Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 7..

kamana Level 310 Stories500 Comments100 Comments
February 7, 2016 4 Mins Read
11 Comments

“ޒީ ބުނީ… ޒީ އާ ދިމާވި މީގެ ތިން އަހަރު ކުރިން.. ބުނި އެމީ ކިޔަވަން ދިޔަ ވާހަކަ… ވަރަށް ފަހުންދޯ ތިއައީ” މާޒިންގެ ޖަވާބު އިވި ޒީނާ ދެލޯ ބޮޑުވިއެވެ. މާޒިން ކައިރީގައި އަމޭލިއާގެ ވާހަކަ ޒީނާއެއް ނުބުނެއެވެ. މާޒިން އަމޭލިއާ އަ ދޭތެރޭ ދެކޭގޮތް ޒީނާއަށް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ވަނީ އެނގިފައެވެ. އެކަން ސިއްރު ކޮއް ދޮގުހެދުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ޒީނާގެ ހިތުގައި ސުވާލު ފުންޔެއް ބޮޑުވި ކަހަލައެވެ.

…….

މަގްރިބު ނަމާދަށް ތައްޔާރުވެގެން އިން ނާސިރާ ސިއްސައިގެން ދިޔައީ ގޭދޮރު ޖެހުނު އަޑަށެވެ. އަޅައިގެން އިން ދޮޅި ހެޔޮވަރު ކޮއްލުމަށްފަހު ކޮޓަރީ ދޮރު ހުޅުވާލީ ވެގެން އުޅޭގޮތެއް ބެލުމަށެވެ. “ދަރިފުޅާ ރާސިލް.. ކިހި” ނާސިރާއަށް ސަމާލު ކަމެއްނުދީ ރާސިލު ދިޔަ ބާރުމިނުގައި ގޮސް ކޮޓަރިއަށްވަނީ ނާސިރާއާ ރީތިކޮއް ވާހަކަ ނުދެއްކޭނެކަން އެނގޭތީއެވެ. “ދަރިފުޅާ ރިއުފާ.. ދޮންބެއަށް ކިހިނެއްތަ ވެފަ އެހުންނަނީ މިހާރު.. ދަރިފުޅު ކީއްކުރީ ދޮންބެއަށް” ރާސިލުގެ އެއަމަލުން ނާސިރާއަށް ގަބޫލު ކުރެވުނީ އެއީ ރިއުފާގެ ސަބަބުންވީ ކަމެއް ކަމުގައެވެ. “އައްދޯއި މަންމާ.. އެއީ އަޅުގަނޑު ކުރި ކަމެއް ނޫނޭ.. އެއްކަލަ ކުރިމަތީގޭ އުޅޭ އަންހެން ކުއްޖާއާ ދިމާވެގެން ކުޑަ އެކްސިޑެންޓްއެއް ހިނގީއޭ.. އޭނަ އަތުގައި އޮތް އައިސްކުރީމް ދޮންބެ ޓީޝާޓްއަށް އެރީ.. ދެން އެއީ އަޅުގަނޑު ކުރާނެކަމެއްތަ” ރިއުފާގެ އެއް ކަންފަތުގައި ހިފައިގެން ހުރި ނާސިރާ ހިނިގަނޑެއް ޖަހާލުމަށްމަފު ކޮޓަރިއަށް ވަނީ ރިއުފާ ކައިރީގައި ނަމާދު ކުރުމަށް ބުނަމުންނެވެ.

ކޮޓަރީގައި ދިއްލާފައިވާ ފެހި ކުލައިގެ ލައިޓު ނިއްވާލުމައްފަހު ހުދު ކުލައިގެ ލައިޓު ޖައްސާލީ ލައިގެން ހުރި އެއްޗެހި ބަދަލު ކުރުމަށެވެ. އޭރުވެސް ރާސިލް އަމޭލިއާ އާއި ދިމާލަށް ކުދިކިޔަމުން ދެއެވެ. ގައިގަވާ ޓީސާޓު ބޭލުމައްފަހު ދާވަށި ގަނޑަށް ހޫރާލީ އަމޭލިއާގެ މޫނު ސިފަކުރަމުންނެވެ. ފާހަނައާ ދިމާލަށް ދިޔަ ރާސިލް ސިހުނީ ފަހަތުން މީހަކު ބައްދައި ގަތުމުންނެވެ. “ހޭ ބޭބީ.. ކިހިނެއްވެފަ… ކިހާއިރެއް މިތާ ހުންނަތާ.. ހަމަ ނޭނގެނީދޯ.. ކޮންކަމަކާ ފުއްޕާފަ ތީނީ.. އޯން. އައި މިސްޑް ޔޫ” ރާސިލްގެ ބުރަކަށީގައި ބައްދައި ގަނެގެން ބޮސްދެމުން ދިޔަ ނޫރާގެ އަޑުގައިވަނީ މަސްތީކަމެވެ. “ޕްލީސް” ރާސިލް ހަމަޖެން މަސައްކަތް ކުރަމުން ނޫރާގެ ދެއަތް ނައްޓުވާލީ އެއަމަލު ހުއްޓުވުމުގެ ބޭނުމުގައެވެ.

