Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 2..

kamana Level 310 Stories500 Comments100 Comments
January 28, 2016 4 Mins Read
10 Comments

ބިންމައްޗަށް ވެއްޓިފައިވާ އަމޭލިއާ އިސްއުފުލާ ކުރިއަށް ބަލާލިއެވެ. ހަތަރު މީހުންގެ ހިޔަނި ފެންނަމުން ދިޔައީ ޖަނަވާރުތަކެއްގެ ސިފައިގައެވެ.

……

“އޭ އާތިފް.. ނިންމާލީތަ… މަހީކުރީ މިއަދު ގެއަށް ނުދާނެކަމަށް” ފުޑް ލޭންޑް އޮފީހުގައި މަސައްކަތްކުރަމުން އަންނަ އާތިފްއާ ދިމާކޮއްލުމުގެ ގޮތުން ނިޒާމު ބުންޏެވެ. “ހެހެހެހ އާން މަވެސް ހީކުރީ ނުދެވޭނެކަމަށް.. މާދަމާއަށް ރެޑީވީއޭ.. މިހާރު އެއޮށް ހަގަޑި ބައިވީ.. އަވަހަށް ދާންވީ.. އެންމެން ހަމަ ނުވަނީސް ބައްޕަ ނުވެސް ކާނެ.. ހެހެހ” އާތިފްވެސް ނިޒާމުގެ ސަކަރާތުގައި ބައިވެރިވެލިއެވެ. “އޭ ދަނީއޭ.. މާދަމާ ދިމާވާނު.. މަގޭ ސައިކު ކޮން ދިމާލެއްގައި ޕާކްކުރީ” އާތިފް ސައިކަލު ތަޅުދަނޑި ނަގަމުން ނިޒާމުއާ ސުވާލުކުރީ އެންމެ ފަހުން އެސައިކަލުގައި ނިޒާމު ގޮސްފައިވާތީއެވެ. ނިޒާމުގެ ޖަވާބު އަޑުއަހައި އަވަސް އަވަހަށް އާތިފް އޮފީހުން ނިކުތީ ގެއަށް ދިޔުމަށެވެ.

…..

މުޅި ފަޒާތެރޭގައިވަނީ ތެއްފިނިކަމެވެ. ޖެހިލާ ފިނި ވައިރޯޅިން ކޮންމެ މީހެއްގައިގަވެސް ހީބިހި ނަގާނެކަން ކަށަވަރެވެ. އެހެންނަމަވެސް އަމޭލިއާގެ މޫނުގައި ވަނީ ދާތިކިތަކެވެ. ލައިގެން ހުރި ހުދު ކުލައިގެ ޔުނީފޯމުގައި ވަނީ ކިލާ އުނގުޅިފައެވެ. އަޅައިގެން ހުރި ޓައިވަނީ ދެއަތް ފުރަގަހައްލާ އައްސާ ބާރުކޮއްލާފައެވެ. އަނގަމަތީގައި އަޅާފައިވާ މާސްކިން ޓޭޕްގެ ސަބަބުން ދެކޯތާފަތް ވާންވެ ވަނީ ރަތްވެފައެވެ. ފައިގައި ޓޭޕް އަޅާފައިވަނީ ގުޑި ނުލެވޭވަރަށެވެ. މުޅިމީހާގެ އިސްތަށިގަނޑު ވަނީ މޫނުމައްޗަށް އެޅި ސިފަގެއްލިފައެވެ.

އަމޭލިއާ މުޅިތަނަށް ބަލާލިއެވެ. ހަދަން ފައްޓާފައިވާ ގެއެއްކަމުން މުޅިގޭގައިވަނީ ހިރަފުހެވެ. ރާނަން ފަށާފައިވާ ފާރުތަކުގެ ކައިރީގައި ގާފުންޏެއް އޮތެވެ. މުޅި ބިންމަތީގައި ވަނީ ކުދި ގާތަކެވެ. އަމޭލިއާ އަތަށް ގާކޮޅެއް ހެޔޮވަރު ކޮއްލައި އައްސާފައިވާ ޓައި ބުރި ކޮއްލެވޭތޯ އުޅުނެވެ. އެހެންނަމަވެސް އިވެން ފެށި އަޑަކުން އަތުގައި އޮތް ގާކޮޅުވެއްޓި މީހާގެ ލޮލުން ކަރުނަފާއްދާލިއެވެ.

