Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ…

kamana
January 26, 2016
5 Mins Read
37 Comments

“ދަރިފުޅާ… އަދިވެސް ތެދުވަން ނުވަނީތަ.. މަންމަ ހިތައް”… “މަންމަ ހިތައްއަރާ އެލާމު ކުރަނީ ކީއްކުރަންބާއޭ.. ކޮންމެ ދުވަހަކު އެބަޖެހޭ ހޭލާށޭ ކިޔާ ގޮވަން.. ކިޔަވާ ނިމޭއިރުވެސް މިކުދިން ބޮޑެއްނުވާނޭ.. ބްލާ ބްލާ…. އޯ މަންމާ.. ކޮންމެ ދުވަހަކު މަންމަ ތިކިޔަނީ އެކެއްޗެކޭ.. މިހާރުވެސް މަންމަ ޕޭޕަރެއްދީބަލަ.. އަޅުގަނޑު ސަތޭކަ ހޯދާނެކަން ޔަގީން” ކޮޓަރީގެ ދޮރު ހުޅުވާލައިފައި ނިކުތް އަމޭލިޔާ އޭނާގެ މަންމަ ގައިގައި ބައްދާލަމުން ބުންޏެވެ. “އެމީ ތިހެން ކޮންމެ ދުވަހަކު މަންމަ ކިޔާ އެއްޗެއް ރިޕީޓު ކުރަމުން ދާއިރު އަޅެ އެ އެލާމު ގަނޑު ނިއްވާލިއްޔާ ކިހިނެއްވާނީ.. އެމީ ތި ފޯނުތަ އެލާމު އެވަނީ ނުނީ ބޮޑު ސޯނާ ގަޑިއެއްތައެއީ..” ޖެހިގެން އިން ކޮޓަރިން ނިކުންނަމުން އާތިފު އަމޭލިއާ ރުޅިއަރުވާލިއެވެ. އެއީ ކޮންމެ ދުވަހެއްގެ އާދައެވެ. މުޅި އާއިލާ ވޭތުކުރަމުން ދިޔައީ އުފާވެރި ދުވަސްތަކެކެވެ.

މާލެއަށް އުފަން އަބްދުލް ރަހުމާނު އޭނާގެ ކުޑަ އާއިލާ ގޮވައިގެން ކ.ވިލިގިލި އަށް ބަދަލުވީ ގެހަދަން ބަޔަކާ ހަވާލުކުރުމަށް ފަހުގައެވެ. އުމުރުން ސޯޅަ އަހަރުގައި އަމީނާ މަނިކު އާ ކައިވެނީގެ ގޮށް މަހާލެވިފައިވާއިރު އެގޮށަށް އިތުރު ވަރުގަދަ ކަމެއް ގެނެސް ދެމުން އައީ އެދެމަފިރިންގެ ބަގީޗާގައި ރަސްކަން ކުރަމުން އަންނަ ދެފިރިހެން ކުދިންނާ އަދި ރަނިކަން ކުރަމުން އަންނަ އަންހެން ދަރިއެވެ. އެންމެ ދޮށީ ދަރި ކަމުގައިވާ މިފްޒާލް މަތީތައުލީމު ހާސިލް ކުރުމަށް މަލޭޝިޔާގައި އުޅޭތާ މިހާރު އަށްއަހަރު ވެދާނެއެވެ. ދެން ހުރީ އާތިފް އެވެ. އާތިފުގެ އުމުރުން ނަވާރަ އަހަރުވެފައިވާއިރު މިފްޒާލުއަށްވުރެއް ހަގުވާނީ އެންމެ ތިންއަހަރެވެ. އަމިއްލަ މަސައްކަތުން އިތުރު ތައުލީމު ހާސިލު ކުރުމަށް އާތިފު ގްރޭޑް ބާރަ ނިންމި ގޮތަށް ވަނީ ޕްރައިވެޓް އޮފީހަކަށެވެ. އެންމެ ކުޑަކޮށް ހުންނަ އަމޭލިއާ ގިރާކުރަމުން ދަނީ ފުރަތަމަ ހަރުފަތެވެ.

