އިޒްޔާން މިހާރު މާ ރީއްޗެވެ. ކުރިއަށްވުރެ ފަލަވެލާފައި އެކަސްރަތީ ހަށިގަނޑު ކުރިއަށްވުރެ މާ ފިރިހެންވަންތައެވެ. އާޝިޔާއަށް މިކުރެވެނީ ކީއްކަން އެނގުމުން އަވަސްއަވަހަށް އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު އިޒްޔާންގެ އަތް ސޯފާއިން ބޭރަށް ވެއްޓިފައި އޮތްތަން ފެނުމުން އައިސް މަޑުމަޑުން އެއަތް ނަގާ އިޒްޔާންގެ މޭމަތީގައި ބޭއްވިއެވެ. އެވަގުތު އިޒްޔާން ލޯހުޅުވާލިއެވެ. އާޝިޔާއަށް ތެދުވަންވެސް ނޭނގިފައި އެއޮތްގޮތަށް އޮވެވުނެވެ. އިޒްޔާންވެސް ދެލޯ ބޮޑުކޮށްގެން އޮތީ ހައިރާންވެފައެވެ. އިޒްޔާން މަޑުމަޑުން ކެއްސާލުމުން އާޝިޔާ ސިހިފައި ތެދުވިއެވެ. އަދި އަވަސްއަވަހަށް […]
އިޒްޔާންގެ ހިތް ރޮމުންދަނީއެވެ. އެހިތުގައި ވަނީ ރިހުމާއި ވޭނެވެ. މިއަދު އެހިތް އިތުރަށް ރޮއްވާލީ މަލަކާ އޭނާއާ ބެހޭގޮތުން ލިޔެފައިވާ އިބާރާތްތަކުންނެވެ. މަލަކާ ގައިގައި ޖެހުނީތީ މިހާރު އިޒްޔާން ވަރަށް ދެރަވެއްޖެއެވެ. އަނިޔާ ލިބިފައިވާ ކުއްޖަކަށް އިތުރު އަނިޔާއެއް ދެވުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެއީ އެވަގުތު ރުޅީގެ މައްޗަށް ބުއްދި އިސްނުކުރެވުމުން ވީގޮތެވެ. ފަތިސްވީވެސް އިޒްޔާން އެހާލުގައި ކުޑަދޮރު ކައިރީގައި ހުއްޓައެވެ. އިރުގެ ދޯދިތައް ލޮލަށް އެޅެން ފެށުމުން އިޒްޔާން ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. […]
އެތެރެއަށް ވަދެގެންގޮސް ކައުންޓަރު ކައިރީގައި އިން ކުއްޖާ ގާތު ޤާދިރުބެ ވާހަކަތަކެއް ދެއްކިއެވެ. އަހަރެން ހުރީ ތަންކޮޅެއް ދުރުގައިކަމުން އެދެއްކީ ކޮން ވާހަކައެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އިރުކޮޅަކުން ޤާދިރުބެ އައިއިރު އަތުގައި ތަޅުދަނޑިއެއް އޮތެވެ. އަހަރެން ގާތު ހިނގާށޭ ބުނެފައި ޤާދިރުބެ ހިނގައިގަތެވެ. ކުރިމަތިން ފެންނަންހުރި ސިޑިން މައްޗަށް އަރަމުން ދިޔައީމެވެ. އޭރު ހިތް ތެޅޭވަރުން ހީވަނީ އެތެރެހަށިން ފުންމާލަން އުޅޭހެންނެވެ. އަތްފައި ފިނިވެ ތުރުތުރުލަމުން ދިޔައެވެ. ވަރަށް މައްޗަށް އެރުމުން ހިނގާފައި ގޮސް ކޮޓަރިއެއް ހުޅުވާލާފައި […]
އެރޭ ނިދަން ތިއްބާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އަހަރެން ބިރުންގޮސް ކޮއްކޮގެ ގައިގައި އޮޅުލައިގަތީމެވެ. ކޮއްކޮ އަހަރެންގާތު ހަމަޖެހެން ބުނެފައި ކާކުތޯ ބާރުބާރަށް އެހިއެވެ. އެއީ ޤާދިރުބެކަން އެނގުމުން ތެޅިތެޅި އޮތް ހިތް މައިތިރިވިއެވެ. އެކަމަކު ރޭގަނޑުގެ މިގަޑީގައި ޤާދިރުބެ އެއައީ ކީއްކުރަންބާއޭ ހިތަށްއެރިއެވެ. ނުހުޅުވަން ބުނެބުނެ އޮއްވާ ކޮއްކޮ ގޮސް ދޮރު ހުޅުވިއެވެ. ޤާދިރުބެ ވަގެއްހެން އަވަހަށް އެތެރެއަށް ދެމިގަނެ ދޮރު ލެއްޕިއެވެ. ޤާދިރުބެ ފެނުމުން ހިތަށް ހަމަޖެހުމެއް ލިބުނުނަމަވެސް ޤާދިރުބެ […]
