މާސްކު (ޕާޓް 35)
އެއީ މާބޮޑު ރަށެއް ނޫން ނަމަވެސް ހުރިހާ އިންތިޒާމުތަކެއްވެސް ހަމަޖެހިފައި އޮތީ ވަރަށް ފުރިހަމައަށެވެ.ހިނގާލާފައި ދެވޭހާ ރޫމް ކައިރި ނަމަވެސް އަހަރެމެން ތިބެން ހަމަޖެހިފައިވި ވޯޓަރ ވިލާއާ ހަމައަށް އަހަރެމެން ގެންދިޔައީވެސް ބަގީއެއްގައެވެ.އަހަރެމެންގެ ހުރިހާ ކަމަކާއި ހަވާލުވެގެން އުޅޭ ބަޓްލަރ އަހަރެމެންގެ ލަގެޖުތައް ރޫމަށް ވައްދައި،ތަންތަނުގެ ކުރު ތައާރަފެއް ދީފައި،އިތުރު ކަމެއް ބޭނުންވޭތޯ އަހައިލިއެވެ.ހައިދިން ނޫނެކޭ ބުނުމުން އޭނާއަށް ކޮންޓެކްޓް ކުރާނެ ގޮތް ބުނެދީފައި ބަޓްލަރ ނުކުމެގެން ހިނގައްޖެއެވެ.
****
އަހަރެން އާޝޯޚުވެފައި މުޅި ރޫމް ތެރެއަށް ނަޒަރު ހިންގައިލީމެވެ.ޖާގަ ތަނަވަސް އެ ވިލާގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ފުރިހަމަކަމެވެ.
”ޑޫ ޔޫ ލައިކް އިޓް؟“ ހައިދިން ފަހަތުން އަހަރެންގެ މެދުހަށީގައި ދެއަތް ވަށާލައި، އަހަރެންގެ ކޮނޑުގައި ދަތްދޮޅި ޖައްސައިލަމުން ހިނިތުންވެފައި އަހައިލިއެވެ.
”އައި ލަވް އިޓް!“ އަހަރެން އަޑަށް ބާރުލާފައި ބުނެލި ގޮތުން ހައިދިންގެ ލުއި ހުނުމުގެ އަޑު އިވިލިއެވެ.
”ނަސީބެއްނު ބޭބީއަށް ކަމުދިޔަކަން…“ ހައިދިން އަހަރެންގޭ ނިގާބް މަތިން ކޯތާފަތުގައި ނޭފަތް ޖައްސައިލާ ސަމާސާކޮށްލަމުން ބުނެލިއެވެ.ހީލި ކުރުވައިގަނެގެން އަހަންނަށް ތެޅިގަނެވުނެވެ.ފަހަރަކަށްވުރެ ފަހަރެއް ހައިދިންގެ ބީހުންތައް ފުންވަމުން ދިޔައެވެ.
”ވެއިޓް ހައިދިން… އަހަރެން ބޭނުން ތާޒާވެލަން… ކަނޑުމަތީގަ އުޅެފައެއްނު މިއައީވެސް…“ ހައިދިންއާއި ދުރަށް ޖެހިލުމުން އަހަރެން ބުނެލީމެވެ.
”އެހާ ލަސް ނުވައްޗޭ. އެހެން ނޫނީ މިރޭ އަހަރެން މޮޔަވެދާނެ…“ ހައިދިން މަސްތީ ރާގަކަށް ބުނެލިއެވެ.
”ދެން ހައިދިންްން“ އަހަރެން އަޑަށް ދަމާލާފައި ބުނެލީމެވެ.
”ކިއެއްތަ؟ އަދި މިހޫ ލަދުގަންނަން ޖެހޭވަރުގެ އެއްޗެއް ނުބުނަމެއްނު ހެހެ..ބޭބް އަމް ޔުއަރ ހަޒްއެއްނު މިހާރު…ހެހެ“ ހައިދިން އެއްލޯ މަރާލާފައި ބުނެލިއެވެ.
”ދެން އެކަމަކުވެސް ލަދު ގަނެޔޭ…“ އަހަރެން ހައިދިންއަށް ފުރަގަސް ދެމުން ބުނެލީމެވެ.
