
ކުރަމުން ތިދާހާ ގޯނާ 4..
އަމޭލިއާގެ ލޮލުގައި ވީ ރުޅިވެރިކަމާ ނަފްރަތެވެ. ޕޮލިހުންގެ އަސްލު ސިފަ މިހާރު އަމޭލިއާއަށް އެނގޭކަހަލައެވެ.
ހަފްތާއެއް ނިމި ދިޔައިރުވެސް އާތިފުއާއި ބައްދަލު ކުރުމުގެ ހުއްދަ ނުލިބުމުން އަމީނާގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ދަށަށް ދަމުންނެވެ. އަބްދުލް ރަހުމާނު އެކި ގޮތް ގޮތުން މަސައްކަތް ކުރުމަށް ފަހު އާތިފުއާއި ބައްދަލު ކުރުމުގެ ހުއްދަ ލިބުނީ ހުކުރު ދުވަހަށެވެ. އެ ހަބަރު ވީ އަމީނާއާއި އަމޭލިއާގެ މޫނުމައްޗަށް ކުޑަ ނަމަވެސް ދިރުމެއް ގެނެސްދިން ކަމަކަށެވެ. އާތިފު ނެތުމުން އަމީނާއަށް އަންނަ ކޮންމެ ބަދަލަކީ އަމޭލިއާ އަށްވެސް އޭގެ އަސަރު ކުރަމުން ދިޔަ ކަމަކަށެވެ. ކޮންމެ ނަމާދަކަށް ފަހު ކުރާ ދެރަކުއަތަކީ އާތިފު ހެޔޮ ހާލުގައި ސަލާމަތް ވާނެ ކަމުގެ އުންމީދު ކުރާކަމުގެ ހެއްކެވެ. އެހެންނަމަވެސް އަމޭލިއާއަށް އަމީނާ ނަމާދު ކުރާތަށް ފެނުމުންވެސް އެހިތަށް ވަނީ ތަދެވެ. ދެއަތް އުފުލާ ދުއާ ކުރަމުންދާއިރު އަމީނާގެ ލޮލުން ފައިބަމުންދާ ކަރުނަތަކަކީ އާތިފުއައްޓަކާ އަޅާ ކަރުނައެވެ. ބަލާލާ މީހަކުގެ ހިތުގަ ޖެހޭނެ ފަދަގޮތަކަށް އެމަންޒަރު ފެންނަމުންދާއިރު ހިލަ ހިތެއްގެ ވެރިއެއްގެ ހިތްވެސް މަޑު ކަފަކޮޅަކަށް ވާނެކަން ކަށަވަރެވެ.
“މަންމާ… ކުޑޭ އަންނާނޭ.. މަންމަވެސް ގަބޫލު ކުރަމެއްނު.. ކުޑޭ އެތާގައި އެހުރީ ކުށެއް ކޮއްގެންވެސް ނޫން.. ” އޮށޯވެގެން އޮތް އަމީނާގެ އަތުގައި ހިފާލަމުން އަމޭލިއާ ބުންޏެވެ. އެހެން ނަމަވެސް އަމީނާ އެ އޮތް ގޮތަށްއޮތީ ވާހަކަ ދައްކާނެހާ ހަކަތަ ގައިގަ ނެތުމުންނެވެ. “މަންމާ ދެން ތުދުވެބަލަ… ހިނގާ ކާން.. މާދަން ކުޑޭ ކައިރިއަށްވެސް ދެވޭނެއެއްނު.. މަންމާ.. މަންމާ ނުކައި ތިހެން އޮންނަންޏާ އަޅުގަނޑާ ބައްޕަ ދާނީ ކުޑޭ ކައިރިއަށް.” އަމޭލިއާ އެކި ގޮތްގޮތަށް ވާހަކަ ދައްކައިގެން އަމީނާގެ އަރުތެރެއަށް އެއްޗެއް ލެވޭގޮތްވިއެވެ. އާތިފު ދިޔަ ފަހުން ކޮންމެ ދުވަހެއްގެ ހާލަކީވެސް އެއީއެވެ. އަމީނާގެ ރީތި ސިފަ ވަނީ ގެއްލި އަނަރޫފަވާން ފަށާފައެވެ.
