Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 5..

kamana
February 3, 2016
5 Mins Read
54 Views
24 Comments

***************

މާލޭ މަގުމަތިން އިވި އިވި ހުރީ ދުއްވާ އެއްޗެހީގެ ބަރުގޮނޑު އަޑެއެވެ. ހަވީރުގެ އެ ވަގުތުގައި ޖެހެމުން ދާ ފިނި ވައިރޯޅިތަކުން ގައިން ހީބިހި ނަގައެވެ. ހުޅުލޭ ފެރީއިން އަބާޔާ ހެދުމުގައި ފޭބި އަމޭލިއާ ދެކޮޅަށް ބަލާލިއެވެ. ހެދުމުގެ ފަސްބައި ޖެހޭ ވައިރޯޅިތަކާ އެކު ނަށާލަ ނަށާލަ ހުރި އިރު އަޅައިގެން އިން ޝޯލްގެ މޭމަތީގައި އަމޭލިއަ ހިފަހައްޓައިގެން އިނީ ވަޔާ މައްޗަށް އަރާތީއެވެ. ބޮލުގައި އޮޅާފައިވާ ޝޯލުން އަމޭލިއާގެ ރީތިކަން ދެގުނަ އިތުރުވެފައި ވާއިރު މަގުމަތިން ދާ ކޮންމެ މީހެއްގެ ނަޒަރުވެސް އެދޮން މޫނަށް އަމާޒުވާތަން ފެނެއެވެ.

“މަންމާ އަވަސް ކޮއްބަލަ.. މިހާރު ގެ ބަލާލާ ހިތުންވެސް… ” އަމޭލިއާ އަމީނާއާ ގާތަށް ޖެހިލަމުން ބުނީ ކެއްތެރިކަން ކުޑަވެ ހުރެއެވެ. “ސާބަސް އެމީއަށް.. އަދި މާލެ އެރުނުތާ މިއުޅެނީ ފަސް މިނެޓުވެސް ނުވެގެން..” އަމޭލިއާގެ ބޮލުގައި ފުއްޓައްކެއް ޖަހަމުން މިފްޒާލުބުނީ އަމޭލިއާ ރުޅިއަރުވާލުމަށެވެ. އެކަން ކާމިޔާބު ވީކަމުގެ ހެއްކަކީ އަމޭލިއާގެ ފިއްތާފައިވާ ތުންފަތާ ގޮއްޖަހާފައިވާ ބުމައެވެ.

ނުވަ ބުރިއަށް ނަގާފައިވާ ބޮޑު އިމާރާތެއްގެ ކުރިމައްޗަށް ކާރު މަޑުކޮއްލުމާއެކު އަމޭލިއާގެ ކުޑަ އާއިލާ ކާރުންފޭބިއެވެ. އަމޭލިއާ ކުރިމަތީގައިވާ ބޮޑު ބިލްޑިންގ އަށް ނަޒަރު ހިންގާލިއިރު އެންމެ ތިރީގައި ހަދާފައިވާ ބޮޑު ފިހާރަ ފެނި ދެލޯ ބޮޑުވިއެވެ. “ބައްޕާ.. މީ ކޮންފިހާރައެއް” އަމޭލިއާ ފިހާރައާ ދިމާލަށް އިނގިލި ދިއްކުރަމުން އަބްދުލް ރަހުމާނު ކުރެން އަހާލިއެވެ. “އެއީ ސަޕްރައިޒް އަކީ… މަންމަ އަށް ދޭ ހަދިޔާއެއް އެއީ.. އަބަދު މާ ގެންގުޅޭތީ.. މަލުގެ ކުޑަ ބަގީޗާއެއް.. ދަރިފުޅުވެސް ވަޒީފާއަށް ނިކުންނަންދެން ވާނެ މަންމައަށް އެހީވާން.. އޯކޭ..” އަމީނާއާ ކައިރިވެލަމުން އަބްދުލް ރަހުމާނު ކުރިމަތީގައިވާ ބޮޑު މަލާ މާގަސް ވިއްކާ ފިހާރައާ ދިމާލަށް ބަލަމުން ބުންޏެއެވެ. “އޯ އޯ.. މަންމަ އުފާވާނެ… ދެން އަޅުގަނޑުވެސް އެހީ ވާނެއެއްނު..” އަމީނާއާއި އަބްދުލް ރަހުމާނާ ކުޑަކޮއް ދިމާކޮއްލަމުން އަމޭލިއާ ބުންޏެވެ.

