“އަނެއްކާ އެބުނަނީ އެކަމުގެ ފަހަތުގައިވެސް އަހަރެންގެ ބައްޕަ ވެއޭތަ” ރާސިލް ބެންޗުގައި އިށީނީ ކޮޅަށް ހުންނާނެހާ ވަރެއް ނެތުމުންނެވެ. “ރާސިލް.. އަޅެ ބައްޕައާ ވާހަކަ ދައްކަންވީނު.. ފަހަރެއްގައި ހަމަ” ޔާމިން ވާހަކަ ދައްކަ ދައްކަ ހުއްޓާ ރާސިލް ތެދެވެ ހިނގައިގަތީ ހޮސްޕިޓަލްއިން ނުކުތުމަށެވެ. ޔާމިން ބޮލުގައި އަތްކާތާލީ އެންމެ ގާތް ރަހުމަތްތެރިޔާ އަތުންފައިން ގޯހެއް ހަދާފާނެތީއެވެ. ………… މެންދުރު ގަދަ ހޫނުދެމުންދިޔަ ވަގުތުގައި ރާސިލް ރާޅުގަނޑު ސަރަހައްދުގައި އިށީދެލައިގެން ހުރީ ދުނިޔެ މަތިން ފޫހިވެފައެވެ. މުޅިމީހާ ވަށާ […]
“އެކަމަކު އޭރުގަ އަހަރެންގެ ބައްޕައަކީ ޕޮލިހެއް…” ޔުމްނާގެ ގައިން ދޫކޮއްލުމައްފަހު ހުރި ތަނަށް ރާސިލް ތިރިވީ ބޮލުގެ އިސްތަށި ގަނޑުގައި ބާރަށް ހިފަހައްޓަމުންނެވެ. “ޔުމްނާ.. ރާސިލް ކިހިނެއްވީ” ޔާމިން ކޯރިޑޯގައި ހިނގަމުން ދަނިކޮށް ޔުމްނާ އަދި ރާސިލް ފެނި އެތަނަތް ގާތްވެލީ ކޮންމެވެސް ކަމެއް ވެގެން އުޅޭހެން ހީވުމުންނެވެ. “ޔުމްނާ.. ފްރެޝް ވައިކޮޅެއް ޖައްސާލަންވީނޫންތޯ… ރާސިލް.. ހިނގާ ދާން” ޔުންމާ އަށް ވެފައި އިން ގޮތުން ޔާމިން އެހެން ބުނެލީ ރާސިލްގެ އަތުގެ މުލައްދަނޑީގައި ހިފާ ނަގަމުންނެވެ. […]
“ރާސިލް ބޭނުންވާ އިރަށް ހަނދާން ނައްތާލެވޭނެތަ.. އަހަރެންގެ ވެސް ހިތެއް އޮވޭ.. ރާސިލްއަށް އެކަނިތަ ލޯބިވާންވެސް އެނގެނީ.. އަހަރެންނަށްވެސް ލޯބިވާން އެނގޭ..” ރާސިލްގެ ބުރަކަށީގައި ބައްދައިގަނެގެން އޮވެ އަމޭލިއާ ކިޔަމުން ދިޔައެވެ. ރާސިލްއަށް އަމޭލިއާގެ ދެއަތުގައި ހިފާލެވުނު އިރު ތުންފަތް މަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. ހަނދު ވަށައި ވާހާ ތަރިތައް ނިވި ދިއްލޭއިރު ހީވަނީ ކަމަކާ އުފާކުރާ ހެންނެވެ. ރާސިލްއާ ދާދި ގާތުގައި އަމޭލިއާ އިށީދެލައިގެން އިން އިރު ރާސިލްގެ އަތްވަނީ އަމޭލިއާ ވަށާލާފައެވެ. ރާސިލްގެ އެ […]
އަމޭލިއާއަށް އަމީނާ އާއި ދިމާލަށް ބަލާލެވުނީ އެއްބަސް ވާށޭ ބުނަމުންނެވެ. އެހެން ނަމަވެސް އަމީނާގެ ލޮލުން ފެންނަމުން ދިޔައީ މުޅިން އެހެން އެއްޗެކެވެ. އަމޭލިއާ އަށް ހިތް ދިރުވާލެވުނީ މިކުރެވުނީ ރަނގަޅު ކަމެއް ނޫނޭ ހިތާއެވެ. “އެމީ… މަންމަ ކިހާ ދިރަވާނެ” އަމީނާ ބާރުހިނގުމެއްގައި ދިޔަ ދިމާލަށް ބަލަން ހުރެ މިފްޒާލް ބުނެލިއެވެ. “ދޮންބެވެސްތަ… އަޅެ ކުޑޭ ދެރަނުވާނެތަ… ކީއްވެތަ،.. ކީއްވެތަ މަންމަމެން އެއްބަސް ނުވަނީ” އަމޭލިއާއަށް ވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އާތިފް މަތިން ހަނދާންވާ […]
