Skip to content
އެސްފިޔަ

މާސްކު (ޕާޓް 34)

”ހިނގާ އަވަހަށް ޕެކް ކޮށްލައިގެން ދަމާދޯ… މިހާރު ލޯންޗު ކައިރިކޮށްފަ ގުޅައިވެސްފި…ގޮސްފަ ދެން ކޮންޓިނިއު ކުރާނީ ދޯ…ކޭންޓް ވެއިޓް…“ ހައިދިން ދުރަށް ޖެހިލައި، އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ބުނެލިއެވެ.އަހަންނަށް އެހާ ބޭނުންވެފައި ހުރެމެ, އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްލި ގޮތް ފެނި ހިތާ ހިތުން އަހަންނަށް ހައިދިންގެ އެ ކެތްތެރިކަމަށް ތައުރީފްކޮށްލެވުނެވެ.

****

ހައިދިންގެވެސް އެހީތެރިކަމާއިއެކު އަހަރެން ބޭނުންވި ސާމާނު އަލުން ފޮށްޓަށް އަޅައި ނިންމައިލުމުން،އޭނާ އެ ފޮށްޓާއި އޭނާ ޕެކް ކޮށްފައި ހުރި އިތުރު ދަބަހެއް ހިފައިގެން ބޭރަށް ނުކުމެއްޖެއެެވެ.އަހަރެންވެސް މި ނުކުންނަނީ އޭ ކިޔާފައި ކުޑަކޮށް ތައްޔާރުވެލަން އަވަސްވެގަތީމެވެ.

****

ތައްޔާރުވެ ނިމިގެން އަހަރެން އަލަމާރި ކައިރިއަށް ހުއްޓިފައި, ދަމާ ވަތްގަނޑު ހުޅުވައިލީ ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ.އެވަތްގަނޑަަށް ވަރަށް މުހިންމު އެއްޗެއް ލެވުނުކަން އަހަރެން ހަނދާން ނައްތައެއް ނުލަމެވެ.އަހަރެން އިންތިޒާރު ކުރީ ހައިދިން ކޮޓަރިން ނުކުންނާނެ އިރަކަށެވެ.އަހަރެން އެ ނަގާ އަތްދަބަސް ތެރެއަށް ލައިގެން، އަވަސް އަވަހަށް ނުކުތްއިރު ހައިދިން އަހަރެން ލަސްވެގެން ގޮވަން ފަށައިފިއެވެ.އޭރު ގޭ ދޮރުމަތީގައި ކާރު މަޑުކޮށްލައިގެން އޮތުމުން ،ފަހަތުގައި މަޑު ޖެހިފައި އޮތް އުޅަނދުތައް ބަރުގޮނު އަޅާވަރުންވެސް ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ.

****

އަހަރެން ނުކުތްއިރު ހައިދިން ޑިކީއަށް އެއްޗެހިތައް އަރުވާފައި ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލައިފިއެވެ.ޑުރައިވަރު ސީޓުގައި އިން ޒިވިކްއަށް އަހަރެން ހަމަ ފެނުނުހާއިރަކަށް ވަރަށް ހިނިއައިސްފައި އިނދެ ފަހަރީއޭ ކިޔާ ގޮވާލައިފިއެވެ.ޕާޓީ ތެރޭން ކީރާޔާ އެކުގައި ދިމާވި ނަމަވެސް ކިޔު ދިގުކަމުން ފަހުން އެމީހުންނާއި ވަކިން ބައްދަލުވާ ގޮތެއް ނުވިއެވެ.ޕާޓީގައި އުޅެނިކޮށް ލޫކް ހުން އައިސްގެން، ކީރާއަށްވެސް މަޑުނުކޮށް އަވަހަށް ގެއަށް ދާން ޖެހުނީއެވެ.

****

”ކީ ވަރަށް ދެރަވެފަ ހުރީ އެހާ އަވަހަށް ދާން ޖެހުނީމަ…ލޫކްވެސް ޑޮކްޓަރަށް ދައްކާފަ ގޮސް ބޭސް ދިންފަހުން ހަމައަކަށް އެޅުނީ.ފަހުން ދެން އުޅުނު މާ އަވަހަށް ގެއަށް ދެވުނީމަ އެކަމާ ދެރަވެގެން“ ޒިވިކް ބުނެލިއެވެ.

