އައްސަލާމް ޢަލައިކުމް ހުރިހާ ކިޔުންތެރިން. ދިމާވި ކުޑަކުޑަ މައްސަލައަކާއި ގުޅިގެން އަޅުގަނޑަށް ވަނީ ވާހަކަ އަޕްލޯޑް ނުކުރެވި ގިނަ ދުވަސްތަކެއް ވެފައެވެ. އަޅުގަނޑުގެ ލެޕްޓޮޕް އަތުލައިފައި އޮތީމަޔާއެކީ އަޅުގަނޑަށް ދެން މި ވާހަކަ އަޕްލޯޑް ކުރުން ވާނީ އުނދަގޫ ކަމަކަށެވެ. ސަބަބަކީ އަޅުގަނޑުގެ ވާހަކަ މައިކްރޮސޮފްޓް ވޯޑް ޑޮކިއުމެންޓްގައި ތައްޔާރުކޮށް އަޅުގަނޑު އެސްފިޔައަށް ވާހަކަ ލާތީވެއެވެ. މިހާރު އަޅުގަނޑު މި ބޭނުންކުރަނީ އަޅުގަނޑުގެ ޓެބްލެޓެކެވެ. އެހެންކަމުން މި ވާހަކަ ނުގެނެސްދެވުނަސް ރީތި ރީތި ކުރުވާހަކަތަކެއް ތިޔަ ކިޔުންތެރިންނާއި […]
ކޮޓަރިއަށް ވަތް ގޮތަށް ޝިމާޔާ އެންމެ ފުރަތަމަވެސް ބަންޑުން އެނދަށް ޖެހިގަތީއެވެ. އެނދަށް ޖެހުނު ޖެހުނުން ޝިމާޔާ ރޯން ފެށިއެވެ. ޝިމާޔާ ރޯން އޮތްއިރު އޭނާއަށް މި ވޭތުވެ ދިޔަ ދުވަސްތަކުގައި އުޅެވުނު ގޮތާއި މެދު ފުރަތަމަ ފަހަރަށް ވިސްނައިލެވުނެވެ. އަދި އެދުވަސްތައް ހިތަށް އަރައިފައި އޭނާއަށް އިތުރަށް ރޮވޭ ގޮތްވިއެވެ. ކުއްލިއަކަށް އަންޖަދުގެ ޚިޔާލުތަށް ޝިމާޔާގެ ހިތަށް ވެރިވުމުން ޝިމާޔާއަށް ލުއްކެއް ޖަހައި އެނދުން ތެދުވެވުނެވެ. ކިތަންމެ ބިރުގަނެފައިވިނަމަވެސް ޝިމާޔާ މިފަހަރު ވަރަށް ހިތްވަރުކޮށްފައި އޭނާގެ […]
“އޭ! މަ އަންނާނަން ކޮޓަރިއަށް ވަދެލާފަ އިނގެ.” ތަށި ދޮންނަން ހުރި ޝަމީމްއަށް އަވަސް އިޝާރާތެއް ދީފައި ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ޒައިން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ޒައިން ކޮޓަރިއަށް ވަތް ވަގުތަކީ ޝިމާޔާ ކޮޓަރިން ނުކުތް ވަގުތެވެ. ޝިމާޔާ މަޑު ހިނގުމެއްގައި ހިނގައިފައި ގޮސް ބަދިގެއަށްވަނެވެ. އޭރު ޝަމީމް އެންމެ ފަހު ތަށި ދޮވެ ހޯލްޑަރުގައި ބަހައްޓަނީއެވެ. ޝިމާޔާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. މިހާރުގެ ފިރިހެންކުދިން ހަމަ ރަނޑުތާއެވެ. ޝަމީމް ބަދިގެއިން ނުކުންނަންވެގެން […]
“ކޮން ޒައިންއެއް؟” މޫނުމަތީގައިވި ސީރިއަސްކަން އެއްފަރާތް ކޮށްލުމަށްފަހު އާރިޝް ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ. “ނޭނގެ ދާދި އިހަކަށް ދުވަހަކު އަހަންނާ ދިމާވީ. ޝައްމު އާ އެކީގަ އޭނަ އުޅެނީ. އަހަންނަށް އޭނަ ފެނުނު ފުރަތަމަ ދުވަހު ހީވީ ބައްޕަ ފެނުނުހެން. އޭނަވެސް ހުރީ ފާޑަކަށް ދެލޯ ބޮޑުކޮށްފަ ބަލަން.” ނައިޒަކް ކިޔައިދިނެވެ. “ހެހެ.. ތި ވާނީ ހަމަ ޒެކް އަށް ހީވި ގޮތަކަށް. އެހެންނޫނަސް ދުނިޔޭގަ އުޅޭއިރު އިއްތިފާގުންވެސް އެއްވައްތަރު މީހުނާ ދިމާވެއެއްނު.” އާރިޝް ކިޔައިދިނީ އޭނަ ނިންމައިފައި […]
ނައިޒަކް އަވަހަށް ބެލްކަނި ދޮރު ހުޅުވައިލުމަށްފަހު ބެލްކަންޏަށް ނުކުުތެވެ. އެއީ އެ އަޑު އައީ އެ ދިމާލުން ކަމަށް ވާތީއެވެ. ބެލްކަނީގެ ރެއިލިންގް ގައި ހިފަހައްޓައިގެން ހުރެ ނައިޒަކް ތިރިއަށް ބަލައިލިއެވެ. ނަމަވެސް ތިރިއަކުން އެއްވެސް އެއްޗެއް ނައިޒަކް އަކަށް ނުފެނުނެވެ. ނައިޒަކް ކުރިއަށް ދާން ހިނގައިގަނެފައި އަނެއްކާވެސް އޭނާއަށް ހުއްޓެވުނީ ހަމަ އެ އަޑު އިވިގެންނެވެ. މިފަހަރު ކުރިއަށްވުރެވެސް ބާރަށް އެއަޑު އޭނާއަށް އިވުނެވެ. ދުރުދުރަށް ނަޒަރު ހިންގަމުން ދިޔަ ނައިޒަކް އަށް ފެނުނީ ތަންކޮޅެއް […]
