Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

މާސްކު (ޕާޓް 32)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
December 18, 2025 6 Mins Read
6 Comments

’މާޝާ الله! މަގޭ މިހޫ ލޯބިކަން.ފެއިންޓް ނުވީ ހަމަ ކިރިޔާ.‘ ހައިދިން އެންމެންގެ ތެރެއިން ލާފައި އައިސް ވަރަށް ނޫންކަމަށް އަހަންނާއި ކައިރިއަށް ޖެހިލާފައި މީހަކަށް ފާހަގަ ނުވާނޭހެން އަހަރެންގެ ކަންފަތް ބުޑުގައި މަޑުމަޑުން ބުނެލިއެވެ.ދެވަނަ ސިކުންތު އޭނާ އަހަންނާއި ދުރަށް ޖެހިލައިފިއެވެ.އޭނާގެ އެ ތައުރީފުގެ ބަސްތައް އިވިފައި އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.ޚާއްސަކޮށް ހައިދިން ’އަހަރެންގެ މިހޫ‘ އޭ ބުނެލި ގޮތް އަހަރެންގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ.

****

ޕާޓީ ތެރޭގައި އެހެން ޖޯޑުތައް އުޅޭހެން އެކުގައި ނޫޅުނެއް ކަމަކު ހިތާއި ހިތުން އަހަރެމެން ދެމީހުންވެސް ތިބީ ގުޅި ލާމެހިފައެވެ.އެހެނަސް އެ ހަލަބޮލި މާހައުލުގައި އެކަކު އަނެކަކަށް ސަމާލުކަން ހުސްކޮށްލައިގެން ހުރުމަކީ ފަސޭހަކަމަކަށް ނުވިއެވެ.އާއިލާގެ މީހުންނާއި، ރައްޓެހިންނާ ބައްދަލުވެ ވާހަކަ ދެކެވެން ފެށުމުން ހައިދިންއަށް އަހަރެން ހުއްޓާލައިގެން ހުރި ފޯކަސް މުޅިން ގެއްލުނެވެ.

****

ވަކި ހިސާބަކުން އާއިލީ ފޮޓޯތައް ނަގަން ފެށިއެވެ.އެހާ ގަޔާނުވާ ކަމެއް ކަމުގައި ވިޔަސް އަހަންނަށްވެސް އެ ފޮޓޯތަކަށް އަރަން ޖެހުނެވެ.ނަސީބަކުން އޭރު ކޮންމެވެސް ވަރަަކަށް މެހުމާނުންތައްވެސް މަދުވާން ފަށައިފިއެވެ. ދަނީންއާއި ދިލްފާއަށްވެސް އަހަރެން ފެނުނުހާއިރަކަށް އައިސް އެމީހުންގެ ފޯނުން ފޮޓޯ ނަގައި ދޭށޭ ކިޔައި އާދޭސްކުރަން ފަށައިފިއެވެ.

****

’މިހޫ ވީޑިއޯ ކޮޅެއްވެސް ނަގާދީބަ…‘ދިލްފާ ވަރަށް ތުއި ވެލާފައި ބުނެލިއެވެ.

’މަށަށްވެސް‘ ދަނީންވެސް އަވަސް އަވަހަށް ބުނެލިއެވެ.

****

’އޭ މީ އިންފުލުއެންޒާ ތަކެއްތަ؟‘އެ ދެމީހުން ގޮތް ގޮތަށް ފޮޓޯއާއި ވީޑިއޯ ނަގަން ޕޯޒް ކުރަމުން ދިޔަތަން ފެނިގެން ހައިދިންއަށް ނުހުރެވިގެން އައިސް އެމީހުންނާ ދިމާކޮށްލިއެވެ.އެ އަޑު އިވިފައި ދިލްފާއާ ދަނީން ފާޑަކަށް ރަކިވެފައި ހައިދިންއާ ދިމާލަށް ބަލައިލިއެވެ.މީގެ ކުރިން ހައިދިންއަށް އެމީހުން ފެނިފައި ހުއްޓަސް އެގޮތަށް އައިސް އެމީހުންނާ ދިމާ ކުރުމަކީ ހައިދިން މީގެ ކުރީގައި ކުރި ކަމެއް ނޫން ވިއްޔާއެވެ.

