މިވާހަކައަކީ ތިނެސްކަން ލޯބީގެ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. އެހެންކަމުން މިވާހަކައިގައި ހިމެނޭ އެއްވެސް ހާދިސާއެއް، ދިރިހުރި ނުވަތަ ނިޔާވެފައިވާ މީހަކަށް ނިސްބަތްވެފައިވާނަމަ އެއީ މުޅިން އިއްތިފާޤެކެވެ. ********** އިސްތިހާރު!! “ކޮންމެ މީހަކުވެސް މޮޅު ވާހަކަ ދައްކާނީ. ވާކަމެއް ހަރާން.” ހުޒާމްގެ ގާތަށް އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން މުޅި މީހާ ރޫރޫ އަޅަމުންދެއެވެ. އެރުޅީގައި އޭނާގެ އަތުގައި އޮތް ޓީވީ ރިމޯޓް ނަގާ ހޫރާލިއެވެ. ރިމޯޓު ގޮސް ފާރުގައި ޖެހުމާއެކު ފަޅިފަޅިވެގެން ދިޔައެވެ. އެއަޑަށް އައީ އެގޭގައި މަސައްކަތްކުރަން […]
ރޭގަނޑުގެ ވަގުތު ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. މަލަކާ ހުރީ ޓެރަސްގައެވެ. އިޒްޔާންގެ ޚިޔާލުތަކަށް ގެއްލިފައިހުރި މަލަކާ ސިހުނީ މީހެއްގެ ހިލަންވެގެންނެވެ. ފަސްއެނބުރި ބަލާލިއިރު ކުރިމަތީ ހުރި އަޒްފާ ފެނިފައި ފުން ނޭވައެއް ބޭރުކޮށްލެވުނެވެ. “އާޝިޔާ! އެކަނިމާއެކަނި މިތާ ކީއް ތިކުރަނީ؟” އަޒްފާ އާދައިގެ ގޮތަކަށް އަހާލިއެވެ. “ކަމެއް ނުކުރަން.” އަޒްފާ ވިސްނުންތެރިކަމާއެކު އާޝިޔާއަށް ބަލާލިއެވެ. އެދެލޮލުން ފެންނަންހުރީ ރިހުމާއި ވޭނެވެ. އެއަޑުގައިވާ ކުރަކިކަމުން އާޝިޔާ ރޮއިފައިވާ މިންވަރު ދޭހަކޮށްދެއެވެ. “އާޝިޔާ! ދައްތަ ސުވާލެއް ކޮށްލަންތަ؟ […]
ޕާޓީގެ ހަލަބޮލިކަމުގެ ތެރޭގައި ދުރުގައިހުރި ގޮނޑިއެއްގައި އިން މާއިންގެ ނަޒަރު ހުއްޓިފައި ހުރީ ދުރުގައިހުރި ޖުމާނާއަށެވެ. ރައްޓެހި ކުދިން އެއްކޮށްގެން އެކި ގޮތްގޮތަށް ސެލްފީ ނަގަމުން ދިޔައިރު ދުނިޔޭގައި ހިނގަމުންދާ އެއްވެސް ކަމަކާމެދު އޭނާގެ ވިސްނުމެއް ނެތްކަން އެނގެއެވެ. ޕާޓީއަށް އައިސްތިބި ގިނަ ބައެއްގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާއިރުވެސް އެކަމާ އޭނާގެ ފަރުވާލެއް ނެތެވެ. މި އުފާވެރި މާހައުލުގައި ފޮޓޯ ނަގަންހުރި ޖުމާނާ ސިހުނީ ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ. “އާހް… އިޒް! މަގޭ […]
“މިތާ ތިއްބާ މީހަކަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ.” މަލަކާ އެހެން ބުނުމުން އިޒްޔާންވެސް ވިސްނާލިއެވެ. މަލަކާ އެބުނީވެސް ދޮގެއް ނޫނެވެ. މިރޭ ގުޅަން އެއްބަސްވެފައި ދެމީހުންވެސް ވަކިވީ އިތުރަށް އެތާނގައި ތިބުން އެއީ ރަނގަޅު ގޮތަކަށް ނުވާނެތީއެވެ. އަޒްފާ ދެކޮޅަށް ހިނގަމުން ދިޔަގޮތުން ކޮންމެވެސް ބޮޑު ކަމަކާ ވިސްނަނީކަން އެނގެއެވެ. ފަޔާޒް ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލަމުން ދެތިން ފަހަރު ގޮވާލުމުންވެސް ބަހެއް ނުބުނެ އަޒްފާ އެގޮތުގައި ހިނގާލަ ހިނގާލާ ހުއްޓެވެ. ފަޔާޒް ތެދުވެ ތަންކޮޅެއް ބާރަށް […]