ތިމާވެއްޓާ ރައްޓެހި ވިލިގިއްޔަކީ މާލެއަށްވުރެއް އެތައްގުނައެއް ހިތްގައިމު ތަނެކެވެ. ތިންކޮޓަރިއާ ގުޅިފައިވާ ބޮޑުސިޓިން ރޫމުފިޔަވައި ގޭގެ ތަނަވަސްކަން ދައްކައިދެމުން އައީ ގޭގަ އޮންނަ ބޮޑު ފެންޑާއެވެ. އެހެން ނަމަވަސް އެބޮޑު ފެންޑާވެފައިވަނީ އަމީނާއަށް ކުޑަ ތަންކޮޅަކަށެވެ. ރީތިގޮތަކަށް އަތުރާފައިވާ ޕޮޓުތަކުގައި އެކި ކުލަކުލައިގެ މާގަސް ހައްދާފައިވާއިރު ހަނދުވަރުގެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ދެފަރާތުން ޕޮޓްތައް އަތުރާލައިފައިވާއިރު ދެމީހަކަށް ހިނގޭގޮތަށް މަގެއް ހަދާފައިވަނީ ކަށިވެލިންނެވެ.

“ކޮބާ އެދެބެއިން.. އަދިވެސް މިހިސާބަށް ނުފޯރަނީތަ” އަމޭލިއާ އަދި އާތިފްގެ އިންތިޒާރުގައި އަބްދުލްރަހުމާނު އިރުއިރު ކޮޅާ ގަޑިއަށް ބަލާލައެވެ. “ދަރިފުޅުމެން ހާދަލަސްވީ.. ބައްޕަ އެހުންނެވީ ލަސްވެފަ.. އަވަހަށް އާދޭ.. އަމޭލިޔާވެސް ތަންކޮޅެއް އަވަސްކޮއްލިނަމަ.. އަބަދު ތެޅިފޮޅިގެން ތިދަނީ..” ހިރިޔާ ސްކޫލް ޔުނީފޯގައި ހުރި އަމޭލިއާ ފެނުމުން އަމީނާ ކުދި ކިޔާލިއެވެ. ވާނީވެސް އެހެނެއް ނޫންހެއްޔެވެ. ކޮންމެ ދުވަހަކު ތެޅިފޮޅިގެން ޓެސްޓަށް ދިޔުމަށްވުރެއް ހަމަޖެހިލައިގެން ދިޔުމުން މާހިތްހަމަޖެހޭނެއެވެ. “މަންމާ.. ކުޑޭ ދާނޭ އަޅުގަނޑު ލާދޭން.. ދޯ ދޯ” އަމޭލިއާ އާތިފުގެ ކޮނޑުގައި ކޮނޑުން ދެފަހަރު ޖަހާލަމުން ދޯދިނެވެ. އެހެން ނަމަވެސް އިސްޖަހާލަން ޖެހުނީ އަބްދުލްރަހުމާނުގެ ލޯއަމާޒުވިތަން ފެނިފައެވެ. “ސޮރީ ބައްޕާ” އަމޭލިއާ ލަދުގަތީ ބައްޕަ ހިތްހަމަ ނުޖެހޭކަހަލަ ކަމެއް ކުރެވުނީމައެވެ. “ދަރިފުޅާ ކާމޭޒުދޮށުގައި ރީތިކޮށް އުޅޭށޭ ކިތައް ދުވަހު ބުނިން.. ދެންވެސްދޭ އަވަހަށް.. އާތިފު އަމޭލިއާ ސްކޫލްއަށް ލާދީފަ ދޭ އޮފީހަށް.. އަމޭލިއާވެސް.. މިއަދު ފަހު އިމްތިހާނޭ ކިޔާ ނޫޅޭތި ގިނައިރުވަންދެން ބޭރުގަ.. ފަހެއް ޖަހާއިރު ޕޭޕަރު ނިމޭނެ.. ހައެއް ޖެހުމުގެ ކުރިން ގެއަށް ވަދެވެންވާނެ.. ލަސްވަންދެން އަންހެން ކުދިން ނުވާނެ ބޭރުގަ އުޅޭކަށް” ކޮންމެ ދުވަހެކޭ އެއްގޮތަށް އަބްދުލް ރަހުމާނު އޭނާގެ ދެދަރިންނަށް ވިސްނާދީ ނަސޭހަތް ދެމުންދިޔައެވެ. “ދަރިފުޅާ މިއޮތީ އައިޑީކާޑު.. ދަރިފުޅަށް ކާމިޔާބު ޓެސްޓަކަށް އެދެން” އަމީނާ އަމޭލިއާ އަތަށް އައިޑީކާޑު ލާދެމުން ބުނެލީ އަމޭލިއާގެ އައްސާލައިފައިވާ ފަން އިސްތަށި ގަނޑުގައި ފިރުމާލަމުންނެވެ.

