Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 33)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
December 22, 2025 6 Mins Read
4 Comments

އަހަރެމެނަށް ދެވުނު އިރު އެވަގުތު އެތާގައި ހާޒިރުވެ ތިބެންޖެހޭ އެންމެން ތިބީ އައިހެވެ.ހައިދިންވެސް އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނދެގެން އިނެވެ.އަހަރެން ފެނުނީއްސުރެ އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަހަންނަަށެވެ.އޭނާއަށް އެ އެންމެންގެ ތެރެއިންވެސް އަހަރެން ނޫނީ ނުފެންނަ ކަހަލައެވެ.ފުޅާ ހިނިތުންވުމަކުން އެ ދެތުންފަތް ދެމިލާފައި ހުރިއިރު އެ ދެލޮލުގައި އާދަޔާޚިލާފު ވިދުމެއް ހުރިހެންވެސް އަހަންނަށް ހީވިއެވެ.

****

އަހަރެން އިށީނދެ ހަމަ ޖެހިލުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ކައިވެނީގެ މަޖިލިސް ފެށުނެވެ.ހިތް ބިރުގަތްފައި އިން ވަރުން އަހަންނަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެން,ދެއަތް ދެއަތާއި މޮޑެލަ މޮޑެލައެވެ.އެކި ދިމާލުން ކެމެރާއާއި ފޯނުތައް ދިއްވެފައި ހުރުމުން އަހަރެން އިނީ އިސްޖެހި ގޮތަށް އިސް އުފުލާލާންވެސް ނުކެރިފައެވެ.

****

ޚުތުބާއަށްފަހު ގާޒީ އަނބިކޮށްދިނެވެ.ހައިދިން ’އަނބި ގަބޫލުކޮށްފީމޭ‘ ބުނެލި ވަގުތު އަހަރެންގެ ވަށައިގެން ވީ ހުރިހާ އަޑުތަކެއް ފަނޑުވެ, މުޅި ދުނިޔެވެސް މަޑު ޖެހިލިހެން އަހަންނަށް ހީވިއެވެ.އަހަންނަށް ހައިދިންގެ މޫނަށް ބަލައިލެވުނުއިރު އޭނާގެ ނަޒަރު ވެސް ސީދާވެފައި ހުރީ އަހަންނަށެވެ.އުފަލުންގޮސް އަހަރެންގެ ދެލޯ ފެންކަޅިވިއެވެ.ހިތަށް އެރިއެވެ. އަހަރެންގެ އަލަތު ކައިވެނި ކުރެވުނު ދުވަހުވެސް ނުލިބޭހާ ހިތްހަމަ ޖެހުމާއި އުފާވެރިކަން އަހަންނަށް މިއަދު އެބަ އިހުސާސް ކުރެވެއެވެ.ކުރިން އަހަރެން ހީކުރީ އާރިންއަށް ފަހު ދެން އެއްވެސް ފިރިހެނަކާއި މެދު އަހަރެންގެ ހިތުގައި އެފަދަ އިހުސާސްތަކެއް ނުއުފެދޭނޭ ކަމަށެވެ.އެހެނަސް ހައިދިން އަހަރެންގެ ހަޔާތަށް އައުން މިވީ އެ ހުރިހާ ވިސްނުމެއް ބަދަލު ކުރަން އަހަންނަށް މަޖުބޫރު ކުރުވި ކަމަކަށެވެ.އޭނާގެ ފަރާތުން ލޯތްބާއި އޯގާތެރިކަމުގެ އިތުރުން ރައްކާތެރިކަމުގެ އިހުސާސް އަހަންނަށް ކުރެވެއެވެ.އޭނާ އަހަރެންގެ އާއިލާ ދެކެ ލޯބިވަނީ ހަމަ އަމިއްލަ އާއިލާދެކެވެސް ލޯބިވާ ބީދައިންނެވެ.އަހަރެންގެ މައިންބަފައިންނަށްވެސް އޭނާ އެހާ ހެވެވެ.އެމީހުންނާއި ނުލާހިކު ގުޅޭވެސްމެއެވެ.ހައިދިންއާއި މެދު އަހަރެންގެ ހިތުގައި އޮތް ޔަގީންކަމާއި އިތުބާރު އެހާ ވަރުގަދަ ކުރުވި އެއް ސަބަބަކީވެސް އެއީއެވެ.

