޭ…“ ޔީތު ބުނެލިއެވެ.

”ދެން ޔީކޮ ކީކޭ ބުނީ ؟“ ހައިދިން އެއްސެވެ.

”އައި ޑިޑިންޓް ސޭ އެނީތިން..“ ޔީތު ދެކޮނޑު އަރުވާލަމުން ބުނެލިއެެވެ.

****

ހައިދިންވެސް ދެން އިތުރަށް ސުވާލުކުރާކަށް ނުހަދައެެވެ.ޔީތު އައިސްކްރީމް ބޮއެ ނިމުމުން އަހަރެމެން ގެއަށް ދިޔައީ ކާރުގައި ކުޑަ ބުރެއްވެސް ޖަހާލައިފައެވެ.

****

ހަފްތާއެއް ފަހެވެ.އަހަރެން އުޅުނީ ހައިދިން ފުރަންވާ އިރަށް އެއްޗެހި އިސްތިރިކޮށް،ފަށް ޖަހައި ދަބަހަށް އެޅުމުގެ މަސައްކަތުގައެވެ.ސިޓިން ރޫމުގައި ޓީވީން ޔޫޓިއުބް އަޅުވައިގެން ޔީތު އިނެވެ.ބަންދު ދުވަހެއް ކަމުން އަހަރެން ހުރީ ހަވީރު މަންމަމެން ގެއަށް ދާން ނިންމައިގެންނެވެ.ދޮންތައާއި ތުއްތަވެސް ދަރިން ފަތި ގޮވައިގެން މަންމަމެން ގެއަށް ދާން ކިޔާފައި އޮތީމައެވެ.ހުރިހާ ބޮއްފަތި އެއްތަންވާ ދުވަހަކު ވިއްޔާ  ފޯރިފަށެއް ހުރެއެވެ.އެކަމަކު އަހަރެމެން ތިން ބެއިން އެއްތަންވެ ވާހަކަ ދައްކާލަން ތިބެވެނީވެސް އެކަހަލަ ދުވަހެއްގައެވެ.

****

ދިލްފާއާއި ދަނީންވެސް މިހާރު އުޅެނީ މީހުންނާ އިނދެގެންނެވެ.ދަނީން ބަނޑުވެސް ބޮޑެވެ.ދިލްފާ އުޅެނީ އޭނާގެ ކެރިއަރ ޚިޔާރުކޮށްގެން ކަމުން މާ އަވަހަށް ދަރިއަކު ހޯދުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.ދިރިއުޅުމުގައި އަވަދިނެތުމުގެ ސަބަބުން ކުރީގައިހެން އަހަރެމެނަކަށް އެއްތަނެއް ނުވެވެއެވެ.އަބަދުވެސް ކޮންމެވެސް އެކަކު އޮންނަނީ ބިޒީވެފައެވެ.ދޮންތައާއި ތުއްތައާއި ދިމާކުރަން އުޅުނަސް ޖެހެނީ ހަމަ އެ ހާލެވެ.

****

”ދަރިފުޅޫ ސްކްރީން ޓައިމް ލިމިޓެޑް އިނގޭ…އަބަދު ޓީވީ ނުބަލާ ފޮތްވެސް ކިޔަން ވާނެ އިނގޭ…“ހައިދިން ސިޓިން ރޫމަށް ނުކުމެ ޔީތު ގާތުގައި ސޯފާގައި އިށީންނަމުން ބުނެލިއެވެ.

”ބައްޕި ޔީކޮ ހުރިހާ ވޯކެއް ނިންމާފައޭ މީތި މި ބަލަނީ… ދެން ހަވީރު ބައްޕި ދިޔައީމަ މަންމި ބުނީ މާމަ ގެއަށް ދާނީއޯ…ޔީކޮ އޯލް ކަޒިންސް ދާނެ…“ ޔީތު ވަރަށް ހަމަޖެހިލައިގެން އިނދެ ބުނެލިއެވެ.

”އެހެންތަ؟ އޯކޭ…ކޮބާ މަންމި؟“ ހައިދިން އަހައިލިއެވެ.

”މިއުޅެނީ އަހަރެން…“ ކޮޓަރީގައި އިނދެފައި ހައިދިން އެހެން ބުނި އަޑު އިވިގެން އަހަރެން ބާރަށް ބުނެލީމެވެ.ހައިދިން ނިކަން އަވަހަށް އައިސް ކޮޓަރިއަށް ވަދެެ ދޮރު ލައްޕާލައިފިއެވެ.

****

”ކިޔެއްވީ؟“ ލާނެތް ޒާތަކަށް ހިނިއައިސްފައި ހުރެގެން ހައިދިން ކައިރިއަށް އަންނަން ފެށުމުން އޭނާގެ މަގުސަދު އަހަންނަަށް ނަގައިގަނެވުނެވެ.

”ދެން އަހަރެން އަންނާނެ ދޯ އަހަރެންގެ ވައިފް ގާތަށް…އާދެބަލަ ތި ބަހައްޓާފަ ދެން…އައި މިސް ޔޫ ސޯ މަޗް ލަވް…“ ހައިދިން އަހަރެންގެ އަތުގައި ހިފާ ލަތްކެއް ޖަހަމުން ބުނެލިއެވެ.

”ހޫނ ސާބަސް…ޔީކޮ އައިސް ދޮރުގައި ތަޅަން ފަށާނެ..“ އަހަރެން ބުނެލީމެވެ.

”އަހަރެން އައިސްދާނަމޭ އޭނައަށް ކުޅިވަރެއް ދައްކާފަ… މިހާރު ފުރަން ދާގަޑިވެސް ޖެހެނީ އެއޮއް…ދެން ނޭނގެ އަނެއްކާވެސް އާދެވޭނެ ދުވަހެއް ބުނާކަށްވެސް…މިހޫއާ ނުލާ އުޅެން ހާދަ އުނދަގުލޭ…ހުވާ މިބުނީ…އައި މިސް ޔުއަރ ޓަޗް… އެންޑް ޓަޗިން ޔޫ ޓޫ..“ ހައިދިން ޖަޒުބާތީވެފައި ބުނެލިއެވެ.