“އޯ ކަމްއޯން… ރާސިލް އެއްވެސް އެއްޗެއް ފީލް ނުވަނީތަ.. އެހެން ނޫނަސް ސޫން ޔޫއާރ ގޮނަބީ މައިން. ދެން ކޮންކަމަކާތަ ތި ހާސްވަނީ.. މަންމައަށް ވެސް އެނގޭނެ އަހަރެން މިތާ އިންކަން.. ލެޓްސް ޓްރައި ވަންސް ބޭބީ” ރާސިލްގެ މޭމަތީގައި ބޮސްދެމުންދިޔަ ނޫރާގެ ދެއަތުގައި ރާސިލް ހިފީ ރުޅިއައިސް ހުރެއެވެ. “ނިކުމޭ… ނައު” ހަރުކަށި އެއަޑުން ރާސިލު އަމަރުކޮއްލީ އައިސްފައިވާ ރުޅިންނެވެ. ނޫރާއަށް އިތުރު ކުރިއެރުމެއް ނުލިބޭނެކަން އެނގުމުން ކޮޓަރިން ނިކުތީ ތުންއަބުރަމުންނެވެ.

“ނޫރާ ދައްތާ.. ދަނީތަ” ނޫރާ ސިޓިން ރޫމް ހުރަސް ކުރިތަން ފެނި ރިއުފާ އަހާލީއެވެ. “ނޭނގެ މަށަކަށް.. ވަރަށް ފޫހިވޭ” ނޫރާ ރުޅިގަނޑު ބޭލީ ފެންފުޅިއެއް ހިފައިގެން އިން ރިއުފާއަށެވެ. ނޫރާ ދިޔުމުން ރިއުފާ ދެކޮނޑު އަރުވާލީ ބޯ ތަޅުވަމުންނެވެ.

ރާސިލްއާއި ނޫރާގެ އެންމެ ދުރަތަމަ ބައްދަލުވާން މެދުވެރިވީ ކޮރެއާގައި ބޭއްވި ފެއާއެއްގެ ސަބަބުންނެވެ. ކޮރެއާގެ ޔުނިވާރސިޓީގައި ކިޔަވަމުންދިޔަ ނޫރާ އާއި ރާސިލްގެ ގުޅުން ފެށިގެން އައި އެ ފެއާގެ ސަބަބުންނެވެ. ރައްޓެހިންގެ ގޮތުގައި ދުވަސްތައް ވޭތުވެ ލޯބިވެރިންގެ ގޮތުގައި ތިބެ ރާއްޖެއައީ ދެމީހުން އެކީގައެވެ. ނޫރާއަކީ މަހުމޫދުގެ އެންމެގާތް ރަހުމަތްތެރިޔާރު ދަރިއެއްކަމުން އެގުޅުންވީ ދެއާއިލާވެސް ރުހޭ ގުޅުމަކަށެވެ. އެހެން ނަމަވެސް ނޫރާގެ ހުންނަ ހުޅުނގުގެ ގޮތް ގަނޑުގެ ސަބަބުން ނާސިރާ ހިތްހަމަ ނުޖެހުނަސް އެކަމާ ދޭތެރޭ އެއްޗެކޭ ނުބުނަނީ ރާސިލްގެ ހޮވުމަކަށްވާތީއެވެ.

………….