“އޭ ކީއްވެތަ މި މަޑު ކުރަނީ.. މިކަންތައް ނިންމާލައިފައި ހިނގާ ދާން.. މީހުންނަށް ޝައްކުވާން ފަށައިފިއްޔާ އަހަރުންގެ ދުވަސް ދިޔައީ..” އެތަނުން އެކަކު ދެންތިބި ތިންމީހުން ކައިރީގައި ކިޔަންފެށީ ބޯންއިން ސިގިރޭޓްބުރި ފައިދަށައްލައި ޗިސްކޮއްލަމުންނެވެ.

ފިޔަވަޅުތަކުގެ އަޑު އައީ އިރެއް އިރަކަށް ގަދަވަމުންނެވެ. އަމޭލިއާގެ ހިތުގެ ހިނގުން ވަނީ އަވަސްވެ މީހާ ބިރުގެންފައެވެ. މަންމަ އާއި ބައްޕަ އަންނާނެ ނަމައޭ ހިތައްއެރި އަދަދެއް ނޭނގެއެވެ. “މަންޖޭ” އަމޭލިއާ އިސްއުފުލަން ޖެހުނީ ކުރިމަތީހުރި މުޑުދާރު ފިހެންމީހާ އަމޭލިއާގެ ދަތްދޮޅީހިފާ ގަދަކަމުން މައްޗަށް ނެގީމައެވެ. އަމޭލިއާގެ ލޮލުން އެގަޑީގައި ވެއްޓުނު ކަރުނަތިކި ފެނުން އިންސާނެއް އެތާގައި ހުރި ނަމަ ރަހުމު ކުރީސްކަން ޔަގީނެވެ. “ލޯތްބޭ… ތިހާ ލޯބި ކުއްޖެއް ކީއްވެތަ އެކަނި ތިއުޅެނީ.. ބުނި ނަމަ އަހަރެމެން ޖިޕުގައި ވެސް ގެންގޮސް ދިނީމުސް” އަމޭލިއާގެ މޫނުން ވަސްގަންނަމުން އެފިރިހެން މިހާ އެހެން ބުނީ ނުލަފާގޮތަކަށް ހެމުންނެވެ. “އުބައިދު އަލީ” އަމޭލިއާ އެމީހާގެ މޫނުން ރެކެން މޫނު ތިރިކޮއްލިގަނޑީގައި އެމީހާ މޭމަތީ ޖަހާފައިވާ ނަން ޓެގްކޮޅު އަމޭލިއާއަށް ފެނި ކިޔާލެވުނެވެ.