****

އަހަރެން އޭނާއަށް ފުރުސަތު ދިނުމުން އެންމެ ސިކުންތެއްވެސް ހައިދިން މަޑެއް ނުކުރިއެވެ.އަހަރެން ލައިގެން ހުރި ހުރިހާ އަންނައުނެއް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ގަޔާ ވަކިކޮށްލައިފިއެވެ.ޔީތު ލިބުނު ފަހުން ހަގީގަތުގައި އަހަރެމެން ދެމީހުންނަކަށް މާ މިނިވަންކޮށެއް ނޫޅެވެއެވެ.އަހަރެމެން ދެމީހުން ކުރެ އެކަކު ފެންނަން ނެތަސް އެކުއްޖާ ހޯދާނެއެވެ.އައިސް ޖަވާބެއް ލިބެންދެން ދޮރުގައި ޓަކި ޖަހާނެއެވެ.

****

އެހެނަސް މިފަހަރު އަހަރެމެންގެ އެ އުފާވެރި ވަގުތުކޮޅަށް ހުރަސް އެޅީ ހައިދިންގެ ރިންގުވާން ފެށި ފޯނެވެ.ކާކުތޯވެސް ނުބަލާ އަޅައި ނުލާށޭ ބުނެ ހައިދިން ފޯނު ސައިލެންޓަށް ލިއެވެ.ދެން ރިންގުވާން ފެށީ އަހަރެންގެ ފޯނެވެ.އެ ހިސާބުން އެ ގުޅަމުން ދާ މީހަކު އެ ގުޅަނީ މުހިންމުކަމެއް ޖެހިގެންކަން އަހަރެންމެން ދެމީހުންނަށްވެސް ވިސްނިއްޖެއެވެ.

****

އަހަރެން ފޯނު ބަލާލިއިރު ގުޅަމުން ދިޔައީ ކީރާއެވެ.ހައިދިންއަށްވެސް ގުޅާފައި އޮތީ ކީރާއެވެ.

****

”އިޓްސް ކީ… ކިހިނެއް ވީބާ އަނެއްކާ؟ މާ ވަރަކަށް އެ ގުޅަނީ…“ އަހަރެން ފޯނު ނެގީ މެވެ.

”މިހޫ ކޮބާ ހައިދިން…އޭނަ އެބަ އުޅޭތަ…އޭނާ ގާތުގައި ބުނެބަލަ އަޅެ ފޯނު ނަގާ ބަލާށޭ…“ ފޯނު ނެގި ގޮތަށް ހަލޯއޭ ވެސް ނުބުނެ ކީރާ ހާސްވެފައިވާ އަޑަކުން ބުނެލިއެވެ.

”ކީ… އަނެއްކާ ކިހިނެއްވީ؟“ އަހަރެން އަހައިލީމެވެ.

”މިހޫ ނޮޓް ނައު… ދީބަލަ ހައިދިން ތިތާ ހުރިއްޔާ އޭނަ އަތަށް…އިޓްސް އާޖެންޓު“ ކީރާ ހީވަނީ ކިރިޔާ ނުރޮވި އިންހެންނެވެ.

****

ސުވާލުތަކުން ފުރިފައި އިނދެ އަހަރެން ހައިދިންއަށް ފޯނު ދިއްކޮށްލުމުން އޭނާ ފޯނު ކަންފަތުގައި ޖަހައި ހަލޯ އޭ ބުނެލިއެވެ.ދެން އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔަ ކުލަވަރުން ކީރާ ދިނީ މާ ރަނގަޅު  ޚަބަރެއްހެނެއް ހިޔެއް ނުވެއެވެ.

****

ހައިދިން ހުރެގެން އާނ ހޫނ ކިޔާތީ އެކޮޅުން ދައްކާ ވާހަކައެއްވެސް އަހަންނަކަށް ނަގައެެއް ނުގަނެވުނެވެ.

****

ދިހަވަރަކަށް މިނެޓް ވާހަކަ ދައްކާފައި ކީރާ ފޯނު ބޭއްވުމުން ހައިދިންގެ މޫނުމަތިން ފާޅުވެގެން ދިޔައީ ވަރަށް އެހެން ކަހަލަ ކުލަވަރުތަކެކެވެ.

****

”ހައިދިން ކަމެއް ގޯސްވީތަ؟“ ނުތަނަވަސްވެފައިވާ ހިތަކާއިގެން އަހަރެން އަހައިލީމެވެ.

”މިހޫ… އަހަންނަަކަށް ނޭނގޭ މިހޫ ގާތުގައި މިވާހަކަ ދައްކާނީ ކިހިނެއް ކަމެއްވެސް…މިހޫ އަހަންނަށް އިތުބާރު ކުރަން ދޯ…މީ ފަހަރެއްގައިވެސް އަހަރެން ބޭނުން ވެގެން މިހޫ ގާތުގައި އެދޭ އެދުމެއް ނޫން… އިޓްސް އެބައުޓް އާރިން…“ ގަޔާނުވެފައި ހައިދިން ބުނެލިއެވެ.

****

”ކީކޭ؟!“ އަހަރެންގެ މޫނުމަތިން ކުދި ކޮކާތަކެއް ބުރައިގެން ދިޔަހެން ހީވިއެވެ.