”ބަޓް ޔޮޓްގަ އުޅުން އިރު މިހޫ ލަދަކުން ނޫން އުޅުނީ…ނޫންތަ؟ އައިޑް ލަވް ޓު ޖޮއިން ޔޫ އިން ދި ޝަވަރ… އަހަރެންވެސް ގޮވައިގެން ދޭބަލަ “ހައިދިން އަހަރެން އިތުރަށް ލަދުގަންނުވާލަންވެގެން ލާނެތްކަމާއި އެކުގައި ބުނެލިއެވެ.
”ނޯވޭ…“ އަހަރެން ވަގުތުން ދެކޮޅު ހެދީމެވެ.
****
އެންމެފަހުން އަހަރެން ކިޔަ ކިޔައިގެން ފުރަތަމަ ފެންވަރަން ވަންނަން ޖެހުނީ އޭނާއަށެވެ.
ހައިދިން ނުކުންނަންވާ އިރަށް ރީތިވާ ސާމާނުތައް ނަގާ ވެނިޓީ ޓޭބަލް މަތީގައި އަތުރާފައި، އަތް ދަބަސް ހިފައިގެން އަހަރެން އިނީ އަވަހަށް ފާޚާނާއަށް ވަންނަން ތައްޔާރުވެގެންނެވެ.މިރެއަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުވާން އަހަރެން ބޭނުންވާތީއެވެ.
****
ހައިދިން ފާޚާނާއިން ނުކުތް އަޑަށް އަހަންނަށް އިސް އުފުލާ ބަލާލެވުނެވެ.ފަނޑު އަލިކަމުގެތެރެއިން ހަމަ އެކަނި ތުވާއްޔެއް އޮޅާލައިގެން ހުރި ހައިދިންގެ ކަސްރަތީ ހަށިގަނޑު ފެނިފައި އަހަންނަށް ނޭވާ ހިފަހައްޓާލެވުނެވެ.
****
”ލައިކް ވަޓް ޔޫ ސީ؟“ އަހަރެން ބަލަން އިން ގޮތް ފެނި ހައިދިންގެ މޫނުމަތިން ލާނެތްކަން ފާޅުވެގެން ދިޔައެވެ. ލަދުން އަހަރެންގެ މޫނު ރަތްވެގެން ދިޔައެވެ. ހިނިއައިސްފައި ހުރެ ހައިދިން އައިސް ހުއްޓުނީ އަހަންނާއި ޖެހޭ ނުޖެހޭ ހިސާބުގައެވެ.ދެން އޭނާ އަހަރެންގެ އުނަގަނޑުގައި ދެއަތް ވަށާލައި ދެމެދު އޮތް ހުރިހާ ދުރުކަމެއް ނެތިކޮށްލިއެވެ.އެކަމުން އަހަންނަށް ކުއްލި ސިހުމެއް ލިބުނު ނަމަވެސް ހައިދިންގެ ލުއި ލުއި ބީހުންތަކުން އިސާހިތަކު އަހަރެން ހަމައަކަށް އަޅުވާލައިފިއެވެ.
”މިހޫ ލަދުގަތީމަ ހާދަ ލޯތްބޭ“ ހައިދިން އަޑަށް ދަމާލާފައި ބުނެލިއެވެ.
”ހައިދިން ޕްލީޒް އިހަށް ދޫކޮށްލަބަ…އަހަރެން ފެންވަރައިގެން އަންނާނަން…“ ހައިދިންގެ ބީހުންތައް ފުންވާން ފެށުމުން އޭނާ ކޮންޓްރޯލުން ނައްޓައިފާނެތީ ކަންބޮޑުވެ،އަހަންނަށް ތެޅިގަނެވުނެވެ.މެދު ކަނޑާލަން ޖެހުމުން އުނދަގޫވެފައި ހުރި ނަމަވެސް ނަސީބަކުން ދެކޮޅު ނުހަދާ ހައިދިން ދޫ ދީފިއެވެ.އަހަރެން އަވަހަށް އޭނާގެ އަތުން ވީއްލިގަނެގެން ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލީމެވެ.
