މުޅިތަނަށް ވެރިވެފައިވަނީ ކަޅު އަނދިރިކަމެވެ. އެ އަނދިރި ގަނޑުން ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ކޮންމެ މީހެއްގެ ހިއްސުތަކާ ކުޅެލާނެކަން ގައިމެވެ. އަރާމު ނިންޖެއްގައި ގެނބިގެންދާން ބޭނުންނުވާނެ މީހެއް ނޫޅޭނެކަން ގައިމެވެ. އެހެން ނަމަވެސް އެ ފިނި ރޭގައި އަމޭލިޔާ ވަގުތު ގުނަމުން ދިޔައީ ރުއިމުގައެވެ. ފުރާވަރުގެ އަމޭލިއާ ތަޖުރިބާ ކުރަމުން ދިޔައީ މިއިން ޒަމާނެއްގައި ތަޖުރިބާ ކޮއްފައިނުވާހާ ބިރުވެރިކަމެއްގައެވެ. އަނގަމަތީގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން އަޑު ބޭރުނުވިޔަސް ދިޔައީ ގައިގަ ހުރިބާރަކަށް ހަޅޭލަވަމުންނެވެ. ސަމަލާމަތަށް އެދި […]
ވެލިގަނޑު ނެތްނަމަ ވާނީ ކިހިނެއްކަންވެސް ނޭނގެއެވެ. ބޭރުގައި އަޑުގަދަވެގެން އެތެރޭގައި ތިބި އެންމެން ނިކުތެވެ. އަހަރެން އިސްއުފުލާލީ ބައްޕަގެ އަޑު އިވުމުންނެވެ. “ޒުބޭދާ” ބައްޕަގެ އަޑުގައިވި ރުޅިވެރިކަމުން އަހަރެންނަށް ކަންތައް ދެންވާނީ ރަނގަޅަށް ނޫންކަން އިހްސާސް ކުރެވުނެވެ. މަންމައާ ދިމާލަށް ބަލާލެވުނީ ދެރަވެހުރެއެވެ. އަހަރެންނާ ހެދި މަންމައާ ދިމާލަށް ބައްޕަ އެއްޗެކޭ ބުނެފިއްޔާ އަހަރެން އަމިއްކަ ނަފްސައްވެސް މާފެއް ނުކުރެވޭނެއެވެ. ފަރީޝައްތަވެސް ހުރީ މަންމަދެކެ ރުޅިއައިސްފަކަން އެނގެއެވެ. އަހަރެން ބިންމަތިން ތެދުވާން މަސައްކަތް ކުރީމެވެ. އެހެން ނަމަވެސް […]
އެކަމަކު އަހަރެން އަކުމަލު ދެކެ ވަރަށް ލޯބިވެއެވެ. އެލޯބި އެހެން މީހެއްދެކެ ވުން އެއީ ވާނެކަމެއް ހެއްޔެވެ. ކާރުތެރޭގައި މިހާރު އިންނަތާ ފަނަރަ މިނެޓަށް ވުރެއް ގިނަވާނެކަން ޔަގީނެވެ. ޒައިކު އަހަރެންނާ ދިމާލަށް ކޮންމެ ފަހަރަކު ބަލާލަނީ ޖަވާބު ބޭނުންވެގެންކަން އަހަރެންނަށް އެނގެއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައީ މިހަމަހިމޭންކަން ކަމުނުދާތީއެވެ. “ޒައިކު” އަހަރެންނަށް ނުހުރެވިގެން ގޮވާލީމެވެ. “ޖިއާ… ސޮރީ.. ފޯސް އެއްވެސް ނުކުރަމެއްނު.. ޖިއާ ބޭނުމީ ވަގުތުތަ.. އެކަމަކު އަހަރެންނަށް ޖިއާއަށް އެހާ ވަގުތެއްވެސް […]
