Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 3..

kamana
January 30, 2016
5 Mins Read
50 Views
15 Comments

“ކާލޭ… މިތާ… މަރުވޭ” އާތިފް އުބެއިދު ކަރުގައި ހިފައިގެން ހުރެ ކިޔަމުން ދިޔައީ މިއިން ޒަމާނެއްގައިވެސް މީހާކާ ދިމާލަށް ބުނެފައި ނުވާ ބަސްތަކެވެ.

“އާތިފް” އަބްދުލް ރަހުމާނު އާތިފުގެ ކޯމަތީގައި ޖެހި ބާރު އެތިފަހަރުން އާތިފް ބިންމައްޗަށް ތިރިވިއެވެ. “މަގޭ ދަރި.. ރަހުމާނު ކީއްތިކުރީ.. ޑޮކްޓަރަށް ގޮވާބަލަ” އަމީނާ ގިސްލާ ރޮމުން އާތިފުގެ ގައިގައި އޮޅުލާންފެށިއެވެ.

…….

“ނިދާ އިންޖެކްޝަންއެއްގެ އެހީގައި އާތިފް އެއޮތީ ނިންދަވާފަ.. ރަނގަޅަށް ނިދުނީމަ ރަނގަޅުވާނެ.. މާގަދައަށް ސްޓުރެސް ވުން އެއީ މައްސަލައެއް.. އެހެންވީމަ އެކަމަށް ސަމާލުކަން ބަހައްޓަން ޖެހޭނެ..” ޑޮކްޓަރު އަމީނާއާ އަބްދުލް ރަހުމާނަށް އާތިފްގެ ހާލަތު ބުނެދިނެވެ.

އައި ސީ ޔޫ ގައި އަމޭލިއާ ދިޔައީ މަރާ ހަގުރާމަ ކުރަމުންނެވެ. ސައުވީސް ގަޑިއިރު ތެރޭގައި އަމޭލިއާ ހޭނާރައިފި ނަމަ ޑޮކްޓަރުވަނީ އަމޭލިއާ ފުރާނައަށް ގެއްލުން ވާނެކަމަށް ބުނެފައެވެ.

އައި ސީ ޔޫ އަށް ބާރު ހިނގުމެއްގައި ވަދެގެން ދިޔަ ޑޮކްޓަރު ފެނި އަމީނާއާ އަބްދުލް ރަހުމާނަށް އެދިމާލަށް ހިނގައިގަނެވުނެވެ. އައި ސީ ޔޫ ތެރޭގައި ހަލަބޮލިވެ އުޅޭ މަންޒަރު ފެނި އަމީނާގެ ހިތުގައި ބިރުވެރިކަން ވަށާލިއެވެ. ތިރީސްމިނެޓް އަށްފަހު ނިކުތް ޑޮކްޓަރު ފެނި އަމީނާ އަވަސް އަވަހަށް ވެގެން އުޅޭގޮތް އޮޅުން ފިލުވާލީ ހިތުގައި އަތްއަޅަމުންނެވެ. “އަމޭލިއާ ހޭ އަރައިފި… އިތުރު ޓެސްޓް ތަކެއް ހެދުމަށްފަހު އިތުރު ޖަވާބެއް ދެވޭނީ..” ޑޮކްޓަރު އަވަސް އަވަހަށް އެހެން ބުނެ ހިނގައިގަތެވެ. ހިނދުކޮޅަކަށް ނަމަވެސް އަމީނާގެ މޫނުމަތިން ހިނުތުންވުން ފާޅުވިއެވެ.