މާލޭ މަގުމަތީގައި ދިއްލާފައިވާ ލައިޓު ތަކުން މުޅި މާލެ ވަނީ އަލިކޮއްލާފައެވެ. އެކީގައި ހިގައިފައި ދިޔަ އަމޭލިއާ މާޒިން އަދި ޒީނާގެ އަނގަ ނުހުއްޓެއެވެ. ވާހަކައަކަށް ފަހު ވާހަކައެއް ދައްކަމުން ދިޔައީ ޒަމާންތަކަކައްފަހު ބައްދަލުވި ތިން ރައްޓެހިން ހެނެވެ. “ޒީ.. ދަނީ.. އިޝާ ނަމާދައް ގޮވަން އެއުޅެނީ.. މާޒިން ދަނީއޭ.. އަދި ބައްދަލު ވާނު” މާޒިންއާ ސަލާމު ކޮއްލަން ދިއްކޮއްލާފައިވާ އަތުގައި މާޒިން ހިފީ ހިނިތުންވެ ހުރެއެވެ. އަމޭލިއާގެ މަޑު ކަފަ ކޮޅެއްކަހަލަ އަތުގައި ހިފުމައްފަހު ދޫކޮއްލަން ނޭނގި އިނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. “އަމްމް.. މާޒިން.. ދަނީ..” އަމޭލިއާ އަތް މަޑުމަޑުން ދަމައި ގަންނަމުން އެހެން ބުނީ އަޅައިގަންނަމުންނެވެ. މާޒިން އަވަސް އަވަހަށް އަމޭލިއާގެ އަތުން ދޫކޮއްލީ ޒިނާއާ ދިމާލަށް ބަލާލަމުންނެވެ. މާޒިންގެ ދެއަތް ދެއަތާ އުނގުޅާލީ އަތް ފިނިކަމުންނެވެ. “ސާބަސް..” ޒީނާ ހެމުން އެހެން ބުނީ އަމޭލިއާ ގެއަށް ވަތްކަން އެނގުމުންނެވެ. “ހިހިހި.. ހިނގާ ދާން.. އަނގަ ގަދަ ނުވެ” މާޒިން ހިނިގަޑެއް ޖަހާލުމައްފަހު ކުރިއަށް ހިނގައި ގަތީ ޒީނާ ގެއަށް ލާދިނުމަށެވެ.

………..

ރީތި ބަގީޗާއެއްގައި ދުވަމުން ދިޔަ އަމޭލިއާ ހުއްޓުނީ ކުރިމަތިން ދިޔަ ބޮޑު ކޮކާ ފެނިފައެވެ. ކޮކާ ފަހަތުން ދުވަމުން ދިޔައީ އެއަތުވޭތޯއެވެ. އަމޭލިއާ ވަރުގެ ބޮޑު މަލަކަށް ތިރިވެ އިން ކޮކާ ހިފުމައް އަމޭލިއާ ކޮރެލީ މަޑުމަޑުންނެވެ. އެހެން ނަމަވެސް ކޮކާލުގެ ނިގޫކޮޅުން ރޫސްލާފައި ނިކުތް ދިޔާއެއްޗެހި ގޮސް ޖެހުނީ އަމޭލިއާގެ ލޮލަށެވެ. “އައްޗި.. އައްޗި” ދެލޯ ފޮހެމުން އަމޭލިއާ ބުރަކަށި ހިއްލާލީ ކުއްލިއަކަށެވެ. “މަންމާ… އަޅޭ.. އެވެސް އައިސްފެންތަ” އަމީނާގެ އަތުގައިވާ ފެންތައްޓައް ބަލާލަމުން އަމޭލިއާ ބޮޑާ ހާކާލިއެވެ. “އެހެންނޭ ވާނީ.. މިހާރު ކޮން އިރެއް ގޮވާތާ.. ދެންވެސް ތެދުވެބަލަ.. ހަތްގަޑި ބައިވަނީ އެއޮތް… މިއަދުމީ އޮފީހައް ނިކުންނަން ޖެހޭދުވަހެއްނު.. ފުރަތަމަ ދުވަހުވެސް ގަޑި ޖެހެންތަ ދަރިފުޅު ބޭނުމީ” އަމީނާ އަތުގައިވާ ގަޑިއަށް އިޝާރާތް ކޮއްލަމުން ބުނެލީ އަމޭލިއާ ރަނގަޅަށް ހޭލެއްވުމަށެވެ. “އޯ ނޯ.. މަންމަ ކީއްވެތަ ނުގޮވީ.. ގަޑި ޖެހެނީ” އަމޭލީ ދުވެ ގޮސް ވަނީ ފަހަނައަށެވެ.