އަހަރެންނަށް ބަލަން އޮވެވުނީ އަކުމަލު ދިޔަ ދިމާލަށެވެ. އެބުނީ ކީކޭ ހެއްޔެވެ. އަނެއްކާ… ނޫނެކެ.. މާތް ރަސްކަލާކޯއެވެ. އަނެއްކާ އަނެއް އިމްތިހާނު މިއަޅާއާ ކުރިމަތި ކުރަނީ ހެއްޔެވެ. މޫނުމަތީގައި އަތްއަޅާ ގިސްލާ ރޮވުނީ އަމިއްލަ ހާލާމެދުއެވެ. އަހަރެން ރޮއި ރޮއި އަހަރެންގެ ދެލޯ ވަޅީ ދުޅަވެފައެވެ. ލޮލުން ދިލަނަގަންފެށީ އިތުރަށް އަންނާނެ ކަރުނަތިއްކެއްގެ ހިސާބުވެސް ނެތީމަކަންނޭގެއެވެ. “ޖިއާ” އަހަރެންނާ ދިމާލަށް ދުވަމުން އައި ނިޝް ފެނި އިސްޖަހާލެވުނީ މޫނު ފޮރުވުމަށެވެ. އެންމެގާތް އެކުވެރިއަކަށް ސިއްރުކުރެވޭނެ އެއްވެސް ކަމެއް […]
އިސްޖަހައިގެން ހުރެ އަހަރެން ގެއަށް ވަނީ މިއަދު ވީ ކަންތަކާ ދޭތެރެ ވިސްނަމުންނެވެ. އަހަރެންނަށް ދެވުނީ ސިޓިން ރޫމް ހުރަސްކޮއް ދެފިޔަވަޅެވެ. ކޯތާފަތް މައްޗަށް އަރައިގެން ދިޔަ ދިލަ ހޫނުން މޫނުގައި އަތްކާތާލެވުނީ ކުރިމަތީ ހުރި މީހައަށް ބަލަމުންނެވެ. “ބައްޕާ” އަހަރެން ހުރީ ދެންމެ ހިނގައި ދިޔަ ކަންތައް ގަބޫލުކުރަން ދަތިވެފައެވެ. ބައްޕައަކީ މިވޭތުވެދިޔަ ވިހި އަހަރު ތެރޭގައިވެސް އަތް އިސްކުރި މީހެއްނޫނެވެ. “ޖިއާ ތެދައް ބުނޭ.. ދެންމެ ތިއައީ ކާކުގެ ކާރެއްގަ..” ރުޅިއައިސް ރަތްވެފައިވާ މީހެއްހެން […]
އަހަރެން އަތުލުމަށް ދުވަމުން ދިޔަ ދޮންބެގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ވެއެވެ. އަހަރެންނަށް ވެސް ހިނިތުންވެނުނީ ދޮންބެގެ ހިނިތުންވުން ފެނިއެވެ. ދުވަހަކު ނުނިދޭހާ އަރާމުކޮއް އަހަރެންނަށް ނިދިފަ އޮވެވުނީ ކިހާއިރަކު ކަމެއްނޭގެއެވެ. ފެންނަމުން ދިޔަ ހުވަފެނުން ހޭލަން ބޭނުންނުވާކަހަލައެވެ. ނުހުޅުވަން އޮތް ދެލޯ ހުޅުވަން މަޖުބޫރުވީ އަޑުގަދަކަމުންނެވެ. އަހަރެން މަޑުމަޑުން އެސްފިޔަތައް ތަޅުވާލީ ލޯހުޅުވަން އުދަގޫވުމުންނެވެ. “ދަރިފުޅާ” އަހަރެންނަށް ބައްޕަގެ އަޑުއިވުނީ ވަރަށް މަޑުންނެވެ. ހަމަހޭއަށް އަންނަން އިރުކޮޅެއް ނެގިއެވެ. “ބައްޕާ” ވަރަށް މަސައްކަތުން އަހަރެން ބައްޕައަށް […]
