Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 3)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
March 13, 2026 6 Mins Read
10 Comments

”އަހަރެން ޓްރައިކުރާާނަން…ޕްރޮމިސް…ޝަފް އަހަންނަށް އަދި ވަގުތު ދީ… މިވަގުތު އަހަންނަކަށް ކެތެއް ނުވާނެ… އިޓްސް ކިލިން މީ…އަމް ސޮރީ ލަވް“ ޝަފްކާގެ ކޯތާފަތުގައި ފިރުމާލަމުން އަހަރެން ބުނެލީމެވެ.އެހެނަސް އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ވީ އިތުރެވެ.ހިތަށް އުނދަގޫވި ނަމަވެސް ނޭނގޭ ބާރަކުން އަހަރެންގެ ހަށިގަނޑުގެ އެ އެދުމަށް އިޖާބަދޭން އަހަންނަށް މަޖުބޫރު ކުރަމުން ދިޔަ ކަހަލައެވެ.

ޝަފްކާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.އެހެނަސް އެ އަތް ފޮޅުވާލާފައި އަހަރެން ނުކުމެގެން ދިޔައީ އޭނާގެ އެ ކަރުނަތަކަށް ކަނު ލޮލެއް ދީފައެވެ.

އެރޭގެ ފަހުން ޝަފްކާ ވަރަށް ނެގި މަޑުވެފައި އިންނަކަން އަހަންނަށް ފާހަގަވިއެވެ.އޭނާ ހަމައަކަށް އެޅުވޭތީ އަހަރެން އެކި ގޮތްގޮތަށް މަސައްކަތް ކުރީމެވެ. .އޭނާ ކިރިޔާވެސް ހަމައަކަށް އެޅުނީ ރިހެބަށް ދާނަމޭ ބުނެ އަހަރެން ތަކުރާރުކޮށް ވައުދުވި ފަހުންނެވެ.އެހެނަސް އެކަމަށް އަމަލީ ސިފައެއް ނުގެނެވިގެން އުޅެނިކޮށް ނުހާޒަށް އަހަރެމެންގެ ގުޅުން ފަޅާއެރީއެވެ.

އެހިސާބުން އެގެއަށް ވަނުންވެސް ނުހާޒު އަހަންނަށް މަނާކުރިއެވެ.ޝަފްކާއަށްވެސް އޭނަ ހަމަ އެވަރު ކޮށްލިއެވެ.ދެން އޭނާ އަޅަން ފެށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަހަންނާ ޝަފްކާގެ ގުޅުމަށް އެތައް ހުރަސްތަކެއް އެޅުނެވެ.އެކަމާ އަހަރެންގެ ބޯ ގޮވިވަރުން އަދި ވަކިން ބޮޑަށް އަހަންނަށް މަސްތުވާތަކެއްޗާއި ގާތް ވެވުނީއެވެ.

އެދުވަހު ނުހާޒު އަހަންނާ ދިމާލަށް ގޮވާލި އެއްޗެހިން އަހަންނާ ދޭތެރޭ އޭނާ ދެކޭގޮތް އަހަންނަށް ވަރަށް ރަނގަޅަށް އެނގި ސާފުވިއެވެ.މުޅިއަކުން އޭނާ ބުނީ ދޮގެއްވެސް ނޫނެވެ.އަހަރެންގެ ކިބަޔަކު ޝަފްކާ ބޭލޭނެ ފަދަ ފެންވަރެއް ނެތެވެ.އަހަންނަކީ މާ ރަނގަޅު ސޯލިހު މީހެއްވެސް ނޫނެވެ.ހިތް އުފާކޮށްލުމުގެ ނިޔަތުގައި  އަހަންނަށްވެސް ވަނީ އަންހެން ކުދިންނާއެކު ނަހަމަ ގުޅުންތައް ބޭއްވިފައެވެ.އެކުދިންނޭ ކިޔައިގެން ފާޑުފާޑުގެ ހުތުރު ވާހަކަތައް ދައްކައިވެސް ހެދީމެވެ.ވީމާ އަހަރެން ޝަފްކާއަށްވެސް ހަދާނީ އެހެންނޭ ނުހާޒަށް ހީވީ ކަންނޭނެގެއެވެ.އެކަމަކު ތަފާތަކީ އަހަރެން ޝަފްކާ ދެކެ ހަގީގަތުގައިވެސް ލޯބިވާކަމެވެ.އެކަން ގަބޫލުކުރަން ނުހާޒު ބޭނުން ނުވިކަމެވެ.