****

ކައިވެނިކޮށް ނިމިގެން އަހަރެމެން ގޮސް ބެކްޑްރޮޕް ކައިރީގައި ހުއްޓިލުމުން ޕާޓީ ފެށުނެވެ.އަހަރެމެންގެ ފޮޓޯއާއި ވީޑިއޯތައް ނެގުމުގައި ފޮޓޯގްރާފަރާއި، ވީޑިއޯގްރަފަރު ހަރަކާތްތެރިވަމުން ދިޔައިރު ކިޔޫގައި ޖެހިފައި ތިބި މެހުމާނުންތަކުގެ ތެރެއިން ފަހަރަކު ބަޔަކު އަހަރެމެންނާއި ސަލާމްކޮށް މަރުހަބާ ކިޔަން އަންނަން ފަށައިފިއެވެ.އެ އެންމެންގެ ތެރެއިންވެސް އެންމެ ކުރީބައިގައި އަހަރެންގެ ގާތަށް އައި އެކަކީ ދަނީންއެވެ.އޭނާގެ އަތުގައި ހިފާލައިގެން ހުރި ޒުވާނާ ފެނިފައި އަހަންނަށް ދަނީންއާއި ދިމާލަށް ބަލާލާފައި ދެލޯ ބޮޑުކޮށްލެވުނެވެ.ދަނީން ބޯ ޖަހާލާފައި އޭނާގެ ލޯބިވެރިޔާއޭ ކިޔައި އަހަންނަށް އެޒުވާނާ ތައާރަފް ކޮށްދީފިއެވެ.ކައިސާންއޭ ބުނެ އެ ޒުވާނާ އަހަންނަށް ސަލާމަށް އަތް ދިއްކޮށްލުމުން ދަނީން ވަގުތުން އެ އަތުގައި ހިފައި ތިރިކޮށްލައިފިއެވެ.ކައިސާނަށް އެވީ ގޮތް ރެއަކާލުމުން ފާޑަކަށް ރަކިވިއެވެ.އެމަންޒަރު ފެނިފައި ހައިދިންގެ ގާތަށްވެސް ކުޑަކޮށް ހިނި އައެވެ.ކައިސާންވެސް އަވަހަށް ސޮރީއޭ ބުނެލާފައި، ވަރަށް ‘އޯކްވާޑް‘ ގޮތަކަށް ހިނިތުންވެލިއެވެ.

****

’އިޓްސް އޯކޭ… ވަރަށް އުފާވެއްޖެ ދިމާވީމަ…‘ އަހަރެން ބުނެލީމެވެ.ކައިސާން ލަދުން ހުރެ އެއްޗެކޭ ނުބުނެ ބޯ ޖަހާލާފައި ހިނިތުންވެލިއެވެ.ވަރަަށް ލަދުރަކި ޒުވާނެއްތާއޭ އަހަރެންގެ ހިތަށް އެރިއެވެ.ނޫނީ އަލަށް ދިމާވީމާ ވީގޮތް ކަމަށްވެސް ވެދާނެއެވެ.

****

ދިލްފާވެސް އެހެން ދެބެންގެ ދެދަރި ކުދިންތަކަކާއި އެކުގައި އައިސް އަހަރެމެންނަށް މަރުހަބާ ކިޔައި އެކުގައި ފޮޓޯ ނަގާ ހެދިއެވެ.ނަމަވެސް ދޭތެރެއަކުން ދަނީންމެންނާ ދިމާލަށް ބޯ އަރިކޮށް ކޮށްފައި ބަލާތީ ފެނުނެވެ.ދިލްފާ ހީވަނީ ދަނީން ކައިސާާނާއި އެކުގައި އުޅޭތީ އޭނާގެ ފަހަތުން އަޅުވާލަން ނުކެރިގެން އުޅޭ ހެންނެވެ.އެހެންޏާ އެދެމީހުންނެކޭ ދަގަތްފާނާއި، ދަގަނޑެކޭ އެއްގޮތް ވާނެއެވެ.ދަނީން ހުންނަ ތަނަކު ދިލްފާ، ދިލްފާ ހުންނަ ތަނަކު ދަނީން ނުހުރެއެއް ނުދާނެއެވެ.

****

ހޯލުތެރެ ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމާއި މެދު ތައުރީފް ކޮށްލަންވެސް އަހަންނަށް ފުރުސަތު ލިބުނީ މީހުންތައް މަދުވެ,މާހައުލު ކުޑަކޮށް ހަމައަކަށް އެޅިލުމުންނެވެ.އަހަރެން ކީހާ އެއްޗަކަށް އެއްބަސް ކިޔަން ހައިދިން ހިނިއައިސްފައި ހުއްޓެވެ.

