މިގޮތަށް ނުކައި އަހަރެން ހުރީ ކިތައް ދުވަހުއެވެ. އެގާރަ އަހަރުން ފައްޓައިގެން މިކަނީ އަމިއްލައަށް ކައްކައިގެންނެވެ. އެކަމަކު މަންމަގެ ހުންނަނީ އެންމެ ކުއްޖެއް ހެއްޔެވެ. އަހަރެންނަކީ މަންމަގެ ދަރިއެއް ނޫންހެއްޔެވެ. ދުވާލު އިރުއެރުމާއެކު އަހަރެން ތާވަލާ އެއްގޮތަށް މަސައްކަތް ފެއްޓީމެވެ. ހަމަ އެކަނި ކިރުތައްޓެއް ބޮއެގެން ހުރުމުން ގައިގެ ހަކަތަ ހުސްވަމުން ދާހެންވެސް ހީވެއެވެ. މެންދުރު ކައްކާ ނިމުނު އިރު 12 ޖަހައިފިޔެއެވެ. އަހަރެން ބަނޑުހައިވެފަ ހުރިވަރުން އަވަހަށް ކެއީ ހޭނެތިގެން ވެއްޓިދާނެތީއެވެ. “މަންމާ” މަންމައަށް ގޮވަމުން […]
“މި ނުލެވޭނެ ޖިއާ އަކަށް.. އޭނަ ލާންޖެހޭ އެއްޗެހި އިތުރު މީހަކަށް ނޭނގޭނެ” މަންމަ ދިޔަގޮތަށް ގޮސް ހެނދުން މެދުން ކޮށާލީ އަހަރެންގެ ލޮލުގެ ކުރިމަތީގައެވެ. މަންމައަށް ކުއްލިއަކަށް އެއައި ބަދަލުން އަހަރެން ހުރީ ހަދަން ވީގޮތް ނޭގިފައެވެ. މަންމަ ރުޅި އަންނަ ވަރުގެ ކަމެއް އަހަރެންނަށް ކުރެވިއްޖެ ހެއްޔެވެ. އެކަމަކު ނޫނެކެވެ.. މަންމަ އަދި މާފަށް އެދޭނެއެވެ. މިއީ ވަގުތީ ރުޅިގަނޑެކެވެ. “ދަރިފުޅާ… ދެން ނުރޮއި ހުއްޓާލާ… މަންމައަށް އެވާގޮތް ބައްޕައަށްވެސް ނޭނގެ.. ދޮންބެ ނިޔާވުމާ […]
“ދޮންބެ ނާންނާނެހޭ.. މިހުރިހާ ކަމެއްގެ މެދުވެރިއަކީ ކަލޭ.. މަގޭ ދަރި މިދުނި ދޫކުރީ ކަލޭގެ ސަބަބުން.. މަގޭ ކުރިމަތިން ދުރައްދޭ.. މިބުނީނު.. އަޑެއްނީވޭތަ” މަންމަގެ ހަރު ބަސްތަށް އަޑުއެހި މީ ފުރަތަމަ ފަހަރެވެ. އިހްތިޔާރަކާ ނުލައި އަހަރެންގެ ލޮލުން ކަރުނަ ފައިބައިގަތެވެ. “ޒުބޭދާ.. ތިކިޔޭ ނުކިޔޭ އެއް އެބަ އެނގޭތަ..” ބައްޕަ ވަރަށް ރުޅިއައިސް މަންމައާ ވާހަކަދައްކަންފެށީ އަހަރެންގައިގައި ބައްދާލަމުންނެވެ. ބައްޕަ ބައްދާލުމުން އަހަރެން ކުރިއަށް ވުރެއްވެސް ބާރަށް ރޯންފެށީމެވެ. މަޔަކަށް ދަރިޔަކު ރޯތަން ބަލަން ކެއްނުވާނޭ […]
އަހަރެން ގޮވައިގެން ހުރީ ކާކުތޯ ނުބެލެނީސް އަހަރެންނަށް ހުރިހާތަނެއް ނުސާފުވާން ފެއްޓިއެވެ. އިރު އިރުކޮޅާ މަންމަ އަށް ގޮވާލެވެނީ ސަލާމަތަށް އެދިއެދި އެވެ. މުޅިތަން އަހަރެންނަށް ފެންނަމުން ދިޔައީ އަނދިރިކޮށެވެ. އެ އަނދިރިގަނޑު އަލިވަމުން ގޮސް އަހަންނަށް މުޅިތަން ސާފުކޮށް ފެންނަންފެށީ އޭގެ އިރުގަނޑެއް ފަހުންނެވެ. އޮވެވުނީ ހޮސްޕިޓަލްގައި ކަން އެގުނީ ވަށައިގެންވާ މާހައުލަށް ބަލާލުމުންނެވެ. އަހަރެން ތެދުވެފަ އެންމެ ފުރަތަމަވެސް ހޯދާލީ މަންމައާއި ބައްޕަ ފެނޭތޯއެވެ. އެހެންނަމަވެސް މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އިހްތިޔާރަކާނުލާ އަހަރެންނަށް ރޮއިގަނެވުނީ […]