އެއްއަހަރު ވީއިރު އަހަރެންނަށް ރަނގަޅަށް ލިޔަންކިޔަން ދަސްވެއްޖެއެވެ. އެކަމަށް ޒާހިދާއްތައަށް ޝުކުރު އަދާކުރީމެވެ. ދުވަހަކުވެސް ޒާހިދާއްތަ އެކޮށްދިން ކަންތަކުގެ އަގު ނުދެވޭނެކަން އަހަރެން ޤަބޫލުކުރަމެވެ. ނަމަވެސް ދުވަހެއްގެ ކޮޅުންވެސް ޒާހިދާއްތަ އަހަރެން ގާތު ކަމަކު އެދެފިނަމަ އެކަމެއް ކޮށްދިނުމަށް އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ. އެއްރޭ ފައި މޮޑެދޭން އިނދެފައި އަހަރެން މަންމައާ ބެހޭގޮތުން ޒާހިދާއްތައާ ސުވާލުކުރީމެވެ. ޒާހިދާއްތަ އަހަރެންނަށް މަންމައާއި ބައްޕަގެ ވާހަކަ ކިޔައިދިނެވެ. ޒާހިދާއްތަ ބޮޑުބެއާ ކައިވެނިކޮށްގެން އައިއިރު މަންމަ އެހާ ބޮޑެއް ނޫނެވެ. […]
ހެދުން އިސްތިރިކޮށް ކޮނޑުގައި އަޅުވަން އުޅެނިކޮށް މީހަކު ދޮރު ލައްޕި އަޑަށް އެނބުރި ބަލާލެވުނެވެ. ********** ކުއްލިއަކަށް އިޒްޔާން ސިހުނީ މީހަކު ފޮތުގައި ހިފާ ދަމައިގަތުމުންނެވެ. އިޒްޔާންއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. އެފޮތް އޭނާ ނޫން އިތުރު މީހަކު ކިޔާކަށް އޭނާއެއް ނޭދެއެވެ. އިޒްޔާން ޤަބޫލުކުރާ ގޮތުގައި މަލަކާ އެފޮތް އޭނާއާ ހަވާލުކުރާނީ ވަރަށް ބޮޑަށް އިތުބާރުކޮށްފައެވެ. “އޭތް!” އިޒްޔާން ސިހުނުވަރުން ގޮވާލެވުނީ ވަރަށް ބާރަށެވެ. އިޒްޔާންގެ އަޑަށް ދާއިން ސިހުނެވެ. ނަމަވެސް އޭނާ އެފޮތް ދޭކަށް […]
އިޒްޔާން ހަމަޖެހިލައިގެން އެނދުގެ ފަޑީގައި ލެނގިލިއެވެ. އަދި ފޮތް ހުޅުވާލިއެވެ. ފޮތުގެ ބަނޑޭރި ގަނޑުގައި ލިޔެފައި އޮތް ނަން އިޒްޔާން ކިޔާލިއެވެ. “މާހީ! އެއީ މަލަކާގެ އަސްލު ނަންބާ؟” އިޒްޔާން އަވަސްއަވަހަށް ގަނޑު އެއްލިއެވެ. ލިޔެފައިހުރި ލިޔުން އެހާ ރީތި ނޫނަސް ކިޔަން އެނގެއެވެ. ********** —– މަލަކާގެ ޑައިރީ —– އަހަރެން މިފޮތް ލިޔަންފެށީ ހިތަށް ހަމަޖެހުމެއް ހޯދާށެވެ. ހިތުގެ ޝަކުވާތައް ހިއްސާކުރާނެ މީހަކު ނެތުމުންނެވެ. މިއަދަކީ އަހަރެންގެ އުމުރުން ފަނަރަ އަހަރުވީ ދުވަހެވެ. އެހެންކުދިންގެ […]
އިރުކޮޅަކު މަލަކާއާ ދިމާއަށް ބަލަން ހުރުމަށްފަހު އިޒްޔާން ބާރުބާރަށް ދޮރާއި ދިމާއަށް ހިނގައިގަތެވެ. އިޒްޔާން ދާތަން ފެނުމުން މަލަކާއަށް ކެތްކުރަން ދަތިވިއެވެ. އަނގަމަތީ އަތްއަޅާލެވުނެވެ. މުޅި ދުނިޔޭގައި އެކަނިވެ މާޔޫސްވެފައިވާ ހާލު ފާރު ކައިރިއަށް ވެއްޓިގަނެވުނެވެ. އިޒްޔާން އެދިޔަ ބާރުމިނުގައި ގޮސް ދޮރު ހުޅުވާލާފައި ނުކުމެގެން ދިޔައީ ދޮރު ލައްޕާވެސްނުލައެވެ. މަލަކާގެ ނިތްކުރިން ފައިބަމުންދިޔަ ލެއިން މޫނުމަތި ރަތްވެފައިވާއިރު މަލަކާގެ ހާލާއިމެދު ހަމްދަރުދީގެ ނަޒަރުން އިޒްޔާން ބަލާވެސްނުލިއެވެ. ********** އިޒްޔާން ނުކުމެގެން ދިޔަތަން ބަލަން ހުރެފައި އަޝްފާގް […]
އިޒްޔާންއަށް ފޯނުގެ ސްކްރީނަށް ބަލާލެވުނު ވަގުތު އޭނާއަށް ހީވީ އޭނާގެ އެތެރެހަށީގައި ހިނގަހިނގާހުރި ނޭވާ ހުއްޓުނުހެންނެވެ. ބުދެއްހެން ހުއްޓިފައި އިޒްޔާންއަށް އިނދެވުނީ ޤަބޫލުނުކުރެވިފައެވެ. އައި ރުޅިން އޭނާއަށް ފޯނު ހޫރާލެވުނެވެ. “އޭތް. ކީއްވެ ތި ފޯނު ހޫރާލީ؟” އަޝްފާގް ހައިރާންވެފައި އަހާލިއެވެ. ކުއްލިއަކަށް އިޒްޔާން ތެދުވެ އަޝްފާގްގެ ޓީޝާޓުގައި ހިފާ ޖޯލިން ނެގިއެވެ. އޭރު ރުޅިއައިސް ރަތްވެފައި ހުރި އިޒްޔާންގެ ދެއަތް ތުރުތުރުލަމުންދެއެވެ. ވާނުވާ ނޭނގި އަޝްފާގް ދެލޯ ބޮޑުކޮށްގެން ހުރެ ވީ ކީއްތޯ ސުވާލުކުރަމުން ދިޔައެވެ. […]