****

ހުދާއި ސޭޖް ގްރީން ކުލައިގެ ލޭސް ފޮއްޗާއި، މާ އަދި ފެއަރީ ލައިޓްތައް ބޭނުންކޮށްގެން މުޅިތަން ޖަރީކޮށްލާފައި އޮތް އިރު ސިފަވަނީ ވަރަށް ހުވަފެނީ ގޮތަކަށެވެ.ވިރެމުންދާ ސެންޓެޑް އުއްބައްތިތަކުން މުޅި ހޯލްތެރޭގައި ހިފާލާފައިވި ހިތްގައިމު މީރު ވަހުން އެކަނިވެސް ހިތްތައް ފުރޭހާވެއެވެ.

****

ހައިދިންއާއި އެހާ ގާތުގައި ހުންނަން ޖެހުނު ފުރަތަމަ ފަހަރު ކަމުން އަހަރެން ހުރީ ވެސް ނުލާހިކު ހިތް އަވަސްވެފައެވެ.އޭނާއަށްވެސް އެކަން ފާހަގަ ކުރެވުނީ ކަންނޭނގެއެވެ.ދޭތެރެއަކުން އަހަރެންގެ އަތްތިލައިގައި މަޑުން މަޑުން ހިފާލާފައި ފިތައިލައެވެ.

****

’އިޓްސް އޯކޭ ލަވް..‘ހައިދިން  އަހަންނަށް އެކަނި އިވޭހާ މަޑުން އަހަރެންގެ ކަންފަތް ކައިރީގައި ބުނެލިއެވެ.އެ ބަސްތައް އިވިފައި އަހަރެންގެ ހިތަށް ލިބުނު ހަމަޖެހުމުގެ ސަބަބުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.އަހަރެން އިސް އުފުލައި ހައިދިންއާއި ހަތަރުކަޅި ހަމަކޮށްލުމުން އޭނާ އަހަރެންގެ އަތުގައި  ހިފާ ކައިރިއަށް ޖައްސާލިއެވެ.

****

’އެންޑް ޑިޑް އައި މެންޝަން ހައު އެބްސޮލިޔުޓްލީ ގޯޖަސް ޔޫ ލުކް ޓުނައިޓް…؟‘ ހައިދިންގެ އަޑާއި ރާގަށް މަސްތުކަމެއް ވެރިވިއެވެ.އެވަގުތު އަހަންނަށް ހީވީ އަހަރެންގެ ވަށައިގެންވީ އެހެން ހުރިހާ މަންޒަރެއް ފުސްވެގެން ދިޔަހެންނެވެ.ހައިދިން ބަލަން ހުރި ގޮތުން އެއްފަހަރާ އެތައް އިހުސާސެއް އަހަންނަށް ކުރެވިގެން ދިޔައެވެ.

****

’ދެން އަޅެ ހައިދިންންން…‘ އޭނާ ބަލަން ހުރި ގޮތުން ހަތަރުކަޅި ހަމަކުރަން އުނދަގޫވެ،އިސް ޖަހާލަމުން އަހަރެން ބުނެލީމެވެ.

****

’ތި މޫނު ބަލާލާ ހިތުންވެސް ހުރެވެނީއެއް ނޫން މިހާރަކު.ކިހާ ދުވަހެއް މިވީ މިހާރު ތި މޫނު ނުފެންނަތާވެސް…އަމް ޝުއަރ ޔޫއަރ ބްލަޝިން ރައިޓް ނައު… ގެއަށް ގޮސްފަ ދޯ…؟‘ ހައިދިން އެއްލޯ މަރާލާފައި އަހަރެންގެ އުނަގަނޑުގައި ހިފައި، ކުރިއަށް ވުރެވެސް އޭނާއާއި ގާތަށް ދަމާލުމުން އަހަރެން ގޮސް ތަތްވީ އޭނާގެ ގައިގައެވެ.

****

’ދެން ހައިދިން ޕްލީޒް އިހަށް މަޑުން ހުރެބަލަ…މިތާ ބައިވަރު މީހުންވެސް އެބަތިއްބެއްނު…ވަރަށް މީހުން ބަލާ އެބަ‘ ހައިދިންގެ އެ ސަމާސާތައް އިތުރު ބައެއްގެ ލޮލުގައި އަޅައިގަންނާތީ އަހަރެން ކަންބޮޑުވިއެވެ.އެހެނަސް އެ އަޑު އޭނާއަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ.އެއަށްވުރެ އޭނާއަށް ލިބިފައިވާ އުފާވެރިކަން މާ ބޮޑެވެ.