އެ ކަންތައްގަނޑަަށްފަހު ނުހާޒު އަހަންނާއި  ދުރުވިއެވެ.އެހެނަސް އަޒަދު ބުނަމުން ދިޔައީ ދުވަސްކޮޅެއް ފަހުން ނުހާޒު ހަމައަކަށް އެޅިދާނެ ކަމުގައެވެ.އަހަރެންވެސް ގަބޫލުކުރަން ބޭނުންވީ އެގޮތެވެ.އެހެނަސް ދެމެދުގައި ދުރުކަމުގެ ފާރެއް ލެވިގެން ދިޔައެވެ.ދެގޮތެއް ނުވެ އަހަންނާއިއެކު ހުރީ އަޒަދެވެ.އޭނާ ބަރާބަރަށް އަހަރެންގެ ހާލު ބެލިއެވެ.ހިތްވަރުދިނެވެ. އަހަރެން ބޯ ގޮވައިގެން އުޅޭވަރު ފެނުމުން ޝަފްކާގެ ޚަބަރު ބަލައިދޭން އޭނާ އަހަންނަށް ވަޢުދުވެސް ވިއެވެ.އެހެނަސް ނުހާޒު މާ ހުޝިޔާރެވެ.އަަހަރެން އަޒަދު މެދުވެރިޔަކަށް ހަދައިފާނެކަމަކަށް އޭނާ ހުރީ ވިސްނައިގެންނެވެ.ނުހާޒު އަޒަދަށްވެސް އެކަމުގެ ރޯޅި ބޭލިއެވެ.ޝަފްކާގެ ފޯނާއި އެއްޗެހި ނުހާޒު އަތުލާފައިވުމުން އޭނާއާއި މުއާމަލާތް ކުރެވޭނެ އިތުރު ގޮތެއް އަޒަދަކަށްވެސް ވަކި ނެތެވެ.އިތުރަށް ނުހާޒު ރުޅި އަރުވާކަށް އޭނާވެސް ބޭނުމެއް ނުވިއެވެ.

”މަށަށް ފެންނަނީ ނާއްޕެ ހަމައަކަށް އެޅެންދެން ކައެ އިހަށް މަޑުން ހުންނަން… ޝަފްއަށް އަންޑަސްޓޭންޑް ވާނެ…އަސްލު ނާއްޕެ އެވަރަށް ޝަފްއާ ނޫޅެއްޗޭ ބުނެފަ އޮއްވާ ކައެ އުޅުނީމައޭ އޭނާ އެހާ ނައްޓައިގެން އެ އުޅެނީ…ފެމިލީއަކީ އޯފް ލިިމިޓްސް ދޯ…ކައެ ނުވިސްނިވިއްޔާ އެވަރެއް…ތި ދެމީހުން އަޅެ ކޯއްޗެއްތަ ތިހެދީ…؟ހާދަ ވަގޭ…ނާއްޕެ ވަރަށް އޯވަރ ޕްރޮޓެކްޓިވް ވާނެ ޝަފްއަށް…ފާޑެއްގެ ގޮލައެއް ޝަފްއަށް ސްޓޯކު ކުރިފަހުން އޭނާއަށް އަސްލު އެވަރަށް ޝަފްއަށް އެ ބަލަނީ…ބިރުވެސް ގަންނާނެދޯ.. ޑީލުތަކުގެ މައްސަލައިގަ ފެމިލީއާވެސް އެބަ ދިމާކުރޭވިއްޔާ މިހާރު.“ އަޒަދު ބުނެލިއެވެ.

އަހަންނަށް ދެން ގިނައިން އުޅެވެން ފެށީ އަޒަދާ އެކީގައެވެ.އޭނާ ބަރާބަރަށް އަހަރެން ގާތަށް އާދެއެވެ.ފަހުން ފަހުން އައިސް އަހަންނަށް ’ޕީސްކޮޅުވެސް‘ ލިބެނީ އޭނާ ދިނީމައެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ.އާދައިގެ މަތިން ޝަފްކާ ކިޔަވަމުން ދިޔަ ކޮލެޖް ކައިރިއަށް އަހަރެން މިސްރާބު ޖެހީ ދުރުން ނަމަވެސް އެ ސޫރަ ދުށުމަށް ހިތް އެދި ގޮވަމުންދާތީއެވެ.

