މަގުމަތިން ހިނގަމުން ދިޔަ ޒައިންގެ ހިތްވަނީ ނުތަނަވަސްވެފައެވެ. މިއަދުގެ ބަސްދީގަތުމަށް ފުރިހަމައަށް ޖަވާބުދެވޭނެ ކަމާމެދު މިހާރު ޒައިންއަށް ޝައްކެވެ. ޒައިންގެ ސިކުނޑިތެރޭ އެ ސިޓީ ނޫން އެހެން އެއްޗެއް ދައުރު ނުވާ ކަހަލައެވެ. އަބަދުވެސް އެސިޓީގައި ލިޔެފައިވާ ކޮންމެވެސް ޖުމުލައެއް ޒައިންގެ ސިކުނޑިތެރޭ އެނބުރެއެވެ. މި ޚިޔާލުތަކެއްގެ ތެރޭގައި ހުރެ ޒައިންއަށް ޓީވީ މޯލްޑިވްސް އިމާރާތާއި ހަމައަށް އާދެވިއްޖެއެވެ. ސިކުނޑިތެރޭ ދައުރުވަމުން ދިޔަ ޚިޔާލުތައް އެއްފަރާތްކުރަން މަސައްކަތް ކުރަމުން ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ޒައިން […]
ޒައިން ހީކުރި ގޮތާއި ޚިލާފަށް އޭނާ ކޮޓަރި ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ހުރީ ނައިޒަކް އެވެ. ނައިޒަކް ގާތުގައި ހުރި އާރިޝް ފެނުމުން އެއީ މީގެ ކުރިން ދުވަހު އޭނާގެ ތަޅުދަނޑިފަތިން ޖެހުނު މީހާކަން ހަނދާންވިއެވެ. “ކޮބާ ޝައްމު؟ ދޮރު ތަޅުވެސް ނުލާ އެހުރީ.” ޒައިންގެ މޫނުމަތީގައިވި ނުތަނަވަސްކަމުގެ ކުލަވަރު ފާހަގަނުވާ ޙާލު ނައިޒަކް އެހިއެވެ. އެކަމަކު އެކަން ނައިޒަކް ގާތުގައި ހުރި އާރިޝް އަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. “މީ ކުއްލިއަކަށް ހުޅުމާލެ ދާން ޖެހިގެން […]
ފޮޓޯ ގަނޑުގައި އިން ލިޔުންކޮޅުން ހަތަރު ވަނަ ޖުމުލަ ކިޔުނުތަނާ ޒައިން ހާސްވާން ފަށައިފިއެވެ. ވާން މިއުޅެނީ ކިހިނެތްބާއެވެ؟ ވާން އުޅޭ ގޮތެއްވެސް އިނގޭނީ ދެން ހުރި ޖުމުލަތައް ވެސް ކިޔައިގެންތާއެވެ. އެކަމަކު ދެން އިން ޖުމުލައިގެ ފުރަތަމަ އަކުރުވެސް ކިޔައިނުލެވެނީސް އެ ދޮރުގައި މީހަކު ޓަކިދޭން ފެށިއެވެ. މޫނުމަތީގައިވި ހާސްކަން އެއްފަރާތް ކޮށްލުމަށް ފަހު ޒައިން އެނދުން ތެދުވެ ގޮސް ދޮރު ހުޅުވިއެވެ. “ޝިމް. ކަމަކުތަ؟ ކޮބާ ދޮންބެ؟” ކުރިމަތީގައި ހުރި ޝިމާޔާ ފެނި ޒައިން […]
“މަންމާ ކޮބާތަ ޒެކް؟” ގޭތެރެއަށް ވަތް އާރިޝްއަށް ޓީވީ ބަލަން އިން އަސްމާ ފެނުމުން އަހައިލިއެވެ. “ޝަމީމް މެން ގެއަށޭ ކިޔާފަ ދިޔައީ.” އަސްމާ ބުންޏެވެ. “އެހެންތަ. އޭނަ ގެއަށް އައީމަ ބުނައްޗޭ އަޅުގަނޑުގެ ކޮޓަރިއަށް ވަދެލަން އިނގޭ މަންމާ!” އާރިޝް ބުނި ބުނުމަށް އަސްމާ ހްމްމް އެކޭ ބުނުމުން އާރިޝް އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދިޔަ އާރިޝް އާއި ދިމާލަށް އަސްމާ ބަލައިލީ ހިތްދަތިވެފައިވާ ފަދަ ގޮތަކަށެވެ. އަސްމާ އިއްޔެ […]
އަސްމާ އިސް އުފުލައި ބަލައިލިއިރު އޭނާގެ ކުރިމަތީގައި އެހުރީ ޒައިން ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. ޒައިންއަށްވެސް އަސްމާ ގެ ސޫރަ ފެނުމުން ހުއްޓުން އަރާގޮތްވިއެވެ. އޭނާ ވަކި މިގެއަށް އައީ އަސްމާ ފެނިދާނެކަމަކަށް ނޫނެވެ. ނަމަވެސް ތަޤްދީރުގައި އެކަމެއް ވާން އޮތް ގޮތަކަށް ވާނެއެވެ. އެކަމަކަށް އަހަރުމެން އެކަކަށްވެސް ހުރަހެއް ނޭޅޭނެއެވެ. އަސްމާއަށް ޒައިންއަށް ފުރަގަސްދެވުނީ އޭނާގެ ލޮލަށް ކަރުނަތައް ބޮނޑިވާން ފެށުމުންނެވެ. ޒައިންގެ ކުރިމަތީގައި ރޯނެ ހިތްވަރެއް އަސްމާ ގެ ނެތެވެ. ކުޑަމިނުން […]