****

ހައިދިންގެ ގޮތް އަހަންނަށް ރަނގަޅަށް އެނގެއެވެ.އޭނާ މާ ބޮޑަށް އުފާވެއްޖެއްޔާ ހިފިއެއް ނުހުރެވޭނެއެވެ.މިހާރުވެސް އެއް ތަނެއްގައި އެގޮތަށް ހުއްޓިގެން ހުންނަންވީމާ އޭނާ އެހުންނަނީ ނިކަން އުނދަގޫވެފައެވެ.އަދި އަމުދުން މިހާރު އަހަރެން މީ އޭނާގެ އަނބިމީހާއެވެ.އަހަންނާ ސަމާސާއެއް ކޮށްލާ ހިތުންވެސް އޭނާ އެ ހުންނަނީ އަތް މުނި މުނި ކަވައިގަނެފައެވެ.

****

’ކަމޯން މިހޫ…ޓުޑޭ އިޒް އޯލް އެބައުޓް އަސް…އަވަރ ލަވް… އިފް އޮންލީ ޔޫ ކޭން އީވެން ގެސް ވަޓް އަމް ގޮނަ ޑޫ ޓު ޔޫ ޓުނަ..އައުޗް!!‘ ހައިދިންގެ ދުލުން ބޭރުވޭވޭ ހުރި ބަސްތައް ކުއްލިއަކަށް ހުއްޓުނީ  އަހަރެން ހުރެފައި ކޮށްލި ކަމަކުންނެވެ.ހައިރާންވެފައި ހައިދިންވެސް އަހަރެންގެ މޫނަށް ބަލައިލީ އެކަން އެކުރީ ހަމަ އަހަރެން ކަމަށް ގަބޫލުކުރަން ދަތިވެފައި ހުރި ކަހަލަ ގޮތަކަށެވެ.އޭރު ހައިދިންގެ އަޑަށް، ވީ ކީއްތޯ ބަލަން ގިނަ ބަޔަކު އަހަރެމެންނާއި ދިމާލަށް ބަލަން ފަށައިފިއެވެ.އަހަންނަށް ކުރެވުނީ މޮޔަކަމެއްކަން ރެއަކާލީ ދެނެވެ.އަހަންނާ ހެދި ބޭނުން ނޫން އެތައް ބައެއްގެ ސަމާލުކަން އަހަރުމެންނަށް އަމާޒުވީއެވެ.

****

އަހަރެން އަރައިގެން ހުރި ހީލްގެ ކަށިން ހައިދިންގެ ބޫޓަށް އަރައި ފިއްތާލީ ހައިދިން އުޅޭ ގޮތުން މީހުންގެ ނަޒަރުތައް އަމާޒުވަމުން ދިޔަކަން އެނގުމުން، އޭނާއަށް އެ އަނގަގަނޑު މައިތިރި ކުރަން ސިގުނަލެއް ދިނުމުގެ ގޮތުންނެވެ.ފަހަރެއްގައިވެސް އޭނާއަށް ތަދުކޮށްލުމުގެ ނިޔަތަކު ނޫނެވެ.އެކަމަކު ކަން އެވީ ގޮތުން ހައިދިން އަޅެ ހީކުރާނީ ކީކޭ ހެއްޔެވެ؟އެހާ މަޑުން ހުންނަ މީހަކު ކައިވެނި ހަފްލާއެއްގެ ތެރޭގައި އެކަހަލަ ކަމެއް ކޮށްފާނޭ އޭނާއަށް ހީކުރެވޭނީވެސް ކިހިނެއް ހެއްޔެވެ؟އަހަރެން ދެލޯ ބޮޑުކޮށްލުމުން ހައިދިންގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.

****

’ޑޭމް ވުމަން…ޔޫ ސަޕްރައިޒްޑް މީ… ޔޫ މައި ލަވް…އާރ ގޮނަ ޕޭ ފޯރ ދެޓް…‘ ހައިދިން ލާނެތް ރާގެއްގައި ބުނެލިއެވެ.އޭނާ އެ ބުނެލި އެއްޗެއް މާނަ އަހަންނަށް ފަހުމު ވުމުން، ގަތް ލަދުން އަހަރެންގެ މޫނު ރަތްވެ،ދެ ކޮލަށް ހޫނުވެގެން ދިޔައެވެ.މިހާރު އަހަންނަކީ އޭނާގެ ހަލާލު އަނބިމީހާކަން ނުސީދާކޮށް އޭނާ އަހަންނަށް އެ ހަނދާންކޮށްލައިދިނީއެވެ.