މޭޒުމަތި ފަޅުފިލުވާލަ ދީފައިވަނީ އެކި ވައްތަރު ވައްތަރުގެ ހެދިކާއިންނެވެ. އަމޭލިއާ ދުވެގޮސް ކިރުތަޓެއް އެޅީ އެބޮއިލައިގެން އަވަހަށް ދިޔުމަށެވެ. އަމޭލިއާގެ އެ އަމަލަން އަބްދުލްރަހުމާނުގެ މޫނުމަތީގައި ވަނި ނުރުހުންވުމެވެ. “އެމީ… އިށީދެބަލަ.. އަދި ވަގުތު އެބައޮތޭ” މިފްޒާލް ލޮލުން އަބްދުލްރަހުމާނު ދެއްކުމައްފަހު އަމޭލިއަ ގޮނޑީގައި ބޭއްދީ ގަޑި ދެއްކުމައްފަހުގައެވެ. އޭރު ގަޑީން ހަތްގަނޑި ބައިވަނީއެވެ. “މަންމާ” ދަތައް ބާރުލަމުން އަމޭލިއާ އެހެން ބުނީ އަމިނާއަށް ބަލާލަމުންނެވެ. އޭރު އަމީނާގެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. “ދަރިފުޅުމެންނަށް ރީތި އާދަތައް ކިތެއްމެ ވަރަކަށް ދަސްކޮއްދިނަސް ދަސްވާނެ ހެނެއް ހީނުވޭ.. މިފްޒާލު އަމޭލިއާ އޮފީހައް ލައިދީފަ ދޭ އޮފީހައް.. އަމޭލިއާވެސް އަވަސްކުރޭ.. ގަޑީގެ ތަންއޮއްވައި ހުރިހާ ކަމެއް ކުރާނަމަ ނުވާނެ ތިހެނެއްވެސް” އަބްދުލްރަހުމާނުގެ ނަސޭހަތުގެ ބަސްތައް އަޑުއަހައި އަމޭލިއާ ތުންފިއްތާލީ އަމިނާއަށް ބަލާލަމުންނެވެ. އޭރު މިފްޒާލާއި އަމީނާ އެކަކު އަނެކަކަށް ބަލާލުމަށްފަހު ހީލީ އަމޭލިއާ ރުޅިއަރުވާލުމަށެވެ.

ފެހިކުލައިގެ އަބާޔާ ހެދުމެއްގައި ފިޔާތޮށި ކުލައިން ޑިޒައިން ކޮއްފައިވާއިރު އަމޭލިއާގެ ގައިގަ ހެދުން ނުޖެހެއެވެ. އަޅާފައިވާ ފިޔާތިށި ޝޯލްއިން އަމޭލިއާގެ ދޮން މޫނު އިތުރައް ފުރިހަމަ ކޮއްދީފައި ވެއެވެ. އަމޭލިއާ ގޭ ދޮރާށި ކައިރީގައި މަޑުކޮއްލައިގެން އިނީ މިފްޒާލު އަންނަންދެކަށެވެ.

“ހޭ ވޯކިން އެކްސިޑެންޓް.. މިއޮތް ހެދުނާ ކާކަށް އުދަގޫ ކުރަން ހޭލާ ތިއުޅެނީ” އަތްދަބަސް ކޮޑު އަޅުވައިގެން އިން އަމޭލިއާ ފެނި ރާސިލް އަށް މަޑުން ނުހުރެވުނެވެ. އަމޭލިއާ އަޑު އިވޭކަމައްވެސް ހަދާނުލީ ރާސިލްގެ ސަބަބުން ދުވަސް ހަރާބުވާން ބޭނުން ނުވާތީއެވެ. “ހަމަ ވާހަކަ ނުދައްކާނަންތަ.. އޮފީހަށް ލާދޭންވިތަ” ރާސިލް އެއްމިޔަނަކުން ހީލަމުން އެހެން ބުނީ ސައިކަލު އަމޭލިއާ ކުރިމައްޗަށް މަޑުކޮއްލަމުންނެވެ. “ހޭ މޭން.. ސޮރީ ކުރިން ދުވަހު ވީ ކަންތަކާ.” މިފްޒާލް ސައިކަލު މަޑުކޮއްލުމައްފަހު ރާސިލް ކިބައިން މާފައް އެދުނީ ދެރަވެ ހުރެއެވެ. “އިޓްސް އޯކޭ.. ބައެއް މީހުންގެ ލޮލުގެ މައްސަލަ އުޅެނީ” ރާސިލް އެހެން ބުނީ އަމޭލިއާ ދެރަކޮއްލުމަށެވެ. ” އައްޗި.. އަހަރެން ލޮލު މައްސަލަ ހުންނަނަމަ ތިކަހަލަ އައިނެއް އަޅައިގެން ހުންނާނީ އަހަރެން.. ތި މީހާއެއްނޫން” އަމޭލިއާ ރާސިލްއާ ދިމާލައް އިނދިލި ދިއްކޮއް އެހެން ބުނުމައްފަހު މިފަޒާލް ސައިކަލު ފަހަތައް އެރީ ތުންފަތައް ވައްތަރުޖައްސަމުންނެވެ. އަމޭލިއާގެ އެ އަމަލުން ރާސިލްގެ ލޭ ކެކިގަތް ކަހަލައެވެ. ސައިކަލު ސްޓާޓް ކޮއްލީ ލޮލުގެ އެންމެ ހިމަ ކޮޅުން ބަލާލަމުންނެވެ.