ވޭތުވެދިޔަ ހަތް އަހަރުތެރޭގައި އަމޭލިއާގެ އާއިލާއަށް ވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. އާތިފުގެ ހަނދާންތަކާ ދުރުނުވިޔަސް، އާތިފު މަތިން ހަނދާން ކޮށް ނުރުއިމަށް އާއިލާ އެއްމެން އަޒުމު ކަނޑައެޅިއެވެ. އަމޭލިއާ ނުނިދާ ހޭލާ ހުރެ ކިޔަވާ މަތީ ފާހެއް ހޯދީ އެންމެ ބޭނުމެއްގައެވެ. މެލޭޝިއަށް ދެވުމާއެކު އަމޭލިއާ ބުރުގާ އެޅީ އެކަމަށް ބޭނުން ވެފައި ހުރުމުންނެވެ.

ލަކީ ހައުސްގެ ނުވަވަނަ ފްލޯރއަށް އެރުމާއެކު އަމޭލިއާ ދުއްވައިގަތީ ކުރިމަތިން ފެންނަން އޮތް ޓެރެސް އަށެވެ. ދެއަރިމަތީގައި ބޮޑު ދެލައިޓު ހަރުކޮއްފައިވާއިރު އޭގެ ކައިރީގައި ދެތިން މާ ޕޮޓު އަތުރާލައިފައި ވެއެވެ. އަރިމައްޗަކަށް ބަހައްޓާފައިވާ ވައް މޭޒުގެ ވަށައިގެން ހަތަރު ގޮޑި ޖަހާފައި ވާއިރު ބޮޑު ކުޑައަކުން މޭޒު ވަނީ ހިޔާކޮއްލާފައެވެ. އުޑުމައްޗަށް ބަލާލަމުން އަމޭލިއާ ދެކޮޅަށް އެބުރެލީ ހިނިތުންވެ ހުރެއެވެ. ދެތިން ބުރު އެބުރިލުމައްފަހު އަމޭލިއާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. އެހެން ނަމަވެސް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ފެނި އަމޭލިއާ ހުރިތަނަށް ގަނޑު ވިކަހަލައެވެ. “އާ އާ މަންމާ” އަމޭލިއާ ހަޅޭލަވައިގަތީ ކުރިމަތީގޭ ޓެރެސްގައިވާ ޒުވާން ފުރައިގެ ފިރިހެން ކުއްޖެއް ބޮކްސާ އެއްގައި އަންހެން ކުއްޖެއް ފަހަތުން ދުވަމުންދާ މަންޒަރު ފެނިއެވެ. އަމޭލިއާގެ އަޑު އިވި ދުވަމުން އައި މިފްޒާލު ވެގެން އުޅޭގޮތް އަހާލީ ކަންބޮޑުވެ ހުރެއެވެ.