“ކުޑޭ އެމީ ބަލާ އަންނަށްޗޭ އެގާރަ ޖަހާއިރު.. ފުރަތަމަ ޕޭޕަރު ނިމިގެން ޒީގޭގަ ހުންނާނީ.. އެކަންޔެއް ނުދެވޭނެއެއްނު” އާތިފުގެ ސައިކަލު ފަހަތު ސީޓުގައި އިށިންނަމުން އަމޭލިއާ އަވަސް އަވަހަށް ބުނެލީ އާތިފް އެކަނި ދާށޭ ބުނެފާނެތީއެވެ. “ސާބަސް ތިވަރު ނުވިޔަސް ދާނެމޭ.. އެކަމު ޝަރުތެއްގެ މަތިން.. ޒީއަށް ސަލާމް ބުނަންވާނެ.. އަދި އެއްވާހަކަ.. މޮކް އެގްޒާމްހާ ރިސަލްޓް ރަނގަޅުވާންވާނެ.. އޭރަށް ފޯނެއް ދޭނަން.. “ސައިކަލު ހިރިޔާ ކުރިމައްޗަށް މަޑުކުރުމުން ސައިކަލުން ފޭބި އަމޭލިއާ ހުރީ ކުޑަ ޝޮކެއްގައި ހުންނަ މީހަކު ހުރިހެނެވެ. “ތުއްތޫ އަހަރެންގެ ގައިގަ އަޅެ ވިކައިގަނެބަލަ” އަމޭލިއާއަށް ރަންގަޅަށް އެހެން ނުބުނެވި އުޅެނިކޮށް އާތިފު އަމޭލިއާގެ ދެކޮލުގައި ހިފައި ވިކައިގަތެވެ. “ކުޑޭ.. ތަދުވެއްޖެ.. އެނީވޭސް އައި ނޯ ތި ފޯން އަހަރެންނަށް ލިބޭނެކަން.. އެވަރުގެ ޔަގީންކަން އެމީއަށް އެބައޮތް.. އެން ޔާ.. އެމީ ބަލާ އައިސްފިއްޔާ ޒީއަށް ސަލާމް ބުނާނީ.. ދެން ދޭ.. ޓާޓާ..” އަމޭލިއާ އާތިފް އަވަހަށް ފޮނުވާލީ ޒީނާ އަންނަތަން ފެނުމުންނެވެ. އެދެމީހުން ވާހަކައިގައި ޖެހިއްޖެއްޔާ ޓެސްޓަށް ނުވަދެވޭނެކަމުގެ ޔަގީންކަން އަމޭލިއާއަށް އޮތެވެ.

******

މުޅި ހޯލު ފުރެންދެން ގޮނޑި ބަރި ޖަހާފައިވާއިރު އެންމެ ގޮނޑިއެއްވެސް ހުސްކޮށް ހުރިތަނެއް ނުފެނެއެވެ. ހުޅުވާލެވިފައިވާ ދޮރުތަކުން ވަންނަ މަދުވައި ފިޔަވައި ހޯލުތެރެއަށް ވާ ފިންޔެއް ނެތެވެ. ފަންކަލެއް ހުއްޓަސް ނެތޭ ބުންޔަސް ރަނގަޅުވާނެއެވެ. “ޓެސްޓު ނިމެން ފަސްމިނެޓްއަށް ވީ” ސްޓޭޖް ކައިރިން އެއް ޓީޗަރު ބުނި އަޑު އިވިފައި އެމޭލިއާގެ އަތް އަވަސް އަވަހަށް ހަރަކާތް ކޮއްލިއެވެ. ކަލްކިއުލޭޓަރުގެ ފިއްތަކަށް ފިއްތަންފެށީ ފަހުފަހަރަށް ހަދާފައިވާ ނަންބަރުތަށް ރަނގަޅުތޯ ބަލާލުމަށެވެ. ބެލްގެ ފަހު އަޑަށް ހުރިހާ ކުދިން ގަލަންތަށް ތިރިކުރުމަށް ޓީޗަރު އަމުރު ކުރިއެވެ. އަމޭލިއާ ގޮނޑީގައި ލެގިލާ ފުންނޭވާއެއް ދޫކޮއްލީ ހިތްހަމަޖެހިއްޖޭ ބުނާފަދައަކުންނެވެ.