****

ޕާޓީ ނިންމާފައި، މަޣުރިބު ނަމާދު ލިބޭހާ ވަގުތު އޮއްވައި އަހަރެމެން ގެއަށް މިސްރާބު ޖަހައިފީމެވެ.ގެއަަށް ދިޔަ ގޮތަށް އެންމެ ފުރަތަމަ ކަމަކަށް ހައިދިން އަހަރެންގެ ނިގާބް ބޭލުވިއެވެ.އަހަރެންގެ މޫނު ދެކޭ ހިތުން އޭނާ އުޅުނު ގޮތުން ހީވީ އަހަރެންގެ މޫނު އޭނާއަށް އެ ފެންނަނީ މުޅިން އަލަށް ހެންނެވެ.

****

’އާރހްހްހ…ފައިނަލީ މަގޭ ބިއުޓީ ފެނިއްޖެ އަނެއްކާާވެސް…ހާދަހާ ރީއްޗޭ…ޔޫ ލުކް އަ ލިލް ޑިފަރެންޓް ވިތް މޭކަޕް ދޯ….‘ ހައިދިން ސަމާސާ ރާގަކަށް ބުނެލިއެވެ.އޭނާއަށް އަހަރެންގެ މޫނު އެ ފެނުނީ އަލަށް ނޫނެއްކަމަކު އެހާ ދުވަސްކޮށްފައި އޭނާގެ ކުރިމަތީގައި ނިގާބް ނަގަން ޖެހުމުން އަހަރެން ލަދުގަންނަ ގޮތްވިއެވެ.

****

އިޝާ ނަމާދު ވަގުތު ކައިރިވަމުން އަންނާތީ  އެގަޑީގައި މަޑު ކުރެވެން ނެތުމުން، ފެންވަރައި ތާޒާވެލައިގެން ހައިދިންވެސް އަވަސް އަވަހަށް މިސްކިތަށް ދާން ނުކުމެއްޖެއެވެ.އޭނާވެސް ނަމާދަށް ފަރުވާތެރިވާ މިންވަރު ފެނިފައި އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.

****

ހައިދިން ދިޔުމުން ލިބުނު މިނިވަންކަމުގެ ބޭނުން ހިފައި، އަހަރެންވެސް އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެން ވަރައި ތާޒާވެލީމެވެ.އެހުރިހާ ކަމެއް ކޮށްގެން މަޣުރިބު ނަމާދު ލިބޭ ވަރުވީ ހަމަ ކިރިޔަ ކިރިޔާއެވެ.މަޣުރިބު ނަމާދުގެ ދެ ސަލާމް ދެވުނުއިރު އިޝާ ނަމާދު ބަންގި ދޭން ފަށްޓައިފިއެވެ.

****

އިޝާ ނަމާދުކޮށްގެން ހައިދިން ގެއަށް އައި އިރު އަހަރެން އުޅުނީ ނަމާދުކޮށް ހަދައިގެން ތެދުވެ،ފޮށި ހުޅުވައިގެން އެއްޗެހިތައް ނަގައި، އަލަމާރިއަށް އަޅައި،ތަރުތީބު ކުރެވޭތޯއެވެ.ކާ އެއްޗެއް ތައްޔާރު ކުރަން ނޫޅުނީ ސައި ބޮއެގެން އައީމައި، ބަނޑުހައެއް ނޫނޭ ކައްކާނެ ކަމެއް ނެތޭ ހައިދިން ނަމާދަށް ދަމުން ބުނެފައި އޮތީމައެވެ.

****

އަހަރެން ކުރަން އިން މަސައްކަތް ފެނުނުހާއިރަކަށް ހައިދިން އަނގަޔަށް ގޮތެއް ހަދާލައިފައި،އެއް އަތުން ނިތުގައި ހިފަހައްޓާލައިފިއެވެ.

****

’ޝިޓް!ސޯ ސޮރީ ލަވް…ބުނަން ހަނދާން ނެތުނީ ފޮށި އަންޕެކް ނުކޮށް ބަހައްޓާށޭ…އަމް ޓޭކިން ޔޫ ސަމްވެއަރ…ޓުނައިޓް…ފުރަން ދާން ހިނގާށޭ ބުނަން އަދި މި އުޅުނީ…‘ ހައިދިން ހުރީ ބުނަން ހަނދާން ނުވީތީ ވަރަށް ކަޑަވެފައެވެ.

****

’ވަޓް…؟!އަޅޭ ހުރިހާ އެއްޗެއް ނެގިއްޖެ‘ އަހަންނަަށް މާޔޫސްކަމާއިއެކުގައި ބުނެވުނެވެ.