“ދޮންބޭ.. ބަލާބަލަ.. އެމީހާ އެއުޅެނީ އެކުއްޖާއަށް ކިހިނެއް ހަދަން.. އަނެއްކާ އަހަރެންނަށް… ދޮންބޭ ހެޔޮނުވާނެ އޭނައަށް އެހީވޭ” އަމޭލިއާއަށް ކިޔޭ ނުކިޔޭއެއް ނޭނގެއެވެ. އަމޭލިއާގެ ހާސް ވެފައިވާ މޫނު ފެނި މިފަޒާލުއަށް ވީގޮތް ނޭނގުނެވެ. “އޭ… ކިހިނެއް ތިހަދަނީ އެކުއްޖާއަށް.. ޕޮލިހުންނަށް ނުގުޅަނީސް ދޫކޮއްލާ… އޭ..” މިފްޒާލުގެ އަޑު އިވި އަމީނާއާ އަބްދުލް ރަހުމާނުވެސް ވެގެން އުޅޭގޮތެއް އޮޅުން ފިލުވަން ޓެރަހަށް ނިކުތެވެ. ދެގެ ދޭތެރޭގައި ހަނި މަގެއް އިނުމުން ދައްކާވާހަކަ ރީއްޗަށް އިވެއެވެ. ޒުވާން ފިރިހެން ކުއްޖާއާއި އަންހެން ކުއްޖާ އެއްފަހަރާ އަމޭލިއާ މެންނާ ދިމާލަށް ބަލާލީ ހައިރާންވެ ހުރެއެވެ. “އަޑެއް ނީވޭތަ.. އެ އަންހެން ކުއްޖާއަށް ކިހިނެއް ތިހަދަނީ” އަންހެން ކުއްޖާގެ ދެއަތް ފުރަގަހަށް ލައިގެން ހިފަހައްޓައިގެން ހުރި ފިރިހެން ކުއްޖާއާ ދިމާލަށް މިފްޒާލު ދެވަނަ ފަހަރަށް ބުންޏެވެ. ޒުވާން ފިރިހެން ކުއްޖާ އެ އަންހެން ކުއްޖާގެ އަތުން ދޫކޮއްލުމަށްފަހު ޓެރަސްގެ ކޮޅަށް ދިޔައީ ބޮޑަށް މިފްޒާލްމެން ދެއްކާ ވާހަކަ އަޑު އެހުމަށެވެ. “ޒުވާން އަންހެން ކުއްޖަކު ގެނެސްގެން ކުރަން އެންމެ ރަނގަޅު ކަންތައްތަށް ތިކުރަނީ… ލަދެއް ނުގަނޭތަ.. އޭނައެއީ ކަލޭ ކޮއްކޮގެ އުމުރުގެ ކުއްޖެކޭ” މިފްޒާލު ރުޅިއައިސް ކިޔަމުން ދިޔައީ އެ ޒަވާނާއަށް އެއްޗެއް ވިސްނާދެވޭތޯއެވެ.

“އެއީ އަހަރެންގެ ކޮއްކޮއޭ… ” އެޒުވާނާ ބުނެލި ޖުމްލަ އިވި މިފަޒާލު ހުރީ ގަބޫލު ކުރަން ދަތިވެފައެވެ. އެކަން އެގިގެން ކަންނޭގެއެވެ. އެޒުވާނާ ބުނި ބަސް ތަކުރާރު ކޮއްލިއެވެ. “އެއީ އަހަރެންގެ ކޮއްކޮ.. ތިހީކުރާ ކަހަލަ ކަމެއް މިތާގައި ނުވޭ.. އަހަރެންގެ އެއްޗެއް އޭނަ ހިފައިގެން އުޅޭތީ އަތުލަން އަހަރެން ދުވެފަ އައީ.. އަދި.. ފެންނަ ކޮންމެ މަންޒަރަކީ އެކަހަލަ ކަމެކޭ ހިތައް އަރުވާކަށް ނުވާނެ.. ސިކުންޑި ފުލް ވާނީ އޭރުން ހުސް އެކަހަލަ ވިސްނުންތަކުން..” އެހެން ބުނެ އެޒުވާނާ ހިނގައިގަތީ އަމޭލިއާ އާ ދިމާލަށް ބަލަން ހުރެއެވެ. އަމޭލިއާގެ ސަބަބުން ވީ ކަމެއް ކަމަށް ނިންމައި އެ ޒުވާނާ ދިޔައީ އަމޭލިއާ އާ ދިމާލަށް ލޯ އަޅަމުންނެވެ.

“ދަރިފުޅާ… ދެން އަޅާ ނުލާ.. ހިނގާ ދާން” އަބްދުލް ރަހުމާނު އަމޭލިއާ އާއި މިފްޒާލުގެ ބުރަކަށިގައި ފިރުމާލުމަށްފަހު އެތެރަށް ވަނުމައް ބުންޏެވެ.

………..