“މަންމާ!” ޒައިންއާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަސްމާ ސިހުނީ ތަންކޮޅެއްދުރުން މުނީޝާ އޭނާއަށް ގޮވައިލި އަޑު އިވުމުންނެވެ. އެސްފިޔަ ޖަހައިލުމަށްފަހު ނުވާކަމަކަށް ހެދެމުން އަސްމާ އަވަހަށް އެތަނުން ހިނގައިގަތެވެ. “ޝިމް.. އެއީ ކޮން ދައްތައެއްތަ؟” އަސްމާ ދިޔަ ދިމާލަށް ބަލައިލަމުން ޒައިން އަހައިލިއެވެ. “އެއީ ޒެކްގެ މަންމަ. އެކަމަކު ހާދަ ވަރަކަށޭ ޒައިންއަށް އެ ބެލީ. އަދި ޒައިންގެ ބައްޕަގެ ނަމުން ދޯ ޒައިންއަށް ގޮވީވެސް. އަނެއްކާ ޒައިންގެ ބައްޕައާ ޒެކްގެ މަންމަ އާ ގުޅުމެއް އޮތީބާ؟” […]
ޒައިންގެ އަތުގައި ހިފަހައްޓައިގެން އޭނާގެ ކުރިމަތީގައި އެހުރީ ޝިމާޔާ ނޫން ދެވަނަ މީހެއް ނޫނެވެ. ބުރަކައްޓަށް ލިބުނު އަނިޔަލެއްގެ ސަބަބުން ޝިމާޔާއަށް މީހެއްގެ އެހީތެރިކަމަކާ ނުލައި ކޮޅަށްހުރުމަކީ ދަތިކަމެކެވެ. “ދޮންބޭ!” ކުރެހިފައިވާ އަޑަކުން ޝިމާޔާ އޭނާގެ ކުރިމަތީގައި އިން ޝަމީމްއަށް ގޮވައިލިއެވެ. ޝިމާޔާ ޝަމީމްއާއި ދިމާލަށް ދާން އުޅުމުން ޒައިން ޝިމާޔާ ގެންގޮސް ޝަމީމް އިށީނދެލައިގެން އިން އެނދުގައި ބޭންދިއެވެ. އޭރުވެސް ޝަމީމް ހުރީ އެސްފިޔަ ޖަހައިވެސްނުލައި ޝިމާޔާއަށް ބަލަހައްޓައިގެންނެވެ. “ދޮންބޭ.” މިފަހަރު ޝިމާޔާ އަޑަށް ބާރުލަމުން […]
“ޒައިން އޯކޭ ނަޔަސް. ޒައިން އެތަން ސާފުކުރޭ އިނގެ. ސާފުކޮށް ނިންމާފަ އާދޭ. އަހަރެން އެހާ ޙާލު ދެރައެއް ނޫނޭ. އޯކޭ!” ޒައިން އެމްބިއުލެންސަށް އަރަން ހެދުމުން ޝަމީމް ބުންޏެވެ. ޒައިން ފުރަތަމަ ކޮޅު އެކަމަށް އިންކާރު ކުރިއެވެ. ނަމަވެސް ޝަމީމް ކުރުނުކޮށް ކިޔަން ފެށުމުން ޒައިން އެންމެފަހުން އެއްބަސްވެ އެމްބިއުލެންސް އިން ނުކުތެވެ. ޒައިން އޭގެން ފޭބުމުން އެމްބިއުލެންސް ސައިރަން އަޅައިފައި އޭގެ މަންޒިލަށް ދާން ސްޓާޓްކޮށްލިއެވެ. ލޮލުގެ ކޮޅަށް އެމްބިއުލެންސް އޮބައިލުމުން ޒައިން ގޭތެރެއަށް […]
ރެއަކީ، އުޑުމަތި ސާފު ރީތި ރެއެކެވެ. ކަޅު ސާލެއް އޮޅައިލައިފައިވާ ފަދަ އުޑުމަތީގައި އެއްވެސް ތަރުތީބުކަމެއް ނެތި ތަރިތައް އެކި ދިމަދިމާލުގައި ހުއްޓެވެ. ބުރުހަމަ ހަނދު މެދު އުޑުގައި ރަނިކަން ކުރަމުން ދިޔައެވެ. ސާފު ބިއްލޫރިކޮޅެއްފަދަ މޫދުގައި އެންމެ ރާޅު ބާންޏެއްވެސް ނެތެވެ. ނަމަވެސް އެއްގަމަށް ބިންދައިލާ ރާޅުން އެ އިވޭ ލުއި މިއުޒިކުން އެންމެންގެ ހިތްތަަކަށް ފަސޭހަވެގެން ދާނޭކަން ޔަޤީނެވެ. ހުދު ބޯކިރުކޮޅެއްފަދަ ދޮންވެލިގަނޑު މަތީގައި މަގޫފަތްގަނޑެއް ހިފައިގެން މޫދާއި ދިމާލަށް ނަޒަރު ހުއްޓައިލައިގެން ފުރާވަރުގެ […]