ކަޅު އުޑުގައި ވިދަމުންދިޔަ ތަރިތަށް ދިޔައީ މުޅި ދުނިޔެއަށް އަލިކަން ގެނެސްދެމުންނެވެ. އެ އަލިކަން އިތުރަށް ގަދަ ކޮއްލާފައިވަނީ ސާފު ރީތި ވައް ހަނދުންނެވެ. ގެއަށް ތާޒާކަން ގެނެސް ދެމުން އައި މާގަސްތަށްވެސް އަމީނާގެ ހިތާމަތަކާ ބައިވެރިވާކަހަލައެވެ. ކޮންމެ މަލެއްވެސް އިސްޖަހާލައިގެން އިންނަނީ އެކަމުގައި ބައިވެރިވާކަމުގައި ބުނަމުންނެވެ. ސިޓިން ރޫމް ސޯފާގައި އޮށޯވެލައިގެން އޮތް އަމޭލިއާ ސިހުނީ މީހަކު ބާރަށް ސަލާމް ގޮވުމުންނެވެ. ތެދުވެ ދޮރާ ދިމާލަށް ދިޔައީ ކާކުތޯ ބެލުމަށެވެ. ދޮރު ހުޅުވާލުމުން ވީ އުފާ ބަޔާން ކޮއްދޭން އަމޭލިއާއަށް ހުރީ ދަތިވެފައެވެ. ލޮލުން ކަރުނަ ޖަމާވީ އެތަކެއް އަހަރު ތަކެއް ފަހުން ބައްދަލުވި މިފްޒާލު ފެނިފައެވެ. “މާންމާ… މަންމާ… ބައްޕާ..ބަލާބަލަ.. މީނީ ދޮންބެ” އަމޭލިއާ އަޑުގެ ނެއްތަނަށް ގޮވަމުން ދިޔައެވެ. މިފްޒާލުގައިގައި ބައްދައިގަނެވުނީ ވީ އުފެއްގެ ބޮޑުކަމުންނެވެ. ވަގުތު ކޮޅަކަށް ނަމަވެސް ހިތާމަތައް މަތިން ހަނދާން ނެތުމުން އަމޭލިއާގެ ތުންފަތް މަތީގައި ވީ ފުޅާ ހިނިތުންވުމެވެ.
“ދަރިފުޅާ” ދުވަމުން އައިސް އަމީނާ މިފްޒާލުގެ ފުޅާ ހަށިގަނޑުގައި ބައްދާލީ ޒަމާންތަކަކަށް ފަހު ދޮށީ ދަރިފުޅު ފެނުމުންނެވެ. އަބްދުލް ރަހުމާނު ދުރުގަ ހުރިއިރު އެދެލޮލުންވެސް ވަނީ ކަރުނަ ހިލިފައެވެ. “ކޮބާ އާތިފު… ގޮވާބަލަ.. އޭނައަށް އަޅުގަނޑު ގެނެސްދިނިން ބޭނުން ވެގެން އުޅުނު ޓެބް.. ވަރަށް ބިސިނެސް ވެފަ އުޅޭނީ…….. މަންމާ… ކިހިނެއްވީ.. ބައްޕާ ކޮބާ އާތިފު.. އެމީ..”
އަމީނާގެ ގިސްލުމުގެ އަޑު އިވުމުން މިފްޒާލް ހާސްވިއެވެ. ސިކުނޑީގެ ކަނަކުން ބުނަމުން ދިޔައީ ކޮންމެވެސް ނުބައެއް އުޅޭކަމުގައެވެ. “ދޮންބޭ” އަމޭލިއާއަށް ވާހަކަ ކުރިއަށް ނުގެންދެވުނީ ގިސްލެވޭ ވަރުންނެވެ. މިފްޒާލް ބާރު ފިޔަވަޅުތަކާއެކީ އަބްދުލް ރަހުމާނު ކައިރިއަށް ދިޔައީ ވެގެން އުޅޭގޮތް ކިޔާދެވޭނެ ހަމަ އެކަނި މީހަކީ އަބްދުލް ރަހުމާނު ކަމުގައި ވުމުންނެވެ.
…….