ދުންޖަހާފައި ކޮޓަރިއަށް ވަތް ރާސިލުގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެއެވެ. ދެންމެ އެހިނގި ކަންތައްތަކަކީ އޭނާގެ ހަޔާލުގައިވެސް އެކަހަލަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ. މުޅި މީހާ ދާހިއްލާ ފޯވަންފެށީ އަންނަމުން ދިޔަ ރުޅި ގަޑު ކޮންޓްރޯލު ނުވުމުންނެވެ. ޑްރެސިންގ ޓޭބަލް މަތީގައިވާ ބިއްލޫރި ސޭންޓުފުޅިނަގާ ދޮރުފަތަށް ޖެހީ ރުޅިގަދަވުމުންނެވެ. “ދަރިފުޅާ… ކިހިނެއްވީ.. ހުޅުވަބަލަ..” ނާސިރާ ރާސިލް އަށް ގޮވަމުން ދިޔައީ ރާސިލްއަށް ކަމެއްވީ ކަމަށް ހީކޮށެވެ. “ދޮންބެ ނުހުޅުވާނެ… އެހުރީ ރުޅިއައިސްފަ” ރާސިލްގެ ކޮޓަރި ދޮރާ ހަމަވަމުން ރިއުފާ ބުންޏެވެ. “ރުޅިއައިސްގެންނޭ.. އެކަމު ކިހިނެއްވެގެން.. ރުޅިއަޔަސް ދޮންބެ އެއީ އެހާ ރުޅިގަދަ މީހެއް ނޫން.. އަނެއްކާ ކިހިނެއްވީ. ނާސިރާ ކަންބޮޑުވީ ބޮޑު ކަމެއް ރާސިލް އަށް ދިމާވިކަމަށް ހީކޮށެވެ. “އެއީ ކުރިމަތީގަ ހުރި ގޭ ކޮންމެވެސް މީހެއް ހީކުރީ ދޮންބެ އަޅުގަނޑާ ބެހެނީއޭ.. އެހެންވެ ދޮންބެ ޕޮލިހުންނާ ހަވާލުކުރާނަމޭ ބުނީ.. ދޮންބެ އެއައީ އަޅުގަނޑަކީ ކޮއްކޮއޭ ބުނެފަ.. މަންމާ ރުޅިނާންނައްޗޭ.. ވަރަށް މަޖާ އެކަމަކުވެސް.. އެހެންނޭ ވާނީ ބޮކްސާ ކޮޅުގަ އުޅެންޔާ” ރިއުފާ ރާސިލްއަށް ވީގޮތް ކިޔާދެމުން ދިޔައިރުވެސް ދިޔައީ ހެމުންނެވެ. ހީހީ އިން ރިއުފާ ހުނުން ހުއްޓުނީ ނާސިރާ ބޮޑު ހިނިގަނޑެއް ޖަހާލުމުންނެވެ. “އެހެންދޯ ވީ.. ހިނގާ ދާން.. އެދޮރު ހުޅުވި އިރަކުންނު ސާފުކުރެވޭނީ.. މިހާރު އެހުރީ ލަދުން.. އެހެންނޭ ވާނީ..” ނާސިރާ ރިއުފާ ގޮވައިގެން މިސްރާބު ޖެހީ ސިޓިން ރޫމާ ދިމާލަށެވެ.

ރާސިލްގެ އުމުރުން ބާރަ އަހަރުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ރާސިލްގެ ބައްޕަ ނިޔާވުމުން ނާސިރާ ގުނަމުން ދިޔައި ހިތާމަވެރި ދުވަސްތަކެކެވެ. ރ. މަޑުއްވަރިއަށް އުފަން ނާސިރާ ދެވަނަ ކައިވެންޏަކަށް ދާން މަޖުބޫރުވީ ރާސިލް އައްޓަކައެވެ. މާލެއަށް އުފަން މަހުމޫދުއާ ކައިވެނީގެ ގޮތުން ގުޅުނީ ނާސިރާގެ މަންމަގެ ހޮވުމަކަށް ވުމުންނެވެ. ކައިވެންޔަށް އެއްއަހަރުފަހުން ރިއުފާ ލިބުނު އިރު މަހުމޫދުއާއި ނާސިރާގެ ދެމެދުގައިވަނީ ލޯބި އުފެދިފައެވެ. މިޒާޖުގައި ސަކަ ގޮތެއް ހުރުމުން ނާސިރާވީ އެންމެންނަށްވެސް ކަމުދާ މީހަކަށެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރަމުންދާ މަހުމޫދު އުޅެމުންދަނީ ރައްޓެއްސެއްގެ ގޭގައެވެ. އެއާއިލާ ލަންކާއަށް ބަދަލުވުމުން ގެ ކުއްޔައްދީ މުހުމޫދުގެ ބެލުމުގެ ދަށުގައި ހަވާލުކުރީ މަހުމޫދަށް ކުރާ އިރުބާރެއްގެ ބޮޑުކަމުންނެވެ. ރާސިލްގެ އުމުރުން ބާރަ އަހަރުން ފެށިގެން އުޅެމުން އެދަނީ މާލޭގައެވެ.