****

”އަޅޭ…އެހެންތަ…ކީ ނުވެސް..އޭ އުހުނ…އެބައިން ކީ މެސެޖް ކޮށްފަ….އަދި ކިރިޔާ މި ފޯނުވެސް ބަލައިލެވުނީ ރަނގަޅަށް…“ އަހަރެން ފޯނު ހުޅުވައިލި އިރު ކީރާ، އެވާހަކަ ބުނެ މެސެޖްކޮށްފައި އޮތެވެ.

****

ސިނަމާލެ ބުރިޖު މައްޗަށް އެރެންދެން ދެމެދަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ.އެހެނަސް އެހިސާބުން އަހަންނަށް ހައިދިންއާއި ސުވާލުކޮށް ނުލައެއް ނީނދެވުނެވެ.އޭރު ލޯންޗު ތައްޔާރަށް އޮތް ވާހަކަ ބުނުމުން އަހަރެން ހީކޮށްގެން އިނީ ކާރު ގޮސް މަޑުކުރާނީ މާލޭގެ ކޮންމެވެސް އެއް ޖެޓީއަކަށް ކަމަށެވެ.އެހެނަސް ބުރިޖު މައްޗަށް އެރުމުން މިސްރާބު ހުރީ އެއާޕޯޓަށް ކަމަށް އަހަންނަށް ޝައްކު ކުރެވުނީއެވެ.

****

”ހައިދިން… ކޮންތާކަށްތަ އަހަރެން ގެންދަން ތިއުޅެނީ…؟ ކީއްވެ ބުރިޖު މައްޗަށް އެ އެރީ…؟!“ އަހަރެން އޭނާއަށް އިވޭހާ މަޑުން ކޮށްލި އެ ސުވާލުން ހައިދިންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.

****

”ރިލޭކްސް ލަވް…ދެން ދެވުނީމަ އިނގޭނެއެއްނު…ކަމޮން ބޭބް“ ހައިދިން ލުއި ހީލުމަކާއި އެކުގައި ބުނެލިއެވެ.އަހަރެން ވަރަށް އާދޭސްކުރުމުންވެސް އޭނާ ހަމަ ހިލާ ދާން އުޅޭ ތަނެއް ނުބުންޏެވެ.

****

އެއާޕޯޓަށް ކާރު މަޑުކޮށްލުމާއެކު ދެލޯ ބޮޑުކޮށްލާފައި އަހަންނަށް ބަލައިލެވުނީ ހައިދިންގެ މޫނަށެވެ.އޭނާ ހަމަ އެ ޒާތަކަށް ހިނި އައިސްފައި ހުރެގެން އަހަންނާ ދިމާލަށް އެއްލޯ މަރާލާފައި ކާރުން ފައިބައިފިއެވެ.އޭނާ ގޮސް ޑިކީއިން ލަގެޖުތައް ބާލަން ފެށުމުން އަހަރެންވެސް މަޑުނުކޮށް ކާރުން ފައިބައިފީމެވެ.

****

”ހެޕީ ހަނީމޫން ގައިޒް…ހޭވް ފަން މޭން.އެކަމަކު މާ ބޮޑުވަރު ނުކޮށްލައްޗޭ އިނގޭ..ހެހެ“ ޒިވިކް ކާރުގެ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ހައިދިންއާ ދިމާކޮށްލުމުން ހައިދިން އޭނާއާއި ދިމާލަށް އަތް މަޅައިލިއެވެ.ޒިވިކް ހެމުން އަހަންނަށް ބަލާލާފައި މަޑުމަޑުން ސޮރީއޭ ބުނެލިއެވެ.އެހެނަސް އޭނާ ހުރެފައި އެއޮއްބުނެލި އެއްޗެއްގެ ސަބަބުން އަހަރެން އިނީ ލަދުން ހަލާކުވާވަރުވެފައެވެ.އަހަރެން ހުއްޓާ ޒިވިކްއަށް އެފަދަ އެއްޗެކޭ ބުނަން ކެރޭނެ ކަމަކަށްވެސް އަހަރެން ހިއެއް ނުކުރަމެވެ.

****

’އާނ ދެން ދާން ހަދާ…މިހާރު ތަންކޮޅެއް އަނގަ ދިޔާވަނީ ތި…“ ހައިދިން ހިނިއައިސްފައި ބުނެލިއެވެ.ޒިވިކް ހެމުން ސެލިއުޓަށް އަތް ނަގާފައި ކާރު ދުއްވާލައިފިއެވެ.