’ސޮރީ ލަވް…އަވަސް އަރުވާލާފައި އުޅުނީމަ އެއް ގޮތަކަށްވެސް ހަނދާން ނުވީ ބުނަން…އައި ހޭވް ޕްލޭންސް…މިރޭ ޚާއްސަ ނުވާނެ ގޮތެއް އެއީ ނެތް ގޮތެއް…އަމް ސޮރީ…ހިނގާ އަލުން ޕެކް ކޮށްލަމާ ދޯ…އަލް ހެލްޕް ޔޫ…މާ ގިނައިން ނޫނަސް އޯކޭވާނޭ…އަސްލު ފުރަތަމަ ވިސްނައިގެން ހުރީވެސް ޕާޓީ ނިންމާ ގޮތަށް ޑައިރެކްޓްލީ ފުރަން ދާން…އެކަމަކު އޭރުން ނަމާދު ގަޑި ކަޓާނެތީ އެ ވިސްނުން ދޫކޮށްލީ…‘ ހައިދިން ބުނެލިއެވެ.

’ކޮންތާކަށްތަ ދާން މިއުޅެނީ…؟‘ އަހަރެން ޝައުގުވެރިކަމާއިއެކުގައި އަހައިލީމެވެ.

’ދެން ބުނީމަ ސަޕްރައިޒަކަށް ނުވާނެއެއްނު.މިވަރަށްވެސް މި ބުނީ މިހޫ އެއްކޮށް ފޮށި އަންޕެކް ކުރީމަ…ލޯބި ގެންދަން ބޭނުންވާ ހެދުން އެއްޗެހި އަހަންނަކަށް ނޭނގޭނެތާ…ދެން ހުރޭ ދެވެންދެން…އޭރުން އެނގޭނެއެއްނު…‘ ހައިދިން ހެމުން ބުނެލިއެވެ.

’ދޭންންން ހައިދިންންން! އަޅެ ޕްލީޒް..ބުނެބާ…‘ އަހަރެން ކުޑަ ކުއްޖެއްހެން ކުސްތަޅައިލީމެވެ.

’ނޯ…ނޯ ނުބުނެވޭނެ…ސަޕްރައިޒް އޮންނަންވާނީ ސަޕްރައިޒެއްގެ ގޮތުގައެއްނު‘ ހައިދިން އައިސް އަހަންނާއި ޖެހި ފިތިގެން އިށީންނަމުން ބުނެލިއެވެ.އޭނާ އެހާ ގާތުގައި އިށީނުމުން އަހަރެންގެ ހިތުގެ ހިނގުމަށް އެނގުންވެލިއެވެ.އޭނާ އައުމުން މުޅި ކޮޓަރިތެރޭގައި ހިފައިލި ހިތްގައިމު ފިރިހެން ސެންޓްގެ ވަހުންވެސް ހިތް ފުރިގެންދާހާވެއެވެ.އޭރު ހައިދިންގެ ހޫނު ނޭވާތައް އެއްވެސް ހުރަހެއް ނެތި އަހަރެންގެ ކޯތާފަތުގައި ބީހެމުން ދިޔައެވެ.

****

’މްމްމް…ޔޫ ސްމެލް ސޯ ގުޑް…‘ ހައިދިން އަހަރެންގެ ކޯތާފަތުގައި ވަސް ބަލައިލަމުން ބުނެލިއެވެ.އޭނާގެ އެ އަމަލުން އަދި ވަކިން ބޮޑަށް އަހަރެން ރަކިވިއެވެ.

****

’ދެންން…ހައިދިން ކުރާ ކަންތައް… ‘އަހަރެން ތުންކޮޅު އޫކޮށްލުމުން އޭނާ އަހަރެންގެ ނޭފަތު ކުރީގައި މަޑު މަޑުން ހިފާލާފައި، ދެވަނަ ސިކުންތުގައި އަހަރެން ނިތުގައި ބޮސް ދީފިއެވެ.އޭނާގެ އެ ލޯބިވެތި އަމަލުތަކުން އަހަރެންގެ ހިއްސުތައްވެސް ހޭލަމުން ދިޔައެވެ.ހައިދިންވެސް މިހާ ރޮމޭންޓިކް ވާނެ ކަމަކަށް ކުރިއަކުން އަހަރެން ހިއެއް ނުކުރަމެވެ.އޭނާގެ ކޮންމެ އަމަލަކުންވެސް އަހަންނާއިމެދު އެ ހިތު ތެރޭގައިވާ ފުން ލޯބި އެބަ ހާމަކޮށްދެއެވެ.އަހަރެން މިހާ ނަސީބު ގަދަވީ ކޮން އިރަކުބާއޭ ހިތާ ހިތާ ސުވާލު ކޮށްލެވުނެވެ.