…….

ފިޔާތޮށި ކުލައިން ޒީނަތްތެރި ކޮއްލާފައިވާ ކޮޓަރީގައި ބަންޑުން އޮށޯވެގެން އޮތް އަމޭލިއާ އިރު އިރުކޮޅާ ކުދި ކިޔާލައެވެ. ދެންމެ ހިނގައި ދިޔައި ކަންތަކާ އަމޭލިއާ ހުރީ ލަދުގަނެ ދެރަވެފައެވެ. “އަޅޭ… މޮޔަކަމާއެވެ. ހެޔޮ އެމީހާވެސް ޖެހޭތަ އެއްޗެއްނުލައި އެގޮތަށް އުޅެން..އާރރރގގގ ވަރަށް ފޫހިވޭ.. މިގެވެސް ތަންކޮޅެއް ދުރުގަ ހުރިނަމަ.. ލަދުން މަރުވާވަރުވޭ” މޫނުމަތީގައި ކަފަ ކޮޅެއްހާ މަޑު ބާލިހުން މޫނު ފޮރުވާލަމުން އަމޭލިއާ ބުންޏެވެ. އަމޭލިއާއަށް ނިދުނީ އެހެންއޮވެ އެތަށް އިރެއްވީފަހުންނެވެ.

……..

ދުވާލުގެ އިރު އޭގެ ވާޖިބަށް ދުނިޔެ މައްޗަށް ފެތުރެމުންދިޔައީ ނިދާފައިވަ އެންމެންނަށް ގޮވަމުންނެވެ. “އައްސަލާމް އަލައިކުމް” އަމީނާ ދޮރާ ދިމާލަށް ދިޔައީ މީހަކު ސަލާމް ގޮވާ އަޑަށެވެ. ދޮރުމަތީގައި ހުރި ޒީނާފެނި އަމީނާގެ ހިނިތުންވުން ފުންވިއެވެ. “ޒީނާ ކިހިނެއް… މިހާރު ހާދަ ރީއްޗޭދޮ.. ކޮބާ މަންމަމެން ރަނގަޅުތަ..” ބުރުގާ އަޅައިގެން ހުރި ޒީނާފެނި އަމީނާ ތައުރީފު ކޮއްލިއެވެ. ” ރަނގަޅު.. ދައްތައޯ.. ކޮބާ އެމީ” ޒީނާ އަމޭލިއާ ނުފެނުމުން ސުވާލުކޮއްލިއެވެ. “ދޭބަލަ.. އަދިވެސް ނިދަނީ.. އެންމެ އެތެރޭގައި ހުރި ކޮޓަރި އިނގޭ” އަމޭލިއާގެ ކޮޓަރިއާ ދިމާލަށް އިށާރާތް ކުރަމުން އަމީނާ ބުންޏެވެ.

“ސާބަހޭ.. ސާބަހޭ… ނިދުނީމަ ވީދޯ.. މިދޮރު ގަނޑުވެސް މިހުރީ ތަޅުނުލާ… އަހަރެން މަތިން ހަނދާންވެސް ނައްތާލީ ދޯ.. އޯކޭއޭ.،. އެކަމަކު ބެސްޓް ފްރެންޑްސް އޯ.. ބޭބެ ނުބުނި ނަމަ ނޭނގުނިސް އައިކަން” ބަންޑުން އޮތް އަމޭލިއާގެ ފޫކޮޅުގައި ޖަހާލަމުން ޒީނާ ޝަކުވާ ކޮއްލިއެވެ. “އައްދޯއި.. ތަދުވެއްޖެ…، ސޮރީއޭ.. އަހަރެން ހުރީ ގުޅަން.. އިރުއޮއްސުނު ފަހުން އާދެވުނީ… ސޮރީ.. ” ޒީނާގެ ގައިގައި ބައްދަމުން އަމޭލިއާ މާފައް އެދެމުން ދިޔައީ ކުޑަކުއްޖެއް ހެނެވެ. “ރެޑީ ވެބަލަ… މަންމަ ބުނި އައިސްބަލާޝޯ.. އަވަސް ކުރޭ.. ނޯ އެކްސްކިޔުސްސެސް” ޒީނާ އަމޭލިއާގެ އަތުގައި ހިފާ ގަދަކުން ނަގައި ފާހަނައާ ދިމާލަށް ކޮއްޕާލިއެވެ. އަމޭލިއާ މޫނަށް ވައްތަރެއް ޖައްސާލުމަށް ފަހު ހިނގައިގަތީ ފާހަނައަށް ވަނުމަށެވެ.

