************** އަސްމާ ގޮވައިގެން މުޅި މާލެ ކުޑަކުރަމުން ޒައިދް ދުވިއެވެ. ޒައިން ގެއްލުނު ގޮތަށް އަސްމާ ގެއްލޭކަށް ޒައިދް އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ. އެހެންކަމުން ދުވަމުން ދިޔައިރުވެސް އަސްމާގެ އަތް ޒައިދްގެ އަތާއި ވަކިނުކުރެއެވެ. މުޅި މާލޭގައި ދެމަފިރިން ދުވިއިރުވެސް ވީ ކަމެއް ޙަރާމެވެ. މުޅި މާލެތެރެ ހޯދިއިރުވެސް އެއްވެސް ތާކުން ޒައިންގެ ހިލަމެއްނުވިއެވެ. އެކި އެކި މީސްމީހުން ގާތު ޒައިން ދުށިންތޯ އެހުމުންވެސް އެމީހުންގެ ފަރާތުން ލިބެމުން ދިޔައީ ހަމަ އެންމެ ޖަވާބެކެވެ. ‘ތި ބުނާ ކުއްޖަކު […]
ނައިޒަކްމެނަށް މާލެ ދެވުނުއިރު އެ ދުވަހުގެ އިރުއޮއްސިއްޖެއެވެ. އުޑުމަތި މަޑު އޮރެންޖް ކުލައެއްގައި އޮތް އިރު އެއީ މޮޅު ކުޅުންތެރިއެއްގެ ކުރެހުމަކަށްވުރެވެސް ފުރިހަމަ މަންޒަރަކަށް ވާނޭކަން ކަށަވަރެވެ. އިރުއޮއްސުނު އިރުވެސް މުޅި މާލޭގެ މަގުމަތި ވަނީ މީހުންތަކުން ފުރިފައެވެ. ފަޅަށް އެންމެ މަގެއްވެސް ފެންނާކަށް ނެތެވެ. މީހުންތަކުގެ ތެރެއިން ސައިކަލު ދުއްވައިފައި ނައިޒަކް އެމީހުންގެ ގެއާއި ހަމައަށް ދިޔައެވެ.ގޭޓު ކައިރީ ސައިކަލު ޕާކްކުރުމުން ރިޝާނާ ސައިކަލުން ފޭބިއެވެ. ސެކިއުރިޓީ ގާޑު ގޭޓު ހުޅުވައިލަދިނުމުން ރިޝާނާ ވޯކްވޭއިން ހިނގައިލައިފައި ގޮސް […]
ނިދިފައި އޮތް ނައިޒަކް އަށް ހޭލެވުނީ އޭނާގެ ކޮޓަރީގައި ޓަކި ޖަހާ އަޑަށެވެ. ނަމަވެސް ނައިޒަކް އަށް ރަނގަޅަކަށް ދެލޮލެއް ނުހުޅުވުނެވެ. ދެލޯ އެއްކޮށް ތަތްލާފައިވާ ކަހަލައެވެ. ގަދަކަމުންވެސް ނައިޒަކް ދެލޯ ހުޅުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އެއިން ކޮންމެ ފަހަރަކު ނައިޒަކްގެ ދެލޮލަށް ތަދުވެއެވެ. ނައިޒަކް މަޑުމަޑުން އަތް ގެންގޮސް ސައިޑް ޓޭބަލް މަތީގައި އިން ފެންޖަގުގައި ހިފެހެއްޓިއެވެ. އަދި މަޑުމަޑުން އޭތި ގާތަށް ގެނެސް ނައިޒަކް އޭގެން ފެންފޮދެއް އަތުގައި […]
މާލޭގެ ތަނަވަސް ބޮޑު ގެއެއްގެ ގޭޓު ކުރިމައްޗަށް ރަތްކުލައިގެ ފެރާރީ ކާރެއް މަޑުކޮށްލިއެވެ. ގޭޓު ބަލަހައްޓަން ތިބި ދެ ސެކިއުރިޓީން ގޭޓު ހުޅުވުމާއިއެކު ކާރު މަޑުމަޑުން ވޯކްވޭއިން ދުއްވާލައިފައި ގޮސް ގޭގެ ބޮޑު ގަރާޖުތެރެއަށް ވަނެވެ. ކާރު ޕާކްކޮށްފައި ޑްރައިވަރަކަށް އިން މީހާ ކާރުތެރެއިން ނުކުމެ ޕެސެންޖަރ ސީޓުގެ ދޮރުފަތް ހުޅުވައިލިއެވެ. އެއާއިއެކު ކާރުތެރެއިން ފޭބީ އެކާވީސް އަހަރުގެ ޒުވާނެކެވެ. ރީތިކަމުގެ ހުރިހާ ސިފައެއް މިލްކުކޮށްލައިގެން ހުރި ފުރިހަމަ ޒުވާނެކެވެ. ކަޅުކަންގަދަ ބުމައެއް ލިބިފައިވީއިރު އެންމެ އަޅައިގަންނަނީ […]