****

ލަގެޖުތައް ޓުރޮލީއަކަށް އަރުވާފައި ،އެއް އަތުން އަހަރެންގެ އަތުގައި ހިފައިގެން، އަނެއް އަތުން ޓުރޮލީ ދަމަމުން ހައިދިން މިސްރާބު ޖެހީ އެއާޕޯޓް ޖެޓީއާ ދިމާލަށެވެ.އޭރު ބައިވަރު އުޅަނދުތައް ޖެޓީއާއި ކައިރިކޮށްފައި އޮތެވެ.ހިނި ހޮރަކުން ހިނިތަކެއް ނުކުމެގެން އަންނަ ބީދައިން މީހުންތައް އެއާޕޯޓުން ނުކުމެގެން ޖެޓީ ކައިރިއަށް އެއްވަމުން ދިޔައީ އެބަޔަކު ދަތުރު ކުރަން ހަމަޖެހިފައިވާ އުޅަނދަކަށް އެރުމަށް އަވަސްވެގަތުމަށެވެ.ސީޒަންތެރެކަމަށް ވާތީ އޭގެ ތެރޭގައިވެސް ގިނައީ ރާއްޖޭން ބޭރުން އައި ފަތުރުވެރިންނެވެ.

****

ހައިދިންއާ އެއް ހަމައެއްގައި ފައި އެޅޭތޯ މަސައްކަތް ކުރަމުން ދިޔައިރު އެތައް ސުވާލެއް އަހަރެންގެ ސިކުނޑިތެރޭގައި ފުނި ޖެހިފައިވިއެވެ.އެއާޕޯޓަށް ފައިބާފައި، ޓާމިނަލްއަށް ވަނުމުގެ ބަދަލުގައި، ލަގެޖުތައް ހިފައިގެން ހައިދިން ޖެޓީއާ ދިމާލަށް މިސްރާބު ޖެހުމުންވެސް އަހަރެން ހުރީ ވާނުވާ ނޭނގިފައެވެ. އަހަރެން ހީކޮށްގެން ހުރީ ހަނީމޫނަށް އަހަރެން ގޮވައިގެން އޭނާ ބޭރު ގައުމަކަށް ފުރަން އުޅެނީ ކަމަށެވެ.އެހެނަސް އެކަމާ ގުޅުވައި، އަހަރެން ކިތަންމެ ވަރަކަށް ސުވާލު ކުރިޔަސް ހައިދިން އެއްޗެކޭ ނުބުނާނެކަން އެނގޭތީވެ، އަހަރެން އިތުރަށް ސުވާލު ކުރާކަށް ނުހަދަމެވެ.

****

އަހަރެމެން ފެނުނުހާއިރަކަށް، ޖެޓީއާ ކައިރިކޮށްފައި އޮތް ޕްރައިވެޓް ޔޮޓަކުން ޔުނީފޯމުގައި ހުރި ފަޅުވެރިއަކު ފައިބައިގެން އައިސް އަހަރެމެންނަށް އިސްތިގުބާލު ކޮށްލައިފިއެވެ.ހައިރާންވެފައި އަހަންނަށް ބަލައިލެވުނީ ހައިދިންގެ މޫނަށެވެ.އޭނާ އެއް މިޔަކަނުން ހީލާފައި، އަހަންނާ ދިމާލަށް ނިއް އަރުވައިލިއެވެ.

****

އެ ފަޅުވެރިޔާ ލަގެޖުތައް ޔޮޓަށް އަރުވަން ފެށުމުން އަހަންނަށް އެ ޔޮޓާ ދިމާލަށް ބަލައިލެވުނީ ފެންނަމުން ދިޔަ މަންޒަރު ގަބޫލު ކުރަން ދަތިވެފައި އިނދެއެވެ.ހައިދިން އޭރު ލޯންޗެކޭ ބުނީވެސް ޔޮޓެއްކަން އެނގުނީމާ އަހަންނަށް ވާ ގޮތެއް ބަލައިލަން ކަންނޭނގެއޭ ހިތަށް އެރިއެވެ.

****

”ކޮބާ ކިހިނެއް ވަނީ ސަޕްރައިޒް…ކަމުދޭތަ؟“ ހައިދިން ހިނިއައިސްފައި ހުރެ އަހައިލިއެވެ.