“ތީ ތީ…… ” އަމޭލިއާގެ އަނގައިގަ ބަސް ތާށިވާކަހަލައެވެ. “ހޭ މޭން.. މިތާގަތަ.. ސަޅި އިނގޭ” ރާސިލްގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން މިފްޒާލް ބުންޏެވެ. ރާސިލް އަމޭލިއާ އާއި ދިމާލަށް ބަލާލީ އަމޭލިއާ އިން ގޮތުންނެވެ. އަމޭލިއާގެ މޫނަށް ބަލާލަމުން ރާސިލްއަށް ކުޑަކޮށް ހެވުނެވެ. “އަދި ރެސްޓު ބޭނުންވާނެ.. މިއަދު ރަނގަޅީއާ މާދަމާއަށް ދޫކޮއްލާނެ.. ޓޭކް ރެސްޓު” ރާސިލް ނިކުމެ ދިޔައީ އަމޭލިއާއަށް އެއްލޯ މަރާލަމުންނެވެ. އަމޭލިއާ އަދިވެސް އިނީ ލޮލުން ފެނުނު މަންޒަރު ގަބޫލު ކުރަން […]
މާޒިން އަމޭލިއާގެ ކޮނޑުގައި އަތްބާވާލީ ހިތްވަރު ދިނުމަށެވެ. އަދި ކޮންމެ ކަމެއްގައިވެސް އެކީގައި ވާނެކަމަށް ބުނަމުންނެވެ. ……….. ހޮޓެލް ޖެންގެ އެންމެ މަތީ ފަންގި ފިލާގައި އުބައިދު އާއި ދެތިން މީހުން ފިނިބުއިމެއް ބޯލުމުގައި ވަގުތު ހޭދަކުރަމުން ދިޔައީ ކަރުހިއްކުން ފިލުވާލުމަށެވެ. ފެންނަމުންދާ މަންޒަރަށް ގެއްލިފައި ތިބި ތިންމީހުންގެ ސިކުނޑިންވެސް ސިގްނަލް ދެމުން ދިޔައީ ފެންނަމުންދާ ރީތި ހަށިގަނޑުތަކުން އުފާހޯދުމަށެވެ. ސްވިމިން ސޫޓުގައި ގެސްޓުން ޕޫލްއަށް އެރި ސަކަރާތް ޖަހަމުން ދިޔައިރު ހަށިގަނޑުގެ ބޮޑުބައެއް ވަނީ ހާމައަށެވެ. […]
އެހެން ނަމަވެސް އަމޭލިއާއަށް ފެނުނީ ދުވަހަކު ފެންނާނެ ކަމަށް އުންމީދު ކުރި ސޫރައެއްނޫނެވެ. އެއީ ބިރުވެރި ސޫރައެކެވެ. ހިތުން ފިލައިގެން ނުދާނެ ސޫރައެކެވެ. “އުބައިދު” އަމޭލިއާއަށް އުބައިދުގެ ނަން ކިޔާލެވުނީ ވައި އަޑުންނެވެ. އޭރުވެސް އެ ދެލޮލުން ބިރުގެންފައި ވާވަރުހާމަވެއެވެ. “އަހަން ބޭބޭ.. ކޮން އިރަކު އައީ.. އަންނަކަން އެނގުނު ނަމަ ބަލާދިޔާމުސް” ރާސިލް އުބައިދު ފެނުމުން އަހާލިއެވެ. އަމޭލިއާ ލޯބިވާކަމަށް ކުރެވެނު ހީ އަކީ ކުންހީއެއްކަން މިހާރު ރާސިލް ގަބޫލު ކުރެއެވެ. އެހިތުގައި ރާސިލްއަށްޓަކައި ޖާގައެއް […]
“ހޭ ވައިފީ.. އަނެއްކާ މޮޔަވީތަ އަމިއްލަ އަމިއްލައަށް ތި އަނިޔާ ކުރަނީ” ރާސިލްގެ އަޑު އިވި އަމޭލިއާގެ ތުންފަތުގައިވީ ފުޅާހިނިތުންވުމެކެވެ. ފަސް އެނބުރި ބަލާލީ ރާސިލްއަށް ރައްދު ދިނުމަށެވެ. އެހެން ނަމަވެސް ފެނުނު މަންޒަރުން ފަހަތަށް ޖެހިލެވެނީ ހިތުގައި އަތް އަޅަމުންނެވެ. “ބޭބީ.. ސޮރީ.. ޕްލީޒް..ޕްލީޒް.. އައި ލަވް ޔޫ” ރާސިލްގެ ކަރުގައި އެލިގަނެގެން އޮވެ ނޫރާ ކިޔަމުންދިޔައެވެ. ރާސިލްއަށް ބަލާލެވުނީ ދުރުގައި ބަލަން އިން އަމޭލިއާއަށެވެ. އަމޭލިއާ ދެލޮލުން ފެންނަމުން ދިޔައީ ބަޔާން ކުރަން ދަތި […]
އަމޭލިއާ އިރުއިރު ކޮޅާ ފަހަތަށް ބަލާލަމުން ދިޔައީ ރާސިލް ފަހަތުން އާދޭތޯ ބެލުމަށެވެ. ރާސިލް ހުރުމުން ނޭނގޭ ސަބަބަކާ ހުރެ ރައްކާތެރިކަން އިހްސާސް ކުރެވެއެވެ. ގެއާ ހަމައަށް ފޯރިއިރުވެސް ވެހެމުންދިޔަ ވަރޭއަށް ބަދަލެއްނާދެއެވެ. އަމޭލިއާ ގެއަށް ވަންނަމުން ފަހު ފަހަރަށް ފަސް އެނބުރި ބަލާލިއެވެ. “ގުޑް ނައިޓް ވައިފީ” ރާސިލް އެއްލޯ މަރާލަމުން ހަނައަޅާލީ އަމޭލިއާއަށް ޖެއްސުން ކޮއްލުމަށެވެ. އަމޭލިއާ ތުންއަނބުރާލުމަށްފަހު އެތެރެއަށް ވަނީ ކުޑަކޮއް ދުވެލާފައެވެ. ރާސިލް ގެއަށް ވަނުމަށް މިސްރާބު ޖެހި އިރު އެތުންފަތް […]