ޝަފްކާ ކޮލެޖަށް އަންނަނީ ނުހާޒާ އެކީގައިކަން އަހަންނަށް އެނގޭމެއެވެ. ނުހާޒުގެ ބެލުމުގެ ދަށުން ނޫނީ ޝަފްކާ ހަމަ އެންމެ ފިޔަވަޅެއްވެސް އެޅިޔަ އޭނާ ނުދެނީއެވެ.އެންމެ ހިނދުކޮޅަކަށްވެސް އޭނާ އެކަނިވިޔަކަ ނުހާޒު ނުދެއެވެ.ކޮލެޖު ތެރޭގައިވެސް ހައްތަހާ ނުހާޒުގެ އެޖެންޓުންނެވެ.އެކަމަކާއި ހެދި ޝަފްކާ ހީވަނީ ހަށިފުރާ ނޭވައެއްވެސް ލާން ބިރުގެންފައި އިންނަ ހެންނެވެ.

ކޮލެޖްގެ ދޮރު މައްޗަށް މަޑުކޮށްލި ސައިކަލުގެ ފަހަތު ސީޓުގައި އިން ޝަފްކާގެ މޫނު މަތިން ފެންނަމުން ދިޔައީ އިންތިހާ މާޔޫސްކަމެވެ.އޭނާގެ ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑާއި ކުލަ އޮއްސި ފައިވާ މޫނު ފެނި ވީ ދެރައިން އަހަންނަށް ހިންދިރުވައިލެވުނެވެ. ދުރުގައި ބަލަން ހުންނަން ޖެހުމުން ހިތް އެތެރެއިން ރޯލިއެވެ.އޭރުވެސް ނުހާޒު ފަރާތް ފަރާތަށް ކަޅި އުކާތީ ފެނެއެވެ.އޭނާއަށް ފެނިދާނެތީ އެތަނުގައި މާ ގިނައިރު މަޑުކުރަން ނުހަދާ އެދުވަހު އަހަރެން ދިޔައީއެވެ.

އަހަންނާ ވަކިން ޝަފްކާވެސް އެ އުޅޭ ހާލު އަހަންނަށް އެދުވަހު ތަސައްވަރުކޮށްލެވުނެވެ.އަހަންނަށް އެނގި ޔަގީންވި ކަމަކީ އޭނާވެސް އަހަރެން ދެކެ އިންތިހާއަށް ލޯބިވާކަމެވެ.

އަވާރާވެފައިވާ މީހަކު ފަދައިން މަސްތުގެ ކަނޑަކަށް އަހަރެން ޣަރަގުވަމުންދިޔައެވެ.ހިތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ހޯދަން އަހަންނަށް އިޚުތިޔާރު ކުރެވުނީ އެ މަގެވެ.ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ސިކުނޑި އެ ހަނދާންތަކާ ދުރުކޮށްދޭތީއެވެ.ޝަފްކާގެ ޚަބަރެއް ނުވެ ހިނގާ ކޮންމެ ސިކުންތަކީ އަހަރެންގެ ހިތުގައި އުފެދިފައިވާ ރޯ ފާރުގަނޑު އިތުރަށް ފުޅާވެ ރިހުން ގަދަވަމުން ދިޔަ ވަގުތުތަކެކެވެ.

އެއީ އަހަންނަށް ޝަފްކާ ފެނުނު ފަހު ފަހަރެވެ.ދެން އަހަރެން އޭނާ ފެނޭތޯ ކޮލެޖު ކައިރިއަށް ދިޔަ ދެ ދުވަހުވެސް އޭނާ ދުށުމުގެ ނަސީބެއް އަހަންނަކަށް ނުލިބުނެވެ.ތިން ވަނައަށް ވީ ދުވަހު ކުއްލި ގޮތަަކަށް އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔައީ އަހަރެން ދުވަހަކުވެސް އުންމީދުކޮށްފައިނުވާ ފަދަ ހިތްދަތި ގޮތަކަށެވެ.

