Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރަމުން ތިދާހާ ގޯނާ 6..

kamana
February 5, 2016
5 Mins Read
60 Views
21 Comments

“ރާސިލް… އެވީ ކިހިނެއް” އަމޭލިއާ ފަސްދީ ހިނގައިގަތް ތަނުން ރާސިލް އެ ނަން އިވި ފަހަތް އެނބުރި ބަލާލީ ހިތްނުތަނަވަސްވެ ހުރެއެވެ.

ފަން ނޫން އެ އެއިސްތަށި ގަނޑު މައްޗަށް ފުނާ އަޅާފައިވާއިރު ދެލޮލުގައިވަނީ އައިނެއްއަޅާފައެވެ. އައިނުގެ އެތެރެއިން ދެލޮލުގެ ސާފުކަމާއި ބުމައިގެ ބޮޑުކަން ފެނެއެވެ. ބައިމަތި ފުޅާ ހަށިގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ ނޫކުލައިގެ ގަމީހަކާއި ކަޅުފަޓުލޫނުން ޖަހާފައިވާ ބެގީއިންނެވެ. އަމޭލިއާ އާއި ދިމާލަށް ބަލަން ހުރި ގޮތުން އަމޭލިއާއަށް ފަހަތަށް ޖެހެވުނީ އެދެލޮލުން ފެންނަން ހުރި ރުޅިވެރިކަމުންނެވެ. ގޮއްޖަހާލައިފައިވާ ދެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. “އެމީ ހިނގާ ދާން..” ޒީނަ އަމޭލިއާ އަތުގަ ހިފާ ގެންދިޔައީ ދަމަމުން ކަހަލަ ގޮތަކަށެވެ.

“ރާސިލް ކޫލް ޑައުން.. ” ރާސިލްގެ ބުރަކަށީގައި ޖަހާލަމުން އެތަނުން އެކަކު ބުންޏެވެ. “ކިހިނެއް ކޫލް ޑައުން ވާނީ… އޭނަ އާ ހެދި ލަދުގަންނަން ޖެހުނު ދެވަނަ ފަހަރު މީ… އޭނަ ހިތުން ފިލާ ނުދާ ވަރުގެ ލަނޑެއް ދޭނަމޭ.. ހަގީގަތް ނުބަލާ ކޮންމެ ފަހަރަކު އެގޮތަށް އެކަންތަށް ކުރަނީ… މަ އެބަ އުޅޭ ވިއްޔާ އޭނައާ ބެހޭ ހިތުން.. ހަމަ ހުވާ މުޅި ދުވަސް ހަރާބު ވީ… އޮފީހުން ނުނިކުމެވުނު ނަމަ ރަނގަޅުވީސް” ރާސިލް ބޮލުގެ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލަމުން އެހެން ބުނީ ރުޅި ކޮންޓްރޯލް ކުރެވޭތޯއެވެ. ރަސިލްގެ ކޮނޑުގައި އެތާތިބި ކުދިން ޖަހާލީ އޯކޭ ވާނޭ ބުނަމުންނެވެ.

“ދަރިފުޅާ އަން… ލަސްވެއްޖެ ދޯ… މަންމަ ކަމެއް ކުރަން ހުއްޓާ ވިއްޔާ ބުނީ.. ދެންވެސް ދޭ އަވަހަށް..” ނާސިރާ ރާސިލް އަތަށް ލެޕްޓޮޕް ދެމުން ބުނެލީ ރާސިލް ލަސްވެފައި ހުރި ހެން ހީވުމުންނެވެ. “ދައްތާ ދެންމެ މަޖާ ކަމެއް ވެއްޖެ… އަހަރެމެންނާ އެކު ރާސިލް ލަވަކިޔަން ހުއްޓާ…” ނާސިރާއާއި ވާހަކަ ދައްކަމުން ދިޔަ އާރިފުގެ ބޮލުގައި ރާސިލް ޖަހާލީ އެވާހަކަ ނެދެއްކުމަށް ބުނަމުންނެވެ. “ކިހިނެއް ވީއޭ.. ދަރިފުޅު އަނެއްކާ ކުއްޖަކާ ބެހުނީތަ..” ނާސިރާ ހެމުން އެހެން ބުނީ ރާސިލް ރުޅި އަރުވާލުމަށެވެ. ނާސިރާ އެހެން ބުނުމުން އެންމެން ހޭން ފެއްޓީ އާ އެކޭ ބުނަމުންނެވެ.