“ކިހާ ދެރަކަމެއް ތިފޯނު ނިއްވާލަބަލަ.. މިތަނަށް ބަޔަކު އައިސްފިއްޔާ އަހަރުން ބެދޭނެ..” ޖެހިގެން އިން މީހާގެ ފޯނު ރިންގްވާ ފެށުމުން އުބައިދުގެ ރުޅިގަނޑު ގަދަވިއެވެ. “ކީކޭ ރާސިލް.. އަޑެއްނީވޭ.. މަޑުކޮއްލާ” އަމޭލިއާއަށް އެމީހާ ވާހަކަ ދައްކަމުން ދިޔަ ދިމާލަށް ބަލާލެވުނެވެ. “އޭ ހިނގާ މިކަންތައް ކޮން ނިންމާފަ ދާން” ތިންވަނަ މީހާވެސް ކުރަން އައި މަގްސަދު ކާމިޔާބު ކުރުމަށް އަރާ ހުރިއެވެ. އަމޭލިއާ އަށް ފަހަތަށް ކޭތެން ފެށުނީ ކުރިމަތިން އަންނަ ތިން މީހުން ފެނިއެވެ. އަމޭލިއާ ދިމާލަށް އެމީހުން ބަލަން ހުރީ ރޯމަސް ގަނޑަކަށް ބަލާ އުސޫލުންނެވެ. ތިން މީހުން އަރައިގަތީ އެކީގައެވެ. އަމޭލިއާގެ ކަރުގެ ބުޑުން ހަޅޭލެވިއެވެ. އެހެން ނަމަވެސް އެއަޑު މީހަކަށް ނީވޭނެކަން ހުދު އަމޭލިއައަށްވެސް އެނގެއެވެ. ސިންގާތަކެއްހެން ކޮންމެ މީހެއް އަމޭލިއާގެ މަސްކައި ކޮށަމުން ދިޔައިރު އެފުރާނައަށް އަޅަމުންދާ ވޭން އިހްސާސް ވާނެ މީހަކު ހަމަ ނެތީހެއްޔެވެ. އަމޭލިއާގެ ހަށިގަނޑުގައި ދިރުމެއްނެތެވެ. މުޅިމީހާ ވަނީ ހެއްދެވި ހާލަށް ދޫކޮއްލާފައެވެ. އެ ނުލަފާ މީހުންގެ ސިފައެއީ ދުވަހެއްގެ ކޮޅުންވެސް އަމޭލިއާގެ ހިތުން ފޮހެލެވޭނެ ސިފައެއް ނޫނެވެ.

“އޭ ދެން ހިނގާ.. އެ އަނގަ މަތީގައިވާ ޓޭޕްގަނޑު ނައްޓާލާ.. ހިނގާ ދާން…” އަމޭލިއާ އެގޭތެރެއަށް ދޫކޮއްލުމަށް ފަހު އެމީހުން މިސްރާބުޖެހީ ބޭރަށް ނިކުތުމަށެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަ ޖެހުމާ އުފަލެވެ. “އޭ… ކަލޭމެންގެ ހުރި ނުބައިން… ޖަނަވާރުންތަތީ.. މިފަހަރު މަރާލާނަން…” އާތިފް އައި ގޮތަށް އައިސް އުބައިދުގެ ކަރުގައި ހިފީ ދޫނުކުރުމަށް ހުވާކޮއްގެންކަހަލައެވެ. ދެން ތިބި ދެމީހުން އާތިފް ދުރުކުރުވީ ވަރަށް ހާލުންނެވެ. އާތިފު ގަޔަށް ހީވީ އެތައްބަޔެއްގެ ބާރުތަކެއް އެއްފަހަރާ ލިބުންހެނެވެ. ދުރުގައިވާ ގާބުރިއަކުން އާތިފުގެ ބޯމަތީގައި ޖެހުމަށްފަހު އުބެއިދު އެނބުރުނީ ކުރިއަށް ހިނގައިގަތިމަށެވެ. ހިނދުކޮޅަކަށް ވިޔަސް އާތިފުގެ ހެޔަށް ގޮތެއްވެ ބިންމައްޗަށް ތިރިވިއެވެ. އެހެންނަމަވެސް ކުރިއަށް ހިނގައިގަތް ދެފިރިހެނުންގެ ދެފައިގަ ހިފީ ގައިގަ ވީހާބާރެއް ލައިގަފައެވެ. “ކާލޭމެން ލަދެއް ނުގަނޭތަ.. ކަލޭމެންނަކީ އަހަރެން ކަހަލަ އާންމުންނަށް ރައްކާތެރިކަން ދޭންހުރި މީހުން.. ޕޮލިހުންނޭ ކިޔާ ކަލޭމެން އަހަރެމެން ކަހަލަ ނިކަމެތިންނަށް އަނިޔާ ކުރަނީތަ.. ކަލޭމެންގެ ކޮއްކޮމެން ނުތިބޭތަ.. ބޭބޭއެއްގެ ހިތުގައި އަޅާވޭން ކަލޭމެންނަށް ތި ޔުނީފޯމުލައިގެން ހުރުމުން ނުވަނީތަ.. އެއީ މަގޭ ކޮއްކޮއޭ.. ހުރި ހަމައެކަނި ކޮއްކޮ…” އާތިފު އެދެ ޕޮލިހުންގެ ދެފައިގައި ހިފައި ގިސްލަމުންދިޔައީ އެއާދޭހުގައި އަޑުއަހާނެ ކަމުގެ އުންމީދުގައެވެ. އެހީއެއް ފޯރުކޮއްދޭނެކަމުގެ އުންމީގުގައެވެ.