****

’ހެހެހެ…ހާދަ މޮޅޭ ދޯ ފޮޓޯ ނަގަންވެސް‘ ހައިދިން އަހަންނާއިވެސް ދިމާކޮށްލިއެވެ.

’މިދެން އެވަރު ކަމެއް ނޫނެއްނު‘ އަހަރެންވެސް ހަމަ ހައިދިން ބުނެލި ރާގުގަނޑުގައި ބުނެލީމެވެ.ދިލްފާއާއި ދަނީން އަނގަ ސަކަރާތްވެފައި އަހަރެމެން ދެމީހުންނަށް ބަލަން ތިއްބެވެ.

****

ހައިދިންގެ އަނގަ ގަދަކަމުން ދިލްފާއާ ދަނީންވެސް ނިކަން އަވަހަށް އޭނާޔާ ގުޅާލައިފިއެވެ.އަހަރެމެން ކައިވެނި ކުރަން އުޅޭ ޚަބަރު ދިނުމުން އެ ދެމީހުން ހީވީ އުފަލުން މޮޔަވިހެންނެވެ.

****

’އޯކޭ ދެން އަހަރެމެން ނިންމީމަ ތި މީހުންނާ ޖެހުނީ އިނގޭ…ސައި ދޭންވާނެ ތި މީހުންވެސް‘ އަހަރެން ބުނެލީމެވެ.

’އެ ތެދެއް ސައި އޮންނަންވާނެ އިނގޭ‘ ހައިދިންވެސް ބުނެލިއެވެ.ދިލްފާ ވަގުތުން މޫނަށް ވައްތަރެއް ޖައްސާލިއެވެ.

****

’ކޮން ސަޔެއް؟ނޫޅެން މީހަކާ އިންނާކަށް…އޯލް މެން އާ ޓްރޭޝް ދޯ ދަންނޫ؟!‘ ދިލްފާ ބުނެލިއެވެ.ދަނީން އެއްޗެކޭ ނުބުނެ ހިނިއައިސްފައި ނިއް އަރުވައިލިއެވެ.

****

’އެކްސްކިޔުޒްމީ…ހެލޯ…އެންމެނެއް ނޫން އިނގޭ‘ ހައިދިން މަޖާވެފައި ދިލްފާއާ ދިމާކޮށްލިއެވެ.

’ޔާ ވަޓްއެވަރ….މެޖޯރިޓީ…އޯކޭ؟‘ދިލްފާ ކަރުކެހިލާފައި ހައިދިންއާއި ވިއްދައި ބުނެލިއެވެ.

’އައްދޭ…ކާކުބާ އަހަރެމެންގެ ދިލްގެ ދިލް ހަލާކު ކޮށްލައިގެން މިއުޅެނީ..؟ހުޒް ދެޓް އަންލަކީ ގައި؟މިހާރު ބުނެފާނެ ތިހެން..އަސްލަށްވެސް ލޯބިވާ މީހަކާ ޖެހުނީމަ އިނގޭނެ ވާގޮތް…މިހާރު ގިނަ މީހުން ވަނީ ލޯތްބެއް ނޫން ވިއްޔާ‘ އަހަރެން އޭނާޔާ ދިމާކޮށްލީމެވެ.އަހަރެން އެހެން ބުނުމުން ހައިދިން ވަރަށް ހިނިއައިސްފައި އަހަރެންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

****

’ދެން ކޯއްޗެކޯ މިވަނީ؟އަޅެ ކިޔާލަ ދީބަލަ…‘ ހައިދިން ހެމުން އަހައިލިއެވެ.

’އައި ޑޯންޓް ނޯ…ގެރި ލޯބި؟‘ ޔަގީން ނުވެފައި ކަހަލަ ގޮތަކަށް އަހަރެން އެހެން ބުނެލި ގޮތުން އެންމެންގެ ގާތަށް އައީ ހިންޏެވެ.

****

’ސާބަސް މިހޫ… އަހަރެން ކިޔައިދީފާނަން….ކޮންޑިޝަނަލް ލޯބި…ކެޝުއަލް، އޯޕެން،ސިޗުއޭޝަންޝިޕް…ފްލިންގްސް…ލަސްޓް…ދެން މިހެން ގޮސް ނަން ހުސްކޮށް.‘ ދަނީން އިނގިލި ގުނާލަމުން ސަމާސާ ރާގެއްގައި ބުނެލިއެވެ.