****
އަވަސް އަވަހަށް ފެންވަރާލައިގެން އަހަރެން ފާޚާނާތެރޭގައިި ހުރެގެން ރީތިވާން ފެށީމެވެ.އަހަރެން ބޭނުންވާނޭ އެއްޗެހިތައް ދުރާލައި އަތް ދަބަހަށް އެޅިފައި ހުރީ ހަމަ ނަސީބެކޭ ހިތަށް އެރިއެވެ.
****
އޭރު އަންނަމުން ދަބަސް ތެރެއަށް އަހަރެން ލީ މިރެއަށް ޚާއްސަކޮށް އަހަރެން ގަނެފައި އޮތް ރަތް ކުލައިގެ ނައިޓީއެކެވެ.އާރިންގެ ކަންތައްގަނޑަށްފަހު އެފަދަ އެއްޗެއް ލާން އަހަންނަށް ފަސޭހަކަމަކަށް ނުވާނެކަން އެނގިހުރެވެސް ހައިދިންއަށްޓަކައި މިރޭ ކޮންމެހެންވެސް އެ ނައިޓީ ލާން އަހަރެން ބޭނުންވީއެވެ.ހިތުގެ ހިނގުން އޮބި ނޯންނަހާ އަވަސްވެފައިވާ ހާލުގައި ފުންކޮށް ނޭވާ ލަމުން އަހަރެން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރީމެވެ.ޖޫނާ ދީފައި ހުރި އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމުން އަހަރެންގެ އަމިއްލަ ނަފްސަށް އޮތް އިތުބާރު އިހުނަށްވުރެ ވަރުގަދަވިއެވެ.އާރިންގެ ސަބަބުން އަހަރެންގެ ހިތުގައި އުފެދިފައިވާ އެ ބިރުތަކާއި ކުރިމަތިލާން އަހަންނަށް ފަސޭހަވިއެވެ.
****
އެ ތުނި ނައިޓީ އަހަރެންގެ ވަނާތަކަށް ހިފާލާފައި ހުރިގޮތުން ހީވަނީ ހަމަ އަހަރެންގެ ގަޔަށް ކަސްޓަމްކޮށް ތައްޔާރު ކޮށްފައި ހުރި ހެދުމެއްހެންނެވެ.ނައިޓީގެ ދެފަރާތުން ދަމާލައި ގަޔަށް ހެޔޮވަރުކޮށްލި ނަމަވެސް އޭގެން އަހަރެންގެ ބުޑު ނިވާ ވަނީ ހަމަ ކިރިޔާއެވެ.ލޯގަނޑުން އަމިއްލަ ސޫރަ ފެނިފައި އަހަންނަށް ތުންފަތުގައި ދައިގަނެވުނެވެ.
****
މުޅި ގައިގައި ލޯޝަން ލައި، ސެންޓް ޖަހާ، ލިޕް ގުލޮސްކޮޅެއްވެސް ހާކާލައިގެން އަހަރެން ނައިޓީ މަތިން ބާތުރޯބު ލައިގެން ފާޚާނާއިން ނުކުތީމެވެ.އޭރު އެނދުމަތީގައި އެއް އަތް މައްޗަށް އޮށޯވެލައިގެންު އަހަރެންގެ އިންތިޒާރުގައި ހައިދިން އޮތެވެ.އަހަރެން ހަމަ ފެނުނުހާއިރަކަށް އޭނާ ތެދުވެގެން އަހަރެންގެ ގާތަށް އައިސްފިއެވެ.އަހަރެންގެ ތަރުތީބެއް ނެތި ދޫކޮށްލެވިފައިވާ އިސްތަށިގަނޑުގައި އަތް ފިރުމާލާފައި އޭނާ އަހަރެންގެ މޫނުކޮޅު ދެއަތުން ޖޯޑުކޮށްލިއެވެ.ދެވެނަ ސިކުންތުގައި ފެނަށް ކަޅި އަރާފައިވާ މީހަކު ފަދައިން އޭނާ އަހަރެންގެ ތުންފަތުގައި ބޮސްދޭން ފަށައިފިއެވެ.އިސާހިތަކު އެ މަސްތީ އޮއިވަރުގައި އަހަރެންގެ ނަފްސުވެސް ބެހިގެން ހިނގައްޖެއެވެ.