”މި..މިރޭ…ޔޮޓެ..އްގަ؟އެކަމް…އެއާޕޯޓަށް…އައިމަ“ އަހަންނަށް އާގަނެފައި ބުނެވުނެވެ.

”ލޯބި ހީކުރީ އެއާޕޯޓަށް އައިމަ އެހެން ގައުމަކަށް ދާން އުޅެނީއޭ ދޯ؟ ވެލް ޔާ އައިޑޫ ހޭވް ޕްލޭންސް… ބަޓް ނޮޓް ފޮރ ނައު…މީ އަދި ފެށުން…ދި ރެސްޓް އަމް ނޮޓް ގޮނަ ޓެލް ޔޫ…“ ހައިދިން ލާނެތްކަމާއި އެކުގައި އަހަރެންގެ އުނަގަނޑުގައި ހިފައި ގާތްކޮށްލަމުން ބުނެލިއެވެ.ހައިދިންގެ އެ ކުއްލި ހަރަކާތުން ސިހިފައި އަހަންނަށް ފަރާތް ފަރާތަށް ނަޒަރު ހިންގައިލެވުނެވެ.ބަޔަކަށް އެ މަންޒަރު ފެނިގެން ބަލަން ފަށައިފާނެތީ އަހަރެން ކަންބޮޑުވީއެވެ.އެހެނަސް ފެނުނު މަންޒަރު ހީކުރެވުނު ގޮތާ މުޅިން ތަފާތެވެ.އެންމެންވެސް އުޅެނީ ލައިނުގަނެގެން އެމީހެއްގެ އަމިއްލަ ކަންތައްތަކައިގެންނެވެ.

****

”ރިއަލީ. ދެއަރޒް މޯ؟! ހައިދިން އަހަރެން ގޮވައިގެން މުޅި ރާއްޖެ ވަށާ ބުރު ޖަހަން ދާންތަ ތިއުޅެނީ؟“ އަހަރެން ވީ އުފަލެއް ބުނެދޭންވެސް ނޭނގުނެވެ.

****

”ހެހެ..ލޯބި ބޭނުންތަ ދާން؟އަޅެ ބަލަމާ ދޯ ވާ ގޮތެއް…“ހިންޓެއް ދޭންވެސް ހައިދިން ބޭނުން ނުވީ ކަހަލައެވެ.

****

”އޯކޭ ފައިން…އައިލް ލެޓް ޔޫ ސަޕްރައިޒް މީ…“ އަހަރެން އެންމެ ފަހުން ހަތިޔާރު ބެހެއްޓީއެވެ.އަހަރެން ކަޅި އަޅައިލުމުން ހައިދިންއަށް އެކަންވެސްވީ މަޖާ ކަމަކަށެވެ.

****

ޔޮޓުގެ އެތެރެއަށް ވަދެވުމާއެކު އަހަރެން އާޝޯޚުވިއެވެ.އޭގެ އެތެރެއެކޭ ގެއެއްގެ ސިޓިން ރޫމެކޭ ތަފާތެއް ނެތެވެ.ސޯފާ ސެޓާއި،ކޮފީ މޭޒު،ޓީވީ، މިނީބާރ ފަދަ އެެއްޗެހި ހުރިއިރު އޭސީގެ ފިނިކަމާއި އެކުވެފައިވާ ވެނީލާ ރޫމް ސްޕްރޭގެ ހިތްގައިމު މީރު ވަހުން މުޅިތަން އޮތީ އެއްވަސްވެފައެވެ.ކޮފީ މޭޒުމަތީގައި ބަހައްޓާފައި ހުރި ތާޒާ މޭވާ ވަށިގަނޑު ފެނިފައިވެސް މީހަކު ކުޅު ދިޔާވާހާވެއެވެ.

****

”ވާއު އަމް…ސްޕީޗްލެސް…“ ހަމަ ހަގީގަތުގައިވެސް އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

”ހެހެ…އައި ނިއު އިޓް..ބޭބީ ނިގާބް ނެގިޔަސް އޯކޭވާނޭ…އަހަރެމެން އިޝާރާތެއް ކޮށްލީމަ ނޫނީ އެއިން މީހަކު ދެން ނާންނާނެ.އިޓްސް ޖަސްޓް އަސް…“ ހައިދިން ބުނެލިއެވެ.

