އެ ސޫރަ ފެނުމާއިއެކު ބިރުގަތީ ހަމައެކަނި ޒާޔާއެއްވެސް ނޫނެވެ. އެ ސޫރައިގެ ވެރިޔާވެސް ބިރުން ރޫރޫ އަޅައިގެން ދިޔައެވެ. ޒާޔާ ބިރުގަނެފައި ހުރިވަރުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ދުއްވައިގަންނަން ހިތަށް އެރިއެއްކަމަކު ދެން އިތުރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ޒާޔާއަކަށް ނުކެރުނެވެ. އެ އަންހެންކުއްޖާގެ ދެލޯ ބޮޑުކޮށްލެވިފައިވީއިރު މޫނުގައި އެޅިފައި ހުރި ރޮނގުތަކުން ހީވަނީ މޫނުގައި ރެނދު ލައިފައި ހުރިހެންނެވެ. މޫނުމަތި އެހާ ކުރަކިކޮށް ފެންނަން ހުރިއިރު ހާމައަށް ފެންނަން އޮތް އަތް އޮތީ އެހާ އޮމާންކޮށް […]
ޒާޔާ އަންނާނެ އިރެއްގެ އިންތިޒާރުގައި އާލިޔާ އިރުއިރުކޮޅާ ގޭގެ މައި ދޮރާއި ދިމާލަށް ބަލައިލައެވެ. ބައެއް ފަހަރަށް ވަގުތު ހިނގާލެއް ލަސްވާހެން އާލިޔާއަށް ހީވެއެވެ. ކިތަންމެފަހަރަކު ޒާޔާއަށް ގުޅަންވެސް ހިތަށް އެރިއެވެ. އެކަމަކު ޒާޔާއަށް ޝައްކެއް ވެދާނެތީ އާލިޔާ ކެތްކޮށްލައިގެން އިނީއެވެ. “ބޮޑުދައިތާ. އަހަރެން މި ދަނީ ނޫމާންމެން ގެއަށް.” އާލިޔާ އާއި ދިމާލަށް ބަލައިވެސްނުލައި ފަވާޝަތު އަވަސްއަވަހަށް އެ ވާހަކަ ބުނެލުމަށްފަހު ގެއިން ބޭރަށް ނުކުމެއްޖެއެވެ. އާލިޔާ އެކަމަށް އެއްވެސް އެއްޗެކޭ ނުބުނީ ފަވާޝަތު ދިޔުމުން […]
ކަނޑުގެ ލޮނުގަނޑު ކަފަމުން ރަށުގެ ފަޅުތެރެއަށް ވަތް ލޯންޗް ފެނި ފަވާޝަތު ގާތަށް ހިނި އަންނަ ގޮތްވިއެވެ. “ހަހަހަ. މިތަ ނޫމާން އަހަންނަށް ދޭން އޮތް ބޮޑު ސަރޕްރައިޒަކީ؟ އަހަންނަށް އަލަކަށް ނޫނޭ ލޯންޗެއް މި ފެނުނީ.” ފަވާޝަތު ހީކުރީ ނޫމާން އޭނާ ގޮވައިގެން ބަނދަރަށް އައީ އެ ބޮޑު ލޯންޗު ދައްކަން ކަމަށެވެ. އެހެންނަމަވެސް ފަވާޝަތަށް އެވަގުތު ނޭނގުނު ކަމަކީ އެ ލޯންޗު ތެރޭ އޭނާ ޙައިރާންކުރުވާނެފަދަ ސަރޕްރައިޒެއް އިންނާނެ ކަމެވެ. ފަވާޝަތު ހެމުން ދިޔައިރު […]
“ދަރިފުޅު ޖަވާބެއް ދީބަލަ.” ޒާޔާ ދެލޯ ބޮޑުކޮށްގެން އިންނަން ފެށުމުން ނިހާން އަށް އުނދަގޫވިއެވެ. ބައެއްފަހަރަށް މިއީ ޒާޔާ އާއި ކޮށްގެން ވާނެ ކަހަލަ ސުވާލެއް ވެސް ނޫނޭ ނިހާންގެ ހިތަށް އަރައެވެ. އެކަމަކު މިކަން ކުރަން ކޮންމެވެސް އެއްގޮތަކުން ނިހާން އަށް ވަނީ މަޖުބޫރުވެފައެވެ. އޭނާއަށް އަބަދަކު ޒާޔާ ރޮއެ ހިތާމަކުރާ މަންޒަރު ބަލަން ކެތެއް ނުކުރެވޭނެއެވެ. “އަދި މަންމަ މަރުވިތާ މަހެއްވެސް ނުވެގެން މިއުޅެނީ. ދެން ބައްޕަ ހާދަ އަވަހަކަށް އެހެން ކައިވެންޏެއް ކުރަން […]
ސްކޫލް ރަނގަބީލު ޖެހުމާއިއެކުހެން ސްކޫލް ގޯތިތެރޭ މަޑުކޮށްގެން ތިބި ހުރިހާ ކުދިންތައް ސްކޫލްގެ މައި ގޭޓުން އެތެރެއަށް ވަންނަން ފެށިއެވެ. މިއަދަކީ ދިރާސީ އައު އަހަރު ފެށޭ ދުވަސްކަމުން ކޮންމެ ކުއްޖެއްގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ބޮޑު ޗުއްޓީއެއް ހޭދަކޮށްލުމަށްފަހު އަލުން އަނބުރާ ސްކޫލަށް އާދެވުމުން އެ ކުރެވެނީ ވަރަށްވެސް ތަފާތު އިޙުސާސްތަކެކެވެ. ހިތަށް ހަމަޖެހުން ގެނުވައިދޭނޭ އިޙުސާސްތަކެކެވެ. ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ އެކުވެރިންތަކާއިއެކީ ކްލާސްތަކަށް ވަންނަމުން ދިޔައެވެ. ޒާޔާވެސް އޭނާގެ އެންމެ ގާތް […]
އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނާ އަޑު ތިޔައިގެ ތެރެއިން ކޮންމެ ކިޔުންތެރިއަކުވެސް އަޑުއަހަމު ނޫންހެއްޔެވެ؟ އެއްބަޔަކަށް އެ އަޑިގަނޑުން ފަސޭހަކަމާއިއެކު އެރޭއިރު އަނެއްބަޔަކަށް އެ އަޑިގަނޑުން އަރައިގަނެވެނީ އެތައް މަސައްކަތްތަކެއް ކޮށްގެންނެވެ. ވޭނާއި ކެކުޅުން ތަޙައްމަލް ކޮށްފައެވެ. ހިތްފަޅައިގެން ދާވަރުގެ ހިތްދަތި ތަޖުރިބާތަކެއް ކުރުމަށްފަހުގައެވެ. މަކަރުވެރިންގެ ނުބައި ރޭވުންތަކުގައި މިދުނިޔެމަތިން އެތައް މައުސޫމު ބަޔަކު ބެދެމުން ދެއެއްނޫންހެއްޔެވެ؟ މިކަމުގެ ސަބަބުން އެމީހާގެ އަބުރު ކަތިލެވި އެމީހާގެ މައްޗަށް އެހެން މީހުން ކުރާ އިތުބާރު ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި […]
އެއީ މިދިޔަ އަހަރުގެ( ދެހާސް ނަވާރަ) ޢީދު ދުވަސްތެރެއެވެ. އާދައިގެ މަތިން އައިޝާ މިރޭވެސް އިނީ ނުނިދައި ހޭލައި ފޯނު ހިފައިގެންނެވެ. އައިޝާގެ ބަލި ޙާލަތު ހުންނަ ގޮތުން އޭނާއަށް ކޮންމެ ރެއަކު ނިދުން ވަނީ ވަރަށް ބޮޑު ވޭނަކަށެވެ. މެންދަމު ވަގުތު ކެއްސައި ނޭވަޔަށް އުނދަގޫވެ ނޭވާ ހިއްލުމަކީ އޭނާއަށް ރޭގަނޑު ނުނިދޭ އެއް ސަބަބެވެ. މޭގައިވެސް ރިއްސަނީ ވަކިވަރެއް ބަލައިފައެއްނޫނެވެ. އެހެން ރޭރެއާއި ޚިލާފަށް މިރޭ އައިޝާ އިނީ އެކަނިމައިއެކަނި އޭނާގެ ދައްތަގެ ކޮޓަރީގައެވެ. […]
ނިދިފައި އޮތް ޒައިންއަށް ހޭލެވުނީ ޖިއާން ބާލީހަކުން ޒައިން ގައިގައި ތަޅައިގަތުމުންނެވެ. ލުއްކެއް ޖަހައި އެނދުން ތެދުވެ އެންމެ ފުރަތަމަވެސް ޒައިންއަށް އަހައިލެވުނީ މިހާރު ރާއްޖެ ދެވުނީތޯއެވެ. “އަދިވެސް ނިދާފަދޯ. އަހަރެން ހީކުރީ ޒައިން ހޭލާނެކަމަށް މަށަށްވުރެ ކުރިން. ބަޓް އައި ވޮން.. ހެހެ.. ދެންވެސް ރަނގަޅަށް ދެލޯ ހުޅުވާފަ ދޭބަލަ ފާހަނާއަށްވަދެ ރީތިވެގެން ނުކުންނަން. އޭރުން ކިރިޔާ ގަޑިނުޖެހި އެއަރޕޯޓަށް ދެވޭނީ. އަހަރެން މިއުޅެނީ އެއްޗެހި ޕެކް ކުރަން.” ޒައިންގެ އިސްތަށިގަނޑުގައި އަތް ހައިކައިލަމުން ޖިއާން […]
ދެބެން އެގޮތުގައި ދެލޯ ބޮޑުކޮށްގެން ތިއްބައި އެ މީހަކު އެތަނުން ތެދުވިއެވެ. އެއާއިއެކު ދެފަރާތުގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ކުރިމަތީގައި ހުރި އަންޖަދު ފެނިފައި ޝިމާޔާގެ ދެލޯ އިހުނަށްވުރެވެސް ބޮޑުވެގެންދިޔައެވެ. އަންޖަދު އަށް ވެސް ދެލޯ ބޮޑުކޮށްލި ގޮތަށް ޝިމާޔާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އަންޖަދު އަށް އައިއްސައި ހުރި ބަދަލުތަކުން ޝަމީމް ހުރީ ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެގޮތުގައި ތިން ޒުވާނުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބައި ދަންނަ އަޑަކުން އަންޖަދު އޭ ކިޔައިފައި ގޮވައިލި […]