****
އަހަރެން ބާތުރޯބު ކޮނޑުމަތިން ފަހަތަށް ވައްޓައިލުމުން ހައިދިން ހިސާބަކަށް މަޑު ޖެހިލިއެވެ.އެހާ ހާމަކަން ބޮޑު ގޮތެއްގައި އަހަރެންގެ ހަށިގަނޑު އޭނާއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.އޭނާއަށް ވެފައި ހުރި ގޮތުން ހީވަނީ އެއީ އޭނާ އުންމީދުވެސް ނުކުރާހާ އުފާވެރި މަންޒަރެއް ފެނުނުހެންނެވެ.އޭނާ އަހަރެން މެދުހަށީގައި ދެއަތް ވަށައިލާ، އަހަރެން ބިމުން އުފުލައިލި ގޮތަށް ގެންގޮސް އެނދުމަތީގައި ބާއްވާލައިފިއެވެ.
****
”ޔޫ އާ ސޯ ފްރީކިން ބިއުޓިފުލް މައި ލަވް “ ހައިދިން އަހަރެންގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިތައް އަތުން އެއް ފަރާތް ކޮށްލަމުން ހައިދިން ބުނެލިއެވެ.އޭނާ މަޑު މަޑުން އަހަންނާއި ގާތްވާން ފެށިއެވެ.އަހަރެން އޭނާގެ ކޮނޑުމަތީގައި ދެއަތް އަޅުވާލައި އިތުރަށް އަހަންނާ ގާތަށް ދަމައިލުމުން އެހިސާބުން ދެމީހުންގެ ކޮންޓްރޯލްވެސް މުޅިން ގެއްލިގެން ދިޔައެވެ.
****
ފަހަރަކަށްވުރެ ފަހަރެއް ހައިދިންގެ ބޮސް ދިނުންތައް ފުންވެގެން ދިޔައެވެ.
”މީ އަހަރެންގެ މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި ރޭ“ ހައިދިން ބުނެލިއެވެ.އެ އަޑުގައި އެކުލެވުނު އުފާވެރިކަން އަހަރެންގެ ހިތަށް ފިނިކަން ގެނެސްދިނެވެ.
”އަހަރެންގެވެސް“ އަހަރެންވެސް ބުނެލީމެވެ.
”އައި ލަވް ޔޫ ސޯ މަޗް މިހްރާ…“ ހައިދިން އަހަރެންގެ ކަންފަތް ބުޑުގައި ބުނެލިއެވެ.
ދެ ޖިސްމުގައި ހުޅު ރޯވެ އަރާމާއި ލައްޒަތުގެ އޮއިވަރެއްގައި ދެ ޖިސްމު ގުޅި ލާމެހިގެން ދިޔައެވެ.އުފަލާއި އަރާމުގެ މަސްހުނި އަޑުތަކުން އިސާހިތަކު މާހައުލުގެ ހިމޭންކަން ނަގައިލިއެވެ.
****
އެ އުފާވެރި ވަގުތުކޮޅަށްފަހު ވެފައި ހުރި ވަރުބަލިކަމުގެ ސަބަބުން ދެމީހުންނަށްވެސް ނިދުނީއެވެ.
****
އަހަންނަށް ހޭލެވުނީ ހައިދިން އަހަރެންގެ ނަމުން ގޮވަމުން ދިޔަ އަޑަށެވެ.
****
”ލޯބީ ތެދުވޭ ނަމާދަށް… ބަންގި ގޮވައިފި“ ހައިދިން ބުނެލިއެވެ.ކަންނެތްވެފައި އޮތްވަރުން އަހަރެން މޫނުމަތީގައި ބާލީސް އަޅާފައި ކުސްތަޅައިލީމެވެ.