މާޒީގެ ޚިޔާލުތަކުން އަހަންނަށް ހަމަ ބިމަށް ފޭބުނީ އޮފިސަރަކު އައިސް އަހަންނާއި ބައްދަލު ކުރަން މީހަކު އައިސް ހުރި ވާހަކަ އެންގުމުންނެވެ.އަހަންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ.އަހަންނަށް ޒިޔާރަތްކުރާވަރުގެ އާއިލާ މީހަކު އަހަރެންގެ ނުހުންނާނެވިއްޔާއެވެ.

އޮފިސަރ އަހަރެން ގޮވައިގެން ގޮސް އެކަމަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއަކަށް އަހަރެން ވެއްދިއެވެ. އެތަނުގައި އަހަރެންގެ އިންތިޒާރުގައި އަހަރެން ނުވެސް ދަންނަ ޒުވާނަކު އިނެވެ.އެއީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން އަހަރެންގެ ހިތުގައި އުތުރި އަރައިގަތެވެ. އޭނާ ހެދުން އަޅާފައި ހުރި ގޮތުން ވަރަށް ރަސްމީ ފާޑު ޖަހައެވެ.އަހަންނަށް އޭނާ ބޮޑަށް ވައްތަރުވީވެސް ފިޓްނަސް މޮޑެލަކާއިއެވެ.

”އަހަންނަކީ ޝާމިން… ޝަފްގެ ފަރާތުން…“ ވަރަށް އާދައިގެ ގޮތަކަށް އެ ޒުވާނާ ބުނެލިއެވެ.

”ޝަފްއޭ؟!!ކޮބާ ޝަފް؟ޝަފްގެ ކާކުތީ؟!“އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ.ޝަފްކާގެ އެއްވެސް ޚަބަރެއް ނުލިބި އަހަރެއްހާ ދުވަސް ވެއަތުވި ފަހުން ކުއްލިއަކަށް ޝަފްކާގެ ފަރާތުން އަހަންނާއި ބައްދަލު ކުރުމަށް އަހަރެން ނުވެސް ދަންނަ ޒުވާން ފިރިހެނަކު ފޮނުވުމުން އަހަންނަށް ކުރެވިގެން ދިޔައީ ބުނެދޭންވެސް ދަތި އުނދަގޫ އިހުސާސްތަކެކެވެ.

”ޝަފް ކޮބާތަ؟ ތީ އަޅެ ޝަފްގެ ކާކު؟“ އަހަރެން އެ ސުވާލުތައް ތަކުރާރުކޮށްލީމެވެ.

”އާކިލް…ހަމަ ޖެހޭ…ޝަފް ހެޔޮ ހާލުގައި އެބަހުރި…ބަޓް ފަސްޓް…އަހަންނަކީ ލޯޔަރެއް…ތޭންކްސް ޓު ޝަފް… ވަރަށް މަސައްކަތުން އާކިލްގެ ކޭސްއަށް އިތުރު ހެކިތަކެއް ވަނީ ހޯދިފަ.ވީމާ ތި ކޭސް ރީ އޯޕެން ކުރަން ކުރަން ޖެހޭ އެންމެހާ ފޯމަލް ކަންކަން އަހަރެން މިހާރު ކޮށްލައިފިން.ހޯޕްފުލީ ވީ ވިލް ވިން. ދެން ޝަފް ދޯ…ޝީ ވޯޒް މައި ސޭވިއަރ… އެއީ އަހަރެންގެ ކުޑައިރުގެ ވަރަށް ގާތް ރަހުމަތްތެރިއެއް…ލޯންގް ސްޓޯރީ ޝޯރޓް…ސްކޫލްގަ އުޅުނުއިރު ކުދިން އަހަންނަށް ވަރަށް ބުލީކުރި….އަހަރެން ތަންކޮޅެއް ޖާނުން ވަރުގަދަކޮށް ހުންނާތީ…ޝަފް…ޝީ ވޯޒް ދި އޮންލީ ވަން ހޫ ސްޓުޑް އަޕް ފޯރ މީ…ސޯ ޔާ…ވީ ގޯ ވޭ ބެކް…ދެން އަހަރެން މިއޮއް ހުރިހާ ދުވަހު މި އުޅުނީ މެލޭގަ… އެހެންވެ ކޮންމެވެސް ވަރަަކަށް ކަނެކްޝަން ކުޑަވެފައި އޮތީ އަސްލު…އެކޮޅުގައި އުޅެނިކޮށް ޝަފް އިސްވެ އަހަންނަށް ޚަބަރުވީވެސް… އެހިސާބުން އެނގުނު ދެން ކޮންމެވެސް ބޮޑު ކަމެއް ވެގެން އުޅޭކަން…ޝީ ވޯޒް ލިވިން އިން މެލޭ ޓޫ އެޓް ދެޓް ޓައިމް…ޝަފް އަހަންނާ ބައްދަލު ކުރީމަ  އެނގުނީ ވެގެން މިއުޅޭގޮތް…ވަރަށް ބައިވަރު ވާހަކަ ދައްކަން އެބަހުރި…. އަހަރެން އަހާލަން ބޭނުން… އަހަރެން ދައްކާ ހުރިހާ ވާހަކަތަކެއް އަޑު އެހޭނެހާ ހިތްވަރު އާކިލްގެ ގައިގަ އެބަހުރިތަ؟“ ޝާމިން މަޑުމައިތިރިކަމާއި އެކުގައި ބުނެލިއެވެ.