”ހޫމް…ކީރާ މިވަގުތު އެ އުޅެނީ ހޮސްޕިޓަލުގައި…އާރިން ކިރިޔާ ދުނިޔޭގަ އޮތްކަން…ލޫކް ގެނެސްދޭށޭ ކިޔާފައި އާރިން ރޯތީ އެގޭ މީހުން ގުޅާ އާދޭސްކޮށްގެން ކީރާ އެ އުޅެނީ ލޫކް ގޮވައިގެން އެތަނަށް ގޮސް…އާރިން ވަރަށް ކްރިޓިކަލް… ޑޮކްޓަރުން އުންމީދުވެސް ކަނޑާލާފަ… މިހާރު ރޮނީ މިހޫގެ މާފް ނުލިބިގެން…އޭނަ ހަމަ ކިރިޔާ އޮތްކަން… އެހާލުގައި އޮވެ މިހޫގެ މާފަށް އެދި ރޯތީ މިހޫ ފޮނުވަން ދެކޮޅު ހަދަން އަހަންނަށް ނުކެރިގެން މިއުޅެނީ…އެކަމަކު އިޓްސް ޓޯޓަލީ އަޕް ޓު ޔޫ….އައިނޯ އިޓްސް އަ ލޮޓް ފޮރ ޔޫ. މިހޫ ގޮތް ނިންމާނީ…އާރިން އެދެނީ ވަކިން މިހޫއާ ބައްދަލުކޮށް ވާހަކަ ދައްކަން…ފަސް މިނެޓު މީހަކަށް ދޭނީ ވެސް އައިސީޔޫ ތެރޭގައި…ސޯ މިހޫ ކިހިނެއް ހަދާނީ ؟“ ހައިދިން ބުނެލީ އަހަރެން ހީވެސް ނުކުރާ ކަހަލަ ވާހަކައެކެވެ.އަހަރެންގެ ވަށައިގެން މުޅި ދުނިޔެވެސް އެނބުރިގަތްހެން ހީވިއެވެ.އާރިންއާއި ބައްދަލު ކުރުމަކީ އެނގިހުރެ ވަޅިއެއްގެ މިޔަ މައްޗަށް އެރުން ފަދަ ވޭންހުރި ކަމަކަށްވާނެއެވެ.އަހަރެން އެހާ ހާލުން ވަޅު ޖަހައި ފަސް އެޅި އެ އަނދިރި އިހުސާސްތަކާއި އަލުން ބަލުން ކުރިމަތިލުމަކީ އަހަންނަށް ގައިމުންވެސް ފަސޭހަކަމަކަށް ނުވާނެއެވެ.އެހެނަސް މަރުގެ ތުންފަތް މަތީގައި އޮތް އިންސާނެއްގެ އާދޭސް އަޑު ނާހައި މާފު ނުދީ ހުރުމަކީވެސް އަހަރެންގެ ހިތަށް ވަކި ހަމަ ޖެހުމެއް ލިއްބައިދޭނެ ކަމެއްވެސް ނޫނެވެ.

****

”ހައިދިން… އަހަރެން… އަހަރެން ދާނަން “ އަހަރެން މަޑުމަޑުން ބުނެލީމެވެ.

”މިހޫ…؟ ހަމަ ޔަގީންތަ؟“ ހައިދިން ގަބޫލު ކުރަން ދަތިވެފައި ހުރި ފަދަ ގޮތަކަށް އަހައިލިއެވެ.

”އާނ… އަހަރެން ވަރަށް ޖެހިލުންވޭ އަސްލު… އެކަމަކު އަހަރެން ބިރުގަނެ ޖެހިލުންވާ ކޮންމެ ކަމަކާވެސް ކުރިމަތިލާން އަހަރެން ބޭނުމީ މިހާރު…އާރިން ބުނާ އެއްޗެއް އެނގިދާނެތާ… ހައިދިންއަށް އޯކޭތަ އަނެއްކާ؟“ އަހަރެން ޖެހިލުންވެފައި އިނދެ އަހައިލީމެވެ.

”އަހަރެން  ވަރަށް ހިތް ނުތަނަވަސްވޭ…އެކަމަކު މިހޫ ދާން ހުރިއްޔާ އަހަރެން މިހޫ ހިފަހައްޓާކަށް ނެތިން…“ ހައިދިން ބުނެލިއެވެ.

”އޭނަ އޮތް ހާލަތުން އަސްލު އަހަންނަށް އުނދަގޫވަނީ ދެކޮޅު ހަދަން “ އަހަރެން ބުނެލީމެވެ.

”އެހެންވިއްޔާ ހިނގާ އަވަހަށް… ވަރަށް އަވަސްކޮށްގެން ނުކުންނައްޗޭ… އަހަރެން ދާނަން އިހަށް ޔީކޮ ގާތަށް.“ ހައިދިން އަވަހަށް އެއްޗެހި ލައިގެން ކޮޓަރިން ނުކުތެވެ.

****

ދިހަވަރަކަށް މިނެޓް ތެރޭ އަހަރެން ތައްޔާރުވެލައިގެން ނުކުތީމެވެ.އަހަރެމެން ހޮސްޕިޓަލާ ދިމާލަށް މިސްރާބު ޖެހީ ޔީތުވެސް ގޮވައިގެންނެވެ.އޭނާ ގާތުގައި ބަލި މީހަކަށް ޒިޔާރަތް ކޮށްލަނީއޭ ބުނުމުން ނަސީބަކުން  މާ ގިނަ ސުވާލެއް ނުކުރެއެވެ.ހޮސްޕިޓަލަކީ އެކުއްޖާ މާ ގަޔާވާ ތަނަކަށް ނުވާތީ އެތަނަށް ވަދެފިއްޔާ އެކުއްޖާ އަބަދުވެސް ހުންނާނީ ވަރަށް ނެގިމަޑުވެފައެވެ.

****

އަހަރެމެން އައިސީޔޫ ކައިރިއަށް ދިޔައިރު އެތަނުގައި އާރިންގެ އާއިލާ މީހުންތައް އެއްވެފައި ތިއްބެވެ.އާރިންގެ މަންމައާއި ދައްތަގެ ނަޒަރު އަހަންނަށް އަމާޒުވިތަން ފެނިފައި އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.އެދެމީހުންގެ މޫނުމަތިން މޮޅިވެރި އަސަރުތައް ފާޅުވޭވޭ ހުރިއިރު ގާތުގައި ހިތްވަރުދޭން އާރިންގެ ބައްޕައާއި ބޭބެވެސް ހުއްޓެވެ.ކީރާވެސް ލޫކް ގޮވައިގެން އެމީހުންގެ ގާތުގައި ނެގިމަޑުވެފައި އިނެވެ.

****

”މިހްރާ…މިހްރާތަ ތީ؟“ އާރިންގެ މަންމަ ކުރިއަށް ޖެހިލައި އަހަންނާއި މުޚާތަބުކޮށް އަހައިލިއެވެ.އަހަރެން އެއްޗެކޭ ނުބުނެ ބޯ ޖަހައިލުމުން އެމީހާއާ އަހަރެންގެ ދެއަތުގައި ހިފައި ޖޯޑުކޮށްލި ގޮތަށް އަޑުން އަޑުނަގައި ރޯން ފަށްޓައިފިއެވެ.އެމީހާ އެގޮތަށް ރޯތީ ޔީތުވެސް ކަންބޮޑުވެގެން ހައިދިންގެ އަތަށް ދަމަން ފެށިއެވެ.ޔީތު ހަމައަކަށް އަޅުވަން ވެގެން ހައިދިން އެކުއްޖާ އުރާލައިގެން ތަންކޮޅެއް ދުރަށް ހިނގައިގަތެވެ.އެހެނަސް ޔީތު ކަންބޮޑުވެފައި އަހަންނާއި ދިމާލަށް ބަލަމުން ހައިދިން ގާތުގައި ކޮންމެވެސް އެއްޗެކޭ ކިޔަމުން ދިޔައެވެ.