”ނޯ ނޯ ތިހާ ކަންނެތް ނުވެ ތެދުވޭ ދެން…ހިނގާ ދާން ފްރެޝްވެލަން…އަލް ގޯ ވިތް ޔޫ“ހައިދިން އަހަރެން ނަގައި އަތްދަނޑި މައްޗަށް ލުމުން އަހަރެން ގަދަ ހަދައިލީމެވެ.އެހެނަސް އެ ބާރުގަދަ ދެ އަތުގެ ތެރޭގައި އަހަންނަކަށް މާ ގަދައެއް ނުދެއްކުނެވެ.އޭނާ އަހަންނަށް ދޫ ނުދީ ހެމުން ހެމުން ގޮސް އަހަރެން ގޮވައިގެން ފާޚާނާއަށް ވަދެ ދޮރު ލައްޕައިލިއެވެ.
****
ހައިދިން އަހަރެންގެ ހަޔާތަށް އައީ އަހަރެންގެ މުޅި ހަޔާތަށް އާރޯކަމާއި އެތައް އުންމީދެއް ދިރުވައި އާލާކޮށް ދެމުންނެވެ.ހައިދިންއަކީ އަހަންނަށް ލެއްވެވި ރަޙުމަތެއްކަން މިއަދު އަހަންނަށް ޔަގީން ކުރެވެއެވެ. އަހަރެންގެ އުއްމީދަކީ މަރު ދުވަހާ ޖެހެންދެން އަހަރެންގެ މުޅި އުމުރުވެސް އޭނާއާއި އެކުގައި ހޭދަކުރުމެވެ.
****
ހަޔާތުން އެތައް ހާސް ފިލާވަޅެއް އަހަންނަށް ދަސްވެ އެތައް އިބުރަތެއް އަހަންނަށް ހާސިލުކުރެވިއްޖެއެވެ.
މަކަރުވެރި، އަނދިރި މާސްކެއްގެ ފުރަގަހުގައި ހަގީގީ ސޫރަ ފޮރުވައިގެން އުޅޭ މީހުންވެސް އުޅޭކަން އެންމެ ހިތި ގޮތުގައި އަހަންނަށް ތަޖުރިބާވެސް ކުރެވުނެވެ.އެހެނަސް އެންމެން އެއް ގޮތެއް ނުވާނެކަންވެސް އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއްކަން ހައިދިންގެ ސަބަބުން އަހަންނަށް މިވަނީ ސާބިތުވެފައެވެ.
****
~8 އަހަރު ފަސް~
ކައިވެންޏަށް އެއް އަހަރުގައި އަހަންނަށް ލޯބި ލޯބި އަންހެން ކުއްޖަކު ލިބުނެވެ.އެ ދަރިފުޅަށް އަހަރެމެން ދިން ނަމަކީ ޔީތުއެވެ.މިހާރު ޔީތުއަށްވެސް ހަތް އަހަރު ފުރި ގުރޭޑް އެކަކަށް ދިޔައީއެވެ.ދޮންތައާއި ތުއްތައަށްވެސް ކުދިން ލިބިފައިވާއިރު އެ ދެމީހުންގެވެސް ޔީތު އާ އެއްފުރާގެ ދެ އަންހެން ކުދިން ތިބެއެވެ.ކީރާވެސް ޒިވިކްއާ ކައިވެނި ކޮށްގެން އަންހެން ކުއްޖަކު ހުރެއެވެ.އެކުއްޖާ ޔީތުމެންމެނަށްވުރެ ދެ އަހަރު ހަގެވެ.ތޭރަ އަހަރުގެ ލޫކްވެސް ބޮޑުވި ވަރަކަށް އާރިންއާއި ވައްތަރުކަންވީ އިތުރެވެ.
****
ކައިވެންޏަށް ފަހު އަހަރެންގެ ގުރުއާން ކުލާސްވެސް ހިންގަމުން ދިޔައީ ހައިދިންމެންގެ ގޭގައެވެ.ކުލާހުގެ މަގުބޫލުކަން އިތުރުވެ،ކުލާސްތައް އިތުރު ކުރަން ޖެހުމުން އަހަރެން އިތުރު ދެ ޓީޗަރުންވެސް ގެންގުޅެން ފެށީމެވެ.