“އޭ ކަލޭ ބުއްދި ގޯހީތަ.. ކަލޭ ތިހާ ލޯބިވާ ކޮއްކޮއެއްނަމަ އޭނަ އެކަނި ނުފޮނުވީސްއެއްނު.. ބޮޑު އުދަގުލެކޭ ތިކަލަ މީހުންނާ ހެދި” އާތިފުގެ ބޮލުގައި ފައިން ޖެހުމަށްފަހު އެމީހުން ހިނގައިގަތީ އެގޭތެރެއިން ނިކުތުމަށެވެ.

އާތިފު ވަރަށް މަސައްކަތުން އަމޭލިއާ އޮތް ދިމާލަށް ދިޔައެވެ. ލައިގެން ހުރި ގަމީސްބަލާ އަމޭލިއާ ގައި ފޮރުވޭނެ ވަރަކަށް ފޮރުވިއެވެ. ކުއްލިއަކަށް ފޯނުމަތިން ހަނދާންވުމުން އަވަހަށް ބައްޕައަށް ގުޅާ ގެނައިއެވެ.

މުޅި ވިލިގިލީގައިވެސް ފެތުރެމުންދިޔައީ އެއް ހަބަރެކެވެ. އަށާރަ އަހަރުނުވާ އަންހެން ކުއްޖެއް ގަޔަށް ބަޔަކު އަރައިގެން އުޅޭވާހަކައެވެ. ހޮސްޕިޓަލް ތެރޭގައިވެސް ދެކެވެމުން އަންނަނީ އެވާހަކައެވެ. ހޮސްޕިޓަލް ތެރޭއިން މީހުން މަދަސް ދާކޮންމެ މީހަކު ދަނީ ކޮންމެވެސް އެއްޗެއް ސިރުން ކިޔަމުންނެވެ. މުޅި އެމެޖެންސީ ރޫމްކައިރީގައި ހިފާފައިވަނީ އަމީނާގެ ގިސްލުމުގެ އަޑެވެ. އަބްދުލް ރަހުމާނަށް ދެވުނު އިރު އާތިފްގެ ހޭއެއްވެސް ނެތެވެ. ދެދަރިންނަށް އެމެޖެންސީ ރޫމްގައި ފަރުވާދެމުން ދިޔައިރު އަމީނާގެ ހިތްހީވަނީ ކުދި ކުދި ވެދާނެހެނެވެ. ލޮލުގެ ނޫރުހެން ބަލާ ބޮޑުކުރަމުން އައި ދަރިންގެ ހާލު ހިތައްއަރާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސައް މަލާމަތް ކުރެވެއެވެ. އެކުދިންނަށް ދޭންވާ ރައްކާތެރިކަން ނުދެވުނީ މައިންގެ ސަބަބުން ކަމުގައި އަމީނާ ގަބޫލު ކުރެއެވެ.

އަބްދުއް ރަހުމާނު އެމެޖެންސީ ރޫމުގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު އެ ހަރުކަށި މީހާގެ މޫނުމަތިންވެސް ފެންނަމުންދަނީ އިންތިހާ ދަރަޖައިގެ ހިތާމައާއި ރުޅިވެރުކަމެވެ. “އަމީނާ މިކަންތައް މިގޮތަށް ނިމޭކަށް އަހަރެން ބޭނުމެއްނޫން… އަހަރެންގެ ދަރިންނަށް އެހެން ހެދި ބަޔަކު ދުނިޔެއަށް ގިނަކޮއްލާނަން.. އަހަރެން އަންނާނަން ޕޮލިހަށް ގޮސް… އަމީނާ މަޑުކުރޭ.. އަންނާނަން ބަޔާންދީފަ..” އަމީނާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ހިނގާފައި ދިޔަ އަބްދުލް ރަހުމާންއާ ދިމާލަށް އަމީނާ ބަލަން ހުރީ ފެންކަޅިވެ އިނދެއެވެ.