”އިރާދަކުރެއްވިއްޔާ…ކޮބާތަ ޝަފް؟ ޝަފް ކިހިނެއްތަ؟“ ޝަފްކާގެ ހާލު އެނގޭ ހިތުން އަހަރެން ހުރީ ކެތްމަދުވެފައެވެ.

”އާކިލް ޝިޒް އޯކޭ އޭ…ހަމަ ޖެހިބަލަ…ޝަފް އައިސްފި ފެމިލީއާ އެކީ މިކޮޅަށް މިހާރު…..“ އަހަންނަށް ވެފައި ހުރި ގޮތް ޝާމިނަށްވެސް އިހުސާސްވީ ކަންނޭނގެއެވެ.އޭނާ އަހަންނާ ވާހަކަ ދެއްކީ ވަރަށް އޯގާތެރިކޮށެވެ.މިހާ ދުވަހު ޝަފްކާގެ ޚަބަރެއް ނުވީ އޭނާ ދިރިއުޅުން މެލޭޝިޔާއަށް ބަދަލުކުރީމައިކަން އަހަންނަށް ވިސްނުނީ ދެނެވެ.

”ކީއްވެތަ ޝާމިނާއެކީ ޝަފް ނައީ؟“ އަހަންނަށް ކުޑަ ކުއްޖެއްހެން ޝަކުވާ ކޮށްލެވުނެވެ.

”އިޓްސް ނޮޓް އެލޯވްޑް…ޝަފް އެއީ އަދި އާކިލްގެ ވައިފެއް ނޫނެއްނު…އެހެންވީމަ…“ ޝާމިން އޮޅުންފިލުވައިދިނެވެ.

”އޯކޭ..ސޯ…އެހެންވީމަ އަސްލު މިވެފައި އޮތް ގޮތަކީ…މީހަކު އާކިލް ފްރޭމް ކޮށްފައި މިއޮތީ…އާކިލް ބުނި ގޮތުން އާކިލަކީ ޑުރަގު ގެންގުޅޭ މީހެއް ނޫން…އެކަމަކު އާކިލް އުޅޭ ކޮޓަރިން ގިނަ އަދަދެއްގެ ޑުރަގު ފެނުން ޕްލަސް އާކިލްގެ ކުޑަކަމުދާ ތަކެތި މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވުން…އެއީ އާކިލާ ދެކޮޅަށް ދައްކާފައި ހުރި ހެކި..އެކަމަކު މި ކުރެވުނު މަސައްކަތުން އާ ސާވިލެންސް ފުޓެޖްތަކެއް ވަނީ ހޯދިފަ…އޭގައި ކަލްޕްރިޓްގެ މޫނު އެބަހުރި ކާކުކަން ފާހަގަކުރެވޭ ވަރަށް އަރާފައި…ދެން އާކިލްގެ ކޮޓަރިން ފެނުނު ޕެކޭޖުން އޭނާގެ ޑީއެންއޭވެސް ޑިޓެކްޓު ކުރެވިފައި ވަނީ..ގަބޫލު ކުރަން ދަތިވެސް ވެދާނެ އާކިލަށް…އެކަމަކު އެއީ އާކިލްގެ ގާތް މީހެއް…އެނީ ގެސަސް؟“ޝާމިން ސީރިއަސްވެފައި ބުނެލިއެވެ.