……..

ކޮޓަރިން ބޭރަށް ނިކުމެވުމާއެކު ދުވި މީރުވަހުން ބަނޑުގައި އަމޭލިއާއަށް އަތްކާތާލެވުނެވެ. “އުހުން.. އަހަރެންގެ ގޭން ކާނީ.. ކެއްވާނެ” އަމޭލިއާ އާ ދިމާލަށް ބަލާލަމުން އަމުރު ވެރި ރާގަކަށް ޒީނާ ބުންޏެވެ. އަމިނާ ކައިރިން ހުއްދަ ހޯދުމައްފަހު އަމޭލިއާ އާއި ޒީނާ މިސްރާބު ޖެހީ ޒީނާމެން ގެއަށް ދިޔުމަށެވެ. “ޒީ… ކުޑޭ މަތިން ވަރަށް ހަނދާންވި ދޯ.. ސޮރީ.. ކުއްލިގޮތަކަށް އެކޮޅަށް ޗޭންޖުވީ” ގޭ މައިދޮރުން ނިކުންނަމުން އަމޭލިއާ ޒީނާއަތުގައި ހިފައި މާފަށް އެދުނެވެ. “އޯކޭ އޭ.. އެމީ ތިވަރަށް ސޮރީ ނުކިޔަބަލަ.. އާތިފު އެއީ އަހަރެންގެ ލޯބި ވިޔަސް އެއީ އެމީގެ ބޭބެ… އަހަރެންނަށް އެވަރު އެނގޭ.،. ދެން އެވާހަކަ ނުދައްކަމާ….:” އަމޭލިއާގެ މާޔޫސްވެފައިވާ މޫނު ފެނި ޒީނާ ބޭނުންވީ ވާހަކަ އޮޅުވާލަންށެވެ.

އަންހެން ކުއްޖަކު ފެނުމުން ހިތައްވާގޮތްވެސް ހަމަ ނޭނގެއޭ

ހީލުމުން އެވާވަރު ބުނެދޭންވެސް ހަމަ ނޭނގެއޭ….

އަމޭލިއާ އާއި ޒީނާ ހުރަސް ކަނޑާލި ފިރިހެން ގްރޫޕްގެ ކުއްޖެއްކީ ލަވަ އެއީ އެމީހުންނަށް އަމާޒުވި ލަވައެއްކަމަށް އަމޭލިއާއަށް ހީކުރެވުނެވެ. “ޒީ މަޑުކުރޭ… އަންނާނަން..” ޒީނާކައިރީގައި މަޑުކުރުމަށް ބުނެ އަމޭލިއާ ހިނގައިގަތީ ފިރިހެން ގުރޫޕްއާ ދިމާލަށެވެ. ދިޔަ ބާރު މިނުގައި ގޮސް އެ ޒުވާނާގެ ކޮލަށް އަތުގެ އިނގިލިތަށް އަރުވައިލީ ރުޅިއައިސް ހުރެއެވެ. “ލަދެއް ނުގަނޭތަ މަގުމަތިން ދާހާ އަންހެން ކުއްޖަކާ ބެހޭކަށް… ތީ މީހުން އުޅެން ވާގޮތެއްނޫން.. ބޭގީ ޖަހާ ޓައީ އެޅީމަ އެނިމުނީތަ… އަންހެން ކުދިންނަކީ ތިމީހުން ޖަހާހާ ބެރަކަށް ނަޝާނެ ބައެއް ނޫން.. އެނގިއްޖެ” އެ ޒުވާނާއާ ދިމާލަށް އިނގިލި ދިއްކުރަމުން އަމޭލިއާ ބުނީ އެއްވެސް ބިރެއް ނެތިއެވެ. ދުރުގައި ބަލަން ހުރި ޒީނާ ބިރުން ރޫރޫ އަޅައެވެ. އަމޭލިއަ އަށް އެކަހަލަ ކަމެއް ކުރުމުގެ ހިއްވަރު އައީ ކިހިނެއްބާއޭ ޒީނާ ހިތައް އަރަމުންދެއެވެ.