މިފްޒާލްގެ ލޮލުގައި ވަނީ ކަރުނައިގެ މުތީތަކެކެވެ. އެދެލޮލުން ކަރުނައިގެ އަސަރު ފާޅުވާވެސް މީ ފުރަތަމަ ފަހަރެވެ. އާއިލާއަށް ކުރިމަތިވެފައިވާ ކަންތައްތަށް އެނގުމުން އާތިފު އައީ ރުޅިއެވެ. ހުރިހާ ކަމެއް ސިއްރުކުރީތީ މަންމަމެންދެކެ ރުޅި އާދެވުނެވެ. “މަންމާ.. ކީއްވެ.. އަޅުގަނޑުގެ ކިޔެވުން އާއިލާއަށް ވުރެއް މުހިމެއް ނުވާނެ.. “މިފްޒާލު ދެރަވެ ހުރެ އެހެން ބުނުމުން އަމީނާގެ ހިތުގައި ރިއްސާލިއެވެ. “ދަރިފުޅާ މާފްކުރޭ… “އަމީނާ މިފްޒާލު ކިބައިން މާފަށް އެދުނީ ކުއްވެރިއެއް ފަދައިންނެވެ. “މަންމާ.. އަޅުގަނޑަށް މާފުކުރޭ.. ރުޅި އާދެވުނީ.. ކޮބާ އާތިފު.. އޭނަ އާ ބައްދަލު ކުރުމުގެ ހުއްދަ އެއް ނެއްތަ” މިފްޒާލް އަވަސް އަވަހަށް އާތިފުގެ ވާހަކަ އަހާލީ މައްސަލަ އޮތީ ކިހާ ހިސާބެއްގައިތޯ ބެލުމަށެވެ.
“އެމީހުން ބުނި އާތިފު އަތުން ޑުރަގްސް ފެނުނީއްޔޭ.. އެކަމަކު ހެއްކެއް ނެތޯ.. އެހެންވެ ބަންދުގަ ހުރީ.. އާދިއްތަ ދުވަހުން ކޯޓަށް ގެންނާނެ.. ސަލާމަތް ވާނޭ ހުރިހާ އެންމެންވެސް ބުނަނީ.. މާދަން ބައްޕައާއި މަންމަ އާތިފު ކައިރިއަށް ދިޔުމަށް ފޯމުލާފަ އޮންނާނީ” އަބްދުލް ރަހުމާނު މިފްޒާލުއަށް ހުރިހާ ކަމެއްގެ ތަފްސީލު ދިނެވެ.
އިރުގެ އަލިކަން ދުނިޔެމައްޗަށް ފެތުރުނީ އަމީނާ ހޭލާހުއްޓައެވެ. އާތިފުގެ މޫނު ފެނުމުގެ ނަސީބު ލިބޭނެތީ އެންމެ ލޮލު ފިޔައެއްވެސް ޖަހާނުލައެވެ. އަމޭލިއާ އާއި މިފްޒާލް އަމީނާމެން ފުރުވުމަށްފަހު ވަގުތުތަށް ގުނަމުން ދިޔައީ ތުއްތުގެ ހާލަތު ހުރިގޮތް ބުނެދޭން އަމީނާމެން އަންނާނެ އިރަކަށެވެ.
ދިއްލާފައިވާ ރަތް ގަދަ އަވިން ސަލާމަތް ވުމަށް ދުރުދުރައްދާންދެން ފެންނަ މީހުންވަނީ އައިނު އަޅައިފައިވެ. އެހެން ނަމަވެސް އަމީނާ އައި އަބްދުލް ރަހުމާނު ކެއްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އާތިފު އާ ބައްދަލުވާނެ އިރަކަށެވެ. މާފުށި ޖަލަށް އާތިފު ބަދަލު ކުރެވުނީ ފަސް ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައިވުމުންނެވެ.
މުޅި ހިސާބު ގަނޑު ވަނީ ބަންދުކޮއްފައެވެ. ގޭޓުން ވަދެވުނު އިރަށް އަމިނާ ދެފަރާތަށް ބަލާލިއެވެ. ޔުނީފޯމުގައި ފެންނަމުން ދިޔަ މީހުންފެނި އަމީނާ ބިރުގަތެވެ. ދެތިން މިނެޓް ހިނގާލުމަށްފަހު ބަންދު ކޮއްފައިވާ ކޮޓަރިއަކަށް އަމިނާއާއި އަބްދުލް ރަހުމާނަށް ވަދެ ގޮޑީގައި އިށީނީ ކައިރީގައި ހުރި މީހާ އަމުރު ކުރުމުންނެވެ.