****

ހައިދިން އެހެން ބުނުމުންވެސް އަހަރެން މޫނު ފޮތިކޮޅު ނުނަގައި އިންނަން ފެށުމުން އޭނާ ހުއްޓާ ބުރުގާ ނަގަން އަހަރެން ފަސް ޖެހެނީކަން އޭނާއަށް ވިސްނިއްޖެއެވެ.އޭނާ އިސްވެ އަހަރެންގެ އަތުގައި ހިފާލައިގެން ގޮސް ޔޮޓުގެ އެއް ފަރާތަކަށް ވާނޭގޮތަށް ހުރި ދޮރެއް ހުޅުވާލައިފިއެވެ.އެއީ ކޮޓަރިއެއްކަން އަހަންނަށް އެނގުނީވެސް ދެނެވެ.އަހަރެން ދެލޯ ބޮޑުކޮށްލި ގޮތުން ހައިދިންގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ.

****

”ހެހެ ހައްތަހާވެސް ސަޕްރައިޒް ދޯ… މިހާރު އެނގިއްޖެ މިހޫ ދުވަހަކުވެސް ލަގްޒަރީ ޔޮޓަކަށް ނާރާކަން…“ހިނިއައިސްފައި ހުރެ ހައިދިން ބުނެލިއެވެ.

”ދެން މާކަ ގިނައިރެއް ނުވާނެ… ދެވެން ދެން މިތާ ދޯ މަޑުކޮށްލާނީ… އޭރުން އެހާ ވަންދެން ބޭބީއަށް ކޮމްފޮޓަބަލްކޮށް މިތާ އިނދެވޭނެއެއްނު…އޯކޭ އޮށޯވެލިޔަސް..އަހަރެން މިހިރަ ސޯފާގައި އިނދެފާނަން“ ކޮޓަރީގައި ބަހައްޓާފައި ހުރި ސޯފާއަށް އިޝާރާތް ކޮށްލަމުން ހައިދިން ބުނެލިއެވެ.އޭނާ އެހެން ބުނެލުމުން ދާން އުޅޭ މަންޒިލަކީ އަދި އެހެން ތަނެއްކަން އަހަންނަަށް ވިސްނުނީ ދެނެވެ.

****

މޫނު ފޮތިކޮޅާއި ބުރުގާ ނަގައި އެނދުމަތީގައި ރީތިކޮށް ބާއްވާލާފައި އަހަންނަށް ބަލައިލެވުނީ ހައިދިންގެ މޫނަށެވެ.ހައިދިން ވަރަށް ޝައުގުވެރިވެފައި،ކަޅި ޖަހާނުލައި ބަލަން ހުރި ގޮތުން އަހަރެން ހަމަ ރަނގަޅަށްވެސް ރަކިވިއެވެ.ހިޖާބް ސްޓައިލިސްޓް ޝޯލް އެޅުމުގެ ކުރިން ހުޅިގަނޑު ރަނގަޅަށް ހަރުކޮށްދީފައި ހުރިކަން ހަމަ ނަސީބެކޭ ހިތަށް އެރިއެވެ.

****

ލަދުން އިނދެ އަހަރެން ގޮސް،ހަށިގަނޑު ދޫކޮށްލީ ސޯފާއަށެވެ.އެވީ އަރާމު ބުނެދޭންވެސް ނޭނގެއެވެ. އަހަރެންގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން، ފަޓުލޫނުގެ ދެ ޖީބަށް އަތް ޖަހާލައި، ވަރަށް ފިރިހެންވަންތަ ގޮތަކަށް ހުއްޓިލައިގެން ހައިދިން ހުއްޓެވެ.އާދައިގެ ޓީޝާޓުގަނޑެއްގައި އޭނާ ފެންނަލެއް އަދި ވަކިން ފުރިހަމަހެން އަހަންނަަށް ހީވިއެވެ.އަހަރެން އިޝާރާތުން އިށީންނަން އަންނާނޭ ބުނުމުން އޭނާ އައިސް އަހަންނާއި ޖެހިގެން އިށީނީ،ދެމެދުގައި ހުސް ތަންކޮޅެއް ބާއްވާފައެވެ.

