” އަތޫޝާ”….. އަތޫޝާއަށް އެއްފިޔަވަޅު ފަހަތަށް ޖެހިލެވުނީ މަމްދޫހުގެ މޫނުމަތިން ފެނަމުންދިޔަ ކުލަވަރު ފެނިއެވެ. “މަމްދޫހް.. ތަދުވޭ…” އަތޫޝާގެ އަޑުގައިވީ ރިހުމެވެ. އަތޫޝާ މަގުގެ ދެކޮޅަށް ބަލާލީ މީހުންގެ ނަޒަރު އަތޫޝާއާއި މަމްދޫހަށް އަމާޒުވަމުން ދާތީއެވެ. ” ތަދުވެއޭ… އަތޫޝާ އަކަންޏަށްތަ ތަދުވަނީ.. ބަލަ އަތޫޝާގެ ސަބަބުން އަހަރެންގެ މަންމައަށް ކިހާ ގެއްލުމެއްވި” އަތޫޝާގެ މުލައްދަނޑީގައި ހިފާ ބާރުކޮއްލަމުން މަމްދޫހު ދަތްކުނޑި ވިކާލިއެވެ. “މަމްދޫހު… ކީކޭ ތިކިޔަނީ.. އަހަރެން” އަތޫޝާގެ އަތުގައިއޮތް ކޮތަޅަށް ބާރުކޮއްލެވުނީ މަމްދޫހު ލޯއަޅާލުމުންނެވެ. […]
“މޮޔަ…. ކިހިނެއް މިގެއަށް ވަނީ” ދެލޯ އަޅަމުން އެ ޒުވާނާ އަތާޝާ އާއި ދިމާލަށް އަންނަން ފެށީ ރުޅިއައިސް ހުރެއެވެ. “ވަގަށް ދޯ ވަދެގެން ތިއުޅެނީ….” އަތޫޝާއާއި ކުޑަކޮށް ކައިރިވެލަމުން އެޒުވާނާ ބުންޏެވެ. “ޝައިމަން… ކީއްތިކުރަނީ… އެކުއްޖާ އެއިނީ މިހާރުވެސް ބިރުން…” ޝައިމަންގެ ކޮނޑުގައި ހިފާ ދުރުކޮއްލަމުން ޒައިނަބު ބުންޏެވެ. “މަންމާ… މީ މޮޔައެކޭ…. އެހެން ނޫނަސް އަހަރެންގެ ކޮޓަރިއަށް އަހަރެން ނޫން ކާކު ވަންނާނީ…” ޒައިނަބުއާއި ދިމާލަށް ބަލާލަމުން ޝައިމަން ނުރުހުން ފާޅުކުރިއެވެ. އޭރު އަތޫޝާ […]
“ވީގޮތް ނޭނގޭތަ، އަންޑަސްޓޭންޑް ވާށޭ… ނޮޓް ދަ ވަންއޭ….. ކިހާވަރަކަށް…. އަހަރެންނަށް ތިހެން ހެދީ ކީއްވެ،…. ބުނީމެއްނު ލޯބިވެއޭ… އެއީ އޮޅުވާލުމެއްތަ…. ބުނޭ.. ބުނޭ… ނުބައި ނުލަފާ ފިރިހެނުންގެ ތެރޭގައި ހިމޭނޭ މީހެއް ތީ…. ދުވަހަކު،… މިބުނީ ދުވަހަކު ނުކުރާނަން މައާފެއް..” އަތޫޝާ ކިޔާނެ އެއްޗެއް ކިޔުމަށްފަހު ކުރިއަށް ހިނގައިގަތީ ޝައިމަންއާ ދިމާލަށް ބަލާނުލައެވެ. ޝައިމަން އެއްއަތުން ކޮލުގައި ހިފަހައްޓައިގެން ހުރި އިރު ހުރީ ދެންމެވީ ކީއްކަން ނަގައި ގަންނަން ނޭނގިފައެވެ. “ހެހެހެ…. އެހެންނޭ ވާނީ.. އަދިވެސް […]
“ހޭ… ކޮބާތަ ގްރޫމް… ނުވެސް ފެނޭ” އަތޫޝާގެ އަތުގައި ހިފަމުން ޝަމްހާ އަހާލިއެވެ. “ނޭނގެ… މަމްދޫހު ލަސްވެއްޖެދޯ… ކޮންޓްރެކްޓެއްގަ ސޮއި ކުރަން ރިސޯޓަށް ދިޔައީ.. މިހާރު އުޅޭކަންނޭގެ އަންނަން” އަތޫޝާގެ މޫނުމަތިން ފެންނަމުންދަނީ ހާސްކަމާ ބިރުވެރިކަމެވެ. “އަޅޭ.. މަމްދޫހު.. ކޮބާތަ.. މިހާރު ބިރުގަންނަން ފަށައިފި… އަނެއްކާ.. ނޫން.. އަންނާނެ… ޔަގީން… ” އަތޫޝާގެ ހިތް ދިޔައީ ނެގި ނެގިފައި ޖެހެމުންނެވެ. ވިސްނަން ބޭނުންނުވާ ކަންތައްތަކާ ވިސްނެނީއެވެ. ކައިވެނި ކޮއްދިނުމަށް އައިސް ހުރި ގާޒީ ގޮޑީގައި އިންނަތާ މިހާރު […]
ކޮލުގައި ކާތާލި މަޑު ފިޔާތޮށި ކުލައިން އަތޫޝާގެ މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. “އަޅޭ… ޝާޝާ.. ޔޫ ލުކް ސޯ ޕްރިޓީ… ހަމަ ހީވަނީ އަރަބި ކުއްޖެއްހެން” ކައިވެނީގެ ހެދުމުގައި ޒީނަތް ތެރިވަމުން ދިޔަ އަތޫޝާ ފެނި ސަނާއަށް ބުނެވުނެވެ. “ބިރުގަނޭތަ” ސަނާ އަތޫޝާގެ ފަހަތުގައި ހުއްޓެއްމުން ލޯގަނޑުން އަތޫޝާގެ ސޫރަ ބަލާލިއެވެ. “ހިހިހ.. ބިރުގަނޭ…. އެކަމް.. ” އަތޫޝާ ބުނަން ބޭނުންވި ކިތައްމެ އެއްޗެއްސެއް ހިތުގައި ވިއެވެ. ” އައި ނޯ.. ޝާޝާގެ މަންމަމެން […]