“އެމީ… ކާކުއެއީ… މަށަކައްވާ ލާހިކެއް ނޫން އެމީ ތިކުރި ކަހަލަ ކަމެއް ކުރާކަށް” ޒީނާ ގެއަށް ދެވުމާއެކު ސުވާލުކުރަންފެށިއެވެ. “ވަކި މީހެއް ވެގެނެއް ނޫން.. އެގޮތަށް ބެހެން ދޫކޮއްލާފަ ބެހެއްޓީއާ ހަމަ ބެހޭނީ..” އަމޭލިއާ ޒީނާގެ ސުވާކަށް ތައްޔާރުވެގެން ހުރިކަހަލަ އެވެ. “އެހެންތަ.. އޯކޭ.. އެކަމު އެކަހަލަ ކަމެއް ދެން ނުކުރައްޗޭ.. މިހާރު އުޅޭ މީހުން ވަރަށް ނުލަފަވާނެ… ދެން އެވާހަކަ ނުދައްކަމާ.. ހިނގާ މާދަން ހަވީރު ކުޑަ ޝޮޕިން އަކަށް ދަމާ.. އެމީ ވެސް ޖެހޭނު އޮފީހަށް ނިކުންނަން.. އެހެން ވީމަ ގަންނަން ބޭނުންވާ އެއްޗެހި ހުންނާނު.. އެމީ ލޯޔާރ އަކަށް ވީމަ ލާރި ލިބޭނެ.. އެހެން ވީމަ ފުރަތަމަ ސެލަރީއިން މަށަށް ކާންދޭން ޖެހޭނީ..” ޒީނާ އެއްފައްޗަކަށް ކިޔަން ބޭނުންވާހާ އެއްޗެއް ކިޔުމަށް ފަހު ނިންމާލިއެވެ. އެއީ ޒީނާގެ އާދައެވެ. ޒީނާއަކީ އަނގަ ގަދަ ކުއްޖެއްކަމަކު ވާހަކަ ދައްކާލެއްވެސް އެހާ އަވަސް ވާނެއެވެ. “ހޫމް އޯކޭ.. ދެން ދާނީ ދޯ… ކާންވެސް ނުދެވި އަދި ނެތެއްނު…ހިނގާބަލަ ސައިބޯން.. މިހާރު އެޔޮށް ދިހައެއް ޖަހަނީ.. މަށަށް ސައި ނުދީ އައިސް އެބަ އެޅެއެއްނު” އަމޭލިއާއަށް ބަނޑުހައި ވެފައިވާކަމުގެ އިހްސާސް ކުރެވުނީ ބަނޑުން އަޑު ގޮވުމުންނެވެ. ސިޓިން ރޫމަށް ދެމީހުން އެކީ ނިކުތް އިރު ހަރިއްޔާ ސައި މޭޒުމައްޗަށް ތައްޔާރު ކޮއް އުޅެއެވެ.

“ދަރިފުޅާ.. އާދޭ ސައިބޯން.. ކުރިއަށް ވުރެއްވެސް ދޮންވެފަ މިހާރު ތީނީ.. ދަރިފުޅު ތިކަހަލަ އެއްޗެހި ލީމަ ހަމަ ވަރަށް ރީތި…. ހީވަނީ އަރަބި ކުއްޖެއްހެން… ދަރިފުޅު ތިހެން އުޅެމުން މިހަރަ ކުއްޖާ އަށް ވިސްނަދީބަލަ.. އެލާ ހެދުންތައް ބަދަލު ކުރަށޭ ބުނެވުނު އަދަދެއް ނޭނގެ” އަމީނާ އާއި ހަރިއްޔަ އަކީ ގާތް ދެރަހުމަތް ތެރިންނެވެ. އެ ރަހުމަތްތެރިކަން އިތުރަށް ބަދަހިވީ ދެމީހުންނަށް ލިބުނު ދެ އަންހެން ދަރިންގެ ފަރާތުންނެވެ. ހަރިއްޔަ އަމޭލިއާ ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. އެހެން ކަމުން އަމޭލިއާވެސް އެގޭތެރޭގައި އުޅެމުންދަނީ އަމިއްލަ ގެއެއް ކަމަށް ދެކިގެންނެވެ. އެކި ކަހަލަ ވާހަކައިގައި ސައި ނިމުނު އިރު ގަނޑި ދިޔަ ގޮތެއްވެސް ނޭނގެއެވެ.