’އަސްލު މިހޫ އެބުނީ ތެދެއް ދިލް…ހަގީގީ ލޯބިވާ މީހަކާ ދިމާވީމަ ދުރުގައި ހުންނަން ކުރަން ޖެހޭނީ ހަނގުރާމައެއް…ހެހެ‘ ދަނީން އެއްބަސް ކީ އަހަންނާއިއެވެ.

****

’ވާއު… ދަންނު ތިހެން ބުނިއިރު ހީވަނީ ވަރަށް އެކްސްޕީރިއަންސް ހުރެގެން ބުނެލިހެން…ލޮލް‘ ދިލްފާ ދަނީންއާއި ދިމާލަށް ދޫ ނެރެލިއެެވެ.

****

’ވެއިޓް ވެއިޓް …ތީގެ…މާނަައަކީ ދަންނު… ސީރިއަސްކޮށް ބިޓެއް ހުރެޔޭތަ؟‘ އަހަރެން ދެން ދިމާކޮށްލީ ދަނީންއާއިއެވެ.

’މޭބީ…‘ ދަނީން ހިނިއައިސްފައި ޖަވާބު ދިން ގޮތުން އެއީ ތެދެއްކަން އަހަންނަށް ޔަގީންވިއެވެ.

’ވަޓް؟!‘ ދިލްފާގެ މޫނުމައްޗަށް ހީވީ މީހަކު ކުނި ބިހެއް ތަޅައިލި ހެންނެވެ.

’ބަލާބަލަ ދަންނުވެސް ވަގުކަން…ކޮން އިރަކުން ޅިޔަނު ދައްކާނީ.؟‘ އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ދަނީން ފެށީ ހޭށެވެ.

****

’ޔޫ ސްނީކީ ލިލް…އައި ކޭންޓް ބިލީވް ޔޫ!‘ ދިލްފާއަށްވެސް އެ ޚަބަރުވީ ސިހުން ގެނުވި ޚަބަރަކަށެވެ.

****

’އޭ އޭ… ދެން ނިންމަން އުޅޭ…މި ދެން ކޮން ތަނެއް ތި ވާހަކަ ދައްކަން…ތި މީހުންނަށް ޅިޔަނު ދައްކާނަން ފަހުން…ދިލް އަލް އެކްސްޕްލެއިން ލޭޓަރ‘ ދަނީން ހެމުންް އަހަރެންގެ އަތުގައި އޮތް އޭނާގެ ފޯނު އަތުލަމުން ބުނެލިއެވެ.އެހެނަސް އަހަރެން ހުއްޓާލީ ދަނީންގެ ލޯބިވެރިޔާއާއި ބައްދަލުކޮށް ދިނުމަށް އޭނާ ލައްވާ ވައުދު ކުރުވާފައެވެ.

****

’ޔާ ޔޫ ބެޓަރ…!‘ ދިލްފާވެސް ހުރީ ދަނީން އޭނާ ގާތުވެސް ނުބުނީތީ ވަރަށް ޝަކުވާ ގިނަވެފައެވެ.ދަނީއޭ ބުނެފައި ދަނީން ދުރަށް ހިނގައިގަތުމުން އަށްޓަމަހެއްހެން ދިލްފާވެސް އޭނާގެ ފަހަތު އަޅުވާލައިގެން ހިނގައިގަތެވެ.

****

’ބެސްޓް ފްރެންޑްސް ދޯ އެއި؟‘ އެމީހުން ދިޔަތަން ބަލަން ހުރެފައި ހެމުން ހައިދިން އަހައިލިއެވެ.

’ޔާ ކައިންޑަ…ކަޒިންސް ޓޫ…ހުންނާނެ ފޯރި ދެން…‘ އަހަރެން ހެމުން ބުނެލީމެވެ.ހަގީގަތުގައިވެސް ދިލްފާ ގާތުގައި ދަނީން ލޯބިވެރިއެއް ހުންނަ ވާހަކަ ނުބުނެ ސިއްރު ކުރި ކަންތައް އޭނާ ވަރަށް ބޮޑުކޮށްލާނެކަން އަހަންނަށް އެނގެއެވެ.ދިލްފާގެ ޑްރާމާ ބައި އަބަދުވެސް ވަރަށް ބޮޑުވާނެއެވެ.