****

”މިހްރާ… އަހަންނަށް މާފުކުރޭ… އޭރު އަހަންނަށް ހަގީގަތް ނޭނގޭތީ މިހްރާއާ ދޭތެރޭ ކަންތައްތައް ކުރެވުނީ ވަަރަށް ގޯސްކޮށް…އާރިން ހުރިހާ ވާހަކައެއް ތެދަށް ކިޔައިދީފި… ދަރިފުޅާ ހެޔޮނުވާނެ އޭނާއަށް ހިތް ހަލާލު ދީ…އޭނާ ދެން ރަނގަޅުވާނެހެނެއް ހިޔެއް ނުވޭ… އިންސާނިއްޔަތަށްޓަކައި ނަމަވެސް އޭނާއަށް މާފުކޮށްދީ“ އާރިންގެ މަންމަ ރޮމުން ބުނެލިއެވެ.

****

އެވަގުތު ނަރުސް ކުއްޖަކު އައިސީޔޫގެ ދޮރު ހުޅުވާލާފައި ބެޑް ފަހެއްގައި އޮތް ޕޭޝަންޓް މިހްރާ ކިޔާ ފަރާތެއް އެބަ ހޯދައޭ ބުނެލުމުން އަހަރެން އެދިމާލަށް ހިނގައިގަތީމެވެ.

****

އައިސީޔޫގެ ބެޑް ފަހެއްގައި އެތައް ހޮޅިތަކަކާއިި އޮކްސިޖަން މާސްކެއްވެސް ގުޅާފައި ވަރަށް ހާލު ދެރަކޮށް އޮތް މީހަކަށް ނަރުސް ކުއްޖާ އިޝާރާތް ކޮށްލިއެވެ.އޭރު އަހަރެންގެ ހިތް ހީވަނީ މޭފަޅާފައި ދެންމެ ދެންމެ ނުކުމެދާނެހެންނެވެ.

****

އަހަންނަށް އެމީހާ ރީތިކޮށް ފެނުނުހިނދު އެއީ އާރިން ކަމަށް ގަބޫލުކުރަންވެސް ދަތިވިއެވެ.މުޅި މީހާ އޮތީ ސިފަ ގެއްލިފައެވެ.ހިކިގެން ގޮސް އެކަށް އަނަރޫފަވެފައެވެ.ބޯ ވެސް އެއްކޮށް ތަލަވެ ކުޑަމިނުން ބުމައިގައިވެސް އެންމެ އިސްތައްޓެއްހާ ހިސާބުވެސް ނެތެވެ. ދެލޯވެސް ވަޅު ވަދެފައިވާއިރު ގައިގެ ކަށިތަކަށް ދާންދެން އެނގެއެވެ.

****

”މިހްރާ…“ބަލި އަޑަކުން އަހަރެންގެ ނަމުން ގޮވާލާފައި ދެވަނަ ސިކުންތު ދެން އެ ދެ ތުންފަތް ދުއްވާލާފައި ނުކުތީ ވޭނީ ގިސްލުމެއްގެ އަޑެވެ.

****

”މިހްރާ… އަހަންނަށް މާފުކުރޭ މިހްރާ… އަހަރެން މިހޫގެ މާފު ލިބޭތޯ އުޅޭތާ ވަރަށް ދުވަސްވެއްޖެ… ދޮންބެމެން ވަރަށް މަސައްކަތް ކޮށްގެން އަހަރެން ޖަލުން މިނިވަން ކުރީ…އޭރުވެސް އަހަރެން ވަރަށް ބަލިވެއްޖެ… ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އެނގުނީ އަހަރެން ހުރީ ބްލަޑް ކެންސަރުގެ ފަހު ސްޓޭޖްގައިކަން…އޭރު މާ ބޮޑަށްވެސް ލަސްވެއްޖެ… އެހިސާބުން އަހަންނަށް އަހަރެންގެ ނުބައިކަން ގަބޫލުކުރެވުނު…ހިތަށް އެރި މިއީ ހަމަ އަހަންނަށް ހައްގު ސަޒާއޭވެސް…މިހްރާ.. އަހަރެން އެ ހުރިހާ ކަމަކަށް ތައުބާވެއްޖައިން… އަހަރެން އެކި ގޮތްގޮތުން މިހްރާގެ މައުލޫމާތު ހޯދިން…އުޅޭ ނޫޅޭ ގޮތް ބެލިން…މޫނު ބުރުގާ އެޅިކަން އެނގުނީމަ ވަރަށް އުފާވެސްވި…އަސްލު އަހަންނަށް މިހްރާ ފާހަގަ ވަނީވެސް ޔީތު މިހްރާ ކައިރީގައި ހުންނާތީ..އާނ..ޔީތުއަކީ މިހްރާގެ ދަރިފުޅުކަން އަހަންނަށް އެނގޭ…ބަލާ ހޯދާ މީހަކަށް އެވަރުވެސް އެނގޭނެތާ…އެކަމަކު އަހަންނަށް ހަމަ ހިލާ މިހްރާއާ ކުރިމަތިލާނެ ހިތްވަރެއް ނުލިބުނު…އެ ދުވަހު މިހްރާ ޔީތު ބަލާ ސްކޫލް ދޮށަށް ނާންނަކަން އަހަންނަށް އެނގުނީމަ އަސްލު އަހަރެން އޭނާ ބަލާ ދިޔައީ…އަހަރެން ކޮންމެ ދުވަހަކުވެސް ސްކޫލް ނިމޭ ގަޑީގަ ޔީތު ގޮވައިގެން މިހްރާ ނުކުންނަތަން ބަލަން ދުރުގަ ހުންނަން…ކީމޯ ތެރަޕީގެ ސަބަބުން އަހަރެން މިހާ ސިފަ ބަދަލުވެފަ ހުރީމަ މިހްރާއަށް އަހަރެން ފާހަގަނުވީ.އަހަރެން އެދުވަހު ޔީތު ސްކޫޕަށް ގެންދިޔައީ…އަދި އެ ހަދިޔާ ދިނީ ވެސް… މިހްރާ… އަހަރެން މިހްރާއަށް އަދި ޔީތުއަށްވެސް ދެރައެއް ދޭކަށް ނޫން އެގޮތަށް ކަންތައް ކުރީކީ… އެދުވަހު އަހަރެންގެ ސަބަބުން މިހޫއަށް ނުތަނަވަސްކަން ލިބުނުކަން އަހަންނަށް އެނގޭ… އަހަންނަށް އެކަމަށްވެސް މާފުކޮށްދީ… ހެޔޮނުވާނެ މިހްރާ… “ އާރިން ރޮމުން ވަރަށް އުނދަގުލުން ބުނެލިއެވެ.