…………..

ހަވީރުގެ ވަގުތުގައި އަމޭލިއަ ޓެރަހުގައި އިނީ ތިރިއަށް ބަލަ ހައްޓައިގެންނެވެ. ދުއްވަމުންދާ ސައިކަލުތަކާ އެހެނިހެން އެއްޗެހީގެ ބަރުގަނޑުގެ އަޑު އިވި ފެންނަމުން ދިޔައީ ތޮއްޖެހިފައިވާ މަންޒަރެވެ. ފުންނޭވާ އެއްލުމަށްފަހު އަމޭލިއާ ހިނގައިގަތި ގޮނޑިތަކާ ދިމާލަށެވެ. ދިޔަ ގޮތަށް ގޮސް ގޮޑީގައި އިށީދެލީ ކޮފީތަށި ނަގަމުންނެވެ. “ހާދަ ކަންތަކެއް ބަދުވެއްޖޭދޯ.. ކުޑޭ އައި މިސް ޔޫ… ” އަމޭލިއާ އާތިފް މަތިން އެކަނިވާ ކޮންމެ ވަގުތެއްގައިވެސް ހަނދާންވެއެވެ. ލޮލުން ފޭބި ކަރުނަ ތިކި އަވަހަށް ފޮހެލީ އަމީނާމެން މީހަކަށް ފެނިދާނެތީއެވެ. ދެކޮޅު ހޯދަލީ ހަމަޖެހިލަމުންނެވެ. އަމޭލިއާއަށް ކުރިމަތިން ފެންނަމުން ދިޔަ ގޭން އަންހެން ކުއްޖެއް ހަނަ އަޅާ މަންޒަރު ފެނި ހިނގައި ގަތީ ކޮފީމަގު ހިނފައިގެންނެވެ.

“ހޭ… ހާއި.. ” އެ އަންހެން ކުއްޖާ ގޮވާލަމުން އެމޭލިއާ ހިނިތުންވެލީ އަތުން ހަނައަޅާލަމުންނެވެ. “މީ ރިއުފާ އިނގޭ.. ކޮންނަމެއް ކިޔަނީ..” އެ އަންހެން ކުއްޖާ ވާހަކަ ދައްކަމުން ދިޔައީ ފުދޭވަރަކަށް ބާރަށެވެ. “އެމީ.. ” އަމޭލިއާ ހިނިތުންވުމަކާ އެކު ނަންބުނެލިއެވެ. “ކުރިން ދުވަހު ދޮންބެ ވަރަށް ރުޅި އައި.. އެމީ ވަރަށް މަޖާ އެދުވަހު… “ރިއުފާ ހެމުން ހެމުން އެހެން ބުނެލީ ފަހަތުން އަންނަ ރާސިލް އަށް މަލާމަތް ކުރުމަށެވެ. އެމޭލިއާގެ ހިނިތުންވެފައިވާ މޫނުގެ ކުލަވަރު ބަދަލު ވުމުން ރިއުފާ ފަހަތްއެބުރި ބަލާލިއެވެ. “ދޮންބޭ” ރިއުފާ ރާސިލްގެ ނަން ގޮވާލީ ވައިއަޑުންނެވެ. ބާރަށް ގެއަށް ވަނުމަށް ދުއްވައިގަތީ ދޮންބެ ރުޅިއައީމަ ބިރުންނެވެ. ރިއުފާ ދިޔުމުން އަމޭލިއާ ކުރިއަށް ހިނގައިގަތީ އިތުރަށް ޓެރަހުގައި މަޑު ނުކުރުމަށެވެ.