ޖާހާފައިވަ ބިއްލޫރި ގަނޑުގެ އަނެއް ފަރާތުން ފެންނަމުން ދިޔައީ ދެލޯ ދުށުމަށް އެދެމުން ދިޔަ ފުރާނައެވެ. މީހާގެ މޫނުގެ ކުލަ އަލިވެފައިވި ނަމަވެސް އާތިފުގެ މޫނުމަތިން ފެންނަމުން ދިޔައީ ބައްޔެއް ޖެހިފައިވާ މީހެއްގެ ސިފައެވެ. “މަންމާ” އާތިފުއަށް އެންމެ ފުރަތަމަވެސް ގޮވާލެވުނީ އަމީނާއަށެވެ. އަމީނާގެ އަނަރޫފަވެފައިވާ ހަށިގަނޑު ފެނި ހިތް ދިރުވައިލެވުނީ ކަރުނަތަށް ކޮންޓްރޯލު ކުރުމަށެވެ. “ދަރިފުޅާ.. ރަނގަޅުތަ.. މިތާ މީހުން އަނިޔާ ކުރޭތަ..” އަމީނާ އެއްފައްޗަކަށް ސުވާލުތައް އަމުނަމުން ދިޔައިރު އާތިފުއަށް އަމީނާ އަތުގައި ހިފާލެވުނެވެ. އަމީނާގެ މަޑު އަތްތިލައިގައި ހިފުމައްފަހު ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނީ އަމީނާ ހިތް ހަމަ ޖައްސައި ދިނުމަށެވެ. “މަންމާ ދެން ނުރޮއިބަލަ.. އަޅުގަނޑު ކުށެއް ނުކުރާކަން ދެނެވޮޑިގެންވާނެ މާތް ރަސްކަލާންގެ.. މަންމަމެން ކެއްތެރިވޭ… އާދިއްތަ ދުވަހުން އިރާދަ ކުރެއްވިއްޔާ ދޫކޮއްލާނެ..” އާތިފު އެ ހުރިހާ ވާހަކައެއް ދެއްކީ އެކަހަލަ ވާހަކައެއް ޖަލުގައި ދައްކާފައިވާ އަޑުއިވުމުންނެވެ. “ދަރިފުޅާ ލޯޔަރ އެއް ބޭނުންތަ… ހިނގާ ލޯޔަރ އެއްގެ އެހީއަށް އެދެން” އަބްދުލް ރަހުމާނަށް ނުހުރެވިގެން އެންމެ ފަހުން ބުންޏެވެ. “ނޫނޭ ބައްޕާ… ރަނގަޅުވާނެ.. އާދިއްތަ ދުވަހު ދޫކޮއްނުލައިފިއްޔާ ތިކަހަލަ ކަމަކަށްވެސް އަޅުގަނޑު އެއްބަސް..” އާތިފު އެކަމަށް އިންކާރު ކުރީ މައްސަލައަކީ ކުޑަ މައްސަލައަކަށް ވުމުންނެވެ. “ދަރިފުޅާ އަމިއްލަ ނަފްސައް ގެންލުން ނުދޭތި.. މަންމަ މެންނަށް އެނގޭ ދަރިފުޅު ކުށެއް ނުކުރަކާން.. ދަރިފުޅު ފަހުވަގުތާ ޖެހެންދެން ކެއްތެރިވާތި” އަމީނާއަށް ނުބައި އިހްސާސްއެއް ކުރެވުނީ ކީއްވެ ކަމެއް ނޭންގެއެވެ. އާތިފުއަށް ކަމެއްވެދާނޭ ހިތްބުނަނީއެވެ. “މަންމާ.. ބައްޕާ.. އަޅުގަނޑަކީ ދުވަހަކުވެސް އަމިއްލަ ނަފްސައް ގެންލުން ދޭނެ މީހެއްނޫން.. މަންމަ މެން ކެއްތެރިވޭ އަޅުގަނޑުވެސް ކެއްތެރިވާނަން” އާތިފުގެ އަނގައިން ނިކުތް ކޮންމެ ބަހެއް އަމީނާގެ ހިތަށް ފިނިކަމެއް ގެނެސްދިން ކަހަލައެވެ.
