“ހޭ ޔޫ” ފިރިހެން ވަންތަ އަޑުން ގޮވާލީ އެޒުވާނާކަން ޔަގީނެވެ. ފަހަތް ބަލާލަން އެބުރުނު ވަގުތު ލަމްހާ ލީނާ އަތުގަ ހިފައިގެން ދުއްވައިގަތެވެ. ވަކި މިސްރާބެއްނެތި ދުވަމުން ދިޔަ ދެމީހުންނަށް އެންމެ ފަހުން ދެވެނީ ތުނޑިއަށެވެ. ހަވީރުގެ ވަގުތު ކަމުން ތުނޑި ފެންނަލެއް ވަރަށް ހިތްގައިމެވެ. ޖެހޭ ފިނި ރޯޅިން ހަށިގަނޑަށް ތާޒާކަން ގެނެސް ދެއެވެ. ލީނާ އަށް ހުރެވުނީ ގުދުރަތުގެ ރީތިކަމާމެދު ހައިރާންވެފައެވެ. އެހެނީ އެއީ ލީނާ އަށް މުޅިން އާ ތަޖުރިބާ އަކަށްވީމައެވެ. މާނޭވާލަމުން […]
ދުވަމުން ދުވަމުން ދިޔަ ލީނާ ގޮސް ޖެހުނީ އެ ޒުވާނާ ގައިގައެވެ. ހަމަ ޖެހުމާ އެކު ލީނާ ދުއްވައިގަތީ އަޅައިގެން އިން ދޯޕައްޓާ ވީ ކޮންތާކުތޯ ވެސް ބަލާ ނުލައެވެ. ފަހަތުން އައި އަންހެން ގްރުޕް ވެސް ހީ ހީ ފަ ލީނާ އަތުލެވޭތޯ ދުވަމުން ދެއެވެ. ދުވަސް ވަރަކީ ޗުއްޓީ ފެށުނު ދުވަސް ވަރުކަމުން ރަށުތެރޭގަ މީހުން ހޭލަމޭލަ ވެ އުޅޭލެއްވެސް ކުރިއާ ބަލާފަ ގިނައެވެ. އޮފިސް އިން ޗުއްޓީ ނަގައިގެން ލީނާ ވެސް މިފަހަރު […]