އާތިފުގެ ފަން އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ އަމީނާގެ އަތް ހުއްޓުނީ އާތިފް އަމީނާއަށް ގޮވާލުމުންނެވެ. އަމީނާ ހިނިތުންވުމެއް ރައްދުކޮއްލީ އާތިފު އަމީނާއާ ދިމާލަށް ބަލަން އޮތުމުންނެވެ. “މަންމާ.. ކޮބާ އެމީހުން.. މަންމައަށް އެނގޭތަ.. އަޅުގަނޑު އެމީ ކައިރިއަށް ދިޔައިރު އެމީހުން އެމީހުން… މަންމާ އެއީ އޭ އެމީހުންނަކީ.. އެމީއަށް އެހެން ހެދީ އެމީހުންނޭ..” އާތިފުގެ ލޮލުން ފޭދެމުން އައި ކަރުނަތިކި ފެނި އަމީނާގެ ހިތައް ތަދުވިއެވެ. ދަރިފުޅު އެދައްކަނީ ތެދުވާހަކައެއް ކަމަށް ހިތުގެ އަޑިން ގަބޫލު ކުރެވުނެވެ. އާތިފު އޮތް ކޮޓަރީގެ ދޮރުކައިރީގައި ހުރި އަބްދުލް ރަހުމާނުއަށް ވީގޮތްވެސް ނޭނގުނެވެ. ދުވެފައި އާތިފު ކައިރިއަށް ދެވުނީ އާތިފު އެބުނީ ތެދެއްތޯ ޔަގީން ކުރުމަށެވެ. “ދަރިފުޅާ… ދަރިފުޅަށް ހަމަ ޔަގީންތަ އެއީ އެމީހުންކަން.. އެހެންވެ ދޯ ދަރިފުޅު ފެނިފަ އެމީހުން ދިޔައީ… މައްސަލަ ނުބެލޭނޭވެސް ބުނި.. ދަރިފުޅާ ބައްޕައަށް މާފުކުރޭ..” އާތިފު ގަޔަށް އަތްއިސްކުރެވުމުން އަބްދުލް ރަހުމާނު ހުރީ ނުހަނު ދެރަވެފައެވެ. “ދަރިފުޅާ ދަރިފުޅު ބަޔާން ދޭތި.. ބައްޕަ އެމީހުން ދުލެއް ނުކުރާނަން..” އަބްދުލް ރަހުމާނުގެ ހިތުގައި އަދަމުން ދިޔަ އަލިފާންގަނޑު ދިޔައީ ހިނދެއް ހިނދަކަށް ބޮޑުވަމުންނެވެ. އާތީފުއޮތް ކޮޓަރިން ނިކުތް ގޮތަށް އަބްދުލް ރަހުމާނު ކޮންމެވެސް މީހަކަށް ގުޅާ ވެގެން އުޅޭގޮތް ކިޔާދިނެވެ. އަބްދުލް ރަހުމާނަކީ އެކި ގޮތް ގޮތުން އެކި މީހުންނަށް އެހީވެދިން މިހެއް ކަމުން އަބްދުލް ރަހުމާނު ގަބޫލު ކުރީ އެމީހުންވެސް މިކަހަލަ ދަނޑިވަޅެއްގައި އަބްދުލް ރަހުމާނަށް އެހީގެ އަތެއް ފޯރުކޮއްދޭނެކަމަށެވެ. އެހެން ނަމަވެސް އަބްދުލް ރަހުމާނަށް ނޭނގުނީ ދުނިޔޭގައި މިހާރު އަމިއްލަ އެދުން އިސްކުރުން ފިޔަވައި އިތުރު އެހީއެއް ނުވާނެ ކަމެވެ.

******

ދެ ހަފްތާފަހުން އަމޭލިއާ ގެއަށް ދޫކުރެވުނު އިރު ކުރިއާ ބަލާފަ އަމޭލިއާގެ ހާލަތު ރަނގަޅެވެ. އެހެން ނަމަވެސް މީހުންނާ ވާހަކަ ދެއްކުން މަދުވެ އެކަނިވެރިކަމުގައި އަމޭލިއާ ވަގުތު ގުނަމުންދިޔައެވެ. އަބްދުލް ރަހުމާނުގެ އަމުރަށް އާތިފު ވަޒީފާ ދޫކޮއް ކިޔެވުމުގައި ވަގުތު ހޭދަކުރީ ބައްޕަގެ ދަށުން އޮފީހުގައި މަސައްކަތް ކުރުމަށެވެ.

