”ކޮބާ މިހާރު ނޫކް؟“ ޝަފްކާ ކުއްލިއަކަށް ބުނެލިއެވެ.އަހަންނަށްވެސް މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގައިލެވުނެވެ.ނުހައިކުގެ އަޑެއް ބަޑެއް ނީވެންޏާ އެސޮރު ޔަގީނުންވެސް އުޅޭނީ ވަރަށް މޮޅު ކަމެއް ކޮށްލުމުގައެވެ. ”އަޅެ ދަރިފުޅާ ނޯ…“ ކޮޓަރީގެ ކަނަކަށް ވަދެ ނުހައިކު ކުރަން އިން މަސައްކަތް ފެނި ޝަފްކާ ކުސްތަޅައިގަތެވެ. އެހާ ހިނދުކޮޅަކަށް ނުހައިކު އިނީ އެ ވޮލެޓުގައި ހުރިއްޔާ ހުރި ނަގުދު ފައިސާއެއްް ނަގައިގެން އެ ވީދުމުގެ މަސައްކަތުގައެވެ.ކުޑަ ކުޑަ ދެއަތުން ރުފިޔާގެ ނޫޓުތައް ކުދިކޮށް ޓައިލްސް މައްޗަށް އަޅަމުން […]
އަހަރެން އެ އިން ގޮތަަށް އިނދެ ޝަފްކާގެ އަތުގައި ހިފާ ތަންކޮޅެއް ބާރަށް ލަތްކެއް ޖެހީމެވެ.އެއާއި އެކުގައި އޭނާ އައިސް ޖެހުނީ އަހަރެންގެ އުނގު މައްޗަށެވެ.މަސްތީ ނަޒަރަކުން ސީދާ އަހަރެންގެ ދެލޮލަށް ބަލަން އިނދެފައި ޝަފްކާ ލަސް ލަހުން އަހަރެންގެ އިސްތަށިގަނޑުތެރެއަށް ދެއަތް މަހާލައި ބާރުކޮށްލިއެވެ.އެއަށްފަހު މަޑު މަޑުން އަހަރެންގެ ކަނދުރާގައި ބޮސްދޭން ފެށިއެވެ.އެހިސާބުން ދެން އަހަރެންގެ މުޅި ޖިސްމުގައި ހީވީ ހުޅު ހިފިހެންނެވެ.މުޅިން ނަފްސުގެ ކޮންޓްރޯލް ގެއްލުނެވެ.އަވަސް ހަރަކާތަކާއި އެކުގައި އެ މޫނު ދެއަތުން ޖޯޑުކޮށްލައި، […]
އާތިޔާ ފެނުނުހާއިރަކަށް އެ ކުޑަ ކުއްޖާގެ ނިދި މޫޑުވެސް ހީވީ އެކަށް ފިލައި ދިޔަހެންނެވެ.މާމާ މާމާއޭ ކިޔަމުން އާތިޔާއާއި ދިމާލަށް އަތް ދިއްކުރަނީ ފެށި ގޮތުން އެ ތުއްތު ހިތު ތެރޭގައި އާތިޔާއަށްޓަކައިވާ ލޯތްބާއި ކުލުނު އަހަންނަށްވެސް އިހުސާސް ކުރެވިގެން ދިޔައެވެ. ”ދަރިފުޅާ އަޅެ ނުދޭބަލަ..މާމަ ހާދަ އެކަނިވާނެޔޭ ދަރިފުޅު ދިޔައިމަ.“ އާތިޔާ ނުހައިކު އުރާލައި އެކުއްޖާގެ ގައިގައި އޮޅުލައިގަންނަމުން އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ”މަންމާ ހިތްވަރު ކުރޭ…އަހަންނާ ނޫކްއާ މިގެއިން ދިޔަޔަސް މަންމައާ އަހަރެން ނޫކް […]
ޝަހީމްގެ ބަސްމަގު ހުރިގޮތުން އާތިޔާ ގާތަށްވެސް ރުޅިއައެވެ.އޭނާ ހިތުގައި ބާއްވައިގެން އުޅުނު ހުރިހާ ވާހަކަތަކެއް ގޮވައިލިއިރު އެ ދެލޯ ވަނީ ރުޅިއާއި ހިތާމަ އެކުވެގެން ފެންކަޅިވެފައެވެ. ”އަހަރެން ކަންތައް ކުރާނެ ގޮތެއް އެނގޭނީ ހަމަ އަހަންނަށް…ކޮންމެހެން މަށަށް ކަން ކުރަންވީ ގޮތް ކިޔައިދޭން ހަދާނެ ކަމެއް ނެތް.މި ދޭތެރެއަށް އަނގަ ނުބާނާ މަޑުން ހުރޭ އާތިޔާ!ވަރަށް ސާފު ދިވެހިބަހުން އަހަރެން މިބުނަނީ ތި ކައިވެނި ކުރާކަށް އަހަރެން އެއްބަހެއް ނޫނޭ.އަޑު އިވިއްޖެ!؟ހަމަ މިހާރު ނުކުމޭ މިގެއިން…ދަމާ ކޫއްތާފަ […]
”އެ ދުވަހު މަންމައަށް ރޫމަށް ނާދެވުނު ނަމަ ދެން އެދުވަހު އެތަނުން އެމީހުނަށް ނެރެން ޖެހުނީހީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު…“ ޝަފްކާ ނޭފަތް ދަމަމުން ކިޔައިދިނެވެ. އަހަންނަށް ޝަފްކާގެ ގައިގައި ކުރިއަށްވުރެވެސް ބާރަށް ބައްދައިލެވުނެވެ.ޝަފްކާވެސް ހަމަ އެފަދައިން އަހަންނަށް އިޖާބަ ދިނެވެ.އޭނާ ދެއްކި ވާހަކަތަކުން އަހަރެން ހުރީ ނިކަން ޖަޒުބާތީވެފައެވެ.ޝަފްކާ އަމިއްލައަށް މަރުވާން އުޅުނު ވާހަކަ އޭނާ ކިޔައިދިނުމުން އަހަރެންގެ ހިތުގައި ބުނެދޭން ނޭނގޭ ފަދަ ބިރުވެރިކަމެއް އުފެދުނެވެ.އެކަހަލަ ކަމެއް ބަރުދާސްތު ކުރެވޭ ވަރަށްވުރެ މިހާރު […]