އޭގެ އަނެއްދުވަހެވެ. މުނީޝާމެން ބަދިގޭގައި ޙަރަކާތްތެރިވަމުން ދިޔައިރު އާރިޝް އިނީ ކާކޮޓަރީގައި އޭނާގެ ފޯނު ހިފައިގެންނެވެ. ނައިޒަކް ދިން ރަތްކުލައިގެ ހެޑްސެޓް ކަންފަތަށް ޖަހައިގެން އިންއިރު ވަށައިގެން ހިނގާ އެއްވެސް ކަމެއް އާރިޝް އަށް ނޭނގޭކަހަލައެވެ. ކުއްލިއަކަށް ބިންމަތީގައި ފޮއްޓެއް ބެހެއްޓި އަޑަށް މުނީޝާ އަށް އެ އަޑު އައި ދިމާލަށް ބަލައިލެވުނެވެ. އޭރު ޝިވާން ހުރީ ކާކޮޓަރި ދޮރުމަތީގައި އާރިޝް އަށް ބަލަހައްޓައިގެންނެވެ. މުނީޝާ ޝިވާން ގާތަށް އައުމުން ޝިވާން މުނީޝާ ގައިގައި ބައްދައިލިއެވެ. “މަންމަމެން […]
“މަށަށް ހީވަނީ މިގޮލާ އިންސްޓާ އިން ކޮންމެވެސް މީހަކާ އަރާރުންވެލައިގެންހެން މިއުޅެނީ.. ދޯ ޝިމާ!” ފަޔާޒް އާދައިގެމަތިން ޝިމާޔާ އާއި ދިމާކުރާގޮތަށް ދިމާކޮށްލިއެވެ. “ނޫން.. އެވަރު ކަމެއް ނުވޭ. މީހެއް ގައިގަ ލައިގަތީ މިހެން އަންނަނިކޮށް!” ޝިމާޔާ ބުނި ވާހަކައިން ފެން ބޯން އިން ލައިލާ ކޮށިއަރައިގަތެވެ. “ކީކޭ؟ ކާކު ކޮންކަހަލަ ކިހިނެތްހުރި ކޮންދިމާލެއްގެ މީހެއް ގައިގައި ލައިގަތީ؟” ލައިލާ ސުވާލުކޮށްލި ގޮތުން އެންމެނަށްވެސް ހެވުނެވެ. “ދެން އަޅެ ބުނެބަލަ.” ރަކިވިވަރުން ލައިލާ އަށް އެހެންވެސް ބުނެވުނީ […]
“ޕިސް ދެން ފައްޓަބަލަ ތިއްތިބޭ.” އާރިޝްގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އުޝާ ބުންޏެވެ. އާރިޝްއަށް ހަމަބިމަށް އާދެވުނީ އެވަގުތުއެވެ. “އަމް. ތިކުދިން ކުޅެލަން ވީއެއްނު ދޯ. ތިއްތިބެގެ ފްރެންޑެއް އެބަހުރި އެކޮޅުގަ. އަންނާނަން އިނގޭ.” އާރިޝް އެކަނިވެލަން ބޭނުންވެފައިހުރިވަރުން ނައިޒަކްމެންގާތު ބަހަނާއެއް ދައްކައިލައިފައި ތަންކޮޅެއް ދުރުގައި ހުރި ހަޓެއްގެ ކައިރިއަށް ދާން ހިނގައިގަތެވެ. “އޯކޭ ދެން އަހަރުމެން ކުޅޭނީ. އެހެންވީމަ އުޝާ ފައްޓާ ދެން މީމަކުން. އޯކޭ؟” ނައިޒަކް ބުންޏެވެ. އުޝާ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ކިޔަން […]
ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު އޮފީހަށް ދާން ތައްޔާރުވުމަށްޓަކައި ޒައިން ކޮޓަރިއަށްވަނެވެ. ވިލުނޫކުލައިގެ އަތްދިގު ގަމީހަކާއިއެއްކޮށް އެންމެ ޒަމާނީ ކަޅު ފަޓްލޫނުގައި ބެގީ ޖަހައިލައިގެން ހުރިއިރު ޒައިދްއާއި އެއްވެސް ތަފާތެއް ނެތެވެ. އުމުރުން އެންމެ ތިރީސް ހަތަރު އަހަރަކަސް ޒައިން ހުންނަގޮތުން ފެންނަ މީހަކަށް ހީކުރެވޭނީ ޒައިންއަކީ ވިހި ތިރީސްއަހަރުގެ ޒުވާނެއްހެނެވެ. މިއަދުވެސް ގިނަބަޔަކު ޒައިން އަކީ ތިރީސްހަތަރު އަހަރުގެ ޒުވާނެކޭ ބުނުމުން ޤަބޫލެއް ނުކުރެއެވެ. ހަމީދާއަކީ ޒައިންގެ މަންމަ ކަމަށްވެސް ގިނަބަޔަކު ޤަބޫލެއްނުކުރެއެވެ. ޙަޤީޤަތަކީވެސް އެއީއެވެ. ޒައިންއަކީ ހަމީދާގެ ދަރިއެއްނޫނެވެ. […]