“ހޫން ހޫން.. އަޅޭ.. ޒީ މަޑުކޮއްބަލަ.. ދެން މިތަނުން ނިކުމެވިދާނު.. އެންމެން އެއްފަހަރާ ދިޔަޔަސް އެދޮރަށް ނުފެތޭނެ” ޒީނާގެ އަތުގައި ހިފާ ދޮރާކައިރިއަށް އަމޭލިއާ ގެންދިޔައީ ހުރިހާ ކުދިން އެއްފަހަރާ ނިކުންނަން ދިމާ ކުރުމުންނެވެ. “މިވެސް މީހެއް.. ދެން ހިނގާބަލަ.. ދެން ހިނގާ ލޮލީ ބޯން.. ފަހު ޓެސްޓުވީމަ ލެޓްސް ސެލެބްރޭޓް..” ސްކޫލްއިން ބޭރަށް ނިކުމެވުމާއެކު ޒީނާ ހެނދުނުންސުރެން ކުރަން ބޭނުންވެފައިވާ ކަންތަކުގެ ވާހަކަ ކިޔަންފެށިއެވެ. “އާން ދެން ހިނގާ ދޯ.. ޒީ ވިއްޔާ” އަމޭލިއާވެސް ޒީނާއާ އެއްބައިވެލީ ފަހު އިމްތިހާނު ނިމުމުން އެކަމުގެ އުފާ ފާހަގަ ކުރުމަށެވެ.

“އޭ އޭ.. އެއޮތްދަނީ މާޒިންގެ ލޭލާ.. ހެހެހެހ ތިކަމެއް ނުވާނެ.. ދެން އޭނަ ނޭނގެ ފެންނާނެ ޒަމާނެއްވެސް” މާފަންނު މަދަރުސާ ކައިރީގައި ޔުނީފޯމުގައި ތިބި ފިރިހެން ގްރޫޕް ދިޔައީ މާޒިންއާ ދިމާކުރަމުންނެވެ.

މާޒިންއާ އަމޭލިއާ އެންމެ ފުރަތަމަ ބައްދަލުވީ ތިންއަހަރު ކުރިންނެވެ. ކޮންމެ ދުވަހަކު އަމޭލިއާ އެންމަގަކުން ހިނގައިފައި ދާތަން ބަލަން މާޒިން ހުންނަނީ އާށޯހުވެފައެވެ. މާޒިންގެ ހިތުގައި އަމޭލިއާއަށް ހާއްސަ މަގާމެއްދެވިފައިވާކަން ޔަގީންވީ އަމޭލިއާ އެމަގުން ބައްދަލުނުވުމުންނެވެ. ކޮންމެ ދުވަހަކު ސްކޫލު ނިމޭގަޑިއަށް އިންތިޒާރު ކުރެވެނީ މަޖީދީ މަގު ސަހަރާކައިރީގައި އިންނަ ލެކިއުޓް ގޯޅިގައެވެ. ދެމަހުގެ އިންތިޒާރަށް ފަހު މާޒިން ހިރިޔާ ކުރިމައްޗަށް ދާން ބޭނުންވީ އެތަނުން އަމޭލިޔާ ފެންނާނެކަމުގެ އުންމީދުގައެވެ. ދެދުވަސް ވަންދެން އިންތިޒާރު ކުރުމަށްފަހު އިންތިޒާރުގެ ނިމުން ކާމިޔާބު ވީ ތިންވަނަ ދުވަހުއެވެ. ރީތި ޒުވާން އަންހެނަކާއެކީ އަމޭލިއާ ސްކޫލްއިން ނިކުމެ މިސްރާބު ޖެހީ ވިލިގިލި ފެރީޓާމިންލައާ ދިމާލަށެވެ. އެދުވަސް އެއްކޮށް މާޒިން ޔުނީފޯމްގައި ހޭދަކުރީ އަމޭލިއާ އުޅޭތަނެއް ބެލުމަށެވެ.