އަބްދުލް ރަހުމާނުގެ ބުރަ މަސައްކަތުން އުބައިދުއަށް އަދަބު ލިބުނެވެ. އެހެން ނަމަވެސް އެއީ ހަމަ އެކަނި ދެތިން މަހެއްގެ ކަމެއްކަން އަބްދުލް ރަހުމާނަށް ނުވިސްނުނެވެ. އެމީހުންނަށް ދެވެންވާ އަދަބު ދިން ކަމުގައި އަމޭލިއާ ކައިރީގައި ބުނެ ހިތް ހަމަ ޖައްސައި ދިނުމުގައި އަބްދުލް ރަހުމާނު ވަގުތު ހޭދަކުރިއެވެ. އެހެން ނަމަވެސް ކޮންމެ ދުވަހެކޭ އެއްގޮތަށް އަމޭލިއާގެ ކޮޓަރިން ނިކުންނަށް ޖެހުނީ ކަރުނަތަށް ފޮހެމުންނެވެ. އަމޭލިއާއަށް އަޑުނީވެނީއޭވެސް ބައެއްފަހު އަބްދުލް ރަހުމާނުގެ ހިތައް އަރައެވެ.

ދުވަސްތަށް ހަލުވިކަމާ އެކު ދަތުރު ކުރަމުން ދިޔައިރު އާތިފުގެ ބަގީޗާގައި ވަނީ މަލުގެ ކުރި ގަނޑު ފަޅާފައެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތުގައި އާތިފުއާއި ޒީނާ ތިބީ ދޮން ފަސްގަނޑުގައި އިށީދެލައިގެންނެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރަށް ގެއްލިފައި ތިބި އިރު ދެމީހުންގެ ދެމެދުގައި ވާހަކަ ނުދެކެވޭތާ އިރުގަނޑެއް ވެދާނެއެވެ. “އާތިފު.. އެމީ އަދިވެސް ވާހަކަ ނުދައްކާތަ… ” ޒީނާ އެހެން އަހަން ބޭނުންވެފަ އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. “ޒީއަށް އެންމެ ފަހުން ފެނުނު އިރު ހުރިގޮތް.. ވާހަކަ ނުދައްކާ.. ވާހަކަ ދައްކާ އިރު ނުވެސް ބަލާ.. ކިހިނެއް ހަދާނީ.. ބައްޕަ އުޅެފި ބޭރަށް ދާންވެސް… އެކަމަކު މިކޮޅުން ޑޮކްޓަރުބުނީ އެމީ ވާހަކަ ދައްކަން ބޭނުން ނުވަނީއޭ.. މަންމަ ބިރުން ކަންނޭގެ އެމީ ނުފޮނުވާން އެއުޅެނީ.. އެކަމަކު ހީވޭ ވަރަށް އަވަހަށް އެމީ ގޮވައިގެން ބައްޕަ ދާނެހެން” އާތިފު ޒީނާއާ ވާހަކަތަށް ހިއްސާކުރަމުން ދިޔައިރު ހިތުގައި ރިއްސިއެވެ. އަޑު ކުރެކިވުމުން ދޭތެރެ ދޭރެއިން ހުއްޓަން ޖެހެއެވެ. “އިރާދަ ކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.. ” ވެލިގަނޑު މަތީގައި ބާއްވާފައި އޮތް އާތިފުގެ އަތަށް ފިތާލަމުން ޒީނާ އެހެން ބުނީ ހިއްވަރު ލައިދިނުމަށެވެ. އެންމެ ގާތް ރަހުމަތް ތެރިޔާއަށް ދިމާވި ހިތްދަތި ހާދިސާ އެހެން އެއްވެސް ކުއްޖަކަށް ދިމާނުވުމަށް ދުއާ ކޮއްލެވުނެވެ.