***

ހައިދިން ކުޑަކޮށް ކުރިއަށް ޖެހިލާފައި،އަހަރެންގެ އިސްތަށިގަނޑުގައި އަތް ފިރުމައިލިއެވެ.ދެން ފެނުނީ ލަތްކެއް ޖަހައި އެއްފަހަރުން އަހަރެންގެ ހުޅިގަނޑު ރޫޅައިލިތަނެވެ.ވަގުތުން ދެފަރާތުން ސޮހިގެން އަހަރެންގެ އިސްތަށިގަނޑު މުޅި މޫނު މައްޗަށް ފައިބައިގެންފިއެވެ.ހައިދިން ވަރަށް ލޯބިން އެ އިސްތަށިތައް އަހަރެންގެ މޫނުމަތިން އެއްފަރާތް ކޮށްލާފައި ކަންފަތުގެ ފުރަގަހަށް ލައްވައިލަދިނެވެ.

****

”ވާއު…“ ހައިދިން ބުނެލިއެވެ.

”ކިހިނެއްވީ؟“ ހައިދިން ބަލަން އިން ގޮތުން އުނދަގޫ ވެގެން އަހަރެން އަހައިލީމެވެ.

”ކީއް ނުވަނީ…؟ ދިސް އިޒް ޕިއޯރ ޓޯޗަރ…“އަހަންނާއި ހަތަރުކަޅި ހަމަކޮށްގެން އިނދެ  ތުންފަތުގައި ދައިގަންނަމުން ހައިދިން ބުނެލިއެވެ.

”ވަޓް…؟“ އަހަރެން ހީކުރީ ހައިދިން އެބުނީ އޭނާ ކަނޑު މައްޗަށް ބަލި ވާހަކަ ކަމަށެވެ.ކަނޑުވެސް އެހާ މަޑެއް ނޫންވިއްޔާއެވެ.

”މިތާ މިހެން އިންނައިރު މިހޫއަށް ހަމަ އެކަނި ބަލާލައިގެން ފުއްދާލަން ޖެހޭތީ…ޔޫއާ ފަކިން ގޯޖަސް! މިހޫއަށް އެނގޭތަ އެކަން؟!.އަދި މިފެނުނީ ތިއޮއް ރީތި އިސްތަށިގަނޑުވެސް…ޖަސްޓް ވާއު!…ޑޫ ޔޫ ހޭވް އެނީ އައިޑިއާ ވަޓް ޔޫ އާރ ޑުއިން ޓު މީ ރައިޓް ނައު؟ ޑޫ ޔޫ ހޭވް އެނީ އައިޑިއާ ވަޓް އައި ވޮނަ ޑޫ ޓު ޔޫ ރައިޓް ނައު؟“ އަހަންނާއި ހަތަރުކަޅި ހަމަކޮށްގެން އިނދެ މަސްތީ ރާގަކަށް ހައިދިން ބުނެލިއެވެ.އެ ބަސްތައް އިވިފައި އަހަރެންގެ މުޅި ޖިސްމުގައިވެސް ހުޅު ހިފައިގަތް ކަހަލައެވެ.ކައިވެނީގެ ލައްޒަތާއި އަރާމު ލިބިގަތުމަށް އިސާހިތަކު އަހަރެންގެ މުޅި ޖިސްމުވެސް އެދި ގޮވަން ފަށައިފިއެވެ.

****

”ނޯ… ބަޓް އައި ވޯންޓް ޔޫ ޓު ޝޯ މީ… ރައިޓް ނައު“ އެ އިހުސާސްތަކުގެ ތެރޭގައި އަހަރެންގެ މުޅި ނަފްސުވެސް ޣަރަގުވެގެން ދިޔަ ހިނދު އަހަންނަށް ބުނެވުނެވެ.ހައިދިންއާއި އަހަންނާއި ދެމެދު އޮތް ދުރުމިން ނެތިކޮށްލަން އަހަރެން ބޭނުންވީ އޭގެ އިންތިހާއަށެވެ.އެ ދެއަތުގެ ފިރުމުންތަކަށް އަހަރެން އަހަރެންގެ ހިތް އެދެމުން ދިޔައީ ކެތް ނުވާވަރަށެވެ.