ކުރިމަތިން ފެންނަމުންދިޔަ ބޮޑު ބިލްޑިންގ އަށް ބަލަހައްތައިގެން އަމޭލިއާ އިނީ ހިތް އަވަސްވެހުރެއެވެ. “ޖުޑީސިއަލް.. ފައިނަލީ.. ގުޑްލަކް އެމީ..” މިފްޒާލް އަމޭލިއާ ކޮޑުގައި ކުޑަކޮއް ޖަހާލުމައްފަހު ހިއްވަރު ލައިދިނީ އަމޭލިއާ ހިއްވަރާ އެކު ކުރި މަސައްކަތުގެ އަގު ވަޒަން ކުރެވޭތީއެވެ. އަމޭލިއާ މިފްޒާލްއަށް ހިނިތުން ވުމެއް ރައްދު ކުރުމައްފަހު ކުރިއަށް ހިނގައިގަތީ ހިތްވަރާއެކުއެވެ.

އަމޭލިއާ ދިޔުމަށް އަންގާފައިވާ ފަންގިފިލާއަށް އެރުމައްފަހު ދޮރު ހުޅުވާލީ އުންމީދާ އެކުއެވެ. އެހެން ނަމަވެސް ކުރިމަތިން ފެންނަން ހުރި މީހާ ފެނި ސިހުނީ ހަގީގަތެއްބާއޭ ހިތައް އަރަމުންނެވެ. ހިނިތުންވާ ނޭނގި އިން އަމޭލިއާ ފަހަތައް ޖެހެވުނީ ކުރިއަށް ހިނގައިފައި އަންނަ ޒުވާނާ ފެނިއެވެ.

ނުނިމޭ….

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ކަޅު ސަފުހާ – 6

Next

ހިތް އެދެނީ 3

Next
February 7, 2016

ހިތް އެދެނީ 3

Previews
February 6, 2016

ކަޅު ސަފުހާ – 6

11 Comments!

  1. shahaa says:
    February 7, 2016 at 7:22 pm

    Yeyyyy im first…..vvvv nyccc???

  2. kamana says:
    February 7, 2016 at 7:22 pm

    Guyxx i knw this part is short. Sorry for tht ?? dhn inna part dhigu kohdheveythoo balaanan ingeyy. Still hope u guy v will enjoy this part. Thnk u guyxx. And lov yu all for supprtn. ??

  3. lam says:
    February 7, 2016 at 7:52 pm

    V nice. Kn irakn next part

  4. Ily says:
    February 7, 2016 at 8:58 pm

    Waiting for the next part….

  5. munee says:
    February 7, 2016 at 9:11 pm

    vv nice kn irakun next part and waitin.. .

  6. Faathun says:
    February 7, 2016 at 11:43 pm

    Haadha kurey? when is the next part?

  7. aish says:
    February 8, 2016 at 8:48 am

    heevanee e anna meehakee raasil hen

  8. aish says:
    February 8, 2016 at 1:51 pm

    Ameylia ge athuga hify but dhookohlany nooraa athun… what is this..???

  9. Ily says:
    February 8, 2016 at 8:55 pm

    Alhe hadha lahakunney vahaka up kirane…
    Avahah vahaka up kohladhebala…

  10. Amin says:
    February 9, 2016 at 12:24 pm

    Alhey konirakuntha vahaka upload kuranee

  11. shim says:
    March 7, 2016 at 11:47 am

    loabi hama..next part up kollaba avahah..

Comments are closed.


All Right Reserved!