****

”މިހްރާ…ދެން ހިޔެއް ނުވޭ އަހަރެން ގަދަވާނެ ހެނެއް.. ޑޮކްޓަރުންވެސް އުންމީދު ކަނޑާލައިފި… ލޫކްއަށް ބަލާދެއްޗޭ… ހުރިހާ ކަމަކަށްވެސް އަހަރެން ވަރަށް ބޮޑަށް މާފަށް އެދެން…“ އާރިންގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ދިޔައީ މަޑުވަމުންނެވެ.އުނދަގޫ ގޮތަކަށް ނޭވާ ލަމުން ގޮސް އޭނާ ވަަރަށް ޒާތަކަށް ފުންކޮށް ނޭވާލާން ފެށިއެވެ.އެވަގުތު އެތަނަށް ނަރުހުންނާއި ޑޮކްޓަރުންވެސް އައެވެ.

****

އާރިންގެ ފަހު ނޭވާ ދޫކޮށްލީ އަހަރެންގެ ކުރިމަތީގައެވެ.އޭރު ޑޮކްޓަރުންނާއި ނަރުހުންތައް އެ އެނދު ވަށައިގެން ހަރަކާތްތެރިވަމުން ދިޔައެވެ.އަހަރެން އިނީ ލިބުނު ކުއްލި ޝޮކުން ގުޑިލާންވެސް ނޭނގިފައެވެ.އަހަންނަށް ހޭވެރިކަމެއްވީވެސް ނަރުސް ކުއްޖަކު އެކްސްކިޔުޒްއޭ ބުނެފައި އިހަށް ބޭރަށް ނުކުތުމަށް ބުނުމުންނެވެ.އަހަންނަށް ދޮރާއި ދިމާލަށް ހިނގައިގަނެވުނީވެސް ޗާބީ ދީފައިވާ ބުދެއް ފަދައިންނެވެ.

****

އަހަރެން ނުކުތްއިރު އެ ޚަބަރު ލިބިގެން އާރިންގެ އާއިލާ މީހުންތައްވެސް ރޮނީއެވެ.ލޫކްވެސް ހުރީ އަހަރެން ފަދައިން ހުއްޓުން އަރާފައެވެ.ކީރާވެސް  ރޮނީއެެވެ.ލޫކްގެ ހަގީގީ ބައްޕައާއި ބައްދަލުވެ އެއީ ކާކުކަން އެނގުނު ފުރަތަމަ ދުވަހު އެ ބައްޕަ އެކުއްޖާއާއި އަބަދުގެ އަބަދަށް ވަކިވެގެން އެ ދިޔައީއެވެ.އަޅެ އެ ޅަ ހިތަށް އަސަރެއް ނުކުރާނެ ހެއްޔެވެ؟

****

އަހަރެން ނުކުތްއިރު ހައިދިން ވެސް އެ ޚަބަރު ލިބިގެން އަހަރެންގެ އިންތިޒާރުގައި ދޮރު ކައިރީގައި ހުއްޓެވެ.އޭރު ޔީތުވެސް އިނީ އެންމެން ރޯތަން ފެނިގެން ވަރަށް މޫޑު ގޯސްވެ ފެންކަޅިވެފައެވެ.

****

”މަންމީ ކީއްވެގެން އެ ހުރިހާ ކުދިން އެ ރޮނީ؟“ ޔީތު ތުން ފިތައިލިއެވެ.އެކުއްޖާއަށް ދޮގު ހަދަން އަހަންނަށް ވީ އުނދަގޫ ކަމަކަށެވެ.

****

”އެތާ އޮތް ބަލި މީހެއް ނިޔާވީ ދަރިފުޅާ…އެހެންވެ ދެރަވެގެން އެކުދިން އެ ރޮނީ…“ އަހަރެންްވެސް ނުރޯން މަސައްކަތް ކުރަމުން ބުނެލީމެވެ.ހައިދިންއަށް އަހަރެން އިން ހާލަތު އިހުސާސް ކުރެވިގެން އަވަހަށް އަހަންނާއި ޔީތު ގޮވައިގެން އެތަނުން ނުކުތެވެ.އަހަރެންގެ ބަޑި ފަޅައިގެން ދިޔައީ ކާރަށް އަރާ ދުއްވައިލި ފަހުންނެވެ.

****

ކަންތައް ބޮޑުވެގެން ޔީތުވެސް މަންމި ނުރޯށޭ ކިޔާ އަހަންނާއި އެއްވަރަށް ރޯން ފަށްޓައިފިއެވެ.ހައިދިންވެސް ހަދާނެ ގޮތެއް ނޭނގިގެން އެންމެ ކައިރިން ފެނުނު ޕާކިންގ ޒޯނުގައި ކާރު ޕާކު ކޮށްފައި ޑުރައިވަރު ސީޓުން ފައިބައިގެން އައިސް ފަހަތު ސީޓަށް އަރާ އަހަރެމެން ދެމައިން ގައިގައި ބާރަށް ބައްދާލިއެވެ.ހައިދިންގެ ގައިގައި ބައްދައިގެން އިނދެ އަހަންނަށް އަޑުން އަޑުނަގާ ރޮވުނެވެ.