****

ޕާޓީ ނިންމާފައި ގެއަށް ދިޔުމުން އަހަންނާއި ބައްދަލު ކުރީ ނަފްސުގެ ހަމަޖެހުން ނަގާލާ ފަދަ ފުން ފަޅުކަމެކެވެ.ތުއްތަ ނެތުމުން މުޅި ގޭތެރެއަށް ވަނީ އާދަޔާ ޚިލާފު ހިމޭންކަމެއް ވެރިވެފައެވެ.އަހަންނެކޭ އެއްފަދައިން މަންމައާއި ބައްޕަގެ މޫނުމަތިންވެސް ފާޅުވޭވޭ ހުރީ މޮޅިވެރިކަމުގެ އަސަރެވެ.ވާނީވެސް އެހެން ނޫން ހެއްޔެވެ؟ދެ އަންހެން ދަރިން މީހުންނާއި އިނދެގެން, އުޅެ ބޮޑުވި ގެދޮރު ދޫކޮށް ދިޔުމުން ކޮންމެ މަޔަކާއި، ބަފައަކުވެސް ދެރަވާނެއެވެ.އެމީހުންގެ މަތިން ހަނދާން ވާނެއެވެ.ދެން ހުރީ އަހަންނެވެ.އަހަރެންގެ ކައިވެނިވެސް ކުރަން ހަމަޖެހިފައި އޮތް ދުވަސްވެސް މިވަނީ އައިސް ޖެހިފައެވެ.އަހަރެންވެސް ހައިދިންއާއި ކައިވެނި ކޮށްގެން އޭނާގެ ގެއަށް ދިޔުމުން މަންމައާއި ބައްޕަ ގޭގައި މުޅިން އެކަނިވާނެއެވެ.އެ ޚިޔާލުން އަހަރެންގެ ހިތަށް ތަދުވިއެވެ.އެހެނަސް އެއީ އެކަން ހިނގާނެ ގޮތެވެ.

****

މަޑު މަޑުން އެ ހުސްކަމަށް އަހަރެން ހޭނެން ފެށިއެވެ.ގުރުއާން ކުލާހުގެ މަސައްކަތުގައި އަވަދިނެތި އުޅޭތީ ގިނަ ވަގުތު ވިސްނުން ހުންނަނީވެސް އެކަމަށް ހުސްވެފައެވެ.ދުރުގައި ތިއްބަސް ތުއްތައާއި ދޮންތަވެސް ބަރާބަރަށް ޚަބަރުވެއެވެ.ހައިދިންވެސް ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އަހަރެމެންގެ ގެއަށް އައިސް އުޅެއެވެ.އަނެއް ކޮޅުން ކައިވެނީގެ ތައްޔާރީތައްވެސް ބާރު ދުވެއްޔެއްގައި ކުރިއަށް ދަމުން ދެއެވެ.އެކަމުގައި އިސް ރޯލެއް އަދާކުރާ މީހަކީ ޚުދު ހައިދިންއެވެ.އަހަންނަށް ހަވާލުވެފައި އޮތް ހަމައެކަނި މަސައްކަތަކީ ހުރިހާ ކަމަކަށްވެސް ޚިޔާލު ފާޅުކޮށް، ފާޑު ކިޔުމެވެ.