”އާކިލް…އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބަ އޮތް… ޝާމިން…އަހަރެން ބޭނުން ޝާމިންގެ ކިބައިންވެސް މާފަށް އެދެން…އަމް ސޯ ސޮރީ“ އަހަރެމެން ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލާފައި ކުށްވެރިއަކު ފަދައިން އިސްޖެހި ގޮތަށް ޝަފްކާ އަނެއްކާވެސް ފެށީ ރޯށެވެ.ވާނުވާ ނޭނގިފައި އަހަންނަށް ބަލައިލެވުނީ ޝާމިންގެ މޫނަށެވެ.އޭނާގެ ނަޒަރުވެސް ހުއްޓުނީ އަހަންނާ ދިމާލަށެވެ. ”ޝަފް ކިހިނެއްތަވީ؟“ އަހަރެން ހިތް އަވަސް ވެފައިވާ ހާލުގައި އަހައިލީމެވެ.ޝަފްކާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން ލިބެން އެ އުޅެނީ ނުބައި ޚަބަރެކޭ އަހަރެންގެ […]
”އާކީ!“ ޝަފްކާގެ ދެތުންފަތް ފޫދުއްވާލާފައި ފުރަތަމަވެސް ނުކުތީ އަހަރެންގެ ނަމެވެ.އެ އަޑުގައިވި ރިހުން އިހުސާސްވެ, އަހަރެންގެ ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހިގެންފިއެވެ. ޝަފްކާގެ ހާލަކީވެސް އެއީއެވެ.ތިބެވުނު ތަނުގެ ގޮތުން ކުރީން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާއަށްވެސް އެ ޖަޒުބާތުތަކެއް ނުހިފެހެއްޓުނެވެ.އިސާހިތަކު އެ ދެ ކޯތާފަތްވެސް ތެމިގެން ދިޔައީ ހޫނު ކަރުނައިންނެވެ.އެހެނަސް މީހުންގެ ސަމާލުކަން ހުއްޓުމުގެ ކުރިން އޭނާ ވަރަށް އަވަހަށް ޓިޝޫ ކޮޅަކުން ދެލޯ ފުހެލާފައި، އަމިއްލަ ނަފްސު ހަމައަކަށް […]
ހިސާބަކަށް ދެވުނު ތަނާ ވަރަށް ގާތުން ކަންފަތުގައި ޖެހިލި ދަންނަ އަޑެއް އަހަރެންގެ ސަމާލުކަން އަތުލިއެވެ.އިސް އުފުލާ ބަލައިލަން މަޖުބޫރުކުރުވިއެވެ.އެވަގުތު އަހަރެންގެ ކައިރިން އަޅާފައި، ރޮމުން ދިޔަ ކުޑަ ކުއްޖަކު މަސަލަސް ކުރަމުން ދިޔަ އަންހެންމީހާގެ މޫނު ފެނިފައި އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ ޝަފްކާގެ މަންމަ ނޫން ދެ ވަނަ މީހެއް ނޫނެވެ.އެމީހާ އުރާލައިގެން ހުރި ކުޑަ ފިރިހެން ކުއްޖާގެ މޫނު ރީތިކޮށް ފެނުނު ހިނދު އަހަންނަށް ލައި ލައި ހުރި ނޭވާ ވެސް […]
ޝަފްކާގެ ހިމާޔަތުގައި އަހަންނަށް ނުހުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ.އަހަރެންގެ ދެއަތުތެރެއަށް ޝަފްކާ ގެނެސް، މުޅި އުމުރަށްވެސް އަހަރެންގެ ހިމާޔަތުގައި އޭނާ ބަހައްޓަން އަހަރެން ބޭނުމެވެ.އެ ރީތި ސޫރަ ދެކިލާހިތުން އަހަރެންގެ ދެލޯ މިވަނީ ބޭގަރާރުވެފައެވެ.އެ މޫނުގައި ލޯބިން ފިރުމާލާ ހިތުން އަހަރެންގެ ހިތް އެދި ގޮވަނީ ކެތް ނުވާ ވަރަށެވެ.ދެމީހުން އެކުގައި ދިރިއުޅުމެއް ބިނާކުރުމުގެ ހުވަފެން ހަގީގަތަކަށް ހަދަން އަހަރެން ނުލާހިކު ބޭނުމެވެ.ނިކަން ލޯބިން ޝަފްކާގެ ނިތުގައި ބޮސްދީފައި، ހުރިހާ ކަމެއްވެސް ދެން ރަނގަޅުވާނޭ […]