އާތިފުއާއި ބައްދަލު ކުރުމައްފަހު އަމީނާމެން ވިލިގިއްޔަށް ދިޔައިރު ހަވީރުވާނެއެވެ. ގެއަށް ވަދެވުމަށްފަހު އަކުރުން އަކުރަށް އާތިފު ދެއްކި ވާހަކަތަށް މިފްޒާލަށް ކިޔާދޭން ޖެހުނެވެ. އަމޭލިއާވެސް އުންމީދުކުރަމުންއައީ އާދިއްތަ ދުވަހަށް އާތިފު ދޫކޮއްލާނެކަމުގައެވެ.
ދެދުވަސް ނިމި ދިޔައީ ގަރުނެއްގެ ފަހުންހެން ހީވާ ކަހަލައެވެ. އަމޭލިއާގެ ހިތް ތެޅެމުން ދިޔައީ ބާރަށެވެ. އަމޭލިއާ އާއި އަމީނާ ކޯޓު ބޭރުގައި މަޑުކޮއްލައިގެން ހުރީ އާތިފު ނިކުންނާނެ އިރަކަށެވެ. މިފްޒާލް ކޯޓު އެތެރޭގައި ވީއިރު އެތެރޭގައި ވަމުންދަނީ ކިހިނެއްކައް އެނގުމަށް އަމޭލިއާ އާއި އަމިނާ ބޭނުންވިއެވެ.
ދޮރުން ނިކުމެގެން އަންނަމުން ދިޔަ އާތިފު އާ ދިމާލަށް އަމިނާއާއި އަމޭލިއާއަށް ބަލާލެވުނީ އެއްފަހަރާއެވެ. އަމޭލިއާގެ ދެލޯ ބޮޑުވީ ބިޑި އަޅުވައިގެން ޖިޕައް އެރުވި އާތިފް ފެނިފައެވެ. އާތިފުގެ މޫނުމަތިން ފެންނަމުންދިޔައީ ހިތާމައެވެ. އަމީނާއާ ދިމާލަށް ބަލާލެވުނީ އަމީނާގެ ހާލު އިނގޭތީ ކަހަލައެވެ. އަމިނާގައިގަ ބައްދާލީ އަމިނާ އެކަމަށް ބޭނުން ވާނެކަން އަމޭލިއާއަށް ވިސްނޭތީއެވެ. އަމީނާގެ ގިސްލުމުގެ އަޑު ދިޔައި ގަދަވަމުންނެވެ.
“އަމީނާ” އަބްދުލް ރަހުމާނު އަމީނާގެ ބުރަކަށީގައި ފިރުމާލިއެވެ. “ވީ ކިހިނެއް ކަން ނޭނގެ.. ބަންދުގެ މުއްދަތު ދިހަ ދުވަހަށް ޖެހީ.. ދެން ލޯޔާރ އެއް ހޯދާނީ.. އެވެސް އެންމެ މޮޅު” އަމީނާއަށް ހިތަވަރު ދިނުމަށް ބަސްތަކަށް ބާރުލަމުން އަބްދުލް ރަހުމާނު ކިޔަމުންދިޔައެވެ.
……
އެތަކެއް މަސައްކަތަކަށް ފަހު ރަނގަޅު އުންމީދު ކުރެވޭ ލޯޔާރ އެއް ލުބުނީ މިފްޒާލުގެ އެހީއާ އެކުގައެވެ. އެކީ ކިޔަވަން އުޅުނު ގާތް ރައްޓެއްސެއްގެ ބޭބެ ލޯޔާރ އަކަށް ވުމުން މިފްޒާލު އުންމީދު އާވިއެވެ.