****
ޔީތަކީ ވަރަށް އަވަހަށް ކަންތައްތައް ނަގައިގަންނަ ކުއްޖެއްކަމުން ހަތް އަހަރުގައިވެސް އެކުއްޖާގެ އަމިއްލަ ގިނަ ކަންކަން އެކުއްޖާ ކުރަނީ އަމިއްލައަށެވެ.ދަބަހަށް ފޮތް އަޅާކަށް،ކިޔަވާ މޭޒުމަތި ތަރުތީބުކޮށް ހަދާކަށް އަހަންނަކަށް ނުޖެހެއެވެ.ޔުނީފޯމު ކޮނޑުގައި އަޅުވާ އެއްޗެހިތައް ފަށް ޖެހުމަކީވެސް އެކުއްޖާ އަމިއްލައަށް ކުރާ ކަންކަމެވެ.ފެންވަރަން ނުގޮސްގެން ނޫނީ ނަމާދު ނުކޮށްގެން އަހަރެން އެއްޗެކޭ ބުނާކަށްވެސް ނުޖެހެއެވެ.އެކަންތައްތައް ޔީތު އަމިއްލައަށް ފެނިގެން ކުރެއެވެ.
****
އިހާންއާއި ހައިދިންގެ ވިޔަފާރިވެސް ފުޅާވެ ރާއްޖެތެރޭގެ އެކި އަތޮޅުތަކުންވެސް ޕްރޮޖެކްޓްތައް ލިބެން ފެށިއެވެ.ނަތީޖާއެއްގެ ގޮތުން އެ ދެމީހުންނަށް މާލޭން ބޭރުގައި ހޭދަކުރަން ޖެހޭ ދުވަސްތައް ގިނަވިއެވެ.
****
އެފަދަ ދުވަހެކެވެ.ހައިދިން މާލެއަކު ނެތެވެ.އެހެންނޫނަސް އެނާގެ ޝެޑިއުލް އޮންނަ ގޮތުން ގިނަފަހަރު ޔީތު ބަލައިދަނީވެސް އަހަރެންނެވެ.އެހެނަސް ކުލާހަށް މެޓީރިއަލް ތައްޔާރުކުރުމުގެ މަސައްކަތްތަކުގައި އަވަދިނެތި އުޅެން ހަދައިގެން އަހަންނަށް ގަޑި ބަލާ ނުލާ އިނދެވުމުން ޔީތު ބަލައިދާ ގަޑި ފަހަނަ އަޅާ ދިޔައީއެވެ.ހޭވެރިކަމެއްވީ ކުއްލިއަކަށް ޔީތު މަތިން ހަނދާން ވެގެން ގަޑި ބަލައިލެވުމުންނެވެ.
****
އަހަންނަށް ސިހިފައި ކަށްޓެއް ޖެހިހެން ތެދުވެވުނެވެ. ކޮޓަރިއަށް ވަދެ ސައިކަލު ތަޅުދަނޑި ހިފައިގެން އަވަސް އަވަހަށް ނުކުމެ ސައިކަލަށް އަރައިގެން ނައްޓައިލިއިރު އިނދެވުނީ ފާޑަކަށް ހާސްވެ،ހިތްހަމަ ނުޖެހެވިފައެވެ.ޔީތު ބަލައި ދާ ގަޑި ޖެހިގެން ދިޔަކަން އަހަރެން ހަނދާން ނެތުނީތީ އަމިއްލަ ނަފްސަށް އަޑުލެވުނެވެ.
****
އަހަރެން ގޮސް ސްކޫލް ތެރެ ހޯދާ ހޯދާ ވެސް ޔީތުއެއް ނުފެނުނެވެ. އެހިސާބުން އަހަރެން ބިރުގަނެ ހާސްވިއެވެ.ޔީތުގެ ކުލާސް ޓީޗަރަށް ގުޅުމުން އޭނާ ދިން ޖަވާބަކުން އަހަރެންގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ.ޓީޗަރު ބުނީ ޔީތުގެ ބޮޑުބޭބެއެއް އޭނާ ބަލައި އައި ކަމަށެވެ.އަހަންނަށް އެނގޭހާވެސް ކަމަކީ އިހާން ފިޔަވާ ޔީތުގެ ބޮޑުބޭބެއެއް ނުހުންނާނެ ކަމެވެ.އަދި އިހާންވެސް ވީ ހައިދިންއާއި އެކުގައި ރާއްޖެތެރެއަށް ގޮސް ކަމެވެ.އެހެންވީމާ ޔީތު ބަލައި އައި މީހަކީ ޔަގީނުންވެސް ކޮންމެވެސް އެހެން މީހެކެވެ.ގަތް ބިރަކުން އަހަންނަށް މޭގައި އަތް އަޅާ ލެވުނެވެ. އެ ފުލު ފުލުގައި ހައިދިންއަށް ގުޅަމުން އަހަންނަށް ސްކޫލްގެ ގޭޓުން ނުކުމެވުނީ ސީދާ ޔީތުގެ ކުރިމައްޗަށެވެ.
