“އޯކޭ.. އެމީ ބުނެބަލަ.. އެމީއަށް ކަމުދަނީ ކޮން ކަހަލަ ކުދިންނެއް… ބުނެބަލަ ބުނެބަލަ” ޒީނާ އަމޭލިއާގެ އަތުގައި ކޮއްޓަމުންދިޔައީ އަމޭލިއާއަށް ޖެއްސުން ކުރުމަށެވެ. “އަހަރެންނަށް ކަމުދަނީ…..” އަމޭލިއާ އިސްއުފުލާ ބަލާލީ ކުރިމަތިން މީހަކު ޗުސް ތަޅާލުމުންނެވެ. “ރާސިލް” އަމޭލިއާ ރާސިލްއާ ދިމާލަށް ލޯ އަޅާލީ ނުރުހުންވެ ހުރެއެވެ. “ނުބެހޭ ކަމެއް ނޯވޭދޯ” އަމޭލިއާ ދަތްތަކައް ބާރުލަމުން ބުނީ ރާސިލްއާ ދިމާލަށެވެ. “މީހަކު ނުބެހޭ ގޮތައްތަ ތިއުޅެނީ.. ހީވަނީ ދެ ބޭބީހެން.. މިތާ ތިބި މީހުންނަށް ތުއި ނުދެއްކިޔަސް […]
އަމޭލިއާ ދިޔުމަށް އަންގާފައިވާ ފަންގިފިލާއަށް އެރުމައްފަހު ދޮރު ހުޅުވާލީ އުންމީދާ އެކުއެވެ. އެހެން ނަމަވެސް ކުރިމަތިން ފެންނަން ހުރި މީހާ ފެނި ސިހުނީ ހަގީގަތެއްބާއޭ ހިތައް އަރަމުންނެވެ. ހިނިތުންވާ ނޭނގި އިން އަމޭލިއާ ފަހަތައް ޖެހެވުނީ ކުރިއަށް ހިނގައިފައި އަންނަ ޒުވާނާ ފެނިއެވެ. ރީތި ފަން އިސްތަށި ގަނޑު ކުޑަކޮއް ސްޕައިކެއް ޖައްސާފައިވާއިރު އަމޭލިއާ ނޭފަތް ދަމާލި ދުވި ލުއި މީރު ސެންޓް ވަހުންނެވެ. ބާމަތި ފުޅާ ހަށިގަނޑަށް މަޑު ފެހި ގަމީހެއް ހެޔޮވަރު ކޮއްލާފައިވާއިރު ގަމީހުގެ […]
“ޒީ ބުނީ… ޒީ އާ ދިމާވި މީގެ ތިން އަހަރު ކުރިން.. ބުނި އެމީ ކިޔަވަން ދިޔަ ވާހަކަ… ވަރަށް ފަހުންދޯ ތިއައީ” މާޒިންގެ ޖަވާބު އިވި ޒީނާ ދެލޯ ބޮޑުވިއެވެ. މާޒިން ކައިރީގައި އަމޭލިއާގެ ވާހަކަ ޒީނާއެއް ނުބުނެއެވެ. މާޒިން އަމޭލިއާ އަ ދޭތެރޭ ދެކޭގޮތް ޒީނާއަށް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ވަނީ އެނގިފައެވެ. އެކަން ސިއްރު ކޮއް ދޮގުހެދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ޒީނާގެ ހިތުގައި ސުވާލު ފުންޔެއް ބޮޑުވި ކަހަލައެވެ. ……. މަގްރިބު […]
“ރާސިލް… އެވީ ކިހިނެއް” އަމޭލިއާ ފަސްދީ ހިނގައިގަތް ތަނުން ރާސިލް އެ ނަން އިވި ފަހަތް އެނބުރި ބަލާލީ ހިތްނުތަނަވަސްވެ ހުރެއެވެ. ފަން ނޫން އެ އެއިސްތަށި ގަނޑު މައްޗަށް ފުނާ އަޅާފައިވާއިރު ދެލޮލުގައިވަނީ އައިނެއްއަޅާފައެވެ. އައިނުގެ އެތެރެއިން ދެލޮލުގެ ސާފުކަމާއި ބުމައިގެ ބޮޑުކަން ފެނެއެވެ. ބައިމަތި ފުޅާ ހަށިގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ ނޫކުލައިގެ ގަމީހަކާއި ކަޅުފަޓުލޫނުން ޖަހާފައިވާ ބެގީއިންނެވެ. އަމޭލިއާ އާއި ދިމާލަށް ބަލަން ހުރި ގޮތުން އަމޭލިއާއަށް ފަހަތަށް ޖެހެވުނީ އެދެލޮލުން […]