“އެކްސްކިޔުސް” އަމޭލިއާ ހުއްޓި ފަހަތަށް އެބުރި ބަލާލީ ރާސިލްގެ އަޑަށެވެ. “ބުނަން ވާހަކައެއް.. އަހަރެންގެ އާއިލާއާ ކޮންމެހެން ގުޅެން ހަދާނެ ކަމެއް ނެތް.. ގެ ކައިރިއޭ ކިޔާ ވާހަކަ ދައްކައިގެންވެސް ނުވާނެ.. ތިބަޔަކު މިގެއަށް އައި ފަހުން މަށަށް ރަނގަޅަށް އެއްކަމެއްވެސް ނުވޭ… އަހަރެންނަކީ ނުލާހިކު ހަމަޖެހިގެން އުޅުނު މީހެއް.. މިހިސާބު ގަނޑު އެންމެންނަށްވެސް މަ އެނގޭނެ… އެކަމަކު ތި ކުއްޖާއާ ހެދި މަށަށް ބޭރަށް ނިކުންނަން ނުކެރޭ.. ކުރިން ދުވަހު ބޮލުގަ ދޮގު ތުހުމަތު އެޅުވީ.. މިއަދު އަހަރެނގެ ކޯމަތީ ޖެހީ.. މިއަދު ޖެހީ ކީއްވެގެންކަން އަހަންނަށް ނުވެސް އެނގޭ.. އެހެން ވީމަ މިބުނަނީ މަށާ ދުރުން އުޅޭ… އެހެން ނޫނީ ރީތި ބޮނޑިއެއް ބޯނެ…” ރާސިލް ދަތްވިކާލާފަ ކީ ހުރިހާއެއްޗެއް އަޑުއަހަން އެމޭލިއާ ހުރީ އެއްވެސް އެއްޗެއް ނުބުނެއެވެ. ” އަހަރެން އެބަ..”.. “ޝޫޝް.. ދެން ވަދޭ އެތެރެއަށް.. މަގޭ ކޮއްކޮއާ ވާހަކަދައްކައި ގުޅުން ބަދަހި ކުރާނެ ކަމެއްނެތް” އަމޭލިއާ އަނގައިގަ އެއްބައި އޮއްވާ އަނގަ ބަންދު ކޮއްލީ އިތުރަށް އެއްޗެއް ބުނާނެ ފުރުސަތު ނުދީއެވެ. ރާސިލް ގެއަށް ވަންނަމުން އަތުން އިޝާރާތް ކުރީ އިންޒާރެއް ދޭގޮތަށެވެ. ރާސިލްގެ އެއަމަލުން އަމޭލިއާގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ގުންފައިޖެހީ ތަޅުންގަނޑުކަން ހަނދާން ނެތިއެވެ. “އައްދޯއި… އަހަރެން އެބަ އުޅޭ ވިއްޔާ ތިއާއިލާއާ ގުޅުން ބަދަހި ކުރާ ހިތުން.. ވަރަށް ފޫހިވޭ.. އަހަރެންނެއްނޫން ބޮޑި ބޯނީ.. ތި ރާސިލް ބޮޑި ބޯނީ” އަމޭލިއާ ބާރަކަށް ހަޅެލައިވައިގަތީ އެހެން ބުނަމުންނެވެ. ގެއަށް ވަތްގޮތަށް ދޮރު ބަންލާފައި ޖެހީ އައި ރުޅި ކޮންޓްރޯލް ނުވުމުންނެވެ.

…………

“ދަރިފުޅާ ތެދުވެބަލަ… މިހާރު އެޔޮށް ހަތަރެއް ޖަހަނީ.. ސާބަހޭ.. ހުކުރުން އައިގޮތަށް ތި ނިދަނީ.. ރޭނުނިދާ ކީއްކުރީ..” ނާސިރާ ރާސިލްއަށް ގޮވަމުން ދިޔައީ އަސުރު ނަމާދު ފަހަނައަޅައި ދިޔުމުންނެވެ. ބޮޑު އެ ކޮޓަރި ޖަރީކޮއްފައިވަނީ އަޅި ކުލައިންނެވެ. އަޅި ކުލައިގެ ފަރުދާއިން ނިވާކޮއްލާފައިވާ ބެލްކަނީގެ ފަރުދާ ނާސިރާ ކަހާލީ ރާސިލްއަށް އުދަގޫ ކުރުމަށެވެ. “މަންމާ.. ދެން ލޮލަށް އުދަގޫވޭ…” ރާސިލް ކުޑަކުއްޖެއްހެން ލޯ އުނގުޅަމުން ބޮޑާ ހާކާލިއެވެ. “ހެވޭ.. ދެންދޭ ނަމާދަށް.. ނަމާދުން އައިސް ރިއުފާ ގޮވައިގެން ދޭބަލަ ބުކްޝޮޕަށް.. އޭނަ ފޮތްތަކެއް ގަންނަން ޖެހެޔޯ..” ނާސިރާ އެހެން ބުނުމުން ރާސިލް މޫނުމަތީގައި ބާލިހުން އަޅާ ފޮރުވާލީ ނުދާނަމޭ ބުނާކަހަލަ ގޮތަކަށެވެ. “ދޮންބޭ،.. އަޅޭ ޕްލީސް.. ބައިވަރު ވޯކްސްވެސް އެބަ ހުއްޓޭ..” ރިއުފާ އާދޭސް ކުރުމުން ރަސިލް ތެދުވީ ރިއުފާ ބޮލުގައި ބާލިހުން ޖަހަމުންނެވެ. ދަރިންގެ އެއާދަ ފެނި ނާސިރާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

