ފްލައިޓްތަކު ތެރޭ ތިބި އެންމެން ސިހިގެން ދިޔައީ ކުއްލިއަކަށް ފްލައިޓަށް ގުޑުން އެރީމައެވެ. ޖަހައިލި ގުގުރިއާއިއެކު މިފަހަރު ބޯއްޓަށް ވަރަށް ބޮޑަށް ގުޑުން އަރައިގެން ދިޔައެވެ. އެއްބަޔަކު ބިރުން ރޯން ފެށިއެވެ. ބޯއްޓުގައި މަސައްކަތް ކުރާ ބައެއް ކުދިން އެމީހުން މަސަލަސް ކުރުމައިގެން އުޅޭތަން ފެނެއެވެ. އެކުދިން ބުނާގޮތުން އެއީ ކުޑަ ވިލާގަނޑެއްގައި ޖެހިގެން ވާ ގޮތްތަކެކެވެ. ޒައިންއަށް އެކަން ޤަބޫލުނުކުރެވިގެން ކައިރީގައި އިން ބިއްލޫރިގަނޑުން ކުޑަކޮށް ބޭރު ބަލައިލިއެވެ. އަސްތާއެވެ! ކަމަކު ދާކަށްނެތެވެ. އެއޮތީ ހަމަ […]
ނިދިފައި އޮތް ޝިމާޔާއަށް ހޭލެވުނީ ކޮޓަރިތެރެއިން ޝަމީމް ވަރަށް ބާރަށް ގޮވާ އަޑު އިވިފައެވެ. ކައިރީގައި އޮތް ފޯނު ނަގައި ގަޑި ބަލައިލިއިރު ފަހެއް ޖަހައި މިނެޓު ވެއްޖެއެވެ. އިރުނާރާތީ ދުނިޔެމަތި އަނދިރިކަމަށް ދައްކައެވެ. އަނެއްކާވެސް ޝަމީމް ގޮވައިލި އަޑަށް ޝިމާޔާ ތެދުވެ ޝަމީމްގެ ކޮޓަރިއަށް ދިޔައެވެ. އޭރު ޝަމީމް އެނދުން ތެދުވަން މަސައްކަތް ކުރަނީއެވެ. ޝިމާޔާ ބަލާކަށްނުހުރެ ޝަމީމް ކައިރިއަށް ގޮސް އެނދުން ތެދުވަން އެހީވެދިނެވެ. “ދޮންބެ ހާދަ ބާރަކަށޭ ތި ގޮވީ. ކީއްވެ ގުޅާނުލީ؟” […]
އޮޕަރޭޝަން ތިއޭޓަރގެ ދޮރު ހުޅުވުނު އަޑަށް ނައިޒަކްމެން އެ ދިމާލަށް ބަލައިލިއެވެ. އޭރު ޑޮކްޓަރުންނާއި ނަރުހުން އޮޕަރޭޝަން ތިއޭޓަރުން ނުކުންނަނީއެވެ. ޑޮކްޓަރު އައިސް ނައިޒަކްމެން ކުރިމަތީ ހުއްޓިލިއެވެ. އަދި އެއަށްފަހު ހިނިތުންވެލިއެވެ. “އޮޕަރޭޝަން ކާމިޔާބު.” ނައިޒަކްގެ ކޮނޑުގައި ހިފަހައްޓައިލަމުން ޑޮކްޓަރު ބުންޏެވެ. ނައިޒަކްއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އާރިޝްމެނާއި ދިމާލަށް ބަލައިލެވުނެވެ. އޭރު އާރިޝް އާއި ޝިމާޔާ އެކަކު އަނެކަކަށް ބަލައި ހެވިފައި ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމުގެ ކުލަވަރެވެ. “އެންޑް. ޕޭޝަންޓް ހޭއެރިހާ އަވަހަކަށް […]
ހިތަށް އަރައި ފައިބަމުން ދިޔަ ސުވާލުތައް އެއްފަރާތްކޮށްލުމަށްފަހު ނައިޒަކް ރޫމަށް ވަނެވެ. އަދި ޝަމީމް ގާތުގައި އިށީނެވެ. “ޝައްމު. ޝައްމުގެ އޮޕަރޭޝަން ކަންތައް ހަމަޖައްސާފަ މިއައީ.” ނައިޒަކް އޮޕަރޭޝަނޭ ބުނުމުން ޝަމީމްއަށް ވީގޮތެއް ވެސް ނޭނގުނެވެ. “އޮޕަރޭޝަނޭ؟ ދެން އަހަންނަކަށް ނުކެރޭނެ އެކަމަކު ހާދަ ތޫނު އެއްޗެހި ހަރާނެޔޭ. ކެންސަލް ކޮށްލަދީ. ހެޔޮނުވާނެ.” ޝަމީމް ނައިޒަކްގެ އަތުގައި ހިފައިލަމުން އާދޭހުގެ ރާގެއްގައި ބުންޏެވެ. ޝަމީމް އަކީ ދުވަހެއްގެ ކޮޅުންވެސް އޮޕަރޭޝަނެއް ކުރި މީހެއް ނޫނެވެ. އެހެންކަމުން އޮޕަރޭޝަނެއް […]
ދެމައިންނަށްވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނައިޒަކްމެންގެ ނަޒަރު ހުއްޓިފައިވަނީ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި ޒައިން އާއި އަސްމާ އާއި ދިމާލަށެވެ. އިރުކޮޅެއްނުވެ އަސްމާގެ ދެލޯ ކަރުނުން ފުރެން ފެށިއެވެ. އަސްމާގެ ދެލޯ ފެންކަޅިވާންފެށިތަން ފެނި ޒައިންގެ ދެލޯވެސް ކަރުނުން ފުރެން ފެށިއެވެ. ޒައިން އޭނާގެ މަންމައަށް ސަރޕްރައިޒް ދޭން އުޅި ސަރޕްރައިޒް މި ލިބުނީ ހަމަ އޭނާއަށެވެ. ހީނުކޮށް ހުއްޓައި މަންމަ އައުމުންނެވެ. އަސްމާއަށް އިންތިޒާރުކުރެވެމުން ދިޔައީ ޒައިން މަންމާއޭ ކިޔައި ގޮވާލާނެ އިރަކަށެވެ. […]