މަންމައަށް ވުރެއް އޭނަ ރީތިވާނެކަން ކަޝަވަރެވެ. “ފަރީޝާ.. ނުވެސް ބުނެ.. ދެންބުނި ނަމަ އެއްނު ބަލާދެވޭނީވެސް.. އަނެއްކާ ކޮން އިރަކު އައީ” އަހަރެންގެ ފަހަތުން އައިސް މަންމަ އެމީހާއާ ވާހަކަ ދައްކަން ފެށުމުން އަހަރެން ހުރީ ވަރަށް ގަޔާވެ ހުރެ އަޑުއަހާންށެވެ. ދުވަހަކު ނުދެކޭ މީހެއް އަހަރެންގެ ސަމާލުކަން އެހާ ފަސޭހައިން ހޯދީ ކިހިނެކުންކަން ހުދު އަހަރެންނަކަށްވެސް ނޭނގެއެވެ. ތެދަށް ބުނާނަމަ ފަރީޝައްތަ އަކީ އަހަރެންގެ ފޭން އެކެވެ. މަންމަމެން ފަރީޝައްތަ ސިފަކޮއްދީފައި ހުރިގޮތް އެހާ ފުރިހަމައީ […]
އަހަރެންގެ ހަޔާތެކޭ ކުޑަ ބަގީޗާއެކޭ ތަފާތެއްނެތެވެ. ކޮކާލާ މާބުރު އުފަލާ ހިތްހަމަ ޖެހުމަށް މަލަށް ތިރިވެ ކުޅެލާ މަންޒަރު އެއީ ހާދަ ފުރިހަމަ މަންޒަރު ތަކެއްނޫންހެއްޔެވެ. އަހަރެންނަކީ މަންމަގެ އެންމެ ހަގު ކުއްޖާއެވެ. ދެން ހުރީ އަހަރެންގެ ދޮންބެ ޝާނު އަދި ތުއްތު ޝާމިންއެވެ. ވަރަށް ކުޑައިރު ދޮންބެގެ ނަމާއި ތުއްތުގެ ނަން އެއްވަތަރު ކަމުން މަންމަ އާއި ބައްޕަ ކުރެން އަހަރެން ވަރަށް ޝަކުވާ ކޮށް ހެދީމެވެ. އެހެން ނަމަވެސް އެދެވޭ ޖަވަބެއް ލިބިފައެއް ނުވެއެވެ. […]
ބައްޕައާއި މަންމަ އަހަރެން ބަލަމުން އައީ ވަރަށް ލޯބިންނެއެވެ. ބައްޕައަށް ވުރެށް ބޮޑަށް މަންމަ ދެކެ ލޯބިވާކަމަށް ބުނެ އަބަދުވެސް ބައްޕަ ވަރަށް ޝަކުވާ ކުރާނެއެވެ. ހަނދާންވާ ގޮތުގައި އޭރު އަހަރެންނަށް ވާނީ އެންމެ ދިހަ އަހަރެވެ. މަންމަ އަހަންނާ ވާހަކަ ދެއްކުން މަދުވެ އަހަރެންނާ ދުރުން އުޅެން ފެއްޓިއެވެ. އޭރު މަންމަ އެގޮތަށް ކަންތައް ކުރުމުން މަންމަ ގައިގައި އޮޅުލަމުން މަންމަ ލޯބި ނުވަނީހޭ އަހައި ޝަކުވާ ކުރެވުނެވެ. އެއީވެސް އޭގެން ދުވަހެކެވެ. މަންމަ ގައިގައި […]
އާދުވަހަކަށް އިރުއަރައިގެން އައީ އެއްބަޔަކަށް އުފާވެރިކަމާ އަނެއްބަޔަކަށް ހިތާމަވެރިކަން ގެނަވަމުންނެވެ. ފަޔާޒް އުޅޭ އެޕާންޓްމެންޓް އިން ނުނިކުންނަތާ އެތަކެއް ދުވަހެއް ވެދާނެއެވެ. ލޯބިވާމީހަކު އަމިއްލައަށް ހަލާކުވެ ނިމިގެންދާތަން ދެކެން ކެއްވާނީ ކާކަށްހެއްޔެވެ. އައިންތުއަށްވެސް ވީ އެހެންނެވެ. ފަޔާޒް ލީނާ ދެކެ އިންތިހާ އަށް ލޯބިވާކަން އެނގުމުން އައިންތު ފަޔާޒްގެ ދިރިއުޅުމުން އެއްކައިރިވީއެވެ. އެހެންނަމަވެސް ކަންތަ ނިމިގެން ދިޔައީ ހީކުރުގޮތާ ހިލާފައެވެ. ފަޔާޒްގެ ފޯނުކޯލަކަށްފަހު ބިރުންހުރެ އައިންތު އަވަސްވެގަތީ ފަޔަޒް ކައިރިއަށް ދިޔުމެވެ. ފަޔާޒްގެ އެޕާންޓްމެންޓު އަށް ވަނުމާއެކު […]
“ލީނާ” ލީނާ އާއި ޖާވިދުއަށް ސިހުން ލިބުނީ ލީނާގެ ނަމުން މީހަކު ގޮވާލުމުންނެވެ. ޖާވިދު ލީނާއާ ކުޑަކޮށް ދުރުވެލީ ކުރިމަތީ ހުރި ޒުވާނާ ފެނުމުންނެވެ. ޖާވިދުއަށް ލީނާއާ ދިމާލަށް ބަލާލެވުނީ އެ މޫނުމަތިން މިވަގުތު ފެންނާނެ ޝުއޫރުތަށް ދެނެގަތުމަށެވެ. “ފަޔާ.. މިތާ ކީއްކުރަނީ ތި.. ” ލީނާއަށް ފަޔާޒް ފެނުމުން ހުރެވުނީ ދެލޯ ބޮޑުކޮއްލައިގެންނެވެ. އެވަގުތުވެސް ލީނާއަށް އެއްފަހަރު ޖާވިދު މޫނަށް އަނެއްފަހަރު ފަޔާޒްމޫނަށް ބަލާލެވުނެވެ. ލީނާގެ މޫނުމަތިން ފަޔާޒް ފެނުމުން އެއްވެސް އުފާވެރިކަމެއް ފެންނަށް ނެތުމުން […]