“މާޒިން ބްރޯ ދެން ދޭބަލަ.. ތިހެން އުޅެނިކޮށް އޭނަ ގެއްލޭނީ.. ނަން އަހަން ދޭބަލަ.. ” މާޒިންގެ ބުރަކަށީގައި ޖަހާ ކޮއްޕާލަމުން ހުމެއިދު އެހެން ބުނީ އެނޫން ގޮތަކަށް މާޒިންއަށް އެކަމުގައި ކުރިއެރުން ނުލިބޭނެކަން އެނގުމުންނެވެ.

މަޑު ހިނގުމެއްގައި ދިޔަ އަމޭލިޔާއާ ޒީނާ ހުއްޓުނީ ފަހަތުން މިހަކު އެކްސްކިޔުސް ކިޔާލުމުންނެވެ. “ޔެސް” އަމޭލިޔާ ފަހަތް އެބުރި އެހެން ބުނީ އެކުއްޖެއް ގޮވީ ކީއްކުރަންތޯ ބެލުމަށެވެ. “މީ މީ.. މީ ތިކުއްޖާގެތަ.. ބިންމަތީގައި އިތޯ” ބިންމަތީގައި އޮތް ކަރުދާސްގަނޑެއް ނަގަމުން މާޒިން އަމޭލިއާއަށް ދިއްކޮއްލިއެވެ. “ނޫން.. ތޭންކްސް” އަމޭލިއާ އެހެން ބުނެ ފަހަތަށް އެބުރިލުމުން މާޒިން ބޮލުގައި ދެފަހަރު ޖަހާލިއެވެ. ” މީ.. އެކްސްކިޔުސް” މާޒިން ދެވަނަ ފަހަރަށް ކުރަން އައި މަސައްކަތް ކާމިޔާބުވޭތޯ އުޅުނެވެ. “އެމީ.. ހިނގާބަލަ.. އެއުޅެނީ ކޮންމެވެސް އުނދަގުލެއް ކުރަން” ޒީނާ އަމޭލިޔާ އަތުގައި ހިފާ ދަމަމުން ގެންދިޔައެވެ. “އެމީ” މާޒިން ހިތުގައި ފިރުމާލަމުން އަމޭލިއާގެ ނަން ކިޔާލީ ކާމިޔާބު ލިބުމުންނެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތުގައި މަގުމަތީގައި އެކި އުމުރުގެ ކުދިން އެކި ސަކަރާތުގައި ވަގުތު ގުނަމުންދިޔައެވެ. އޭގެތެރޭގައި ގިނައީ ސްކޫލް ކުދިންނެވެ. ފަހު އިމްތިހާނު ނިމުމުން ޔުނީފޯމްގައި ކުލަ އުނގުޅުމާ ފެންކުޅި ކުޅުމުގައި އުޅޭތަން ފެނެއެވެ.

“ކޮބާ ވިތަ.. މަށައް ޔަގީން ނުވިކަން” ހުމެއިދު އައިސް މާޒިން ކޮނޑުގައި އަތްބާވާލަމުން ބުނެލީ ވީގޮތް އޮޅުންފިލުވުމަށެވެ. މާޒިންގެ މޫނުގެ ކުލަވަރުން ކަންތައް ރަނގަޅުނޫންކަމަށް އެންމެން ނިންމިއެވެ. “އޯކޭވާނެ ބްރޯ.. އަދި އޭނަ ފެންނާނު” ހުމެއިދު މާޒިންގެ ކޮނޑުގައި ޖަހާލީ ހިތްވަރު ކުރާށޭ ބުނުމަށެވެ. އެހެން ނަމަވެސް އެންމެންނަށް އެއްފަހަރާ އޯ ކިޔާލެވުނީ މާޒިން އެމީ އޭ ބުނެލުމުންނެވެ. “ތިވެސް ކުރިއެރުމެއް” ހުމެއިދު މާޒިންއާ ސަލާމް ކުރަމުން ބުންޏެވެ.