ޝިމާޔާ ތިރިވެ ރޯން އިން މަންޒަރު ފެނި އެތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ލޮލުންވެސް ކަރުނަ އޮހޮރައިލިއެވެ. ނައިޒަކްމެންވެސް މި މަންޒަރު ބަލަން ފެންކަޅިވެފައި ތިބީއެވެ. ރިޝާނާ ލޮލުން ކަރުނަ އޮހޮރޭ ޙާލު ޝިމާޔާ އާއި އެއްވަރަކަށް ތިރިވެލައި ޝިމާޔާއަށް ހިތްވަރުދެވޭތޯ ބެލިއެވެ. ނަމަވެސް ޝިމާޔާ ދެފަރާތަށް ބޯ ހޫރުވައިފައި ރޮމުން ދިޔައެވެ. ރިޝާނާ ކީ އެއްވެސް އެއްޗެއް ޝިމާޔާ އަޑެއް ނޭހިއެވެ. މި މަންޒަރު ބަލަން ހުރި ޒައިންއަށް ހުރީ ހަމަ ރަނގަޅަށް ރޮވިފައެވެ. ޝިމާޔާ […]
“އަދި އެއްފަހަރު ބުނެބަލަ ތި ބުނި އެއްޗެއް.” ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ޒައިން ބުންޏެވެ. ޒައިން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއިއެކު އަންޖަދު ފަހަތަށް ފިޔަވަޅެއް އަޅައެވެ. އޭރު މަގުމަތީގައި ތިބި ގިނަބައެއްގެ ނަޒަރު ވަނީ އެދެމީހުންނަށް ހުއްޓިފައެވެ. “މީ ކައެއާ ބެހޭކަމެއްނޫން. ސޯ ޕްލީޒް.” އަމާންދޭފަދައަކުން ދެއަތް އުފުލައިލަމުން އަންޖަދު ބުންޏެވެ. އޭރުވެސް އަންޖަދުގެ މޫނުމަތިން ނުތަނަވަސްކަމާއި ބިރުގަނެފައިވާ ކަމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ. ޒައިންގެ އެ ނުރައްކާތެރި ނަޒަރުން ސަލާމަތްވާނެގޮތެއް އަންޖަދުއަކަށް ނޭނގުނެވެ. އަންޖަދު […]
އެއް މަސް ފަސް****** ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކޮށް ޒައިންގެ ޕްރޮގްރާމް ނެގުމަށްފަހު މާލެ އެއައީ މިއަދުއެވެ. ރަށްތަކަށް ގޮސް އެ ކުރެވުނު ތަޖުރިބާއަކީ ވަރަށް ފުރިހަމަ ތަޖުރިބާއެކެވެ. ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއޭ މީހުން ކިޔާތީ ޒައިން އަޑުއަހައެވެ. ނަމަވެސް އޭނާ އެކަން އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެއެވެ. އެއީ އޭނާ އުޅެ ބޮޑުވި ރަށުން އެހާ ރީތި ތަންތަން ނުފެންނާތީއެވެ. ނަމަވެސް މިއަދު ޒައިންއަށް އެކަން ޤަބޫލުކުރެވުނެވެ. ޙަޤީޤަތުގައި ވެސް މި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ އެވެ. […]
ދެލޯ މަރައި ބާރުކޮށްގެން ހުއްޓައި ފަހަތުން މީހަކު ޒައިންގެ ބުރަކަށީގައި އަޅައި ކޮށްޕައިލިއެވެ. ޒައިން މަގުމައްޗަށް ވެއްޓުމާއިއެކު އިވުނީ އަންހެނެއްގެ ބާރު ހަޅޭކުގެ އަޑެވެ. އެމީހަކު މަގުމައްޗަށް ވެއްޓި ޖެހިގަތް އަޑު ވަރަށް ބާރަށް އިވުނެވެ. ޒައިން ދުވެފައި ގޮސް ވެއްޓިފައި އޮތް އަންހެން މީހާ ކައިރިއަށް ދިޔައެވެ. ޒައިން ހީކުރީ އެ އަންހެން މީހާއަށް ވަރަށް ބޮޑުވަރު ވި ކަމަށެވެ. ނަމަވެސް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އޭގެން އެކަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އެ […]