އަހަރެންގެ މޫނުމަތީގައި ހީވީ މީހަކު ހޫނު އެތިފަހަރެއް ވީއްލައިލިހެންނެވެ.ނުހާޒުގެ ރުޅިގަނޑު އެ ދަރަޖައަށް ގޮސްފާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ.ޝަފްކާދެކެ އަހަންނަށް ލޯބިވެވުމަކީ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލަން ނުހާޒަށް ހައްގު ލިއްބައިދިން ކަމެއްނޫނެވެ.އަރައިގަތް ރުޅިން އަހަރެންގެ ނޭވާ އަވަސްވެ ލޭ ކެކިގަތެވެ.

”ނުހާޒް…“ ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން އަހަންނަށް އެހެން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ.އެނަން އިވިފައި ޝާމިންގެ ނިތައް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ.ދެވަނަ ސިކުންތު ނޫނެކޭ ބުނުމުގެ ގޮތުން އޭނާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފިއެވެ.

”ނޫން އާކިލް….ނުހާޒުވެސް މިހާރު ވީ ފުލުހުން ހިންގި ރެއިޑެއްގައި ހައްޔަރުކުރެވިފައި…އެކަމަކު އާކިލަށް ތި ލަނޑު ދިނީ އޭނައެއް ނޫން…ހުރިހާ ނުބައެއް ހެދި މީހަކީ އެ އަޒަދު“ ޝާމިންގެ ބަސްތައް އަހަރެންގެ ކަންފަތް ބުޑުގައި ގޮއްވައިލި ބޮމެއް ފަދައެވެ.އަހަރެންގެ ވަށައިގެން މުޅި ދުނިޔެވެސް ނުވަތަަށް އެނބުރިގަތްހެން ހީވިއެވެ.

”އޭނ ކީކޭ؟ އަޒަދޭ؟!! ނުވާނެ އެހެންނެއް!“ އަހަންނަށް އަޑަށް ބާރުލާފައި ބުނެވުނެވެ.

އަޒަދު އަހަންނަކަށް އެހެނެއް ނުހަދާނެއެވެ.ނުހާޒުވެސް އަހަރެން ދުރުކޮށްލި ދުވަހު ދެގޮތެއްނުވެ އަހަންނަށް ސަޕޯޓު ދޭން ހުރި މީހަކީ އޭނާ އެވެ.އޭނާ އެހާ ހިތް ނިޔަތް ނުބައެއް ނުވާނެއެވެ.އެއީ ހަގީގީ ރަހުމަތްތެރިކަމުގެ ނަމޫނާއެކެވެ.ޝާމިނަށް އެ އުޅެނީ އޮޅިގެންނެވެ.

