“ބައްޕަ ކީއްވެތަ އަހަރެން ތި ދުރުކޮށްލީ؟ ކީއްވެތަ؟ އަހަންނަށް ކޮން ކަމެއްތަ ކުރެވުނީ ބައްޕަ ހިތްހަމަނުޖެހޭވަރުގެ؟ އަހަންނަށް ކުރިން ބައްޕަގެ އެދުމަށް ދެކޮޅު ހެދުނުނަމަ.” ޒާޔާ އޭނާގެ އަމިއްލަ ނަފްސާއި ޝަކުވާކުރަމުން ދިޔައެވެ. މިއަދު އޭނާގެ ބައްޕަ ގާތުގައި އެ ޝަކުވާތައް ކުރިޔަސް ބައްޕަ އަޑެއް ނާހާނެކަން ޒާޔާއަށް އިނގިއްޖެއެވެ. އާނއެކެވެ! މައުސޫމް ދަރިފުޅަށްވުރެ ބައްޕައަށް އެ މުހިންމުވީ އެހެން މީހެކެވެ. ދަރިފުޅު ދެރަވާނެފަދަ އެއްވެސް ކަމެއް ބައްޕަ ނުކުރާނެކަމަށް ބައްޕަ ކުރި ވަޢުދު ޒާޔާ ވަރަށް […]
ފަވާޝަތުގެ ގެއަށް ދާންވެގެން އެގޭ ގޯޅި ކަންމައްޗަށް ދެވުނު އިރު ފަވާޝަތުވެސް ގެއިން ނުކުންނަނީއެވެ. ޒާޔާ އާއި އަރާ ހަމަކޮށްފައި ފަވާޝަތު ހިނިތުންވެލިއެވެ. ނަމަވެސް ޒާޔާ ހިނިތުން ނުވި ތަނުގައި ފަވާޝަތާއި ދިމާލަށް ބަލައިވެސް ނުލިއެވެ. “ކީއްވީ ޒާޔާ؟” ޒާޔާގެ ދަތްދޮޅީގައި ހިފައި އޭނާގެ އިސް އުފުލައިލަމުން ފަވާޝަތު އެހިއެވެ. “ހަހަހަ. ކުޑަ ސަމާސައެއްކޮށްލީ. ހިނގަ އަތިރިމައްޗަށް ދާން. ވާރޭ ވެހޭއިރު ވަރަށް މަޖާވާނެ. ވޯޓަރ ޕްރޫފް ފޯނެއް އޮތްނަމަ ނިކަން ސަޅިކޮށް ފޮޓޯވެސް ނެގޭނެ ދޯ.” […]
ޒާޔާ ސިހިފައި ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ހަޅޭއްލަވައިގަންނަން ބޭނުންވިއެއްކަމަކު އަރުތެރެއިން އެއްވެސް އަޑެއް ނުނުކުތެވެ. ގަތްބިރުންނާއި ސިހުނުވަރުން ޒާޔާގެ ދެއަތް ތުރުތުރު އަޅަން ފަށައިފިއެވެ. އަތުގައި އޮތް ފޯނުވެސް އޭނާއަތުން ދޫނުވެ އޮތީ ކިރިޔާއެވެ. އެ ‘ނުބައި’ މަކުލޫޤު ހިނިތުންވެލުމުން ޒާޔާ އިތުރަށް ބިރުގަތެވެ. ދެތުންފަތުގެ ދެއަރިމަތިން ފެނުނު ތޫނު އަދި ދިގު ފޭރާދަތުގެ ސަބަބުން ޒާޔާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެ މަޚުލޫޤުގެ ހަންގަނޑުގައި އެޅިފައި ހުރި ރޮނގުތަކުން ހީވަނީ ރެނދުލައިފައިވާހެންނެވެ. ފޯނު ރިންގުވާން ފެށުމުން ޒާޔާ […]
“ބައްޕާ! އެ ދައްތަ އަކީ ވަރަށް ރަނގަޅު މީހެއް. އަހަންނަށް ބައިވަރު އެއްޗެހިވެސް ހޯދަދީފަ އެބަހުރި. އެހެންމީހުނާ ވަރަށް ތަފާތު ދައްތައެއް އެއީ. އަހަރެންވެސް ވަރަށް ބޭނުން އެ ދައްތަ އަހަރެންގެ ކައިރީގަ މިގޭގަ އުޅެން. އަހަންނަށް ވަރަށް އަޅާލާ ވަރަށް އޯގާތެރިވާ ދައްތައެއް އެއީ. އެކަމަކު ބައްޕާ! ބައްޕައަށް ހީވޭތަ ތީ ރަނގަޅު ކަމެއްހެން؟” ޒާޔާ އާނއެކޭ ބުނާނެ ކަމަށް އުންމީދުކޮށްގެން ހުއްޓައިވެސް ޒާޔާގެ ފަރާތުން އިވުނީ އެހެން ވާހަކަތަކެކެވެ. ޒާޔާ ދެއްކި ވާހަކަތަކުންވެސް އޭނާ […]
‘ޒާޔާއަށް.. ދައްތަ މި ސިޓީ ޒާޔާއާއި މި ޙަވާލުކުރަނީ އަމާނާތެއްގެ ގޮތުގައެވެ. މީގަ ދައްތަ އެދިފައިވި ގޮތަށް ޒާޔާ ކަންތައް ކޮށްދީފިނަމަ ޒާޔާއަށް އެ އަމާނާތަކަށް އެ ރައްކާތެރިވެވުނީއެވެ. ދައްތަ އެދިފައިވި ގޮތާއި ދެކޮޅު ހަދައިފިނަމަ ހަމަ ގައިމުވެސް ޒާޔާއަށް އެ އަމާނާތަށް ޚިޔާނާތްތެރިވެއްޖައީހެވެ. ތީ ރަނގަޅުކުއްޖެއްނަމަ މި އަމާނާތަށް ރައްކާތެރިވާނެއެވެ. ދައްތައަށް އަޑުއިވިފައިވި ގޮތުން ޒާޔާ ތީ މިހާތަނަށް އައިއިރުވެސް ޒާޔާގެ މައިންބަފައިން ބުނާ ބަސް ޤަބޫލުކޮށްގެން ދިރިއުޅެމުން އައި ކުއްޖެކެވެ. ދުވަހަކުވެސް ޒާޔާ އަކީ […]