****
”ދަރިފުޅާ!!! ކޮންތާކުން ތިއައީ؟!!ކާކާ އެކީ ކޮންތާކަށް ގޮސްފަ ތިއައީ؟“ އަހަންނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
****
”ބުނޭ ކޮންތާކުން ތިއައީ ދަރިފުޅާ.ކިރިޔާއޭ މަންމި ބިރުން ހަލާކު ނުވީ…ތި މިހާރު ކޮން ކޮތަޅެއް؟ ކާކާ އެކީ ދިޔައީ…؟ތި ކާކު ދިން އެއްޗެއް…؟މަންމި އަޅެ ޔީކޮ ކައިރީ ނުބުނަންތަ ނުދަންނަ މީހުން ދޭ އެއްޗެހީގަ ނުހިފާށެކޭ…؟ބުނޭ ކާކާ އެކީ ދަރިފުޅު ދިޔައީ؟“ އަހަންނަށް ވާހަކަ ދެއްކުނީ ހިތްހަމަ ނުޖެހިފައެވެ.
****
އަހަރެންގެ އަޑުގައިވި ހިތްހަމަ ނުޖެހުން ފާހަގަވެގެން ޔީތުއަށް ސިހުން ލިބި އިސާހިތަކު ފެންކަޅިވެއްޖެއެވެ.އެ ގޮތަށް ހިތްހަމަ ނުޖެހިގެން އެކުއްޖާއާއި އަހަރެން ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ.
****
”މަންމީ ޔީކޮ ދެކެ ރުޅި ނާދެބަލަ…އެއީ މަންމި ފްރެންޑް ބޭބެއެކޭ… އެހެންވެއޭ ޔީކޮ ދިޔައީ…އެ ބޭބެ ޔީކޮ ގޮވައިގެން ސްކޫޕަށް ދިޔައީ އައިސްކްރީމް ބޯން…މީ އެ ބޭބެ ޔީކޮއަށް ދިން ގިފްޓެއް…ބޭބެ ބުނީ މަންމި އަންނަންދެން ޔީކޮ ސްކޫޕް ތެރޭ އިންނާށޭ…މަންމި އައިމަ ޔީކޮ ނުކުންނާށޭ…ބޭބޭ ދާން ޖެހިގެން ދިޔައީ…ބުނީ މަންމިއަށް ހައި ބުނެދެއްޗޯ“ ކިރިޔާ ނުރޮވި އިނދެ ޔީތު ބުނެލިއެވެ.
****
”ހެވޭ ޔީތު ނުޖެހޭނެ ނުދަންނަ މީހުން ދޭ އެއްޗެހީގަ ހިފާކަށް…ތި ގެނޭ…ނޭނގޭ ކޮން ފަދަ އެއްޗެއް ކަމެއްވެސް ތީގަ ތިއޮތީކީ…ކޮން ނަމެއް ކިޔާ ކާކު އެއީ؟“ އަހަންނަށް ހިތްހަމަ ނުޖެހިފައި ބުނެވުނެވެ.ޔީތު ތުން ފިތާފައި ރޯން ފެށްޓިއެވެ. އަހަރެން އެކުއްޖާގެ އަތުގައި އޮތް ކޮތަޅު އަތުލާފައި އެތެރެ ބަލައިލި ވަގުތު ފެނުނު އެއްޗަކުން ސިކުންތު ކޮޅަކަށް ނަމަވެސް އަހަރެންގެ ބަސް ހުއްޓުނެވެ.