”ގަބޫލު ކުރޭ އާކިލް…މީ ހަގީގަތަކީ…ހުރިހާވެސް މައްސަލައަކީ ތި ދެމީހުންނަށް އެކަކު ދެކެ ލޯބިވެވުން. އަޒަދުވެސް ޝަފް ހިތު އަޅައިގެން އުޅެނިކޮށް އާކިލަށް ޝަފް ސެޓުވުން…އޭނަ އާކިލް ފްރޭމް ކުރީވެސް ވަރަށް ދުވަހުގެ ޕުލޭނަކުން…އާކިލް ހައްޔަރުކުރީމާ ދެން އޭނަ ފަހުން ކުރި ޕްލޭނަށް އަމަލީ ސިފަ ގެންނަން ފެށީ..އޭނާއަށްވުރެ ކުރިން އާކިލް ފުރަތަމަ ފިޔަވަޅު ނެގީމަ އަސްލު އެކަން އޭނާއަށް ހަޖަމު ނުވީ… ހަސަދަވެރިކަން އޭނާގެ ހިތް ކަޅު ކޮށްލީ…އޭނަ ވަރަށް ރާވައިގެން ހުރިހާ ކަމެއްވެސް ކޮށްފައި ހުރީ…ނުހާޒާ އަލުން ގުޅުން ބަދަހިކޮށްފައި އޭނާ އެގެއަށް ދާން ފެށީ…ނުހާޒަށްވެސް ނޭނގި އޭނަގެ ތަޅުދަނޑި ވަގަށް ގެންގޮސްގެން ޑުޕްލިކޭޓް ތަޅުދަނޑިއެއް ހައްދައިގެން އޭނަ އެގެއަށް އެކްސެސް ހޯދި…އޭނައަށް އެނގޭ އެގޭ އެންމެންގެ ޝެޑިއުލް…ޝަފް އެކަނި ގޭގަ އުޅޭނެ ވަގުތުތައްވެސް… އެހުރިހާ ވަރެއް ބަލާފައި އޭނާ ހުރީ…އެހެންވެ  އޭގެ ނާޖާއިޒު ފައިދާ އޭނަ ނެގީ…އެ އެންމެން ނެތް ގަޑިއެއް ބަލާފަ އޭނާ ވަދެ ޝަފްއާ ދިމާކޮށްލީ…ޝަފް ފާޅުގަ ދެކޮޅު ހަދަން ފެށީމަ އަޒަދު ގާތަށް ރުޅިއައީ. އޭނަ ޝަފްއަށް ވަރަށް އަނިޔާކުރި.ހީ….ހީ އީވެން ރޭޕްޑް ހާރ…މިހާރު އަޒަދުވެސް ވަނީ އެ މައްސަލައިގައި ހައްޔަރުކުރެވިފައި…“ ހަމްދަރުދީގެ ނަޒަރަކުން އަހަންނަށް ބަލަން އިނދެ ޝާމިން ބުނެލިއެވެ.

”ކީކޭ؟“ އަހަންނަށް އަޑުގެ ކޮޅަށް ރޮއެގަނެވުނެވެ.ހީވީ މީހަކު ކުއްލިއަކަށް އަހަރެންގެ މޭގައި ހިފާ ބާރުކޮށްލިހެންނެވެ.

”އާކިލް ހިތްވަރުކުރޭ… އިރާދަ ކުރެއްވީތީ ޝަފްއަށް ލިބެން ޖެހޭ ފަރުވާ އޭނާއަށް ލިބުނު. ޝިޒް ޑުއިން މަޗް ބެޓަރ…“ ޝާމިން އަހަރެންގެ ހިތް ހަމަ ޖައްސައިދޭން މަސައްކަތް ކުރިއެވެ.އެކަމަކު އަހަރެން ދެން ހަމަ ޖެހޭނީ ކިހިނެއް ހެއްޔެވެ؟މުޅި ދުނިޔެއިންވެސް އަހަރެން އެންމެ އިތުބާރު ކުރި އެކަކު އަހަރެން ފުރާނަ ފަދައިން ލޯބިވާ އަންހެން ކުއްޖާއަށް އެވަނީ އަނިޔާވެރިވެފައެވެ.އަހަރެން ދެން އިތުބާރު ކުރާނީ ވަކި ކާކަށް ހެއްޔެވެ؟

”ސޯ ހޯޕްފުލީ އޭނާއާއި ދެކޮޅަށް އެއްކުރެވިފައި މިހާރު މިހުރި ހެކިތަކަށް ބަލަންޏާ ހަމަ ގައިމުވެސް އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް ނާންނާނެ ގޮތަކީ ނެތް ގޮތެއް…އެކަމަކު އާކިލް ގަބޫލުކުރަން ދޯ އާކިލްގެ ކުށްވެސް އެބަ އޮތްކަން…ސަބްސްޓެންސް އެބިއުސް އަކީވެސް ކުރިމިނަލް އޮފެންސެއްކަން…ބަޓް ސިންސް ޔޫ ކޮމްޕްލީޓެޑް ދި ރީހެބް ޕްރޮގްރާމް… އެންޑް ޕްރީވިއަސް ޗާޖެސް ޑުރޮޕްވީމަ ޔޫ ވިލް ބީ ޕްރޫވެން ނޮޓް ގިލްޓީ އޮފް ޑްރަގް ފޮޒެޝަން… ސޯ ސޫން އިންޝާالله ޔޫ ވިލް ބީ އައުޓް އޮފް ހިއަރ…“ ޝާމިން ބުނެލިއެވެ.

ވަގުތު ހަމަވިކަން އޮފިސަރ އަހަރެމެންނަށް އަންގައިލިއެވެ.ޝާމިން އަހަންނާ ވަކިވީ ވަރަށް އަވަހަށް އަލުން ބައްދަލު ކުރާނެކަމަށް ބުނެފައެވެ.