“ރާސިލް… އެވީ ކިހިނެއް” އަމޭލިއާ ފަސްދީ ހިނގައިގަތް ތަނުން ރާސިލް އެ ނަން އިވި ފަހަތް އެނބުރި ބަލާލީ ހިތްނުތަނަވަސްވެ ހުރެއެވެ.

ނުނިމޭ…

30
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ހިތް އެދެނީ 1

Next

ކަޅު ސަފުހާ (4)

Next
February 4, 2016

ކަޅު ސަފުހާ (4)

Previews
February 3, 2016

ހިތް އެދެނީ 1

24 Comments

  1. meesha says:
    February 3, 2016 at 8:27 pm

    vvvvvvvv niccccc

    1. kamana says:
      February 4, 2016 at 6:36 am

      Thnk u ?

  2. shahaa says:
    February 3, 2016 at 8:29 pm

    Vvvvvvvvvvvv nyccccccccc??

    1. kamana says:
      February 4, 2016 at 6:37 am

      Thnk u so much pretty ???

  3. Zeena says:
    February 3, 2016 at 8:37 pm

    Varah reethi

    1. kamana says:
      February 4, 2016 at 6:37 am

      Thnk u ?

  4. shew says:
    February 3, 2016 at 9:11 pm

    v reethi… next part konirakun..

    1. kamana says:
      February 4, 2016 at 6:38 am

      Thnk shew. Nxt part friday ga. Okii ?

  5. Ahmed Ammu says:
    February 4, 2016 at 8:15 am

    Hey Kamana.
    V salhi mi part ves ?

    1. kamana says:
      February 4, 2016 at 3:01 pm

      Heyyy ammu.
      Thnkxx ??

  6. Anonymous says:
    February 4, 2016 at 9:59 am

    Kamanaa bunyeve eh nuliyaane yaviyani innaani nt yaa..vr nyc stry..mikahala kudhi kudhi mistake tah gud kohla
    .best of luck

    1. kamana says:
      February 4, 2016 at 3:04 pm

      Alheyy. I knw ???
      Ehn vanii eyyy. Sowwwiiee. Rangalhu kohlaifinn ingeyy. Thnk u ?

  7. naax says:
    February 4, 2016 at 1:46 pm

    Varah salhi waiting for next part vvv kiyaahithun mihiree

    1. kamana says:
      February 4, 2016 at 3:05 pm

      Awwwnn thnk u naxoo maadhan nxt part grnesdheynan ingeyy. Thnk u ?

  8. misty says:
    February 4, 2016 at 2:43 pm

    Varah salhi

    1. kamana says:
      February 4, 2016 at 3:06 pm

      Thnk u misty ?

  9. Eeamy says:
    February 4, 2016 at 4:38 pm

    Wow…. Alhe kahma haadha molhey vaahaka liyan hama ee ajaibu vehjey?adhi nukiyan mihaa reethi vaahaka eh.. ?sry ingey ma lahun comment kohlevuneema?btw when next part up kohdheyni….

    1. kamana says:
      February 4, 2016 at 5:51 pm

      Awwwwnnn. Thnk u so much. Itxc okeyy i knw u read this one. Maadhan insha allah nxt part. Thnk u soo much lov ??

  10. naax says:
    February 4, 2016 at 10:36 pm

    Vvvvvvvv reethi

    1. kamana says:
      February 5, 2016 at 10:47 am

      Thnk u naaax ?

  11. dddd says:
    February 5, 2016 at 10:24 am

    Raasil ey krku…??

    1. kamana says:
      February 5, 2016 at 10:49 am

      Sencnd ep ga innaane raasilge name genesdhyfa. ☺️☺️ Thnk u for readiingg ?

  12. hauafu says:
    February 5, 2016 at 1:22 pm

    V v reethi tkx kamana.god bless u

    1. kamana says:
      February 5, 2016 at 3:17 pm

      Thnk u hau ??

Comments are closed.

All Right Reserved!