****

އާރިންގެ އެ ވަކިވެ ދިޔުމުން އަހަންނަށް އެހާ އަސަރުކުރީ ކޮންމެހެން އަދިވެސް އަހަރެން އޭނާ ދެކެ ލޯބިވާތީއެއް ނޫނެވެ.އެހެނަސް އޭނާއަށް ވިސްނި، އެ ފާފަތަކަށް ތައުބާވެ އިޚުލާސްތެރި ހިތަކުން އަހަރެން ގާތުގައި މާފަށް އެދުނީތީއެވެ.އޭނާ މަރުވުމުގެ ކުރިން އެ މާފު އޭނާއަށް ލިބެން އިރާދައިގައި ހުރީތީ އެކަން ހިތަށް އަރާފައި ޖަޒުބާތީވީވަރުންނެވެ.

****

”ދެން ނުރޮއޭ މައި ފޭވް ޓޫ ގާރލްސް…“ ހައިދިން އަހަރެމެން ދެމައިންގެ ނިތަށް ބޮސް ދެމުން ބުނެލިއެވެ.އަހަންނާއި ޔީތު އިހުނަށްވުރެވެސް ބޮޑަށް ހައިދިންގެ ގައިގައި ބައްދާލީމެވެ.

****

~ދެ މަސް ފަސް~

އާރިންގެ އެ ވަކިވުމަށްފަހު އަހަރެން ހަމައަކަށް އެޅެން ކުޑަ ދުވަސްކޮޅެއް ނެގިއެވެ.އެހާ އަވަހަށް އެ ހުރިހާކަމެއް ޕްރޮސެސް ކުރަން އަހަރެންގެ ސިކުނޑި ނުކުޅެދުނީއެވެ.ހައިދިންވެސް އެކަން ދަނެގެން އޭނާގެ ގިނަ ވަގުތުތަކެއް އަހަންނަށްޓަކައި ހުސްކޮށްލައި ދިނެވެ.އެކަމުން އަރައިގަތުމަށް މުޅި އާއިލާގެ އެއް ބާރުލުމާއި އެހީތެރިކަންވެސް އަހަންނަށް ލިބުނެވެ.

****

އާދައިގެ މަތިން ދުވަހެކެވެ.ސްކޫލް ބަންދު ދުވަހެއް ކަމުން ޔީތު އުޅެނީ ޔޫޓިއުބް ބެލުމުގައެވެ.ޔީތަކީ އޭނާ ގެންގުޅޭ ފޮތްތައް އަމިއްލައަށް ބަލަހައްޓާ ކުއްޖެއް ނަމަވެސް ދޭތެރެއަކުން އަހަރެންވެސް އެކުއްޖާގެ ފޮތްތައް ތަރުތީބުކޮށްލައިދީ ހަދަމެވެ.އަހަރެން ޔީތުގެ ފޮތް ކަބަޑު ތަރުތީބު ކުރަމުން ދަނިކޮށް އެދުވަހު އަހަރެން އެކުއްޖާ އަތުން އަތުލި މުސްހަފާއި ތަރުޖަމާ، ކަބަޑުގެ ތަންކޮޅެއް ބިއްދޮށުގައި ފޮރުވާފައި އޮއްވާ އަހަންނަށް ފެނުނެވެ.އެ ފެނިފައި އަހަންނަށް ހިނިތުންވެވުނީ އިޚުތިޔާރަކާ ނުލައެވެ.

****

”ދަރިފުޅާ ޔީތް!“ އަހަރެން އަޑު ހަރުކޮށް ގޮވައިލުމުން އެކުއްޖާ ކަށްޓެއް ޖެހިހެން އަވަހަށް ސޯފާއިން ތެދުވެގެން އަތުވެއްޖެއެވެެ.

****

”މަންމީ ޔީކޮ ސްކްރީން ޓައިމް ހަމަވީދޯ؟“ ޔީތު އަނގަޔަށް ގޮތެއް ހަދައިލަމުން ބުނެލިއެވެ.

”ޔެސް ދަރިފުޅޫ…އެކްޗުއަލީ އައި ހޭވް ސަމްތިން ބެޓަރ ފޮރ ޔޫ ޓު ޑޫ…“ އަހަރެން އާރިން ދިން މުސްހަފް ނަގައި ދައްކައިލުމުން ޔީތުގެ މޫނުން ހާސްކަން ފާޅުވިއެވެ.

”ސޮރީ…މަންމި…ޔީކޮ ތީތި ބޭނުންވީ…އެހެންވެ ގެނައީ..“ ކުށްވެރިއެއް ފަދައިން  އިސް ޖަހާލާފައި ވަރަށް ދެރަވެލާފައި ޔީތު ބުނެލިއެވެ.

”އިޓްސް އޯކޭ…މީގެ ފަހުން ޔީކޮ ކިޔަވާނީ މި ޚަތިމުން އިނގޭ… ތަރުޖަމާ ކިޔާނީ މަންމިއާ އެކީގަ.“ އަހަރެން ވަރަށް ލޯބިން ބުނެލީމެވެ.ޔީތު ގަބޫލު ނުކުރެވުނު ފަދަ ފަދަ ގޮތަކަށް އިސް އުފުލާ އަހަންނަށް ބަލައިލިއެވެ.

”އެކަމަކު ތީ އެއްކަލަ ބޭބެ..“ ޔީތު ބުނަން އުޅުނު ބަސްތައް ހުއްޓުވީ އަހަންނެވެ.

”މަންމިއަށް އެ ބޭބެ ސޮރީ ބުނީމަ މިހާރު ފޮގިވް ކޮށްފީމޭ. އެހެންވީމަ އެ ބޭބެއަށްވެސް ސަވާބު ލިބޭނެ ޔީކޮ ތި ޚަތިމުން ކިޔެވީމަ.އެ ބޭބޭ މިހާރުވަނީ ނިޔާވެފަ ދަރިފުޅާ…“ އަހަރެން ޔީތު ގާތްކޮށްލަމުން ބުނެލީމެވެ.އެކުއްޖާ އަހަރެންގެ އަތުން އެ ޚަތިމު އަތުލާފައި މެޔާލައި ބޮނޑިކޮށްލިއެވެ.