ދުވަހަކީ ހުކުރު ދުވަސް ކަމުން އަމީނާގެ އަތްމަތި ވަނީ އަވަސް އަރުވާލާފައެވެ. ފިރިމީހާއާއި ދަރިފުޅު ހުކުރުން އަންނަން ވާއިރަށް މީރު ކާއެއްޗެއް ތައްޔާރު ކުރުމުގައު އަވަދި ނެތި އަމީނާ އުޅެއެވެ. ވަދެގެން އައި ރަހުމާނު ފެނި އަވަހަށް ކެއުމަށް އިންސާފު ކުރުމަސް ގޮވާލިއެވެ. “ކޮބާ އާތިފު… ” އަމީނާގެ ހިތްތެޅިލީ ބާރަށެވެ. “މިސްކިތް ކުރިމަތީގަ އެހުރީނު ދީދީގެ.. މިސްކިތުން ފައިބަނިކޮށް ބުނެފި ކާން އަންނާށޭ.. އެހެންވެ އާތިފު ވީ އެގޭގަ.. އަހަރެން ވަރަށް އަވަހަށް އެބަ ޖެހޭ މާލެ ދާން.. އެހެންވެ އެގެއަށް ނުވަދެ މިއައީ” އަބްދުލް ރަހުމާނު އެހެން ބުނުމުން އަމީނާ ހިނިތުން ވެލިއެވެ. އެހެންނަމަވެސް ނޭނގޭ ބިރުވެރިކަމެއް ހިތުގައިވަނީ ކީއްވެ ކަމެއް ނޭނގެއެވެ. އެހެން ނަމަވެސް ހިތްހަމަ ޖައްސާލީ ކައިގެން އާތިފު އަންނާނެކަމަށް އުންމީދު ކުރަމުންނެވެ.

ކޮޓަރިއަށް ޖެހޭ ފިނި ވައިރޯޅިން އަމޭލިއާގެ ކޮނޑާ ހަމައަށް އަންނަ ފަން އިސްތަށި ގަނޑު ދެކޮޅަށް ކިރިލަ ކިރިލަ އޮތެވެ. މޫނުމަތީގައި ކޭތެމުން ދިޔަ އިސްތަށި ކޮޅުތައް ދޫކޮއްލާފައިވަނީ އެއުޅޭނެގޮތަކަށް އުޅުމަށެވެ. އަމޭލިއާގެ ލޮލުން ފޭބި ކަރުނަތިކި ކޭތެމުންގޮސް ދަތްދޮޅިން ތިރިއަށް ފޭބިއެވެ. އަމޭލިއާ ވިސްނަނީ ކޮންކަމަކާކަން ބަލާލި މީހަކަށް ދެނެގަންނަން އުދަގޫވާނެއެވެ. މޫނުމަތީގައި އެއްވެސް ދިރުމެއް ނެތް އިރު ފައިބަމުންދާ ކަރުނަތަކާ މުޅިން ތަފާތެވެ. މޫނުމަތިން ދައްކައިދެނީ އެހެން ވާހަކައެވެ. ކަރުނަތައް ދައްކަމުން އަންނަނީ އެހެން ވާހަކަތަކެވެ.

“ދަރިފުޅާ” އަމޭލިއާ އާ ދިމާލަށް އައި އަމީނާގެ އަޑުގައި ވަނީ ހިތާމައެވެ. ދަރިފުޅުގެ ހާލާމެދު ހަމްދަރުދީވެއެވެ. އަމޭލިއާ ހުންނަ ގޮތް ފެނި އަމީނާއަށް ނުރޮއި ކެއްކުރެވެނީ ވަރަށް ހާލުންނެވެ. “ދަރިފުޅާ ހިނގާ ކާން.. ބައްޕަވެސް އެދުރުވީ ކައިގެން.. ދަރިފުޅާ ވާހަކަ ދައްކަބަލަ… ތިހެން ހުންނަންޏާ މަންމަ މެން ކިހާ ދެރަވާނެ” އަމީނާއަށް ކެތެއް ނުކުރެވުނެވެ. ބަނޑި ފަޅާ ރޮއިގަނެވުނީ އަމޭލިއާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުންނެވެ. ހިތްފުރޭވަރަށް ރުއިމުއް ފަހު އަމީނާ އަމޭލިއާ އަށް ކާންދިނުމަށްފަހު ކޮޓަރިން ނިކުތެވެ. އަމޭލިއާ އަމީނާ ދިޔަ ދިމާލަށް ބަލާލިއެވެ. މަންމަގެ ހިތުގައި ޖެއްސޭތީ ދެރަވިއެވެ. އެހެންނަމަވެސް އަމޭލިއާގެ ގައިގައި އެހާ ހަކަތައެއް ނެތެވެ. އަމޭލިއާ ލައިގެން އިން ހެދުމުގެ މޭމަތި ތިރިކޮއްލިއެވެ. އަމިއްލަ ނަފްސު ދެކެވެސް ރުޅިއާދެވުނީ ނުފިލާނެ ނިޝާންތަކެއް ގައިގަ ވުމުންނެވެ. ހަންގަޑު ނޮޅައިގައިވާ އެ ނިޝާން ތައް ހަށިގަނޑުގައި ހުރިހާ ދުވަހަކު މަންމަ މެންނާ ކުރިމަތިލާނީ ކިހިނަކުން ހެއްޔެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި އަމީނާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ އާތިފު އަށް ވީ ކިހިނެއްކަން ނޭނގި ކަންބޮޑުވެހުރެއެވެ. އާތިފު ހޯދުމަށް ދީދީ ގެއަށްވެސް އަމީނާ ގޮއްސިއެވެ. އެހެން ނަމަވެސް ލިބުނީ ބިރުވެރި ޖަވާބެކެވެ. މެންދުރު ކައި ނިމުނު ގޮތަށް ގެއަށް ދިޔުމަށް އާތިފު ނިކުތް ވާހަކަ ބުނުމުން އަމީނާއަށް ވީގޮތްވެސް ނޭނގުނެވެ. އަބްދުލް ރަހުމާނު އަށް ގުޅުމުން މިއަންނަނީ ކަމުގައި ބުނުމުން އަމީނާ ހުރީ ހަމަޖެހޭ ކަމަށް ހެދިގެންނެވެ. އެހެން ނަމަވެސް ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ.