*************** މާލޭ މަގުމަތިން އިވި އިވި ހުރީ ދުއްވާ އެއްޗެހީގެ ބަރުގޮނޑު އަޑެއެވެ. ހަވީރުގެ އެ ވަގުތުގައި ޖެހެމުން ދާ ފިނި ވައިރޯޅިތަކުން ގައިން ހީބިހި ނަގައެވެ. ހުޅުލޭ ފެރީއިން އަބާޔާ ހެދުމުގައި ފޭބި އަމޭލިއާ ދެކޮޅަށް ބަލާލިއެވެ. ހެދުމުގެ ފަސްބައި ޖެހޭ ވައިރޯޅިތަކާ އެކު ނަށާލަ ނަށާލަ ހުރި އިރު އަޅައިގެން އިން ޝޯލްގެ މޭމަތީގައި އަމޭލިއަ ހިފަހައްޓައިގެން އިނީ ވަޔާ މައްޗަށް އަރާތީއެވެ. ބޮލުގައި އޮޅާފައިވާ ޝޯލުން އަމޭލިއާގެ ރީތިކަން ދެގުނަ އިތުރުވެފައި ވާއިރު […]
އަމޭލިއާގެ ލޮލުގައި ވީ ރުޅިވެރިކަމާ ނަފްރަތެވެ. ޕޮލިހުންގެ އަސްލު ސިފަ މިހާރު އަމޭލިއާއަށް އެނގޭކަހަލައެވެ. ހަފްތާއެއް ނިމި ދިޔައިރުވެސް އާތިފުއާއި ބައްދަލު ކުރުމުގެ ހުއްދަ ނުލިބުމުން އަމީނާގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ދަށަށް ދަމުންނެވެ. އަބްދުލް ރަހުމާނު އެކި ގޮތް ގޮތުން މަސައްކަތް ކުރުމަށް ފަހު އާތިފުއާއި ބައްދަލު ކުރުމުގެ ހުއްދަ ލިބުނީ ހުކުރު ދުވަހަށެވެ. އެ ހަބަރު ވީ އަމީނާއާއި އަމޭލިއާގެ މޫނުމައްޗަށް ކުޑަ ނަމަވެސް ދިރުމެއް ގެނެސްދިން ކަމަކަށެވެ. އާތިފު ނެތުމުން އަމީނާއަށް […]
“ކާލޭ… މިތާ… މަރުވޭ” އާތިފް އުބެއިދު ކަރުގައި ހިފައިގެން ހުރެ ކިޔަމުން ދިޔައީ މިއިން ޒަމާނެއްގައިވެސް މީހާކާ ދިމާލަށް ބުނެފައި ނުވާ ބަސްތަކެވެ. “އާތިފް” އަބްދުލް ރަހުމާނު އާތިފުގެ ކޯމަތީގައި ޖެހި ބާރު އެތިފަހަރުން އާތިފް ބިންމައްޗަށް ތިރިވިއެވެ. “މަގޭ ދަރި.. ރަހުމާނު ކީއްތިކުރީ.. ޑޮކްޓަރަށް ގޮވާބަލަ” އަމީނާ ގިސްލާ ރޮމުން އާތިފުގެ ގައިގައި އޮޅުލާންފެށިއެވެ. ……. “ނިދާ އިންޖެކްޝަންއެއްގެ އެހީގައި އާތިފް އެއޮތީ ނިންދަވާފަ.. ރަނގަޅަށް ނިދުނީމަ ރަނގަޅުވާނެ.. މާގަދައަށް ސްޓުރެސް ވުން އެއީ މައްސަލައެއް.. […]
ބިންމައްޗަށް ވެއްޓިފައިވާ އަމޭލިއާ އިސްއުފުލާ ކުރިއަށް ބަލާލިއެވެ. ހަތަރު މީހުންގެ ހިޔަނި ފެންނަމުން ދިޔައީ ޖަނަވާރުތަކެއްގެ ސިފައިގައެވެ. …… “އޭ އާތިފް.. ނިންމާލީތަ… މަހީކުރީ މިއަދު ގެއަށް ނުދާނެކަމަށް” ފުޑް ލޭންޑް އޮފީހުގައި މަސައްކަތްކުރަމުން އަންނަ އާތިފްއާ ދިމާކޮއްލުމުގެ ގޮތުން ނިޒާމު ބުންޏެވެ. “ހެހެހެހ އާން މަވެސް ހީކުރީ ނުދެވޭނެކަމަށް.. މާދަމާއަށް ރެޑީވީއޭ.. މިހާރު އެއޮށް ހަގަޑި ބައިވީ.. އަވަހަށް ދާންވީ.. އެންމެން ހަމަ ނުވަނީސް ބައްޕަ ނުވެސް ކާނެ.. ހެހެހ” އާތިފްވެސް ނިޒާމުގެ ސަކަރާތުގައި ބައިވެރިވެލިއެވެ. […]
“ދަރިފުޅާ… އަދިވެސް ތެދުވަން ނުވަނީތަ.. މަންމަ ހިތައް”… “މަންމަ ހިތައްއަރާ އެލާމު ކުރަނީ ކީއްކުރަންބާއޭ.. ކޮންމެ ދުވަހަކު އެބަޖެހޭ ހޭލާށޭ ކިޔާ ގޮވަން.. ކިޔަވާ ނިމޭއިރުވެސް މިކުދިން ބޮޑެއްނުވާނޭ.. ބްލާ ބްލާ…. އޯ މަންމާ.. ކޮންމެ ދުވަހަކު މަންމަ ތިކިޔަނީ އެކެއްޗެކޭ.. މިހާރުވެސް މަންމަ ޕޭޕަރެއްދީބަލަ.. އަޅުގަނޑު ސަތޭކަ ހޯދާނެކަން ޔަގީން” ކޮޓަރީގެ ދޮރު ހުޅުވާލައިފައި ނިކުތް އަމޭލިޔާ އޭނާގެ މަންމަ ގައިގައި ބައްދާލަމުން ބުންޏެވެ. “އެމީ ތިހެން ކޮންމެ ދުވަހަކު މަންމަ ކިޔާ އެއްޗެއް ރިޕީޓު […]