މިނިވަންވާނެކަމުގެ އުންމީދު އާވެގެން ދިޔުމުން އަހަރެންގެ ބޮލުން ހީވީ ބޮޑު ބަރެއް އުފުލިގެން ދިޔަހެންނެވެ.އެހެނަސް އަޒަދުގެ ފަރާތުން ޝަފްކާއަށް ލިބުނު އަނިޔާތަކުގެ މަތިން ހަނދާން ވުމުން އެ ލިބުނު ކުޑަ ކުޑަ ހިތްހަމަޖެހުންވެސް ފަޅި ސިކުންތެއްގެ ތެރޭގައި ވިއްސި ވިހާލިވެގެން ދިޔައެވެ.

ޝަފްކާގެ ހިމާޔަތުގައި އަހަންނަށް ނުހުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ. އަހަރެންގެ ދެއަތުތެރެއަށް ޝަފްކާ ގެނެސް، މުޅި އުމުރަށްވެސް އަހަރެންގެ ހިމާޔަތުގައި އޭނާ ބަހައްޓަން އަހަރެން ބޭނުމެވެ.އެ ރީތި ސޫރަ ދެކިލާހިތުން އަހަރެންގެ ދެލޯ މިވަނީ ބޭގަރާރުވެފައެވެ.އެ މޫނުގައި ލޯބިން ފިރުމާލާ ހިތުން އަހަރެންގެ ހިތް އެދި ގޮވަނީ ކެތް ނުވާ ވަރަށެވެ.ދެމީހުން އެކުގައި ދިރިއުޅުމެއް ބިނާކުރުމުގެ ހުވަފެން ހަގީގަތަކަށް ހަދަން އަހަރެން ނުލާހިކު ބޭނުމެވެ.ނިކަން ލޯބިން ޝަފްކާގެ ނިތުގައި ބޮސްދީފައި ހުރިހާ ކަމެއްވެސް ދެން ރަނގަޅުވާނޭ ބުނެލަން ލިބޭނެ ދުވަހަކަށް އަހަރެން މިވަނީ ކެތްމަދުވެފައެވެ.

 

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ތިޔައީ ހަނދޭ-17

Next

ލޯބިން އަރިހުގާ..

Next
March 13, 2026

ލޯބިން އަރިހުގާ..

Previews
March 13, 2026

ތިޔައީ ހަނދޭ-17

10 Comments!

  1. Anaq says:
    March 13, 2026 at 5:42 pm

    Wow😍😍😍

    1. Lamtty Lamtty says:
      March 14, 2026 at 12:10 am

      Thank you Anaq ❤️

  2. Sheex says:
    March 13, 2026 at 5:54 pm

    V v v reethi MA😍
    I can’t even hold my tears after hearing what happened to shfakaa 🥺
    WHEN NEXT? 😊

    1. Lamtty Lamtty says:
      March 14, 2026 at 12:12 am

      Thank you Sheex ❤️
      Alhey aslutha 🥺
      Let’s see what happens next.
      In sha Allah soon.

  3. Your fav bab says:
    March 13, 2026 at 8:34 pm

    Noo.. Azadh how dare he!
    This is way too emotional😭😭😭 aakil!! Oh God he need a hug😭
    When next?
    Mi part vrh ves reethi MA!
    Lyssm💗

    1. Lamtty Lamtty says:
      March 14, 2026 at 12:14 am

      Thank you Your fav bab ❤️
      Yeah Azad had his own motives.
      Yes Aaki really needs a hug.
      Let’s see what happens next.
      In sha Allah soon.

  4. R@@jihà🧕 says:
    March 14, 2026 at 12:56 am

    mi part vex v v v reethi ma
    Omg i am so interested in this story
    When next?

    1. Lamtty Lamtty says:
      March 14, 2026 at 1:58 am

      Thank you Raajiha ❤️
      Happy that you liked it.
      In sha Allah soon.

  5. Anonymous says:
    March 14, 2026 at 2:10 pm

    How many episodes

    1. Lamtty Lamtty says:
      March 14, 2026 at 11:06 pm

      Let’s see dho

Comments are closed.

Next Episodeވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 4)←


All Right Reserved!