“އަސްލުވެސް ވައްތަރެއް ނޫންތަ.. އޯކޭ.. އަހަރެން ލަދުވެސް ގަނޭ މިހެން ބުނަން އެކަމު މީ ޒައިކުގެ ކޮއްކޮ.. އެން ސޮރީ އަކޫ ތި ދެމީހުންނަށް ވަރަށް ޖެއްސުން ކުރިވާހަކަ އަޑު އެހިން.. އެކަމަށް ސޮރީ..” އަހަރެންނާ ނިޝް ހުރީ ވާނުވާ ނޭނގިފައެވެ. “އެކަމު އެއްވެސް ވައްތަރެއް ނޫން..” އަހަރެންނަށް އެހެން ބުނެވުނީ ގަބޫލު ކުރަން ދަތި ވީމައެވެ. “އަކޫގެ ކަމެއްދޯ މީ…”ނިޝްވެސް އަހަރެންނާ އެއްބައިވަމުން ބުނެލިއެވެ. އަކުމަލުގެ ހުންނަ ސަކަ މިޒާޖެއްގެ ގޮތުން އަހަރެންނާ ނިޝްއަށްވެސް ހީވީ […]
“ޖިއާ… މިބުނީނު ދުރުގަ ހުންނާށޭ.. މީހަކު އަޖައިބެއް ނުވާނެތަ” މަންމަ ފޮޅުވާލީ ދޭފަތް އޮތް އަތެވެ. ބާރަށް މާންމާ އޭ ކިޔާ ގޮވާލެވުނީ މޫނުމަތީގައި އަތްއަޅަމުންނެވެ. ނަގަން ފެށި ދިލައިން އަހަރެންނަށް ކެއްވާވަރެއްނޫނެވެ. އަހަރެންގެ ނަސީބު ނޫނީ ބަދުނަސީބެވެ. ބުރައިގެން ދިޔަ ތެޔޮ ތިކިތައް އައިސް ޖެހުނީ އަހަރެންގެ އަތްތިލައިގައެވެ. ކަނދުރާއަށްވެސް ދެތިން ތިކި ބުރިއެވެ. “މަގޭ ދަރި… ޒުބޭދާ މިހާރު ޖިއާއަށް އަނިޔާކުރަންވެސް ފެށީތަ” އަހަރެން މޫނުމަތީގައިވާ އަތް ނެގީ ބައްޕަގެ އަޑު އިވުމުންނެވެ. ދުވެފައި […]
“ޖިއާ” އަހަރެންގެ ނަމުން ވަރަށް ބާރަށް މަންމަ ގޮވާލުމުން ދުވެފައި އަހަރެން ނިކުތީ މަންމައަށް ކަމެއްވީ ކަމަށް ހީކޮށެވެ. ކާކޮޓަރިއަށް ވަތް އަހަރެންނަށް ހުއްޓެން މަޖުބޫރުވީ ފެނުނު މަންޒަރުންނެވެ. “މަންމާ…. ކިހިނެއްވެފަ މީ” ބިންމަތީގައިހުރި ރިހައާއި ރޮށިތަށި ފެނި އަހަރެންނަށް އަހާލެވުނީ ދެލޯ ބޮޑުކޮއްލަމުންނެވެ. މުޅި ކާކޮޓަރިއަށް ހީވަނީ ކުޑަވަރެއްގެ ސުނާމީއެއް އަރާފައޮތްހެނެވެ. “ކިހިނެއް ވީ ހޭ…. ޖިއާއަށް ހަމަ ނޭނގެނީތަ…. ދެން މިގޭމީހުންވީ މީޗިހި ކާންތަ.. ޖިއާއަށް މިގޭގަ ނުކެއްކެންޔާ ބުނީމަ ވީއެއްނު.. އޭރުން މިގޭމީހުން […]