“ޑެޑީ! ކީއްވެ މަންމިއާ އާޝިޔާއްތަ ރޮނީ؟” މިހުރިހާ ކަމެއް ބަލަންހުރި ކުޑަކުޑަ އިވާން ލޫތުގެ އަތުގައި ހިފާ ދަމާލަމުން އަހާލިއެވެ. ލޫތު ގުދުވެ އޭނާގެ ލޯބިވާ ދަރިފުޅު އުރާލައިގެން ނުކުތީ މިލީއާއި އާޝިޔާއަށް އެކަހެރިކޮށް ވާހަކަދައްކާލަން ވަގުތުކޮޅެއް ބޭނުންވާނެކަން އެނގޭތީއެވެ. ލޫތުއާއެކު އިޒްޔާންވެސް ބޭރަށް ނުކުތެވެ. އޭރު އޭނާގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބިފައިވެއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވަމުންދާކަމުގެ ފެހި ސިގުނަލް ލިބުމުންނެވެ. ރޮއިރޮއި ވަރުބަލިވެފައިވާ ދެބެން އެނދުގައި އިށީނދެ އެދެމީހުންގެ ދިރިއުޅުމުގައި ކަންތައް ވެގެންދިޔަ ގޮތް […]
“މޯމް ބުނީ މާދަމާ އަންނަމޯ. އާޝިޔާއަށް ވަރަށް ގިނައިން ސަލާމްބުނި. އަދި ބުނި ބުނާށޯ މޯމްއާއެކު ބޮއްތަމެން އަންނަ ވާހަކަ.” އިޒްޔާން ވަރަށް ހަމަޖެހިލާފައި އަޒްފާ ދެއްކި ވާހަކަތައް ކިޔައިދިނެވެ. އިޒްޔާންގެ ވާހަކައަށް ޖަވާބެއްނުދީ ހުރެފައި ކުއްލިއަކަށް އާޝިޔާ އިޒްޔާންގެ ފޯނުގައި ހިފާ ދަމައިގަތެވެ. އަދި އޭގެ ސްކްރީނުން ފެންނަން އިން ފޮޓޯއަށް ކަޅިޖަހާނުލާ ބަލަން އިނެވެ. “މީ ކާކު؟” އާޝިޔާ އަވަސްވެފައިވާ ނޭވާތަކުން އެއީ ކާކުކަން އެނގެން ބޭނުންވާކަން ހާމަކޮށްދެމުން ދިޔައެވެ. “ތީ…” އިޒްޔާން އެހެން […]
އެންމެން ދިއުމުން އާޝިޔާ ގޮސް ސޯފާގައި އިށީނދެ ވިސްނަންފެށިއެވެ. މިބޮޑު ގޭގައި އޭނާއާއި އިޒްޔާން އެކަނި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އިޒްޔާންއާ ދުރަށްދާން މަސައްކަތް ކުރާވަރަކަށް ކޮންމެވެސް ގޮތަކުން އިޒްޔާންއާ ގާތްވާން މަޖުބޫރުވެއެވެ. އިޒްޔާންއާއި ދާއިން ދިޔަ ގޮތަކަށް އަދިވެސް ނާދެއެވެ. ރައުދާ ފޫހިވެގެން ގޭތެރޭ އެނބުރި އެނބުރި ހުއްޓެވެ. އަދިވެސް އާޝިޔާއާ ވާހަކަދައްކަން ރައުދާ ޖެހިލުންވެއެވެ. ރައުދާ ގޮސް ޓެރަސްގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލިއެވެ. ކުރިން ރައުދާއަކީ އަނގަގަދަ ކުއްޖެއްނަމަވެސް މިހާރު އެއީ […]
ބޭސް އުނގުޅަމުން ދިޔައިރު އާޝިޔާގެ ނޭވާ އަވަސްވަމުން ދިޔައެވެ. އެބޭހުގެ ދިލައަށްވުރެ އޭނާގެ ހިތުން ނަގާ ދިލަ ހޫނު މާބޮޑެވެ. އިޒްޔާންގެ އިނގިލިތައް އެއަތުގައި ބީހެމުންދާއިރު އެލިބެމުންދާ އަރާމަކުން އާޝިޔާގެ ދެލޯ މެރިގެންދިޔައެވެ. ކުއްލިއަކަށް އިޒްޔާން ކޮށްލި ކަމަކުން އާޝިޔާ ސިހިފައި ލޯހުޅުވާލިއެވެ. “އާޝިޔާ! މިރީތި އަތުގަ އަހަރެން އަބަދަށް ފިރުމަން ބޭނުމޭ ބުނެފިއްޔާ އާޝިޔާ ދޭނީ ކޮން ޖަވާބެއް؟” އިޒްޔާން އާޝިޔާގެ އަތުގައި ބޮސްދިނުމުން އާޝިޔާއަށް ހީވީ އޭނާގެ ހިތް ހުއްޓުނުހެންނެވެ. ކުއްލިއަކަށް އިޒްޔާން އެދައްކަން […]
އާޝިޔާ މޫދަށް އެއްލާލާފައި ހޭންހުރި އިޒްޔާން ހުނުން ހުއްޓާލާ ހިމޭންވީ އާޝިޔާ މޫނު ނިވާނުވެގެން އުޅޭތަން ފެނިފައެވެ. އާޝިޔާއަށް ތެދުވެވުނީ އިޒްޔާންއަށް އެއްއަރިއަކަށް ވާގޮތަށެވެ. އެހެންކަމުން މޫނު އެއްކޮށް ނުފެނުނުނަމަވެސް އެދޮން ކޯތާފަތް އިޒްޔާންއަށް ފެނުނެވެ. އިރުގެ އަލި އެޅިފައިވާއިރު ކޯތާފަތުގައި ފެންތިކިތައް ބަބުޅަމުން ދިޔައެވެ. ކުރެވުނު ކަންތަކާމެދު އިޒްޔާންއަށް ވިސްނާލެވުނީ ދެނެވެ. އަދި އަވަސްއަވަހަށް އާޝިޔާއަށް ފުރަގަސްދިނެވެ. އޭރު އިޒްޔާންގެ ހިތުގައިވަނީ ހަލަބޮލިކަމެއް އުފެދިފައެވެ. އާޝިޔާ މޫނު ނިވާކޮށްލުމަށްފަހު އެއްގަމަށް އަރައިގެން ދިޔައިރު އޭނާ ހުރީ […]