****

’ހެހެހެ…ކީއްތަވީ…؟ތީ މިހާރު މަގޭ ވައިފީއެއްނު…..އިރާދަ ކުރެއްވިއްޔާ އަހަރެން މިހޫއަށް ދެރަގޮތެއް ނުހަދާނަން… އަހަރެން މިހޫ ވަރަށް އުފަލުގަ ގެންގުޅޭނަން…މިހޫއަށް އަސްލު އިހުސާސްވެސް ނުވެދާނެ އަހަރެން މިހޫ ދެކެ ލޯބިވާވަރު..އީވެން އަހަންނަށްވެސް ބުނެދޭނެ ގޮތެއް ނޭނގޭ…އައި ޖަސްޓް ހޯޕް ޔޫ ކެން ފީލް އިޓް…‘ ހައިދިންގެ އަޑަށް ސީރިޔަސްކަން ވެރިވިއެވެ.

’އަހަންނަށް އިހުސާސްވޭ ހައިދިން އަހަރެން ދެކެ ލޯބިވާކަން….ހައިދިން އެހާވަރަށް އަހަރެން ފަހަތުން ނޫޅުނުނަމަ އަދިވެސް…‘އަހަރެންގެ ވާހަކަ މެދުކެނޑުނީ ހައިދިން ހުރެފައި ކުއްލިއަކަށް ދެއަތުން އަހަރެންގެ މޫނު ޖޯޑުކޮށްލާފައި، ދެތުންފަތުގައި ބޮސް ދިނުމުންނެވެ.އެފަދަ ކަމަކަށް ތައްޔާރުނުވެ ހުރުމުން އަހަންނަށް ލިބުނު ކުއްލި ސިހުމުގައި، ވަގުތުން ދެލޯ ބޮޑުކޮށްލާފައި ހައިދިންގެ މޭގައި ދެއަތް އަޅައި ދުރަށް ކޮއްޕާލެވިއްޖެއެވެ.

***

’ސޮރީ…ލޯބިކަމުން ހަމަ…‘ ހައިދިން އެއްއަތުން ބޮލުގެ ފުށްކިބައިގައި އަތް ހިންގާލަމުން އެއް މިޔަކަނުން ހީލާފައި ބުނެލިއެވެ.އެ ދެލޮލުގައިވި ލާނެތް ވިދުވަރު ފެނި ލަދުން އަހަންނަށް އިސްޖެހުނެވެ.

****

’ދެން ހައިދިންންން‘ އޭނާ ބަލާވަރުން އެންމެ ފަހުން އަހަރެން ލަދުން މޫނުމަތީގައި ދެއަތް އެޅީމެވެ.އަހަރެންގެ އެ ލަދުރަކިކަން ފެނި ހައިދިން ފެށީ ހޭށެވެ.

****

’އައްދޭ…ހާދަ ޝައި ބޭބީ އެކޭ މީ ދޯ…ދެން މިރޭ ކިހިނެއް އަހަރެން ކަމެއް ކުރާނީ…؟‘ ހައިދިން ލާނެތްކަމާއި އެކުގައި ބުނެލިއެވެ.ލަދުން ގޮސް ހުރި ތަނަށް ވިރޭނެ ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ.

****

’ކަމޯން ބޭބީ…ދެން…ތިހާ ލަދު ނުގަނެބަލަ… މިހާރު އަހަރެން މީ މިހޫގެ ހަޒްއެއްނު…އަހަރެން ނޫޅެމޭ މިހޫގެ ނުރުހުމުގަ އެއްވެސް ކަމެއް ކުރާކަށް…ޔުކެން ޓޭކް ޔުއަރ ޓައިމް…މިހޫއަކަށް އަހަރެން މަޖުބޫރެއް ނުކުރާނަން…އެއަށްވުރެ އަހަރެން މާ ލޯބިވޭ މިހޫ ދެކެ…‘ ހައިދިން ސީރިޔަސްވެލިއެވެ.އޭނާ އެހެން އެބުނީ މާނަކޮށްފައިކަން އަހަންނަށް ޔަގީން ކުރެވުނެވެ.