އާތިފްގެ ބޮލަށް ފިޔަވައި އިތުރު އެއްވެސް ތަނަކަށް ގެއްލުމެއްވެފައި ނެތުމުން ތިން ދުވަސް ތެރޭގައި ދޫކޮއްލާނެކަމަށް ޑޮކްޓަރު ބުންޏެވެ. އެޔާ ހިލާފަ އަމޭލިއާގެ ހަށިގަނޑުގައި ވަނީ ބޮޑުތި ޒަހަމް ތަކެކެވެ. އަމޭލިއާގެ ގުނަވަންތަކުގައި އެ ނުލަފާ މީހުންގެ ފާފައިގެ ނިޝާންތައް ފެންނަން ހުއްޓެވެ. ދޮން އެކަނދުރާ ވަނީ ނޫފައިގަންފައެވެ. އަމޭލިއާގެ ހަށިގަނޑު ހުދު ފޮތި ގަނޑަކުން ނިވާކޮއްފައިވާއިރު ދެއަތުގައި ވަނީ ބެންޑޭޖް އަޅާފައެވެ. އަމޭލިއާ އޮބްޒަވޭޝަންގައި އެއްދުވަސް ބޭވުމަށް ޑޮކްޓަރުން ލަފާދިނުމުން އަބްދުލް ރަހުމާނު ނިންމީ އަމޭލިއާ ހޭއަރާ އިރަށް ބޭރަށް ގެންދިޔުމަށެވެ. އެކަންވީ އަމީނާވެސް ރުހޭ ކަމަކަށެވެ.

“ދެން ދޭބަލަ އެއްޗެއްކާން.. ނުކައި ހުރީމަ ކިހިނެއްވާނީ” އަމީނާގެ ބުރަކަށީގައި ފިރުމަމުން އަބްދުލް ރަހުމާނު އަމީނާއަށް ވިސްނާދެމުން ދިޔައެވެ. “ރަހުމާނުވެސް ނުކަމެއްނު.. އަހަރެންމެންގެ އާއިލާއަށް ކިހިނެއްތަ މިވަނީ.. އަހަރެންވެސް އަހަރެންގެ ދަރިއަކުވެސް މީހަކަށް ދެރައެއް ދިނީކީ ނޫން.. ދެން ކީއްވެ” އަމީނާ ހުރިހާ އިރު ފިއްތައިގެން ހުރި ޝަކުވާތަކާ ކަރުނަތަށް އަބްދުލް ރަހުމާނުގެ އުނގުމައްޗަށް ބަންޑުން ކޮއްލިއެވެ. އަމީނާ ބުރުގާމަތިން ފިރުމަމުން ދިޔައިރު އަބްދުލް ރަހުމާނުގެ ހިތުގައިވެސް ވީ އެސުވާލުތަކެވެ.

“އައްސަލާމް އަލައިކުމް” ވަދެގެން އައި ޕޮލިހުންގެ ދެމީހުން ފެނިފައި އަމީނާއާ އަބްދުލް ރަހުމާނު އެކީ ކޮޅަށް ތެދުވިއެވެ. “އަޅުގަނޑަކީ އުބައިދު.. މިއީ ފަރާޒް..” އުބައިދު އައިސް ކުޑަ ތައާރަފެއް ދިނުމަށްފަހު ސަލާމަށް އަތް ދިއްކޮއްލިއެވެ. “ކޮބާތޯ.. ފިރިހެން ކުއްޖާ ހޭއެރިވާހަކަ އަޑުއެހިން.. އޭނަ ކައިރިއަށް ދެވޭނެތޯ” އުބައި އާތިފް އާ ބައްދަލު ކުރުމަށް ބުނުމުން އާތިފް އޮތް ކޮޓަރިއާ ދިމާލަށް އަމީނާމެން މިސްރާބުޖެހިއެވެ.