****

ޕާޓީ ބާއްވާނެ ކުލައަކަށް އަހަރެމެން ޚިޔާރުކުރީ ’ސޭޖް ގްރީން‘ ކުލައެވެ.އަންހެން ކުއްޖާގެ ޑިޕާޓްމަންޓޭ ކިޔައި، ބުކޭ ޚިޔާރުކުރަން ހައިދިން ދޫކޮށްލީ އަހަންނަށެވެ.އަހަރެންގެ ހޮވުން ގޯހެއް ނުވާނޭ ކަމުގައި ބުނެފައެވެ.އެހެންކަމުން އަހަރެން ބެލީ ވީހާވެސް ސާދާ ބުކޭއެއް ޚިޔާރުކުރެވޭތޯއެވެ.އަހަންނަށް އެންމެ ކަމުދިޔައީ ހުދުކުލައިގެ ޕީސް ލިލީ އެކުލެވޭ ބުކޭއެކެވެ.އެހެނަސް ހެދުން ފެއްސިއިރު ވީހާވެސް ނިވާކަން ބޮޑު، ބަށްޓަންތައް ފާޅުނުވާނޭ ގޮތަކަށް ޑިޒައިން ކުރުމަށް ހައިދިންވެސް ޑިޒައިނަރަށް އިރުޝާދު ދިނެވެ.އެ ޑިޒައިނަރ އަކީ ހައިދިންގެ ރައްޓެއްސަކަށް ވީކަމީ ހަމަ އަހަރެމެންގެ ނަސީބޭ އަހަރެންގެ ހިތަށް އެރިއެވެ.ކުޑަ މުއްދަތެއްގެ ތެރޭގައި އޭނާ އަހަރެންގެ ހެދުމާއި ހައިދިންގެ ކޯޓު ފަޓުލޫނުވެސް ފަހައި ނިންމައިދިނެވެ.

****

ފޯނު އެލާމްވާން ފެށި އަޑަށް ކަށްޓެއް ޖެހިހެން ތެދުވެ އަހަންނަށް އެނދުގެ ފަޑީގައި ލައްވެވުނެވެ.އެލާމް އޮފްކޮށްލި ގޮތަށް އަހަންނަށް ބަލައިލެވުނީ ގަޑިން ވީވަރެވެ.ދުވަހުގެ ތާރީޚެވެ.ވަގުތުން އަހަރެންގެ މުޅި ހަށިގަނޑުގައި ފިނީގެ ރާޅެއް ދަތުރު ކޮށްލިއެވެ.ހިތަށް އެރިއެވެ. ދުވަސްތައް ފާއިތުވެގެން އެ ދިޔައީ ހީވެސް ނުކުރާ ހާ އަވަހަށެވެ.މިއަދަކީ އަހަންނާއި ހައިދިންގެ ކައިވެނި ކުރުމަށް ހަމަޖެހިފައި އޮތް އުފާވެރި ދުވަހެވެ.އަވަސްވެފައިވާ ހިތުގެ ހިނގުން ހަމައަކަށް އަޅުވާލެވޭތޯ އަހަރެން ހަށިފުރާ ނޭވާއެއް ދޫކޮށްލީމެވެ.ދެން އަހަރެންގެ ނަޒަރު ސީދާކޮށްލެވުނީ ހެދުން އަޅުވާ ބުޅިގަނޑުގައި ރީތިކޮށް ކޮނޑެއްގައި އަޅުވާލެވިފައި ހުރި ކައިވެނި ހެދުމާއި ދިމާލަށެވެ.ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިންވެސް އެ ހެދުމުގައި ވި ވިދުން ފާޅުވޭވޭ ހުއްޓެވެ.އެ ހެދުމަށް ބަލަހައްޓައިގެން އިން އިރު އެތައް އިހުސާސެއް އެއްފަހަރާ އަހަންނަށް ކުރެވެމުން ދިޔައެވެ.އެހެނަސް ފަތިސް ނަމާދު ބަންގީގެ އަޑު އަހަރެން ހަމަ ބިމަށް ގެނުވިއެވެ.

****

އަހަރެން ތެދުވެ ތާޒާވެލައިގެން ނަމާދަށް އަވަސްވެގަތީމެވެ.ނަމާދުކޮށް އަވަދިވެގެން ޒިކުރު ކޮށްލަން އިރުކޮޅަކު މުސައްލަ މަތީގައި މަޑުކޮށްލާފައި،އަހަރެން ނިމިގެން ތެދުވެ ފޯނު ބަލައިލިއިރު ހައިދިންގެ މެސެޖެއް ލިބިފައި އޮތެވެ.

****

’އިންޝާ الله…10 ގަޑިއިރު ފަހުން ތީ މަގޭ ލޯބި ލޯބި ވައިފްއަށް ވާނެ…ކޭންޓް ވެއިޓް ޓު ސީ ޔޫ އިން ވައިޓް މައި ލަވް…‘ ހައިދިން ބުނެފައި އޮތެވެ.