****

އަހަރެން މޫނުމަތިން އަތް ނަގާފައި ހައިދިންއާއި ހަތަރުކަޅި ހަމަކޮށްލިރުވެސް އޭނާ އިނީ ކަޅި ޖަހާނުލާ އަހަންނަށް ބަލާށެވެ.އެ ދެލޮލުން އޭނާ އަހަންނަށް އެދޭވަރު ފާޅުވޭވޭ ހުއްޓެވެ.އެހެނަސް އަހަރެންގެ ނުރުހުމުގައި އަހަރެންގެ ހަށިގަނޑުގައި ނުބީހޭނަން ކަމުގައި ބުނެ ހައިދިން ކުޑަކޮށް ދުރަށް ޖެހިލުމުން އަހަރެންގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.އަހަރެންގެ ހިތްވެސް އޭނާގެ ބީހުންތަކަށް އިޖާބަ ދޭން އެދެން ފަށައިފިއެވެ.ދެމެދުގައިވި ދުރުމިން ނެތި ކޮށްލަން ބޭނުންވަނީ ހަމަ އެންމެ ފެހި ސިގްނަލެއްކަން ހިތަށް ވިސްނުނު ހިނދު އަހަރެން ލަދު އެއްފަރާތް ކޮށްލާފައި، ހައިދިންއާއި ގާތަށް ޖެހިލައިފީމެވެ.އަހަރެންގެ އެ އިސް ނެގުން ފެނި ހައިދިންވެސް ހައިރާންވިއެވެ.ސިކުންތުކޮޅެއް ކުރިން ލަދުން ވިރި ވިރި އިން މީހާ އެފަދަ ހިތްވަރެއް ކޮށްލީމައި ހައިރާން ނުވާނީ ކާކު ހެއްޔެވެ؟އޭނާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ނަމަވެސް އޭގެ ކުރިން އަހަރެން އޭނާގެ ކަނދުރާގައި ދެއަތް ވަށާލައި، މޫނު ކައިރި ކޮށްލި ގޮތަށް އެ ތުންފަތުގައި ބޮސް ދީފީމެވެ.އެވަގުތު ހައިދިންގެ ދެއަތްވެސް އަހަރެންގެ ހަށިގަނޑުގައި ވަށައިލި ގޮތުން ދެން އޭނާވެސް ހުއްޓުވުމެއް ނެތްކަން އަހަންނަށް ވިސްނުނެވެ.އެހެނަސް ނޭވާ ކޮޅަށް ދިޔުމުން އިސްވެ ދުރަށް ޖެހިލީވެސް އޭނާ އެވެ.އޭނާ އަހަރެންގެ ދެލޮލަށް ވަރަށް ފުންކޮށް ބަލައިލާފައި މާނަވީ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

****

’ލާނެތް ކުއްޖާގަނޑެއް ދޯ މި!…އައި ވޮނަ ކޮންޓިނިއު ދިސް ސޯ ބޭޑްލީ…ބަޓް ލަވް… ނޮޓް ހިއަރ…‘ ހައިދިން މައިނޭވާލަމުން ނިތާ ނިއް ޖައްސައި ބުނެލިއެވެ.

’ހިނގާ އަވަހަށް ޕެކް ކޮށްލައިގެން ދަމާދޯ… މިހާރު ލޯންޗު ކައިރިކޮށްފަ ގުޅައިވެސްފި….ގޮސްފަ  ދެން ކޮންޓިނިއު ކުރާނީ ދޯ…ކޭންޓް ވެއިޓް…‘ ހައިދިން ދުރަށް ޖެހިލައި،އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ބުނެލިއެވެ.އަހަންނަށް އެހާ ބޭނުންވެފައި ހުރެމެ، އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްލި ގޮތް ފެނި ހިތާ ހިތުން އަހަންނަަށް ހައިދިންގެ އެ ކެތްތެރިކަމަށް ތައުރީފްކޮށްލެވުނެވެ.

(ނުނިމޭ)

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

މުޅި ހިތް ބޭޤަރާރު ވެއްޖޭ-4

Next

23 ފުރަތަމަ ނަޒަރުން

Next
December 22, 2025

23 ފުރަތަމަ ނަޒަރުން

Previews
December 22, 2025

މުޅި ހިތް ބޭޤަރާރު ވެއްޖޭ-4

4 Comments!

  1. 💙🦋💙 says:
    December 22, 2025 at 11:07 pm

    Varah varah reethi ….
    when next??
    Avahah up kohdhehcheyyy…..
    Can’t wait for next

    1. Lamtty Lamtty says:
      December 24, 2025 at 6:59 pm

      Thank you ❤️
      In Sha Allah mirey part 34 submit kohlaanan.
      Yes yes

  2. Your fav bab says:
    December 23, 2025 at 1:52 pm

    Loved this part so much!
    Finalllyy haidhin and mihoo!!
    They are so cute I swear 💗💗
    The way bro just controls himself is INSANEE!!
    When next?

    1. Lamtty Lamtty says:
      December 24, 2025 at 7:00 pm

      Thank you ❤️
      Yes finally ❤️
      Glad you loved it!
      In Sha Allah mirey next part submit kohlaanan.

Comments are closed.

Next Episodeމާސްކު (ޕާޓް 34)←


All Right Reserved!