“ކޮބާ އާތިފުގެ ހަބަރެއް ވެއްޖެތަ” ބޮޑު ދޮރު ހުޅުވާފައި ވަތް އަބްދުލް ރަހުމާނު ފެނި އަވަސް އަވަހަށް އަމީނާ އަހާލިއެވެ. އެހެން ނަމަވެސް އަބްދުލް ރަހުމާނު އިސްޖަހާލީ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. އާތިފު ދާނެހާ ތަނެއް ބަލައި ފާސް ކުރެ ވިއްޖެއެވެ. އެހެން ނަމަވެސް އާތިފުގެ ނިޝާނެއްގެ ހިސާބުވެސް ހިލަމެއް ނުވިއެވެ. އަމީނާއާ އަބްދުލް ރަހުމާނު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ އިވެން ފެށީ ފޯނު ރިންގުވާ އަޑެވެ. އަމީނާ ދުވެފަ ގޮސް ފޯނުނެގީ އާތިފުގެ ކޯލަކަށް ވެދާނެކަމުގެ އުންމީދުގައެވެ. އެހެން ނަމަވެސް ފޯނު ނެގިގޮތަށް އަމީނާ ހުރީ ގަނޑުވެފައެވެ. އަބްދުލް ރަހުމާނު އަވަސް އަވަހަށް އަމީނާގެ ކަންފަތުގައިވާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. “ހަލޯ.. ހަލޯ.. އާތިފް އަބްދުލް ރައްޒާގު މަސްތުވާތަކެއްޗަށް ތުހުމަތު ކުރެވޭތީ ޕޮލިހުންގެ ހަވާލުގައި ހުންނެވި ވާހަކަ ބުނަން މިގުޅާލި” އަބްދުލް ރައްޒާގެ ފައިދަށުން ބިންގަޑު ނެގުނު ކަހަލައެވެ. “ތިއީ ދޮގެއް.. މަގޭ ދަރިއަކު ތިކަހަލަ ވިޔާނުދާ ކަމެއްނުކުރާނެ..” ބަހަށް ބާރުލަމުން އަބްދުލް ރައްޒާގު ބުންޔެވެ. އެހެން ނަމަވެސް ފޯނު ބޭއްވީ ނާއުންމީދުގެ ސާލެއް މޫނުގައި އޮޅައިގެންނެވެ.