****

’ދެޓްސް އަ ރިއަލީ ރޮމޭންޓިކް ވޭ ޓު ސޭ ގުޑް މޯނިން. ހެހެހެ…ގުޑް މޯނިންގް ޓު ޔޫ ޓޫ ލަވް…‘ އަހަރެން ޖަވާބެއްގެ ގޮތުން ބުނެލީމެވެ.ވަގުތުން ފޯނު ރިންގުވާން ފަށައިފިއެވެ.

****

’ގުޑް…؟!ބޭބީ ދިސް އިޒް ދި ބެސްޓް މޯނިންގް އޮފް މައި ލައިފް ސޯފާރ…މޯ އިޒް ޔެޓް ޓު ކަމް…‘ އަހަރެން ހަލޯއޭ ބުނެލި އިރަކަށް ހައިދިން އެއް ނޭވާއިން ބުނެލިއެވެ.އޭނާގެ އަޑުގައި އެކުލެވުނު އުފާވެރިކަމާއި ޖޯޝުގެ ސަބަބުން އަހަންނަށްވެސް އިޚުތިޔާރަކާއި ނުލައި ހިނިތުންވެވުނެވެ.

****

’އޯކޭ ސީ ޔޫ އިން 10 އަވަރޒް…ދެން މިއަދު ނުގުޅާތި!‘ އަހަރެން މަޖާވެފައި ބުނެލީމެވެ.

’އޯ ކަމޯން މިހޫ…ތިހެން ނުހަދާ…10 އަވަރޒް ވަންދެން ވާހަކަ ނުދައްކައެއް ނުހުރެވޭނެ…‘ ހައިދިން ކުޑަ ކުއްޖެއްހެން ކުސްތަޅައިލިއެވެ.

’ހަމަ އެންމެ ދިހަ ގަޑި އިރު…އޭގެ ފަހުން އަމް އޯލް ޔޯރޒް‘ އަހަރެން ބުނެލީމެވެ.

’އޯ ޔާހ! ވެއިޓް އެން ސީ ވަޓް އައި ޑޫ ޓު ޔޫ އާފްޓަރ ޓެން އަވަރޒް…‘ ހައިދިންގެ އަޑަށް މަސްތުކަމެއް ވެރިވާން ފެށިއެވެ.

’އޭ އޭ އޭ…ޑެވިލް ޕްރެޒެންޓް!މިހާރު ތި ތަންކޮޅެއް މައްޗަށް ދަނީ…ކެތްތެރިވޭ އިހަށް…ދެން ނެތެއްނު އެހާ އިރެއް… ޑޯންޓް ލެޓް ހިމް ވިން…‘ އަހަރެން ބުނެލީމެވެ.ހައިދިން ކުސްތަޅައިގަތެވެ.

’ޑޭމް…އަދި އެކަމަކު ހާދަ އިރެއް އެބަ އޮތޭ!…‘ހައިދިން ޝަކުވާކޮށްލިއެވެ.

’ތިހާ އިމްޕޭޝަންޓް ނުވެބަ ދެން…‘ އަހަރެންވެސް ޝަކުވާގެ ރާގެއްގައި ބުނެލީމެވެ.

’އޯކޭ..އޯކޭ…‘ ހައިދިން އަޑަށް ދަމާލާފައި ބުނެލިއެވެ.

އަހަރެން އޭނާ މާ ވާހަކަ ގިނަ ކުރިޔަ ނުދީ އަވަހަށް ފޯނު ބާއްވައިފީމެވެ.