“އިބްރާހިމް އާތިފް ސަލާމަތްވާނެތޯ.. ” އަބްދުލް ރަހުމާނު ލޯޔަރ އިބްރާހިމް ކުރެން އެހީ އެކަމުގެ ޔަގީންކަން ބޭނުންވާތީއެވެ. “އަހަރެންނަށް ހަމަ ޔަގީން.. އާތިފުގެ ފައިލުގައި ވަނީ ހަމަ އާތިފު ބުނެފައިވާ ގޮތަށް.. އެހެން ވީމަ ދެން އަންނަ ކޯޓުމަރުހަލާއަކުން ނިމޭނެ މިކަން… ހިތްވަރުކުރަން ވާނެ.. އަހަރެން މިދެނީ ޔަގީންކަން.. ” މިފްޒާލުއާ ދިމާލަށް ބަލަން ހުރެ އިބްރާހިމް ވާހަކަ ދެއްކީ ޔަގީން ކުރާށޭ ބުނާފަދަ ގޮތަކަށެވެ. ކެފޭއިން ތިންމީހުން ނިކުތީ ރަނގަޅަށް މައްސަލައާއި ބެހޭގޮތުން ވާހަކަ ދެއްކުމައްފަހުގައެވެ. ހަތަރުދުވަސް ފަހުން އާތިފު ކޯޓަށް ގެންނާނެ ދުވަހެއްގެ އިންތިޒާރުގަ ހުރެއެވެ.
އަމީނާއާއި އަމޭލިއާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމެވެ. ނޫނީ އެއީ ދުނިޔެއަށް ދައްކަމުން ދާގޮތެވެ. އާތިފު ސަލާމަތްވާނެ ކަމުގެ ޔަގީންކަން ދިނުމުން އަމީނާވެސް ކުރިއާ ބަލާފަ ރަނގަޅެވެ. އެހެން ނަމަވެސް އަމީނާއަށް އަބަދުވެސް ކޮންމެވެސް ކަމެއް އުނދަގޫ ކުރެއެވެ. ހިތުގައި ވާ ނުތަނަވަސްކަން ބޮޑުވަމުން އަންނަނީ ކީއްވެކަން ނޭނގެއެވެ.
“އައްސަލާމް އަލައިކުމް… އަބްދުލް ރަހުމާނުތޯ.. މޯލްޑިވްސް ޕޮލިސް އިން އިނގޭތޯ” އަބްދުލް ރަހުމާނު ހަލޯއޭ ނުކިޔެނީސް އެކޮޅުން ޕޮލިހޭ ބުނުމުން އިށީދެގެން އިން ސޯފާއިން ތެދުވެވުނެވެ. އަބްދުލް ރަހުމާނުގެ މި އަމަލުން އަމިނާއާއި އަމޭލިއާ އަދި މިފްޒާލްވެސް ކަންބޮޑުވިއެވެ. “އާތިފް އަބްދުލް ރަހުމާނު ދައްޖެހި މަރުވި ހަބަރުދޭންވެގެން.. އޭޑީކޭ ހޮސްޕިޓަލުގައި އިނގޭތޯ އޮތީ.. އަވަހަށް ދުރުވުން އެދެން” އެކޮޅުން ކިޔާނެ އެއްޗެއް ކިޔައި ނިމުނު އިރުވެސް އަބްދުލް ރަހުމާނުގެ ކަންފަތުގައި ފޯނު އިނެވެ. “ބައްޕާ” މިފްޒާލު ތިން ހަތަރު ފަހަރު ގޮވުމުންވެސް އަބްދުލް ރަހުމާނަށް އަޑެއް ނީވުނެވެ. “ރަހުމާނޫ.. ކިހިނެއްވީތަ” އަމިނާއައިސް އަބްދުލް ރަހްމާހުގެ ގައިގަ ހިފާ ތަޅުވާލިއެވެ. ރުކެއް ކަނޑާލިހެން އަބްދުލް ރަހުމާނު ބިންމައްޗަށް ތިރިވީ ރޮމުންނެވެ. ގިސްލުމުގައި ވި ވޭނުން އަމިނާއަށް އެއްޗެއް ވިސްނުނު ކަހަލައެވެ. “އާތިފް.. މަގޭ އާތިފުއަށް ކިހިނެއްވީ” އަމީނާއަށް ރަނގަޅަށް ވާހަކަ ނުވެސް ދެއްކުނެވެ. “މަގޭ ދަރި ދަންޖެހުނީޔޯ.. އޭޑީކޭގަ.. މަގޭ ދަރި މަރުވީ އޯ.. ކާކު ގަބޫލު ކުރާނި” އަބްދުލް ރަހުމާނު ކިޔަމުން ދިޔަ ކޮންމެ އެއްޗަކީ ގެއަށް ޒަލްޒަލާއެއް ގަނުވި ކަމަކަށެވެ.