ވެސްޓް ބީޗްގައި އާއިލާއާއެކު ވަގުތު ހޭދަކޮއްލުމަށް އައިސް އުޅޭ މީހުން މަދެއްނޫނެވެ. ލޯބި ވެރިންނާ ރައްޓެހިން އެކީގައި މަޖާކޮއް ސަކަރާތް ޖަހާ މަންޒަރަށް ބަލަހައްޓައިގެން އަމޭލިއާ އިނީ ހެވިފައެވެ. އިރު އޮއްސޭ މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެނީ އެކި އެކި ސަކަރާތުގައި އުޅޭ ކުޑަ ކުދިންނެވެ.

“އަން…” ޒީނާ އައިސް ދިއްކޮއްލި އައިސް ކޯނުގައި އަމޭލިއަ ހިފަމުން ތެންކިޔުއޭ ބުނެލިއެވެ. “ހިނގާ ދާން..” އިރުއޮއްސޭން ކައިރި ވެފައިވުމުން އަމޭލިއާ ބުނެލީ ގަނޑިއަށް ބަލާލަމުންނެވެ. ގަންނަން ޖެހޭ އެއްޗެހި ގަނެ ނިމުމައްފަހު އަމޭލިއާ އާއި ޒީނާ ވެސްޓްބީޗް އަށް އައީ ހިތްހަމަ ޖައްސާލުމަށެވެ. “ޒީ.. މަޑުން ހުރެބަލަ” މޫދުގައި ފައި ޖެހޭ ނުޖޭހޭ ހިސާބުގައި އަމޭލިއާ އާއި ޒީނާ ހިނގަމުން އައީ ސަކަރާތް ޖަހަމުންނެވެ. ޒީނާ މޫދައް ލުމަށް އަމޭލިއާ ކުޑަކޮއް އަރިމައްޗަށް ޖެހިލަނީ ޒީނާ ގައިގަ ޖެހުމައްފަހުގައެވެ. ކޮންމެ ފަހަރަކު ޒީނާ ސަލާމަތް ވަނީ ކިރިޔާއެވެ. “އަޅެ އެމީ… ހުރެބަލަ” އަމޭލިއާ ފަހަތުން ޒީނަ ދުއްވައިގަތީ އަމޭލިއާ މޫދައްލުމަށެވެ. “ޒީ.. ސޮރީ ސޮރީ” އަމޭލިއާ ފަހަތަށް ބަލަމުން ދުވަމުން ދިޔައީ ކުރިމަތިން ބަޔަކު އަންނަ ކަން ނޭނގިއެވެ. “އެމީ” ޒީނާ އަށް ގޮވާލެވުނީ ވާނެ އެއްޗެއް ވެ ނިމުނު ފަހުންނެވެ. އަމޭލިއާ އިސްއުފުލާ ބަލާލީ ބިރުންހުރެއެވެ. އޭރު އަމޭލިއާ އަތުގައި އޮތް ޗޮކްލެޓް އައިސްކޯނު ކުރިމަތީ ހުރި ޒުވާނާގެ ޓީޝާޓުގައިވަނީ ރީޗަށް ޗާޓެއް ކުރަހާލާފައެވެ. ލައިގެން ހުރި ހުދު ޓީޝާޓުގައި ހިފާ ނަގަމުން ރާސިލް ލޯ އަޅާލީ ރުޅިއައިސް ރަތްވެ ހުރެއެވެ. “އަ..އޯ.. ދޮންބޭ.. ޝޫޓް.. ” ރިއުފާ އަމޭލިއާއަށް ބަލުމުން މަރުވާގޮތަށް އެކްޓު ކޮއްލީ އެމޭލިއާގެ ފަހުވަގުތޭ ބުނާކަހަލަ ގޮތަކަށެވެ. “އައި އެމް ސޮރީ” އަމޭލިއާ ދެރަވެ ހުރެ ސޮރީ ބުނީ މަޑުންނެވެ. “ސޮރީއޭ… ބުނިން ދޯ އަހަރެން ފެންނަ ހިސާބަށް ނާންނައްޗޭ… އަހަރެން މިއަދު ލީ ޓީޝާޓެއް މީ…” ޓީޝާޓުގައި ހިފާ ހިއްލާލަމުން ރާސިލް ބުނީ ރުޅިއައިސް ހުރެއެވެ. އަމޭލިއާ އިސްޖަހާލުމުން ރާސިލްގެ ރުޅިގަނޑު އިތުރަށް ނުހިފޭއްޓުނެވެ. އަތް މުއްކަވާ ޖަހަން ނެގީއިރު މޭ ނެގި ޖޭހޭ ތަން ކޮންމެ މީހަކަށްވެސް ފެންނާނެއެވެ.