ޒާޔާ ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރުމުން މަލައިކާއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. އޭނާ ޖޭމުގަސްދޮށުން ނުކުތީ އޭނާ ދިރިއުޅޭ ގެއަށް ދާންވެގެންނެވެ. ފަހަރެއްގައިވެސް ޒާޔާގެ ސޫރަ ފެނިދާނެކަމަކަށް ނޫނެވެ. “އަމްމް. ޖޭމް ގަހުގަ ޖޭމު އަޅާފަ ހުރީމަ ޖޭމު ބިންނަންވެގެން މިތާ މިއުޅެނީ.” ޒާޔާގެ ހިތުގައި އުފެދިފައިވި ސުވާލު ދެނެގަންނަމުން މަލައިކާ ދޮގެއް ހަދައިލިއެވެ. އޭނާ އެހާ ފަސޭހައިން ޒާޔާގެ ހިތުގައިވި ސުވާލު ދެނެގަތީ ޒާޔާގެ މޫނުމަތީގެ ކުލަވަރު ހުރިގޮތް ފެނިފައެވެ. “މަލައިކާ މިއޮތް ހުރިހާއިރު […]
މަލައިކާ ޖަމީލާގެ ފަސްފަހަތުން ހިނގަމުން ދިޔައެވެ. ދުވާލު ވަގުތަށް ވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގައިވާ ބާރުތައް ވަނީ ބަލިކަށިވެފައެވެ. އެހެންކަމުން އޭނާއަށް ޖަމީލާ ބިރުގަންނަވައިލަން ކުުރެވޭނެ އެއްވެސް ކަމެއް އެވަގުތު ނުވިއެވެ. ޒާޔާއާއި ދިމާވި ދުވަހުން ފެށިގެން މަލައިކާއަށް ޖަމީލާއަކީ ކާކުކަން އޮޅިފައެއް ނެތެވެ. މަލައިކާގެ ބާރުގަދަ ސިކުނޑިއަށް ޒާޔާއާއި ގުޅޭ ކޮންމެ މީހެއްގެ މަޢުލޫމާތު ވަރަށް ސާފުކޮށް އިނގިފައިވިއެވެ. ޖަމީލާ އާއި އާލިޔާ އަކީ ޒާޔާއަށް ރަނގަޅުވާނެ ބައެއް ނޫންކަން އެނގުނު ދުވަހުން ފެށިގެން މަލައިކާ […]
ޒާޔާއަށް މަގުމަތިން ހިނގައިފައި ދިޔައިރުވެސް މަލައިކާ ކޮބައިތޯ ބަލައިލެވެއެވެ. މަގުގެ އެކި ދިމަދިމާ ބަލަމުން ޒާޔާ ދިޔައީ މަލައިކާ ފެނޭތޯއެވެ. އެހެންނަމަވެސް ސްކޫލާއި ހަމައަށް ދެވުނު އިރުވެސް އޭނާއަށް މަލައިކާއެއް ނުފެނުނެވެ. “ޕޮއް.” ޒާޔާ ސިހިގެން ދިޔައީ ފަވާޝަތު އޭނާގެ ކަންފަތް ދޮށުގައި ކުޑަކޮށް ހަޅޭއްލެވުމުންނެވެ. “ފަވާ؟ ކޮންއިރަކު؟” ޒާޔާ ސިހިފައި ހުރިވަރުން އޭނާ ކުރަން އުޅުނު ސުވާލުވެސް ރަނގަޅަކަށް ނުކުރެވުނެވެ. “ޕިސް ޕިސް.. ވަރުތަކެއް ވެފައޭ ދޯ ތި ހުންނަނީ އެކަމަކު. އަހަންނަށް މިއަދު ތަންކޮޅެއް […]
އެދުވަހުގެ މެންދުރު ވަގުތު އާލިޔާގެ އެދުމަކަށް ޖަމީލާ އެގެއަށް ދިޔައެވެ. އޭނާ ދިޔައީ އަދިވެސް އޭނާ ކުރަން ބޭނުންވާ ކަންތައް މޮޅަށް ކުރެވޭނެ ގޮތަކާއި މެދު އަދިވެސް މޮޅެތި ރޭވުންތައް ރާވަންވެގެންނެވެ. އާލިޔާ އަކީ ވިސްނުން ތޫނު މީހެއްކަމުން ޖަމީލާ އެކަން ކުރުމުގައި އާލިޔާގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފައިވިއެވެ. ޒާޔާގެ ރުހުން ހޯދުމަށްޓަކައި އާލިޔާއަށް މޮޅެތި ‘ޓިޕްސް’ ތައް އެނގޭނެކަން ޖަމީލާ ދަނެއެވެ. އާލިޔާ އަކީ އަބަދުވެސް ބޭރު ޑްރާމާތައް ބަލައި އުޅޭ މީހެކެވެ. އެހެންކަމުން […]