****
އެ ކޮތަޅު ތެރޭގައި އޮތީ މުސްހަފަކާއި ތަރުޖަމާއެކެވެ.ނުބައި މީހަކު އެފަދަ އެއްޗެއްް ދީފާނެބާއޭ އަހަރެންގެ ހިތަށް އެރިއެވެ.ކޮންމެ ގޮތެއް ވިޔަސް އެއީ އަހަންނަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭ މީހެކެވެ.އެއީ އާރިންއަށް ވެދާނެބާއޭ ހިތަށް އަރާފައިވެސް އެކަމާ އަހަރެންގެ ހިތް އެއްބަހެއް ނުވިއެވެ.އާރިން އަދިވެސް ވީ ޖަލުގައި ކަމަށް ވާތީއެވެ.
****
”ޔީކޮއަކަށް ނޭނގޭ…ބޭބޭ ބުނީ އެއީ ޔީކޮގެ އަންކަލްއެކޭ…އަންކަލް ކިޔާށޭ…“ ޔީތު ރޮމުން ބުނެލިއެވެ.އެކުއްޖާ ރޯން ފެށުމުން އަހަރެން އައިސްފައި ހުރި ރުޅިގަނޑު މަޑުމަޑުން ފިނިވިއެވެ.
****
”ސޮރީ މަންމި ހިތްހަމަ ނުޖެހުނީމަ ޔީކޮ ދިމާލަށް ބާރަށް ބުނެވުނީ…ބުނެބަލަ… ކިހިނެއް ހުރި ބޭބެއެއް އެއީ…؟“ އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ނުލިބުނީތީ ޔީތު ކުރެން އަހައިލީމެވެ.އެމީހަކީ ކާކުކަން އެނގެން އަހަރެން ކޮންމެހެންވެސް ބޭނުމެވެ.އެމީހަކު ކޮންމެ ނިޔަތެއްގައި،ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަހަރެންގެ ދަރިފުޅު ގެންދިޔުމަކީ އަޅައި ނުލައި ދޫކޮށްލެވޭ ވަރުގެ ކުޑަ ކަމެއް ނޫނެވެ.މާދަން އޭނާ ކުރާނީ ކީއް ކަމެއްވެސް ނޭނގެއެވެ.އެފަދަ ކަންކަން ވިސްނޭ ވަރަށް ވުރެ ޔީތު އަދި މާ ކުޑަ އެވެ.މީހަކު ރަނގަޅޭ ހީކުރެވިއްޖެނަމަ އެމީހަކު ބުނާ ގޮތަކަށް އެކުއްޖާ ކަންތައް ކޮށްފާނެއެވެ.މިއަދު މި ހިނގި ހާދިސާއަކީވެސް އެކަމުގެ ހެއްކެކެވެ.
****
”ބޭބޭގެ ނެތް އެއްވެސް ހެއާއެއް….އައި ބްރޯވެސް…ބޭބެ ހެއާ ނެތީމަ ކެޕެއް އަޅައިގެން އުޅެނީވެސް…ބޭބޭ ބުނި ދެން ޔީކޮއާ މީޓް ނުވެދާނޭ…މަންމިއާ މީޓް ކޮށްލަންވެސް ބޭބޭ ވަރަށް ބޭނުމޭ“ ޔީތުއަށް ބުނެދޭން އެނގުނީ އެހާ ވަރަށެވެ.އެވަރުން އެއީ ކާކުކަން ނަގައިގަންނާކަށް އަހަންނަކަށް ނޭނގުނެވެ. އަހަރެންގެ ބޯ ހާސްވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.






e uncle akee aarin kanne
Yeah and prolly he’s diagnosed with cancer
Let’s see
Yh,I ah heevanee aee aarin hen..but eyna v jalugaennu??
When is next??
Pls tomorrow 🥺🥺🥺🥺🥺
Let’s see dho vaa gotheh…last part submitted 🤗
LAST PART?!?
Last part submitted
Pending ga tha??
Labba
R u lying?
No I’m not it’s not on my hands after submitting it.