އަމޭލިއާގެ ހިތްވަނީ ނުތަނަވަސްކަމުން ފުރިފައެވެ. މިހާރު އިރުއޮއްސިއްޖެއެވެ. ޒީނާގެ ވާހަކައިގައި ޖެހި ގަޑިދިޔަގޮތްވެސް އަމޭލިއާއަށް ރޭކާނުލިއެވެ. “ބައްޕަ ރުޅިދުރުވާފަ ހުންނާނީ.. މަންމާ ޕްލީސް ސޭވްމީ” އަމޭލިއާ ހިތާ ހިތާ ދުއާ ކޮއްލަމުން ދިޔައީ ބައްޕަ އަށް ފެނިދާނެތީއެވެ. ބައްޕައަކީ ގަވައިދެއް ގެންގުޅޭމީހެކެވެ. ފެރީއިން ފޭބުމާއެކު އަމޭލިއާ މިސްރާބު ޖެހީ އަވަސް އަވަހަށް ގެއަށް ދިޔުމަށެވެ. ދެފަރާތުން ގަސްތައް ފެންނަން ހުރުމުން އަމޭލިއާގެ ހިތުގައި ބިރުވެރިކަމުގެ ފުރަތަމަ އޮށް ފެޅިއެވެ. ކުޑޭއަށް ބަލާ ނާދެވުމުން ކުދި ކިޔާލެވުނެވެ. ކުރިމަތިން ހުރަސް ކުރި ޕޮލިސް ޖިޕް ފެނިފައި ހިނިތުންވެލެވުނެވެ. ރައްކާތެރިކަން އަމޭލިއާއަށް އިހްސާސްކުރެވުނެވެ.

ޓާމިނަލް އާ ފުދޭވަރަކަށް ދުރުގައި ގެ ހުރުމުން އަމޭލިއާ ފިޔަވަޅު އަޅަމުން ދިޔައީ ނުހަނު ބާރަށެވެ. ވާތް ފަރާތުގައި ގަސްބޯކަމުން އެދިމާލަށް ބަލާލެވެނީ ވައްކަޅިންނެވެ. އަމޭލިއާއަށް ފަހަތުން ބަޔަކު ހިނގައިފައި އަންނަ ކަމުގެ އިހްސާސް ވާތާ އިރުކޮޅެއް ވެދާނެއެވެ. އެހެން ނަމަވެސް ފަހަތުން މީހުން ހިނގައި އުޅޭނޭ ހިތަށް އަރުވައި އެކަމަށް އެހާ ސަމާލުކަމެއް ނުދީ ހުރީ މަގުމެދުގައި ހުރުމުންނެވެ. ފަހަތުން އަންނަ ބަޔެއް ކުރިއަށް ނާންނާތީ އަމޭލިއާގެ ހިތުގައި ވާ ބިރުވެރިކަމުގެ އޮށުގައި މޫލާން ފެށިއެވެ. ބާރަށް އަޅާ ކޮންމެ ފިޔަވަޅަކަށް ފަހަތުން އަންނަ ބައެއްވެސް ފިޔަވަޅުބާރުކުރާކަން އަމޭލިއާއަށް އިހްސާސް ވެއެވެ. ދެވޭ ނުދެވޭ ބަލާނުލާ އަމޭލިއާ ދުއްވައިގަތީ ސިކުނޑި އެކަމަށް ބާރުއެޅުމުންނެވެ. އެހެން ނަމަވެސް ދެވުނީ ވަކި ހިސާބަކަށެވެ. ބިންމައްޗަށް ވެއްޓިފައިވާ އަމޭލިއާ އިސްއުފުލާ ކުރިއަށް ބަލާލިއެވެ. ހަތަރު މީހުންގެ ހިޔަނި ފެންނަމުން ދިޔައީ ޖަނަވާރުތަކެއްގެ ސިފައިގައެވެ.

ނުނިމޭ…

36
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ހާދަ ލޯބިންނޭ… (8)

Next

އަހަރެން….

Next
January 27, 2016

އަހަރެން….

Previews
January 26, 2016

ހާދަ ލޯބިންނޭ… (8)

37 Comments

  1. kamana says:
    January 26, 2016 at 8:53 pm

    Guyxx first part. Hope u all will like it. Thnk u. ??

  2. Eekaa says:
    January 26, 2016 at 9:08 pm

    Masha Allah Varah rythi :* :* :* :* :*

    1. kamana says:
      January 27, 2016 at 8:49 am

      Thnk u eekaa ???

  3. shuhoo says:
    January 26, 2016 at 9:12 pm

    Vrh salhi ? hope to see the next part soon

    1. kamana says:
      January 27, 2016 at 8:49 am

      Thnk u shuhooo. Yes insha alllah ?

  4. Zaanaa says:
    January 26, 2016 at 9:28 pm

    Avahah next part up kohdeeba vvvv reethi story

    1. kamana says:
      January 27, 2016 at 8:50 am

      Thnk u zaanaaa. Iraadha kurehvihyaa avahah up kureveythoo balaanan ?