****

ކައިވެނި ކުރުމުގެ އިންތިޒާމް ހަމަޖެހިފައި އޮތީ ޕާޓީ އޮންނަ މާލަމުގައި،ކައިވެނީގެ ހެދުމުގައެވެ.ކައިވެނި ކުރުން ހަތަރުގަޑި ފަނަރައަށް ހަމަ ޖެހިފައި އޮތުމުން ހަތަރެއް ޖަހަންވާއިރަށް އަހަރެން އެތަނުގައި ހާޒިރުވެ ހުންނަން އޮތީ އަންގާފައެވެ.އެހެންކަމުން އަހަރެން ތައްޔާރު ކުރުމުގެ މަސައްކަތް މެންދުރުފަހު ދެއެއް ޖަހާކަށްހާއިރު ފަށްޓައިފިއެވެ.މޭކަޕް އާޓިސްޓާއި, ހިޖާބް ސްޓައިލިސްޓެއް އަހަރެން ތައްޔާރުކޮށްދޭން އައެވެ.އަހަރެންގެ އެދުމަށް ދޮންތައާއި ތުއްތަވެސް ތައްޔާރުވާން އައީ އަހަރެމެންގެ ގެއަށެވެ.

****

’އޯނ…ބޭބީ ސިސް ގަނޑު ލޯބިކަން…‘މޭކަޕް އާޓިސްޓް އަހަރެންގެ މޭކަޕްކޮށް އަވަދިވެގެން ތުއްތަގެ މޭކަޕް ކޮށްދޭން އެއް ފަރާތަކަށް ޖެހިލިތަނާ ދޮންތަ އައިސް އަހަރެންގެ ރީތިކަމަށް ތައުރީފު ކޮށްލިއެވެ.

’އާޔޫ ޝުއަރ ދެޓް އަމް ނޮޓް އަ ކުލަ މަޖާގަނޑު؟‘ އަހަރެން މަޑުމަޑުން ދޮންތަ ގާތުގައި އަހައިލީމެވެ.އެކުއްޖާ މާ ބޮޑުވަރު ކޮށްލާފައި ހުރިހެން އަހަންނަަށް ހަމަ ހީވަނީއެވެ.

****

’ޔާ ޔުއަރ ނޮޓް…މިނިމަލް މޭކަޕެއްނު ތި ހަމަ…އިޓް ލުކް ސޯ ނެޗުރަލް…މިހޫ މޭކަޕް ނުކުރާތީ ތިހެން ހީވެގެން ތިއުޅެނީ… ޕްލަސް ނިގާބް އެޅީމަ ލޯ އެކަންޏެއްނު ފެންނަން ހުންނާނީ…‘ ދޮންތަ އަހަރެން ހިތްހަމަޖައްސައިދިނުމުގެ ގޮތުން ބުނެލިއެވެ.

****

އަސުރު ނަމާދު ވަގުތު ވުމުން ޝޯލް އެޅުމުގެ ކުރިން އަހަރެން ދޮންތަމެންނާއި އެކުގައި އަވަހަށް ނަމާދުކޮށްލީމެވެ.

****

ނަމާދުކޮށް ނިމިގެން އަހަރެން ވެނިޓީ ޓޭބަލް ކައިރީ އިށީނުމުން ހިޖާބް ސްޓައިލިސްޓް އަވަހަށް ޝޯލް ހިފައިގެން އަހަރެންްގެ ގާތަށް ޖެހިލިއެވެ.އަހަރެން އަމިއްލައަށް މޫނު ފޮތިކޮޅު އައްސަން އުޅެން ފެށުމުން ދޮންތަ އޭނާގެ އަތަށް ދޭށޭ ކިޔައި އަތުލިއެވެ.އެކަންކޮށް ނިމުމުން އެ ކުއްޖާއަށް ތަން ދީފައި ދޮންތަ ދުރަށް ޖެހިލިއެވެ.

****

އެކުއްޖާ އަހަރެންގެ ޝޯލް އަޅުވައިދީ ނިމުމުން އަހަރެން ތެދުވެ ލޯގަނޑުން ފަރި ބަލައިލީމެވެ.އަހަންނަށްވެސް ލޯގަނޑުން ފެންނަން އެ ހުރީ އަހަރެން ކަމުގައި ގަބޫލުކުރަން ދަތިވިއެވެ. ގައިގައި ނުޖެހޭނެހެން ދޫކޮށް ފަހާފައިވާ ކައިވެނި ހެދުމުގައި ކުޑަ ވިދުމެއް ހުރި ނަމަވެސް ނުހަނު ސާދާއެވެ.ޝޯލްގެ މަތިން ދެފަރާތަށް ވާނޭގޮތަށް ލޭސް ފޮތީގެ ވެއިލްއެއް އަޅާފައި ހުރިއިރު އިތުރު ނިވާކަމެއް ލިބިފައިވިއެވެ.