ބޮލަށް ވާތަދުން މީހާއަށް ކެއްކޮއްލެވެނީއެއް ނޫނެވެ. ކޮއްކޮއަށް އެހާލު ޖެއްސިބަޔަކަށް ދުވަހަކު މާފެއް ނުކުރާނަމެވެ. އާތީފް އަމޭލިއާ އާ ދޭތެރޭގައި ވިސްނާލިއަށް ދެރަވެ ރުޅިގަދަވެއެވެ. ބައްޕައަށް ކުރި ވަޢުދު ނުފުއްދުނެވެ. އަމޭލިއާއަށް ދޭންވާ ރައްކާތެރިކަން ނުދެވުނެވެ. ފުން ހިޔާލު ތަކަކަށް ގެއްލިފައިވާ އާތިފް ސިހުނީ ދޮރުހުޅުވާލައިފައި ވަތް މީހާ ފެނިފައެވެ. އާތިފްއަށް ތެދުވެނުނު ގޮތްވެސް ނޭނގުނެވެ. އަތަށް ގުޅާފައިވާ ހުރިހާ ވާގަނޑެއް ލުއްސިގެން ދިޔައީ ކުއްލިއަކަށެވެ. މުޅި މީހާގެ އަތާ ތަންތަނުން ލޭގެ ކޯރެއް ފަވާލެވިފައިވާއިރު އޭގެން އެއްވެސް އަސަރެއް އާތިފްއަށް ނުކުރާކަހަލައެވެ.

“ކާލޭ… މިތާ… މަރުވޭ” އާތިފް އުބެއިދު ކަރުގައި ހިފައިގެން ހުރެ ކިޔަމުން ދިޔައީ މިއިން ޒަމާނެއްގައިވެސް މީހާކާ ދިމާލަށް ބުނެފައި ނުވާ ބަސްތަކެވެ.

“އާތިފް” އަބްދުލް ރަހުމާނު އާތިފުގެ ކޯމަތީގައި ޖެހި ބާރު އެތިފަހަރުން އާތިފް ބިންމައްޗަށް ތިރިވިއެވެ.

ނުނިމޭ..

 

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

މިވަނީ ލޯތްބޭ….

Next

ދޭނަން ހިތާ ޖާނާ…! 6ވަނަ ބައި

Next
January 28, 2016

ދޭނަން ހިތާ ޖާނާ…! 6ވަނަ ބައި

Previews
January 28, 2016

މިވަނީ ލޯތްބޭ….

10 Comments!

  1. twinkxxxx says:
    January 28, 2016 at 8:27 pm

    Nyccccccc???

    1. NIHAA says:
      January 28, 2016 at 9:42 pm

      V reethi hingey……avahah up kohdehchey….waiting..:-)

    2. kamana says:
      January 29, 2016 at 1:52 pm

      Thnk u ?

  2. NIHAA says:
    January 28, 2016 at 9:40 pm

    Nice……but maa kuru…nxt part dhigu koh genesdehchey….v v reethi…:-):-)

    1. kamana says:
      January 29, 2016 at 1:53 pm

      Nihaaaaaaaaaa kurutha ?Hehehe. Okeyy dhigu koh genes dheveythoo balanan ingeyy. Thnk u ?

  3. TiNkEr BeLl says:
    January 28, 2016 at 10:48 pm

    Vvvvvvvvv rythiiiiiiiii..

    1. kamana says:
      January 29, 2016 at 1:53 pm

      Thnk u tinker ?

  4. Laala says:
    January 29, 2016 at 10:09 am

    Varah reethi ingey mi part ves Kamanaaa…waiting for next part:-)

    1. kamana says:
      January 29, 2016 at 1:54 pm

      Thnk u laalaa ?

  5. me in says:
    August 24, 2016 at 12:07 pm

    nice of it

Comments are closed.


All Right Reserved!