  5. Laala says:
    January 26, 2016 at 9:29 pm

    Masha allah….kamanaa…u r awesome ingey..waiting for next part…avahah upkohdhehchey

    1. kamana says:
      January 27, 2016 at 8:51 am

      Thnk u so much laalaa. Yes kohdheynan insha allah avas kohlaanan ingeyy. ?

  6. fahy says:
    January 26, 2016 at 9:49 pm

    V.vvvv rythi next part avahah up kohdhehchey

    1. kamana says:
      January 27, 2016 at 8:56 am

      Thnk u fahy. Yes acas kohdhehnan ingeyy

  7. elsa says:
    January 26, 2016 at 10:36 pm

    gnaviyani liyan jehey thanthaa yaa liyefa hury. eg. bunyeve. pls correct it. good luck buddy… love your stories

    1. kamana says:
      January 27, 2016 at 8:58 am

      Elsa thy haadha udhagoo akurekeyy dhw. Hehw anywayx thnk u so much. Rangalhukohlaifinn ingeyyy. Thnk u so much ???

  8. shau says:
    January 26, 2016 at 10:51 pm

    Nice…waiting for the nxt prt..mi stry v v v v v v v v nice vaanekamah hykurann…all the best kamana

    1. kamana says:
      January 27, 2016 at 8:59 am

      Thnk u so much. Rythivaane kamah unmeedhu kuran. U readers will decide ehnu dhw. Thnk u ??

  9. misty says:
    January 26, 2016 at 11:40 pm

    “Dhn inny aathifeve” firihenun nueh innane.. Frihenun hunaany.. BTW vaahaka varah salhi.. Whn nxt prt? Avahah up koh dhechey kamana

    1. kamana says:
      January 27, 2016 at 9:03 am

      Thnk u misty. Rangalhu kohlaifin ingeyy. Hehehh. Avahah up kohdheveythoo balaanan ingeyy. thnk u ??

  10. Thoo says:
    January 27, 2016 at 2:06 am

    Nice…. Whn nxt prt? Im waiting for the next prt.

    1. kamana says:
      January 27, 2016 at 9:04 am

      Thnk u thoo avahah up kodheveythoo balaanan ingeyy ??

  11. Eeamy says:
    January 27, 2016 at 2:46 pm

    Alhe kahmaa haadha Salhi ey.. Ohh sry but okeii the ee kahma kiyas???btw story is just awesome….. I love it kahmaa ???bye love yaa tc good luck ???

    1. kamana says:
      January 27, 2016 at 2:58 pm

      Yes eemyyy. ?? yu can. Thnk u so much lov. Btw i like the name. ??????

  12. shahaa says:
    January 27, 2016 at 2:52 pm

    Kamana aa frnd vaan beynun

    1. kamana says:
      January 27, 2016 at 3:10 pm

      Yes shahaa. Letx be frndxx ????

  13. mine says:
    January 27, 2016 at 3:16 pm

    Nice story thanks kamanaa

    1. kamana says:
      January 27, 2016 at 3:41 pm

      Thnkx mine ??

  14. shahaa says:
    January 27, 2016 at 3:36 pm

    Thanks…bt hw?

  15. shahaa says:
    January 27, 2016 at 3:37 pm

    Thanks…bt hw can we tok?

  16. kamana says:
    January 27, 2016 at 3:44 pm

    Shahaa whts yur fb id.

  17. shahaa says:
    January 27, 2016 at 3:55 pm

    Heehe we cant tok in fb …cox my pass handhaan nethigen mi ulheny..plus e nun gothakah tok eh nukureveyne tha

  18. kamana says:
    January 27, 2016 at 4:00 pm

    Phn numbr laan vytha. Avahah nagahcheyy

  19. shahaa says:
    January 27, 2016 at 4:03 pm

    Hmmm

  20. kamana says:
    January 27, 2016 at 4:08 pm

    Libihje dhw.

  21. shahaa says:
    January 27, 2016 at 4:08 pm

    No

  22. shahaa says:
    January 27, 2016 at 4:09 pm

    No onece again

  23. shahaa says:
    January 27, 2016 at 4:11 pm

    Ok

  24. faathun says:
    January 27, 2016 at 5:11 pm

    V v nice keep it up

    1. kamana says:
      January 27, 2016 at 5:31 pm

      Thnk u faathun ??

Comments are closed.

All Right Reserved!