“ހޭއި އެމީ… ޒީ… މިތާ..” ރާސިލް ޖަހަން ނެގި އަތުގައި ހިފަމުން މަޒިން އެހެން ބުނީ ހެވިފައި ހުރެއެވެ. “ތި ޓީޝާތު ދީ… އަން މަގޭ ޓީޝާޓު… ” މާޒިން ލައިގެން ހުރި ޓިޝާޓު ބޭލުމައްފަހު ރާސިލް އަތަށް ދިއްކޮއްލީ ކުޑަކޮއް ހީލަމުންނެވެ. މާޒިން އަތުގައި ވާ ޓީޝާޓު އަތުން ޖަހާ ވައްޓާލުމައްފަހު ކުރިއަށް ހިނގައިގަތީ އަމޭލިއާ އާ ދިމާލަށް ލޯ އަޅަމުންނެވެ.

” އެމީ..” ރާސިލް ދިޔަ ދިމާލަށް ބަލަހައްޓައިގެން އިން އަމޭލިއާ ސިހުނީ މާޒިން ގޮވާލުމުންނެވެ. މާޒިން ބޮލަށް ޓީޝާޓު ވައްޓާލުމަށްފަހު ހަމަޖެހިލީ އަމޭލިއާ އާއި ދިމާލަށް ބަލަމުންނެވެ. މާޒިންއާ ދިމާލަށް ބަލަހައްޓައިގެން އަމޭލިއާ ހުރީ ކާކުކަން ނޭނގި ހުރެއެވެ. “ނޭނގުނު ދޯ.. ހަނދާންވޭތަ ފަހު ޓެސްޓް ނިމުނު ދުވަހު ކަރުދާސް ކޮޅެއް ބިންމަތިން ނަގާފައި ދިން ކުއްޖެއް މަތިން.. މިއީ އޭނަ” އަމޭލިއާ ދެލޯ ބޮޑުކޮއްލަމުން އަސްލުހޭ އަހާލިއެވެ. “އެކަމަކު ނަން އެނގުނީ ” ނަން އެނގުނީ ކިހިނެއްތޯ ބަލާލުމަށް އަމޭލިއާ ބޭނުންވީ ދުވަހަކު ވާހަކަ ދައްކާފައިވާ މީހަކަށް ނުވާތީއެވެ.