****

”އެހެންވިއްޔާ ޔީކޮ ދެން ކޮންމެ ދުވަހަކުވެސް މި ޚަތިމުން ކިޔަވާނީ…އޭރުން ބޭބެއަށް ގިނަ ސަވާބު ލިބޭނެއެއްނު ދޯ…“ ޔީތު ވަރަށް މަޢުސޫމު ކަމާއި އެކުގައި ބުނެލިއެވެ.އަހަރެން ހިނިތުންވެލާފައި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލުމުން ޔީތުވެސް ވަަރަށް ލޯބިކޮށް ބޯއަރިކޮށްލާފައި ހިނިތުންވެލިއެވެ.

****

ޖެހިގެން އައީ އަހަރެންގެ ކުޑަ ކުޑަ އާއިލާއަށް ވަރަށް އުފާވެރި  ފާގަތި ދުވަސްތަކެކެވެ.ގަވާއިދުން އާއިލީ އެއްވުންތައް ބާއްވައި އުޅޭތީ ގުޅުންތައްވެސް ވަނީ ނުހަނު ބަދަހިވެފައެވެ.ލޭގެ ގުޅުމެއް ނެތަސް ކީރާއާއި ލޫކް، އަދި ކީރާގެ ހަގު ދަރިފުޅު ލުއާއާއި ޒިވިކްގެ ދޮށީ ދަރިފުޅު ޒިލާވެސް ހީވަނީ ހަމަ އަހަރެންގެ އާއިލާގެ މެންބަރުންތަކެއް ހެންނެވެ.ދޭތެރެއަކުން އަހަންނަށް ޒިޔާރަތް ކޮށްލުމަކީ ކީރާގެ އާދައެކެވެ.

****

މާ ގިނަ ދުވަސްތަކެއް ނުވެ ދަނީންވެސް ވިހެއުމުން ’ބައްޗާ ޕާޓީއަށް‘ ވެސް އިތުރު މެމްބަރަކު ލިބުނެވެ.ދިލްފާވެސް ދަރިއަކު ހޯދަން މަސައްކަތް ނުކޮށް ހުއްޓާ ބަނޑުބޮޑުވުމުން އޭނާ އަހަރެމެންގެ ގާތުގަ ކިޔައިގެން އުޅުނީ މިސްޓޭކެއް ހެދުނީ ކަމަށެވެ.އޭނަ އެހެން ބުނެގެން އަހަރެމެން އޭނާ ހޫނު ފެނަށް ލުމުން ވަރަށް ދޮން ބޮޑުވެގެން ރުޅި ހަދައިގެން ދުވަސްކޮޅަކު އުޅެ އުޅެފައި އަނެއްކާވެސް ރައްޓެހިވެއްޖެއެވެ.

****

ދުވަސްކޮޅެއް ފަހުން އަހަރެންވެސް ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އެނގުނެވެ.ބަނޑުބޮޑުކަން އަހަންނަށް އެނގުނީ ހައިދިން ރާއްޖެތެރޭގައި ހުއްޓާކަމުން އޭނާ އަނބުރާ މާލެ އަންނަ ދުވަހު ސަޕްރައިޒެއް ދޭން އަހަރެން ދުރާލައި ރޭވީމެވެ.އެގޮތުން ’ހައި ޑެޑީ‘ ޖަހާފައިވާ ބެންޓޯ ކޭކަކަށް އަހަރެން އޯޑަރ ދިނީ އިންސްޓަގްރާމްއިން ފެނުނު ކޭކު ޕޭޖަކަށެވެ.ދަނީން ޅަދަރިމައި ކަމުން އޭނާގެ ކޭކު ވިޔަފާރި މަޑުޖައްސާލާފައި އޮތީމައެވެ.ނަސީބަކުން އެމީހުން ހައިދިން އައުމުގެ ގަޑިއެއްހާއިރު ކުރިން ކޭކު ޑެލިވަރީ ކޮށްދީފިއެވެ.

****

”ދަރިފުޅޫ… ބައްޕި އައިމަ ދަރިފުޅު ގޮސް ދޮރު ހުޅުވާލަ ދީބަލަ އިނގޭ…“ އަހަރެން އުޅުނީ ޔީތުއަށްވެސް އެކަން ސިއްރުކޮށްގެންނެވެ.އަނގަ ކަހައިގަނެގެން އެކުއްޖާ ހައިދިން ގާތުގައި އެވާހަކަ ބުނެފާނެތީއެވެ.

****

އެޕާޓްމަންޓުގެ ބެލް އަޅަން ފެށި އަޑަށް ސޯފާގައި އިނދެފައި ތެދުވެ ޔީތު ދުވެފައި ގޮސް ދޮރު ހުޅުވާލައިފިއެވެ.ހައިދިންވެސް އެކުއްޖާ ފެނުނުހާއިރަކަށް ބައްޕިގެ ޕްރިންސެސްއޭ ކިޔާ ނަގާ އުރާލައިފިއެވެ.ޔީތުވެސް ވަރަށް ފޮނިވެފައި ހައިދިންގެ ކަނދުރާގައި ދެއަތް ވަށާލައިގެން ކޮންމެވެސް މޮޅު ވާހަކައެއް ފެށްޓިއެވެ.އެވަގުތު އެ ކުޑަ ކޭކު ހިފައިގެން އަހަރެން އެ ދެބަފައިންގެ ކުރި މައްޗަށް ނުކުތުމުން އެދެމީހުންގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ.

****

”މިހޫ ތިއޯ؟ހައި ޑެޑީ…ވަޓް؟!“ ހައިދިން ވަރަށް ހިނިއައިސްފައި ހުރެ އަހައިލިއެވެ.އަހަރެންވެސް ހީލާފައި މަޑުމަޑުން އަހަރެންގެ ހިނދިކޮށް ހުރި ބަނޑުގައި އަތް ފިރުމާލީމެވެ.އެމަންޒަރު ފެނި ހައިދިންގެ ދެލޯ ބޮޑުވިއެވެ.

****

”މިހޫ އާރޔޫ ސީރިއަސް..އާރޔޫ ޕްރެގްނަންޓް؟!“ހައިދިން ޔީތު ތިރީގައި ބަހައްޓާފައި އަހަރެންގެ ގައިގައި ބައްދައިގަތެވެ.