****

”ރިއަލީ…އާޔޫ ޝުއަރ؟!“ ހައިދިންގެ އަޑު ފުންވެގެން ދިޔައެވެ.އަހަރެން ތުންފަތުގައި ދައިގަންނަމުން ބޯޖަހައިލީމެވެ.އަހަރެންގެ އެ އިޝާރާތާއިއެކު އިސާހިތަކު ހައިދިންގެ ކެތްތެރިކަންވެސް ކޮޅުންލައިފިއެވެ.ކަރު ހިއްކައިގަތްފައިވާ މީހަކު ފަދައިން އޭނާ އަހަރެންގެ ތުންފަތުގައި ބޮސްދޭން ފެށިއިރު، ދެމީހުންގެ ނޭވާވެސް ފަހަރަކަށްވުރެ ފަހަރެއް ދިޔައީ  ފުންވަމުންނެވެ.އެހެނަސް އެއިން ކަމަކާ އަހަރެމެން ދެމީހުންގެވެސް އެއްވެސް ފަރުވާލެއް ނެތެވެ. ހައިދިންގެ ބާރުގަދަ ،ކަސްރަތީ ދެއަތުން އަހަރެންގެ މެދުހަށީގައި ހިފާ އުފުލައިލި ގޮތަށް އޭނާ އަހަރެން  ސޯފާމަތީގައި ބާއްވައިލިއެވެ.އޭރު ވަށައިގެންވީ އިތުރު އެއްވެސް ކަމަކާ މެދު ވިސްނޭވަރަށްވުރެ ދެ ޖިސްމުވެސް ވަނީ އެ ފޮނި މީރުކަމަށް ފެންބޮވައިގެންފައެވެ.

****

”އައި ލަވް ޔޫ ސޯ މަޗް މިހްރާ!“ އަހަރެންގެ ކަނދުރާގައި ބޮސް ދެމުން ހައިދިން ވައި އަޑުން ބުނެލި ބަސްތައް އިވިފައި އަހަންނަށް ދެލޯ މަރައިލެވުނެވެ.

****

”އައި ލަވް ޔޫ މޯރ ހައިދިން!“ ލިބެމުން ދިޔަ އިންތިހާ އުފަލާއި ހިތްހަމަޖެހުމުގެ ސަބަބުން ހިތް ފުރެމުން ދިޔަ ހާލުގައި އަހަރެން ބުނެލީމެވެ.

****

މަންޒިލަށް އާދެވުނުކަން ޔޮޓުގެ ފަޅުވެރިން  އެންގުމުން އަހަރެމެންގެ އެ އުފާވެރި ވަގުތުކޮޅު ކުރުކޮށްލަން ޖެހުނެވެ.ހައިދިންވެސް އަހަންނާ ދުރަށް ޖެހިލީ ދުރަށް ދާހިތަކުން ނޫންކަން އޭނާ ވަރަށް ސާފު ބަހުން އަހަރެން ގާތުގައި ބުނެލިއެވެ.

****

ހައިދިން އަހަރެން ގޮވައިގެން އައީ ޕްރައިވެޓް  ރަށަކަށްކަން އެނގުމުން އަހަރެން ހަމަ ރަނގަޅަށްވެސް ސަޕްރައިޒްވިއެވެ.ބަސް ހުއްޓުނެވެ.މިރެއަށްޓަކައި ހައިދިން ތައްޔާރުވެފައިވާ މިންވަރު ފެނި، އަހަރެންގެ ހިތް އުފަލުން ނަށައިލިއެވެ.

****

އެރަށުގެ ވެރި ފަރާތަކީ ޒިވިކްގެ ބައްޕަކަމާއި، އެ ހުރިހާ ކަމެއް ރޭވުމުގައި ޒިވިކްއާއި އިހާންވެސް ވަރަށް އިސް ދައުރެއް އަދާކުރިކަން ހައިދިންގެ ފަރާތުން އެނގުނު ހިނދު، އެމީހުންނަށްޓަކައި، އަހަރެންގެ ހިތުގައި ދެވިފައިވީ ދަރަޖަ އެތައް ތަނެއް އުފުލިގެން ދިޔައެވެ.

***

ޖެޓީ މައްޗަށް ފޭބިތަނުން އިސްތިގުބާލުގައި އައިސް ތިބި އެތަނުގެ މުވައްޒަފުން އަހަރެމެންނަށް ވަރަށް ފުރިހަމަ މަރުހަބާއެއް ކިޔެވެ.ހަޔާތުގައިވެސް ރިސޯޓު ފެންވަރުގެ ރަށަކަށް އާދެވުނު ފުރަތަމަ ފަހަރު ކަމުން އަހަރެން އިނީ ނިކަން އުފަލުންނެވެ.