މައްސަލައެއްނެތެވެ.” ނާސިރާ އިންތިޒާރު ކުރަންޔާ އަހަރެންނަށް ވާނެ…” މަހުމޫދު ތަކުރާރު ކޮއްލިއެވެ. ******** ދުވަސްތައް ފާއިތުވަމަނުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަމޭލިއާ އާއި މާޒިން އަންގާރަ ދުވަހަށް ތައްޔާރު ވަމުން ދިޔައިރު ރާސިލް ވެސް ދިޔައީ އެ ދުވަހަށް ތައްޔާރު ވަމުންނެވެ. ކޮންމެ ގޮތެއްވިޔަސް އެދުވަހަކީ ބޮޑު ދުވަހެކެވެ. އަމޭލިއާގެ އާއިލާގެ އިންތިޒާރަށް ނިމުމެއް އަންނާނެ ދުވަހެކެވެ. ކޮންމެވެސް ގޮތަކަށް މައްސަލަ ނިމޭނެ ދުވަހެކެވެ. “ދަރިފުޅާ… މާދަމާއަށް ތައްޔާރުވީތަ.. އިބްރާހިމް ގެ ހަބަރެއްނުވޭތަ” އަބްދުލް ރަހުމާނު […]
މަޑުމަޑުން އަތް ހަރަކާތް ކޮއްލީ މާޒިންގެ އެ ފުޅާ ބުރަކައްޓާ ދިމާލަށެވެ. މާޒިންގެ ގައިން ދުވަމުން ދިޔައީ މީރުވަހެވެ. އެވަހުގެ ތެރެއަށް ފީނައިގަންނަން އަމޭލިއާ ބޭނުންވީ ކީއްވެގެން ކަމެއް ނޭނގެއެވެ. “ރާސިލް” އަމޭލިއާ މާޒިންގެ ހަށިގަނޑުގައި އައްވަށާލަމުން ލޯމަރާލީ ރާސިލްގެ ސޫރަ ސިފަވުމުންނެވެ. މާޒިން ގައިން އެދުވި ލުއި މީރުވަހަކީ ރާސިލްގެ ވަހެވެ. ދެލޯ މަރާލެވުނީ ކުރެވުނު ފުން އިހްސާސްއަކުންނެވެ. “އެމީ” މާޒިން އަމޭލިއާގެ ދެކޮނޑުގައި ހިފައި ދުރުކޮއްލި އިރު އެދެލޮލުން ކަރުނައިގެ ވިދުންވިއެވެ. އަމޭލިއާއަށް ހޭވެރިކަންވީ […]
“ރާސިލް…. ރާސިލް ބުނީމެއްނު އަހަރެންނަށް އިތުބާރު ކުރަމޭ… އެ އިތުބާރުގައި ދެމި ހުރިނަމަ.. ރާސިލް ތި ލޯބިވާ ކުއްޖާ ދުނިޔޭގައި އެ އިނީވެސް އަހަރެންގެ ސަބަބުންކަން އެނގޭތަ… އަހަރެން ނޫންނަމަ އޭނަ މިހާރު ކައްވަޅުގައި އޮންނާނެތާ ކިތައް އަހަރު ވެދާނެ….” މަހުމޫދު ކިޔަމުން ދިޔަ އެއްޗެހި ދެނެގަނަން ނޭނގި ރާސިލް އަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ނާސިރާގެ ހާލަކީވެސް އެއީއެވެ. މަހުމޫދުގެ ރުޅިގަނޑު ހަޔާތުގައިވެސް ފެނުނުމީ ފުރަތަމަ ފަހަރެވެ. “މަހުމޫދޫ…. ތިކިޔޭ އެއްޗެއް އެބަ އެނގޭތަ… ކިހިނެއް ވެގެންތަ […]
ފަސްދީ ހިނގަމުން ދިޔަ ރާސިލް ފަހަތަށް ބަލާލީ އަމޭލިއާއަށް ވާނެގޮތް ހަމަ ރަނގަޅަށްވެސް އެނގޭތީއެވެ. ނޫރާގެ އަތް ފޮޅުވާލުމައްފަހު ކުރިއަށް ހިނގައިގަތީ ފަސްއެނބުރި ބަލާލަމުންނެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލީ އެވެސް ހައްގުނޫނޭ ބުނަމުންނެވެ. “ރާސިލް…. ދެންމެ ހީވި އަހަރެންނާ ހެދި މޮޔަވެގެން އުޅުނުހެން…. އަނެއްކާ އެއީ އެތާހުރި ކުއްޖާއަށް ދެއްކެންތަ…. ރާސިލް ވައި އާ ޔޫ ޑުއިން ދިސް ޓު މީ… އައި ލަވްޔޫ..” ނޫރާ އަށްވުރެއް ކުރިން ހިނގާފައި ދިޔަ ރާސިލްގެ އަތުގައި ހިފަމުން […]