“ޒީ ބުނީ… ޒީ އާ ދިމާވި މީގެ ތިން އަހަރު ކުރިން.. ބުނި އެމީ ކިޔަވަން ދިޔަ ވާހަކަ… ވަރަށް ފަހުންދޯ ތިއައީ” މާޒިންގެ ޖަވާބު އިވި ޒީނާ ދެލޯ ބޮޑުވިއެވެ. މާޒިން ކައިރީގައި އަމޭލިއާގެ ވާހަކަ ޒީނާއެއް ނުބުނެއެވެ. މާޒިން އަމޭލިއާ އަ ދޭތެރޭ ދެކޭގޮތް ޒީނާއަށް ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ވަނީ އެނގިފައެވެ. އެކަން ސިއްރު ކޮއް ދޮގުހެދުމުގެ ބޭނުމަކީ ކޮބައިހެއްހެވެ. ޒީނާގެ ހިތުގައި ސުވާލު ފުންޔެއް ބޮޑުވި ކަހަލައެވެ.

ނުނިމޭ….

24
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ކަޅު ސަފުހާ – 5

Next

ތައުބާ..

Next
February 6, 2016

ތައުބާ..

Previews
February 5, 2016

ކަޅު ސަފުހާ – 5

21 Comments

  1. lam says:
    February 5, 2016 at 3:17 pm

    V nice. Kn irakn next part up kurany. V kiyaa hiy vey eba

    1. kamana says:
      February 5, 2016 at 11:17 pm

      Thnk u so much lam. Sundayga up kohdhehnan insha allah ?

  2. twnkl str says:
    February 5, 2016 at 3:19 pm

    Yeyyy im first… Vrh nyc??

    1. kamana says:
      February 5, 2016 at 11:19 pm

      Heyy lov secnd ah thi ery ? Anywayxx thnk u so much ??

  3. misty says:
    February 5, 2016 at 3:25 pm

    Varah salhi..when nxt prt??

    1. kamana says:
      February 5, 2016 at 11:19 pm

      Thnk u misty ?

  4. Angela says:
    February 5, 2016 at 3:26 pm

    Alheyyyy… Haadha kiyaa hithun hutta ey e nimunee… Btw varah niceee ingey

    1. kamana says:
      February 5, 2016 at 11:53 pm

      Alheyy aslutha. Ehnvihyaa dhn inna part vx kiyaa hihvaa kahala gothakah genes dheveythoo balaanan ingeyy. Thnk u so mich ?

  5. naax says:
    February 5, 2016 at 4:44 pm

    Varah v reethi ect part avas kohlahchey

    1. kamana says:
      February 5, 2016 at 11:54 pm

      Thnk u so much. Insha allha avahah genesdhehnan ingeyy ?

  6. nukks says:
    February 5, 2016 at 6:39 pm

    Aaalheyy… V avahah upp kohdhehchey..

    1. kamana says:
      February 5, 2016 at 11:54 pm

      I will try ingeyy. Thnk u so much ?

  7. munee says:
    February 6, 2016 at 12:24 pm

    HHG

    TTY8

    VVV REETHI

    1. kamana says:
      February 6, 2016 at 2:44 pm

      Thnk u ?

  8. Lillie(liu says:
    February 6, 2016 at 1:28 pm

    Aaaaaaaaaalheyyyyyyyyyyyyyuyyyyy esfiyaan nerey strythah koba….avahah up kohdheeeeeebaaa plssssssssssssssssssssssssssssssssssssssssssssssssssssssssssssss

    1. kamana says:
      February 6, 2016 at 2:45 pm

      Liu maadhan up kohdheynan ingeyy. Knme dhuvahaku up kuran varah udhagoo vaane. Thnk u ?

  9. Lillie says:
    February 6, 2016 at 3:03 pm

    Mivaahaka hama owwwwsome.♡♥♡♥♥♥♡♥♥♡♥♥♡♡♥♥♡♥♥♡¤♥♡♡♥♥♥♥♡♥♥♥♥♥♥♥♥♥♥

    1. kamana says:
      February 6, 2016 at 5:30 pm

      Awwwwnnn. Thnk u so much ??

  10. dddd says:
    February 6, 2016 at 6:32 pm

    Raasil ey krkutha.. police eh tha.. 2nd app vs kiyaifin but neygun.. btw stry v v v v v v v rythi.. kyp it up

    1. kamana says:
      February 6, 2016 at 10:53 pm

      Ameylia rape kohlaathanun eygen ekaku phone inn raasil aa vaahaka dhahkaane. Ameylia ah adu iveynii. ?? thnk u so much ??

  11. lam says:
    February 7, 2016 at 4:36 pm

    Kamanaaa. Kn irakn tha next part up kurany

Comments are closed.

All Right Reserved!