****

އެއީ މާބޮޑު ރަށެއް ނޫން ނަމަވެސް ހުރިހާ އިންތިޒާމުތަކެއްވެސް ހަމަޖެހިފައި އޮތީ ވަރަށް ފުރިހަމައަށެވެ.ހިނގާލާފައި ދެވޭހާ ރޫމް ކައިރި ނަމަވެސް އަހަރެމެން ތިބެން ހަމަޖެހިފައިވި ވޯޓަރ ވިލާއާ ހަމައަށް އަހަރެމެން ގެންދިޔައީވެސް ބަގީއެއްގައެވެ.އަހަރެމެންގެ ހުރިހާ ކަމަކާ ހަވާލުވެގެން އުޅޭ ބަޓްލަރ އަހަރެމެންގެ ލަގެޖުތައް ރޫމަށް ވައްދައި، ތަންތަނުގެ ކުރު ތައާރަފެއް ދީފައި، އިތުރު ކަމެއް ބޭނުންވޭތޯ އަހައިލިއެވެ.ހައިދިން ނޫނެކޭ ބުނުމުން އޭނާއަށް ކޮންޓެކްޓް ކުރާނެ ގޮތް ބުނެދީފައި, ބަޓްލަރ ނުކުމެގެން ހިނގައްޖެއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (11)

  1. Shaba_73

    Mi part vx vrh reethi MA! 💯😍
    Haidhin haadha rangalhey dhw…
    Zivik vx dhw hehehe 😀
    Curiously waiting for the next part
    When’s next??
    Lyyy 😘❤️

    1. Lamtty
      Shaba_73

      Submitted. sorry it took so long I’ve tried but I’ve gone blank for sometime I really tried and it’s not easy to explain it.
      And yes it’s my problem updates nudhevun or replies nudhinun… I haven’t been active here tbh… it’s bcs I’ve gone blank and I haven’t got an explanation for that.
      But I’m trying to improve and I have 2 other story in my draft have been working on those 2 also.

  2. Hathma

    Nurahkkaatheri mask eh nehbbaa anehkka haidhin ge 🤭

    1. Lamtty
      Hathma

      Let’s see dho alhe…35 submitted… sorry it took long

  3. Starrgurl

    Vrh reethi vaahaka eh. Masha Allah 🩷🩷

    1. Lamtty
      Starrgurl

      Thank you ❤️

  4. Starrgurl

    Love this part too. Waiting for the next part. When is next part??

    1. Lamtty
      Starrgurl

      It’s submitted

  5. 😶‍🌫️Raajiha 😶‍🌫️

    Alhey fahe mihaaru 1 month vanee e oh
    Adhives dhen inna part nugenesdhinthaa javaabeh ves nudhey…kihaa dhera kameh mee dhen??
    I heekuree maruvee kamah!
    Aadhen ehennu vaanvee javaabeh haa hisaabu ves nudhennaa…
    Furathama kolhu gavaaidhun komme dhuvaheh hen vaahaka genesdheyne …mihaaru kihineh vee yo???
    Mihaa dhuvas kollaafa msg kureeves kuraa hithakuneh noon…I baynumeh noon meehunaa dhimaalah echihi kiyaakah..
    Emme dudaminum vee kameh bunemaves hevey alhey…
    Pls JAVAABEH DHEEBA !!!!!!!!!!!!!!
    V AVAHAH VAAHAKAIGE DHEN OI EPISODE GENESDHEYNE KAMAH UMMEEDHU KURAN

    1. Anonymous
      😶‍🌫️Raajiha 😶‍🌫️

      Aaekey hama huvaa mibunee…
      Meena Maru vee kannaynge
      Baeh faharu hithah araa mi kiyun huttaala faanamey

      Ma u Thi buni echakah nibunaanan goahey…thee alsuves v v v bodu thedeh
      So,I also hope v avahah VAAHAKAIGE DHEN OI EPISODE GENESDHEYNE KAMAH

    2. Lamtty
      😶‍🌫️Raajiha 😶‍🌫️

      Yeah I know sorry guy’s I haven’t been active here actually… sorry for not giving an update but I was blank fr(believe me I really tried) …idk how to explain it even.
      But in Sha Allah I’ll try to improve.
      Just one more part left and this story is done

Comments are closed.