ގޭތެރެ އަޑުގަދަވެގެން އަމޭލިއާ ކޮޓަރިން ނިކުތީ މަންމަމެންނަށް ކަމެއްވީ ކަމަށް ހީކޮށެވެ. ބިންމައްޗަށް ތިރިވެފައިވާ އަމީނާ ފެނި އަމޭލިއާއަށް ދުއްވައިގަނެވުނެވެ. “މަންމާ” އަމޭލިއާ އަނގައިން ވޭތުވެދިޔަ ތިންމަހަށް ފަހު ނިކުތް ފުރަތަމަ ލަފަޒެވެ. “ދަރިފުޅާ.. ކުޑަބެ.. ކުޑަބެ ޕޮލިހުން ގެންގޮއްސި” އަމީނާއަށް ބުނެވުނީ އެހިސާބަށެވެ. އަމޭލިއާ ގައިގަ އޮޅުލަމުން ރޯންފެށީ ގިސްލަ ގިސްލާއެވެ. “ޕޮލިހޭ.. ކިހިނެއްވީ ކުޑޭއަށް” އަމޭލިއާއަށް އެހެން އެހުނީ ބިރުން ހުރެއެވެ. ޕޮލިހުންނަކީ ބިރުވެރިބަޔެވެ. “ޑްރަގްސް އޯ..” ބައްޕަ ޑްރަގްސް އޭ ބުނުމުން އަމޭލިއާއަށް ހުރީ ގަބޫލު ނުކުރެވިފައެވެ. “ތިއީ ދޮގެއް.. ކުޑޭ ނުކުރާނެ އެކަހަލަ ކަމެއް.. ބައްޕާ.. ބައްޕަ ނުކުރަންދޯ އެމީހުން ދައްކާ ވާހަކަ ގަބޫލެއް.. ކުޑޭއަށް އިތުބާރު ކުރަމެއްނު” އަމޭލިއާ ތެދުވެގެންއައިސް އަބްދުލް ރަހުމާނުއަށް ވިސްނައިދޭ ގޮތަކަށް ވާހަކަ ދެއްކިއެވެ. “ދަރިފުޅާ ބައްޕައަށް އިނގެއޭ.. އެއީ ބައްޕަގެ ލޭ.. އެކަހަލަ މުޑުދާރު ކަމެއް ނުކުރާނެ.. ހަމަ ޔަގީން” އަބްދުލް ރަހުމާނުގެ ޖަވާބު އަޑުއަހައި އަމޭލިއާ ފުންނޭވާއެއް ލިއެވެ. “ކިހިނެއްތަ މިވަނީ އަހަރެންގެ ދަރިންނަށް… ރަހުމާނޫ މިފްޒާލްއަށް ގުޅާ.. އޭނަ ގެނޭ.. މަގޭ ދަރިއަށް ގޮތެއް ވެދާނެ” އަމީނާ އަބްދުލް ރަހުމާނު ގެ އަތުގައި ހިފައިގަންނަމުން އާދޭސް ކުރިއެވެ. “އަމީނާ މިއީ ހިއްވަރު ކުރަން ވީ ވަގުތު.. މިފްޒާލުގެ ފަހު އަހަރު މީ.. އޭނަގެ ކިޔެވުމަށް ބުރުއަރާކަށް އަހަރެން ބޭނުމެއް ނޫން” އަބްދުލް ރަހުމާނު އަމީނާއަށް ވިސްނާދޭން މަސައްކަތް ކުރިއެވެ. ކޮންމެ ގޮތެއްވިޔަސް ކެއްކުރުން ނޫންގޮތެއް ނެތެވެ. އަމޭލިއާގެ ލޮލުގައި ވީ ރުޅިވެރިކަމާ ނަފްރަތެވެ. ޕޮލިހުންގެ އަސްލު ސިފަ މިހާރު އަމޭލިއާއަށް އެނގޭކަހަލައެވެ.

ނުނިމޭ….

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

އެ އިޙްސާސް…

Next

މިވަނީ ލޯތްބޭ… 4

Next
January 31, 2016

މިވަނީ ލޯތްބޭ… 4

Previews
January 30, 2016

އެ އިޙްސާސް…

15 Comments

  1. shahaa says:
    January 30, 2016 at 7:40 pm

    Nycccc???