ހޮސްޕިޓަލުގައި ދެކޮޅަށް އަމޭލިއާ ހިނގާލަ ހިނގާލަ އިނީ އަމީނާއަށް ވީގޮތުގެ ހަބަރެއް ދިނުމަށް ޑޮކްޓަރު ނިކުންނާނެ އިރަކަށެވެ. އެހެން އިންނަ އިރުވެސް ލޮލުން ފައުބަމުންދާ ކަރުނަތިކިތައް އިރު އިރު ކޮޅާ ފޮހެލަނީ މަންމަ އައްޓަކާ ހިތްވަރުކުރުމަށެވެ.
…
އާތިފުގެ ފުރާނަނެތް މަސްގަނޑު ކުރިމަތީގައި ހުއްޓިލައިގެން ހުރި އިރު އަބްދުލް ރަހުމާނު ހުރީ ބަލަހައްޓައިގެންނެވެ. މިފްޒާލުގެ މޫނުމައްޗަށް ބަލާލި މީހަކަށް ދެނެގަންނަން ފަސޭހަ ވާނެއެވެ. އެމޫނުމަތިން އެ ފޮރުވަން މަސައްކަތް ކުރަމުންދާ ކަރުނަތަކާ ވޭނެއް ފާޅުވާން އެބަހުއްޓެވެ. “ދަންޖެހުނީއްޔޭ.. ތިތާގަ ކިހިނެއް ދަންޖެހޭނީ.. ކަލޭމެން މަގޭ ކޮއްކޮ ކޮންތާކު ގެންގުޅުނީ.. ބުނަން ތިމީހުން މަގޭ ކޮއްކޮ މަރާލީ… އޭނަ އެއީ މަރުވުން ކަހަލަ ކަމެއް ކުރާނެ މީހެއްނޫން” މިފްޒާލަށް ކުއްލިއަކަށް އެރި ބާރުން ކިޔަން ފެށިއެވެ. ޖަލުން މިންޖުވާން ގިނަ ދުވަސް ތަކެއް ނެތި އަމިއްލައަށް މަރުވާނެކަން އެއީ ބުއްދި ގަބޫލުކުރެވޭ ކަހަލަ ކަންތައްތަކެއް ނުނެވެ.
….
އާތިފުގެ މަރަކީ ގަބޫލު ކުރެވޭ މަރެއް ކަމުގައި އަމޭލިއާވެސް ގަބޫލެއް ނުކުރެވެ. އެކަމަކީ ޕޮލިހުން ކުރިކަމެކެވެ. މުޅިގެ އާތިފުއާއެކު މަރުވިކަހަލައެވެ. ގޭގައި އެއްވެސް ދިރުމެއް ނެތެވެ. މިފްޒާލުއާއި އަމޭލިއާގެ އާދޭހައެކު އަމީނާ ދިރި އުޅުން ކުރިއަށް ދެވޭތޯ ބެލިއެވެ. ދަރިންނައްޓަކައި ގުރުބާން ވާން އަމިނާ ތައްޔާރުވިއެވެ،
“މަންމާ.. އަޅުގަނޑު ކިޔަވަން ބޭރައް ދާން ބޭނުން.. އަޅުގަނޑު ކިޔަވާނީ ލޯވ..” ކާމޭޒު ދަށުގައި އަމޭލިއާ ބުނެލި ވާހަކައަކުން އަމީނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. “މަންމާ ޕްލީސް.. އަޅުގަނޑު ކިޔަވަން ބޭނުން.. ފޮނުވަދީބަލަ.. ބައްޕާ” އަމީނާގެ މޫނުގެ ކުލަވަރުން އެކަމަށް އެއްބަސް ނުވާނެ ކަން އެނގޭތީ އަމޭލިއާ އަބްދުލް ރަހުމާނު ކުރެން އާދޭސް ކުރިއެވެ. “މައްސަލަ އެއްނެތް.. އެކަމަކު އެންމެން މިފަހަރު ދާނީ.. ދަރިފުޅު ނިމެން ވާއިރަށް ގެވެސް ނިމިފަ ހުންނާނީ،… ދެން ވިޔަފާރީގެ ކަންތަކުގައި ބައްޕައަށް މިކޮޅަށް އާދެވޭނު.. ކީކޭ ދަރިފުޅު މިފްޒާލު ބުނަނީ” މިފްޒާލުއަށް ދޯދިނީ ދޮށީ ދަރީގެ ބަހެއް