”ތެންކިޔޫ މައި ލަވް… ވަަރަށް ވަރަށް އުފާވެއްޖެ“

“ޔީކޮ ބިގް ސިސްއަކަށް ވަނީ“ އަހަރެމެން ދެމީހުން އެއްފަހަރާ ޔީތު ގާތުގައި ބުނެލީމެވެ.އެކުއްޖާވެސް  އުފަލުން ހަޅޭއްލަވައިގެންފައި އަހަރެމެން ދެމީހުންގެ ގައިގައި ހިފައިގަތެވެ.މުޅި ގޭތެރެއަށް ހީވީ އުފާވެރިކަމުގެ އީދެއް އައިހެންނެވެ.

****

މިއަދު އަހަރެންގެ ދިރިއުޅުމަށް މިވަނީ އާރޯކަމާއި އުފާ ފާގަތިކަން ލިބިފައެވެ.ކެތްތެރިކަމެއް ނެތި ދެވަނަ ދަރިފުޅު އުފަންވާނެ ދުވަހަކަށް އިންތިޒާރުކުރަމުން ދިޔައިރު އަހަރެންގެ ހިތަށް ބަޔާން ކުރަން ދަތި ހިތް ހަމަ ޖެހުމެއް ލިބިފައިވިއެވެ.އަހަރެން ދެކެ އިންތިހާއަށް ލޯބިވާ ފިރިއަކާއި ލޯބި ލޯބި އާއިލާއެއް އަދި ފުދުންތެރި ދިރިއުޅުމެއް ލިބުމަށްވުރެ އަގު ބޮޑު ނިޢުމަތެއް މި ދުނިޔެމަތީގައި ކޮބާ ހެއްޔެވެ؟

 

~ނިމުނީ~

 

ނޯޓް: މި ހިސާބުން މިވާހަކަވެސް ނިމުމަކަށް އައީއެވެ.ކިޔުންތެރިންގެ ފަރާތުން ލިބުނު ހިތްވަރަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަމެވެ.މި ވާހަކައަކީވެސް ކިޔުންތެރިންނަށް ކަމުދިޔަ ވާހަކައެއް ކަމަށް އަޅުގަނޑު އުންމީދުކުރަމެވެ.ވާހަކަ ގެނެސްނުދެވި ލަސްވި އެންމެހާ ދުވަސްތަކަށް އަޅުގަނޑު ނިހާޔަތަށް މާފަށް އެދެމެވެ.

 

މި ވާހަކަ އަޅުގަނޑު ޚާއްސަކޮށްލާނީ އަޅުގަނޑަށް މިވާހަކަ ލިޔެ ނިންމުމުގައި އެތައް ގޮތަކުން އެހީތެރިވި އަޅުގަނޑުގެ ލޯބިވާ ކޮއްކޮއެއް ކަމަށްވާ އަރީޝާ އަދި އަޅުގަނޑުގެ ލޯބިވާ ފިރިމީހާއަަށެވެ.

 

ޝުކުރިއްޔާ.

 

 

 

 

Comments (13)

  1. Svetlana

    Wow masha allah vhk vrh reethi ❤️
    Naseebeh aarin ah heyo visnun libunukan.
    Dhuniyein nimi dhiyas he also got a happy ending.and Mihra and Haidhin plus yeeth,such a happy family.vrh ufaa vejje mihaa sad,thrilling story eh ehaa ufaaverikoh nimmaala dhineema.honestly,this story hit me hard while reading.JK but Kiriyaa depression ah nugos hurikan 😂.ehaa ves real feel vi.Keep up the good work.hope to read another story written by u in future 🤗

    1. Lamtty
      Svetlana

      Thank you Svetlana
      ❤️
      Vrh ufaavehje vaahaka kamudhiyaima.
      It was emotional for me to write it too.
      In sha Allah mihaaru liyan fashaafa in vhk ehkon ninmaafa genesdheynan.
      Kuriyah oithaagaves thi fadhain support libeyne kamahttkaa unmeedhu kuran.
      Have a great day girl ❤️
      Ly

  2. 😶‍🌫️Raajiha 😶‍🌫️

    V v reethi mi story ves.. bonus episode eh nugenevaynetha…
    Hope to read another story from u

    1. Lamtty
      😶‍🌫️Raajiha 😶‍🌫️

      Thank you Raajiha ❤️
      Mi vhkaige bonus episode eh genesdheykah adhi neh plan eh.
      BCS I’m trying to build new characters for the other story I’m currently writing.
      In sha Allah liye ehkon nimuneema e story genesdheynan.
      Have a great day girl ❤️
      Ly

  3. Anonymous

    Lamtty how old are you? ☺️

    1. Anonymous
      Anonymous

      That’s private information sorry
      But certainly I’m an adult hehe

    2. Lamtty
      Anonymous

      Yeah egady logout vevifa sorry about that

  4. Anonymous

    Who are u

    1. Anonymous
      Anonymous

      My name is Lamha I’m an author here 😊

  5. Aysherr

    Heyyy lamttty,
    You remember me?? varah busy dhuvas kolheh v ma comment ehvves koh nulevey mihaaru, but i saw “fahu bai” jahaafa in than ehnve hama comment eh nukure keh nuvy 😭 kithamme busy viyas lamtty ge vaahaka thah kiyan ingey
    maa sha allah varah reethi lamtty ge huriha vaahaka ehvves.

    Mi vaahaka ves Varah reethi maasha allah I’m speechless hama, lamtty thee hama abadhu ves emme fav authors ge list ga innaane author eh in sha Allah💐🎀

    I’m so happy cuz mihu ah ufaaveri aaila eh libi, aarin ah dhuniyein dhiumuge kurin heyo visnun libunyma Alhamdulillah!! Mihu niqab alhaafa hunna iru lolu kuri mahchah sifa vey hama 😅

    I’m waiting for a new story of you ingey. Varah avahah lamtty ge vaahaka eh kiyaalan libeyne kamah ummeedhu kuran. All the best with your upcoming stories..♡

    1. Lamtty
      Aysherr

      Labba I do ❤️
      It’s okay…I’m happy that your read my stories thihaa busy Koh ulhemunves 🥺
      Vrh ufaavehje vaahaka kamudhiyaima 💕
      Thank you for your support, means a lot to me
      In Sha Allah more stories coming,I’m working on it.
      Have a great day ahead
      Ly 😘

  6. Anonymous

    Ohh I think ur a reader
    Anonymous ge name ga comment kuraathy ehen heekury

    1. Lamtty
      Anonymous

      Yeah egady logout vevifa sorry about that

Comments are closed.