****

’އަން…ދެނެއްނު އަދި ފުރިހަމަ ވާނީ‘ ދޮންތަ އަހަރެންގެ އަތަށް ބުކޭ ދިއްކޮށްލަމުން ބުނެލިއެވެ.

****

އަހަރެން އެ ބުކޭގައި ހިފާފައި މޭކަޕް އާޓިސްޓްގެ އެދުމަށް ފޮޓޯ ނެގުމަށް ފުރުސަތު ދިނީމެވެ.އޭރު ހަތަރެއް ޖެހުމާއި ގާތްވަމުން ދާތީ އެމީހުންވެސް އުޅުނީ ވީހާވެސް އަވަސް ކުރެވޭތޯއެވެ.

****

ހަތަރެއް ޖަހަންވާއިރަށް އަހަރެމެން ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ތަން ކަމުގައިވާ ސިފްކޯ ހޯލަށް ދިޔުމަށް ކާރެއްގައި މިސްރާބު ޖަހައިފީމެވެ.އަހަންނާއި އެކުގައި އެއް ކާރެއްގައި ދިޔައީ ދޮންތައާއި ތުއްތަގެ އިތުރުން މަންމައެވެ.ބައްޕަ ތަންކޮޅެއް ކުރީބައިގައި ގޮސްފިއެވެ.

****

އަހަރެމެނަށް ދެވުނު އިރު އެވަގުތު އެތާގައި ހާޒިރުވެ ތިބެންޖެހޭ އެންމެން ތިބީ އައިހެވެ.ހައިދިންވެސް އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނދެގެން އިނެވެ.އަހަރެން ފެނުނީއްސުރެ އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަހަންނަަށެވެ.އޭނާއަށް އެ އެންމެންގެ ތެރެއިންވެސް އަހަރެން ނޫނީ ނުފެންނަ ކަހަލައެވެ.ފުޅާ ހިނިތުންވުމަކުން އެ ދެތުންފަތް ދެމިލާފައި ހުރިއިރު އެ ދެލޮލުގައި އާދަޔާޚިލާފު ވިދުމެއް ހުރިހެންވެސް އަހަންނަށް ހީވިއެވެ.

 

(ނުނިމޭ)

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ތިޔައީ ހަނދޭ-ޓްރެއިލާރ

Next

އެދިގެން ކަލާ ލިބޭތޯ 31

Next
December 18, 2025

އެދިގެން ކަލާ ލިބޭތޯ 31

Previews
December 18, 2025

ތިޔައީ ހަނދޭ-ޓްރެއިލާރ

6 Comments!

  1. Shaba_73 says:
    December 18, 2025 at 12:29 pm

    Masha Allah mi part ves Vrh reethi finally haidhin and mihoo ge wedding vx kureveny dhw hehe 😊 happy that Avahah up kohdhinyma next part vx Avahah up kohdhehchey pls can’t wait when’s next

    1. Lamtty Lamtty says:
      December 21, 2025 at 6:53 pm

      Thank you Shaba_73 ❤️
      Next part soon inge ❤️

  2. Know says:
    December 18, 2025 at 6:55 pm

    Hey mi part vx varah reethi maashaa allah….
    When next??
    Maa dhigu inthizaareh nukuruvaa avahah upload kohdhehcheyyy….

    1. Lamtty Lamtty says:
      December 21, 2025 at 6:54 pm

      Thank you Know ❤️
      Yess in Sha Allah ❤️

  3. Anonymous says:
    December 18, 2025 at 7:44 pm

    omg mi part vx vrh reethi masha allah
    when is next part????
    AND LAMTTY I’M YOU’R FAN CAN YOU FOLLOW MY INSTAGRAM PLZ PLZ AND OTHERS TOO
    ID: amuu.1913
    and lamtty avahah next part upload koh dhehchey plz plz

    1. Lamtty Lamtty says:
      December 21, 2025 at 6:54 pm

      Thank you Anonymous ❤️
      Yes sure.
      Next party soon in Sha Allah ❤️

Comments are closed.

Next Episodeމާސްކު (ޕާޓް 33)←


All Right Reserved!