  2. TiNkEr says:
    January 30, 2016 at 7:49 pm

    Raahjey ga vs ulheny huss thiii kahala insaanun ge ginthiii ah nufethey polihun..
    E myhunah heevaa kahala Allah halrathga e nubaiii faafa ah javaabu dhaary vaakah s nujeheyney.. faisaa inn hurihaa kameh nuvaaane kann miii myhun gabool kuraane dhuvaheh annaane.. anyway story vvvvvvv rythiiiiiiiiiiii… good luck. Mii story liyun kuhjaa ah saaabas. Miadhu ge society r vrh gulhey vaahaka.. Thanks

  3. Aisha says:
    January 30, 2016 at 8:02 pm

    Aslu ves polihun aslu maa goas. Emeehun beynun bayakah adhabu ves dheny hama.. I just hate them. Btw v nice story

    1. Anonymous says:
      January 30, 2016 at 8:26 pm

      Ekm aishaves polihaku athuvejjiyya avahah athuga nuhifigen ulheyny……stry v v v reethi…..Aisha aai dhimaalakah noon igey aslu mibunyky gina anhen kudhinge haalathu vyma

  4. NIHAA says:
    January 30, 2016 at 8:32 pm

    Haadha gwhey dho baeh polihun…i hate them….v foohi….this story is awesome hingey….nice….;-)

  5. Aimsithu says:
    January 30, 2016 at 11:02 pm

    Asluves hama kanthah vamun anna goii thy.. nice mi part ves.. good luck writer

  6. Kohmes meeheh says:
    January 31, 2016 at 1:25 am

    Police meehun akii vrh amihla edhun bodu baeh..emyhun ah heevaa kahala emyhun varu baeh mi raahjeyga nethey..ehbayakah aniyaa dheyny..ehbayak kuraa report balaa gahnaany..mulhinves ulheny faishaa ah vikey meehun..nuhahgun aniyaa dhey meehun..

  7. Laala says:
    January 31, 2016 at 7:05 am

    Kamana mivaahakaiga bunedheefaivaa gothah polihunge aslu sifa fennany varah madhu meehakah…they verbally harassed me too..I was just waiting near iskandar koshi coz it was it raining heavily n they started harassing me with words I cud never utter…Im not saying all r like that..but there r many like that..I just can’t trust them…n In sha allah I wud never ask for their help..:[email protected] btw..vaahaka varah reethi ingey..waiting for next part..:-)

  8. kamana says:
    January 31, 2016 at 11:59 am

    Thnk u so much. Will try to upload the next part soonnn. ?? i knw a lot of ppl will exprnce alot of thingxx. I m too one of them. Hurihaa polihunneh nun. Still i hate them. Thnk u guyxx for likin this part ??

  9. ina says:
    January 31, 2016 at 12:37 pm

    😉

  10. Aleena says:
    January 31, 2016 at 1:58 pm

    Polihuga ulhenee olevel in 3 maadhaa in vs faas nuvaa jaahilun. Vazeefa guarentee vaathee ethana dhanee. Dhen e dhey training eh hedheyne raajjetherey mi ulhey teenage kudhinnah vs. Vahushee vegen gox anhenunnaa hedhi booth kaifa. Anhen kudhin vs dhen polihey bunefiyya evareh nethifa. Dhen massala abadh vs balamun dhanee eyy bunaane. Neyge bayaka ehcheh hoadheyne tha. Polce kujjeh buni, eh fagarehgga, polihunnah vaki hoadheyne hai. Aharemen vs mee insaanunney. By aer vs enmenh noon. Kiyavaigen thibi rangalhu kudhin vs ulhey. Bt they are really really few. Police kujjeh mi comment kiyaane nama rangalhu.. ladhun boa halaaku.

  11. hauafu says:
    January 31, 2016 at 4:29 pm

    Woooow nice story eh.tkx a lot kamana god bless u

  12. princess lily says:
    January 31, 2016 at 6:11 pm

    vvvvvvvvvvvvv rythi mi part ves….. next part kiyaalaahithun mihury…

  13. kamana says:
    January 31, 2016 at 7:48 pm

    Thnk u ????

  14. naax says:
    February 3, 2016 at 10:00 pm

    Vvv reethi 3 part ves next part ves vatah kiyaalaahithun mihiree pls

Comments are closed.

All Right Reserved!