ނިންމި ބޮޑު ނިންމުނުގައި ބޭނުންވާތީއެވެ. “އަޅުގަނޑުވެސް އެއްބަސް.. އޭރުން މަންމަވެސް ހަމަޖެހޭނެއެއްނު ދޯ.. އަޅުގަނޑު އަބަދު މަންމަ ގޮވައިގެން އުޅެވޭނެއެއްނު” މިފްޒާލު އަމީނާގައިގަ ބައްދާލަމުން އެހެން ބުނީ އަމީނާ ހެއްވާލުމަށެވެ. އާތިފުގެ މަރަށް މަހެއް ވިއިރު އަމީނާގެ ތުންފަތް މަތިން ފެނުނު ފުރަތަމަ ހިނިތުންވުމުން ގެއަށް ދިރުންކޮޅެއް ގެނެސްދިން ކަހަލައެވެ.
……
މުޅި ހިސާބުގަނޑުގައި ވަނީ މީހުންނާއިގެން ފުރިފައެވެ. ކޮންމެ ދިމާލަކަށް ބަލާލިއަސް މީހުންގެ ބޮޑު ބައިގަނޑެއް ފެންނާނެއެވެ. ޗެކިން އޭރިއާއަށް މިސްރާބު ޖެހި އަމޭލިއާ ހުއްޓުނީ އިވުނު އަޑަކުންނެވެ. އެއަޑަކީ ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ އަޑެކެވެ. “ދަރިފުޅާ ރާސިލް.. އަވަސް ކޮއްބަލަ… މިހާ ދުވަސް ކޮއްފަ މާލެ އާދެވުމުންވެސް ބައްޕަ މެން ދުރުގަ ބައިތިއްބާފަ.. ” އަމޭލިއާއަށް ފަހަތަށް އެނބުރި ބަލާލެވުނީ އެމީހާ ފެނޭތޯއެވެ. އެހެން ނަމަވެސް ނުފެނުނެވެ. ރާސިލް… އެނަމަކީ ހިތުން ނުފޮހެލެވޭނެ ނަމެކެވެ. މާލެ އެންބުރި ދެން އަންނާނީ އެމީހުން ކިބައިން ބަދަލު ހިފުމަށެވެ. އަމޭލިއާ ހިތާ ހިތާ ކިޔާލިއެވެ.
ނުނިމޭ….
10 Comments!
Comments are closed.
I hope u guyxx will like this part tooo. Dhn bunelann othy stry feshuny eyy. Hope yu all will like it ??
Kamanaaa. Athif maraali ma v v dhera vehje. Ei me ge life gaa vx v important kuhjekeyyy..:'( any way stry hama v ryti♡♥♡♥
Alheyy. So sowiii saus ?? thi dhe kudhinnah dhigu umureh lahvashiii. Ameen. N thank u lov ❤️❤️❤️
Nice and v diffeerent story.. keep it up kamanaaaa
Awwn sithoo. Diffrnt eyy bunyma ?? thnk u much much ??
Eba ulhey kuda mistake eh…bappa ge namuga ehfaharu abdhul razzaagu anehfahru abdhul rahmaan eba indhey..kobaibaa rangalhu namaky…BTW stry hama v habeys…
Ya sama rahumaan ae rangalhu nann. So srryyy. Frnd ehga bappa ah rahzaagu kiyaa. A name abadhu rangalhu kuran jeheniii. Hehehh. Thnk u ??
varah reethi ?? waiting for the next part!
Thnk u ?
V reethi